Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-25

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 23, 2020 7 Mins Read
26 Comments

” އިނގޭތަ މިއީ ކޮން ދުވަހެއްކަން؟” އަނދިރީގެ ތެރެއިން ކައިލް އާ ރައިހާ ސުވާލު ކޮށްލިއެވެ. ކައިލްގެ ނިތްކުރި މައްޗަށް އިތުރު ރޫތަކެއް އެރުން ފިޔަވާ އެއްވެސް ކަމެއް ނުވިއެވެ. އަނދިރީގެ ސަބަބުން ރައިހާގެ މޫނުމަތީ ކުލަވަރު ދެނެގަންނާކަށް އޭނާ އަކަށް ނޭނގުނެވެ.

” ލުކް..” އަނދިރީގެ ތެރެއިން ރައިހާ ކައިލްގެ މޫނުގައި ހިފާ ކަނާތް ފަރާތަށް އަނބުރާލިއެެވެ. ކައިލް އަށް ފެނުނީ ފަނޑު އުއްބައްތި ތަކެއްގެ އަލިކަމެވެ.. އެވަޤުތު ރައިހާ އެނދުން ތެދުވެގެން އައިސް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ.

” ހެޕީ ބާތްޑޭ..” ރައިހާ ފުޅާ ހިނިތުންވުމަކާ އެކީ ހަޅޭއްލަވައިގަތެވެ. އޭރު ކައިލް ދެލޯ ބޮޑު ކޮށްލައިގެން ބަލަން އިނީ ކަނާއަތް ފަރާތު އެނދުކައިރީ ބެހެއްޓިފައި އިން ކޭކަށެވެ. ކޭކުގެ ކައރީ މޭޒުމަތީގައި ކުދި ކުދި އުށްބައްތި ތައް ބެހެއްޓިފައިވެ އެވެ. ކައިލް އަށް އެއީ އޭނާގެ އުފަންދުވަސް ކަމެއް އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ދިރި އުޅުމުގެ އެއްވެސް އައްސޭރިއެއް ނެތި މޫދުގައި ދެމޭ ލަކުޑި ގަނޑެއްހެން ހަޔާތުގެ ގިނަ ދުވަސްތައް ހޭދަވި އިރު އުމުރުންވަނީ ކިތައް އަހަރުކަމެއް ނުވަތަ އިތުރު އަހަރެއް ފުރެނީ ކޮންދުވަހެއްކަމެއް ބެލުން ކައިލް އަށް މުހިއްމުކަމަކަށް ނުވިއެވެ. ނަމަވެސް ރައިހާ އޭނާގެ ހަޔާތަށް އައުމުން ދިރިއުޅުމުގެ ސަމުގާ އަނބުރާ ލިބުނު ފަދައެވެ. ދާންވީ މަގު ސީދާވެ މަންޒިލް ސާފު ވެއްޖެ އެވެ.

“އަވަސް… ކޭކު ފަޅަން އާދެބަލަ!..” ކައިލް އަދިވެސް ބަލަހައްޓައިގެން އިންނަން ފެށުމުން ރައިހާ އައިސް ކައިލްގެ އަތުގައި ހިފިއެވެ. ކައިލްވެސް ރައިހާ އާއެކު އައިސް ކޭކުގެ ކައިރީ ހުއްޓުނެވެ. އެވަޤުތު ކުޑަ ކުޑަ ވަޅިއެއް ރައިހާ ކައިލްގެ އަތަށް ލައި ދިނެވެ.

ކައިލް ކޭކު ފަޅަން ފެށުމުން ރައިހާ އުފަންދުވަހުގެ ލަވަ ކިޔަން ފެށީ ނުހަނު ޖޯށުގައެެވެ. ކޭކު ފެޅުމަށްފަހު ކޭކު ފަޅިއެއް ކައިލް ރައިހާ އަށް ލަވައިދިނެވެ.

“އަދި އެެބެއް އެއް ސަޕްރައިޒް އިނގޭ..” ރައިހާ ފުޅާ ހިނިތުންވުމަކާ އެކީ ފަހަތަށް ފަހަތަށް ޖެހެމުން ގޮސް ކޮޓަރީގެ އަލަމާރި ކައިރީ ހުދު ފޮތިން ނިވާކޮށްފައި ހުރި އެއްޗެއްކައިރީ މަޑު ކޮށްލިއެވެ. އަދި ފޮތިގަނޑުގައި އަތުން ހިފާ އެއްފަރާތަކަށް ކަހާލިއެވެ. ކުރިމަތީގައި ހުރީ ކުރަހަން ބޭނުންކުރާ ކެންވަސް އެއްގެ އިތުރުން އެކި ކަހަލަ ފިއްސާއި ކުރެހުމަށް ބޭނުން ކުރާ ސާމާނެވެ. އެހުރިހާއެއްޗެއްވެސް ވަނީ މޭޒެއްގައި ރީއްޗަށް އަތުރާލެވިފައެވެ.

