އައިވިންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އެނގި ޒޯޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ޖޫސްގެނައި ތަބަށް ޖޯލިފަތީގެ ކުރިމަތީގައި ހުރި ފިލައިން ހަދާފައިވާ ތިރި މޭޒުގައި ބެހެއްޓުމަށްފަހު ޒޯޔާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. “އުންމީދު ކުރަން އަޅުގަނޑުގެ ގެސްޓް ހައުސްގައި ހުންނަ ހުރުން ހިތްހަމަޖެހޭ ތަޖުރިބާއަކަށް ވެގެންދާނެކަމަށް..” ޖޫސްތަށި ހުސްކޮށްލުމަށްފަހު ޒަފަރް ތެދުވެ އައިވިން އާއި އެކު ހިނގައިގަތީ ގެސްޓް ހައުސް އާ ދިމާއަށެވެ. ” މިހުރީ ގެސްޓް ހައުސްގެ ސްޓާފް ހެޑް މިސް ސްޓެފަނީ.. އެއްވެސް ކަމަކަށް […]
ޒޯޔާގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށީ އެވަޤުތުއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ޒޯޔާ ހާސްވިއެވެ. އަވަސް ހަރަކާތާއެކު ފޯނު ރިންގް އޮފް ކޮށްލުމަށްފަހު ހިޝްމާ ކައިރީ ދަނީކަމުގައި ބުނެ ހިނގުން ބާރު ކޮށްލިއެވެ. ****** ކާރުގެ އޭގެ މަންޒިލަށް އާދެވުމާއެކު ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލުމަށްފަހު އައިވިންގެ ބޮޑީ ގާރޑް ފޭބިއެވެ. އަދި އަދަބުވެރިކަމާއެކު އައިވިން ފޭބުމަށްޓަކައި ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދިނެވެ. ކާރުން ފޭބުމަށްފަހު ލައިގެން ހުރި ކޯޓު […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި އައި ލޯންޗު ވިލު ނޫކުލައިގެ ފަޅުން އެތެރެވެގެން އައިސް ރަށެއްގެ ފާލަން ދޮށަށް މަޑުކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޯންޗުގެ ތެރެއިން ތޮށިގަނޑު މައްޗަށް ފޭބީ އިސްކޮޅުން ދިގު ޒުވާނެކެވެ. ތޮށިގަނޑު މައްޗަށް ފައި އެޅުމާއެކު އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. ލައިގެން ހުރި ކޯޓުފަޓުލޫނާއި އަތުގައި އޮތް ގަޑިއާއި އަރައިގެން ހުރި ބޫޓަށް ބަލައިލިޔަސް އެޒުވާނާގެ ފަރާތުން ފެންނަނީ ޝާހީ ކަމެވެ. ލޮލުގައި އަޅައިފާވާ ރޭބަން އައިނު ހިއްލާލަމުން […]
ބާރު ފިޔަވަޅުތަކުގައި ގޮސް ރައިހާ އޮތް ކޮޓަރި ދޮރު ހުޅުވާލި އިރު ކައިލް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލިބޭނީ އުފާވެރި ޚަބަރެއް ކަމެއް ހިތާމަ ވެރި ޚަބަރެއްކަމެއް ބުނަން ނޭނގޭ އިރު އެ ޚަބަރުގެ ސަބަބުން އޭނާއަށް ވާނެ ގޮތަކާމެދު ވިސްނި ދޮރު ހުޅުވާލަން އުފުލާލި އަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ. ދޮރު ހުޅުވާލުމަށްފަހު ހާސްކަމާއެކު އެތެރެއަށް ވަތް ކައިލް އަށް ރައިހާގެ މޫނު ފެންނަގޮތް ނުވީ އެދިމާއަށް ގުދުވެގެން އަމީނާ އޮތުމުންނެވެ. މޭ ފަޅާ ހިތްނިކުންނަށް […]
