Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-28

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
June 1, 2020 6 Mins Read
29 Comments

ވެހެމުން ދިޔަ ވާރޭގެ ތެރޭން އޭނާގެ މާޒީ ސިފަވަމުން ދިޔަފަދައެވެ. އެހެނަސް ރައިހާ ސަލާމަތް ކުރުމަށްވެސް އިތުރުގޮތެއް ކައިލް އަކަށް ނުފެނުނެވެ. ދެއަތް މުށްކަވާ ބާރުކޮށްލަމުން ކައިލް ދެލޯ މަރާލިއެވެ. ހީވަނީ ކަމެއް ކުރުމުގެ ކުރިން ވަރަށް ބޮޑަށް ތައްޔާރު ވިހެންނެވެ. ދެން ފެނުނީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ކައިލް ނިކުމެ ދުއްވައިގަންތެނެވެ.
********

ވެއްޓިފައި އޮތް ރައިހާގެ ކުރިމައްޗަށް އައިސް އައްޒާމް އެއްފައި މައްޗަށް ތިރިވެލިއެވެ.

“ދެން ވެސް އެންމެ ރަނގަޅުވާނީ އަހަރެން ބުނާ ކަމެއް ބުނާ ގޮތަކަށް ކުރިއްޔާ..” މަޑު މަޑުން ތެދުވަމުން ދިޔަ ރައިހާއަށް އައްޒާމް ބަލަހައްޓައިގެން އިނީ ދަހިވެތި ކަމާއެކުއެވެ.

“އެއަށްވުރެ މަރުވަންވެސް ހިތަށް ފަސޭހަ..” ވޭނާއެކު ނަމަވެސް ރައިހާ ކެތްތެރިވެވޭތޯ މަސައްކަތް ކުރިއެވެ.

އައްޒާމަށް ކުރިއެރުމެއް ލިބޭނެ ކޮޅުމަތި ފެންނަމުން ނުދިޔުމުން މީހާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރައިހާގެ ދެއަތުގައި ބާރަށް ހިފަމުން ކައިރީގައި ހުރި ސިމެންތި ތަނބުގައި ރައިހާ ތަތްކޮށްލިއެވެ.

“އަހަރެންގެ އަތުން ފައިން ގޯހެއް ނަހަދައިގެންތަ ތިއުޅެނީ!” ދަތްތައް ކާރުވާލަމުން އައްޒާމް ބުނެލިއެވެ. އަވަސް ހަރަކާތާއެކު އައްޒާމްގެ އަތް ދަތުރުކުރީ ރައިހާ އަޅައިގެން ހުރި ޝޯލަށެވެ. ޝޯލުގައި ހިފި ހިފީނުން ޕިންތަކާއެކު ބޯމަތިން ޝޯލު ސޮހިގެން އައިސް އައްޒާމްގެ އަތަށް ފޮތިގަނޑު ބޮނޑިވިއެވެ. ރައިހާ އަށް އޭނާގެ މޭމަތީ އެއްވެސް އިޚްތިޔާރަކާ ނުލާ އަތުން ހިފަހައްޓާލަމުން ރޮއި ގަނެވުނެވެ.

އަތަށް ބޮނޑިވެފައި އޮތް ޝޯލު ތިރިއަށް އެއްލައިލަމުން އައްޒާމް ރައިހާގެ އިސްތަށިގަނޑުގައި ހިފާ ހާވާލިއެވެ.

އެޔާއެކު އައްޒާމްގެ ދެލޮލުގައިވީ މަސްތުކަން އިތުރުވެގެން ދިޔަހެން ހީވިއެވެ. ދެއަތުން ރައިހާގެ ކޮނޑުގައި ހިފަހައްޓާލަމުން ރައިހާގެ ކަރު ދޮށުގެ އެތަށް މިތަނުގައި މޮޔައެއްހެން ބޮސްދޭން ފެށިއެވެ. އައްޒާމްގެ ވަކި ތަކުން ސަލާމަތްވުމަށް ތެޅި ފޮޅެމުން ދިޔަ ރައިހާއަށް ވޭނާއެކު ހަޅޭއްލެވެމުން ދިޔައެވެ. އެއިން އެއްވެސް ކަމެއް އައްޒާމަށް އިޙްސާސްވެސް ނުވާކަހަލައެވެ. އޭނާގެ ހިއްސުތައް ހުޅުވިގެން ގޮސްފާވާއިރު ކަރުހިއްކުން ދިޔައީ އިތުރުވަމުން ނެވެ.

ދެން އައްޒާމް ކޮށްލި ކަމަކުން ރައިހާއަށް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. އޭރު ރައިހާ ލައިގެން ހުރި ހެދުމުގެ ކަރުމަތި އެއް އަތުން އައްޒާމް އިރާލިއެވެ.

