ވާށޭ މަށާ އެކީ-30
ހިނދެއް ހިނދަކަށް ރައިހާގެ ގިސްލުމުގެ އަޑު ބާރު ވަމުން ދިޔައެވެ. އެމަންޒަރު ބަލަން ކެންނުވެފައި ހުރި ގޮތަކަށް ކައިލް އައިސް ރައިހާގެ ކައިރީ ކުރުފައި މައްޗަށް ތިރިވެ ރައިހާގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާގެ ދުލަކަށް ރައިހާ މަސަލަސްކުރަން ބުނާނެ އެއްވެސް ވާހަކައެއް ނުވިސްނުނެވެ. ހުސޭނުގެ ވަކިވެ ދިޔުމާއެކު ކައިލްގެ ހިތަށްވެސް ވަނީ ނުހަނު އަސަރު ކޮށްފައެވެ. އަދިވެސް އެމަޑުމައިރި ހިނިތުންވުން ލޯ ކުރިމަތިން ސިފަ ވާކަހަލައެވެ. އެހެންކަމުން ރައިހާއަށް މިވަޤުތު ކުރާނެ އަސަރު މާ ބޮޑަށްވެސް އޭނާއަށް ވިސްނުނެވެ. ކަސީރާ މިދުނިޔެ ދޫކޮށް ދިޔަފަހުން ކައިލްގެ ހިތަށް ކޮށްފައިވާ އަސަރަކީ އަދިވެސް އެ ޒަޚަމްތައް ފަސޭހަވުމެއްނެތް އަނިޔާއެކެވެ. މުޅި އުމުރަށް ތިމާ ލޯބި ވާ މީހަކު ވަކިވެގެން ދިޔުމަކީ އެކަން ތަޖުރިބާ ކުރެވިފައިވާ މީހަކަށް ނޫނީ އިޙްސާސް ނުވާނެ ވޭނެކެވެ.
ރައިހާ ކައިލް އާ ދިމާއަށް އެނބުރި ކައިލްގެ މޭގާ ލައްވެލިއެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
“ދެން އަހަންނަކަށް ދުވަހަކުވެސް ކާފައެއް ނުފެންނާނެ.. ކާފަ ހިނގައްޖެ އަހަރެން ދޫކޮށްލާފަ..” ތުރުތުރު ލަމުން ދިޔަ އަޑުން ރައިހާ އެހެން ބުނުމުން ކައިލް އަށް ދެލޯ މަރާލެވުނެވެ.
“މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.. އެކަން ޖެހޭނީ އަހަރެމެން ޤަބޫލު ކުރަން..ކާފަވެސް ދެރަވާނެ ތިގޮތައް ރައި ރޯކަން އިނގިއްޖިއްޔާ.. އެންމެ ރަނގަޅު ގޮތަކީ ކާފަގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާކުރުން..” ލޯތްބާއެކު ރައިހާގެ ކަރުނަތައް ފޮހެލަ ދެމުން ކައިލް ބުނެލިއެވެ.
*******
ހުސޭނުގެ ޖަނާޒާގެ ކަންތަކަށްފަހު ޖެހިގެން އައި ދުވަހު މާލެ ދިޔުމަށް އެންމެން ފުރިއެވެ. މަންމަ އެކަނި ބަހައްޓާފައި ދާން ބޭނުންނުވާތީ އަމީނާ ފުރީ އައިސާފުޅުވެސް ގޮވައިގެންނެވެ. މާލެ ދިޔުމަށްފަހު ހަފްތާއެއް ވޭތުވި އިރު މަޑު މަޑުން ރައިހާވެސް އައީ ހަމަޔަކަށް އެޅެމުންނެވެ. ކައިލްވެސް ގިނަ ވަޤުތު ހޭދަ ކުރަމުން ދިޔައީ ރައިހާ އާ އެކުއެވެ. އެކަނިވެ ތަފާތު ޚިޔާލުތައް ބޮލަށް ވެރިވާނެ ފުރުސަތެއް ރައިހާ އަކަށް އޭނާ ނުދެ އެވެ. ކައިލްގެ ފަރާތުން ފެންނަމުން ދިޔަ އަޅާލުމާއި ލޯބިން ރައިހާގެ ހިތަށް ދިރުން ލިބިގެން ދިޔައެވެ.
