Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-31

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
June 10, 2020 4 Mins Read
22 Comments

ތުންފަތް މައްޗަށްވެރިވި ފުރިހަމަ ހިނިތުންވުމާއެކު ކައިލް އައިސް އެ އަންހެންކުއްޖާ އާއި ދާދިގާތުގައި ހުއްޓި އޭނާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި މީހަކު ހިފަހައްޓާލުމުން ރައިހާ ދިޔައީ ސިއްސައިގެންނެވެ. އެހެނަސް އޭނާގެ ކައިރީ ހުއްޓިލި ކައިލް ފެނުމުން ހިތްހަމަޖެހުމާއެކު އެތުންފަތައްވެސް ރީތި ހިނިތުންވުމެއް ވެރިވިއެވެ.

“ކައި ނުފެނިގެން ހާސްވެފަ މިހިރީވެސް..ހުރިހާ ތަނެއް ބެލިއްޖެ..” ރައިހާ ކުޑަކޮށް ޝަކުވާކޮށްލިއެވެ.

“ރައި ހާސްވާކަށް ނުޖެހޭނެ.. އަހަރެން ރައި ހޯދާނަމޭ ކޮންމެތާކު ހުއްޓަސް..ކިތަންމެ ދުރުގަ ހުއްޓަސް އަހަންނަށް ރައި އެއް ނޯޅެނެ.. އޯކޭ އެންނު..” މޫނު އަރިކޮށްލަމުން ކައިލް ރައިހާ އަށް ބަލާލިއެވެ. ކައިލްގެ ވާހަކަޔާއެކު ހެވިފައި ހުރެ ރައިހާވެސް އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

“ބައިދަވޭ ޔޫ ލުކް ޕާފެކްޓް ޓުނައިޓް..” ރައިހާގެ ކަންފަތް ކައިރީ ވައި އަޑުން ކައިލް ބުނެލިއެވެ. ޖަލްސާ އާ ގުޅޭގޮތުން ލައިފާ ހުރި ނޫކުލައިގެ މަޑު ވިދުމެއްހުރު ހެދުމާއި އެކު އަޅާފައި ހުރި ސިލްވާ ކުލައިގެ ޝޯލާއި އެ ކުލައިގެ ހައި ހީލްސްގައި ފެންނަން ހުރި ރައިހާ ހީވަނީ އުޑުން ބިމަށް ތިރި ކޮށްލާފައި ހުރި ޕަރީއެއް ހެންނެވެ.

ކައިލްގެ ތަޢުރީފާއެކީ މަޑު މަޑުން ރަކި ގޮތަކަށް ހީލަމުން ކައިލްގެ ރީތިކަމަށްވެސް ތަޢުރީފުގެ ދެތިން ބަހެއް ރައިހާ ބުނެލިއެވެ. ރައިހާ ހިފަހައްޓައިގެން ހުރި ކްލަޗް ގައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށީ އެވަޤުތުއެވެ. ފޯނަށް ބަލައިލަމުން ރައިހާ އަވަސް އަވަހަށް މީހުންތަކާ ދުރުވެލަމުން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. ހީވާ ގޮތުން އޭނާ އެހެރީ އެ ފޯނު ކޯލުގެ އިންތިޒާރުގައެވެ. މާގިނަ ވާހަކައެއް ފޯނުން ނުދައްކާ ރައިހާ ފޯނު ބޭއްވުމަށްފަހު ހެދުން ހިއްލާލަމުން ދުވެފައި ކަހަލަ ގޮތަކަށް ރައިހާ ކައިލްގެ ކައިރިއަށް އައިސް ހުއްޓުނެވެ.

