ވާށޭ މަށާ އެކީ-24
ޑްރައިވިންގް ސީޓުގައި އިށީނދެލި ރައިހާ ސިހުނީ ދޮރު ހުޅުވާލަމުން އައްޒާމް އޭނާއާ ޖެހިގެން އިން ކުރީ ސީޓުގައި އިށީނުމުންނެވެ. ފަހަތު ސީޓުތައް ހުސްކޮށް އޮށްވާ އޭނާއާ ގާތުގައި އައްޒާމް އިށީނުމުން ރައިހާއަށް އުނގަގުވާގޮތް ވިއެވެ. ނަމަވެސް ކަމަކަށް ނަހަދާ ރައިހާ ކާރު ދުއްވާލީ އައްޒާމް ބުނި އެޑްރެސް އަށެވެ.
ކޮލެޖުން ނިކުން ކައިލް އަށް މަގުގެ ދެފަރާތް ބަލައިލެވުނީ ރައިހާގެ ކާރު ފެންނަން ނެތުމުންނެވެ. ގަޑި ބަލައިލި އިރު އޭނާ ނިމޭގަޑި ފަހަނަ އަޅާ ފަސްމިނެޓު ފާއިތުވަނީއެވެ. އެހެންޏާ ދުވަހަކުވެސް ކައިލް ބަލާ ރައިހާ ލަހުން އައިސްފައެއް ނުވެއެވެ. ފޯނުނަގަމުން ރައިހާ އަށް ގުޅަން އުޅެފައިވެސް ކައިލް މަޑުޖެހިލީ ކޮންމެވެސް ކަމަކާހެދި ބަލާއައުން ލަސްވީކަމަށް ހިތައެވެ. ކޮލެޖްގައި ހުރި ބެންޗެއްގައި ކައިލް އިށީނީ ރައިހާ އަށް އިންތިޒާރު ކުރަމުންނެވެ. ބެންޗުގައި އިށީނދެ ފޯނު ހުޅުވާލިއެވެ. އޭރު ފުދޭވަރަކަށް ވައި ވެސް ވަނީ ބާރުކޮށްލާފައެވެ. ކުއްލިއަކަށް ވެރިވި ހަނދާނަކާއެކު ކައިލް ގެލެރީ ހުޅުވާލިއެވެ. ފޮޓޯތައް ހާވަމުން އައިސް ކައިލްގެ ލޯ ހުއްޓުނު ފޮޓޯ އަށްފިތާލިއެވެ. އެއީ ކައިލް އާއި ރައިހާގެ ނަފްސީއެކެވެ. ކައިލްގެ ވިސްނުން ދަތުރުކުރީ އެފޮޓޯ ނެގުނު ދުވަހަށެވެ.
” ގެލެރީގެ ފުރަތަމަ ފޮޓޯ އަކަށް އިންނަންވާނީ އަހަރެމެން ދެމީހުންގެ ފޮޓޯ އެންނު..” ރައިހާ ފޯނު ހިފައިގެން އިނދެ ބުނެލިއެވެ. އެއީ ކައިލް ފޯނު އަލަށް ބޭނުން ކުރަންފެށި ދުވަހެވެ.
‘ “ލެޓްސް ޓޭކް އަ ސެލްފީ.” ކެމެރާ އަށް ލަމުން ރައިހާ މޫނަށް ފޯނު ދިމާކޮށްލިއެވެ. ކައިލް ނޫނެކޭ ބުނެ ދުރަށް ދާން ހިނގައިގަތެވެ.
“ދެން ޕްލީސް.. ރައިހާ އަނގަ ކޮޅު އޫކޮށްލަމުން މުށިތަކުގައި ފައިން ތަޅާލިއެވެ. ” ކައިލް އޭރުވެސް ދުރުގައި ހުއްޓިލައިގެން ހުއްޓެވެ. އެންމެ ފަހުން ރައިހާ ކައިލްގެ ކައިރިއަށް ގޮސް ފޯނު މޫނާ ދިމާކުރިއެވެ. ކައިލް ދުރަށް ޖެހިލުމުން ރައިހާ އަނެއްކާވެސް ފޯނު ހިފަހައްޓައިގެން ކައިލް އާ ކައިރިއަށް ޖެހިލައެވެ. ރައިހާ ގޮތް ދޫނުުކުރުމުން އެންމެ ފަހުން ކައިލް އަށް ޖެހުނީ އޭނާ އާއެކު ފޮޓޯ އެއް ނަގާށެވެ.