******
ކޮލެޖު ފާރުގައި ލައްވެލައިގެން ދެޖީބަށް އަތްޖަހާލައިގެން ހުރި ކައިލަ އިރު ކޮޅު ކޮޅާ ގަޑިއަށް ބަލާލައެވެ. ލޮލުގައި އަޅާފައިވާ އަވި އައިނުން ކައިލްގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ ފަދައެވެ. ކޮލެޖުން ނިކުމެގެން އަންނަ ގިނަ އަންހެންކުދިންގެ ނަޒަރުވެސް ފަހަކަށް އައިސް ކައިލް އަށް ހުއްޓޭލެއް ގިނައެވެ.
ކައިލް އަށް ބަލާލަމުން ތުއި ވެލާފާ ފަރިކޮށް ހިނގަމުން ފަސްދީ ދިޔަ އަންހެން ކުއްޖާ ފެނުމުން ކައިލްގެ މޫނަށް ފޫހިކަން ވެރިވިއެވެ. އަޅާފައިވާ އަވި އައިނުގެ ތެރެއިންވެސް ދެލޯ މައްޗަށް ހިންގާލެވުނެވެ.
ކުއްލިއަކަށް ކައިލް ހަށިގަނޑު ސީދާކޮށްލީ ކޮލެޖުގެ ސިޑިން ފައިބައިގެން ގޭޓާ ދިމާއަށް އަންނަ ޒުވާނާ ފެނުމުންނެވެ. އޭނާ އިންތިޒާރު ކުރަމުންދާ ފަރާތަކީ އެއީއެވެ. ލޮލާ އައިނު ވަކިކޮށްލަމުން ދެބޮމަ ގޮށްޖަހާލައިގެން ހުރެ އައްޒާމަށް ކައިލް ބަލާލިއެވެ. ކައިލް ހުރި ކަމެއް ނޭނގި ކުރިއަށް އަންނަމުން ދިޔަ އައްޒާމަށްވެސް ކައިލް ފެނި ހުއްޓެވުނެވެ. ކައިލްގެ ރުޅިވެރި ލޮލާއި ގޮށްޖެހިފައިވާ ބުމަ ފެނުމުން އައްޒާމަށް ހިންދިރުވާލެވުނެވެ. އެއް އިރެއްގައި ކައިލް ދެކެ ޖެހިލުމެއް ނުވިޔަސް މިހާރު އެކަން ތަފާތެވެ. މިހާރު ކައިލް ހަށިގަނޑުގެ ގޮތުންވެސް އައްޒާމަކަށް ދުލެއް ނުކުރެ އެވެ. އަނެއްކޮޅުން ކައިލްގެ ވަރުގަދަ ހަމަލާޔާ އޭނާ ވަނީ ކުރިމަތި ލާފައެވެ.
ޖެހިލުންވެ ހުރެ އައިކޮޅަށް އަވަސް އަވަހަށް އައްޒާމް ހިނގައިގަތެވެ. އެހެނަސް އޭނާއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ފަހަތުން ކައިލް އައިސް އޭނާގެ އަތުގައި ހިފެ ހެއްޓިއެވެ. ލޯ މަރާ ތަގުޅި ކޮށްލަމުން ކައިލް އާ ދިމާއަށް އައްޒާމް އެނބުރުނީ ދެންވާނެ ގޮތަކާމެދު ބިރުން ހުރެ އެވެ.
*******
ހޮސްޕިޓަލުން ނިކުމެގެން އައި ރައިހާ މަގުގެ އެއްފަރާތުގައި އޮތް ކާރާ ދިމާއަށް މިސްރާބު ޖެހިއެވެ. މިއަދަކީ އެޕޮއިންޓްމެންޓް ތައް ފުދޭވަރަކަށް ގިނަ ދުވަހެއްކަމުން ޑިއުޓީ ނިމުނީ އެހެންދުވަސް ތަކަށްވުރެ ލަސްކޮށެވެ. އިރު އޮށްސި މަގުމަތި އަނދިރި ވަމުން ދިޔުމުން ރައިހާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އަތުގައި އޮތް ސައިޑު ބޭގު ހާވާލަމުން ކާރުގެ ތަޅުދަނޑި ނެގި ރައިހާ ސިއްސައިގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ.