“އެބަ އަންނަން އިނގޭ ވަރަށް އަވަހަށް… ތާކަށް ނުދައްޗޭ..މިތާ ހުންނާތި..” އެއްނޭވާއިން އެހުރިހާ އެއްޗެއް ބުނުމަށްފަހު ރައިހާ ކައިލް ފަސްދީ ބާރު ބާރަށް ހިނގައިގަތީ ކައިލް އަށް ސުވާލު ކުރާނެ ފުރުސަތެއްވެސް ނުދިއެވެ. ވަކި ހިސާބަކަށް ގޮސް އަނެއްކާވެސް އަތުގެ އިޝާރާތުން އެތާ މަޑުކުރަން ބުނަމުން ދުވަމުން ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ރައިހާ ގޮސް އޮބާލިއެވެ.

ރައިހާ ދިޔަ މަންޒަރު ބަލަން ހުރި ކައިލް އެއްމިޔަކަނުން ހީލަމުން ދެފަރާތައް ބޯ ހޫރުވާލިއެވެ. ބައެއް ފަހަރަށް ރައިހާ އުޅޭގޮތުން ކުޑަކުއްޖަކަށްވުރެ ހަލަނިހެން ހީވެ އެވެ. ދެފައި އެއްތާކު ޖަހައިގެން ހުރުމަކީ ރައިހާއަށް ވާނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއްވެސް އަވަސް އަރުވާލާފަ ކުރަން އުޅޭ އިރު ކިތަންމެ ފަހަރަކު އެކަން ކައިލް އަށް ހުއްޓުވަން ޖެހެއެވެ. ނަމަވެސް އެއީ ކައިލް ރައިހާ ދެކެ އިތުރަށް ލޯބިވަން މެދުވެރިވި ސަބަބެވެ. އޭނާގެ ދިރިއުޅުމުގައިވާ ފަޅުކަމާއި އެކަނިވެރިކަން އެ ހަލަބޮލިކަމުން ކަނޑުވާލަ ދިނެވެ. ހުއްޓުމެއްނެތި ރައިހާ ދައްކާ ވާހަކަތަކަށް ފޫހިކަމެއް ނެތި އަޑު އަހަން އިނދެވެނީ ޝަޢުޤު ވެރި ކަމާއެކު އެވެ.

ލަހެއްނުވެ ކައިލްގެ ކައިރިއަށް ފުޅާ ހިނިތުންވުމަކާއެކު އަންނަމުން ދިޔަ ރައިހާ ފެނުމުން ކައިލް ހަށިގަނޑު ސީދާ ކޮށްލަމުން ރައިހާ އަށް ހިނިތުންވެލިއެވެ. އެހެނަސް ރައިހާ އާ އެއްވަރަށް އޭނާއާއެކު ހިނގާފައި އަންނަ އަންހެންކުއްޖާ ފެނުމުން ކައިލްގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. ދުރުންވެސް އެ އަންހެންކުއްޖާގެ ގައިގާ އޭނަ ދަންނަ ވައްތަރެއްޖެހީ ކީއްވެކަމެއް ނޭނގެއެވެ.

“ކައިލް..މިއީ ސަމަރް.. ސަމަރް މީ އަހަރެންގެ ފިރިމީހާ ކައިލް..” ސަމަރް އަށް ރައިހާ ހިތްހެޔޮ ހިނިތުންވުމަކާއެކު ކައިލް ތަޢާރަފް ކޮށްދިނެވެ.

“ކައިލް..”ސަމަރް އަށް ލަސްލަހުން ކައިލްގެ ނަން ކިޔާލެވުނެވެ. ހީވީ އޭނާގެ ހަނދާނުން ފޮހެވިގެންގޮސްފައިވާ ކަމެއް އަނބުރާ އިޢާދަ ކުރަން މަސައްކަތް ކުރާހެންނެވެ. އޭރު ކައިލް ހުރީ ސަމަރް އަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. ސަމަރް އަށްވެސް ކުއްލި އަަކަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީވީ ކުއްލި އަކަށް ކައިލް އެއީ ކާކުކަން ސަމަރް އަށް އެނގުންހެންނެވެ. އެއިން ކަމަކަށް އެހާ ސަމާލުކަން ނުދީ ހުރި ރައިހާ ކައިލްގެ މުލައްދަނޑީގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ.

