ވާށޭ މަށާ އެކީ-36

- by - 88- June 30, 2020

ޑޮކްޓަރު ހައިރާންވެފައި ރައިހާއަށް ބަލައިލިއެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލަމުން އެހެން މީހަކު ސަލާމަތް ކުރަން ފަސްނުޖެހޭނީ ކާކުހެއްޔެވެ؟ އެހެނަސް ރައިހާގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުން ޑޮކްޓަރުވެސް އާޝޯޚް ކުރުވިއެވެ.

“އެކަމަކު އަޅުގަނޑުގެ އެދުމެއް އެބައޮތް.. އެއީ މި އޮޕަރޭޝަންގައި ހުރި ނުރައްކާ އިތުރު ފަރާތެއްގެ ކައިރީ ނުބުނުން..” އިތުރު މީހަކަށް ރައިހާގެ ފުރާނައަށް ގެއްލުން ވާކަން އެނގިހުރެ މި އޮޕަރޭޝަން ކުރަން އެއްބަސް ނުވާނެކަން ރައިހާއަށް އެނގެ އެވެ. އެއިން އެއްވެސް ކަމަކާހުރެ ކައިލްގެ ބައްޕަ ސަލާމަތް ނުވެދާނެތީ ރައިހާ ބިރުގަތެވެ.

އިރުކޮޅަކު ރައިހާއާ ދިމާ ބަލަން އިނުމަށްފަހު ޑޮކްޓަރު ބޯ ޖަހާލިއެވެ. ރައިހާ ބޭނުންވާ ގޮތަށް އިތުރު ފަރާތަކަށް އެކަން ނޭނގޭނެ ކަމުގެ ޔަޤީންކަން ޑޮކްޓަރު ދިނެވެ.
******

“ކައިލް…” ޚިޔާލުތަކުން ނިކުމެވުން ރައިހާ ކައިލް އަށް ގޮވާލީ މަޑު މައިތިރިކަމާއެކުއެވެ. މަޑުން މަޑުން ކައިލްގެ ދެއަތުގައި ހިފާލަމުން ރައިހާ ކައިލްގެ ލޮލާ ހަތަރުކަޅި ހަމަކުރިއެވެ. ޚުދު ރައިހާ ކުރަން މިއުޅޭ ކަމަކީ އޭނާއަށް ވެސް ފަސޭހަކަމެއް ނޫނެވެ. ކުރިމަގަށް އެތަކެއް ހުވަފެންތަކެއް ދެކިފައިވަނިކޮށް އެއިން އެއްވެސް ކަމެއް ފުރިހަމަނުވެ މިދުނިޔެ ދޫކުރަން ޖެހިދާނެތީ އޭނާ ބިރުގަނެ އެވެ. މަރުން ފިލަން އެންމެން ދުވަނީ އެހެންވެ އެވެ. އެންމެ ދުވަހަކުވެސް ދުނިޔޭގައި ހުރެލުމައްޓަކައި އެތަކެއް ޚަރަދުތަކެއް މީހުން ކުރަނީ އެހެންވެ އެވެ. އެހެނަސް ރައިހާ އަޅަމުން އެދާ ކޮންމެ ފިޔަވަޅެއް އެ އަޅަނީ މަރާ ގާތަށެވެ. އޭނާ އަށް އެކަން އެނގި ހުރެއެވެ. އޭނާގެ ކުރިމަތީގައި އެހުރި ފަރާތްދެކެ ވާލޯތްބެއްގެ ބޮޑު ކަމުންނެވެ.

” އޮޕަރޭޝަން ކުރަން ހަމަޖެހިއްޖެ..” ލަސް ލަހުން ބަސްތައް އަތުރާލަމުން ރައިހާ ބުންޏެވެ. އެޔާއެކު ކައިލްގެ މޫނު އުޖާލާވެގެން ދިޔަތަން ރައިހާއަށް ފެނުނެވެ.

“ތީގެ މާނައަކީ އަހަރެން މީ މެޗެކޭ ދޯ؟ ކޮން އިރަކު އޮޕަރޭޝަން ކުރެވޭނީ..؟ ކޮބާ ޑޮކްޓަރު..؟” ކައިލްގެ އަޑުގައިވީ ކެތްތެރިކަން ކުޑަވެފައިވާކަމުގެ އަސަރެވެ. އެއިންވެސް އޭނާގެ ބައްޕަ ދެކެ ލޯބިވާ ވަރު ރައިހާއަށް ހާމަވެގެން ދިޔައެވެ.

“ކައިލް.. ބައްޕަ އާއި މެޗުވީ ކައިލް އެއް ނޫން.. އަހަރެން..” ރައިހާގެ ވާހަކަ އާއި އެކު ކައިލް އަށް ހުއްޓުން އެރިއެވެ. ދެވަނަ ސިކުންތުގައި ރައިހާގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އޭރު ކައިލްގެ ނިތްކުރި ފުރެމުން ދިޔަ ރޫތަކުންވެސް އޭނާ އެހުރީ ހާސްވެފައިކަން ދޭހަވެއެވެ.

” ރައި؟ ކީއްވެ ރައި މެޗަކަށް ވާންވީ..؟ ” ކައިލް އަކަށް ރައިހާ ދެއްކި ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ރައިހާ ޓެސްޓު ހަދަން ކައިލް އެއްބަސްވި އިރުވެސް މިގޮތަށް ކަންތައް ވެދާނެ ކަމަކަށް އެއްގޮތަކަށްވެސް އޭނާ އުންމީދެއް ނުކުރެއެވެ.

” އަހަރެން ކީއްވެ ކައި އަށް ދޮގު ހަދަންވީ..ދެންމެ އަހަރެން ޑޮކްޓަރާ ބައްދަލު ކޮށްފަ މިއައީ..ކިތައް މީހުން އެމީހުންގެ އޯގަން ޓަރާންސްޕްލާންޓް ހަދާފަ އެހެރީ އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް ޑޯނަރ އެއްގެ ފަރާތުން..އެހެންވީމަ އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫނެންނު..” ރައިހާ ބެލީ ކައިލް އަށް މި އޮޕަރޭޝަން ކުރުމުގައި އެއްވެސް ގެއްލުމެއް ނެތްކަން ވިސްނަދޭށެވެ. އެހެނަސް އަދިވެސް ކައިލްގެ ލޮލުން ފެންނަނީ ކަންބޮޑުވުމެވެ. ހަޤީޤަތުގައި އެ އޮޕަރޭޝަން ރައިހާ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޮޕަރޭޝަންގެ ތެރެއިން ކަމެއް ގޯސްކޮށް ގޮސްދާނެ ޚިޔާލު ހިތަށްވެރިވުމާއެކުވެސް ކައިލްގެ ހިތްހުއްޓޭ ވަރުވިއެވެ.

“އަހަރެން ބޭނުން ޑޮކްޓަރާ ބައްދަލުކުރަން… ފަހަރެއްގެ ޓެސްޓު ތަކުގެ ނަތީޖާ އޮޅުނީ ކަމަށްވެސް ވެދާނެ އެންނު..” ކައިލް ޑޮކްޓަރުގެ ރޫމާ ދިމާއަށް ހިނގައިގަތެވެ. އޭނާ އަދިވެސް ހުރީ ރައިހާ ދެއްކި ވާހަކަތައް ޤަބޫލު ކުރާކަށް ނޫނެވެ. އޮޕަރޭޝަން ހަމަޖެހިއްޖެ ކަން އެނގުނު ވަޤުތު ކައިލްގެ ފަރާތުން ފެނުނު އެއްވެސް އުފާވެރިކަމެއް ފެންނާކަށް މިހާރު ނެތެވެ. ބައްޕަ އާ މެދު ހީނަރުވެފައި ގުޅުންތައް އަލުން އާބާދުކުރަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެހުރިހާ ހާސްކަމުގެ ތެރެއަށް ރައިހާ ވައްދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ރައިހާއަށް ލޯމަރާލެވުނީ ކައިލްގެ ފަރާތުން އޭނާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރާކަން އެނގުމުންނެވެ. އަދި އަމުުދުން މި އޮޕަރޭޝަންގައި ރައިހާއަށް ހުރި ނުރައްކާ ކައިލް އަށް އެނގޭނަމަ ކައިލްގެ ޡަބީޢަތައް އަންނާނެ ބަދަލު ރައިހާއަށް ވިސްނާލަންވެސް އުނދަގޫވިއެވެ.