ދެން ވީނުވީއެއް ނޭނގުނެވެ. ފެނުނީ އައްޒާމް ބުރުއްސައިގެން ގޮސް ފާރު ކައިރީ ހުރި ސިމެންތި ބަސްތާ ތަކުގެ މައްޗަށް ވެއްޓުނުތަނެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލަމުން ކުރިމައްޗަށް އައްޒާމް ބަލައިލިއެވެ. ތެމިފޯވެފައި ހުރި ކައިލްގެ އަލިފާނުން ފިއްސަމުން ދިޔަ ދެލޯ ފެނި އައްޒާމް އަށް ލިބުނު ސިހުމާއެކު ހިންދިރުވާލެވުނެވެ.

“ބުނީމެންނު ރައިހާގެ ގައިގާ ބީހިލިޔަސް ދުލެއް ނުކުރާނަމޭ!” ކައިލް އޭނާގެ ގޮށްމުށުން ހުރި ބާރެއް ލައިފާ އައްޒާމްގެ މޫނުގައި ޖެހިއެވެ. އެއްފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރު ޖެހިއެވެ. އޭރު އައްޒާމްގެ ތުންފަތާއި ނޭފަތުން ލޭ އަންނަމުން ދިޔައެވެ.

ކައިލްގެ ހިތަށް އެވަރުންވެސް ހިންހަމަ ޖެހުމެއް ލިބުނު ހެނެއް ހިޔެއް ނުވެއެވެ. ރުޅި އައިސްގެން ގޮސް މުޅި މީހާ ތުރު ތުރު އަޅަމުން ދިޔައެވެ. ދެން ވެސް އައްޒާމްގެ ގައިގާ ޖެހުމަށް އަތް އުފުލާލަން ކައިލް އުޅުނެވެ. އެހެނަސް ކަންފަތުގައި ރައިހާގެ ވޭނީ އަޑު ޖެހިގެން ދިޔައެވެ. ނަމަވެސް އައްޒާމް ދޫކުރަން ބޭނުން ނުވެފައި ހުރުމުން ދަތް ކުނޑި ވިކާލަމުން އަނެއްކާވެސް އޭނާގެ ގިރުވާނުގައި ކައިލް ހިފައިގަތެވެ.

” ކައިލް!” މިފަހަރު ކައިލްގެ ނަމުން ރައިހާ ހަޅޭއްލަވައިގަތެވެ. ރައިހާ އާ ދިމާއަށް ކައިލް ބަަލައިލީ ދެނެވެ. އޭރު ރައިހާ ލޫދެމުން އައިސް ތަނބުކައިރީ ކުޑަކަކޫ ޖަހާލަނީއެވެ. އިސްދަށަށް ޖަހައިގެން އިން އިރު ވޭނީ ގިސްލުމުގެ އަޑު އިވި އިވި ހުއްޓެވެ. އެމަންޒަރު ފެނުނު ކައިލް އަށް ހީވީ އޭނާގެ މޭގާ މީހަކު ގޮށްމުށުން ޖެހިހެންނެވެ. ހަމަހޭވެރިކަން ވީމީހެއް ފަދައިން ކައިލް އައްޒާމްގެ ގައިން އަތް ދޫކޮށްލަމުން ދުވެފައި އައިސް ރައިހާގެ ކައިރިއަށް ތިރިވިއެވެ.

“ރައި.. އަރ ޔޫ އޯކޭ.. އެއްވެސް ތާކަށް ތަދުވިތަ؟” ރައިހާގެ ގައިގެ އެތައް މިތަނައް ބަލައިލަމުން ކައިލް ވާހަކަ ދައްކަމުން ދިޔަ އިރު އެ އަޑުގައިވީ ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. ރައިހާ ހުރި ހާލަތު ފެނުމުން ކައިލްގެ ހިތުގައި ރިއްސާލިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކައިރީގައި އޮތް ރައިހާގެ ޝޯލު ކައިލްގެ ލޮލުގައި އަޅައިގަތީ އެވަޤުތެވެ. އަވަސް އަވަހަށް ޝޯލް ނަގަމުން ކައިލް ރައިހާގެ ބޮލާ މޭމައްޗާއެކު ނިވާކޮށް އޭނާގެ އަތުގެ ހިމާޔަތުގެ ތެެރެއަށް ރައިހާގެނައެވެ. ރައިހާގެ ރުއިންވީ ހައްތަހާ ގަދައެވެ. ހިތުގައި ޖެހި ޖެހިފައި ރޮމުން ދިޔަ ރައިހާ ވަކިން ބޮޑަށް ކައިލް އޭނާގެ އަތުގެ ތެރޭ ފޮރުވާލިއެވެ. އަދި ތުންފަތް ރައިހާގެ ބޮލުގައި ޖައްސާލަމުން ވާހަކަ ދެއްކިއެވެ.