” ސަމަރް އެއީ އަހަރެންގެ ރައްޓެއްސެއްގެ ތިމާގެ ކުއްޖެއް..ވަރަށް މޮޅަށް ފޮޓޯ ނަގާނެ… އެހެންވެ މިރޭ އަހަރެމެން ދެމީހުންގެ ފޮޓޯކޮޅެއް ނަގަން ގެނައީ ..” ސަމަރް އެތަނަށް ގެނައި ބޭނުން ރައިހާ ކައިލް އަށް ކިޔާދިނެވެ.

“ހިނގާ އެދިމާ ސްޓޭޖް އަށް.” ގިނަބަޔަކު ފޮޓޯ ނަގަމުން ދިޔަ މާހަޢުލަށް އިޝާރާތްކޮށް ރައިހާ ބުނެލިއެވެ. އޭރުވެސް ސަމަރް ހުރީ ފާޑަކަށް ކަައިލް އަށް ބަލަހައްޓައިގެންނެވެ. ހުއްޓުން އަރާފަ ހުރި ކައިލްގެ އަތައް ރައިހާ ދަމާލުމުން އަވަސް އަވަހަށް ކައިލް ހަމަޔަކަށް އެޅިލިއެވެ. އަދި ރައިހާ އާއެކު އޭނާ ދާންބޭނުންތާކަށް ހިނގައިގަތެވެ. ރައިހާ ސަމަރް އަށް ގޮވާލުމުން އޭނާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

ފޮޓޯ ނަގަން ހުއްޓިލައިގެން ހުރި ކައިލް އަށް ހިނިތުންވެލުންވެސް ވީ ދަތި އުނދަގޫ ކަމަކަށެވެ. އޭނާގެ ކުރިމަތީ ފޮޓޯ ނަގަން ހުއްޓިގެން ހުރި ސަމަރް ފެންނަ ކޮންމެފަހަރަކު ބުނަން ނޭނގޭ އުނދަގުލެއް ހިތައް ލިބެމުން ދިޔައެވެ. އަނެއްކޮޅުން ސަމަރްގެ ފަރާތުން އޭނާ އަށް އަމާޒުވާ ބެލުންތައްވެސް މަދެއް ނޫނެވެ. އެކަމުންވެސް ކައިލް ހުރީ ނުތަނަވަސް ވެފައެވެ. އެހެނަސް ހިނިތުންވެލައިގެން އޭނާގެ އަތުގައި ހިފާލައިގެން ހުރި ރައިހާ އަށްޓަކައި އޭނާވެސް ހިތްހަމަޖެހިގެން ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. ރައިހާގެ އަތްތިލައިގާ ހިފަހައްޓާލަމުން ކައިލް އެއަތައް ބާރުކޮށްލިއެވެ. ފަހަރެއްގައި އެމަންޒަރު ސަމަރް އަށް ފެންނަން ކައިލް ބޭނުންވީ ކަންނޭނގެއެވެ.
********

“ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ.. ފޮޓޯތައް ފޮނުވާލަ ދެއްޗޭ.. ރައިހާގެ ކްލަޗުން ނެގި އޭނާގެ ސައިކޮލޮޖިސްޓް ބިޒްނެސް ކާޑެއް ސަމަރްގެ އަތައް ލައިދެމުން ހިނިތުންވެލަމުން ބުނެލިއެވެ. ސަމަރް ބޯ ޖަހާލުމާއެކު ރައިހާ ކައިލްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ދަރުބާރުގެ އިން ނިކުންނަން ހިނގައިގަތެވެ.