ކައިލް ޑޮކްޓަރާ އެތައް ވާހަކައެއް ދެއްކި އިރު ކޮޓަރިން ބޭރުގައި ރައިހާ މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން ދައްކާ ވާހަކަ ރައިހާ އަށްވެސް އިވެމުން ދިޔައެވެ. ޑޮކްޓަރު އޭނާގެ ވަޢުދުގައި ހިފެހެއްޓި ކަމައްޓަކައި ރައިހާ ޝުކުރުވެރިވިއެވެ.

ކައިލް ޑޮކްޓަރުގެ ކޮޓަރިން ނިކުން ވަޤުތު ރައިހާ ފެނުމުން މަޑުޖެހިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ދުރުބަލާލަމުން ރައިހާއާ ފަސްދީ ހިނގައިގަތެވެ. ރައިހާ ކައިލްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ކައިލް އާ އެއްހަމަކޮށް އެއަތުގައި ހިފެހެއްޓިއެވެ.

“ރައި..އަހަރެން ބޭނުމެެއް ނޫން ރައި އޮޕަރޭޝަން ކުރާކަށް…އޮޕަރޭޝަންގެ ތެރެއިން ރައި އަށް ކަމެއްވެއްޖިއްޔާ އަަހަރެން ކިހިނެތްހަދާނީ..” ކައިލް ހީވަނީ ދީވާނާ ވެފައި ހުރި މީހެއް ހެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑު ވުމެވެ.

“ކައި.. އިރާދަ ކުރެއްވިއްޔާ އަހަންނަކަށް ކަމެއް ނުވާނެއޭ.. އަހަރެން މެޗަކަށްވެ ހުރެ ކައިގެ ބައްޕަ އަށް އެހީނުވެ އެއް ނުހުރެވޭނެ.. ތަޤުދީރުގައި އަހަރެންގެ ސަބަބުން ކައިގެ ބައްޕަ ސަލާމަތްކުރެވެން އޮތީމަ ކަންނޭނގެ މިހެންމިވީ..ކައި..ޕްލީސް.. އަހަންނަށް މި އޮޕަރޭޝަން ކުރަން ހުއްދަދީ..” ރައިހާ އާދޭސް ކުރަމުންދިޔައެވެ. އަނެއްކޮޅުން ކައިލްވެސް އޭނާގެ ބައްޕަ ސަލާމަތްކުރަން ބޭނުމެވެ. އެތަކެއް އިރަކު ވިސްނަން ހުރުމަށްފަހު ލޯމަރާލާފައި ކައިލް ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ހިތަށް ވިސްނައިދެމުންނެވެ.
******

ރައިހާ އެރެއިން އެރެއަށް ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނެވެ. އޭނާވެސް އެޑްމިޓު ކުރެވުނީ ވީއައިޕީ ރޫމެއްގައެވެ. ހުރިހާ ޚަރަދެއް ކުރަމުން ދިޔައީ ފަޔާޒްގެ ކުންފުނިންނެވެ. ކައިލް ދެކޮޅުހެދި ނަމަވެސް އެއީ ބާސިތު ބޭނުންވިގޮތެވެ. ފަޔާޒް ހިތްހަމަޖެހޭނީ އެގޮތައް ކަންތައް ކުރުމުން ކަމުގައި ބާސިތު ބުންޏެވެ.

ރައިހާ އޭނާ ކުރަން އުޅޭ އޮޕަރޭޝަންގެ ވާހަކަ އާއިލާ އާ ހިއްސާކުރުމުން އެންމެންވެސް ހޮސްޕިޓަލަށް އައެވެ. އެހާ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ކުއްލިގޮތަކަށް ރައިހާ ތައްޔާރުވުމުން އެންމެންގެ މޫނުނަތިން ހާސްކަން ނުފިލައެވެ. ވަކިން ބޮޑަށް އަމީނާ އޭނާގެ ދަރިފުޅާ މެދު ހާސްވެފައި ހުރިހެން ހީވެއެވެ. އެހެނަސް ކައިލްގެ ބައްޕަ ސަލާމަތްކުރުމަށް އިތުރު ގޮތެއްނެތް އިރު ރައިހާ ކަމެއް ކުރަން ނިންމައިފިނަމަ އެކަން ބަދަލު ނުުކުރެވޭނެކަން އަމީނާއަށް އެނގެއެވެ.
*******

ދަންވަރު ދޭއް ޖަހާކަން ހައިއިރު ރައިހާ އާދޭސްކޮށްގެން އޭނާގެ އާއިލާ އެންމެން ގެޔަށް ފޮނުވާލީ މާދަމާ އައުމަށް ބުނަމުންނެވެ. އެންމެން ގޮސް މުޅި ކޮޓަރި ހަމަ ހިމޭންވުމުން ކައިލް އައިސް ރައިހާ ކައިރީ އިށީނެވެ. އެހިނދު ރައިހާ އެނދުގެ މަގަތަށް ޖެހިލަމުން ހުސްޖާގައިގާ އަތްޖައްސާލާ ކައިލް އެތާ އޮށޯތުމަށް އެދުނެވެ. ދެކޮޅު ހެދުމެއްނެތި ކައިލް އައިސް ރައިހާގެ ގާތުގައި އޮށޯވެ ދެމީހުންގެ ގައިމަތީ ރަޖާގަނޑު އަޅާލިއެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ މޫނާ ދިމާވާގޮތަށް އޮތް އިރު ރައިހާ އޭނާގެ އަތް އުފުލާލަމުން ކައިލްގެ ނިތްކުރިމައްޗަށް ވެރިފައިވާ އިސްތަށިތައް ރީތިކޮށްލަދިނެވެ.އެޔާއެކު ކައިލް އެއަތުގައި ހިފަހައްޓާލަމުން އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ރައިހާގެ މޫނާ ކަސިޔާރުނުވެއެވެ.

“ކައި ހާސްނުވައްޗޭ.. އަހަރެން ކައި ދޫކޮށްލާފައެއް ނުދާނަން..” ކައިލްގެ ލޮލުން އަދިވެސް ފެންނަމުންދިޔަ ހާސްކަމާ ގުޅުވާ ރައިހާ ބުންޏެވެ. އެހެނަސް އޭނާ އެބުނި ބަސްތަކުގެ މާނަ ހަމައެކަނި ފަހުމްވަނީ ރައިހާއަށެވެ. އެއީ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދެން ބޭނުންވާގޮތެވެ. އޮޕަރޭޝަނަށް ފަހު މިރޭ ފަދައިން ކައިލްގެ މޫނު އަދިވެސް ދެކެން ރައިހާ ބޭނުންވެއެވެ. އެހެނަސް އޭނާގެ ހިތްނުތަނަވަސް ވަނީ މިއީ ކައިލް ފެންނާނެ އެންމެ ފަހު ރެއަށް ވެދާނެތީއެވެ. ދެލޯ މަރާލަންވެސް ބިރުގަނެފައި ކައިލް އަށް ބަލަން ރައިހާއަށް އޮވެވުނެވެ. އޭނާގެ ހިތުގައި ކަައިލްގެ ސޫރަ ފަނޑުވުމެއްނެތްހެން ފޮރުވާލަން މަސައްކަތް ކުރާފަދައެވެ.
********

ޖެހިގެން އައި ދުވަހު އޮޕަރޭޝަނަށް ރެޑީވުމަށް ކުރަންހުރި ހުރިހާކަމެއް ނަރުހުންނާއި ޑޮކްޓަރުން ފުރިހަމަކޮށް ނިންމާލިއެވެ. އޮޕަރޭޝަން އަށް ރެޑީވެގެން އޮތް ރައިހާގެ ކައިރިއަށް ވަދެ ވާހަކަދައްކާލުމަށް އާއިލާގެ ކޮންމެ މެންބަރަކަށް ވަކި ވަކިން ފުރުސަތު ދެވުނެވެ. އެންމެ ފަހުން ރައިހާ އާ ބައްދަލު ކުރީ ކައިލް އެވެ.