****
އެ ހަނދާންތަކާއެކު ތުންފަތައް ވެރިވި ހިނިތުންވުމާއެކު ކައިލް އަށް އެ ފޮޓޯގައި ފިރުމާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް ކަންތައް ކުރެވުން ގޮތް ހަނދާންވުމުން ދެރަވިއެވެ. އިއްޔެވެސް ރައިހާ ވާހަކަ ދައްކަ ދައްކަ ހުއްޓާ ކޮޓަރިއަށް ދެވުންގޮތް ހަނދާންވިއެވެ. އައްޒާމްގެ ސަބަބުންވިޔަސް އެގުޅުން ހީނަރުވާކަށް ކައިލް ނޭދެއެވެ. އައްޒާމްގެ ހަޤީޤަތް ރައިހާ އަށް ކިޔައިދެން އޭނާ ނިންމިއެވެ.
*****
“ހޮސްޕިޓަލަކަށް ނޫންތަ ދާނީ..ފައި ދައްކަން ޖެހޭނެ އެންނު” . ކާރު ތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ރައިހާ ކަނޑުވާލިއެވެ.
ގެޔަށް ގޮށްސަ އައިސްޕެކް އަޅާލީމަ ރަނގަޅު ވެދާނެ.. މާ ބޮޑުވަރު ވަންޏާ ހޮސްޕިޓަލަށް ދާނީ” އައްޒާމް އޭނާގެ ރޭވުން ފަޅާ އަރާފާނެތީ އަވަހަށް އުޒުރުވެރި ވިއެވެ.
“އޯކޭ.. އައްޒާމް ކޯޗެއް ކިޔަވަނީ؟” އައްޒާމްގެ ގޮތް އިތުރަށް ދެނެގަންނަން ރައިހާ ބޭނުންވިއެވެ.
“ބިޒްނެސް މެނޭޖްމެންޓް.. މީ އެންމެ ފަަހު އަހަރު.. ބައްޕަގެ ބައިވަރު ވިޔަފާރިތައް އޮންނާނެ. ބައްޕަގެ ވިޔަފާރީގަ މަސައްކަތް ކުރަން ވިސްނަނީ” އައްޒާމް ހީކުރީ އޭނާގެ މުއްސަނދިކަން އިނގިއްޖެނަމަ އެހެން އަންހެން ކުދިންނެކޭވެސް އެއްފަދައިން ރައިހާގެ ހިތްވެސް އޭނާގެ މައްޗަށް ދީލާލަން ފަސޭހަވާނެ ކަމަށެވެ.
“އައްޒާމް ބުނި ހިސާބަށް މިއާދެވުނީ..” ކާރުގެ ކުޑަދޮރުން ބޭރު ބަލާލަމުން ރައިހާ ބުނެލިއެވެ.
“ތެންކިޔު ސޯ މަޗް..” އުނދަގޫ ގޮތަކަށް ކާރުން ފައިބަަމުން އައްޒާމް ބުނެލިއެވެ.
“އޯ ޔެސް.. އަހަރެން އަތުގަ އެބެއް ކައިލް އަށް ދޭންޖެހޭ އެއްޗެއް. ކޭން ޔޫ ކަމް ވިތް މީ..” ކަމެއް ހަނދާންވީ ފަދައަކުން މަޑުޖެހިލުމަށްފަހު އައްޒާމް ބުންޏެވެ.
“ފަޔަށް ތަދު ނުވާނަމަ ގެނެސްދިނީމުސް މައްޗަށް އަރާފަ..” އައްޒާމް ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް ރައިހާ އޭނާ އާއެކު ގެންދިޔުމަށެވެ.
ދެކޮޅުހެދުމެއް ނެތި ރައިހާވެސް ކާރުން ފޭބީ އައްޒާމް ދޭން އެ އުޅޭ އެއްޗަކީ ކައިލް އަށް މުހިއްމު އެއްޗަކަށް ވެދާނެތީއެވެ.
*****
ބެންޗުގައި އިން ކައިލްއަށް އިރު އިރުކޮޅާ މަގަށް ބަލައިލެވެނީ ރައިހާގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް އެކަހަލަ ނިޝާނެއް ނުފެނުމުން ގަޑިއަށް ބަލާލުމަށްފަހު ބޭރަށް ނިކުންނަން ކައިލް ހިނގައިގަތެވެ. ރައިހާ މަސައްކަތުގައި މާ ބުރަވީ ކަމަށް ކައިލް ނިންމިއެވެ. ކޮލެޖުން ބޭރަށް ކައިލް އަށް ނިކުމެވުނީ ކިރިޔާއެވެ. ވާރޭ ބޯކޮށް އޮށްސާލީ އެއެއްމިއެއް ބަލާފައެއްނޫނެވެ. ކައިލް އަވަސް އަވަހަށް ދުވެފައި ގޮސް މަގުގައި ހުރި އިމާރާތެއްގެ އަސްކަނި ދޮށަށް ވަދުނެވެ. ހެޑް ފޯނު ކަންފަތަށް ޖަހާލަމުން އިސްތިރި ކޮށްލީ ވާރޭގެ ސަބަބުން އޭނާގެ ނަފްސުގެ ހަމަޖެހުން ގެއްލެން ބޭނުން ނުވާތީއެވެ.
