ދެލޯ ބޮޑު ކޮށްގެން ރައިހާ އަށް ބަލަން ހުރި ކައިލް ކުއްލި އަކަށް ހޭން ފެށި އެވެ. ކައިލްގެ ހަރަކާތުން ރައިހާ ހުރީ ނަގަންވީ މާނައެއް ނޭނގި ބަލަހައްޓައިގެންނެވެ. އޭރުވެސް ރައިހާ ހުރީ އަތުގައި އޮތް ދެ ފިނިފެންމާ ކައިލް އާ ދިމާއަށް ދިއްކޮށްގެންނެވެ. “ކޮން އިރަކު ތިކަހަލަ ސަމާސާ ކުރަން ދަސްކުރީ.” ހުނުން ހިންދާލަން މަސައްކަތް ކުރާ ފަދައަކުން ކައިލް އެއްސެވެ. ” މިއީ ސަމާސާ އެއް ނޫނޭ” ސީދާ ކައިލް ގެ ލޮލަށް ބަލަހައްޓައިގެން […]
ދުވަސް ތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވިކަމާއެކު އެވެ. އެއްބައެއްގެ ހިތްތަކަށް އުފާވެރިކަން ވައްދަމުން އަނެއް ބައެއްގެ ހިތްތަށް މާޔޫސް ކޮށްލަމުންނެވެ. މިޝަލީގެ މައްޗަށް ކުރެވިފައިވާ ދަޢުވާގެ އަޑު އެހުން ކުރިއަށް ގެންދިޔައީ ރަށު ކޯޓުގައެވެ. ޖޫނީ ވެސް އޭނާގެ ކުށަށް އިޢުތިރާފު ވުމާ އެކު ރައިހާގެ ހެކިބަހުގެ ސަބަބުން މިޝަލީ އަށް ސަލާމަތް ވާނެ މަގު ބަންދުވިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އޭނާގެ ދިފާޢުުގައި އޭނާގެ ބޮޑު ދައިތަ އެއްވެސް މަސައްކަތެއް ނުކޮށް ދިނެވެ. […]
އިމާރާތުގެ ތެރެއަށް ވަދެވުމާއެކު ރައިހާ އަވަސް ވެގަތީ ލިފްޓަށް އަރާށެވެ. ލިފްޓު ތިރިއަށް އަންނަން ނަގާ ވަގުތު ލަސް ވުމުން ކަންބޮޑު ވުމާއެކު ދޮރުގެ ދެކޮޅަށް ހިނގަން ފެށުނެވެ. އެކި ދިމާއަށް އެ ބޮޑު ދެލޯ ހަރަކާތް ކުރަމުން ދިޔަ އިރު މުޅި މީހާ ހުރީ ދާލިތްލާ ފޯވެފައެވެ. ލިފްޓު އައުން ލަސް ވުމުން އެންމެ ފަހުން ރައިހާ ސިޑިން އަރަން ފެށިއެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ . ސިޑިން އަރައިގެން އިމާރާތުގެ […]
ކައިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އިރު ރައިހާ އިންތިޒާރު ކުރަމުން ދިޔައީ ކައިލް ހޭއަރާނެ ވަޤުތަކަށެވެ. “ހަލޯ” ރައިހާ އަށް އައި ފޯނު ކޯލު ނަގަމުން ޖަވާބު ދިނެވެ. “މިދަނީ މިހާރު” އެކޮޅުން ދެއްކި ވާހަކަތަކާއެކު ރައިހާ ގޮނޑިން ތެދުވެލިއެވެ. އޭނާ ބަލަހައްޓަމުން ގެންދާ ބަލިމީހެއްގެ އާއިލާ ބައްދަލުކޮށްލަން އައި ވާހަކަ ސެކިިއުރިޓީން ބުނުމުން ރައިހާ ހިނގައިގަތީ ކޮޓަރިން ބޭރަަށެވެ. ރައިހާ އަށް ނުފެނުނީ އެވަގުތުކޮޅު ކައިލްގެ އިނގިލިތައް ހަރަަކާތް ކޮށްލިތަނެވެ. އަނބުރާ އަވަސް ފަރުވާދޭ […]
ކޮޓަރީގެ އޮޓަމެޓިކް ލޮޮކް ހުޅުވާލުމަށްފަހު މިޝަލީ އެތެރެއަށް ވަނީ ބޮނދަބޮނދައިގެންނެވެ. ކައިލް ހޭލައިގެން އުޅެންޏާމު ނުވަތަ މިޝަލީގެ ހަރަކާތަކުން ހޭލައިފި ނަމަ އޭނާގެ ޕްލޭން އެއްކޮށް ފެއިލް ވާނެކަން އިނގޭތީއެވެ. ކައިލް ނިދާފައި އޮތުމުން މިޝަލީ އަށް ނުހަނު ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.އޭނާގެ މަޤްސަދު ހާސިލް ކުރުމަށް ހައްތަހާ ފަސޭހަވީއެވެ. ސިރިންޖު އަތަށް ހެޔޮވަރު ކޮށްލަމުން ކައިލް ނިދާފައި އޮތް އެނދާ ކައިރި ވަމުން ދިޔައެވެ. ” ގުޑް ބާއި ކައިލް. ކަލެޔާއެކު އަހަރެން ރައިހާ […]