“ކައި..މި ހުރިހާ ކަމެއް ނިމުނީމަ ކައި ވާނެ ބައްޕަ އާ ބައްދަލުކޮށް ބައްޕަ ބުނަން އެއުޅޭ ވާހަކައެއް އަޑު އަހަން..ބައްޕަ މަޢާފަށް އެދެފިނަމަ މަޢާފް ކޮށްދޭތި..އޭރުން ނޫނީ ކައިގެ ހިތަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ..” ރައިހާއަށް ކޮންމެ ގޮތެއް ވީނަމަވެސް ކައިލް އާއި އޭނާގެ ބައްޕަ އާއި އޮތްގުޅުން ރަނގަޅުވާން އޭނާ ބޭނުންވިއެވެ.

ކައިލް މަޑު މަޑުން ބޯޖަހާލިއެވެ. އޭނާ މިވަޤުތު އެހެރީ އެއްވެސް ކަމެއްގައި ދެބަސްވާވަރަށްވުރެ ހާސްވެފައެވެ. ކައިލް ބޯޖަހާލަމުން ރައިހާ ފަނޑުކޮށް ހިނިތުންވެލިއެވެ.

“އައި ލަވް ޔޫ..” ރައިހާ ކައިލްގެ ކޯތާފަތުގައި އަތްޖައްސާލަމުން ބުނެލިއެވެ. އޭނާގެ ދުލުން އެލަފްޒު ނިކުމެދާނެ އެންމެ ފަހު ފަހަރުކަން ވިސްނަމުންނެވެ.

“އައި ލަވް ޔޫ މޯރ..” ރައިހާގެ ނިތްކުރީގައި ކައިލް ބޮސްދިނެވެ. އެވަޤުތު ކޮޓަރިއަށް ނަރުހުންވަދެ ރައިހާ ގެންދަންޖެހޭ ވަޤުތު އައީ ކަމުގައި ބުންޏެވެ. ރައިހާ އޮޕަރޭޝަން ތިއޭޓަރ އަށް ވައްދަން ދެން ކައިލް ރައިހާގެ ކައިރީ ހުއްޓެވެ. ރައިހާ ފޮނުވާލަން ބޭނުންނުވެ ކަންބޮޑުވެފައެވެ.
*******

އޮޕަރޭޝަން ނިމޭނެ އިރަކަށް އެންމެންވެސް ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެއްވެސް މީހަކު ހޮސްޕިޓަލުން އެންމެ ހިނދުކޮޅަކަށްވެސް ނިކުންނާކަށް ގަސްތެއް ނުކުރެއެވެ. ކައިލްވެސް އޭނާގެ އޮފީހުން އެމަރޖެންސީކޮށް ހަފްތާއެއްގެ ޗުއްޓީވަނީ ނަގާފައެވެ. އޭނާ އޮފީހަށް ނިކުންތާ އެއްދުވަސް ތެރޭ ޗުއްޓީއަށް އެދެން ޖެހިލުންވީ ނަމަވެސް ހިތްހަމަޖެހުން ލބިގެން ދިޔައީ ކޮމްޕެނީގެ އިސްފަރާތްތަކުން އޭނާއަށް ދިން އެއްބާރުލުމުންނެވެ.
******

އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވާފައި ނިކުން ޑޮކްޓަރު ފެނި އެންމެން ގޮނޑިން ތެދުވިއެވެ. ފާރުގައި ލައްވެލައިގެން ހުރި ކައިލްވެސް ހަށިގަނޑު ސީދާކޮށްލަމުން ޑޮކްޓަރު ކައިރީ މަޑުކޮށްލިއެވެ.

”ޑޮކްޓަރ ޑޯނަރގެ ހާލު ކިހިނެތްތޯ..؟” ކައިލް އަށް ފުރަތަމަވެސް އަހާލެވުނީ ރައިހާގެ ވާހަކައެވެ. އޭނާގެ ބައްޕަ އަށް ވުރެ ރައިހާގެ ހާލާ މެދު ކައިލް ހާސްވިއެވެ.

ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލިއެވެ. “އޮޕަރޭޝަން ކާމިޔާބު.. ޕޭޝަންޓްގެ ހާލުވެސް ރަނގަޅު.. އެކަމަކު.. ވީ އަރ ޓްރޫލީ ވެރީ ސޮރީ.. ޝީ ވެންޓް އިންޓު އަ ޝޮކް..” ޑޮކްޓަރުގެ ވާހަކަ އާއެކު ކައިލް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެލޯ ބޮޑުކޮށްގެން ޑޮކްޓަރަށް ބަލަން ހުރި އިރު ދެންމެ އެ ބުނި ޖުމްލަތައް އޭނާގެ ކަންފަތުގައި އެކޯ ވަމުން ދިޔައެވެ.

“ޑޯނަރ އަކީ ޖެނެރަލް އެނެސްތޭޝިއަރ އަށް އެލާޖިކް ވާ ފަރާތެއް..އަޅުގަނޑު ކުރިންވެސް ރައިހާ ކައިރި އޮންނާނީ މި އޮޕަރޭޝަންގަ ހުރި ނުރައްކާ ކިޔައިދީފަ.. އެހެނަސް ރައިހާ ބޭނުންވީ އޮޕަރޭޝަން އާއިގެން ކުރިއަށްދާން..” ޑޮކްޓަރު އިސްޖަހާލަމުން ބުނެލިއެވެ. ކައިލް ފަހަތަށް ޖެހެމުން އައިސް ފާރުގައި ލައްވެލަމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އޭރު އަމީނާވެސް އަހުމަދު ގައިގާ ބައްދައިގަނެގެން ރޮމުން ދިޔައެވެ. ރަޔާޝް ކައިލް ކައިރީ ހުއްޓި އޭނާގެ ކޮނޑުގައި އަތް ބާއްވާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

“ޕޭޝަންޓް އާއި ޑޯނަރ ރޫމަށް ޝިފްޓު ކުރެވޭނެ އިރުކޮޅަކުން.. އަޅުގަނޑުމެން ރައިހާއަށް ވަރަށް ބޮޑަށް ސަމާލުވާނަން… އުންމީދު ކަނޑާނުލާ ރައިހާ ހޭއަރާނެ ވަޤުތަކަށް އިންތިޒާރުކުރުން އޮތީ..” ޑޮކްޓަރު ވާހަކަ ނިންމާލުމަށްފަހު އޭނާ ކުރަންހުރި މަސައްކަތްތަކަށް އެނބުރިދާން ހިނގައިގަތެވެ.

ރައިހާ ރޫމަށް ގެނެވި އެކަނިވެލާނެ ފުރުސަތެއް ކައިލް އަށް ލިބުނީ އެތައް އިރެއް ފަހުންނެވެ. އަމީނާގެ ހާލު ރަނގަޅުނުވުމުން އަހުމަދު ދިޔައީ އޭނާ ގޮވައިގެން ގެޔަށެވެ. މިހުރިހާ ކަމަކާމެދު އައިސާފުޅުވެސް ހާސްވެފައި ހުރުމުންނެވެ.

ވެންޓިލޭޓަރގެ އެހީގައި ނޭވާލަމުން ދިޔަ ރައިހާގެ ގާތުގައި ކައިލް އިށީނެވެ. ރައިހާ ލަމުން ދިޔަ ކޮންމެ ނޭވާއެއްގެ އަޑު އިވެމުން ދިޔަ އިރު އެއިން ކޮންމެ ފަހަރަކު އަނގައާއި ނޭފަތް ފޮރުވާލާފައިވާ މާސްކު ފުސްވެގެން ދެއެވެ. އެމަންޒަރު ބަލަން އެތައް އިރަކު ކައިލް އަށް އިނދެވުނެވެ. ހީވާކަހަލައެވެ. މިވަޤުތައް އެހިތައް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެންދަނީ ރައިހާ ނޭވާލާކަން އެނގޭތީއެވެ.