ދޮރުހުޅުވާލާފައި އެޕާޓްމެންޓްގެ ތެރެއަށް އައްޒާމް ވަނުމުން ރައިހާވެސް ފަސް ފަހަތުން އެތެރެއަށް ވަދެ ނަޒަރު ހިންގާލިއެވެ. ބޮޑު ތަނަވަސް ސިޓިންގްރޫމެކެވެ.
“އައްޒާމް ފެމިލީ ކޮބާ؟” ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ރައިހާއަށް ސުވާލު ނުކޮށްލައެއް ނުހުރެވުނެވެ.
“އަހަރެން އެކަނި އުޅެނީ” އައްޒާމްގެ ވާހަކައަށް ރައިހާ އެހެން ހެއްޔޭ ބުނެލިއެވެ. އެވަގުތު ވާރޭ ވެހެން ފެށި އަޑު ރައިހާގެ ކަންފަތުގައި ޖެހުނެވެ.
ސިޓިންގް ރޫމްގައި ހުރި ބެލްކަނިން ވާރެ ވެހޭ މަންޒަރު ފެނުމުން ރައިހާ ކައިލް އާ މެދު ފިކުރު ބޮޑުވިއެވެ.
“އައްޒާމް.. އަވަސްކޮށްލަ ދެއްޗޭ.. ކައިލް ހުންނާނީ އަހަރެން ގެއަށް ނައިސްގެން ލަސްވެފަ ކަންނޭނގެ މިހާރު” ކަންބޮޑުވެފައި ހުރެ ރައިހާ ބުނެލިއެވެ.
“ކައިލް އާ ދޭތެރޭ ހަމަ އެހާ ވިސްނަންތަ؟” އައްޒާމް ރައިހާއަށް ބަލައިލި އިރު އެތުންފަތުގައިވީ ވިހަ ހިނިތުންވުމެކެވެ. އޭނާ ބޭނުންވީ ގޮތަށް ރައިހާ އެހުރީ އޭނާގެ އަތްދަށުވެފައެވެ.
ރައިހާގެ މޫނަށް ހައިރާންކަން ވެރިވީ އައްޒާމްގެ މޫނުމަތީގައިވީ ތަފާތު ކުލަވަރު ފެނުމުންނެވެ. އިރުކޮޅެއް ކުރިން ފަޔަށް ތަދުވާތީ މޫނުނަތިންވެސް އެ އަސަރު ފެންނަމުން ދިޔަ މީހާ މިހާރު އެހެރީ ދެފައި ރީއްޗަށް މުށިތަކުގައި ޖައްސާލައިގެން ހަމަޖެހިފައެވެ.
“އަ..އަހަންނަށް ވަރަށް ލަސްވޭ އެބަ..” އައްޒާމްގެ ތޫނު ނަޒަރުން ރައިހާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދަތުރު ކުރަން ފެށިއެވެ. އައްޒާމްގެ ނިޔަތް ރަނގަޅުނޫންކަމަށް އޭނާގެ ހަަވަނަ ހިއްސު ވިސްނައިދެމުން ދިޔައެވެ. އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކުނު ރައިހާ އަވަސް އަވަހަށް ފަސް އެނބުރުނީ އެޕާޓްމެންޓުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ރައިހާއަށް އަޅާލެވުނީ ދެތިން ފިޔަވަޅެވެ. ބާރުގަދަ އަތަކުން އޭނާގެ އަތުގެ ކުޑަ ހުޅުގައި ހިފަހައްޓާލިއެވެ.
“ހާދަ އަވަހަކަށް ދާން ތިއުޅެނީ.. އަދި މަޑުކޮށްލަބަ.. ” މަސްތީގޮތަކަށް ރައިހާގެ މޫނަށް ބަލަހައްޓައިގެން ހުރެ އައްޒާމް ބުނެލިއެވެ.