“އިޓްސް އޯކޭ.. އައިމް ހިޔަރ.. ” ކައިލް ރައިހާގެ ނިއްކުރީގައި ބޮސްދިނެވެ. މިރޭ ކުޑަތަންކޮޅެއް އޭނާ ލަސްވީ ނަމަވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވުނީސްކަން ކައިލް އަށް ޔަޤީނެވެ.

ހިނދުކޮޅެއްގެ ތެރޭގައި ރައިހާގެ ރުއިން ހިނދިގެން ދިޔައެވެ. ދޭތެރެ ދޭތެރެއިން ގިސްލެވޭ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. އެހުރިހާ ވަޤުތަކުވެސް ކައިލް ރައިހާގެ ގައިން ދޫނުކޮށްލާ އިނެވެ.

ކުއްލި އަކަށް ކައިލްގެ ކަންފަތުގައި ޖެހުނީ ސައިކަލެއް ދުއްވާލި އަޑެވެ. ވަޤުތުން ކޮޅަށް ތެދުވެ ބަލައިލި އިރު ފަޅު ގޭތެރެއިން އައްޒާމްގެ އެއްވެސް ހިލަމެއް ނުވެއެވެ. ހިތްހަމަނުޖެހިފައި ހުރި މީހެއް ހެން ކައިލް ދެކޮޅަށް އެނބުރިލަމުން އަތް މުއްކަވާލިއެވެ. ދެވަނަ ސިކުންތުގައި ތިރީގައި އިށީނދެގެން އިން ރައިހާއަށް ބަލައިލުމަށްފަހު ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އައްޒާމްގެ އެހާ ފަސޭހައިން ދޫކޮށްލާކަށް ކައިލް ބޭނުމެއް ނުވިއެވެ. އެެހެނަަސް މިގަޑީގައި އޭނާ ރައިހާ އާއެކު ހުރުން މާ މުހިންމު ވިއެވެ.

“ރައި..ހިނގާ ދެން ގެޔަށް ދާން..ވާރެ ވެސް ތުނިކޮށްލައިފި މިހާރު..އަނެއްކާ ގިނަ އިރުވީމަ މާމަ މެން ކަންބޮޑު ވާނެ… ” ރައިހާގެ ކޮނޑުގައި ހިފަހައްޓާލަމުން ކައިލް ވާހަކަ ދެއްކިއެވެ. ރައިހާވެސް މަޑުމަޑުން އިސްތިރި ކޮށްލައިގެން ހުރެ ތެދުވިއެވެ. ކައިލް ރައިހާގެ ވެއްޓިފައި އޮތް ފޯނުނަގާ ރައިހާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރެ ނިކުންނަން ހިނގައިގަތެވެ.
******

ގެޔަށް ވަތް އިރު ފެންޑާއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެކަމަށްޓަކައި ހިތާ ހިތުން ޝުކުރު ކުރަމުން ކައިލް ރައިހާ ގޮވައިގެން އައިސް ކޮޓަރިއަށް ވަނެވެ.

އެނދުގައި އިސްޖަހާލައިގެން އިން ރައިހާއަށް ކައިލް ބަލައިލި އެވެ. އެމޫނަށް ވެރިވަމުންދާ ކުލަ ވަރުތައް ދެނެގަތުމަށް ކައިލް ނުކުޅެދުނެވެ.

“ރައި.. ތާކަށް ތަދުވޭތަ؟” ރައިހާގެ ކައިރީ ކުޑަ ކަކޫ ޖަހާލަމުން ކައިލް އަނެއްކާވެސް އެއްސެވެ. ރައިހާ ކައިލް އަށް ބަލާވެސް ނުލާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭރުވެސް ކަނދުރާގެ ވަށައިގެން އޮޅާލެވިފައިވާ ޝޯލުގައި ރައިހާ އިނީ އެއް އަތުން ހިފަހައްޓާލައިގެންނެވެ.

ރައިހާ އަށް ބަލަން އިން ކައިލް ތެދުވެގެން ގޮސް ހުއްޓިލީ ހެދުން އަލަމާރި ކައިރީގައެވެ. ކޮނޑުގައި އަޅުވާފައި ހުރި ރައިހާގެ ހެދުންތައް ބަލަމުން ގަޔަށް ފަސޭހަ އަތްކުރު ޓީ ޝާޓެއް ނެގިއެވެ.

” ރައި ދާން ވީނު ހެދުން ބަދަލު ކޮށްލަން..” ރައިހާއަށް ހެދުން ދިއްކޮށްލަމުން ކައިލް ބުންޏެވެ. ވަކި އެއްޗެއް ނުބުނެ މަޑު މަޑުން އެނދުން ތެދުވަމުން ރައިހާ ކައިލް ދިން ޓީ ޝާޓުގައި ހިފިއެވެ.