“ރައި..ރައި ހީކުރީތަ އަހަންނަށް ރައި އަށްވުރެ އެހެންމީހަކު މުހިއްމުވާނެއޭ..ނޫން ރައި..ތިއީ އަހަރެންގެ ހުރި ހުރިހާވެސް މީހަކީ.. އެއްވެސް މީހެއްގެ އަޅާލުމެއް އެހީއެއް ނުލިބުން ދުވަހު އަހަންނަށް އެހީވީ ރައި.. ދުވަހަކުވެސް އަހަންނަކީ ނުކުޅެދުންތެރިއެއްކަމަކަށް ރައި އިޙްސާސެއް ނުކޮށްދެ.. ދެން މިއަދު ރައި ހީކުރީތަ ރައި އަށްވުރެ އަހަންނަށް އަހަރެންގެ ބައްޕަ ބޭނުންވާނެއޭ.. އިނގޭތަ…އަހަރެންނަށް އަހަރެންގެ ބައްޕަ ލިބިއްޖެ.. އެކަމަކު ރައި ތިހެން އޮތްހާ ހިނދަކު އަހަރެން އުފަލެއް ނުވާނެ..ކީއްވެކަން އިނގޭތަ؟ އެއީ އަހަންނަށް ރައި އަށްވުރެ ބައްޕައެއްވެސް މުހިއްމެއް ނޫން.. ” ކައިލް އަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. މިއޮޕަރޭޝަން ކުރަން ޤަބޫލު ނުވެވުން ނަމައޭ އެތައް ފަހަރަކު ކައިލްގެ ހިތަށް އަރަމުންދިޔައެވެ.

ބާސިތު އައިސް ރައިހާ ބާއްވާފައި އޮތް ކޮޓަރިއަަށް ވަނީ އެވަޤުތުއެވެ. ކައިލް އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ.

“ކައިލް.. ބައްޕަ ހޭ އަރައިފި..ކައިލް އާ ބައްދަލުކޮށްލަން އެކޮޓަރިއަށް އައުމަށް އެދުނީ..” ބާސިތުގެ ވާހަކަ އިވުމުން ކައިލް ހަނދާންވީ ރައިހާ ބުނި ވާހަކައެވެ. ބައްޕަ އާ ވާހަކަ ދެއްކުމަށް އެދުނުގޮތެވެ. ރައިހާ އަށް ބަލާލުމަށްފަހު މަޑު މަޑުން ކައިލް ތެދުވިއެވެ. އޭނާ ރައިހާއަށްޓަކައި ބައްޕަ އާވެސް ކުރިމަތި ލާނެއެވެ. ރައިހާގެ އެ ޤުރުބާނީ އެއްވެސް އަގެއްނެތް އެއްޗަކަށް އޭނާ ނަހަދާނެއެވެ.

ފަޔާޒްގެ ކޮޓަރިއަށް ވަދެ ކައިލް މަޑުކޮށްލީ އެނދާ ފުދޭ ވަރަކަށް ދުރުގައެވެ. ފަޔާޒަށް އޭނާގެ ދަރިފުޅު ފެނުމުން ބަޔާން ކުރަން ދަތި ރިހުމެއް މޭގާ އުފެދިގެން ދިޔައެވެ.

“އިއްލު..ބައްޕަ އަށް މަޢާފް ކުރޭ..” ފަޔާޒް މަޑު މަޑުން ބުންޏެވެ. ބާސިތުގެ ފަރާތުން އޭނާގެ ފުރާނަ ސަލާމަތްވީ ޚުދު އޭނާގެ ޅީދަރުފުޅުގެ ސަބަބުންކަން ފަޔާޒަށް އެނގުނެވެ. އަދި އޭގެ ބަދަލުގައި ރައިހާ ދަނީ މަރާ ހަނގުރާމަ ކުރަމުންކަން އެނގުމުން ފަޔާޒަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ބައްޕަ އެއްގެ ފަރާތުން ދަރިފުޅަށް ދޭންޖެހޭ ލޯތްބާއި ރައްކާތެރި ކަމުގެ ބަދަލުގައި އޭނާއަށް ކައިލް އަށް ދެވުނީ މުޅިންވެސް ވޭނާއި ހިތާމައެވެ. އެފަރާތަކައްޓަކައި އޭނާގެ އަލަތު އަނބިމީހާއާއި ދަރިފުޅު ބޮލާލާ ޖެހީ ހަމްދާއަށް ޓަކައެވެ. އޭނާ ދެއްކި ދަޅަތަކައް ހެއްލިގެންނެވެ. އެެހެނަސް މިއަދު އޭނާގެ ކައިރީ އެހެރީ އެދުވަހު ބިކަ ކޮށްލެވުނު އޭނާގެ ދަރިފުޅެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެމީހަކަށް އޭނާ ދިން ހަމްދާ އޭނާގެ މޫނު ދެކިލަންވެސް ނައެވެ. އޭގެ ބަދަލުގައި އޭނާގެ ސަބަބުން އަނެއްކާވެސް ކައިލް އަށް އެވަނީ ހިތާމައާ ކުރިމަތި ލާންޖެހިފައެވެ. ކައިލް އޭނާއަށް މަޢާފް ކުރާނެ ހުރިހާ ދޮރެއް ބަންދުވެއްޖެހެން ހީވުމުން ފަޔާޒް މާޔޫސްވިއެވެ.

“އަޅުގަނޑު ބައްޕައަށް މަޢާފްކޮށްފިން..” ކައިލް މަޑު މަޑުން އެހެން ބުނުމުން ޤަބޫލު ނުކުރެވިފައި ފަޔާޒަަށް ބަލާލެވުނެވެ. ފަޔާޒަށް ނޭނގުނީ ކައިލް އެކަންތައް ކުރަނީ އޭނާގެ ކިބައިން ރައިހާ އެދުނުގޮތަަށް ކަމެވެެ.

“އެކަމަކު އަޅުގަނޑުގެ އަންހެނުން އަޅުގަނޑަށް ގެއްލިއްޖެނަމަ ބައްޕަގެ މިދަރިފުޅު ގެއްލިއްޖެ ކަމަށް ނިންމާ.. އަޅުގަނޑުގެ އެންމެ ލޯބިވާ ދެފަރާތް ބައްޕަގެ ސަބަބުން ގެއްލުމަށްފަހު ތި މޫނު ދެކޭކަށް އަޅުގަނޑަކަށް ކުޅަދާނައެއް ނޫވަނެ.”
ކައިލް އިތުރަށް އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ހިތާއި ސިކުނޑިއަށް ލިބެމުން ދިޔަ.ވޭން މާ ބޮޑެވެ. ކައިލް ބުނި ބަސްތަކުން ފަޔާޒުގެ ހިތަށް އަސަރު ކުރިނަމަވެސް އޭނާ ހިތްހަމަ ޖައްސާލިއެވެ. އޭނާގެ ޅީ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރެވުނެވެ. އޭނާއަށް ކައިލް ލިބޭނެ ހަމައެކަނި ގޮތަކީ އެއީކަމަށް ވާތީއެވެ.
*****

އާ ދުވަހަކަށް އިރުއެރި އިރު ކައިލްއަށް އިނީ ގޮނޑީގައި އިންގޮތަށް ރައިހާގެ އެނދުގައި ބޯޖަހާލައިގެން ނިދިފައެވެ. އަމީނާ އެކޮޓަރިއަށް ވަނީ އެވަޤުތެވެ. އަޑެއް އިވުނުހެން ހީވެގެން ކައިލް އަށް ފުންމައިގެން ތެދުވެވުނެވެ. އެނދު ކައިރީ ހުރި އަމީނާ ފެނުމުން ކައިލް ކޮޅަށް ތެދުވިއެވެ. އަދިވެސް އަމީނާ ކައިރީ ހުންނަން އޭނާ ޖެހިލުންވެ އެވެ. މަންމަ އަށް ތަންދައްކަމުން ކައިލް އުޅުނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާއަށް ދާށެވެ. އެހެނަސް އޭނާއަށް ހުއްޓުން އެރީ އަމީނާ ބުނެލި ލަފްޒުންނެވެ.

“ދަރިފުޅާ..” އަމީނާގެ ފަރާތުން އޭނާއަށް ދަރިފުޅާއޭ ކިޔާ ގޮވާލާނެ ދުވަހެއް އަންނާނެ ކަމަަކަށް ކައިލް އުންމީދެއް ނުކުރެއެވެ. އެހެންކަމުން ކައިލް އަށް އަމީނާއާ ދިމާއަށް ބަލާލެވުނީ ހައިރާންވެ ހުރެއެވެ.

އަމީނާގެ ހަނދާނުގައި ކުލަ ވެގެން ދިޔައީ ރައިހާ އާ އެންމެ ފަހުން ބައްދަލު ކުރި ވަޤުތެވެ.