ރައިހާގެ ގާތަށް ވަޤުތުން ރުޅިއައިސް ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. “ދޫކުރޭ ހަމަ މިހާރު އަތުން..” ރައިހާގެ އަޑު ހަރުކަށިވެފައި ބާރެވެ. ނަަމަވެސް އެޖުމްލަޔާއެކު ސިޓިންގް ރޫމް ތެރޭ ގުގުމައިގެން ދިޔައީ އައްޒާމްގެ ހުނުމުގެ އަޑެވެ.
“ހާދަ ރުޅިއެއް ތިއައީ.. އަދި މިހާރު މާލޯބި..” އައްޒާމް އުޅުނީ ރައިހާގެ ކޯތާފަތުގައި އައްލާށެވެ. ނަމަވެސް ރައިހާ އޭނާގެ މިނިވަންވެފައި އޮތް އަތުން އައްޒާމްގެ އަތް ފޮޅާލިއެވެ.
އައްޒާމްގެ އަތް ރައިހާ ފޮޅާލުމުން އޭނާގެ ހިތުގައި ރުޅިގަނޑު އުތުރި އަރައިގެން ދިޔައެވެ. ރައިހާގެ ހިފަހައްޓައިގެން ހުރި އަތަށް އޭނާ ބާރު ކޮށްލިއެވެ.
” އަހަރެންގެ އަތުގައި ކައިލްއަށް ލިބިފައޮތް ވަކި ކޯއްޗެއް ނެތީމަތަ އަހަންނާ ދުރަށް ދާން ތިއުޅެނީ.. އަހަންނާ ބަލާއިރު އޭނަ ނުވާނެ ހުވަނދަކަށްވެސް.. އަހަރެން ރައިހާ މާ އުފަލުގަ ގެންގުޅޭނަމޭ.. އެހެންނޫނަސް އެ ކައިލް އެއީ ތާކު ހުރި ބޮޑު ސޭކެކޭ.. ” އައްޒާމްގެ ވާހަކަ މެދުކެނޑުނީ ރައިހާގެ އަތުގެ ހޫނު ހަމަލާ އޭނާގެ ކަންކަށިމަށްޗަށް އަމާޒުވުމުންނެވެ. އެފަދަ ކަަމަކަށް ނުވިސްނާ ހުރި އައްޒާމަށް ލިބުނީ ޝޮކެކެވެ. ރައިހާގެ އަތުން ދޫކޮށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.
ރައިހާ އައިސްފައި ހުރި ރުޅީގައި މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އައްޒާމް އަތުގައި ހިފި ހިސާބުން ދިލަ ނަގަމުން ދިޔަ ނަމަވެސް ރައިހާ އޭގެ މައްޗަށް ރުޅިވެރިކަން އިސްކުރިއެވެ.
” ދެވަނަ ފަހަރަށް ކައިލް އޭ ކިޔައިގެން ތި އަނގައިން ބަހެއް ބޭރު ނުކުރައްޗޭ.. އައްޒާމް ހީކުރަނީތަ ތީ ވަރަށް މޮޅު މީހެއްކަމަށް.. ކައިލް އާ އެއް ހިސާބަށް ކައިވަތެއްވެސް ފިރުކައެއް ނުލެވޭނެ.. ތިކުރާ ކަމެއް ކުރަން ކޮންމެވެސް އެެހެން އަންހެނެއް ހޯދާ!” ޝަހާދަތް އިނގިލި އައްޒާމަށް ދިއްކޮލަމުން ރައިހާ ހަޅޭއްލަވައިގަތެވެ. އަދި އެންމެ ސިކުންތުކޮޅަކުވެސް އެތަނުގައި މަޑު ނުކޮށް އަވަސް އަވަހަށް އެ އިމާރާތުން ނިކުތެވެ.
ގެއިން ނިކުތުމާއެކު ވެހެމުން ދިޔަ ބޯ ވާރޭއިން ރައިހާ އެއްކޮށް ތެމިގެން ދިޔައެވެ. ހަށިގަނޑަށް ވެރިވި ފިނިކަމާއެކު ގައިން ހީބިހި ނަގައިގެން ދިޔަނަމަވެސް މަޑު ކުރާކަށް ރައިހާ ނުވިސްނައެވެ. އެ ބާރު މިނުގައ ދުވެފައި އައިސް ކާރަށް އަރާ ދުއްވާލިއެވެ.
