ކޮލެޖު ނިންމާލުމަށްފަހު ނިކުން ކައިލް ހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަފްތާގެ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހަކީ މަސައްކަތުގައި ރައިހާއަށް އެންމެ ބުރަ ދުވަސްތައް ކަމުން ކައިލް އެދުވަސްތަކުގައި ގެއަށް ދަނީ ހިނގާފައެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ކުރިއަށްދިޔަ ކައިލްގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގެ ކުރިމައްޗަށް މީހަކު ހުރަސްއެޅުމުންނެވެ. ފޯނުން ނަޒަރު ވަކި ކޮށްލަމުން ކުރިމަތި ބަލައިލި އިރު ކައިލްގެ ކައިރީ ޒުވާނަކު ހުއްޓިލައިގެން ހުއްޓެވެ. އުމުރުގެ ގޮތުންނާއި އިސްކޮޅުން ކައިލް އާއި ދާދި އެއްވަރު ވީނަމަވެސް […]
މުޅި މީހާ ދާހިތްލާ ފޯވެގެން ދިޔައިރު ކަރުގެ ނާރުތަކަށް ވަނީ ވާން ވެފައެވެ. ކައިލް ބޭނުންވީ އެމާހަޢުލުން ދުވެ ފިލާށެވެ. ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނު އިރު ކަޅި ހުރީ ދޮރާ ދިމާއަށެވެ. ތުރު ތުރު އަޅަމުން ދިޔަ އަތުން އެކި ތަންތަނުގައި ހިފަހައްޓައިގެން ކުރިއަށް ދަމުން ދިޔައެވެ. ހަށިގަނޑު ދެއަތަށް ކިރެމުން ދިޔައިރު އެމަންޒަރު ފެނުމުން ބައެއް މީހުން ދެލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ. ކައިލް އަށް އެބައިބޯ މާހަޢުލުން ނިކުމެވުނީ ކިރިޔާއެވެ. މަގުގެ ދުވާރު މައްޗަށް […]
ކާރުބާރު ކުޑަވުމުން ރައިހާ ކައިލްގެ އަތުގައި ހިފާލީ މަގު ހުރަސްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިލް އަތަކަށް ކިރިވެސް ނުލުމުން ރައިހާ އިސްއިފުލާލަމުން ކައިލްގެ މޫނަށް ބަލައިލިއެވެ. ރައިހާ ހައިރާންވީ ކައިލްގެ ރުޅިވެރި ދެލޯ ފެނުމުންނެވެ. ހިފަހައްޓައިގެން ހުރި ކައިލްގެ އަތް ވާންވާހެން ހީވެގެން ބަލައިލިއިރު އެ އަތުގެ އިނގިލިތައްވަނީ މުށްކަވާލެވިފައެވެ. ރައިހާ ނަޒަރު ސީދާކޮށްލީ ކައިލް ބަލަން ހުރިދިމާއަށެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ރެސްޓޯރެންޓްގެ ދޮރުމަތީގައި ހުއްޓިގެން ތިބި ދެމީހުން ރައިހާގެ ލޮލުގައި އަޅައިގަތީ ދެނެވެ. […]
“ކައިލް ކޮން ދާއިރާ އަކުން ކުރިއަށް ދާން ބޭނުންވަނީ؟ ކައިލް އިންޓެރެސްޓް ހުރި އެއްޗެއް ކިޔެވިއްޔާ އެންމެ ފައިދާ ބޮޑު ވާނީ..” ކައިލްގެ މޫނުގައި ބޭސް އުނގުޅާ ނިމުމުން ފޮށްޓަށް ބޭސްފުޅި ލަމުން ރައިހާ ވާހަކަ ދެއްކިއެވެ. “އަދި ނޭނގެ ތިއެއް.. އަހަރެން ކަހަލަ މީހަކަށް ކޯއްޗަކަށް ވެވޭނީވެސް” ފަހު ޖުމްލަ ބުނެލަމުން ކައިލް އޭނާގެ ކަރުއެލުވާލިއެވެ. އައިލެންްޑް މަތީގައި ބޭއްވިފައި އޮތް ކައިލްގެ ދެއަތުގައި ރައިހާ ހިފަހައްޓާލިއެވެ. ” ކައިލް ބޭނުން ކޮންމެ ކަމެއްވެސް އަހަންނަށް […]
