” ކީއްވެ؟؟ އެންމެ ކުޑަ މިނުން ފުރަން އުޅޭ ވާހަކަ ނުބުނީ ކީއްވެ؟ ކީއްވެ އަހަންނަށް ހަޤީޤަތެއް ނެތް ހުވަފެންތަކެއް ދައްކާފަ އަނދިރީގަ ބަހައްޓަން ތިއުޅުނީ.. ކީއްވެ އަހަންނަށްވެސް މީހެއް ދެކެ ލޯބިވެވިދާނެކަން އިޙްސާސްކޮށްދީފަ ފިލަން ތިއުޅެނީ.. ކީއްވެ..؟ އެހުރިހާ ކަމެއް ކޮއްފަ.. އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާނަމޭ ބުނީ ކީއްވެ..؟ އަހަންނަށް ލޯބި ދަސްކޮށްދިނީ ކީއްވެ..؟” ޚުދު ލިލިއަން އަށްވެސް އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ތެރެއިން […]
ލިލިއަން އަށް އިތުރަށް އެތާކު ކެތެއް ނުކުރެވުނެވެ. އެ މާޙައުލުން އޭނާ ބޯ ހާސްކުރުވަމުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ޕާޓީއިން ނިކުމެގެން ލިލިއަން ދިޔައެވެ. ގެއަށް ދާހިތް ނެތުމާއެކު ލިލިއަން މިސްރާބުޖެހީ އެތާ ކައިރި ހުރި ޕާކެއްގެ ތެރެއަށެވެ. މާގިނަ މީހަކުވެސް އެ ޕާކު ތެރެއިން ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި އައިސް މީހުންނާ އެކަހެރި ބެންޗެއްގައި ލިލިއަން އިށީނެވެ. އަދިވެސް އެންމެންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. […]
ބޭރުފެންނާނެހެން ހުރި ކުޑަ ދޮރުގެ ކުރިމަތީގައި ހަށަން ބަނދެލައިގެން ކޮޅަށްހުރި ސުހެއިލްގެ ބޮމަ ވަނީ ގޮށްޖެހިފައެވެ. ލިލިއަން އާއެކު ގޭދޮރުމަތީ ހުއްޓުނު ދިޔާން އޭނާއަށް ރީއްޗަށް ފެނުނެވެ. ހިނިތުންވުމާއެކު ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުމަށްފަހު ލިލިއަން ގޭތެރެއަށް ވަތްކަން ސުހެއިލް އަށް އެނގުނެވެ. އެއާއެކު ދިޔާން ގެއާ ފުރަގަސްދީ ހިނގައިގަތްތަން ބަލަން ސުހެއިލް ހުއްޓެވެ. “ ބޭރުން ކޯއްޗެއް ތިބަލަނީ..؟” ހައިފާ އައިސް ފަހަތުން ސުހެއިލްގެ މެދުހަށީގައި އަތްވަށާލިއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ބޭރުވަމުން […]
ސުހެއިލްގެ އިންޒާރެއް ފަދަ ބަސްތަކާއެކު ދިޔާން އަށް ނިދޭގޮތެއް ނުވިއެވެ. ލިލިއަން އާމެދު ނުވިސްނަން މަސައްކަތް ކުރިޔަސް އެކަމެއް ދިޔާން އަކަަށްނުވިއެވެ. އޭނާގެ އަތުން ލިލިއަން ބީވެގެން ދާކަށް ދިޔާން ނޭދެއެވެ. ހާއްސަކޮށް ސުހެއިލްގެ ހަޤީޤަތް އިނގިހުރެ އެފަދަ މީހަކާއެކު ލިލިއަން ވާތަން ދެކޭކަށް އޭނާ އަކަށް ކުޅަދާނައެއް ނުވާނެއެވެ. ދިޔާންގެ ހިތުގައި ލިލިއަން އާމެދު އުފެދިފައިވާ އިޙްސާސްތަކުގެ ފުންކަން ދިޔާން އަށް އިޙްސާސް ކުރެވުނީ އެހިނދުއެވެ. ލިލިއަން ފެންނަ ކޮންމެ ހިނދަކު އިތުރުވަމުން އައި އިޙްސާސްތައް […]
” ޔޫ…! ޔޫ ނޯ ހޫ ދެޓް އިޒް ރައިޓް..؟” ސުހެއިލްގެ ފަހަތުގައި މަޑު ޖެހިގެން ހުރި އޭނާގެ ސެކެޓްރީއާ ސުވާލު ކުރި އިރު ފަހަތަށް އެނބުރި އެކަކު އަނެކަކަށް ފެނިގެން ވާހަކަ ދެއްކުމުގެ ވިސްނުމެއް އޭނާގެ ނެތްކަހަލައެވެ. ” އާ..އާދެ.. އެކަމަކު އެއީ އެތަނުން ކާކު ކަމެއް ނޭނގެ.. ..” އިނގިރޭސި ބަހުން އަނބުރާ ސުހެއިލް އަށް އަދަބުވެރިކަމާއެކު ޖަވާބު ދެމުން އޭނާގެ ސެކެޓްރީ ހާމަކުރިއެވެ. ދެމީހުންގެ ވާހަކަ ދައްކަމުން ދިޔަ ސާފު އެމެރިކަން އިިނގިރޭސިން […]
