އިރުކޮޅަކު ދިޔާން އާ ވާހަކަ ދައްކަން އޮތުމަށްފަހު ލިލިއަން ދެން ނިދަން އުޅެނީކަމުގައި ހާމަކުރިއެވެ. އެފަދަ ދަން ގަޑިއެއްގައި ގުޅުމުންވެސް ދިޔާން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަވަހަށް ފޯނު ބާއްވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެފަދަ ފުރިހަމަ މީހެއް ލިލިއަން ފަދަ މީހަކަށް ހައްޤުބާއޭ ވެސް ބައެއް ފަހަރަށް ލިލިއަންގެ ހިތަށް އަރަމުން ދިޔައެވެ. ޖެހިގެން އައި ދުވަސް ލިލިއަން ކަޑައްތު ކުރީ އާދައިގެ ގޮތަކަށެވެ. ދިޔާން މަސައްކަތުގައި ވަރަށް ބުރަ ދުވަހެއް ކަމުން ވާހަކަ ދައްކާ […]
” ގުޑް ނައިޓް.. ” ގެއިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް ލިލިއަން އަށް ބަލާލަމުން ދިޔާން ބުނެލިއެވެ. ލިލިއަން ފަނޑު ހިނިތުންވުމެއް ދިޔާން އަށް ރައްދުކުރިއެވެ. މިރޭ މީ ދިޔާން ފެންނާނެ ފަހުރޭކަން އެވަޤުތުކޮޅުވެސް ލިލިއަންގެ ހިތަކުން ފޮހެެއެއް ނުލެވުނެވެ. ********** ޖެހިގެން އައި ދުވަހު ހޭލީންސުރެ ލިލިއަން ހުންނަނީ ހިތްނުތަނަވަސް ވެފައެވެ. ދިޔާން ފުރަން އުޅޭތީ ވާގޮތެއްކަން އެނގުނަސް އެކަން އިތުރު މީހަކަށް ނުދައްކާވޭތޯ ލިލިއަން މަސައްކަތް ކުރަމުންދިޔައެވެ. ފުރާ ދުވަހަށް ވުމާއެކު ދިޔާން […]
” އަހަންނަށް ހީވަނީ ދިޔާން އަށްވެސް ލިލިއަން އަށް ވުރެ ރަނގަޅު ކުއްޖެއް ލިބިދާނެހެން.. އޭނައާއެކު އުޅެން ވެއްޖެނަމަ ތިފަރާތުގެ އަބުރާ އިއްޒަތްވެސް ވެއްޔާ މޮޑެވޭނީ.. މީހުން ހާދަ ފާޑު ފާޑު އެއްޗިއްސެއް ކިޔާނެ އޭ..” ހަދީޖާ ބުނެލިއެވެ. ހަދީޖާގެ ވާހަކަތައް މަޑުޖެހުނީ އެދިމާއަށް އަންނަ މާޔާ ފެނުމުންނެވެ. މާޔާ ތަބަކެއްގައި ގެނައި ޖޫސްތަށިތައް ޖޯލިފަތި ކައިރީ ހުރި ފިލާ މޭޒުގައި ބެހެއްޓިއެވެ. ” ދެން ދޭބަލަ ބަދިގެ ފަރާތް ދޮށް ކުނިކަހާލާ ސާފުކޮށްލަން.. ” ހަދީޖާގެ […]
” މިއިން އެއްވެސް ކަމަކީ ލިލީއާ ހެދި ވީކަމެއް ނޫނޭ.. ތިގޮތަށް އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ. އަހަރެމެން އެކަކަށްވެސް ތަޤުދީރުގައި ވާންހުރިކަމެއް ނުހުއްޓުވޭނެ.. އެއީ އެއަށްވުރެ ބާރުވެރި ފަރާތެއްގެ ތަދުބީރު.. ” ވެގެންދިޔަ އެއްވެސް ކަމަކީ ލިލިއަންގެ ކުށެއް ނޫންކަން ދިޔާން އަންގައިދޭން ބޭނުންވިއެވެ. ” އަހަރެން ޕޮލިހުންނާ ވާހަކަ ދައްކާނަން.. ލިލީ އެއްވެސް ކަމަކާ ހާސްނުވޭ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މަންމައަށް އިންސާފު ލިބިގެންދާނެ..” ދިޔާން އަޒުމާއެކު އިއްވާލިއެވެ. ދިޔާން އަށް ބަލައިލި ލިލިއަންގެ […]
މަންމަ..” ލިލިއަންގެ އަރުބެދިގެން ދިޔައެވެ. އޭނާގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ފަދައެވެ. ޑޮކްޓަރުގެ ފަރާތުން އިވުނު ބަސްތަކާއެކު އޭނާގެ ހަށިގަނޑުން އެއްބައި މަދުވެއްޖެ ކަމުގެ އިޙްސާސްކުރެވިގެން ދިޔައެވެ. އަދިވެސް އޭނާގެ މަންމަ މިދުނިޔެ ދޫކޮށް ދިޔަކަން ޤަބޫލުކުރަން ލިލިއަން އަށް ނުކުޅެދުނެވެ. ” އަހަރެން.. ބޭނުން.. މަންމަ ކައިރިއަށް ދާން..” ލިލިއަން އުނދަގުލުން އެނދުން ތެދުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ” ލިލީ.. އެހަށް މަޑުކޮށްބަ.. މިވަޤުތު ލިލީގެ މަންމަގެ ހަށިގަނޑު އޮތީ ޕޮލިހުންގެ ބެލުމުގެ […]
