ތުންފަތް މައްޗަށްވެރިވި ފުރިހަމަ ހިނިތުންވުމާއެކު ކައިލް އައިސް އެ އަންހެންކުއްޖާ އާއި ދާދިގާތުގައި ހުއްޓި އޭނާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި މީހަކު ހިފަހައްޓާލުމުން ރައިހާ ދިޔައީ ސިއްސައިގެންނެވެ. އެހެނަސް އޭނާގެ ކައިރީ ހުއްޓިލި ކައިލް ފެނުމުން ހިތްހަމަޖެހުމާއެކު އެތުންފަތައްވެސް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “ކައި ނުފެނިގެން ހާސްވެފަ މިހިރީވެސް..ހުރިހާ ތަނެއް ބެލިއްޖެ..” ރައިހާ ކުޑަކޮށް ޝަކުވާކޮށްލިއެވެ. “ރައި ހާސްވާކަށް ނުޖެހޭނެ.. އަހަރެން ރައި ހޯދާނަމޭ ކޮންމެތާކު ހުއްޓަސް..ކިތަންމެ ދުރުގަ ހުއްޓަސް އަހަންނަށް ރައި އެއް […]
ހިނދެއް ހިނދަކަށް ރައިހާގެ ގިސްލުމުގެ އަޑު ބާރު ވަމުން ދިޔައެވެ. އެމަންޒަރު ބަލަން ކެންނުވެފައި ހުރި ގޮތަކަށް ކައިލް އައިސް ރައިހާގެ ކައިރީ ކުރުފައި މައްޗަށް ތިރިވެ ރައިހާގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާގެ ދުލަކަށް ރައިހާ މަސަލަސްކުރަން ބުނާނެ އެއްވެސް ވާހަކައެއް ނުވިސްނުނެވެ. ހުސޭނުގެ ވަކިވެ ދިޔުމާއެކު ކައިލްގެ ހިތަށްވެސް ވަނީ ނުހަނު އަސަރު ކޮށްފައެވެ. އަދިވެސް އެމަޑުމައިރި ހިނިތުންވުން ލޯ ކުރިމަތިން ސިފަ ވާކަހަލައެވެ. އެހެންކަމުން ރައިހާއަށް މިވަޤުތު ކުރާނެ އަސަރު މާ ބޮޑަށްވެސް އޭނާއަށް […]
ދެމީހުންނަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ އެކު އެކީއެވެ. ދޮރުމައްޗަށް ހުއްޓުނު ރައިހާ ގަނޑުވިކަހަލައެވެ. އެންމެ ފިޔަވަޅެެއްވެސް އޭނާ އަކަށް ކުރިއަކަށް ނޭޅުނެވެ. މުށިތައް މައްޗަށް ވެއްޓިފައި އޮތް ހުސޭނު ކައިރީ އިނދެގެން އައިސާފުޅު ރޮމުން ގެންދިޔައެވެ. ހާސްވެފައި ހުރި ކައިލްވެސް ކައިރީ އިށީނދެ ހުސޭނުގެ ހަބަރު ހުސްވެފައި އޮތް މޫނަށް ބަލައިލިއެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރައިހާގެ ކުރިމަތީ ހުއްޓިލިއެވެ. “ރައި.. އެންބިޔުލެންސް ގަ ހޮސްޕިޓަލަށް އަވަހަށް ކާފަ ގެންދަން ހިނގާ.. ކާފަގެ ހިތުގެ ވިންދު […]
ވެހެމުން ދިޔަ ވާރޭގެ ތެރޭން އޭނާގެ މާޒީ ސިފަވަމުން ދިޔަފަދައެވެ. އެހެނަސް ރައިހާ ސަލާމަތް ކުރުމަށްވެސް އިތުރުގޮތެއް ކައިލް އަކަށް ނުފެނުނެވެ. ދެއަތް މުށްކަވާ ބާރުކޮށްލަމުން ކައިލް ދެލޯ މަރާލިއެވެ. ހީވަނީ ކަމެއް ކުރުމުގެ ކުރިން ވަރަށް ބޮޑަށް ތައްޔާރު ވިހެންނެވެ. ދެން ފެނުނީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ކައިލް ނިކުމެ ދުއްވައިގަންތެނެވެ. ******** ވެއްޓިފައި އޮތް ރައިހާގެ ކުރިމައްޗަށް އައިސް އައްޒާމް އެއްފައި މައްޗަށް ތިރިވެލިއެވެ. “ދެން ވެސް އެންމެ ރަނގަޅުވާނީ އަހަރެން […]