” ކަމުދޭތަ؟” ހުއްޓުން އަރާފައި ކައިލް ހުރުމުން ރައިހާ ސުވާލު ކޮށްލިއެވެ. ކައިލް ރައިހާއަށް ބަަލައިލީ ޤަބޫލުކުރަން ދަތިވެފައި ހުރި ގޮތަކަށެވެ. އޭނާއަށް އަދިވެސް ހީވަނީ ހުވަފެނެއްގެ ތެރޭ އުޅެވޭހެންނެވެ. ދުވަހަކުވެސް ހޭލަން ބޭނުންނުވާ ރީތި ހުވަފެނެކެވެ.

“ކައި؟” ރައިހާ ގޮވަލުމުން ކައިލް ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތުގައި ދިގު ފިޔަވަޅުތަކެއްގައި އައިސް ކައިލް ރައިހާ ގައިގާ ބައްދާލިއެވެ.

“ވަރަށް ބޮޑަށް..” ކައިލްގެ ޖަވާބާއެކު ރައިހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ކައިލްގެ ބުރަކަށީގައި އޭނާގެ އަތް ވަށާލިއެވެ.
********

ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވި ކަމާއެކުއެވެ. ކައިލް އާއި ރައިހާގެ ދިރިއުޅުންވެސް އާރޯކަމާއެކު ކުރިފަޅާ ހެދެމުން ދިޔައެވެ. ނަމަވެސް ކައިލް އަދިވެސް އޭނާގެ އިޙްސާސްތައް ރައިހާގެ ކުރިމަތީ ހާމައެއް ނުކުރެއެވެ. އޭނާގެ ހިތުގައިވާ ލޯބި ހާމަކޮށްފިނަމަ އޭނާގެ ލޯ ކުރިމަތިން ރައިހާ ބީވެގެން ހިނގައިދާނެ ހެން ހީވަނީއެވެެ.

ފެންވަރާލައިގެން ނިކުން ކައިލް ހުއްޓިލީ ރީތިވާ މޭޒު ކުރިމަތީއެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ އަށް އައިސްފައި ހުރި ބަދަލުތައް ކިތަންމެ ރީއްޗަކަށްވެސް ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުން ދިޔައެވެ.

ތެތް އިސްތަށިގަނޑުގައިވާ ފެންތައް އަތުން ބުރުވާލަމުން ކައިލް އަށް އޭނާގެ ހަށިގަނޑަށް ބަލައިލެވުނެވެ. އަތުގެ މުލައްދަނޑީގެ މަސްތައް ހުރީ ކޮންމެވެސް ވަރަކަށް އަރާފައެވެ. ހަމައެކަނި ޖިންސެއް ލައިގެން ހުރި އިރު ބަނޑުގައި ގޮޅިގޮޅިއެއް ހަރުވަމުންދާ މަސްތައް ފެންނަން ހުއްޓެވެ. މީހާގެ ރޫފަ އިސްކޮޅާއި އެއްވަރަށް ރީތިވެލާފައި ހުރުމުން ކައިލް ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. ކައިލް ގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުގެ ސިއްރަކީ ރަޔާޝް އާއެކު ޖިމަށް ވޯކް އައުޓް ކުރަން ދިޔުމެވެ.

އިރުކޮޅަކު ލޯގަނޑު ކުރިމަތީ މަޑުކޮށްލުމަށްފަހު ހުދުކުލައިގެ ޓީ ޝާޓެއް ބޮލަށް މަހާލަމުން ބޭރަށް ނިކުންނަށް ކައިލް މިސްރާބުޖެހި އެވެ.

ސިޓިންގް ރޫމުގައިވީ ފަޅުކަމުން ރައިހާ ވީ ކޮޓަރީގައި ކަން ކައިލް އަށް އެނގުންވިއެވެ. މަޑު ހިނގުމެއްގައި އައިސް ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކު ކައިލް ޖަހާލިއެވެ. ރައިހާގެ އެއްވެސް ހަބަރެއް ނުވުމުން ކައިލް ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުނެ ދޮރު ފޭކޮށްލުމަށްފަހު އެތެރެއަށް ބޯ ދިއްކޮށްލިއެވެ. ރައިހާގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ކޮޓަރިއަަށް ކައިލް ވަނެެވެ. އެނދުކައިރީ ހުއްޓިގެން ހުރި އިރު ފަހަތުގައި ހުރި ފާޚާނާއިން ނިކުން ރައިހާ އެއް ކައިލްގެ ލޮލުގައެއް އަޅައެއް ނުގަނެއެވެ. ކައިލް އަށް ކުރިމަތީގައި ހުރި ރީތިވާ މޭޒުގެ ލޯގަނޑަށް ބަލައިލެވުނީ އެ ލޯގަނޑުން މީހެއް ފެނުންހެން ހީވެގެންނެވެ. ރަނގަޅަށް ލޯގަނޑަށް ބަލައިލެވުނު ވަގުތު ސިއްސައިގެން ގޮސް ކައިލް އަށް ފަހަތައް ޖެހިލެވުނެވެ. އެވަގުތު އެނދުގެ ކަނުގައި އަޅައިގެންފައި މުށިގަނޑު މައްޗަށް އޭނާ ވެއްޓުނެވެ. ރައިހާ އަށް އެމަންޒަރު ފެނުމުން އަވަހަށް އައިސް ކައިލްގެ ކައިރީ އިށީނދެ އަނިޔާއެއްވިތޯ ބަލަން ފެށިއެވެ.