ލިލިއަން ކިޔައިދިން ވާހަކަ ތަކާއެކު ހާލަތު އޮތް ނާޒުކު ފައްތަރު ދިޔާން އަށް ދެނެގަނެވުނެވެ. ލިލިއަން ގަންނާނެ ބިރާއި ގޮތް ހުސްވާނެ މިންވަރު އިޙްސާސް ކޮށްލެވުމުން މޭތެރޭ ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ލިލިއަން ގެނެސް އޭނާގެ އަތުގެތެރޭގައި ބޮނޑިކޮށްލަމުން ހިތްވަރުދޭން މަސައްކަތް ކުރިއިރު ދިޔާންގެ ސިކުނޑި ވިސްނަމުން ދިޔައީ އެ ޢަމަލު ހިންގި ފަރާތަކާމެދުއެވެ. ހަމައެވަޤުތު ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައި ޕޮލިސް އޮފިސަރުން ލިލިއަން މެން ކައިރިއަށް އައިސް ހުއްޓުނެވެ. ލިލިއަންގެ ބަޔާން ނަގަން […]
“އެހެންފަހަރަކުން.. އެހެންފަހަރަކުން އަހަރެން ލިލީއަށް ހުރިހާ ވާހަކައެއް ކިޔައިދޭން.. މިރެޔަކު ނޫން.. މިރޭ އަހަރެން ބޭނުމީ ލިލީއާއެކު އުފާވެރި ވަޤުތުކޮޅެއް ހޭދަކޮށްލަން..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލަމުން ލިލިއަންގެ ބޮލުގައި ދަތްދޮޅި އަޅުވާލިއެވެ. ދިޔާން އެދައްކަނީ ކޮންވާހަކައެއްކަން ފަޙުމް ނުވިޔަސް ލިލިއަން އެކަމާ އިތުރަށް ސުވާލު ކުރާކަށް ނަހަދައެވެ. އޭނާވެސް ދިޔާން އެކޭ އެއްފަދައިން ބޭނުންވީ ހަމަހިމޭން އުފާވެރި ވަޤުތުކޮޅެކެވެ. ދިޔާންގެ މޭގައި މޫނު ޖައްސާލަމުން ދިޔާންގެ ގައިން ދުވަމުން ދިޔަ ފިރިހެންވަންތަ ސެންޓުގެވަސް އެތެރެއަށް ދަމާލަމުން […]
ލިލިއަން ދޮރުގައި ލެނގިލިއެވެ. އޭނާގެ ހިތް އޭރުވެސް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދިޔާންގެ ހަށިގަނޑުގެ ހޫނުކަން އަދިވެސް އޭނާގެ ގައިގާ ހަރުލާފައިވާހެން ލިލިއަން އަށް ހީވިއެވެ. ކުއްލިއަކަށް ދޮރެއް ހުޅުވުނު އަޑަށް ލިލިއަން ހަށިގަނޑު ސީދާ ކޮށްލިއެވެ. ކޮޓަރިން ނިކުން ހައިފާ ފެނުމުން ލިލިއަން އަށް ލިބުނީ ހައިރާން ކަމެވެ. ރޭގަނޑު އެފަދަ ގަޑިއެއްގައި ހައިފާ ކޮޓަރިން ނިކުންނާނީ މަދު ފަހަރެެއްގައެވެ. ” ލިލިއަން..” މާ ބޮޑު ސަމާލުކަމެއް ނުދީ ހައިފާ ކުރި ކަނޑާފައި ކޮޓަރިއަށް […]
” މިސްޓަރ ޑަބްލިޔު.. ބޯޑިންގް ކްލޯޒް ކުރަން އުޅޭތީ އެކަން އަންގާލަދޭން މިއައީ..” ޕީއޭގެ ވާހަކައާއެކު ދިޔާން ބޯ ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ކައިރީގައި ތިބި ލިލިއަން އާއި މާޔާއަށް ބަލައިލަމުން ހިނިިތުންވެލަމުން ދަނީ ކަމުގައި ހާމަކުރިއެވެ. އެއަށްފަހު ލިލިއަންގެ ވާތްފަރާތުން ކުރިއަށް ހިނގައިގަންނަމުން ދިޔާން ލިލިއަންގެ ބޮލުގައި ސިކުންތަަކަށް އަތް ބާއްވާލިއެވެ. އޭނާ ފަސްދީފައި ދިޔަ ދިޔާން އަށް ބަލަހައްޓައިގެން ހުރި ލިލިއަން އަށް އަމިއްލަ ބޮލުގައި އަތް ޖައްސާލެވުނެވެ. އެ ކުޑަ ކުޑަ ހަރަކާތް […]