” ޕިސް ޕިސް ސަދޫފްވެސް ދޯ ދެން.. ކިހާ ދުވަހެއް ފަހުން ދިޔާން މިފެނުނީ އަހަރެމެންނަށް.. އަނެއްކާ އެފަދަ ހިތާމަވެރިކަމެއް ކަޑައްތު ކުރި އިރު ހަށިގަނޑަށްވެސް ބަދަލު އަންނާނެދޯ.. ނުވިތާކަށް މިއަދު މީ އެމީހުންގެ ކައިވެނީގެ ހަފްލާ.. ހަފްލާގައި ތައްޔާރު ވެފަ ހުންނަ އިރު ފެންނަ ގޮތް އާދައިގެ ދުވަހަކާ ތަފާތުވާނެ އެންނު.. މިހާރު އަންހެނުން އެކަންޏެއް ނޫނޭ މޭކަޕް ބޭނުން ކުރަނީވެސް.. ދިޔާންވެސް ޔަޤީން ސެލޫން އަކަށް ގޮސްކަން ތައްޔާރުވާނީ.. އަނެއްކާ ރަށުގެ އަވީގަ އުޅޭ […]
” ލިން.. އަހަރެން އެބަހުރި ލިން އަށް ކިޔައިދެން ޖެހޭ ބައިވަރު ވާހަކަ.. ލިން ބުނީމެންނު އަހަންނަށް ފެނިގެން ހުރިހާ ވާހަކައެއް ކިޔައިދޭށޭ.. އަހަންނަށް ހީވަނީ ލިން އަށް ހުރިހާ ވާހަކައެއް ކިޔައިދެންވީ ވަޤުތު އައިސް ޖެހިއްޖެހެން..”. ދިޔާން ސީރިއަސްކަމާއެކު ލިލިއަން އާ ދިމާ ބަލާލަމުން ބުނެލިއެވެ. ކުއްލިއަކަށް ދިޔާން ހާމަކުރި ވާހަކައާއެކު ލިލިއަންގެ އަތްފައި ފިނިވެ ހިތުގެ ހިނގުން އަވަސްވެލިއެވެ. އެނުތަނަވަސްކަމާއެކުވެސް ދިޔާން ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް އެހުމަށް ލިލިއަން ކެންމަދުވެފައިވިއެވެ. އޭނާގެ ހިތުގައި […]
” ބޭބެ ގާތުގަ އަޅުގަނޑު ބުނާނަން.. އެކަމަކު މަންމައަށް ހީވޭތަ ބޭބެ ދަތުރުކުރަން އެންމެ ފިޓުހެން.. މާހައުލު ބަދަލުވީމަ ބޭބެގެ ހާލު އަނެއްކަަ މާ ގޯސްވެދާނެ.. ކަމެއްވިޔަސް ރަނގަޅު ފަރުވާއެއް ދެވޭނީ ބޭބެ މިހާރު އެހުރި ތަނުގަ ހުރެގެން.. ” ދިޔާން ބުނެލުމުން ދިރާޝާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ލިލިއަން އަށް ފެނުނީ ހިތާމައިގެ އަސަރުތަކެކެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ނޭނގިފައި އިން ލިލިއަންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ދިޔާން އެއާއެކު […]
” އަހަރެން ވަރަށް އަވަހަށް އަންނާނަން.. ޓޭކް ކެއަރ..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. ދިޔާންގެ ޢަމަލުން ހިތުގައިވީ އިޙްސާސްތައް ފުންވެގެން ދިޔަ ލިލިއަން ދެލޯ މަރާލަމުން ބޯޖަހާލިއެވެ. އެހިނދު ދިޔާން ލިލިއަން އާ ދުރުވެލަމުން ލިލިއަން ފަސްދީ ދާން ހިނގައިގަތެވެ. ގޭޓުން ނިކުމެގެން ކާރު ދަންދެން ލިލިއަން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތާއި ހިތުން ދިޔާން ވަރަށް އަވަހަށް އޭނާގެ ކައިރިއަށް އެނބުރި އައުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ. ********** ދިޔާން ސިންގަޕޯރ […]