” އަރ ޔޫ އޯކޭ؟” ހާސްވެފައި ކައިލްގެ މޫނަށް ބަލައިލަމުން ރައިހާ އެއްސެވެ. ފަޔަށްވީ ތަދާއެކު މޫނަށްގޮތަށް ހަދާލަމުން ތެދުވަން ވެގެން ރައިހާގެ މޫނަށް ބަލައިލި ކައިލް ބިރެއް ފެނުނުހެން ހަޅޭއްލަވައިގަތެވެ. ކައިލްގެ ކުއްލި ހަޅޭކާ އެކު ރައިހާގެ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ.

“ތި..ތީ..ތީ ކާކޫ..؟” ކޮޅަށް ތެދުވެ ބިރުގެންފައިވާ ދެލޮލާ އެކު ރައިހާ އާ ދިމާއަށް ކައިލް އިނގިލި ދިއްކޮށްލިއެވެ. ހިނދުކޮޅެއް ކުރިން ލޯގަނޑުން ފެނުން ސޫރަ އޭނާގެ ކުރިމަތިން ފެނުމުން ކައިލް ބިރުގަތެވެ.

“ކައިލް!! ވަޓްސަ ވްރޯންގް ވިތް ޔޫ.. މިއީ ރައިހާ އެންނު.. މެމޮރީ ލޮސް ވީތަ؟” ރައިހާ އަނގައަށް ގޮތެއް ހަދާލަމުން ކައިލް އާ ކައިރިވެލަން އުޅުނެވެ. އެޔާއެކު ކައިލް ދެފިޔަވަޅު ފަހަތައް އަޅާލިއެވެ.

” ރައި ގެ މޫނު ނޫކުލައިގަ ހުންނަ ކަމެއް ނުދެނަ ހުރިން.” ކައިލް ޖުމްލަޔާއެކު ރައިހާއަށް ވާނުވާ ރެޔަކާ ލިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ބާރު ބާރަށް ހޭންފެށިއެވެ.

“ކައި.. މިއީ ފޭޝަލް ކްރީމް އެކޭ..” ހެވޭ ވަރުން ރައިހާ އަށް ވާހަކަ ދެއްކޭ ވަރެއްވެސް ނުވެއެވެ. ބަނޑުގައި އަތް އަޅައިގެން ބިނދި ބިނދިފައި ރައިހާ ހެމުން ގެންދިޔަ އިރު ކައިލް އިނީ އަނގަ ޗޭ ކޮށްގެން ރައިހާއަށް ބަލާށެވެ.

“ޔޫ ލުކް ހޮރިބަލް..” ކައިލް ދެރަ ނުވާންވެގެން ރައިހާ އާ ދިމާއަށް ބުނެލިއެވެ.

ވަޤުތުން ރައިހާގެ ހުނުން ހުއްޓި ލޯގަނޑާ ދިމާއަށް ބަލާލެވުނެވެ. ހުދުކުލައިގެ ބާތް ރޮބް ގައި ހުރި ރައިހާގެ އިސްތަށިގަނޑުގައިވެސް ވަނީ ހުދުކުލައިގެ ތުވާއްޔެއް އޮޅާލެވިފައެވެ. މޫނުގެ ދެލޮލާއި އަނގަ ފިޔަވާ ހުރިހާ ތަނެއްގައި ނޫކުލައިގެ ކްރީމެއް ހާކާފައިވުމުން އޭނާ ފެންނަނީ މާއްޔެއް ހެންނެވެ. އަމިއްލަ ސިފަ ހުރިގޮތް ފެނުމުން ތުންކޮޅު އޫ ކޮށްފައި ރައިހާ ކައިލް އަށް ބަލައިލިއެެވެ.

“ކައި އަށް ވަކި ތިހެންނެއް ނުހުރެވޭނެ އިނގޭ.. ގެނޭ ހާކަން..” އުނަގަނޑުގައި ދެއަތް ވިއްދާލަމުން ރުޅިވެރި ރާގެއްގައި ރައިހާ ބުންޏެވެ. ކައިލް އަށް ހީވީ ބިރެއް ފެނުން ހެންނެވެ. އަވަސް އަވަހަށް ކޮޓަރިން ނިކުންނަން ފުންމައިގެން ތެދުވިއެވެ. އެހެނަސް ކައިލް ދޮރުގައި ހިފަ ހިފާ ހުއްޓާ ފަހަތުން ގަމީހުގައި ރައިހާ ހިފައިގަތެވެ. ހިންދިރުވާލަމުން ކައިލް ލަސް ލަހުން މޫނު ފަހަތަށް އަނބުރާލުއެވެ.

