ވާށޭ މަށާ އެކީ-27
އެސައިމެންޓް ސަބްމިޓް ކޮށްލުމަށްފަހު ކައިލް ކޮޓަރިން ނިކުމެގެން އައިސް ހުއްޓުނީ ގޭގެ ވަށާފާރު ކައިރީއެވެ. ގޭގެ ވަށާފާރަކީ މާމައްޗަށް ނަގާފައި ހުރި ތަނަކަށް ނުވުމުން ބޭރު ހާމައަށް ފެންނަން އޮވެއެވެ. ފާރުގައި އޮޅަނބުށި ޖައްސާލައިގެން ހުރި ކައިލްގެ ވިސްނުން ދަތުރު ކުރީ އޭނާއަށް ފަޔާޒު ފެނުނު ވަޤުތަށެވެ. ބައްޕަގެ ފަރާތުން ތަފާތު ކަމެއް އިޙްސާސް ވާހެން ކައިލް އަށް ހީވަނީއެވެ. ކުރިއަށްވުރެ ހަށިގަނޑުން އަނަރޫފަ ކަމަށް ދައްކާއިރު މޫނުމަތީގައިވެސް ދިރުމެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ބައްޔެއްގައި ނުވަތަ ހިތާމައެއްގައި ދުވަސްތައް ގުނަމުން ދާހެންނެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އިސްތަށިގަނޑުގައި ކައިލް އަތް ހިންގާލިއެވެ. ފަޔާޒް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ކައިލްގެ ހިތުގެ ކަނެއްގައި ބައްޕަގެ މައްޗަށް ވާ ލޯބި ފަނޑުވުމެއް ނެތެވެ. ފަޔާޒުއާއި މެދު ވިސްނަން ބޭނުންނުވިޔަސް ސިކުނޑި އެގޮތަކަށް ކިޔަމަނެއް ނުވެއެވެ.
ކުއްލި އަކަށް ކައިލް އަށް ސިހުން ގެނުވީ ވިއްސާރަ އޮށްސާލުމުންނެވެ. އަވަސް އަވަހަށް ގެޔަށް ވަތް ކައިލް ދޮރުން ބޭރަށް ބަލައިލިއެވެ. ދެން ފެނުނީ އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރު ހިންގާލިތަނެވެ. ރައިހާ އަދިވެސް ގެޔަށް ނާންނާތީ ކައިލް ކަންބޮޑުވިއެވެ. ވިއްސާރައިގާ ޖެހިފައި ތާކު ހުރެދާނެ ކަމަށް ހިތް ބުނަމުންދިޔައެވެ.
“ވެއަރ އަރ ޔޫ..” އަމިއްލަ ނަފްސަށް އަޑު އިވޭނެހާ މަޑުން ކައިލް އަށް ރައިހާ މަތިން ހަނދާން ކުރަމުން ބުނެލެވުނެވެ.
******
ސައިކަލު ނިއްވާލުމަށްފަހު އައްޒާމް މިސްރާބު ޖެހީ ރައިހާ އާ ދިމާއަށެވެ. ދެލޯ ބޮޑުކޮށްގެން ހުރި ރައިހާ އަށް ކައިރިއަށް އަންނަމުން ދިޔަ އައްޒާމް ފެނުމުން ފަހަތަށް ޖެހެވެން ފެށުނެވެ. އެގޮތަށް އައިސް ރައިހާ ފާރުގައި ލައްވިއެވެ.
ލާނެތް ހިނިތުންވުމެއްގައި އައި އައްޒާމް މަޑު ކޮށްލީ ރައިހާގެ މޫނާ ޖެހޭ ނުޖެހޭހާ ގާތުގައެވެ.
“ސަޕްރައިޒް!… އަހަރެން ފެނުނީމަ އުފާވެއްޖެތަ؟..” ދެއަރިއަށް މޫނު އަނބުރާލަމުން ސީދާ ރައިހާގެ ލޮލަށް ބަލަހައްޓައިގެން ހުރެ އައްޒާމް ބުނެލިއެވެ.
