އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ އައިވިންގެ ހިތަށް އުދާސްކަން ވެރި ކުރުވަމުންނެވެ. މާދަމާގެ ހެނދުނުގެ ވަޤުތެއްގައި މާލެ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އައިވިން ގެ ބޮޑީގަރޑް ބުނުމުން ބުނެދެން ނޭނގޭ ހުސްކަމަށް އައިވިން އަށް ލިބިގެން ދިޔައެވެ. ބޮލު ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑުން ދުރުވުމަށްޓަކައި އައިވިން އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ފެންވަރަން ވަނެވެ. ފެންވަރާ ނިމުމާއެކު ވޯކް ޝޮޕަށް ދިޔުމަށްޓަކައި އައިވިން ތައްޔާރުވާން ފެށިއެވެ. ވޯކްޝޮޕްގެ އެންމެ ފަހު ސެޝަން […]
މަޑު ހިނގުމެއްގައި ދެމީހުން ގެޔާ ހަމައަށް އައެވެ. ދެބައި ވަކި ކުރުމަށް އިންދާފައި ހުރި ގަސްތައް ކައިރީ މަޑުކޮށްލަމުން އައިވިން ޖީބަށް އަތްޖަހާލިއެވެ https://erektilemed.de/. މިއީ ދެމީހުން ވަކިވާން ޖެހޭ ހިސާބުކަން އިނގުމުން އައިވިން ހުރީ ދާންބޭނުންނުވާ ގޮތަކަށް ހުއްޓިގެންނެވެ. “އަޅުގަނޑު އެތެރެއަށް ވަނަސް މައްސަލައެއް ނެތްތޯ؟” އައިވިން ހަރަކާތެއް ކޮށްނުލާ ހުރުމުން ޒޯޔާ ދިޔުމުގެ ހުއްދައަށް އެދުނެވެ. “ޒޯޔާއަށް ފާހަގަ ނުވިޔަސް އަހަންނަން ވަރަށް އުނދަގޫވެގެން މިއަހަނީ..ކީއްވެތަ ތިހާ މާތްބަހުން ތިވާހަކަ ދައްކަނީ..؟” އައިވިން ބޯ […]
“އެކަމަކު އަޅުގަނޑު..” ޒޯޔާއަށް އައިވިން އެދުނު ކަންތަކާއި އެއްބަސްވާން އުނދަގޫވިއެވެ. އޭނާއަކީ މީހެއްގެ އަންބެކެވެ. ހިލޭ ފިރިހެނަކާއެކު އަތިރިމައްޗަށް އެކަނި ދިއުމަކީ ރަނގަޅުކަމަކަށް ނުވާނެއެވެ. މީހަކަށް ފެނިއްޖެނަމަ ހިކި ހޯލީގައި އަލިފާންހިފާލެކެއް ވުރެ އަވަހަށް ރަށު ތެރޭގައި ވާހަކަ ދަޢުރުވެގެން ދާނެއެވެ. ހާއްސަކޮށް އައިވިން ފަދަ މީހަކާއެކު އެގޮތަށް ބޭރަަށް ގޮސް އުޅެނިކޮށް ފެނިއްޖެނަމަ ދައްކާނެ ވާހަކަތައް ގިނަވާނެއެވެ. އަދި އެއަށް ފޮނި ތޮށްޓާއި ކާފޫރުތޮޅި އިތުރު ކުރާނެ ކަން ޒޯޔާއަށް ޔަޤީންވެއެވެ. އެއިން އެއްވެސް ޚަބަރެއް […]
ޒޯޔާ އެނބުރި ޒަފަރްގެ ގެޔަށް އައީ ދެދުވަސް ފަހުންނެވެ. އޭނާގެ މަންމަ މުޅިން ހަމަޔަކަށް އެޅުނީމައެވެ. މަންމަ ކަައިރީގައި ދިރިއުޅެން ކިތަންމެ ބޭނުންވީނަމަވެސް އެކަމަކަށް ހާލަތު އޭނާއަކަށް ތަނެއް ނުދެއެވެ. މީހެއްގެ ފަރާތުންވެސް އޭނާ ގެޔަށް ނާންނަ ޚަބަރު ލިބިއްޖެނަމަ ޒަފަރް އޭގެ ބަދަލު އޭނާއަށް ދޭނެކަން ޒޯޔާއަށް އިނގެއެވެ. ގެޔަށް އާދެވުމާއެކު ޒޯޔާ ބެލީ ގެފޮޅާ ސާފުކުރެވޭތޯއެވެ. ގޭގެ ދޮރުމަތި ކުނިކަހާ ގަސްތަކަށް ފެންދީ ނިންމާލެވުނު އިރު އޭނާ ހުރީ ވަރުބަލިވެފައެވެެ. މާބަނޑު ދުވަސްވަރު ކަމުން […]