“މަންމާ..މިހާރު މަންމަ އަށްވެސް އެނގޭނެ ކައިލް އަކީ ގޯސްމީހެއް ނޫންކަން..މަންމަގެ ހިތް ކައިލްގެ މައްޗަށް ސާފުވުން އަހަރެން އެދެނީ… މަންމާ..އޮޕަރޭޝަންގެ ތެރެއިން އަހަންނަށް ކަމެއްވިޔަސް ކައިލް ބަލައިދެއްޗޭ..”

“ދަރިފުޅާ..ކޮން ކަހަލަ ވާހަކައެއް ތިދައްކަނީ… އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ކަމެއްނުވާނެއޭ..މަންމަ އަޑުއެހިން ދަރިފުޅު އޮޕަރޭޝަން ކުރަނީ ރާއްޖޭގަ އެކަމަށް މިވަޤުތު ހުރި އެންމެ މޮޅު ޑޮކްޓަރޭ.. އެހެންވީމަ ދަރިފުޅު ހާސްނުވޭ…” ރައިހާ ދައްކަން ފެށި ވާހަކައާއެކު އަމީނާއަށް އަވަސް އަވަހަށް ބުނެވުނެވެ.

” އަޅުގަނޑު ހާސްވަނީއެއްނޫނޭ މަންމާ.އެކަމަކު ކިތަންމެ މޮޅު ޑޮކްޓަރެއް ހުއްޓަސް ބަދަލު ނުވާނެ ކަންކަން ހުންނާނެ.. މަންމާ..އަހަންނަށް ވަޢުދު ވެދީ..އަހަރެންނެތް ދުވަހެއްގައިވެސް މަންމަ އަހަރެންދެކެ ވާ ލޯބި އަހަރެންގެ ބަދަލުގައި ކައިލް އަށް ދޭނެކަމަށް… ކައިލް އެކަނި ކޮށްނުލާނެ ކަމަށް..އަހަރެން ނެތިއްޔާ ކައިލް ވަރަށް އެކަނިވެރިވާނެ..” ރައިހާއަށް އޭނާގެ އަޑު ބެދެން އުޅޭހެން ހީވިއެވެ. ޚުދު އޭނާގެ ހިތަށް އެވަޤުތު ދިޔައީ ނުހަނު އަސަރު ކުރަމުންނެވެ. ކައިލް އާ ވަކިވެގެން ދާންޖެހިދާން ޚިޔާލު އޭނާގެ ހިތް ރޮއްވަމުން ދިޔައެވެ. ރައިހާގެ ވާހަކަ އަޑުއަހަން އިން އަމީނާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އޭނާގެ ދަރިފުޅަށްޓަކައި މަންމަ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ ބުނަމުންނެވެ.
*****

ޚޔާލުތަކުން ނިކުމެވުނު އަމީނާ ކައިލް އާ ކުރިމަތިލިއެވެ . އޭނާގެ ދަރިފުޅަށް ވީވަޢުދު އޭނާ ފުއްދާނެއެވެ.

“ދަރިފުޅު ދާންވީނު ގެޔަށް ގޮސް އަރާމުކޮށްލަން.. ރޭ ހަތަރު ދަމު މިތާ ތީނީ. މަންމަ މިގަޑީ މަޑުކޮށްލަ ފާނަން.. ބައްޕަ ވެސް އަންނާނެ އިރުކޮޅަކުން.. އަދި ހުންނާނެ ދަރިފުޅަށް ކާން ހަދާފަ އިނގޭ.. ގެޔަށް ގޮސް ރަނގަޅަށް ކާތި.. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ރައި އެނބުރި އަންނާނެ..” އަމީނާ މިހާރު ހުރީ ވަރަށް ބޮޑަށް ހަމަޔަކަށް އެޅިފަކަން އޭނާގެ ވާހަކަތަކުން އިނގުނެވެ. އެހެނަސް އަމީނާ އެހެން ވާހަކަ ދެއްކުމުން ކައިލް ހުރީ ޤަބޫލު ނުކުރެވިފައެވެ. ނަމަވެސް އިންތިހާއަށް އުފާވިއެވެ. އޭނާގެ ކައިރީ އޭނާގެ މަންމަ ހުރި ކަމުގެ އިޙްސާސް ކުރެވުނެވެ. ރައިހާ ނުފެންނަ ހިސާބަށް އެންމެ ހިނދުކޮޅަކަށްވެސް ދާން ބޭނުން ނުވިޔަސް އަމީނާގެ އެދުމާ ދެކޮޅު ހަދާކަށް ކައިލް އަކަށް ނުކެރުނެވެ.
*******

ގޭގެ ސިޓިންގް ރޫމަށް އައިސް ވަދެވުމާއެކު ކައިލް އަށް ހުއްޓެވުނެވެ. އެއްވެސް ދިރުމެއްނެތް މީހެއްހެން ހުއްޓުން އަރާފައި ހުރި ކައިލްގެ ލޯކުރިމަތިން ސިފަވެގެން ދިޔައީ އެކި ދުވަސް މަތިން އެ ސިޓިންގް ރޫމުގައި ހިނގި ހާދިސާތަކެވެ.އެހެން ހުރުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި ކައިލް މޭޒުދޮށަށް އައިސް ހުއްޓުނު އިރު އަމީނާ ބުނިހެން ހުރީ ކާންހަދާފައެވެ. ގޮނޑި ދަމާލަމުން އިށީނދެ ތައްޓައް ބަތް އަޅާލަމުން ކައިލް ކާންފެށިއެވެ. ކޮންމެ ހަރަކާތެއްގައިވެސް ވަނީ ލަސްކަމެވެ. ކޮންމެ ކަމެއްވެސް ހީވަނީ އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވައިގެން ކުރާހެންނެވެ. ދެތިން ސަމްސާ އަނގަޔަށްުު ލުމަށްފަހު ކައިލް އަށް އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ. ކޮންމެ ބަތް ސުވާއެއްވެސް އަނގަޔަށް ބޮނޑިވަނީއެވެ. ދިރުވަންޖެހެނީ ފެނާލައިގެން ގަދަ ކަމުންނެވެ. ކާތަށި ދުރަށް ޖައްސާލުމަށްފަހު ކައިލް ހިނގައިގަތީ ކޮޓަރިއަށެވެ. އެހެނަސް ވަކި ހިސާބަކަށް ގޮސް ހުއްޓުން އެރީ ރައިހާގެ ތަސްވީރުގެ މަތިން ހަނދާން ވުމުންނެވެ. ކައިލް އޭނާގެ މިސްރާބު ޖެހީ އެ ކުރެހުން ބޭއްވި ކޮޓަރިއަށެވެ.

ކުރެހުން ނަގައިގެން އައިސް އޭނާއާ ރައިހާގެ ކޮޓަރިއަށް ވަދެ އެނދުގައި ކައިލް ހަމަޖެހިލިއެވެ. ތަސްވީރުން ފެންނަމުންދިޔަ ރައިހާގެ ސޫރަައަށް ބަލަން އިން ކައިލްއަށް އޭނާގެ ހަށިގަނޑުގެ ކޮންމެ ނާރެއް ބުރިބުރިވެގެން ދިޔަފަދަ އިޙްސާސެއް ކުރެވުނެވެ. އިއްޔެ އެކޭވެސް އެއްފަދައިން މިއަދުވެސް އެހިތަށް އުފާވެރިކަން ގެނެސްދޭ ހިނިތުންވުމަކީ އެއީއެވެ. އެހެނަސް ދެން އެހިނިތުންވުން މި ތަސްވީރުން ފިޔަވާ ނުފެނިދާނެތީ އޭނާގެ ހިތް ބިރުގަންނަނީއެވެ. އަނބުރާ އެ ތަސްވީރު އެނދުގައި ބޭއްވުމަށްފަހު ކައިލް ތެދުވެގެން ގޮސް ހުއްޓުނީ ފޮތް ހަރުގަނޑު ކުރިމަތީއެވެ. އޭނާއަށް ފުރަތަމަ ރައިހާ ދިން ފޮތް ނަގަމުން އޭގެ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އެގަނޑުގެ ތިރީ ކަނުގައި އިން ލިޔުންކޮޅަށް ކައިލްގެ ލޯ ހުއްޓުނެވެ.