ޑޮކްޓަރު ހައިރާންވެފައި ރައިހާއަށް ބަލައިލިއެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލަމުން އެހެން މީހަކު ސަލާމަތް ކުރަން ފަސްނުޖެހޭނީ ކާކުހެއްޔެވެ؟ އެހެނަސް ރައިހާގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުން ޑޮކްޓަރުވެސް އާޝޯޚް ކުރުވިއެވެ. “އެކަމަކު އަޅުގަނޑުގެ އެދުމެއް އެބައޮތް.. އެއީ މި އޮޕަރޭޝަންގައި ހުރި ނުރައްކާ އިތުރު ފަރާތެއްގެ ކައިރީ ނުބުނުން..” އިތުރު މީހަކަށް ރައިހާގެ ފުރާނައަށް ގެއްލުން ވާކަން އެނގިހުރެ މި އޮޕަރޭޝަން ކުރަން އެއްބަސް ނުވާނެކަން ރައިހާއަށް އެނގެ އެވެ. އެއިން އެއްވެސް ކަމަކާހުރެ ކައިލްގެ ބައްޕަ […]
ހައިރާންވެ އަނގަހުޅުވިފައި ހުރި ރައިހާ ފަހަތަށް އެނބުރި ކައިލް އަށް ބަލައިލިއެވެ. ރައިހާ ހުރި ގޮތް ފެނި ކައިލް ގާތަށް ހިނިއަންނަ ގޮތްވިއެވެ. “ރައި އަށް ސަޕްރައިޒް އެއް ދޭންވެގެން ނުދައްކަ ބޭއްވީ… ކުރިން ދުވަހު ރައި ކެންވަސް ކައިރި ހުރީމަ ވަރަށް ބިރުގަތް.. ހީކުރީ ރައި އަށް ފެނުނީކަމަށް.. އެހެންވެ އަވަހަށް ރައި ކޮޓަރިން ނެރެން ބަނޑުހައިވެއްޖޭ ބުނީވެސް..” ކައިލް ގެ ވާހަކަތައް އަޑުއަހަން ހުރި ރައިހާ އަނެއްކާވެސް އެކުރެހުމަށް ބަލާލުމަށްފަހު މަޑުމަޑުން އެކުރެހުމުގައި އަތް […]
ލާން އުޅުނު ނޭވާވެސް ހީވީ އެތެރެ ހަށީގައި ތާށި ވިހެންނެވެ. ދެލޯ ބޮޑުވެފައި ހުރި ރައިހާގެ އަނގައިން މަޑު އާޙެއްގެ އަޑު ބޭރުވެގެން ދިޔައިރު ކަރުނަތިކި ނޭފަތް ކައިރިން ރޮނގަކަށް ފައިބައިގެން ދިޔައެވެ. ކައިލް އެގޮތަށް ހުއްޓާ ލޮލަށް ފެނުމުގެ ކުރިން ފުރާނަ ގެންދެވި ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އެމަންޒަަރު ބަލަން ކެތްނުވި ރައިހާ އަވަސް އަވަހަށް ފުރަގަހަށް އެނބުރުނެވެ. ކައިލް އާއެކު ހުރި ސަމަރް ފެނުމުން އޭނާގެ ބޮލުގެ ތެރޭގައި ވަނީ ވަރުގަދަ ހައިޖާނެއް […]
“ސަމަރް.. ކޮންތާކަށް ތިދަނީ.. އަވަސް އާދެބަލަ.. ނުފެނޭތަ މިތާ ތިބި ކަސްޓަމަރުންގެ އަދަދު..” ސަމަރް އާއެކު މަސައްކަތް ކުރާ ކުއްޖެއް ގޮވާލި އަޑަށް ސިއްސައިގެން ގޮސް އޭނާ އަށް ފަހަތް ބަލާލެވުނެވެ. ސަމަރްއަށް މިކުރެވޭ ކަންތައް ވިސްނުނީވެސް ދެނެވެ. ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ކުރިމައްޗަށް ބަލައިލީ ކައިލް އޭނާއަށް ގެއްލިދާނެ ކަމުގެ ބިރަށެވެ. ކަންވީވެސް އެހެންނެވެ. ހުދު ކުލައިގެ ކާރެއް ކައިލްގެ ކުރިމައްޗަށް މަޑު ކޮށްލީ އެވަޤުތެވެ. ސަމަރް އަށް ބާރު ފިޔަވަޅުތަކެއްގައި ގޮސް ދޮރުން […]
އެޚިޔާލާއެކު ކައިލް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާގެ ދިރިއުޅުމަށް މާޒީގެ ހިޔަނި އެޅުނަކަ ނުދޭނެ އެވެ. އެކަމަށްޓަކައި ކުރަންޖެހުނު ކަމެއްވިއްޔާ ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އިސްތިިރިކޮށްލަމުން ރައިހާގެ ނިތްކުރީގައި ތުންފަތް ޖައްސާލި ކައިލް ދެލޯ މަރާލީ ޚިޔާލުތަކުން ދުރުވެ ނިދީގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ****** “ކޮންކަމަކާ ތި ފިކުރު ކުރަނީ..؟” ކާމޭޒުގެ ގޮނޑިއަށް ގައިގެ ވަރުދޫކޮށްލައިގެން އޮތް ސަމަރް އަށް ބަލައިލަމުން އޭނާގެ ދައްތަ ޝަމްސިއްޔާ ސުވާލު ކުރިއެވެ. […]