ކޯތާފަތުން ފިން ނަގައިގެން ދާފަަދަ ދިލަތަދެއް ވަމުން ދިޔަ އިރު އައްޒާމްގެ ކަންފަތުގައި ގުގުމާލާފައި ހުރީ ރައިހާ އޭނާއާ ދިމާއަށް ބުނެލި ބަސްތަކެވެ. ދުވަހަކުވެސް އަންހެން ކުއްޖެއް އޭނާގެ ކައިރީ އެފަދަ ގޮތަކަށް ޢަމަލު ކޮށްފައެއް ނުވެއެވެ. ކޮންމެ ކުއްޖެއްވެސް އުޅެނީ އޭނާ އާ ވާހަކަ ދައްކާލަން ބޭނުންވެގެންނެވެ. އޭނާ އާ ގާތްވެވޭތޯއެވެ. ނަމަވެސް ރައިހާގެ ފަރާތުން ފެނުނު ދިމާ އިދިކޮޅު ސިފަތައް އައްޒާމަށް ހަޖަމެއް ނުކުރެވުނެވެ. ކޯތާފަތުގައި ފިރުމާލަމުން އަޑުގެ ނެތްތަނަށް އޭނާ ހަޅޭއްލަވައިގަތެވެ.
*****
ވިއްސާރަ ހައްތަހާ ދިޔައީ ބޯކުރަމުންނެވެ. ވަޔާއެކު ކެރީގެ ހަމަލާތަށް ކައިލް އަށްވެސް އަމާޒުވަމުން ދިޔައެވެ. ހުއްޓިގެން ހުރި އަސްކަނީގެ ކުޑަކަމުން ވިއްސާރައިގެ ތިކިތައް ކައިލްގެ މޫނަށް ހަމަލާ ދެމުންދިޔައެވެ. ވާރެއިން ވަމުން ދިޔަ އުނދަގުލަށް ބޯ ނުއަތަށް އަނބުރާލަމުން ކައިލް އަށް ލޯ މަރާލެވުނެވެ.
ހިނދުކޮޅަކަށް ވިއްސާރައިގެ އެއްވެސް އަސަރެއް ގަޔަށް ނުކުރުމުން މަރާލެވިފައިވާ ދެލޯ ހުޅުވާލަމުން ކުރިމައްޗަށް ކައިލް އެނބުރިލިއެވެ. ކައިލް އަށް ހުއްޓުން އެރީ ކުރިމަތީގައި އޭނާގެ ބޮލަށް ކުޑައެއް ދިމާކޮށްގެން ތެމި ފޯވެފައި ހުރި ރައިހާ ފެނުމުންނެވެ. ރައިހާގެ ކުޑަ ކުޑަ ދަތް ދޮޅި ރޫރޫ އަޅަމުން ދިޔަ ނަމަވެސް އެލޮލުގެ ނަޒަރު ސީދާވެފައި ހުރީ ކައިލްގެ މޫނަށެވެ. ގެއަށް ދިއުމުގެ ކުރިން ރައިހާ ކޮލެޖް ކައިރިއަށް އައީވެސް އައްޒާމް ދޮގު ހަދާފާނެކަމަށް ޝައްކުވުމުންނެވެ..
ކައިލް އަށްވެސް ހުރެވުނީ ރައިހާ އާ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. ވާރޭގެ ފެންތިކިތައް ފައިބަމުން ދިޔަ އިރު ރައިހާގެ ދެލޮލުގެ ތެރެއިން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން ކައިލް މަސައްކަތް ކުރާފަދައެވެ.
“ސޮރީ.. އެހާ ލަހުން އާދެވުނީމަ..” ރައިހާ އަށް ލަސްލަހުން ބުނެލެވުނެވެ..
ކައިލް އަނގަ ހުޅުވާލީ ރައިހާ ތެމިފައި ހުރުމުން އެކަމާ ސުވާލުކުރާށެވެ. ނަމަވެސް ރައިހާ އެކަމަށް ފުރުސަތެއް ނުދީ ކައިލް އަތަށް ކުޑަ ލުމަށްފަހު ހިނގައިގަތެވެ. ދެން ފެނުނީ ކައިލްގެ ކައިރިއަށް ކާރު ކައިރިކޮށްލި ތަނެވެ. ކައިލް އިތުރު ވާހަކައެއް ނުދައްކާ ކާރަށް އަރާ ކުޑަ ލައްޕާލިއެވެ.