ރައިހާ ދިން ކާޑަށް ބަލާލަމުން އިސް އުފުލާލާ އޭނާގެ ކުރިން ހިނގާފައި ދަމުން ދިޔަ ރައިހާ އަށާއި ކައިލް އަށް ސަމަރް ބަލާލިއެވެ. އެވަޤުތު އޭނާގެ މެޔަށް ދިލަ ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. ރައިހާ އާއި ކައިލް އެކީގައި ހިނގާފައި ދިޔަ އިރު އެ ޖޯޑު ފެންނަލެއް ނުހަނު ހިތްގައިމެވެ. ކައިލްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރި ރައިހާގެ އަތުގައި ކައިލް އިރު އިރު ކޮޅާ ހިފާލާގޮތާއި އެ ދެލޮލާއި އެތުންފަތް ރައިހާގެ ކޮންމެ އަދާ އަކަށް ހަރަކާތް ކުރާގޮތް ސަމަރްގެ ސިކުނޑީގައި ނޯޓު ކުރެވެމުން ދާފަދައެވެ.
****

ކާރުގެ ހުންގާނު ބުރުގައި ހިފަހައްޓައިގެން އިން ރައިހާ ޖެހިގެން އިން ސީޓުގައި އިން ކައިލް އަށް ދޭތެރެއަކުން ބަލާލިއެވެ.
ސަމަރް އައިފަހުން ކައިލްގެ ބަސްމަދުކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާ ނިންމީ އެއީ އަލަށް ފެނުނު ކުއްޖަކަށް ވުމުން އުފެދުނު ބީރައްޓެހި ކަމެއް ކަމަށެވެ.

“ހިނގާ ރެސްޓޯރެންޓަކަށް ކާން ދާން.. “ކައިލްގެ ގެ މޫޑުވެސް ރަނގަޅުވާނެ ކަމަށް ބަލާ ރައިހާ އަވަސް އަވަހަށް ބުނެލިއެވެ.

“މިގަޑީ؟” ކައިލް ޤަބޫލު ނުކުރެވިފައި އިން މީހެއްހެން ސުވާލު ކުރިއެވެ.

“އާން ކިހިނެއްވީ.. އަހަރެން ވަރަށް ބަނޑުހައިވެސް ވެއްޖެ..ބިލެއް މީރުކޮށްލުން އޮތަކަސް އެތަނުންވެސް އަހަރެމެން އެއްވެސް އެއްޗެއް ނުކަމެންނު..” ބަނޑުގައި އަތް ހާކާލަމުން ރައިހާ ބުނުމުން އިތުރަކަށް ކައިލް ދެކޮޅެއް ނުހެދިއެވެ. ގެޔަށް ދާން ކިތަންމެ ބޭނުންވެފައި ހުއްޓަސް ރައިހާ ބަނޑުހައިކަން މަތީ ބަހައްޓާކަށް ކައިލް ބޭނުމެއްނުވެއެވެ.

ރައިހާ އާއި ކައިލް ކެއުމަށް އިންސާފު ކުރަމުން ދިޔައީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ތަނުގައި އެވަޤުތު ގިނަ ބަޔަކު ނެތުމުން ރައިހާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.

“އައިމް ސޯ ޕްރައުޑް އޮފް ޔޫ ޓުނައިޓް..” ރައިހާގެ ވާހަކައިންވެސް އޭނާ އިނީ ވަރަށް ހިތްހަމަޖެހިފަކަން އިނގުނެވެ. އެ ހިތްހަމަ ޖެހުން ކައިލްގެ ހިތާ ހަމަޔަށްވެސް ފޯރިއެެވެ. އެހެންދުވަސްތަކަށްވުރެ ރައިހާގެ އަނގަވެސް މިރޭ ގަދަހެން ހީވެއެވެ. ރައިހާ ދައްކަމުން ދިޔަ އެކި ވާހަކަތައް އަޑު އަހަން އިން ކައިލް އަށް މީގެ އިރުކޮޅެއްކުރިން ލިބުނު ނުތަނަވަސްކަން ވަތް ތަނެއްވެސް ނޭނގެއެވެ.

“އަހަރެން ބޭނުން ވަރަށް އަވަހަށް ވަޒީފާއަކަށް ކުރިމަތި ލާން..” ވާހަކައިގެ ތެރެއިން ކައިލް އޭނާ ނިންމާފަ އޮތްގޮތް ހިއްސާކުރިއެވެ.