ކުރިމަތީގައި ހުރި ރައިހާ އަށް ބަލަން ހުރި އައްޒާމް ފުންނޭވާއެއް ބޭރު ކޮށްލިއެވެ. ދެއަތް މުއްކަވާލީ ކަމަކަށް މަޖުބޫރު ވެފައި ހުރި މީހެއް ފަދައިންނެވެ. އެވަޤުތު އޭނާގެ ޚިޔާލަށް އައީ ކައިލް ބުނެލި ބަސްތަކެވެ.
“ހީނުކުރައްޗޭ އައްޒާމް ކުރާނެ ކަމެއް ކޮށްފަ ފިލައިގެން އުޅެވޭނެޔޭ.. އަހަރެން މިފަހަރު އެ ފުރުސަތެއް ނުދޭނަން..”
ކައިލްގެ އަޑު މަޑު ނަމަވެސް ހަރުކަށިކަން އެ އަޑުގައި އެކުލެވިފައި ވެ އެވެ.
“ރައިހާ ކިބައިން މަޢާފަށް އެދޭ.. އެހެންނޫނީ ދެން އަހަރެމެން ބައްދަލުވާނީ ޕޮލިސް ސްޓޭޝަނުން.. ” ކައިލް އޭނާގެ ފަހުގެ އިއްވުން އިއްވާލިއެވެ.
“އަހަރެން..އަހަރެން މަޢާފަށް އެދޭނަން.. ވަޤުތުން އައްޒާމް ބިރުގަނެއްޖެ އެވެ. އޭނާ ކިތަންމެ ގަޓުވެލާފައި އުޅުނު ކަމުގައި ވިޔަސް އެންމެންގެ ކުރިމަތީ ފަޟީހަތް ވާކަށް ނޭދެ އެވެ. ހާއްސަކޮށް އޭނާގެ އާއިލާގެ ކުރިމަތީގައެވެ. އޭނާގެ ބައްޕަގެ ގޮތް ރަނގަޅަށް އައްޒާމަށް އިނގެއެވެ. ޕޮލިސް ސޮޓޭޝަނަށް ގެންދިޔަ ޚަބަރު ލިބިއްޖިއްޔާ ދެން އޭނާގެ ބައްޕަ ހަދާނެ ގޮތެއްވެސް ނޭނގެއެވެ.
“އެންމެ ރަނގަޅު.. އަހަރެން ދޭނަން ބަރާބަރު ސައުވީސް ގަޑި އިރު.. އޭރަށް ރައިހާ ކިބައިން މަޢާފަށް އެދެވެން ޖެހޭނެ.. ” ކައިލް ހިންދެމިލަމުން ކޮލެޖުން ނިކުންނަށް ހިނގައިގަތުމަށްފަހު ވެސް މަޑު ޖެހިލިއެވެ.
” އަހަރެންނަށް ކިތަންމެ އުނދަގޫކޮށް ޖެއްސުން ކުރިޔަސް އެކަމަކަށް އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ.. އެކަމަކު އަހަރެންގެ އަންހެނުންނާއި ބެހުނީމަ އަހަންނަކަށްވެސް މަޑަކުން ނުހުރެވޭނެ.. ޔޫ މެސްޑް ވިތް ދަ ވްރޯންގް ޕާސަން.. ” އައްޒާމާ ދިމާއަށް މޫނު އަނބުރާލަމުން އެހެން ބުނުމަށްފަހު އަނެއްކާވެސް ކައިލް ކުރިޔަށް ހިނގައިގަތެވެ.
*******
ދެލޯ މަރާލުމަށްފަހު ހުޅުވާލަމުން އައްޒާމް ރައިހާގެ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެޔާއެކު ރައިހާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އޭރު ރައިހާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ފަޅުގޭގައިވީ ކަންތައް ހަނދާން ވުމާއެކު މޫނުމަތީ ދާތިކިތައް ވިދަން ފެށީ ނުތަނަވަސްވީ ވަރުންނެވެ. އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލަން އުޅުނު ރައިހާ އަށް އެކަން ކުރުމަށް ހުރަސް އެޅުނީ އައްޒާމް ކާރުގެ ދޮރުގައި އަތުން ހިފަހައްޓާލަމުންނެވެ.