ގެއަށް ވަދެވުމާއެކު ރައިހާ އަވަސް އަވަހަށް ކޮޓަރިއަށް ހިނގައިގަތީ ފެންވެރުމަށެވެ. ފަހަތުން ވަދެގެން އައި ކައިލް އަށް ބަލައިލުމަށްފަހު ފެންވަރަށް ދަނީ ކަމުގައި ބުނެ ރައިހާ ހިނގައިގަތެވެ. އެހެނަސް ރައިހާގެ ފައިގާ ތަޅު އެޅުވިގެން ދިޔައީ ފަހަތުން އޭނާ ގައިގާ ކައިލް ބައްދާލުމުންނެވެ. ހުއްޓުން އަރާފައި ހުރި ރައިހާގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔަ އިރު ދެލޯ ބޮޑުކޮށްލެވުނެވެ.
“ސްޓޭ..” މޮޅިވެރި އަޑަކުން ކައިލް ބުނެލިއެވެ. ކައިލް ހޫނު ނޭވާ ކަރުދޮށަށް އެޅެމުން ދިޔަ އިރު ރައިހާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
“ކައި.. އަހަރެން ފެންވަރައިގެން އަންނާނަމޭ.. ކައި އަށް ފިނިވެގެން ބަލިވެދާނެ އަހަރެން މިހެން ހުރީމަ… ” ރައިހާގެ ވާހަކަ ކައިލް އަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ކައިލްގެ އަތްތިލަ އިތުރަށް ރައިހާގެ ބަނޑުމަތީ ވަށާލެވުނެވެ.
” އައިމް ސޮރީ ފޯ އެވޮއިޑިންގް ޔޫ. އައްޒާމް އެއީ އަހަރެންގެ ރަޙުމަތްތެރިއެއް ނޫން..އަހަރެން ބިރުގަތީ ރައި އަހަންނަށް ގެއްލި ދާނެތީ..” ރައިހާގެ ބޮލުގައި ދަތްދޮޅި ޖައްސާލަމުން ކައިލް ވާހަކަ ދެއްކިއެވެ.
މަޑު މަޑުން ކައިލްގެ އަތް ނައްޓުވާލަމުން ރައިހާ ކައިލް އާ ދިމާއަށް އެނބުރުނެވެ. އަދި އެދެލޮލާ ހަތަރު ކަޅި ބައްދަލުކޮށް ވާހަކަ ދައްކަން ފެށިއެވެ.
“ކައިލް ނޫން ފިރިހެނެއް އަހަރެންގެ ހަޔާތަކަށް ނާންނާނެ.. އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުންގެ ދޭތެރެއަކަށް އެކަކަށްވެސް ނުވަދެވޭނެ..” ކައިލްގެ ކޯތާފާތުގައި އަތްޖައްސާލައިގެން ހުރެ ރައިހާ ބުނެލިއެވެ. އަދި ކައިލްގެ ގައިގާ ބައްދާލިއެވެ. ކައިލްވެސް އޭނާގެ އަތް ރައިހާގެ އުނަގަނޑުގައި ވަށާލަމުން އޭނާގެ މޭތެރޭ ރައިހާ ފޮރުވާލިއެވެ.
ރައިހާގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ ނީރާލިއެވެ. އައްޒާމްގެ ފަރާތުން ވީކަންތަކަށްފަހު އެފަދަ ރައްކާތެރިކަމަށް އޭނާ ފަނީ ފެންބޮވައިގެންފައެވެ. ހިތުގައި އުފެދުނު އުދާސްތައް ކަރުނައިގެ ސިފައިގާ ބޭރުކޮށްލެވި މީހާ ހަމަޔަކަށް އެޅިގެން ދިޔައެވެ. ނަސީބަކުން ރައިހާ ކުރިންބައިން ތެމިފައި ހުރުމުން ކައިލް އަށް ރައިހާގެ ކަރުނަތައް އިޙްސާސެއް ނުކުރެވުނެވެ.
މީހާ ހަމަޖެހިލަމުން ކައިލް އާ ދުރުވެލާފައި ރައިހާ އޭނާގެ އާންމު އުފާވެރި ހިނިތުންވުން ކައިލް އަށް ރައްދުކޮށްލިއެވެ.
“ކައިލް ވެސް އެންމެ ފަހުން ތެމުނީނު… ދެޓްސް ފޯ އެވޮއިޑިންގް މީ..” ކުޑަ ކުއްޖެއްހެން ދޫ ނެރެލަމުން ރައިހާ ބުނެލިއެވެ. ރައިހާގެ އަމަލުން ކައިލްގެ ތުންފަތަށްވެސް ހިނިތުންވުންވެެރިވި އެވެ.