“އައިމް އޯލްވޭސް ވިތް ޔޫ!” އިނގިރޭސި އަކުރުން ޖެހުމަށްފަހު އިނީ ރައިހާގެ ސޮއި ކޮށްލާފައެވެ. އެއީ ކައިލް އަށް އެފޮތް ދިނުމުގެ ކުރިން ރައިހާ ކުރި ކަމެކެވެ. ކައިލް އަށް އެލިޔުން ކޮޅުގައި މަޑު މަޑުން އަތް ހިންގާލެވުނެވެ. އެހެން ހުއްޓާ ކުއްލި އަކަށް ކައިލްގެ ކަންފަތުގައި ޖެހުނީ ބޯކޮށް ވާރޭ ވެހގެން އަޑެވެ.

އޭނާގެ ނަޒަރު ކޮޓަރީގެ ބެލްކަންޏަށް ހުއްޓުން އިރު ދެއަތް ފޭކޮށްގެން ހުރެ ވާރޭ ތެރޭ ރައިހާ އެނބުރެލިތަން ސިފަވެގެން ދިޔައެވެ. ފޮތް ހަރުގަނޑުގައި ބާއްވާލުމަށްފަހު ކައިލް މަޑު މަޑުން އައިސް ބެލްކަންޏަށް ނިކުތެވެ. ވާރޭތިކިތައް މުޅިމީހާ ތެންމަމުން ދިޔަ އިރު ގައިން ވަރުދޫވެގެން ތިރިވާ ބީދައިން ކައިލް ބެލްކަނީގެ ތިރީގައި ކަކޫ ޖައްސާ އިށީނެވެ. އޭރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. މުޅި ހަޔާތުގައިވެސް އޭނާގެ މަންމަ ވަކިވި ފަހުން އެފަދަ ގޮތަކަށް އޭނާ ރުއި މީ ފުރަތަމަ ފަހަރެވެ.
*****

ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލިނަމަވެސް ކައިލް އަށް ނިދޭ ގޮތެއްނުވިއެވެ. ސިއްސަ ސިއްސައިގެން ގޮސް ލޯހުޅުވާލެވެނީ ރައިހާ އޭނާއަށް ގޮވާލާހެން ހީވެގެންނެވެ. ރައިހާގެ އެކި ހަނދާންތައް އޭނާގެ ސިކުނޑި ކަމުން ދާފަދައެވެ. އެތައް އިރަކު އެނދުގެ ދެފަރާތައް ފުރޮޅު ފުރޮޅި އޮތުމަށްފަހު ކައިލް ތެދުވިއެވެ. އަލަމާރިން ނެގި ޓީ ޝާޓެއް ގަޔަށް މަހާލަމުން އޭނާ ގެއިން ނިކުތީ ހޮސްޕިޓަލަށް މިސްރާބު ޖަހަމުންނެވެ .

ރައިހާ ބާއްވާފައި އޮތް ކޮޓަރިއަށް ކައިލް ވަތް އިރު އެތާ އިނީ އަހުމަދެވެ. ދަރިފުޅާ މެދު ފިކުރު ބޮޑުވެފައި އިންކަން އެމޫނުމަތިން ފެނެއެވެ. ކައިލް އައުމާއެކު އޭނާގެ ކޮނޑުގައި އަތްޖައްސާލަމުން އަހުމަދު ކޮޓަރިން ނިކުތީ ކައިލް އަށް ރައިހާ އާއެކު އެކަނި ވަޤުތު ކޮޅެއް ދިނުމަށެވެ.

ކައިލް އަށް ރައިހާ ކައިރި ހުއްޓުނު ތަނާ ފަހަތުން ދޮރުހުޅުވުނު އަޑަށް ބަލައިލިއެވެ. ހުދު ކުލައިގެ މާ ބޮނޑިއެއް ހިފައިގެން ހުރި ސަމަރް ފެނުމުން ކައިލްގެ ބޮމަ ގޮށްޖެހުނެވެ..

“އަހަރެން މިއައީ ރައިހާއަށް ގޮވާލަން..އޯކޭތަ އެތެރެއަށް ވަނަސް؟” ސަމަރް އެތެރެއަށް ވަންނަން ނުކެރި ހުރެ އަހާލިއެވެ. ކައިލް އޭނާގެ ނަފްސު ހަމަޔަކަށް އަޅުވާލަމުން ބޯ ޖަހާލިއެވެ.

ސަމަރް ރައިހާގެ އެނދުގެ އެއްފަރާތުގައި ހުރި ތިރި ކަބަޑު މަތީގައި މާބޮނޑި ބާއްވާލިއެވެ. އިރުކޮޅަކު ރައިހާއަށް ބަލަން ހުރި ސަމަރް ކައިލް އަށް ބަލައިލިއެވެ. އޭރު ކައިލްވެސް ހުރީ ރައިހާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ސަމަރް އާ ދިމާ ނުބަލަން ހިތުލައިގެން ހުރި މީހެއްފަދައެވެ.

“އަހަންނަށް ދެންވެސް ނެތްތަ ޗާންސެއް… ރައިހާ އަށް ދެން ނޭނގެ އެންނު ވާނެ…”

“ހުއްޓާލާ ސަމަރް!” ސަމަރް އަށް އޭނާގެ ވާހަކަތައް ހުއްޓާލަން މަޖުބޫރުވީ ކައިލް ރުޅިވެރިކަމާއެކު އަމުރު ކުރުމުންނެވެ.

“އަހަރެން ސަމަރް މިކޮޓަރިއަށް ވެއްދީ ރައިހާއަށް ގޮވާލަން އައީ ކަމަށް ބުނުމުން..އެކަމަކު ސަމަރް ދައްކަން ތިއައީ ތިވާހަކަ ކަމުގައިވަންޏާ މިތަނުން ނިކުމޭ..”ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ކައިލް ބުންޏެވެ.

“ރައިހާ އަށް ކޮންމެ ގޮތެއްވިޔަސް އަހަރެން އެހެން މީހެއް ފަހަތަކުން ނުދާނަން.. ސަމަރް އަށްވެސް އަހަރެން ކަމުދިޔައީ މިއަދު.. އެކީއްވެ..މިއަދު އަހަންނަކީ ނުކުޅެދުންތެރި ކަމަކުން އަރައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހުރި މީހަކަށްވީމަ.. އެކަމަކު އިއްޔެ ސަމަރް އަކަށްވެސް އަހަރެން ކަމަކު ނުދިޔަ..އަހަންނަކީ މޮޔަ އަކަށްވީމަ..ބޯ ހަމަ ނުޖެހޭތީ.. ތާކު ހުރި ކަޓު މީހަކަށް ވީމަ..”އެންޓި ސޯޝަލް” ކަމުން..” އަހަރެންގެ ހުރި ހުރިހާ އުނި ކަމަކާއެކުވެސް އަހަރެން ބަލައިގަތީ ރައިހާ.. އެފަދަ އަންހެންކުއްޖެއް އަހަންނަކަށް ދުވަހަކުވެސް ނުލިބޭނެ… އިތުރު މީހެއް ބޭނުމެއްވެސް ނޫން.. ސަމަރް އަށް ވެސް ރަނގަޅަކަށް އަހަރެން މިހެން މިބުނަނީ..އަހަރެން މަތިން ހަނދާން ނައްތާލާ.. ސަމަރް ދެކެ ލޯބިވާނެ ރަނގަޅު ފިރިހެނެން ލިބޭނެކަން އަހަންނަށް ޔަޤީން..އެފަދަ މީހަކާ އެކީ ދިރިއުޅުމެއްފަށާ..” ރުޅިވެރިކަމާއެކު ވާހަަކަދައްކަން ކައިލް ފެށިނަމަވެސް އެންމެ ފަހު ޖުމްލަތައް ބުނެލީ މަޑުމައިތިރިކަމާއެކު އެވެ. ސަމަރް އަށް ވިސްނައިދޭން މަސައްކަތް ކުރާފަދައިންނެވެ.

އިރުކޮޅަކު ކައިލް އަށް ބަލަން ހުރި ސަމަރް އޭނާއަށް ފަސްދީ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރިޔަސް ކައިލް ނުލިބޭނެކަން ވިސްނުނީކަން ނޭނގެއެވެ. އެހިތަށް ކިތަންމެ އަސަރު ކުރިޔަސް ކައިލް ބުނިހެން އެހިތުން ކައިލްގެ ނަން ފޮހެލަން މަސައްކަތް ކުރުންނޫން އިތުރު ގޮތެއް ނެތެވެ.