“އައްޒާމް މިތާނގައި ކީއް ތިކުރަނީ؟..” ހާސްކަން މުޅި މީހާ ވަށާލަމުން ދިޔަ ނަމަވެސް ރައިހާ އަޑަށް ހަރުކަށިކަން ގެންނަމުން ވާހަކަދެއްކިއެވެ.
“ހަމަ ނޭނގިގެންތަ ތިއެހީ.. ތިމޫނު ދެކިލާ ހިތުން ނުހުރެވިގެނެންނު މިއައީ..” މަސްތީ ގޮތަކަށް ރައިހާގެ މޫނުގެ އެއްފަރާތުގައި ޝަހާދަތް އިނގިލި ހަރަކާތް ކޮށްލަމުން އައްޒާމް ބުނެލިއެވެ.
ރައިހާ އޭނާގެ މޫނު އަނބުރާލީ ނަޖިސް އެއްޗެއް މޫނުގައި ޖެހުމުން ފަކުރުގަނެފައި ހުރި ބީދައިންނެވެ.
“ޔޫ ލުކް ސޯ ބިއުޓިފުލް ވެން ޔޫ އަރ އެންގްރީ” އައްޒާމްގެ ފުންވަމުން ދިޔަ ނޭވާތަށް ރައިހާގެ މޫނަށް އެޅެމުން ދިޔައެވެ.
“އައްޒާމް.. އަހަރެން ރީއްޗަށް ބުނި ގަޑީގަ އަހަންނާ ދުރައްޖެހޭ!” ރައިހާ ރުޅިއައިސްގެން ފަޅައިގެން ދާވަރު ވެފައި ހުރިނަމަވެސް ދަތްތަކަށް ބާރު ކޮށްލަމުން ރީއްޗަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
“ކިިިހިނެތް ދުރުގަ ހުންނާނީ.. އަހަރެން އެހާ ދުރަށް ދަތުރު ކޮށްފަ މިއައީވެސް ހަމަ ތި މޫނު ދެކިލަން ވެގެން” އައްޒާމް އެންމެ ފިޔަވަޅެއްވެސް ރައިހާ އާ ދުރަށް އަޅާކަށް ގަސްތެއް ނުކުރެ އެވެ.
“ކިހާ ދެރަކަމެއް އައްޒާމް! އަހަރެން ކުރިމަތިން ދުރަށްދޭ!” ރައިހާގެ ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަހެންނެވެ. މުޅި ތަނަށް އަޑު އިވޭ ވަރަށް ހަޅޭއްލަވައިގަތެވެ.
“ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް މިރޭ ސަލާމަތެއް ނުވެވޭނެ” ރައިހާގެ އޮޅަނބުށީގައި ހިފާ އައްޒާމް އޭނާއާ ދިމާއަށް ރައިހާ ދަމާލިއެވެ. އެވަޤުތު ރައިހާ އައިސް ތަތްވީ އައްޒާމްގެ މޭމަތީގައެވެ.
” ފުރަތަމަ ފަހަރު ކަމެއް ނުކޮށް ދޫކޮށްލީމަ ހީކުރީތަ އަހަރެން ކައިރިން ސަލާމަތްވިއްޔޭ އޭތް؟ ރައިހާ އަށް ނޭނގުނަސް އަހަރެން އަބަދުވެސް ރައިހާ ދާހުރިހާތަނެއް ބަލަމުން ފާރަލަމުން މިއައީ.. މިފަދަ ވަޤުތެއްގެ އިންތިޒާރުގާ.. ކޮލެޖުން ކައިލް އާ ދިމާކުރުންވެސް ހުއްޓާލީ ހަމަ ރައިހާ އަަށް ޓަކާ.. އަހަރެން ކިހާ ރަނގަޅު ދޯ؟” ރައިހާ އަށް ނުދެވޭނެހެން ވަށައިގެން އެ އަތުގެ ތެރޭގައި އައްޒާމް ރަނގަޅަށް ރައިހާ ހައްޔަރު ކޮށްލިއެވެ.