ފާޚާނާ އަށް ވަދެ ދޮރުލައްޕަން ދެން ކައިލް އަށް ރައިހާއަށް ބަލަން ހުރެވުނެވެ. ރައިހާގެ ހިމޭންކަމާއި ބަސްމަދުކަން ކައިލް އަށް އުނދަޤޫ ކުރަމުން ދިޔައެވެ. ތަންކޮޅެއް ކުރިން ރައިހާގެ ކައިރިއަށް ދެވުންނަމައޭ ކައިލްގެ ހިތަށް އަރަމުން ދިޔައެވެ.

ވިސްނުމަކަށް ގެއްލިފައި ހުރި ކައިލް ސިއްސައިގެން ދިޔައީ ފާޚާނައިގެ ދޮރު ހުޅުވުނު އަޑަށެވެ. ފާޚާނާއިން ނިކުމެެގެން ރައިހާ އައިސް އޭނާގެ ކުރިން ލައިގެން ހުރި ހެދުން ޑަސްބިނަށް ލިޔެވެ. އެމަންޒަރަށް ބަަލަހައްޓައިގެން ހުރި ކައިލް އަށް ރައިހާގެ އޮޅަނބުށި މެށިފައި ހުއްޓާފެނުނީ އެވަޤުތެވެ.

“ރައި.. ބުނީމެންނު ތާކަށް ތަދެއް ނުވެއޭ..މިއޮތީ އަތް ހަލާކު ވެފައެންނު..” އަވަސް ފިޔަވަޅުތަކެއްގައި އައިސް ރައިހާގެ އަތުގައި ހިފަމުން ކައިލް ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. އެވަޤުތު ރައިހާ ކައިލް އާ ދިމާއަށް އެނބުރެ އެ ދެލޮލާ ހަތަރު ކަޅި ހަމަ ކުރިއެވެ. ރައިހާގެ ކަރުގައި ރަތް ވެފައި ހުރި ތަންތަން ކައިލްގެ ލޮލުގައި އަޅައިގަތީ އެވަޤުތެވެ. ބޭއިޚްތިޔާރުގައި ރައިހާގެ ކަރުގައި އަތް ޖައްސާލެވުނު ކައިލްގެ ހިތް ފިތިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. އެ ތަދު އިތުރު ވެގެން ދިޔަ ހެން ހީވީ ރައިހާގެ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ފެނުމުންނެވެ.

“ކަ..ކައި.. އައިމް ޑާޓީ..” ރައިހާގެ އަޑު ކެނޑި ކެނޑިގެން ނިކުތެވެ. އަމިއްލަ ހަށިގަނޑުގައި ހިލޭ ފިރިހެނަކު ބީހިގެން ދިޔުމުން ނަފްސު ކިލަނބުވެފައިވާ ކަމަށް ރައިހާއަށް ޤަބޫލު ކުރެވުނެވެ.

ކައިލް އަށް އަވަސް އަވަހަަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ. އަދި ރައިހާގެ ކޮލުގައި ދެއަތުން ހިފަހައްޓާލަމުން އެ ލޮލުގައި ބޮސްދިނެވެ.

“އައި ލަވް ޔޫ..” ކައިލް ރައިހާގެ ނިތްކުރީގައި ތުންފަތް ޖައްސާލައިގެން ހުރެ ބުނެލި އިރު އެދެލޯ ވެސް ފެންކަޅިވެގެން ދިޔައެވެ.

ރައިހާ ކުއްލި އަކަށް ކައިލް އާ ދުރަށް ޖެހިލިއެވެ. ހައިރާން ކަމާއެކީ ކައިލް އަށް ބަލަހައްޓައިގެން ހުރީ ޤަބޫލު ނުކުރެވިފައި ހުރި މީހެއް ފަދައިންނެވެ.

“އަހަރެން ރައި ދެކެ ވަރަށް ލޯބިވޭ.. މިހުރިހާ ދުވަހުވެސް އަހަންނަށް ބުނަން ނުކެރުނީ..އެކަމަކު ދެން އަހަރެން ބޭނުމެއްނޫން ރައި އާ ދުރުން އުޅޭކަށް.. މިރޭ ރައި އަށް ކަމެއްވީ ނަމަ އަހަރެން އަމިއްލަ ނަފްސަށްވެސް މާފު ނުކުރެވުނީސް ” އިސްޖަހާލަމުން ކައިލް ބުންޏެވެ. ކުއްލިއަކަށް ރައިހާ ވަރަށް ބާރަށް ކައިލްގެ ގައިގާ ބައްދާލިއެވެ.