“ކައި ހަމަޖެހިލައިގެން ވަޒީފާ އަށް ނިކުތަސް އޯކޭ ވާނެ އޭ.. އަދި މިރޭ ތި ކިޔަވާ ނިމުނީ..” ކެއުމަށް ސަމާލުކަން ދެމުން ރައިހާ ބުނެލިއެވެ.

“ނޫން..މިހާރުވެސް ރައި އަހަރެންގެ ހަރަދުތައް ބަލަހައްޓާތާ މާ ގިނަ ދުވަސް ވެއްޖެ.. އަހަރެން ބޭނުމެއް ނޫން އެގޮތެއް.. ފިރިމީހާ ކުރަން ޖެހޭ ކަމެއް އެއީ އާއިލާގެ ހަރަދު ބަރަދު ބެލެހެއްޓުން.. އެކަމަކު މިހާރުވެސް ރައި ތިކުރަނީ އަހަރެން އަދާ ކުރަން ޖެހޭ ޒިންމާތައްވެސް..” ހަޤީޤަތުގައި އޭނާގެ ހުރިހާ ހަރަދެއް ރައިހާ ކުރާތީ އެެކަމާ ކައިލް އަބަދުވެސް ވިސްނައެވެ. އަވަހަށް ވަޒީފާއަކަށް ދާން ބޭނުންވަނީވެސް އެހެންވެ އެވެ. މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ހުރެ އަނބިމީހާއަށް ލިބޭ ލާރިން ބޭނުން ކުރުމަކީ އޭނާ ދެކޭ ގޮތުގައި ހަޑިކަމެކެވެ.

“އަހަންނަކަށް އެއްވެސް އިރަކު ބޮޑުކަމަކަށް ނުވެއޭ ކައި އަށް ޚަރަދު ކުރަންޖެހުނަސް.. އެކަމަކު އަހަރެން ކައިގެ ތިނިންމުން ބަދަލެއް ނުކުރާނަން..ކައި ބޭނުން އިރަކު ވަޒީފާއަށް ނިކުންނަންވީ ހަމަ..” ރައިހާގެ ވާހަކައާއި އެކު ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ކައިލްގެ ތުންފަތުގައ ދުވެލިއެވެ.

ދަންވަރުގެ ވަޤުތެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން އޮތް ކައިލްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވާފަދައެވެ. އެއް އަތުން އޭނާގެ މޭމަތީ ބޯ އަޅާއިގެން ނިދިފައި އޮތް ރައިހާގެ އިސްތަށިގަނޑާ ކުޅެމުން ދިޔަ އިރު އަނެއް އަތް އޮތީ ނިތްކުރި މަތީ ބާއްވާލެވިފައެވެ. ކައިލް އަށް ފިކުރު ކުރެވެމުން ދިޔައީ ސަމަރް އާއި މެދުގައެވެ. އެއީ ހަމަ އެސޫރައެވެ. އިސްކޮޅުން ދެމިލާފައި ރީތި ޖިންސުންލަތީފަކަށް ވެފައިވީ ނަމަވެސް އަދިވެސް އެމޫނަކަށް ބަދަލެއް ނާދެއެވެ. އެއީ އެއް އިރެއްގައި އޭނާގެ ހިތުގެ ވިންދު އަވަސްކުރުވި ސޫރައެވެ. އެފަރާތަކާއެކު ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ގުނާލަން ހުވަފެންތައް ދެކުނު ފަރާތެވެ. އެހެނަސް އެއީ އޭނާގެ ހިތި މާޒީއާއި އެކު ތަޅުލާ ބަންދުކޮށްފައިވާ ހަނދާންތަކެކެވެ. ކުއްލި އަކަށް އެހުރިހާ ހަނދާންތަކެއް ހުޅުވިގެންގޮސް އޭނާގެ ލޯ ކުރިމަތީ ނިއުޅެމުންދަނީއެވެ. އެ ހުރިހާ ހަނދާންތަކެއް އޭނާގެ ބޮލުގައި އެނބުރެމުންދާ އިރު ދެންވެދާނެ ގޮތަކާމެދު އެހިތް ބިރުގަންނަމުން ދިޔައެވެ. އަނެއްކާ ސަމަރްގެ ސަބަބުން އޭނާގެ އުފާވެރި ދިރިއުޅުން ފުނޑުފުނޑުވާން އުޅެނީ ބާއެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހުދާއްކޮ 6