އިރުފެނުން ތޮޅެލި އިރު ރައިހާ މަސައްކަތް ކުރަމުން ދިޔައީ މަރުކަޒަށް ދާން ތައްޔާރުވާށެވެ. ރޭގެ މަސައްކަތްތައް ވެސް ނުނިމި ހުންނާނެތީ އެހެން ދުވަސްތަކަށް ވުރެ އަަވަހަށް މަރުކަޒަށް ދާން އޭނާ ބޭނުންވިއެވެ. ލޯގަނޑު ކައިރި ހުއްޓި މޫނު ބަލައިލިއިރު ރަނގަޅަށް ނުނިދުމުގެ ސަބަބުން ލޯކައިރި ކޮންމެވެސް ވަރަކަށް ކަޅުވެފައި ހުއްޓެވެ. ޗޮކެއް ކަނޑާލަމުން ލޯކައިރިީ ކޮންސީލާ ކޮޅެއް ރައިހާ އުނގުޅާލިއެވެ. ބޮލުގައި ޝޯލް އޮޅަމުން ދިޔަ ރައިހާ ރުޅިގަދަ ވަމުން ދިޔައީ އޭނާ ބޭނުންވާގޮތަށް އެކަންވެސް ވަމުން […]
ހަވީރުގެ ވަގުތެވެ. އެހެން ދުވަސްތަކޭ ވެސް އެއްފަދައިން މަރުކަޒުގެ ހުސްބިމުގައި ތަފާތު ކުޅިވަރުތައް ކުޅެވެމުން ދިޔައެވެ. ކައިލް އިނީ އެހެންޏާވެސް އޭނާ އާންމުކޮށް އިށީނދެ އިންނަ ބެންޗުގައެވެ. ކުރިމައްޗަށް ބަލަހައްޓައިގެން އިން ކައިލްގެ ނަޒަރު ބަދަލުވީ މީހަކު އޭނާ ކައިރީ ބެންޗުގައި އިށީނުމުންނެވެ. އޭރު ރައިހާ އޭނާ އަބަދުވެސް ހަދިޔާ ކުރާ ރީތި ހިނިތުން ވުމާއެކު ބެންޗުގައި އިށީންނަނީއެވެ. ރައިހާގެ އުނގުގައި ބާއްވާލާފައި އޮތް ސްކެޗް ގަނޑު ކައިލް އާ ދިމާއަށް ދިއްކޮށްލިއެވެ. ” ކައިލް ކުރަހާ […]
މިޝަލީ އަށް ހުރެވުނީ ރައިހާ ބުނި ޖުމްލަ ޤަބޫލު ނުކުރެވިފައެވެ. އެއް އިރެއްގައި އޭނާ ރައިހާ އާއި ދިމާއަށް ތީރެއްހެން ދޫކޮށްލި ބަސް އަމާޒުން ކަސިޔާރުވެ އެވަނީ މިޝަލީގެ މެޔަށް ހެެރިފައެވެ. “އަހަންނަށް ނޭނގި އަހަރެންގެ ޕޭޝަންޓެއް އެހެން މީހަކަށް ލިބެން ވީ ގޮތެއް ނުވިސްނުން. މަޤާމު އޮޅުނީތަ؟” ޗޮކެއް ކަނޑާލަމުން މިޝަލީ ބުންޏެވެ. ” ގަބޫލު ނުކުރެވެންޏާ މިއޮތީ ފައިލް. ރޭގަ ފާތުމް އަހަންނާ ހަވާލުކުރީ އަހަރެން ބޭނުން ކޭސްތަކެއް ނެގުމަށް. އަހަރެން ކައިލްގެ ކޭސް […]
ކައިލް އެހުރި ފިޔަވަޅު މަތީ ހުއްޓުމުން ރައިހާގެ އުންމީދު އާލާވެގެން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ރައިހާ ކައިލްގެ ފުރަގަހުގާ މަޑު ކޮށްލިއެވެ. “އަހަރެންގެ ފަރާތުން ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟” ރައިހާ ހުރި ދިމާއަށް އެނބުރެމުން ކައިލް ސުވާލުކުރިއެވެ..އެއީ ކައިލްގެ އަޑު ފުރަތަމަ ފަހަރަށް ރައިހާ އަށް އިވިގެން ދިޔަވަގުތެވެ. އެފިރިހެން ވަންތަ ބަރު އަޑު އިވިގެން ދިޔުމުން ރައިހާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. “އަހަރެން ބޭނުންވަނީ ހަމައެކަނި ކައިލް ރަނގަޅުކުރަން..އަހަންނަށް އިނގޭ ކައިލް […]