“އަހަރެން ކިހާ ދުވަހެއް ވެއްޖެ ކައި ތިހެން ބުނެލާތޯ އިންތިޒާރު ކުރާތާ..” ކައިލްގެ މޭގައި ރައިހާގެ މޫނު ފޮރުވާލަމުން ބުންޏެވެ. އެހިނދު ކައިލްގެ ތުންފަތުގައިވެސް ލުއި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އަދި ރައިހާ ކުޑަ ކޮށް ދުރައް ޖައްސާލަމުން އެމޫނަށް ބަލައިލިއެވެ.

“އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް ރައި އަަށް ދެރަ ގޮތެއް ވިޔަކަ އަހަރެން ނުދޭނަން..އަހަރެން އަބަދުވެސް ރައި އާއެކުގަ ވާނަން..އަހަރެންގެ މިދެ އަތުން ރައި ރައްކާތެރި ކުރާނަން” ކައިލްގެ ވާހަކަ އާއެކު ރައިހާގެ ލޯ އަނެއްކާވެސް ފެންކަޅި ވެގެން ދިޔައެވެ. އެހެނަސް އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ކަރުނައިގެ ތެރެއިންވެސް އެދެލޯ ވިދަމުން ދިޔައެވެ.

ރައިހާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ކައިލްގެ ހޫނު ނޭވާތައް ރައިހާ މޫނަށް އެޅެމުން ދިޔައެވެ. ދެމީހުންގެ ހިތުގެ ތެޅުން އަވަސް ވަމުން އައީ ހިތުގެ ވިންދުވެސް އެކަކު އަނެކަކަށް އަޑު އިވޭނޭ ވަރަށެވެ. ފިނީގެ ސަބަބުންނާއި ރުއި މުގެ ސަބަބުން ރައިހާގެ ރަތްވެފައި ހިމަ ހިމަ ނޭފަތާއި އެބޯ ތުންފަތައް ކައިލްގެ ނަޒަރު ހުއްޓުނެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ކައިލް އަށް ރައިހާގެ ތުންފަތުގައި ބޮސްދޭން ފެށުނެވެ. ވާރޭގެ ސަބަބުން ލިބިފައިވާ ފިނިކަމުގެ މައްޗަށް ޖިސްމުގައި އުފެދުނު ހޫނުކަން ކުރިހޯދުމުގައި ކާމިޔާބު ހޯދިއެވެ. ކައިލްގެ ކޮންމެ ބީހިލުމަކަށް ރައިހާ މަރުހަބާ ކިޔަމުން ދިޔަ އިރު ނަފްސަށް ލިބުނު އުދާސްކަން ކައިލްގެ ފިރުމުންތަކުން ނެތިގެން ދިޔަ ފަދަ ހިތްހަމަ ޖެހުމެއް ރައިހާއަށް ލިބިގެން ދިޔައެވެ.
*******

ފަތިސް ވަޤުތެވެ. ރެއިންސުރެ ހުއްޓާލުމެއްނެތި ވެހެމުން ދިޔަ ވާރޭގެ އަޑު މަޑު މަޑު މިޔުޒިކެެއްހެން ކޮޓަރިތެރޭގައި ހަރުލާފައި ހުއްޓެވެ. ކުރުއަތް މައްޗަށް ތެދުވެގެން އޮތް ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި ލޯބިގޮތަކަށް ނިދާފައި އޮތް ރައިހާއަށެވެ. މަޑު މަޑުން ރައިހާގެ އިސްތަށިގަނޑުގައި ފިރުމާލި އިރު ކައިލްގެ ތުންފަތުގައިވީ ލުއި ލުއި ހިނިތުންވުމެކެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު ކައިލްގެ ކަންފަތުގައި ޖެހުނީ އެވަޤުތުއެވެ. ރަޖާގަނޑު ދުރު ކޮށްލަމުން ކައިލް މިސްރާބުޖެހީ ފާޚާނާ އާ ދިމާއަށެވެ.

ގޭގެ މައި ދޮރުން ކައިލް ބޭރު ބަލާލި އިރު އަދިވެސް ތުނިކޮށް ވާރޭ ވެހެމުންދެއެވެ. އުދަރެސް މަތީގައިވާ ކަޅުވިލާތަކުން މުޅި މާހައުލަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރި ކައިލް ހިނގައިގަތީ ވާރޭގެ ތެރެއަށެވެ. ދެން އިތުރަށް އެވާރެޔާ ފިލާކަށް އޭނާ ބޭނުމެއްނުވެއެވެ.
****