ކައިލްގެ ލުއި ލުއި ހުނުމާއެކު އިސްތަށިގަނޑުން ތެތްވެ ރޫޅިފައިވާ އިސްތަށިކޮޅެއް ކައިލްގެ ލޯ މައްޗަށް ވެއްޓުނެވެ. ރައިހާ ކޮރާލަމުން އެ އިސްތަށިކޮޅު އެއްފަރާތް ކޮށްލަދީ ރީތި ކޮށްލަ ދިނެވެ. ރައިހާގެ ހަރަކާތްތަކުން ހުއްޓުން އަރާފައި ހުރި ކައިލްގެ މޫނު މައްޗަށް ސީރިއަސްކަން ވެރިވީ ރައިހާގެ ކުޑަހުޅުގައި ރަތްވެފައިވާތަން ފެނުމުންނެވެ. ރައިހާގެ އަތުގައި ހިފަހައްޓަމުން ކައިލް އެއަތް ތރިކޮށްލިއެވެ.
” މީ ކިހިނެއްވެފަ..” ކައިލް އުޅުނީ ރައިހާގެ އަތްކުރި މައްޗަށް އޮޅާލަމުން ރަނގަޅަށް ބަލާލާށެވެ. ނަމަވެސް ރައިހާ އަވަސް އަވަހަށް އަތް ދަމައިގަތެވެ.
“ތީ އެތަން ހިރުވަން ފެށީމަ މާގަދަޔަށް ކަހާލެވިފަ..” ރައިހާ އައްޒާމްގެ ފުށުންވީ ކަންތައް ސިއްރުކުރިއެވެ. އެދެމީހުންގެ ދެމެދުގައި އަރާރުންވެ ހަމަނުޖެހުމެއް އުފެދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
“އަދިވެސް ހިރުވާތަ.. އެއްޗެއް އުނގުޅަން ޖެހޭނެ އެންނު” ކައިލްގެ މޫނުމަަތީގައި އަދިވެސް ވަނީ ކަންބޮޑުވުމެވެ.
“މިހާރު ނުހިރުވަ.. ފެންވަރައިގެން އެއްޗެއް ހާކާނަން..”
ރައިހާ އަވަހަށް އެއްބަސްވީ ކައިލްގެ ސުވާލުތަކުން އެންމެ އަވަހަށް ސަލާމަތްވެވޭނީ އެގޮތުން ކަމަށްވާތީއެވެ.
ފުންނޭވާއަކަށް ފަހު ކައިލް ބޯ ޖަހާލިއެވެ. ހަނދާންކޮށް އެއްޗެއްހާކަން ބުނުމަށްފަހު ކައިލްވެސް އޭނާގެ ކޮޓަރިއަށް މިސްރާބުޖެހީ ތެތް އެއްޗެހި ބަދަލު ކުރުމަށެވެ.
******
” ކައި..!” ނިދާފައި އޮތް ކައިލްއަށް ފުންމައިގެން ތެދުވެވުނެވެ. ނިދާބޮކީގެ ތެރެއިންވެސް އޭނާގެ ކުރިމަތީ އިން ރައިހާ ކައިލް އަށް ފެނުނެވެ. ފޯނުގައި އަތްލެވުމުން ދިއްލިގެން ދިޔަ އިރު ދަންވަރު ބާރަ ޖަހާފައި އިންތަން ފެނުމުން ކައިލްގެ ދެލޯ ބޮޑުވިއެވެ. ރައިހާ އަށް ބަލައިލެވުނީ ހާސްކަމާއެކީ ކިހިނެއްވީތޯ އަހާފަދައިންނެވެ..
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Hellow dead readers.. Hope u all will like 24th episode of vaashey mashaa eky.. I couldn’t actually bring this part to the point i wanted to as i didn’t have internet connection yesterday.. so this part might b a bit short.. In sha Allah will try to make next part longer.. enjoy reading!?❤❤
Dear readers** sorry for the typo.
Alheyyyy maashaa Allah ♥️ vrah vrah reethi story eh wonder next part thankolheh avas kohlahchey stay safe dear
mi part vx varah rreethi
Thank u soo much hiraa. V ufaavejje mi part ves kamudhiyaeema.. Really appreciate ur support. Stay safe n ly?❤
Azzzaaaaaamuuuuu???????Azzam kiyehvetha bas naahani????? Kail♥️ gothah bas ahan dhas kohdheebala??
مشاء الله mi part ves varah varah varah varah varah varah varah varah varah varah loabi ♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️
Wonder mihaaru adhi maa molhu vejje مشاء الله❤️?❤️?❤️?❤️?❤️?❤️?