ރީތިވާ ގޮނޑީގައި އިށީނދެގެން އިން ކައިލްގެ އަނގައިން ފޫހިކަމުގެ އަޑެއް ލައްވާލިއެވެ. އަދި ކަޅި މައްޗަށް ހިއްލާލަމުން ކުރިމަތީގައި ހުރި ރައިހާއަށް ބަލއިލިއެވެ. އޭރު ތައްޓެއްގައި ހުރި ކްރީމެއް ކުޑަ ފިއްސަކުން ރައިހާ ދިޔައީ ކައިލްގެ މޫނުގައި އުނގުޅަމުންނެވެ. އެމޫނުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

މޫނުގައި ކްރީމް އުނގުޅާ ނިމުމާއެކު ކައިލް އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ. ނަމަވެސް ރައިހާ ކައިލްގެ އަތުގައި ހިފެހެއްޓިއެވެ.

” އެހާ ފަސޭހައެއްކޮށް ނުއެއް ދެވޭނެ އިނގޭ.. މޫނު ހިކެންދެން މިތާ އޮށޯވޭ..” ކައިލްގެ އަތުގައި ހިފާފައި ގެނެސް އެނދުގައި ބާއްވަމުން ރަައިހާ ބުންޏެވެ. ކައިލް ލޯ މަރާލަމުން ދެފަރާތަށް ބޯ ހޫރާލެވުނީ ރައިހާ ބުނާ ގޮތެއް ނަހަދާ ސަލާމަތް ނުވާނެކަން އިނގޭތީއެވެ.

“ކައި ކޮލެޖް ބްރޭކް ލިބެ އެންނު ދެން އަންނަ ހަފްތާގަ. އަހަންނާއެކު ރަށަކަށް ދާނަންތަ؟” ރައިހާވެސް ކައިލްގެ ކައިރީ އޮށޯވެލަމުން ވާހަކަދެއްކިއެވެ.

ކައިލް ރައިހާއާ ދިމާއަށް ބަލައިލީ ކޮން ރަށަކަށްހޭ އަހާފަދައިންނެވެ.

“ކާފަ މެން ރަށަށް.. މާމަ ކުރިން ދުވަހުވެސް ގުޅީމަ ބުނި ކާފަ ވަރަށް ބައްޔޭ.. ހޮސްޕިޓަލް އިން ފެމިލީ ލީވް އެއް ނެގޭނެ.. ވަރަށް ދުވަސް ވެއްޖެ ކާފަމެންނާ ބައްދަލު ނުވާތާ.. އެެހެންވެ..” ރައިހާގެ ވާހަކައަށް ކައިލް ބޯ ޖަހާލިއެވެ. ދުވަސްތަކަކަށްފަހު ރަށްފުށުގެ ދިރިއުޅުމަށް އަނބުރާ ގޮސްލަން އޭނާވެސް ބޭނުންވިއެވެ.
********

“ލޯންޗުގައި ރަށުގެ ފާލަމަށް ކައިރި ކޮށްލުމުން ކައިލް ފައިބާ ރައިހާއަށް ފޭބުމަށް އަތް ދިއްކޮށްލިއެވެ. ހިނިތުންވެ ހުރެ ކައިލްގެ އަތުގައި ހިފަމުން ލޯންޗުން ރައިހާ ފޭބިއެވެ. ދުވަސްތަކެއް ފަހުން ރަށަށް އާދެވުމުން ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ފޮށިތަށް ހިފައިގެން ކައިލްވެސް ރައިހާގެ ފަހަތުން ހިނގައިގަތެވެ.

“މާމާ!” މަގުން ހިނގަމުން ދިޔަ ރައިހާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އޭރު އައިސާފުޅު ހުރީ ގޭގެ ވަށާފާރުގައި އަތް އަޅުވާލައިގެން މަގުމައްޗަށް ބަލާށެވެ. މާމަ ދަރިފުޅު ފެނުމުން ކޮރު ހިނގުމެއްގައި އެދިމާއަށް މިސްރާބުޖެހިއެވެ.

ރައިހާ އައި ގޮތަށް އައިސް އޭނާގެ މާމަގެ ގައިގާ ބާރަށް ބައްދާލިއެވެ.

” މާމަ މަތިން ވަރަށް ހަނދާންވި.. މަންމަމެން އެންމެންވެސް ސަލާމް ބުނި..ކޮބާ ކާފަ..” ރައިހާ ނުހަނު އުފާވެ ހުރެ ވާހަކަދައްކަމުން ދިޔައެވެ.

“ކާފަ އެބެއް އޮށޯވެލައިގެން.. މިދުވަސްކޮޅު ގައިގަ ވަރު ނުހުންނާތީ އުޅެނީ..” ރައިހާގެ ކައިރީ ހުއްޓިލައިގެން ހުރި ކައިލް އަށް ބަލާލަމުން އައިސާފުޅު ވާހަކަ ދެއްކިއެވެ.