އޭރު ކައިލް އެޒުވާނާގެ މޫނުގައި ގޮށް މުށުން ޖަހަނީއެވެ. ވަގުތުން އެޒުވާނާގެ ތުންފަތް ފެޅި ލޭތަށް ފައިބަން ފެށިއެވެ. ދެލޯ ބޮޑުކޮށްލަމުން ރައިހާއަށް އެދިމާއަށް ދުއްވައިގަނެ ވުނުގޮތްވެސް ނޭނގެއެވެ.. “ކައިލް….” ހެދުން ކޮށިކޮށްލައިގެން ދުވެފައި އައި ރައިހާ ކައިލް އަށް ގޮވަމުން އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ނަމަވެސް ފަހަތްބެލުމެއްނެތި ކައިލް ރައިހާގެ އަތް ފޮޅުވާލިއެވެ. އެވަގުތު ރައިހާ ބެލެންސް ކަޓައިގެން ގޮސް އަރިއަޅާލިއެވެ. ސީދާވެލުމަށްޓަކައި ފިނިބުއިންތަށް ހުރި މޭޒުގައި އަތް އަޅާލެވުނެވެ. ހަމައެއާއެކު ކައިލް ހަލާކު […]
ދެތިން ދުވަސްތެރޭ އަހުމަދާއި ރަޔާޝްގެ އެހީގައި ކައިވެންޏަށް ނިންމަންޖެހޭ ހުރިހާ ކަމެއް ނިމިގެން ދިޔައެވެ.އެ ދެތިން ދުވަހު ރައިހާ އޭނާގެ މައިންބަފައިންގެ ގެޔަށް އައިނަމަވެސް އަމީނާ އޭނާ އަކާ ވާހަކައެއް ނުދައްކައެވެެ. ރައިހާގެ ހިތަށް ކިތަންމެ އަސަރު ކުރިނަމަވެސް ބައްޕަ އާއި ދޮންބެ ދެމުން ދިޔަ ހިތްވަރުން އަދި މަންމަގެ ރުހުން ލިބޭނެކަމަށް އުންމީދު ކުރަމުން ދިޔައެވެ. ކައިވެނިކުރަން އޮތްދުވަހުގެ ވިލޭރޭ ރައިހާ ގަސްތު ކުރީ ކައިވެނި ކުރުމުގެ ކުރިން ފަހު ފަހަރަށް މަންމަ އަށް ވިސްނަދޭން […]
އެމަންޒަރު ބަލަން ކެންނުވެގެން ރަޔާޝް އަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ނަމަވެސް އެ އަޑު އިވުނީ ކަންނޭނގެ އެވެ. ހަމަބިމަށް އާދެވުނު ފަދައިން ދެމީހުން އެއްފަހަރާ ފަހަތަށް ބަލައިލިއެވެ. އެވަގުތު ހީރާ އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެލޯ ބޮޑު ކޮށްގެން ރަޔާޝް އަށް ބަލަން ހުރެވުނީ ފެންނަނީ ހަމަ ހަޤީޤަތުގައިވެސް ރަޔާޝް ކަން ޔަޤީން ކުރުމަށެވެ. ބިރުން ހިންދިރުވާލެވުނު އިރު ދެންވާނެގޮތަ ކާމެދު ހީރާގެ ހިތް ތެޅެމުން ދިޔައެވެ. ހީރާ އާއި ރަޔާޝްގެ މެދުގައި ބަދަލު […]
“މިއީ ދޯ އެ ރަށަށް ގޮސް ރައި ބިޒީވި ކަމަކީ” އެފަދަ ގަޑި އަކުވެސް ރަޔާޝް ބެލީ ރައިހާ އާ ދިމާ ކޮށްލެވޭތޯ އެވެ. އަމީނާ އާއި އަހުމަދުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ. ރައިހާ އަކީ ކިތަންމެ މިނިވަންކޮން އުޅެން ލޯބި ކުރާ ކުއްޖެއްނަމަވެސް މިވީހާ ތަނަށް ފިރިހެން ކުއްޖެއްގެ ނަންވެސް އެދުލުން ނިކުމެފައެއް ނުވެއެވެ. ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއްވެސް ނުވެ ކައިވެނީގެ ވާހަކަ ދެއްކުމުން ދެ މީހުންވެސް […]
” އަހަރެން ރައިހާ އާ މެރީ ކުރާނަމޭ ބުނެފިއްޔާއޯ؟ އޭރުންވެސް ދާނަންތަ؟” ސީދާ ރައިހާގެ ލޮލަށް ބަލަހައްޓައިގެން އިދެ ކައިލް އެހެން ބުނެލުމުން ރައިހާ އިނީ ނޭވާ ލާންވެސް ހަނދާން ނެތިފައެވެ. އެއްފަހަރާ އެތަކެއް އިޙްސާސް ތަކެއް އެހިތުގައި ދަޢުރުވާން ފެށިއެވެ. މިއީ ހުވަފެނަކަށް ނުވުމަށް އެދި ހިތާއި ހިތުން ދުޢާކޮށްލެވުނެވެ. “ކައިލް.. ކައިލް އަހަންނާ މެރީ ކުރާނަންތަ؟” ރައިހާގެ ކަނާއަތް ކައިލް އަށް ދިއްކޮށްލަމުން ރައިހާ އެއްސެވެ. ފުން ނަޒަރަކުން ރައިހާ އަށް ބަލަން އިނުމަށްފަހު […]