ދެބަ ދޭތެރެއިން ލޯ ހުޅުވާލެވުނު ރައިހާ އެނދުގައި އަތް ޖައްސާލެވުނީ ކައިލްގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް ހުސް އެނދުގައި އަތް ޖެހުމުން ދެލޯ ބޮޑުކޮށްލާފައި ރައިހާ ތެދުވިއެވެ. ގަޑި ބަލައިލި އިރު ފަތިސް ވަޤުތު ވެއްޖެކަން އިނގުމުން ރައިހާ އަށް ކައިލް ދިޔައީ ކޮންތަނަކަށް ކަން ވިސްނުނެވެ. ރޭގައި ކައިލް އާއެކު ހޭދަކުރެވުނު ވަޤުތުތައް ސިފަވެގެން ދިޔުމުން ރައިހާގެ މޫނަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. ފަޅުގޭގައި ވީ ކަންތަކުން ހިތަށް ލިބުނު ބިރުވެރިކަަމަށްވުރެ ކައިލްގެ ފަރާތުން ލިބުނު ހިތްހަމަޖެހުން މާ ބޮޑެވެ.

މިސްކިތުން އައިސް ކައިލް ކޮޓަރިއަށް ވަތް އިރު ރައިހާ ނަމާދުކޮށް އަވަދިވެގެން މުސައްލަ ނަގަނީއެވެ. ކައިލް ރައިހާ އަށް ނޭނގޭނެހެން މަޑުމަޑުން ދޮރުލައްޕާލަމުން އައިސް ރައިހާގެ ފުރަގަހުން ބައްދާލިއެވެ.

“ގުޑް މޯނިންގް..” ކައިލްގެ ފިރިހެންވަންތަ އަޑު ރައިހާގެ ކަންފަތް ކައިރިން އިވިގެން ދިޔައެވެ. ބަދަލުގައ ރައިހާވެސް އުފާވެރި ހެނދުނަކަށް އެދުނެވެ.

“އަހަރެން ހީކުރީ ގޭގަ ކަމަށް ނަމާދު ކުރާނީ ވާރެ ވެހޭތީ..” ފަހަތުގައި ހުރި ކައިލް އަށް އަޑު އިވޭނެވަރަށް ރައިހާ ބުނެލިއެވެ.

“ނޮޓް އެނީމޯރ.. ރެއިން ފެށިގެން އަހަރެން މީ ކުރީގެ ކައިލް އެއް ނޫން..” ކައިލްގެ ވާހަކަ އާއެކު ރައިހާ ކައިލްގެ ކުރިމައްޗަށް ވާނެހެން އެނބުރިލަމުން ކައިލްގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ.

“އައިމް ޕްރައުޑް އޮފް ޔޫ..” މާނަވީ ގޮތަކަށް ކައިލްގެ ދެލޮލަށް ބަލާލަމުން ރައިހާ ބުނެލިއެވެ.

“އެކަމަކު ކައި އަށް ކިހިނެތް އިނގުނީ އެފަޅުގެއަށް އަންނަން..” ރައިހާގެ ހިތުގައި އުފެދިފައި އޮތް ސުވާލު ކޮށްލިއެވެ.

“މާމަ ބުނި ރައި ދިޔަ ގެ ހުންނަނީ އޮފީސް ކައިރީ އޭ.. އެހިސާބުގަ ހުރި ފަޅުގެއަކީ އެއީ އެންނު.. ފޯނުން އަޑުއިވުން އައްޒާމް ފަޅުގެޔެކޭ ކީ އަޑު.. އެކަމަކު ރައި ކިހިނެތް ފޯނު ނެގީ؟” ރައިހާގެ ސުވާލަށް ޖަވާބު ދެމުން ކައިލްވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ހާމަކުރިއެވެ.

“ފޯނު އަތުގަ އޮތީމަ ވައިބްރޭޓް ވާކަން އިނގުނީ..ވަރަށް މަސައްކަތުން އައްޒާމް އަށް ނޭނގި ފޯނު ނެގުން..އެކަމަކު ވާހަކަ ނުދެއްކުނީ އޭނަ އަހަރެންގެ ގައިގަ ހިފަހައްޓާފަ ހުރީމަ..” އައްޒާމްގެ ނަން އިވުނަސް ކައިލްގެ ލޭކެކިގެން ދެއެވެ. އޭނާ މިފަހަރު އެހާ ފަސޭހައިން އައްޒާމް ދުލެއް ނުކުރާނެއެވެ. މޫނަށް ވެރިވި ރުޅިވެރިކަން ފޮރުވާލަމުން މަޢުޟޫ ބަދަލުކޮށްލަން ކައިލް ރައިހާގެ އަތުގައި ހިފާލަމުން ބަނޑުހައި ވެއްޖެ ކަމަށް ބުންޏެެވެ. ކައިލް އާއެކު ރައިހާވެސް ކޮޓަރިން ނިކުތީ ކާގެއާ ދިމާއަށް މިސްރާބު ޖަހަމުންނެވެ.