“އައްޒާމް.. ކީއްވެގެންތަ އަހަރެން ފަހަތުން ތި އުޅެނީ.. އަހަރެން މީ މީހެއްގެ އަންބެކޭ..” އައްޒާމްގެ އަތުން ވީއްލެން މަސައްކަތް ކުރަމުން ދިޔަ ރައިހާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އައްޒާމްގެ ޢަމަލުތައް ހުރިގޮތުން އޭނާ އަށް ކުރާނީ ކީއްކަމެއްވެސް ނޭނގެ އެވެ. ކައިލް މަތިން ހަނދާންވެގެން ދިޔަ އިރު ހޯސްލާފައި ކަރުނަތައް ލޮލުން ފައިބައިގެން ދިޔައެވެ. ހިތުގެ އަޑިން ކައިލް އައުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ.
******
ގޭގެ ފެންޑާގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ކައިލް އަށް އިރު އިރު ކޮޅާ ގަޑިއަށް ބަލައިލެވެ އެވެ. އަތުގައި އޮތް ފޯނަށްވެސް ބެލުނު އަދަދެއް ނޭނގެއެވެ. އެތަށް ފަހަރަކު ފޯނުން ގުޅުމުން ވެސް ޚަބަރެއް ނުވިއެވެ. ރައިހާ ދިޔަތާކަށް އޭނާ އާއެކު ދެވުން ނަމައޭ އެތައް ފަހަރަކު ކައިލްގެ ހިތަށް އަރަމުން ދިޔައެެވެ.
“ދަރިފުޅާ ކައިލް.. އަދިވެސް އެމަންޖެ ނާދޭތަ؟” ބަދިގެއިން ނިކުމެގެން އައި އައިސާފުޅު ވާހަކަ ދެއްކިއެވެ. ކައިލް ވެސް ނުތަނަވަސް ކަން ފޮރުވަން މަސައްކަތް ކުރަމުން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
“ކޮންތާކު ތާށިވީބާ އަނެއްކާ؟ ސޮފޫރާ ދެންމެ ގުޅާފަ ބުނި ގިތެޔޮ ބޯކިބާ އެތި ވަރަށް މީރޭ.. ރައިހާ ގޮއްސިޔޭ ތަށި ލައިފަ.. އެންމެ ނުބައި ގަޑިއަށް ވިއްޔަ ވިއްސާރަ ވެހި ގަންނާނީ..” އައިސާފުޅު ދެފަރާތަށް ބޯ ހޫރުވާލަމުން ކާގެއަށް އައިސް ވަނެވެ.
ކައިލް އަށް ރައިހާ އާ މެދު ވިސްނަން މަޖުބޫރު ވިއެވެ. މިއޮށްފަދަ ރޭގަނޑު ގަޑީ މަގުމަތީގައި އެކަނި ރައިހާ ހުންނާނެ ޚިޔާލު ކުރެވުނެވެ. މޫނުގައި އަތް ހާކާލަމުން އަވަސް ފިޔަވަޅުތަކެއްގައި ކާގެއާ ދިމާއަށް ކައިލް މިސްރާބު ޖެހިއެވެ.
“މާމާ.. ވިއްސާރަ ކުޑައެއް އޮންނާނެތަ؟” ރައި ހުންނާނީ ފިނި ބޮޑުވެފަ ކަންނޭނގެ.ކޮން ގެޔަކަށްތަ ރައި ދިޔައީ؟..” ކައިލްގެ އަޑުގައި ވީ ހާސްކަމާއެކު ވާހަކަ ދެއްކުނީވެސް ނުހަނު އަވަސް އަވަހަށެވެ.
“ކޮބާބާ އެއްކަލަ ކުޑަ ގަނޑު..އެއްޗެއް ހޯދަން އުޅެންޏަކާ އަދި ނުފެންނާނެ..” އައިސާފުޅު ފެންޑާއަށް ނިކުމެ އެތަން މިތަން ހޯދަން ފެށިއެވެ.