އެސައިމެންޓް ސަބްމިޓް ކޮށްލުމަށްފަހު ކައިލް ކޮޓަރިން ނިކުމެގެން އައިސް ހުއްޓުނީ ގޭގެ ވަށާފާރު ކައިރީއެވެ. ގޭގެ ވަށާފާރަކީ މާމައްޗަށް ނަގާފައި ހުރި ތަނަކަށް ނުވުމުން ބޭރު ހާމައަށް ފެންނަން އޮވެއެވެ. ފާރުގައި އޮޅަނބުށި ޖައްސާލައިގެން ހުރި ކައިލްގެ ވިސްނުން ދަތުރު ކުރީ އޭނާއަށް ފަޔާޒު ފެނުނު ވަޤުތަށެވެ. ބައްޕަގެ ފަރާތުން ތަފާތު ކަމެއް އިޙްސާސް ވާހެން ކައިލް އަށް ހީވަނީއެވެ. ކުރިއަށްވުރެ ހަށިގަނޑުން އަނަރޫފަ ކަމަށް ދައްކާއިރު މޫނުމަތީގައިވެސް ދިރުމެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ބައްޔެއްގައި ނުވަތަ […]
ހިތަށްވެެރިވި ޚިޔާލާއެކީ ކައިލް އަށް ހީވީ އޭނާގެ މޭގަނޑުވެސް އަނގަޔަށް އައި ހެންނެވެ. ދުވެފާ ކަހަލަ ގޮތަކަށް ގޮސް ކައިލް ރައިހާގެ އަތުގައި ހިފާ އޭނާގެ ފުރަގަހަށް ލިއެވެ. ކުއްލިއަކަށް އައިސް މީހަކު އޭނާގެ އަތުގައި ހިފުމުން ރައިހާ ދިޔައީ ސިއްސައިގެންނެވެ. ކުރިމައްޗަށް ހުއްޓުނު ކައިލްގެ ފުރަގަހަށް އޭނާ ލުމުން ވާނުވާ ނޭނގިފައި ރައިހާއަށް ހުރެވުނެވެ. އޭރު ކައިލް ހުރީ އޭނާގެ ކުރިމަތީގައި ހުރި މީހާއަށް ދެބޮމަ ގޮށްޖަހާލައިގެން ބަލާށެވެ. ފުންކޮށް ނޭވާ ލަމުން ދިޔަ ކައިލް […]
އެއީ އީދު ދުވަހެއްގެ ފަތިސް ވަޤުތެވެ. ދުވަސް ވަރަކީ ފުދޭވަރަކަށް ވިއްސާރަކޮށް އުޅުން ދުވަސްވަރެއް ކަމުން ގޭގެ ކުޑަ ދޮރު ހުޅުވާލުމާއެކުގެ ގައިގާ އައިސް ބީހިލީ ތެތް ފިނި ވައި ރޯޅިތަކެވެ. މާލޭގެ ފުރިބާރުވެ ތޮށްޖެހިފައިވާ މާޙަޢުލުގައި އެފަދަ ފިނި ރޯޅިއަކުންވެސް ހިތަށް ލިބިދޭ ހިތްހަމަ ޖެހުން ބަޔާން ކުރަން ދައްޗެވެ. އެވަޤުތު އަހަރެންގެ ވިސްނުން ދަތުރުކުރީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުމަށެވެ. ދިރިއުޅުމުގައި އުފުލަންޖެހޭ ޒިންމާތަކެއް ނެތް ޚިޔާލެއް ފިކުރެއް ނެތި ހޭދަކޮށްލެވުނު މަޖާ ދުވަސްތަކެކެވެ. ދުވާލު […]
” އިނގޭތަ މިއީ ކޮން ދުވަހެއްކަން؟” އަނދިރީގެ ތެރެއިން ކައިލް އާ ރައިހާ ސުވާލު ކޮށްލިއެވެ. ކައިލްގެ ނިތްކުރި މައްޗަށް އިތުރު ރޫތަކެއް އެރުން ފިޔަވާ އެއްވެސް ކަމެއް ނުވިއެވެ. އަނދިރީގެ ސަބަބުން ރައިހާގެ މޫނުމަތީ ކުލަވަރު ދެނެގަންނާކަށް އޭނާ އަކަށް ނޭނގުނެވެ. ” ލުކް..” އަނދިރީގެ ތެރެއިން ރައިހާ ކައިލްގެ މޫނުގައި ހިފާ ކަނާތް ފަރާތަށް އަނބުރާލިއެެވެ. ކައިލް އަށް ފެނުނީ ފަނޑު އުއްބައްތި ތަކެއްގެ އަލިކަމެވެ.. އެވަޤުތު ރައިހާ އެނދުން ތެދުވެގެން އައިސް ކޮޓަރީގެ […]
ޑްރައިވިންގް ސީޓުގައި އިށީނދެލި ރައިހާ ސިހުނީ ދޮރު ހުޅުވާލަމުން އައްޒާމް އޭނާއާ ޖެހިގެން އިން ކުރީ ސީޓުގައި އިށީނުމުންނެވެ. ފަހަތު ސީޓުތައް ހުސްކޮށް އޮށްވާ އޭނާއާ ގާތުގައި އައްޒާމް އިށީނުމުން ރައިހާއަށް އުނގަގުވާގޮތް ވިއެވެ. ނަމަވެސް ކަމަކަށް ނަހަދާ ރައިހާ ކާރު ދުއްވާލީ އައްޒާމް ބުނި އެޑްރެސް އަށެވެ. ކޮލެޖުން ނިކުން ކައިލް އަށް މަގުގެ ދެފަރާތް ބަލައިލެވުނީ ރައިހާގެ ކާރު ފެންނަން ނެތުމުންނެވެ. ގަޑި ބަލައިލި އިރު އޭނާ ނިމޭގަޑި ފަހަނަ އަޅާ ފަސްމިނެޓު ފާއިތުވަނީއެވެ. […]