ޖެހިގެން އައި ދުވަހު ހެނދުނު ސަޔަށް އިންސާފުކުރުމަށްފަހު އެންމެން އަނބުރާ ރަށަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ. ލިލިއަންގެ ފަޔަށް ވީ ގޮތާއި މެދު އެންމެންވެސް ސުވާލު ކުރިއެވެ. ރޭގަނޑު ނިދި ނައިސްގެންް އަތިރިމައްޗަށް ނިކުންތަނާ ގާ ކޮޅަަކަށް ހެރުނީ ކަމުގައި ބުނެ ލިލިއަން ވާހަކަ ހަމަޖައްސާލިއެވެ. ދިޔާން ހީކޮށްފާނެ ގޮތަކާމެދު ކަންބޮޑު ވުމުން އޭނާގެ ޖަވާބުން އެނަން އެއްކޮށް ލިލިއަން އުނި ކޮށްލިއެވެ. އެއްވެސް ދައްޗަކާ ކުރިމަތިނުވެ އަމާން ދަތުރަކަށްފަހު އެންމެނަށް ރަށަށް އާދެވުނެވެ. އެމީހަކު ދަތުރު […]
އެންމެންވެސް އުފާވެރި މާހައުލެއްގައި ކެއުމަށް އިންސާފުކޮށް ނިންމުމަށްފަހު ތަށިތައް ދޮވެ ނިންމައިގެން މިސްރާބު ޖެހީ ރަށު ތުނޑިއާ ދިމާއަށެވެ. ތުނޑީގައި ވޮލީ ބޯލަ ކޯޓެއް ހުރުމުން އެންމެން ވެގެން ބައިބަހައިގެން ފޯރީގައި ވޮލީ ކުޅެން ފެށިއެވެ. ” ކައިގެން އައިސް ވާވަރު ކަމެއް ނޫން މިއީކީ.. އެކަށް ލޮޑުވެއްޖެ މީހާ..” ފަޔާޒް މައިނޭވާލަމުން ބުންޏެވެ. އެއާއެކު އެންމެން ހޭން ފަށަމުން ފަޔާޒާ ދިމާ ކުރަން ފެށިއެވެ. ފޯރީގައި ވޮލީ ކުޅެ ނިންމާލުމަށްފަހު އެންމެން އަނބުރާ ކެބިން އަށް އައިސް […]
ދޯނި ރަށަށް ލެފުމާއެކު ގެނައި ތަކެތި ހިފައިގެން އެންމެންވެސް މިސްރާބުޖެހީ އުޅެން ހަމަޖެހިފައިވާ ކެބިން ތަކާއި ދިމާއަށެވެ. ރަށް ބެލެހެއްޓުން ހަވާލުކުރެވުފައިވާ ދެބައި އުމުރުން މަތީގެ ފިރިހެނަކު ސަދޫފް މެންނަށް ކެބިން ދައްކައިދީ ރަށާ ބެހޭ ބައެއް މަޢުލޫމާތު ދިނެވެ. ހުކުރުން އައި ގޮތަށް އެންމެންވެސް ތިބީ ނުކައެވެ. އެހެންކަމުން އަންހެންވެރިން ކެބިންގެ ބަދިގެ ބައިގާ ކެއްކުމުގައި މަޝްޢޫލު ވެގެން އުޅުނެވެ. ފިރިހެންވެެރިން ގެނައި ހުރިހާ އެއްޗެއް އެ އެއްޗެއް ހުންނަން ޖެހޭ ތަނަކަށް ވެއްދުމަށްފަހު ދެން […]
ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާއެކު ދެލޯ މަރާލިތާ ގިނައިރެއްނުވެ ނިދީގެ ފުންކަނޑަކަށް ލިލިއަން ޣަރަޤުވެގެން ދިޔައެވެ. ****** ކުއްލިއަކަށް ނިދިން ހޭލެވުނު ލިލިއަން ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ރޭގަނޑު އެއްޗެއް ނުކައި ހުރުމުން މީހާ ހުރީ ނުހަނު ބަނޑުހައިވެ ކަރުހިތްކައިގެންފައެވެ. އެހާ ފަސޭހައިން ނިދާ ހޭލެވުނީ އެހެންވެކަން ލިލިއަން އަށް އެނގުނެވެ. ކޮޓަރީގައި ހުރި ފެންފުޅިވެސް ހުސްްވެފައި ހުރުމުން ލިލިއަން އަށް ކޮޓަރިން ނުނިކުމެ ވާކަށް ނެތެވެ. ކަންނެތްކަމާއެކު އެނދުން ތެދުވުމާއެކު ލައިގެން […]