“ސޮފޫރާ މެންގެޔަށް ދިޔައީ އެމަންޖެ.. އޮފީސް ހުންނަ ތަން އިނގޭތަ ދަރިފުޅަށް؟” ކުޑަ ހޯދަމުން އައިސާފުޅު ވާހަކަ ދެއްކިއެވެ.
ކައިލް އޭނާގެ ސިކުނޑިއަަށް ބާރުލަމުން ދިޔައެވެ. އެވަޤުތު ރަށަށް އައި ދުވަހު ރަށު އޮފީސް ޖަހާފައި އިން އިމާރާތެއް ފެނުނުކަން ހަނދާންވިއެވެ. ކައިލް އަވަސް އަވަހަށް އާއެކޭ ބުނެލިއެވެ.
“އޮފީސް ކައިރި ހުންނާނީ އޮގޯތި..ނޫކުލަ ލާފަ ހުންނާނީ ވަށާފާރު ނުނަގަ.. އެމަންޖެ އެހިސާބުގަނޑުގަހެން ހީވަނީ ހުންނާނީ” އައިސާފުޅުގެ ވާހަކަ އާއެކު ކައިލް ފެންޑާގެ ދޮރު ކައިރީ މަޑު ކޮށްލީ ކުޑައެއް ފެންނަން ދެނެވެ. ވާރޭ ފެނުނަސް ކައިލްގެ ގައިން ހީބިހި ހިލުވާލައެވެ. ކުޑައެއް ނެތި އެވާރޭގެ ތެރެއަށް ނިކުންނަން ހިތަށް އަރާ ކޮންމެ ފަހަރަކު ފަސްޖެހެވެނީ އެހެންވެ އެވެ. އަދިވެސް އެއްފަހަރު އަވަސް ހަރަކާތާއެކު ކައިލްއަށް ރައިހާގެ ނަންބަރަށް ގުޅާލެވުނީ ފޯނު ނަގާތޯ ދުޢާކޮށްލަމުންނެވެ.
“ޕްލީސް ޕްލީސް ރައި.. ޓޭކް ދަ ފޯން..އައިމް ވޮރީޑް އެބައުޓް ޔޫ..” ދެކޮޅަށް ހިނގަމުން ދިޔަ ކައިލްއަށް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ކިޔެމުން ދިޔައެވެ.
“ހަލޯ..” ކުއްލި އަކަށް ކައިލް އަށް ބާރަށް ބުނެލެވުނީ ރައިހާ ފޯނު ނެގުމުންނެވެ. ފަހަތް ބަލައިލި އިރު އައިސާފުޅުގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ހޯދުމަށް އަތް ފުނާއަޅަމުން އެހެން ދިމާއަކަށް ދިޔައީ ކަންނޭނގެއެވެ.
“ރައި ކޮންތާ..” އެކޮޅުން އަޑެއް ނީވުމުން އަވަސް އަވަހަށް ކައިލް ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް ޖުމްލަ ފުރިހަމަ ނުވަނީސް ކައިލް ހުއްޓުން އެރީ ފިރިހެނެއްގެ އަޑު ޖެހުމުންނެވެ.
**********
“ބުނަން ވީތަ ކީއްވެގެންކަން.. އެއީ ތިހާ ރީތި ކުއްޖަކު އަހަރެން އެހާ ރުޅި އަންނަ މީހެއްގެ މިލްކަކަށް ވީމަ.. އެއީ ތިހާ ރީތި ކުއްޖަކު އަހަރެންގެ ކޯތާފަތުގައި ޖެހީމަ.” ގަދަކަމުން ރައިހާގެ އަތް އުފުލާލަމުން އައްޒާމް އޭނާގެ ކޯތާފަތުގައި ރައިހާގެ އަތް ހިންގާލިއެވެ.
“އަހަރެން އަބަދުވެސް އަހަރެން ބޭނުން ކަމެއް ކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން.. މި ފަޅު ގޭގަ އަހަރެން ރައިހާއަށް ކޮންމެ ކަމެއް ކުރިޔަސް ކާކަށް ކޯއްޗެއް އިނގޭނީ؟” އައްޒާމް ރައިހާގެ މޫނަށް ބަލަމުން ގޮސް ހުއްޓުނީ ރައިހާގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތަށެވެ.