ސަމަރް ދިޔުމާއެކު ހަމަޖެހުމަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކައިލް އޭނާގެ މޫނުމަތީ އަތް ހިންގާލިއެވެ. އެއްވެސް ހަރަކާތެއް ނެތި އޮތް ރައިހާއަށް ބަލައިލަމުން އައިސް އެނދުގެ ކައިރީ ހުރި ގޮނޑީގައި ކައިލް އިށީނެވެ. ރައިހާގެ އައިވީ ގުޅާފައިވާ އަތުގައި ހިފަހައްޓާލައިގެން އިން އިރު ދެންމެ ދެންމެ ރައިހާ ތެދުވެގެން އޭނާއާ ވާހަކަ ދައްކަފާނެހެން ކައިލް އަށް ހީވިއެވެ.

“ރައި…ދެން ތެދުވޭ.. މިހާރު އޮވެވިއްޖެ އެންނު ވަރަށް ގިނަ އިރު..ދެން އިތުރަކަށް އަަހަންނަކަށް ކެތެެއް ނުވާނެ..ރައި ނެތިއްޔާ އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަ ވާނެ.. އައި ކާންޓް އީވެން ބްރީތް ވިތައުޓް ޔޫ..” ކައިލް އާދޭސް ކުރަމުން ދިޔަ އިރު އޭނާގެ އަޑު ކުރެހިތްޖެއެވެ. ނުރޯން ހިތްވަރު ކުރިޔަސް އެކަމެއްވެސް ނުވިއެވެ. ރައިހާ އެގޮތަށް ހަރަކާތެއް ނެތި އޮންނަތަން ފެންނަ ކޮންމެ ފަހަރަކު ހީވަނީ ހަތަރު ފާރު ކައިރިވެގެން އައިސް އޭނާ ފިއްތާލާހެންނެވެ. ނޭވާނުލެވި މީހާ ހާސްވެގެން މަރުވާހެން ހީވާހެންނެވެ.

ކައިލް އެތައް އިރަކު ރައިހާގެ ކައިރީ އނެވެ. އިރުކޮޅަކާ އެ އަތުގައި ހިފާލާ ނުވަތަ ކޯތާފަތުގައި ފިރުމާލައެވެ. ރޭގަނޑު ވުމުން ރަޔާޝް އައުމާއެކު ކައިލް ދިޔައީ މިސްކިތަށް ނަމާދު ކުރުމަށެވެ. ނަމާދު ނިންމާލުމަށްފަހުވެސް ކައިލް އެތައް އިރަކު ދުޢާ ކުރަން އިނެވެ. ރައިހާ އަނބުރާ އޭނާއަށް ދެއްވުން އެދި އެތައް ފަހަރަކު ވެރިރަސްކަލާނގެ ކިބަފުޅަށް އެދެވުނެވެ. ރައިހާ އާ ނުލާ އޭނާގެ ދިރިއުޅުން ކުރިއަށްނުދާނެކަން އެނގޭތީއެވެ.

މިސްކިތުން ފައިބަމުން ކައިލް އޭނާގެ ސައިލެންޓަށް ލައިފާ އޮތް ފޯނު ހުޅުވާލިއެވެ. އެޔާއެކު ރަޔާޝްގެ ފަރާތުން އެތައް ފަހަރަކު މިސްވެފައި ހުރި ކޯލުތައް ފެނުމުން ކައިލް ކަންބޮޑުވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެގެންނޫނީ އެގޮތައް ރަޔާޝް ނުގުޅާނެކަން އޭނާ އަށް ޔަޤީންވެ އެވެ.

ރަޔާޝްގެ އިތުރު ފޯނު ކޯލެއް އައީވެސް އެވަޤުތެވެ. އަވަސް އަވަހަށް ފޯނު ނަގާ ހަލޯ އޭ ބުނެލި އިރު ކައިލްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

“ކައިލް…ރައި…” ރަޔާޝްގެ ޖުމްލަ ފުރިހަމަ ނުވަނީސް ކައިލް މިދަނީ ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. އޭނާގެ ގައިގާ ފޯނުން އެޚަބަރު އަޑު އަހާނެ ހިތްވަރެއް ނެތެވެ. އެޚަބަރަކީ ހިތާމަވެރި ޚަބަރަކަށް ވެދާނެތީއެވެ. ކައިލްއަށް ހޮސްޕިޓަލާ ދިމާއަށް ދުއްވައިގަނެވުނެވެ. ހިތާއި ހިތުން ރައިހާ އޭނާ އާ ވަކިވެގެން ނުދިޔުމަށް ދުޢާކުރަމުންނެވެ.

-ނުނިމޭ-

88

Wonder

Writing is an art. And Art is a way of survival.

You may also like...

34 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Thank u soo much =). V ufaavejje dear ah mi part ehaa kamudhiyaeema. Ending liyumuge masaihkah mihaaruves kuramun midhanyy..In sha Allah v avahah kiyaalan libeyne..😘❤

 1. Alheyy Rai ah kihineyveee anyways mi part ves varah reethi waiting for the next part ☺️☺️

  1. Thank u soo much starlight vixx..v ufaavejje mi part kamudhiyaeema..Hingaa dhw rai ah dhn vaagotheh ves balamaaa.. Ending In sha Allah avahah submit kohleveythoa balaanan .😘❤

  1. Yes what Happened to raiha is so sad dhw🙁. ekam Sherher ah mi part ves kamudhiyaeema v ufaavejje hama.. Next part In sha Allah v avahah dear ah kiyaalan libeyne😘❤

 2. Salaam dear readers.. FINALLY!! 36th part of vaashey mashaa eky is out.. I know it took longer for this part to b uploaded..but as u read this part u would notice that it is actually longer compared to most of other parts..so it took me more time to write n submit it..n mean while it took some extra time for the admin to upload this part.. However,as always i hope u all will be satisfied with this part too..Hope to get lots of feedbacks from u all..N since there’s only one part remaining hope u all will wait for the ending.. Love u all😘😘❤❤

 3. Den kihenaiebaa vaaanee hethae thalhuvaalaa kahala hesaabakun agen nimunee mibaie. 🤔👍❤️. Raie hayohaaluga hurun unmeedhakeyy abadhu kaiel aie daragoe nuvun

 4. Alhey……. Rai ah kameh nukurahchey🥺🥺🥺🥺
  Anyway varah reethi mi part ves ……..
  Just love it…♥️♥️♥️

  1. Thank u soo much No one..hingaa dhw rai ah vaagotheh ves balamaa..v ufaavejje dear ah mi part ves kamudhiyaeema 😘❤

 5. Alhey rai ah dera gothen nahadaathi… Heyonuvaane plxxxxxx plxxxxxxxxxxxx rai and kai vaki nukuraathi.. Kail ekanyeh noon me Vx moyavaane hama… Plxxxxxx wonder rai maruviya nudeebala…….kail moya vedaane

  1. Alheyy ❤. Hingaa dhw dhn vaagotheh ves balamaa.. ahaha..dear anehkaa moya nuvahchey konme gothakah kanthah viyas.. let’s hope for the best dhw? 😘❤

 6. Dhoonigandaa kihinehvee lasvy. I miss you sooooooo much. Fudheyvarakah dhuvas fahun mi part ai iruves Wonder eba oiy e thankolhu foobahdhaafa vaahaka dhigukoh llaigen liyefa proud of you dear ❤️❤️❤️❤️❤️ ekam simple mistakes faahaga kohllevunu ingireysin bunangnaa grammar mistakes e eeee.N I understand ehenves vaanekan..
  Alhey haadha curious koshey thi ninmaaly 😀😀😀 ekam Aish ah hyvany Hama Rai hey eryhen. I know Wonder Rai ah dhera gotheh nahadhaanekan…… N this is habeys🥰🥰🥰🥰🥰🥰🥰 I love it❤️💖 Wonder thy makunudhoo kuhjjeh thr Hama ahaaly
  Lyssmmm
  Tc
  Stay safe
  Aish gein nuni Kun nathaa thin mas vy. Ekam mi vaahaka kiyaathy foohseh nuvey😂😂
  Comment kiyaa ninmaafa ai dhon nahchey dear😷🤧💜💙❤️🧡💛