“މިއީ އަޅުގަނޑުގެ ފިރިމީހާ މާމާ.. މާމައަށް ދައްކާލަން މިއައީ ގޮވައިގެން..” ރައިހާގެ ވާހަކައާއި އެކު ނުކެރި ހުރެވެސް ކައިލް ސަލާމަށް އަތްދިއްކޮށްލަމުން ހިނިތުންވެލިއެވެ. އައިސާފުޅު ކައިލް އާ ސަލާމްކޮށް ކައިލްގެ ކޮނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

އައިސާފުޅުގެ ފަރާތުން ފެނުނު މައިވަންތަ ފިރުމުމުން ކައިލްގެ ހިތް ކަފަކޮޅެއްހާ މަޑުވެގެން ދިޔައެވެ.

“ހިނގާ ގޭތެރެއަށް އަވަހަށް..” އައިސާފުޅު އެހެން ބުނަމުން ރައިހާގެ ފޮށީގައި ހިފަން އުޅުނެވެ. ނަމަވެސް ކައިލް އަވަސް އަވަހަށް އެކަން މަނާކުރިއެވެ.

“މާމަ މިބުރަ އުފުލަން ނަހަދާ.. އަޅުގަނޑު އެތެރެއަށް ވައްދަފާނަން..” ކައިލްގެ ވާހަކައާއި އެކު އައިސާފުޅުގެ ހިނިތުންވުމާއެކު ލޯކައިރިން ކުދި ކުދި ރޫތައް ހާމަވެގެން ދިޔައެވެ. ބޯ ޖަހާލުމަށްފަހު ރައިހާ ގައިގާ ފިރުމަމުން ގޭތެރެއަށް މިސްރާބުޖެހިއެވެ.

ގެއަށް ވަދެގެން އައި އިރު ކޮރިޑޯއަކުން ދެވޭނެ ހެން ދެފަރާތުގައި ކޮޓަރި ބަރިތައް ހުއްޓެވެ. އެއީ މުޅިންވެސް ރަށަށް އަންނަ ބީރައްޓެހިން ކުއްޔަށް ތިބުމަށް ހާއްސަކުރެވިފައިވާ ކޮޓަރި ތަކެކެވެ.

ގޭގެ އެތެރެ ފެންޑާއިން ވަދެގެން ގޮސް އެއްފަރާތުގައި ހުރި ކޮޓަރިއެއް އައިސާފުޅު ހުޅުވާލިއެވެ. ރައިހާ ކޮޓަރި އަށްވަފެ އެނދުގައި އޮތް މުސްކުޅި ފިރިހެން މީހާއަށް ބަލާލިއެވެ.

” ކާފާ..” ރައިހާގެ އަޑާއި އެކު އެފިރިހެން މީހާ ވަރު ދެރަގޮތަކަށް ރައިހާއަށް ބަލައިލިއެވެ. އަދި ތެދުވަން މަސައްކަތް ކުރިއެވެ. ރައިހާ ހުސޭނު އަތުގައި ހިފާލަމުން ތެދުވަން އެހީވެދިނެވެ.
ކާފަގެ ހާލު އެހާ ގޯސްވެދާނެ ކަމަކަށް ރައިހާ އުންމީދެއް ނުކުރެއެވެ.

“އެކޮއެ ކިހިނެއްތަ ދަރިފުޅާ..” ހަސަނުގެ އަނގައިގާ ވާގި ނެތް ގޮތަކަށް ބުނެލިއެވެ.

“އަޅުގަނޑު ރަނގަޅޭ ކާފާ.. އަޅުގަނޑަށް ފެންނަނީ ޑޮކްޓަރަށް ދައްކަން ކާފަ މާލެ ދާން.. ” ހަސަނުގެ ހާލަތު ފެނުމުން ރައިހާ ނުހަނު ދެރަވިއެވެ. އޭނާގެ ދެވަނަ ބައްޕަގެ ގޮތުގައި ދެކެމުން އައި ފަރާތް އެފަދަ ހާލަތެއްގައި ވުމުން ލޯ ފެންކަޅިވިއެވެ.

“ދަރިފުޅާ.. ޑޮކްޓަރަށް ދެއްކިޔަސް ވާނެ ފައިދާއެއް ނޯންނާނެ އިތުރަކަށް.. މިއީ ފަރުވާއެއް ނެތް މުސްކުޅި ބަލި..” އަށްޑިހައިގެ ފަހު އަހަރުތައް ގުނަމުންދާ ހަސަނު ކޮށި ގޮތަކަށް ކެއްސާލިއެވެ.

“ކޮބާތަ ދަރިފުޅު ފިރިމީހާ؟” ރައިހާގެ މޫނުން ނަޒަރު ވަކި ކޮށްލަމުން ކޮޓަރި ދޮރާ ދިމާއަށް ހަސަނު ބަލައިލިއެވެ.

އެއަޑު ދޮރުކައިރި ހުރި ކައިލް އަށް އިވުމުން މަޑު މަޑުން އެތެރެއަށް ފިޔަވަޅު އަޅާލިއެވެ. އެތަން ފެނުނު ހަސަނު އަތުގެ އިޝާރާތުން އޭނާގެ ކައިރިއަށް އައުމަށް އިޝާރާތް ކުރިއެވެ.