އެ އަންހެން މީހާ އޮތީ މޫނު ވަތަށް މަގުމައްޗަށް ވެެއްޓިފައެވެ. އައިވިން އަވަސް އަވަހަށް ކާރުން ފައިބައިގެން އައިސް އެމީހާ އުއްޑުން ބާއްވާލަމުން ނޭވާލާތޯ ޗެކުކުރިއެވެ. ނޭވާލާކަން ޔަޤީން ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އައިވިން އަށް ލިބުނެވެ. ޓެކްސީ ޑްރައިވަރުގެ އެހީގައި އޭނާ ކާރަށް އެރުވުމަށްފަހު ޑްރައިވަރު އަވަހަށް ދަތުރު ފެށީ ރަށު ހޮސްޕިޓަލާ ދިމާއަށެވެ. ހޮސްޕިޓަލަށް އެ އަންހެންމީހާ ގެނެވުމާއެކު އެމަރޖެންސީ ބައިގާ ފަރުވާދެވެމުން ދިޔައެވެ. އައިވިން ހުރީ ފަރުވާދެވެމުން ދިޔަ ކޮޓަރީގެ […]
ޒޯޔާ އުނދަގޫ ގޮތަކަށް ތެދުވެ ފަހަތަށް ފަހަތަށް ޖެހެމުންގޮސް ބެލްކަންޏަށް ނިކުތެވެ. އޭރުވެސް ޒަފަރް އޭނާގެ ރުޅިވެރިބެލުމުން ޒޯޔާ ފިއްސަމުން ދާފަދައެވެ. ޒޯޔާ އަށް ނޭނގުނީ ޒަފަރް އެހާ ރުޅިއަންނަން ޖެހުނު ސަބަބެކެވެ. “ކިތައް ފަހަރު އަހަރެން ބުނާނީ މި ފޯނުގަނޑު ނަގާށޭ! އެންމެ ފަހުން އަހަރެން ގުޅާފާނެތީ ފޯނުގަނޑުވެސް އެއްލާލާފަ ދޯ ތިދިޔައީ..” ޒަފަރް އަތުގައި އޮތް ފޯނު ފެނުމުން ޒޯޔާ ދެލޯބޮޑުވިއެވެ. އޭނާއަށް ދެވުނީ ފޯނު ގޭގައި ބާއްވާފަކަން ވިސްނުނީ ދެނެވެ. ” ބަލަ […]
އެނދުގެ އެއްފަރާތުގައި އޮތް ޒަފަރް އަށް ޒޯޔާ ބަލާލިއެވެ. ބަނޑުވަތަށް އޮތް ޒަފަރް ގުގުރިދަމާ އަޑު އިވެން ފެށުމުން އޭނާއަށް ނިދުނީކަން ޒޯޔާއަށް ޔަޤީންވިއެވެ. މަޑު މަޑުން ރަޖާގަނޑުގެ ތެރެއިން ޒޯޔާ ނިކުމެ އޭނާގެ އަންނައުނުތައް ލާން ފެށިއެވެ. ޒަފަރް ހޭލަފާނެތީ ޒޯޔާ އުޅުނީ އެއްވެސް އަޑެއް ނުއިއްވާ ވޭތޯއެވެ. ލައިގެން އުޅުނު ދޫކުރުތާ ހެދުން ގަޔަށް މަހާލުމަށްފަހު މަޑު ފިޔަވަޅުތަކުގައި ޒޯޔާގޮސް ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. އޭނާގެ ހަށިގަނޑު ކިތަންމެ ވަރުބަލިވެފައިވީނަމަވެސް އެދެލޮލުގައި ނިދީގެ އަސަރެއް […]
ޒޯޔާގެ ނަޒަރު އައިވިން އަށް އަމާޒުވުމުން އޭނާ ފުރަގަހަށް އެނބުރި ގެސްޓް ހައުސްގެ ތެރެއަށް މިސްރާބުޖެހިއެވެ. އަރުތެރޭގައި ތާށިވެފައިވާ ނޭވާ ޒޯޔާއަށް ދޫކޮށްލެވުނީ އައިވިން އޭނާގެ ލޮލަށް ގެއްލުމުންނެވެ. އައިވިންއާ ދިމާވާ ކޮންމެ ފަހަރަކު ކަންތައްވަމުން ދާގޮތުން ޒޯޔާ ބިރުގަތެވެ. ދެލޯ މަރާލެވުނީ ދެން އައިވިން ފެންނަ ހިސާބަށްވެސް ނޭރުމަށް ޢަޒުމު ކަނޑަ އަޅަމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިވިން ކަރުގައި އަޅާފައި އޮތް އޭނާގެ ޓައީ ދޫކޮށްލިއެވެ. ޒޯޔާ ދެއްކި ވާހަކަތަކުން ނޭނގިނަމަވެސް އޭނާއަށް އުނދަގޫވަމުން […]
އާދުވަހަކަށް އިރު އަރައިގެން އައި އިރު އައިވިން ތައްޔާރުވަމުން ދިޔައީ ރަށު އޮފީހަށް ދިޔުމަށެވެ. ކޯޓު ލުމަށްފަހު ޓައީ ރީތިކޮށްލި ވަޤުތު ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑު އިވިގެން ދިޔައެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު އައިވިން އޭނާގެ ފޯނާއި ވޮލެޓު ޖީބަށް ލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކޮޓަރި ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި އޭނާގެ ބޮޑީގަރޑް ޓެކްސީ އޮތީ ތައްޔާރަށް ކަމަށް ބުނެލިއެވެ. އައިވިން ބޯ ޖަހާލަމުން ހިނގައިގަތުމުން ބޮޑީގަރޑް ވެސް […]