“އައްޒާމް ހެޔޮނުވާނެ..އަހަރެން ދޫކޮށްލާ..” ރައިހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައެވެ.
ރައިހާގެ އާދޭހާކު އައްޒާމްގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ” ކިހިނެއްވީ އާދޭސް ތިކުރަނީ..އަހަރެންގައިގަ އަނެއްކާވެސް ޖަހާބަލަ..ބުނީމެންނު ކައިލް އާ އެއްހަމައެއް ނުކުރެވޭނޭ. މިރޭވެސް އެހެން ޒުވާބު ކޮށްބަލަ” އައްޒާމް މަލާމާތާއެކު ވާހަކަ ދައްކަމުންގޮސް ރައިހާގެ އަތުގައި ހިފާ ދޮރެއް ނެތް އެ ފަޅުގެ ތެރެއަށް ކޮށްޕާލިއެެވެ. ތަޅަން ގަނޑުގައި ޖެހުނު ވަގުތު އަތުން ނަގައިގެން ދިލަ ތަދާއެކު ރައިހާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތެވެ. އޭރު އޭނާގެ ފޯނު އޮތީ ދުރަށް ވިއްސައިގެން ގޮސްފައެވެ.
*******
ކަންފަތުގައި ފޯނު ޖަހައިގެން ހުއްޓުން އަރާފައި ހުރި ކައިލްގެ އަތުން ފޯނު ދޫވެގެން މުށިތަށް މައްޗަށް ވެއްޓުނެވެ. ދެތިން ފިޔަވަޅު ފަހަތަަށް ޖެހިލެވުނު އިރު ސިކުނޑި އަދިވެސް ރަނގަޅަށް މަސައްކަތް ނުކުރާކަން ޔަޤީންވެއެވެ.
“ރަ..ރައި..” ލަމުން ދިޔަ ފުންނޭވާތަކާ އެކީ ފަހަތަށް އަޅަމުން ކައިލް އަަށް ދުއްވައިގަނެވުނީ ބޭރު ދޮރާ ދިމާއަށެވެ. އަސްކަނިން ބޭރަަށް އަޅާލަން އުޅެވުނު ފިޔަވަޅާއެކީ ކައިލް އަށް މަޑު ޖެހެވުނީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތައް ފެނިފައެެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Yey me first tha kiyaalaafa comment kohlaanan
How you wonder❤️❤️❤️
Mi azzaamah raakani mas kevigen tha mi ulheny wonder kail egeah fonu vahchey egolaa Rai he gaiga nubee henees Mee Aish ge aadheys????? aisaafulhu dhaitha haadha majaley????? mi part vex Hama ehvana ekam 27 vana part dhw Mee?? sofooraa kairee bune bala boaki balun ethikolheh othihyaa e ulhey gotheh gotheh nei meehaakandah kaandhey shey dhen Aish ah ves ethi kolheh iyye geyga elhin githeyo boakibaa eh vvv meeru Hama Rai maama mathin handhaanvy????? mihaaru ves mi iny kulhi dhiyaavefa
Tc
Be safe
Love from Aish
oohh nooo… rai ah gothe nahadhachey?.. varah salhi.. whn nxt part?❤️ mi admin check kuran varah las dhw ?
Omg haadha kurey… Btw Im So curious to know what will happen… E Azzam haadha Nubayey dhw
vaahaka varah reethi..ekm varah kuru varah kiyaa hithun meeni kon iraku next part genesdhenee
Same dear. I also knw that this part is really short..my apologies for that. next part tonight In sha Allah up kohla dheynan.. mi part kuruviyas kamudhiyaeema hama v ufaavejje..B safe =]❤❤
V reethi
Ekam haadha kurey?