އެނދުގައި އައިސް ކައިލް ހަމަޖެހިލުމުން ހަސަނުގެ ތުރުތުރު އަޅާ އަތުން ކައިލްގެ ބޮލުގައި ފިރުމާލިއވެ.

“އެކޮއެ ކާފަ އަށް ކަމެއް ކޮށްދެންޏާ ރައިހާ ރަނގަޅަށް ބަލާތި.. އެމަންޖެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާތި.. ކާފަގެ ވަޞިއްޔަތަކީ އެއީ..” ހަސަނުގެ ވާހަކައާއި އެކީ ކައިލް އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެވަޤުތު ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ހަސަނުގެ ތުންފަތް މައްޗަށްވެރިވެގެން ދިޔަތަން ކައިލް އަށް ފެނުނެވެ.
*******

“އިނގޭތަ ކައި އަށް.. މާމަ ވަރަށް މީރުކޮށް މަޖާ މޮޑޭނެ ” އައިސާފުޅުގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުރެ ރައިހާ ބުނެލިއެވެ. އޭރު އައިސާފުޅު ކޮށާފައި ހުރި އަނބުތައް ރިހާކުރާއި ހެލެނބެލި ހުތް ގަނޑުގެ ތެރެއަށް އަޅާ މޮޑެލަނީއެވެ. އޭރު ކާހިތުން ކައިރީގައި އިން ކައިލްގެ އަނގައިން ކުޅުތައް ފައިބައެވެ.

“އެންމެ ފުރަތަމަ ދޭނީ މާމަގެ ޅީދަރިފުޅަށް..” މަޖާ ކޮޅެއް އަނގައަށް ލާން އުޅުނު ރައިހާ ހުއްޓުވަމުން އައިސާފުޅު މަޖާކޮޅެއް ނަގާ ކައިލް އަށް ދިއްކޮށްލިއެވެ. ރައިހާ ވަގުތުން ތުން އޫކޮށްލައިގެން ދެބޮމަ ގޮށްޖަހާލިއެވެ.

ކައިލް އުފަލާއެކު ހީލަމުން އަނގަފުޅާ ކޮށްލިއެވެ. ނަމަވެސް އަނގައިގާ މަޖާކޮޅު ޖެހުމާއެކު ކައިލް އަށް ލޯ މަރާލެވުނީ ދުލަށް ވީ ކުޅީގެ ސަަބަބުންނެވެ. ކައިލްގެ އަނގައަށް ވީގޮތް ފެނުމުން ރައިހާ އަށް އަނގަމަތީގައި އަތް އެޅުނީ ހުނުން ކޮންޓްރޯލް ކުރުމަށެވެ. މިއިން އެއްވެސް ކަމެއް ރެއަކާ ނުލާ އިން އައިސާފުޅު ދެވަަނަ ފަހަރަށްވެސް މަޖާކޮޅެއް ނަގާ ކައިލް އަށް ލަވަން ދިމާކޮށްލިއެވެ.

މިތަން ފެނުމުން ދެލޯ ބޮޑުވި ކައިލް ގަދަކަމުން ހީލަމުން ދެފަރާތަށް ބޯ ހަލުވާލީ ދެން ހެވޭ ބުނާފަދައިންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އައިސާފުޅަށް ފެނުނު ހެނެއް ހިޔެއް ނުވިއެވެ. ކައިލްގެ އަނގަޔަށް މަޖާކޮޅު ގަންނުވާލިއެވެ. ކައިލް އަށް ވީކުޅިން ގޮނޑީގައި އިށީނދެގެން އިނދެވެނީކީވެސް ނޫނެވެ. ދެކަންފަތުންވެސް ހީވަނީ ދުން އަރާހެންނެވެ.

ކައިލްގެ ނަސީބު ކިތަންމެހާވެސް ރަނގަޅެވެ. އެވަގުތު ގެއިން ބޭރުން މީހަކު އައިސާފުޅަށް ގޮވާ އަޑު އިވުމުން އެދިމާއަށް އޭނާ މިސްރާބު ޖެހިއެވެ.

ލޮލު ކޮޅުން އައިސާފުޅުގެއްލުމާއެކު މޭޒުގައި ހުރި ފެންޖަގު ކައިލް ނަގާ އަނގަޔަށް އަޅާލިއެވެ. މުޅި ނޭފަތް ރަތްވެ ލޮލުން ފެން އަންނަމުން ދިޔަ ކައިލް ފެނުމުން އިތުރަކަށް ރައިހާ އަށް ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. ރައިހާ ހޭން އިން މަންޒަރު ފެނުމުން ކައިލް ލޯ އަޅާލިއެވެ.
********

އަތިރީގެ ދިއްގާ ގަސްދޮށުގައި އިށީނދެލައިގެން އިން ކައިލް ބަލަމުން ދިޔައީ ރާޅުޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރި ރައިހާއަށެވެ. ނޫކުލައާއި ފިޔާތޮށި ކުލައިގެ ފްލޯރަލް މެކްސީގައި ހުރި ރައިހާގެ ތުންފަތުގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ދެއަތުން ވެލި ފޮޅާލަމުން ރައިހާގެ ކައިރިއަށް ކައިލް ހިނގައިގަތެވެ.