“ޕްލީސް.. އަހަންނަށް ވަޤުތު ކޮޅެއްދީ.. އަހަރެން ރައިހާ އަށް ކަމެއް ނުކުރާނަން..” އައްޒާމް އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރައިހާގެ ހިތް ރުއްސަން އޭނާއަށް އެބަ ޖެހެއެވެ.
” އައްޒާމް ހީކުރީ އަހަރެން މީ މޮޔައެއް ކަމައްތަ؟ ތި ދައްކާ ވާހަކަ ކިތަންމެ އޮމާންވެފަ ސާދާވިޔަސް އެތެރެ ފުށުގައި އޮތީ މަކަރުވެރިކަމާ ގޮތްދެއްކުން..” ރައިހާ އެންމެ ހިނދުކޮޅަކުވެސް އައްޒާމްގެ ކައިރީ ހުރުމަކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން އަނެއްކާވެސް ކާރުގެ ދޮރުފަތް ހުޅުވާލަން އަތް ގަނޑުގައި ރައިހާ ހިފާލިއެވެ.
“އަހަންނަށް މަޢާފް ކުރޭ..” ކާރުގެ ދޮރުފަތް ހުޅުވާލި ރައިހާ ހުއްޓުން އެރީ އެއީ އޭނާގެ ކަންފަތައް ހީވި ހީވުމެއްބާއޭ ހިތަށް އަރައެވެ.
“އަހަރެންނަށް ރައިހާ އާ ދޭތެރޭ ކުރެވުނު ކަންތަކަށް ދެރަވެ ލަދުގަންނަން.. ދެން އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ދެން.. އަހަރެން ދެން ރައިހާގެ ކުރިމައްޗަަކަށް ނާރާނަން” ރައިހާ ހުއްޓި ހުރުމުން ފުރުސަތުގެ ބޭނުން ހިފާ އައްޒާމް އަވަސް އަވަހަށް ބުނެލިއެވެ. ހަޤީޤަތުގައިވެސް ދެން އޭނާ އެފަދަ ޢަމަލެއް ތަކުރާރު ކުރާކަށް ބޭނުމެއްނުވިއެވެ. ހަސަދަވެރި ކަމުގެ އަލިފާނުގައި ޖިސްމު އަނދާ އަޅިއަށްވުން ފިޔަވާ ވާނެ ކަމެއް ނޯންނާނެ ކަން އައްޒާމަށް ވިސްނިއްޖެއެވެ.
ހިނދުކޮޅަކަށް ބަސްހުއްޓިފައި ރައިހާ އަށް ހުރެވުނެވެ. ދުވަހަކު ކޮޅުންވެސް އައްޒާމް މަޢާފަށް އެދި ދާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އައްޒާމްގެ އަޑުން އޭނާ ދެއްކީ ތެދުވާހަކަ ތަކެއްކަމަށް ރައިހާގެ ހިތްބުނަމުން ދިޔައެވެ. ރައިހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އިރުކޮޅަކު މަޑުކުރުމަށްފަހު އައްޒާމް ދާްން ހިނގައިގަތެވެ.
“އައްޒާމް..” ފަސްދީ ހިނގައިގަތް އައްޒާމަށް އަޑު އިވޭވަރަށް ރައިހާއަށް ގޮވާލެވުނެވެ. އައްޒާމްވެސް ފަހަތަށް އެނބުރި ރައިހާއަށް ބަލައިލިއެވެ.
“އައްޒާމް ތިދެއްކި ވާހަކައިގަ ހިފަހައްޓައިގެން ހުރިހާ ދުވަހަކު އަހަރެންގެ މަޢާފް އައްޒާމަށް ލިބޭނެ..” ރައިހާ އައްޒާމަށް ބަލާލަމުން ބުނެލިއެވެ. އެވަޤުތު އައްޒާމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހީވީ ބޮޑު ބުރައެއް ބޯ މަތިން އުފުލިގެން ދިޔަ ހެންނެވެ. ރައިހާއަށް ބޯ ޖަހާލުމަށްފަހު ފަސްދީ ހިނގައިގަތެވެ. ރައިހާވެސް އަވަސް އަވަހަށް ކާރަށް އަރާ އިންޖީނު ސްޓާޓް ކޮށްލިއެވެ.