” ދަރިފުޅުމެން ގެޔަށް ނައިސްގެން ކަންބޮޑުވެގެން އުޅެފަ ބަަލައިލި އިރު ދެކުދިންގެ ފައިވާން ހުރީމަ އިނގުން ގެޔަށް އައިސްފިކަން. މާމަ ކުޑަ ހޯދައިގެން އައި އިރު މި ކައިލްވެސް ޖެހިތާ ލަކުނުވެސް ނެތް.. “އައިސާފުޅު ގޭގެ މައިދޮރުން ވަދެގެން އައި ވަޤުތު ރައިހާމެން ފެނުމުން ބުންޏެވެ.

“މާމަ ކޮންތާކުން ތި އަންނަނީ ؟ ކާފަ ތެދުވީތަ؟” ރައިހާ ވާހަކަ ބަދަލު ކޮށްލަމުން އަވަސް އަވަހަށް ބުނެލިއެވެ.

“މިއައީ މިގޭ ކައިރި ޖަމީލާ މެންނާއެކީ ފަތިހު ފިންޏަށް ހިނގާލާފަ.. ކާފަ ފަތިސް ނަމާދު ކޮށްގެން ނިދާނެ ހެނެއް ހިޔެއްނުވޭ… އަޅެ އެބަ އަންނަން ބަލާލާފަ..” އައިސާފުޅު ކޮޓަރިއަށް މިސްރާބު ޖަހަމުން ބުނެލިއެވެ.

ރައިހާވެސް ކައިލް އަށް ކޮފީއެއް ހެދުމަށް ފެން ހޫނުކުރަން ޖައްސާލިއެވެ.

“ހުސޭނޫ…!” އިރުކޮޅެއްނުވެ އިވިގެން ދިޔަ އައިސާފުޅުގެ ހަޅޭކުގެ އަޑަށް ރައިހާގެ އިތުރުން މޭޒު ދޮށުގައި އިން ކައިލްވެސް ސިއްސައިގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 21

Next

ޒާޔާ – ހަތަރުވަނަ ބައި

Next
June 1, 2020

ޒާޔާ – ހަތަރުވަނަ ބައި

Previews
June 1, 2020

ލޯ ފޮހެލާދޭށެ މަގޭ 21

29 Comments!

  1. Ainth says:
    June 1, 2020 at 2:33 am

    Thank you thank you #wonder nuves kiyaa comment mikohley …. v reethi vaanekamah mibalaney … stay safe dear ❤

    1. Wonder says:
      June 1, 2020 at 12:37 pm

      Ur wc Ainth?… Unmeedhu kuran mi bai kamudhiya kamah..stay safe❤❤

  2. Crazy girl says:
    June 1, 2020 at 3:40 am

    Alhey Rai ge kaafa ????? btw mi part varah varah varah reethi ❤️❤️❤️❤️❤️
    Maasha Allah ???????????
    Waiting waiting waiting for the next part ?
    ???Lym???? stay safe ❤️❤️❤️❤️

    1. Wonder says:
      June 1, 2020 at 12:38 pm

      Thank u soo much Crazy girl.. Let’s see dhw rai ge kaafa ah kihineh thw vee. In sha Allah next part avahah up kohla dheveythoa balaanan.. lym n b safe dear❤❤

  3. Liyaa says:
    June 1, 2020 at 4:40 am

    Mashaa allah v v reethi vaahaka

  4. Nerr__ says:
    June 1, 2020 at 5:21 am

    mi part hama varah varah reethi? so happy that rai and kail is safe

  5. Sher says:
    June 1, 2020 at 8:31 am

    Wow Kail haadha loabi eyyyy♥️?♥️?♥️?♥️???????❣️❣️❣️❣️❣️
    مشاء الله mi part varah varah varah varah varah varah varah varah varah varah varah varah varah varah loaaaaabiiiii?????????????????????????????????????????
    Kail best kamun hama rovijje??????? Wonder mi part ga Kail bai ehaa loabi koh genes dhineema mi part hama varah varah varah Salhi????????? Ekam Raige Kaafa……..???
    Eoh ufaavefa indha anekka dhera nukurahchey???
    ♥️?????❤️?????❤️?????❤️?????❤️?????