ރައިހާގެ ކައިރިއަށް ކައިލް އައުމާއެކު އޭނާގެ ގަޔަށް ރައިހާ ލޮނު ބުރުއްސާލިއެވެ. ކައިލްވެސް އެ އަމަލު ތަކުރާރު ކުރިއެވެ. ލޮނުން ސަލާމަތް ވުމަށް ރައިހާ ދުއްވައިގަތެވެ. އެހެނަސް ކައިލް މާ ހުޝިޔާރެވެ. ރައިހާ އާ އެއްހަމަކޮށް އަތްދަނޑި މައްޗަށް ނަގައިގެން އައިސް މޫދަށް ވައްޓާލިއެެވެ. ހެމުން ހެމުން މޫދުން އަރަން އައި ކައިލް ސިއްސައިގެން ދިޔައީ ލޮނުގަނޑުގައި އޮތް ރައިހާ އޭނާގެ ގައިގާ ހިފައިގަތުމުންނެވެ. އެފަދަ ކަމަކަށް ނުވިސްނާހުރި ކައިލްވެސް ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ.
******

ފެންވަރަން ހުރި ކައިލް އަށް އިރު އިރުކޮޅާ ރައިހާގެ ހަނދާން އާވުމާއެކު ހިނިއާދެވެއެވެ. އަވަސްކޮށްލައިގެން ފެންވަރައިގެން ގޭތެރެއަށް ނިކުން އިރު ކައިލް އަށް ރައިހާއެއް ނުފެނުނެވެ. އޭނާއަށް ވުރެ ކުރިން ފެންވަރައިގެން ރައިހާ ނިކުތެވެ. ނަމަވެސް ގޭތެެރެއިން ރައިހާގެ އެއްވެސް ހިލަމެއް ނުވުމުން ކައިލް ނިކުމެލީ ގެއިން ބޭރަށެވެ. އެވަޤުތު ތަންކޮޅެއް ދުރުގައި ފިރިހެނަކާ ވާހަކަދައްކަން ހުރި ރައިހާ ކައިލްގެ ލޮލުގައި އަޅައިގަތެވެ. ރައިހާ ހުރީ ކައިލްއާ ދިމާފުރަގަހަށް އެނބުރިގެން ނަމަވެސް އެފިރިހެން މީހާގެ މޫނު ކައިލް އަށް ފެނެއެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލަމުން އެފިރިހެން މީހާގެ މޫނަށް ކައިލް ބަލާލީ މޫނުމަތިން ދަންނަ ވައްތަރެއް ޖަހާތީއެވެ. އެމީހާގެ މޫނު ސާފުވެގެން ދިޔަ އިރު އެއީ ކާކުކަން އިނގުމާއެކު ހީވީ ކައިލްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އީޝަލް (ތިންވަނަ ބައި)

Next

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 8

Next
May 24, 2020

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 8

Previews
May 23, 2020

އީޝަލް (ތިންވަނަ ބައި)

26 Comments!

  1. love_reading says:
    May 23, 2020 at 2:30 am

    anehkaa konmes meehaku dhw.. kaakubaa?.. as always, love this part too ❤️?.. whn nxt part?

  2. Een says:
    May 23, 2020 at 3:17 am

    Alheyyyy e nimunee dhw ……. anyway mi part ves vrah vrah vrah reethi maashaa Allah ♥️ ♥️ stay safe dear luv u …

  3. Aisher says:
    May 23, 2020 at 3:54 am

    Varah rythi mi vahaka

    1. Wonder says:
      May 23, 2020 at 4:22 am

      Thank u soo much Aisher. V ufaavejje dear ah kamudhaa vaahaka eh genesdhveythyy.. stay safe n ly?❤

  4. Izabell says:
    May 23, 2020 at 4:05 am

    Alheyy so sweet ????? mi part vx hama outstanding.????????????? Wonder haadha molheyy. Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ nd haadha majaa eyy Kail ah dhimaa vaa kan kan ????????? so cute. Kobaa tha ekka bas naahaa Azzam gandu? ??????? when is next part???? Please be fast Imma curiously waiting for next part.???? lysm

    1. Wonder says:
      May 23, 2020 at 4:26 am

      U r soo sweet too Izabell ?. Thank u soo much for all the kind words.. yes dhw.. Azzam ah vee kihineh baa? Vaahakaige kuri ah oih baithakuga ingigen dhaane hama. In sha Allah tomorrow night or day after tomorrow ga up kohla dheynan story.. lym n b safe?❤

  5. Wonder says:
    May 23, 2020 at 4:21 am

    Thank u soo much Love_reading.. mi baives dear ah kamudhiyaeema v ufaavejje. Let’s see dhw eii kaakukan.. next part ga ingigen dhaane.. In sha Allah tomorrow or day after tomorrow night ga up kohladheynan next part.. Thank u for the support.. ly n stay safe?❤

  6. Wonder says:
    May 23, 2020 at 4:30 am

    Hellow dear readers.. 25th part of vaashey mashaa eky is here! I was in a hurry to submit this part so there might b spelling errors too.. my apologies for that. And since the Eid is around the corner im gonna leave out a gift for my lovely readers.. In sha Allah tomorrow night u will find out.. Hope u all will like it.. Also let me know what u guys think about this part and please point out my mistakes that way i can improve..much love, b safe all!❤????