ގޭ ކުރިމަތީ ކާރު ޕާކު ކުރުމަށްފަހު ރައިހާ ފޭބި ތަނާ ރަޔާޝް އާއި ކައިލް ސައިކަލުގައި އައިސް ގޭ ކުރިމަތީ މަޑު ކޮށްލިއެވެ. ސައިކަލުން ފޭބި ކައިލް އަށް ރައިހާ ބަލަން ހުރީ ސުވާލުމާކެއް މޫނުމައްޗަށް ވެރިކުރުވައިގެންނެވެ.
“މިގަޑީ ކޮންތާކުން ދެމީހުން؟” ރައިހާ ވަކި ވަކިން ދެމީހުންގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“ގުޑް ލަކް ކައިލް..” ރަޔާޝް އަވަސް އަވަހަށް ސައިކަލު ސްޓާޓް ކޮށްލަމުން ކައިލް އަށް ބުނެލިއެވެ. ރަޔާޝް ދިޔަ ދިމާއަށް ބަލަން ހުރި ރައިހާ އެނބުރުނީ ކައިލް އާ ދިމާއަށެވެ. މިވަނީ ކިހިނެއްކަން ބުނެދޭށޭ ބުނާ ފަދައިން ރައިހާ ނިތް އަރުވާލިއެވެ. ކައިލް ކަރުދޮށުގައި އަތް އިންގާލަމުން އިސްތަށިގަނޑާ ކުޅެލިއެވެ. މިއޮށް ހުރިހާ ދުވަހު ރައިހާ އަށް ސިއްރުން ޖިމަަށް ގޮސް އެންމެ ފަހުން އެކަންތައް ފަޅާއެރީއެވެ.
“ހިނގާ އެތެރެއަށް.. ގެއަށް ވަދެފަ ކިޔާދޭނަން..” ވާހަކަ ފަށާނެ ގޮތެއް ވިސްނަމުން އަވަސް އަވަހަށް ކައިލް ބުނެލިއެވެ. ޝައްކުގެ ނަޒަރަކުން ކައިލް އަށް ބަލާލުމަށްފަހު ރައިހާ އެތެރެ އަށް ވަންނަން ހިނގައިގަތެވެ.
“މިހާރު މިއޮށް ގޭތެރެއަށްވެސް ވަދެވުނީ..ދެން ބުނެބަ..” ރައިހާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބުނެލިއެވެ.
ކައިލް ދެލޯ މަރާލަމުން ޖިމަށް ދާން ފެށިގޮތް ކިޔައިދިނެވެ. ރައިހާ ކައިރި ނުބުނެ ދެވުނީތީ ކައިލް މަޢާފަށް އެދުނެވެ. ނަމަވެސް ރުޅި އައުމުގެ ބަދަލުގައި ރައިހާ ފެށީ ހޭށެވެ. އަދި ކައިލްގެ ކަސްރަތީ ހަށިގަނޑަށް ތަޢުރީފު ކުރަމުން ދިމާކުރަން ފެށުމުން ކައިލް ލަދުގަންނަ ގޮތްވިއެވެ.
“ލެޓް މީ ސީ.. ސިކްސް ޕެކްސް އިންތޯ ކައުންޓް ކުރަން އެބަޖެހޭ..” ހެމުން ހެމުން ރައިހާ ކައިލްގެ ޓީ ޝާޓު މައްޗަށް ނަގަން އުޅުނެވެ. ކައިލް ކުޑަ ކުއްޖެހެން ޓީ ޝާޓު މަތިން ދެއަތް ހުރަސްކުރީ ރައިހާއަށް އެފުރުސަތު ނުދިނުމަށެވެ. ނަމަވެސް ރައިހާ އެކި ގޮތް ގޮތުން ކައިލް އަތް ދުރުކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެންމެ ފަހުން ކައިލް ރައިހާގެ އުނަގަނޑުގައި ހިފާލަމުން އޭނާގެ ކައިރި އަށް ދަލާމިއެވެ. އަދި ތުންފަތުގައި ބޮސްދެމުން ރައިހާގެ މޫނަށް ބަލާލިއެވެ.
“ދެން ތިކުރާ ކަމެއް ކޮށްބަލަ..” ރައިހާގެ ނޭފަތުގައި ހިފާލަމުން ކައިލް ބުނެެލިއެވެ. ވަޤުތުން ރައިހާ ރަކިވެ އިސްޖަހާލިއެވެ. އެވަޤުތު ކައިލް ރައިހާ އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލިއެވެ. ރައިހާގެ ކުއްލި ހަޅޭކާ އެކު ދެން ގޭތެރޭގައި ގުގުމާލީ ދެމީހުންގެ ލޯބިވެތި ހުނުމުގެ އަޑެވެ.