    1. Wonder says:
      June 1, 2020 at 12:41 pm

      Thank u soo much sher.. v ufaavejje kail ge baithah sher ah thihaa kanudhiyaeema.. anehkaa maa bodah nurohcheyy?. Dhn vaahakaiga vaagoihves balamaa dhw. B safe dear❤❤

  6. Wonder says:
    June 1, 2020 at 12:42 pm

    Hello dear readers.. Hope u all will like 28th part of vaashey mashaa ekyy.. Thank u all for ur endless support.. I really appreciate it.. As usual hope to get a lot of feedbacks from u all.. B safe?❤

  7. Wonder says:
    June 1, 2020 at 12:43 pm

    Thank u soo much Nerr. V ufaavejje mi part ves dear ah kamudhiyaeema. Im also so happy that they r safe?❤❤

  8. Wonder says:
    June 1, 2020 at 12:44 pm

    Thank u soo much Liyaa. V ufaavejje vaahaka kamudhiyaeema?❤❤

  9. =) says:
    June 1, 2020 at 1:28 pm

    omg! mi vaahaka ves varah varah reethi..can’t wait next part kiyaalan

    1. Wonder says:
      June 1, 2020 at 7:40 pm

      Thank u soo much =). V ufaavejje vaahaka kamudhiyaeema. In sha Allah v avahah next part submit kohla dheynan❤❤

  10. Rani says:
    June 1, 2020 at 3:36 pm

    Alheyh.. Aisha Allah mi part vx Vvvvvaraha Reeth… Wonder your the??❤️❤️❤️… Luv u… Stay safe…

    1. Wonder says:
      June 1, 2020 at 7:38 pm

      Thank u so much Rani. V ufaavejje mi part ves kamudhiyaeema..lym dear❤❤

  11. Rani says:
    June 1, 2020 at 3:38 pm

    Sorry Masha Allah jahan ulhefa jehuny Ehen…. Balaa nulaa fonuvaalevuny ?

    1. Wonder says:
      June 1, 2020 at 7:40 pm

      It’s okay Rani..it happens..no problem ?

  12. princess says:
    June 1, 2020 at 4:11 pm

    Wow…. v v v reeethi mi part vx….. waiting for nxt part….. lots of love……

    1. Wonder says:
      June 1, 2020 at 7:41 pm

      Thank u soo much princess.. v ufaavejje mi part ves kamudhiyaeema. Next part In sha Allah soon will b out..lym❤❤

  13. Izabell says:
    June 1, 2020 at 4:50 pm

    Wow Kail haadha lwbi eyy, ???????????????? nd mi part vx varah varah varah varah reethi, Ma Sha Allah ????????????? your great ????? nd sifa kurun thah vx varah varah reethi, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ hama heevani vaahaka thereyga ulheveyhen.??????????? nd Kail haadha molheyy dhw fight kuran vx, ??‍♂??‍♂??‍♂??‍♂ adhi fahun ayas mihaaru Azzam ah hunnaani ehchei visnifa, Kail ah salute dhey haaa vey hama ???? Btw, when is next part? Im curiously waiting for next part ????????? Lysm

    1. Wonder says:
      June 1, 2020 at 7:44 pm

      Thank u soo much Izabell.. kail ge baithah kamudhiyaeema v hinhama jehihje.. sifa kurunthah kamdhudhiyaeema hama v ufaavejje. I always thought i was lacking in that area.. but u comment made me believe im improving.. Yes dhww.. kail is rebuilding him self now.. Im trying next part tomorrow night ah submit kureveythoa.lym dear❤❤

  14. Aish says:
    June 1, 2020 at 4:55 pm

    Wowwwww ????? varah reethi mi part ves…. Rai kaafa Maru veetha???? so sad adhi neynge dhw. 27 part ah wonder ge reply fenifa vvv dheravi wonder ah nidhy boakibaa kaalevunyma 26 ah Kan neyngedhw

  15. Crazy girl says:
    June 1, 2020 at 6:43 pm

    Azzam ah chocolate eh dhineema rangalhu vedhaane ?????

    1. Wonder says:
      June 1, 2020 at 7:45 pm

      Hehe.. Crazy girl alhe chocolate eh dheeba vaagoih balan?

  16. Izabell says:
    June 1, 2020 at 7:03 pm

    Azzam ah chocolate eh noon dheyn v. Miruhei kaaan dhey v boa mathy kokaa udhuhey varah???

    1. Wonder says:
      June 1, 2020 at 7:48 pm

      Hehe.. Azzam ah miruhen kaan dheegen ves islaahu vehjiyya rangalhu?

  17. Wonder says:
    June 1, 2020 at 7:37 pm

    Thank u soo much Aish. V ufaavejje mi baives dear ah kamudhiyaeema.. let’s see dhw kihineh thw vee rai ge kaafayah. Hehe.. It’s okay dear.. wonder aa laigen Aish keiima hunnaanyy rangalhah?❤

  18. Ainth says:
    June 3, 2020 at 9:14 am

    Wonder konirakun update vaney waiting

    1. Rani says:
      June 3, 2020 at 9:23 pm

      Dhw… Varah kehmadhuvefa.mihureveny Dhen vaagoih balaalan ….

Comments are closed.

Next Episodeވާށޭ މަށާ އެކީ-29←


All Right Reserved!