Next

ޔާރޭތީމަގޭ

Next
June 10, 2020

ޔާރޭތީމަގޭ

Previews
June 10, 2020

ހުދާއްކޮ 6

22 Comments!

  1. Livy says:
    June 10, 2020 at 5:18 am

    Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting waiting for the next part ????? ly ⚡???

    1. Wonder says:
      June 10, 2020 at 12:54 pm

      Awwn thank u soo much dear. V ufaavejje mi bai ves livy ah kamudhiyaeema.. In sha Allah next part dear ehaa gina iru wait kuran nujahsa submit kohla dheynan?❤

  2. Sher says:
    June 10, 2020 at 6:38 am

    مشاء الله❤️?❤️?❤️?❤️?❤️?❤️?mi part ves varah varah varah varah varah loabi♥️?♥️?♥️?♥️?♥️?♥️
    Azzam bas ehi irah anekka kaaku baa mi aee?????
    Wonder vaahaka genes dhey goii varah salhi ingey?❤️?❤️?❤️?❤️?❤️?

    1. Wonder says:
      June 10, 2020 at 12:57 pm

      Awwn thank u soo much sher.. v ufaavejje mi bai ves kamudhiyaeema.. eii kaakukan ves kuriah huri baithakuga ingigen dhaane.. story genes dheveygoih kamudhiyaeema v hinhama jehihje ?❤

  3. Nunnu says:
    June 10, 2020 at 10:45 am

    Vahaka dhigudhamman vegenn genai aa meeheh eiii… Vahaka ehaa nice koh gossa….

    1. Wonder says:
      June 10, 2020 at 1:00 pm

      Vaahaka fehtumuge kurin ves wonder plan kohfa oih gothah vaahaka mi genes dheny Nunnu.. ehves gothakah vaahaka dhigu dhenmumuge niyathehga eh nun. it will go with the flow till the end.. V ufaavejje dear ge opinion libunyma?❤

  4. Aish says:
    June 10, 2020 at 11:28 am

    Heyyyyy magey loabi loabi Wonder ????❤️ kihinettha haalu Aish iraadha kurehviyya V rangalhui faharu mi kuraa comment mi kurany thauryf ge bas thah ohsamun vvvvv furihama mi baives❤️❤️?❤️❤️?❤️? cute couples Kai mihaaru Rai kotareega dhw nidhanee. mi meehun nah lock down eh ves nooney v foohi hehe??? dhen Azaaaamu naan naan naanetha
    TC
    Stay home ❤️❤️
    Aslu wonder ge name aky kobatha mi reethi vaahaka liyaairu kaakutho balaalan vegen ekam wonder beynun nooningnaa nubungas ok

  5. Nerr__ says:
    June 10, 2020 at 12:12 pm

    samar aa hedhi kail and rai ge demedhu misunderstanding eh create nukuracheyy.. kail and rai is perfect for each other..
    and yah story hama habeys.. but ehn meehaku nugenas rai ge mom ge nuruhumuge baii genai nama, it wld have been a bit better kanneyge.. ekm vx okayy.. vaahaka hadi eh noon.. im just saying my point of view… its just like those hindi drama type u knww, ekaku dhaa irah anekaku annan.. kail ge past is also very important dhw wonder.. i don’t really like to say bad things about this story but bunyma nun dhw ingeyny rangalhu kuran vx.. dont get me wrong ingey wonder.. i feel so bad to say these things..?