Stay safe❤️♥️
Ahahaha.. Sher ge comment kiyaafa enme faharakuves wonder ah heenulaeh nuhureve hama?. Thank u for ur lovely comments.. Yes.. Azzam ah neynge dhw kail hen bas ahaakah.. eba jeheyy Azzam ah dhaskohdhen..? v ufaavejje mi part ves dear a kamudhiyaeema.. U too b safe n ly?❤
Thank u soo much Een. Dear ah kamudhaa story eh genes dheveythyy v ufaavey wonder ves.. i haven’t started on next part yet.. so hopefully i can submit it by tomorrow night.. hope u will wait.. Really appreciate ur support .. b safe n ly?❤
Salhieyyyy????❤️❤️next part dhigu kollaane kamah ummeedhukuran.ekamaku e oih vaa azzaameh dho?pis pos pod pis?????
How’s yuh? Mi part vx varah reethi, Masha Allah.???????? hama speechless. Neynge bunaane ehchei vx. ???????? ehaa vx reeethi. Sifa kohdhyfa hunna goiyy vx.?????????? you are the one of my favorite author ❤❤❤❤❤❤❤❤❤❤❤❤ nd Raiha kollaa kudhi kudhi sweet kankamun varah interesting vey??????????wonder Azzam gaathu buneba Izabell bunyey bas ahaashey. Eyrun chocolate eh ganedheynamey.????? Izabell Kail dheke lwbi vani Kail basahaathy??????? btw, next part varah kiyaalaa hithun mi hury. Avahah up kollahche.?????? Take care, ly
Awwwn.. Soo happy after reading this comment Izabell. It’s n honour to be one of ur fav Author.. v ufaavejje dear ah mi story ehaa kamudhiyaeema. Ahaha.. chocolate eh dheegen ves eba jehey dhw Azzam bas ahuvan?? wonder bunelaanan ingey Izabell buni vaahaka..hehe.. Im doing fine dear..hope u r too. Thank u for the sweet words.. really made my day.. much love n stay safe?❤❤
How you wonder ? varah Gina vaahaka hingahjje dhw comment nukurevi vaguthunuvy I am really sorry for that mi Azaaaamu gandaa hedhives vaany ehen nehnu hehe ☺️ mi thin hafthaa mi ulheny baby sitting ga ehenve vaguthu nuvany❤️❤️❤️ 22 ves 23 ves mi part ves varah salhi
Take care
Be safe
Ly????
Thank u soo much Larkuu.. mi part ves kamudhiyaeema v ufaakohfin.. ahah.. Azzam eba jeheyy islaahu jaadiyaa ah laan dhw??. Yess.. In sha Allah will try to make next part longer.. Ly n stay safe❤?
mi part vx varah varah varah reethi… plx upload a bit sooner,if u can… but Vaahaka hama habeys.. ?
Hellow Aish.. Im doing fine dear.. hope u r too.. issokay dear. Wonder ah ves ingey bxy vaa dhuvas thah ves annaane kan.. ekam mi vaahaka kiyaakan ingunyma v ufaavejje hama.. n u were bxy doing such a great job.. Masha Allah.. ahaha.. yes Azzam ulhey gothun ves vaane ehen..?. Soo happy u liked this part dear.. u too tvgc n b safe.. lym?❤
Thank u soo much Love_reading.. vaahaka kamudhiyaeema v ufaavejje.. yes dear.. im trying always to submit the story as fast as i can?. Really appreciate ur sweet comments. B safe n ly?❤
masha allah mi part v v v reeethi
next part kiyaalaa hithun mihaaru ves hurevenyykyy nooon hehe mi azzzam akaa hedhi haadha foohi veyeyyyy foni bodu insaaneh
eakam ves mivaahaka v v v reethi
hurihaa part eah ves gavaaidhun kiyan
mi vaahaka mi ee mihaaru esfiya site ah up vaa eahme rythi vaahaka
luv yuh wonder
take care
be safe
Thank u soo much bestfriend. V ufaavejje mivaahaka ehaa kamudhiyaeema adhi mivaahaka abadhuves kiyaakan ingunyma v ufaavejje.. n finally happy to c a comment from u?. Ahaha.. Alsuves dhw.. Azzam ebajehey islaahukuruvan?. Next part In sha Allah dear gina dhuvahaku wait kuraakah nujahsaanan.. Thank u for the sweet words.. u too tvgc n b safe. Lym?❤
Wonder I’m wondering when you will upload the next part ??????
Ahahaha.. im wondering when should i???. JK. Working on it..Hopefully tonight i can submit next part.. Couldn’t help smiling after seeing this comment.. Thank u. Ly n b safe?❤