******
ދުވަސްތައް ފާއިތުވަމުން ގޮސް ކައިލްގެ ކިޔެވުން ވެސް ނިމިއްޖެއެވެ. ދަސްވެނިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ގްރެޖުއޭޝަން ހަފްލާ އަކީ ހުރިހާ ކޮލެޖަކުންވެސް ދުރާލާ ފާހަގަ ކުރާ ހަފްލާއެކެވެ. އެގޮތުން ކައިލްމެންގެ ދަސްވެނި ވުމުގެ ހަފްލާއަށް ދަރުބާރުގެ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ދަރިވަރުންނާއި އެފަރާތްތަކުގެ އާއިލާމެންބަރުންނާއެކު މުޅި ދަރުބާރުގެ ވަނީ ފުރިފައެވެ. ހުރިހާ ދަރިވަަރުންނަށް ދަސްވެނިވުމުގެ ސެޓްފިކެޓްދީ ހާއްސަ މެހެމާނުންގެ ވާހަކަ ދެއްކުން ކުރިއަށްގޮސް ޖަލްސާ ނިމިގެން ދިޔައެވެ. އެއަށްފަހު ކުރިއަށް ދިޔައީ ބިލެއް މީރު ކުރުމުގެ ހަރަކާތެވެ.
އެއްވެފައިވާ އެންމެންގެ ތެރެއިން ކައިލްގެ ދެލޯ ހޯދަމުން ދިޔައީ ރައިހާއެވެ. ދަސްވެނިވާ ފަރާތްތަކުން ލާ ކަޅުކުލައިގެ ގައުންގައި ސެޓްފިކެޓް ހިފަހައްޓައިގެން ހުރި ކައިލްގެ ފަރާތުން ފެންނަނީ ހަރުދަނާކަމެވެ. މަޑުން މަޑުން އެކި ތަންތަން ބަލަމުން ކުރިއަށް އައި ކައިލް ހުއްޓުނީ ފަހަތަށް އެނބުރިގެން ހުރި އަންހެން ކުއްޖެއް ފެނިފައެވެ.
“ފައުންޑް ޔޫ..” އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ކައިލް ބުނެލި އިރު އެހިތް ލޯބިން ފުރިގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







love this part as usual ?.. hehhe.. whn nxt??
curiously waiting.. u sure did make it long?.. really appreciate your work… one of the best stories
Salaam readers.. How r u all? Hope u all will like 30th part of vaashey mashaa ekyy.. Hope to get a lot if feedbacks for this part too.. Thank u all who shows endless support for this story.. Really appreciate it.. Have a safe day?❤
Thank u soo much Nerr. V hinhama jehihje mi bai kamudhiya kan ingunyma.. Next part In sha Allah tomorrow night ga submit kohla dheynan..im always in love with ur sweet comments ?❤
Wowww Kail aa Rai haadha loabi eyyy♥️?♥️?♥️?♥️?♥️?♥️??❤️❣️♥️????????????
Mi part ves varah loabi?♥️?♥️♥️?♥️???????????????
مشاء الله???????????? Sifa kurun thah varah salhi, heevani lolah fenna hen hama?????? wonder varah varah varah varah molhu ingeyyyy ??????????? Yaqeeney nubai kujjekey Kail ah e fenunee Rai kamah hehe majaa vaane olhigen gos ekujja ah hug eh dheni koh Azzam ge bitah ekujja vaanama????????????
Finally Azzam ves bas ehee dho?? good boy???????? hehe Wonder heelaba?????