  6. Wonder says:
    June 10, 2020 at 1:02 pm

    Salaam dear readers.. How r u all doing? N what do u guys think about 31st part of this story? Hope u all will like it and lemme know what u guys think.. It’s my request to point out my mistakes so i can improve my writing.. Thank u all for the support..B safe?❤❤

  7. Wonder says:
    June 10, 2020 at 1:07 pm

    Hellow my lovely Aish..hehe.. Awwn..thank u for the sweet words.. Ahaha..yes story eh veema lockdown ga eh nun eulhenyy?. Aish anehkaa azzam mathin maa bodah miss veetha? Hehe.. faharehga adhi fenives dhaane azzam hama.. U too tvgc n b safe.. wonder ge real name dhw.. i wanna keep it as a secret for now.. But might tell it when the right time comes?❤

  8. =) says:
    June 10, 2020 at 1:27 pm

    alheyy this story is so nice…mihaaru aneka kon kujje miyaee kail and rai ge happy life ah vannan…..cant wait next part kiyaalan..ly

    1. Wonder says:
      June 10, 2020 at 8:05 pm

      Thank u soo much =). Dhn huri baithakun ingeyne eii kaakukan ves..v ufaavejje dear ah story kamudhaathy..Next part In sha Allah avahah submit kohleveythoa balaana. Lym?❤

  9. Izabell says:
    June 10, 2020 at 2:37 pm

    Hello wonder? How’s yuh? Wonder haadha molheyy plus mi part vx varah lwbi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ your the best hama ????????????? Samar ayas ehen myhei ayas alhe Kail are Raiha are dhuru nukuruvahchey. Eoh lwbi couple?????????????????? nd Imma curiously waiting for next part. ??????? lyssssssm

  10. Izabell says:
    June 10, 2020 at 2:57 pm

    Hello wonder? How’s yuh? Wonder haadha molheyy plus mi part vx varah lwbi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ your the best hama ????????????? Samar ayas ehen myhei ayas alhe Kail are Raiha are dhuru nukuruvahchey. Eoh lwbi couple???????????????? nd Imma curiously waiting for next part. ??????? lyssssssm

  11. Wonder says:
    June 10, 2020 at 8:11 pm

    Hi Izabell..im great dear.. How abt u? Awwn..thank u soo much.. Let’s see dhw samar aiima vaagotheh ves.. vaahaka spoil kohlaakah beynumeh nuve dear akah..hehe.Next part In sha Allah soon submit kohleveythoa balaanan. Lym dear?❤

  12. Wonder says:
    June 10, 2020 at 8:20 pm

    I Really appreciate ur opinion Nerr.. Don’t feel bad to say what u really think.. Aslu wonder hama v ufaavejje dear ge opinion libunyma.. i respect that.. Let’s see dhw dhn vaagotheh ves.. story ge plan aa ehgothah genes dheveythoa wonder mi balanyy..Thank u again for the feedback?❤

  13. Emilie says:
    June 10, 2020 at 10:25 pm

    Alheyy mi part vex v reethi ❤️? Masha Allah ekm Emilie vex biruganey eba dhn vaane gotheh neygey theeve ??next part avahah upkohladhechey ?❤️

    1. Wonder says:
      June 11, 2020 at 1:31 pm

      Thank u soo much Emilie.. Let’s see what happens next dhw.. In sha Allah avahah up kohla dheveythoa balaanan.?❤

  14. nash says:
    June 11, 2020 at 1:43 pm

    adhi kithah part ebeh

    1. Wonder says:
      June 13, 2020 at 2:57 am

      I donno exactly as this is n ongoing story.. Ekamaku v avahah story dhn nimeyne?❤

  15. Yash says:
    June 12, 2020 at 6:58 pm

    Woooooowww man this story is a LIT.??.LUV IT ..
    I “WONDER”what this Samar is gonna do …??
    And BTW this is my first comment.

    1. Wonder says:
      June 13, 2020 at 2:59 am

      Thank u soo much Yash. Really glad that u liked the story n very Happy to receive a comment from a new reader.. Let’s see dhw samar kuran ulhey kameh ves next episode ga..?❤

Comments are closed.

Next Episodeވާށޭ މަށާ އެކީ-32←


All Right Reserved!