Sorry kotori. I also know this part is really short..My apologies.. Ekamaku mi bai kamudhiyaeema v ufaavejje.b safe❤❤
Hellow dear readers.. Here is 27th part of vaashey mashaa eky.. I know that part is really short n my apologies for that..Next part In sha Allah would b longer. Hope u all will like this part despite the fact it’s short.. Let me know what u guys think.. Have a safe night ❤❤??
Sorry Mariyam Saula. Mifaharu dhimaavi goih eii hama?.. Im Trying to make next part longer.. In sha Allah ehaa gina iru curious vefa hunnaakah nujeheyne? Next part will b submitted soon..Yes Azzam v goas dhw?. B safe dear❤❤
Thank u soo much Nerr..mi part kamudhiyaeema v ufaavejje.. Let’s see dhw rai ah vany kihineh kan.. Next part In sha Allah Tonight submit kohlaanan.. stay safe❤❤
Helloww Aish dear. Im doing great..how about u? Ahaha..Neynge Azzam koacheh kevigen kamehves eulhenyy?. Hingaaba dhw kail hadhaa gotheh ves balamaa.. Alheyy..Aish wonder ah nudhyy kai ninmaaleetha githeyo boakibaa?. Ahaha. Wonder ves iny hama kulhu dhiyaa vefa ingey.. v ufaavejje Aish ge dhigu dhigu comment kiyaalaafa. N so happy u liked this part.. U too b safe n tvgc.. lym❤❤
Hey Wonder githeyo boakiba ei koacheh tha??? Sher akah neynge viyya e koacheh kameh?.
Mi part kuruviyas hama varah varah varah loabi ey.?♥️❤️
مشاء الله❤️♥️❤️?????????
Ekkala Azzam gandu?♀️ abadhuves ulheyni kudhin rulhi aruvan huvaa foohivey??? Kail dheyba Goss Azzam ah landeh dheefa Rai salaamai kuran? ?
Stay safe???????????????????????❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank u soo much sher.. v ufaavejje mi part ves kamudhiyaeema.. githeyo boakibaa eii hama vahtharehge foni boakibaleh dear?.. Yess azzam ge kanthah maa mahchah dhanyy dhw?. Let’s see kail hadhaa gotheh ves next part ga.. U too b safe dear❤❤
Masha Allah… Rani bunaany wonder Thii hama bestey… Ekm than kolheh kuri mi bai.. I hope Dhen huribaithah dhiguvaane kameh… Be safe.. ❤️
Thank u soo much rani for the compliment.. I also know this part is short n my apologies for that. yes In sha Allah kuri ah huri part thah dhiguvaane? u too b safe dear❤❤
Maashaa Allah….. V v v v v v v v v salhi……..take care SARANGHAEYO…… BORAHAE????????????????????????????????????????????????????????⭐⭐⭐⭐⭐⭐⭐⭐⭐⭐??????????????
Thank u soo much blue bird.. so happy u liked this part.. u too b safe dear.. saranghaeyo ??
Wonder…. alhey mi part haadha kurey…. ekam vx vrh reethi…. when next part…. nxt part ga azzam gandu rai ah gotheh hedhiya nudhehcheyy wonder….lots of love…
Thank u soo much princess.. so happy that u liked this part..im sorry dear. Next part In sha Allah miah vure dhiguvaane.. Let’s see what happens dhw next part ga.. lym dear❤❤
Wow, mi part vx varah reethi, Ma Sha Allah ????????? varah kiyaa hithun indha e nimuni hama. Nd mi Azzam gandu adhi vx hama bas naaahany ey dhw. Wonder Azzam ah visnaa dhyba. Im curiously waiting for next part. Avahah up kollahche ???? lysm
Thank u soo much Izabell..v ufaavejje mi part ves kamudhiyaeema.. Azzam ah visneythoa balamaa hingaa dhw.. yes..next part is already submitted dear.? Stay safe n lym❤❤
Hello wonder … thank you thihaa reethi vaahakaeh update kohladheythey … ekamu admin meehun haadha lahey dho update kuraaleh …. ma sha Allah v reethi mibaives
Be safe dear ❤