Stay safe?❤️
Awwn Sher..Thank u soo much.. v hinhama jehihje sifa kurunthah kamudhiyaeema.. wonder abadhuves v improve kuran masahkaih kuraa kameh eii..Ahaha.. hingaaba dhw balamaa kail ah efenunyy nubai meehehthoa..yes azzam finally bas ehyy.. Sher ge comment kiyaafa kihineh nuhee hunnanyy.. ? u too stay safe dear?❤
woww mi pART haadha loabi ei…anneka kail kon kujje kaari ah edhiyaee …cant wait ei kon kujje thoa balaalan
Awwn thank u soo much =). v ufaavejje mi part dear ah kamudhiyaeema.. let’s see dhw eii kaakukan..ehaa gina iru dear wait kuraakah nujeheyne In sha Allah ?❤
Masha Allah varah reethi ❤️? i really like this story ❤️❤️
Thank u soo much Emilie. I think this is ur first comment if im not wrong.. Really happy to c a comment from a new reader.. v ufaavejje vaahaka kamudhiyaeema.?❤
Masha Allah.. Vvvvvaraha reethi.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u soo much Rani.. vvvv ufaavejje hama mi part kamudhiyaeema.. hehe?❤
Maasha allah .. mi baivev v reethi .. loola ah heevanee kail ah nubai kujjehen e fenunee .. anehka e ee kon kahala kujje baa … curiously waitin for the next part ♥️
Thank u soo much Loola..v ufaavejje mi part kamudhiyaeema. Let’s c dhw loola ah heevi goih rangalhu thow. In sha Allah soon submit kohlaanan next part?❤
Hello wonder??? mi part varah varah varah varah varah lwbi, ma Sha Allah ??????????????????????????????nd sifa kurun thah vx varah lwbi ????????? kiyamun dhaa irah hyvani hama vaahakaige thereyga ulhevey hen. ????????????????????????Your soooooooooooooooooooooooooooo talented????????????Ma Sha Allah ??????? Alheyyy Kail nd Raiha ulheylei haadha sweet ey ???????????????? nd Kail mihaaru haadha handsome vaane eyy dhw,????????????????????????????????????? Nasybei nu Raiha moya nuve hurikan???????? nd now Azzam ah chocolate eh vx ganedheyn v kanneyge dhw??????????????? plus varah curious kollaafa thi nimmaaly vx, when is next part??? Avahah up kollahche alhe????????? Im waiting ??? Lysm
baaky kithah part mi storyga ebeh
I don’t know yet tweety becox this is n ongoing story..wonder ah lafaa kurevenyy 40th parts ah vure ithuru nuvaane kamah enme gina vegen ves. ?❤
Varah varah varah reethi ❤️❤️ maa sha Allah ???? curiously waiting waiting for the next part ???????????
Awwn..Thank u soo much Livy.. v ufaavejje mi part kamudhiyaeema.. next part In sha Allah tomorrow night ga?❤
Hi Izabell.. mifaharu comment publish vaagotheh nuvi dhw hama.. but it’s ok since i read it?. V ufaavejje mi part ves dear ah kamudhiyaeema..n sifakurunthah kamudhiyaeema v hinhama jehihje anehkaa ves.. hehe..kail ehaa handsome v ma adhi Rai moyaves vedhaane?. Yess.. Azzam bas ehyma chocolate eh dheyn fennanyy wonder ah ves.. naseebennu dhw miruheh kaan nudhenis rangalhu vikan?. Next part In sha Allah tomorrow night ga . Lym dear?❤
Ma sha allav reethi mibaives ???????❤??
Ekamu thankolhah kuruhen heyvey.. azzam ves basaheya dho… naseebehnu …
Kail ah e renuney stepmother dho … tgc wonder much love be safe ?
Thank u soo much Ainth.. I will try my best to make remaining parts longer?.. Let’s see dhw kail ah efenunyy kaaku kan.. too tvgc. Lym n b safe?❤
Vrh reethi… whn next part….
Thank u soo much princess..v ufaavejje mi part kamudhiyaeema. Next part mireyah ninmeythoa mi balanyy..?❤
Al hamdhu li Allah azzaamu hé undhagulun salaamai vehjje ekam dhen anehkaa ces e soru fen naanebaa vv ufaa vehjje e soru rangalhu veema kail ekuri hiy varah Hama saabas ?? anehkaa e eee Rai baa fahathah emburigen huree or ehkkala thui anhenaa baa???? vvvv nice ingey when next ? curiously waiting ❤️❤️❤️❤️ ly
TC
Stay home ?????❤️☺️
Wonder koba updates
Next part submit kohlaifin Ainth.. Admin check kohfa update kuran dhn madu kuran jeheyny?
Salut wonder ge name aky koba???
Heyy where is next part ?? i can’t wait… ❤️?
Next part is already submitted Emilie.. Admin check kohfa update veema kiyaalan kibeyne ?