 7. Hingaa dhw dhn vaagotheh balamaa Liyaa.. yes..egothah unmeedhu kuramaa hingaa dhw.. dhen vaane gothakaamedhu kiyuntherin bodah shauguveri kuruvan vegen aslu ehisaabun ninmaaleeves..😘❤

 8. Awwn I miss u too Aish.. Yes..fudheyvarakah lahun kan ingey wonder ah ves mi part mi las vee..Thank u soo much dear..n if u find a mistake let me know specifically ingey.. I’ll try to correct it for next time.. Hingaa dhe rai ah vaagotheh ves balamaa.. let’s hope for the best. No wonder mee erasheh nun dear.alhey..soo happy to know that this story was some help for u in this lock down..ahaha..okay midhanyy aih dhovelan ingey😂..u too wash hands regularly..stay safe n tvgc 😘❤

  1. Wonder ge mistake aky room ah dhivehin kiyaa nameh ovvaa ingireysi Nan beynun kurevifa inun Hama egothah ehen baheh vx in I don’t remember it know alun anehkkaa vaahaka kiyaalan jeheyny😕 dear ekahala aanmu bas thah ingireysi vefa huryma dhivehi vaahaka thakuga ehaa reehcheh noon Ethan kolhu rangalhu kollahchey

 9. Alheyy mi prt Vvv salhi💞🌹….. Fahun dho mi cmmnt kollevuny😩….. Assu skl wrk thakaa hedhi bxy kamun cmmnt nukollevuny🤧…… Btw abadhu vx ttn ah damun mi vhk nerefiyya dhekeveyny mi vhk ge vaa Gothaaa dhn oii prt gaa vaane lafaa kuramun dhaany frnd r eku😁…… Hama Vvv curious kon knme prt eh vx wonder ninmaalany😍🌻😘…… Mashallah Vvv thafaathu vhk eh myy♥️🎇….. Keep rocking🦋💎……UM CURIOUSLY WAITINGG FOR NXT BEAUTIFUL EPISODE❣️🥀…LYSSSSSMMMM💐♥️🌻
  WITH LOTS OF LOVE FROM SHAIIII💞❣️

  1. Thank u soo much Shaii.. it’s okayy..since school has reopened in new normal u all should focus on studies😊. Libey hus vaguthuga vaahaka kiyaaleema rangalhuvaane.. V ufaavejje dear ah mi part ves kamudhiyaeema.Next part In sha Allah v avahah submit kohleveythoa mibalany. Lym dear😘❤

  2. Thank u soo much Shaii.. it’s okayy..since school has reopened in new normal u all should focus on studies😊. Libey hus vaguthuga vaahaka kiyaaleema rangalhuvaane.. V ufaavejje dear ah mi part ves kamudhiyaeema.Next part In sha Allah v avahah submit kohleveythoa mibalany. Lym dear😘❤

 10. Varah💞💞Varah💞💞Varah💞💞Varah💞💞Varah💞💞reethi💞💞ma sha Allah💞💞 sifa kurun💞💞thah💞💞ves💞💞Hama💞💞Varah reethi💞💞curiously💞💞waiting💞💞waiting waiting💞💞for💞💞the💞💞next💞💞part 💯💯💯💯💯💯love you💯💯💯💯💯💯💯💯

  1. Thank u soo much Livy..v ufaavejje dear ah mi part ves ehaa kamudhiyaeema.. Sifa kurunthah kamudhiyaeema v ufaavejje.. Next part In sha Allah v avahah dear ah kiyaalan libeyne.lym dear😘❤

 11. ner ah rovijje mi part kiyaafa..😭🤧 rai maru vejje aa kai ah vure ner dhera vaane.. i lve love this part.. plxx rai maraa nulacheyyy… Masha Allah, ur soo good at writing… the readers can feel and see everything heppens 😍… but thankolhe las kanneyge up vi leh dhww wonder. y was it soo late for uploading this part?..
  anyways wht matters is, if rai is alive or not 🤧.. i love u sooo much wonder.. PLEASE AVAHA UP KOHLA CHEY INGEY.. dhn inny enemn lastl part thaa?

 12. مشاء الله😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️
  Mi part haadha loabi eyyy 💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖💯💖
  Wonder Ekam Kail rovvaathee Sher ah ves rovey viyya😭💔😭💔😭💔😭💔😭💔😭💔😭💔😭💔😭💔😭💔😭💔😭💔
  Wonder varah varah varah molhu vejje mihaaru 👍🤗👍🤗👍🤗👍🤗👍🤗👍🤗 Mihaaru hama hurihaa manzareh heevani aslah fenna hen💙💕💙💕💙💕 vaahaka thereyga ulheveyhen heevani🥀🥀🥀🥀🥀🥀🥀 Alhey next part kiyaa hiyvelaa eba🤩🤩🤩

  1. Thank u soo much sher.. Awwn.. it’s soo happy to know that i have improved.. thanks to all ur readers help.. Sher nurohcheyy ekam anehkaa..eyrun wonder dheravaane.. Let’s hope for the best dhw.. next part In sha Allah v avahah dear ah kiyaalan libeyne 😘❤

 13. Alheyy mi Varah Varah reethi ❤️❤️☺️ sifa kurun thah genas fa huri goih v Furihama 😊❤️❤️😳 can’t wait next part kiyaalan

  1. Thank u soo much Emilie..v ufaavejje dear ah mi part ves kamudhiyaeema.. sifakurunthah kamudhiyaeema adhi maa bodah hinhama jehihje. In sha Allah v avahah next part kiyaalan libeyne 😘❤

 14. Hi wonder. Mi part vx varah lwbi, Ma Sha Allah 😘😘😘😘😘😘😘 hama rovijje mi part kiyaa nimun iru 🥺🥺🥺🥺🥺 heevani loa kurimathy sifa vaa hen hama 💙💙💙💙💙💙💙💙 nd alhe Raiha ah dhera gothei nuhadhahchey 😢😢😢😢😢 Kail kihaa dhera vaane tha alhe 😭😭😭😭😭 btw when is next part? Curiouslyyyyy waiting for next part😊😊😊😊😊😊 Lysm

  1. Haaai Izabell.. Alheyy..ekam dear ehaa bodah nurohcheyy..eyrun wonder dheravaane.. v ufaavejje dear ah sifa kurunthah kamudhiyaeema..it makes me feel that i have improved.. hingaa dhw dhn rai ah vaagotheh balamaa.. n let’s hope for the best..Next part In sha Allah miadhu submit kureveythoa mibalanyy.. Hopefully v avahah kiyaalan libeyne dear ah..lym dear😘❤

 15. Alheyy Nerr. Dear anehkaa ehaa bodah nurohcheyy..eyrun wonder v dheravaane.. let’s hope for the best dhw. Thank u soo much for the compliment dear..v ufaavejje dear ah mi part ves kamudhiyaeema.. yes mi part las vee aslu dhigu koh liyan gina time negy wonder ah..yes..In sha Allah mi part avahah up kohla dheveythoa balaanan.. Yes..Dhn innaanyy ending which is the last part.. lym dear😘❤

 16. Maashaa Allah V v v v v v v v v v v Salhi.💖💖💖💖💖💖💖💖💖💖💖💖💖💖💖💖….Awwwwwwn soooooo soooooo emotional………😭😭😭😭😭 This part is very very nice……😍😍😍 And It’s soooooo long… I like it……. ☺️☺️☺️☺️☺️☺️☺️☺️☺️☺️It feels like watching a movie…. This story is one of my top five stories….. 👏👏👏👏👏👏👏👏👏👏👏👏LYM TC ❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜

  1. Awwn thank u soo much Blue bird.. v ufaavejje dear ah mi part ehaa kamudhiyaeema.. Yes this part is actually longer compared to most of the parts i have written..glad u liked it n so happy to know this store is one of ur top story.. lym n tvgc dear😘❤

 17. Mi part ves v reethi…❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯konirakuntha next part up kurany…kiyaahithun keiy madhuvera mihunany mihaaru…avahah up kohdhyba…. 🤗🤗🤗🤗🤗💙💙💙💜💜💜💜

Leave a Reply

Your email address will not be published.