  7. Wonder says:
    May 23, 2020 at 4:34 am

    Yes Een.. mi bai enimunyy..ekamaku vaahaka adhi nunime ingey dear?. Really happy to know that u liked this part too.. u too tvgc n b safe..ly n thanks for the support. ?❤

  8. Sher says:
    May 23, 2020 at 5:46 am

    ???????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Awww Wonder Kail Lee t-shirt eh Ekam Rai ah hifunee gameehuga hehe??
    مشاء الله mi part ves loabi kamun meeni bunaane ehcheh neyngifa❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️ Mihaaru adhi Kail ulhey leh loabikamun mi vaahaka ithurah reethi?????
    Wonder ehaa loabikoh majaa hadhaafa ves nudheyne Sher akah?? Sher majaa kaahivvey viyyaa????
    Dhen e Azzam gandu ves varah miss vi ingey???
    Hehe Wonder varah molhu kudhin kaahiy kuruvan ves vaahaka liyan ves
    ??????????????
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????

    1. Wonder says:
      May 23, 2020 at 12:57 pm

      Thank u soo much sher especially for pointing out the mistake.. Ahaha. Wonder ves liyun iru hama kaahithun kulhu dhiyaa vefa inyy?? Azzam v thanakun eba jehey neren Sherthihaa miss vanyaa?. Thank u again for the sweet words and yes pointing out the mistake.. I will see whether i can edit it. Ly n stay safe❤?

  9. Larkuu?? says:
    May 23, 2020 at 11:59 am

    Alheyy azzaam tha anehkkaav..pis pis ??…story varah varah varah varah varah furihama Hama speechless ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Ainth says:
    May 23, 2020 at 12:33 pm

    Vaahaka v salhi … dhn kail aa raihaa gulhuvabala dho lioabin … waiting for that … stay safe dear

    1. Wonder says:
      May 23, 2020 at 12:59 pm

      Thank u soo much Ainth.. In sha Allah vaahaka kuriah dhaavarakah ebaithah ves annaane. Won’t disappoint you ?. V ufaavejje vaahaka kamudhiyaeema. Really appreciate ur comment. U too b safe n ly?❤

  11. Wonder says:
    May 23, 2020 at 1:01 pm

    Thank u soo much Larkuu. V ufaavejje mi baives kamdhiyaeema. Let’s find out whether it’s Azzam orr somebody else. Next part ga ingigen dhaane. Much love for the support n b safe?❤

  12. Aish says:
    May 24, 2020 at 6:21 am

    Huri haa kudhin nah Aish aa Aish he family gefaraathun Eid mubaarik khaasakoh wonder ah. N mi bai VES vvvvvvv salhi ☺️

  13. Noor says:
    May 24, 2020 at 8:02 am

    asluves mihaa closeve ekeegaa ulheyiru real couple akah badhalu nuveema hiraaru kudakoh odd gotheh feelvey ekam vesuvius vaahaka varah reethi keep it up dear

    1. Wonder says:
      May 24, 2020 at 5:34 pm

      Thank u for the opinion dear.. Actually There’s a moment im waiting for in the story. Everything will fall in place at a point ?. V ufaavejje mivaahaka noor ah kamudhiyaeema. Stay safe n ly?❤

  14. Ainth says:
    May 24, 2020 at 11:30 am

    Wonder aey kail ge bappa dho ..
    Eid mubarak
    Next part koniraku update vaane
    Be safe dear ❤

    1. Wonder says:
      May 24, 2020 at 5:35 pm

      Next part ga hingaa dhw balamaa eii kaakukan.. Next part In sha Allah tomorrow night ga.. Thank so much Ainth. Eid Mubarak to u as well❤❤

  15. Wonder says:
    May 24, 2020 at 5:36 pm

    Thank u so much Aish. Eid Mubarak to u as well❤❤

  16. Aish says:
    May 25, 2020 at 2:15 pm

    Esfiya site ga login vany kihinettha

  17. Wonder is wonderful says:
    May 25, 2020 at 4:05 pm

    Wonder I’m wondering when you will upload the next wonderful part?????❤️❤️

  18. Rani says:
    May 25, 2020 at 7:37 pm

    Hey mi part vx hama ?…. Waiting for next…

  19. Ainth says:
    May 26, 2020 at 3:00 am

    Koba koba next part esfiya refresh kohkoh mirey varubaalivehja
    Kamah dhimaa v dho … waiting

  20. Ellie says:
    June 6, 2020 at 11:26 pm

    Alheyy wow masha Allah v reethi.. I can’t wait.. ?❤️

Comments are closed.

Next Episodeވާށޭ މަށާ އެކީ-26←


All Right Reserved!