ގަސްތަކުގެ ކައިރިން ހިނގަމުން ދިޔަ ލިލިއަންގެ ހިތްފުރެމުން ދިޔަ އިހްސާސެއް ކުރެވުނެވެ. މަލުގެ މީރުވަހާއި އެކުވެގެން ވައިގެ ތެރޭގައި ހިފާފައިވާ ލުއިލުއި ތާޒާވަސް އޭނާއަށް ކަމުދިޔައެވެ. އެ ހިތްހަމަޖެހުމާއެކު ތުންފަތުގައިވީ ލުއި ހިނިތުންވުމާއެކު ލިލިއަން ހިނގަމުން ދިޔައެވެ. ގަސްތަކަށް ބަލަމުން ދިޔަ ލިލިއަންގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ފެހިކަން ގަދަ ގަސްތަކާއި ވަކިން އިން ކުޑަ ހުސްބިމުގައި އެކަނިމައި އެކަނި އިން ކުޑަ ކުޑަ ކުޑަ ގަހަށް ލިލިއަންގެ ނަޒަރު އަމާޒުވިއެވެ. އަނަރޫފަވެފައިވާ އެގަހުގައި އަޅާފައި އިން […]
އިމާރާތަށް ބަލަންހުރި ލިލިއަންގެ ފެނުން ފުސްވެގެންދިޔަ ހިނދު ދެފަހަރަކު ލޯ މަރާލެވުނެވެ. އެހެނަސް ލޯ ކުރިމައްޗަށް ވެރިވި ކަޅު ތިކިތަކާއެކު ހިނދުކޮޅެއްގެ ތެރޭގައި މުޅި މާހައުލު އެނބުރެން ފެށި އިޙްސާސެއް ކުރެވުނެވެ. އިސާހިތަކު ލިލިއަންގެ ސިކުނޑި ފުރާލީ ކަނު އަނދިރިކަމެވެ. ލޮލަށް އެޅިގެން ދިޔަ އައްޔާއެކު ލިލިއަން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ދެފަހަރަކު އެސްފިޔަ ޖަހާލަމުން އޭނާއަށް އޮވެވުނު މާހައުލާ މެދު ވިސްނާލެވުނެވެ. ނުދަންނަ މާހައުލެއްގައި އޮވެވުނުކަން ވިސްނުމާއެކު ލިލިއަން އަށް ފުންމައިގެން […]
“ޔާން.. އަދިވެސް އަހަރެން ދެކެ ލޯބިވޭތަ..؟ އަދިވެސް .. އަހަންނާ ކައިވެނިކުރަން ބޭނުންވޭތަ..؟” ދެއަތް ދެއަތާ ލާ ބޮނޑި ކޮށްލަމުން ލިލިއަން ކަށިން ހިތްވަރު ނެރިގެން އޭނާއަށް ކުރަން އެންމެ އުނދަގޫ ސުވާލު އަމާޒުކުރިއެވެ. ކަންތައްތައް ބަދަލުވެފައިވާ މިންވަރާއެކު ދިޔާން ދޭނެ ޖަވާބަކާމެދު ލިލިއަން ކަންބޮޑުވަނީއެވެ. ދިޔާން އޭނާ ބޭނުމެއްނޫނޭ ބުންޏަސް އެދެފައިގާ ހިފާ އާދޭސް ކުރަން އެދެއަތް ބޭއިޙްތިޔާރުގައި ހަރަކާތް ކުރާނެކަން ލިލިއަން އަށް ޔަޤީންވެއެވެ. ” ޔޫ ޑިޒަރވް މޯ ދެން ދެޓް ޑަރލިންގް..” […]
ލިލިއަން ސިޓީ އުރަ ނަގަމުން އުރައިގެ ދެފަރާތް ބަލައިލިއެވެ. އެއްވެސް އެއްޗެއް ލިޔެފައިނުވާ އެއުރަ ހުޅުވާލަމުން އެތެރޭގައި އޮތް ގަނޑު ނަގާ ނިއުޅުވާލިއެވެ. އިނގިރޭސިން ލިޔެފައިވާ އެލިޔުމަކީ އޭނާގެ މަންމަގެ ލިޔުންކަން ލިލިއަން އަށް ޔަޤީންވިއެވެ. ތެޅެމުންދިޔަ ހިތާއެކު ލިލިއަން އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ. “އެނގޭތަ..؟ މިއަދު މިއީ އަހަރެމެންގެ ދަރިފުޅަށް ހަތްދުވަސް ފުރިގެން ނަންކިޔާ ދުވަސް.. އަހަރެން ދަރިފުޅަށް ކީ ނަން އިނގޭތަ…؟ “ލިލިއަން” އަހަރެމެންގެ ދަރިފުޅަށް އަހަރެން ދިން ނަމަކީ ލިލިއަން.. […]
“އެނގޭތަ ދިޔާން ލިން ކައިރި ބުނި ކަމަށްވަނީ މިއަދު އޭނަ ބަލައި މިކޮޅަށް އަންނާނަމޭ.. އަހަރެން އަސްލު ހިތްހަމަ ޖައްސައިލައިގެން ހުރީ ދިޔާން ލިން އަށް ސަޕްރައިޒެއް ދޭންވެގެން ފޯނު ނިއްވާލައިގެން އުޅެނީކަމަށް ހީކޮށް.. އެކަމަކު މިހާރު ރޭގަނޑުވެގެން މިދިޔައީނު.. ކޮމްޕެނީގެ ފަރާތުން އެބުނީ ޗުއްޓީގަ ހުރިވާހަކަ… އޭގެ މާނަކައަކީ ދިޔާން އަށް ކަމެއްވެސް ނުވެ އޭ އެންނު.. އަނެއްކާ.. ދިޔާން.. އަހަރެމެންނަށް އޮޅުވާލަ ފާނެހެން ހީވޭތަ..؟ ލިން ދެކެ ލޯބިވާކަމަށް ދެއްކި ވާހަކަ ތަކަކީ ދޮގަކަށް […]