ޒޯޔާއަށް އައިވިން ބުނި ވާހަކަ ފަޙުމް ވާގޮތެއް ނުވިއެވެ. އައިވިން އާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ އެފަދަ ގޮތަކަށެވެ. “އަހަރެން ޒޯޔާ އާއި ޒޯޔާގެ ދަރިފުޅު ބަލަހައްޓާނަން.. ތިދެމައިންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..” އައިވިންގެ ދެލޮލުންވެސް އޭނާގެ ބަހުގައިވާ އިތުބާރު ފާޅުވަމުން ދިޔައެވެ. އަމިއްލަ ހިތުގެ ހާލަތު ޒޯޔާގެ ކުރިމަތީ ސާފު ސީދާކޮށް ބަންޑުންކޮށް ނުކުޅެދުނު ނަމަވެސް އެހިތުގެ އެދުން އައިވިން ހާމަކުރެއެވެ. ޒޯޔާއާ މެދު ހިތުގައި އުފެދިފައިވާ އިޙްސާސްތައް ބުނަން އައިވިން ޖެހިލުންވަނީ ޒޯޔާގެ ހިތުގައި […]
“ޒަފަރް ހެޔޮ ނުވާނެ.. އަދިވެސް މާޒީގަ ވެދިޔަކަންތަކުގެ މައްޗަށް ތި ހިތް ސާފު ކުރާކަށް ނުވޭތަ..؟” ޒޯޔާގެ އަޑު ނިކުތީ އުނދަގުލުންނެވެ. “ދުވަހަކުވެސް.. ދުވަހަކުވެސް ނުވާނެ ތިކަމެއް.. އަހަރެން ދިރި ހުރިހާ ދުވަހަކު އެކަން ހަނދާނެއް ނުފިލާނެ.. އަހަންނަށް ލިބުނު ވޭނުގެ ބަދަލު ކަލެޔަށް ދޭނަން..” ޒަފަރްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. އޭނާގެ ކަޅު މާޒީ ލޮލު ކުރިމަތިން ސިފަ ވުމާއެކު އިތުރަަށް އޭނާގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. ކޮޓަރީގެ އެއްފަރާތަކަށް ޖެހިލާ ރީތިވާ މޭޒު […]
ކަށުކަމާކެމީގެ ކަންތައް ކުރިއަށް ދިޔަ އިރުވެސް ޒޯޔާ ހަމައަކަށް ނޭޅެއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. ނަޔާގެ ގައިގާ ލެނގިލައިގެން ހުރި އިރު ދޭތެރެއަކުން ޒޯޔާ ނޭފަތް ދަމާލައެވެ. ކަށު ނަމާދުގައި ޒޯޔާއާއި ނަޔާގެ އިތުރުން އައިވިން ވެސް ބައިވެރި ވިއެވެ. މަންމަގެ ފުރާނައަށް ރަޙްމަތް ލައްވާ ޖަންނަތުލް ފިރްދަޢުސް ދެއްވުން އެދި ޒޯޔާ ދުޢާކުރިއެވެ. އޭނާގެ ރުއިމުގެ ސަބަބުން އެމަންމަގެ ފުރާނައަށް ބުރަކަމެއް ލިބޭކަށް އޭނާ ނޭދެއެވެ. އެހެނަސް ދެން އެދެލޮލަށް […]
ސައިރެންގެ އަޑާއެކު ހޮސްޕިޓަލްގެ ތެރެއަށް އެމްބިއުލެންސް ވަދެގެން ދިޔައެވެ. ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމާއެކު ފަހަތު ދޮރު ހުޅުވާލުމަށްފަހު އެތެރޭގައި ތިބި މެޑިކަލް އޮފިސަރުން ވެގެން ސްޓްރެޗަރ އެއްގައި ސޯބިރާ ބޭރަށް ނެރުނެވެ. އެވަޤުތު ހޮސްޕިޓަލުގެ ތެރެއިން ނިކުން ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އަވަސް ފަރުވާދޭ ބަޔަށް ސޯބިރާ ގެންދިއުމުގެ މަސައްކަތް ވަޤުތުން ފެށިގެން ދިޔައެވެ. އެންބިއުލެންސްގައި އައި ވަޤުތު އައިވިން ނަޔާއަށް ގުޅުމަށްފަހު ވީގޮތް ކިޔައިދިނުމުން ނަޔާވެސް އައިސް ހުއްޓެވެ. ސޯބިރާގެ ދިރުމެއްނެތް މޫނު ފެނުމާއެކު ނަޔާގެ […]
“ޒޯޔާ މަންމަ ކީކޭތޯ ތިބުނުއްވީ..؟” އައިވިން ހުއްޓުން އަރާފައި އިނދެ ވާހަކަ ދެއްކިއެއެވެ. ސޯބިރާއަށް ޒަފަރްގެ އަނދިރިފަރާތް އިނގިފައި އޮވެދާނެ ކަމަކަށް އައިވިން ފަހަރެއްގައިވެސް އުންމީދެއް ނުކުރެއެވެ. “ޒަފަރް އާ ޒޯޔާ ކައިވެނި ކުރީ ލޯބިވެގެންނެއްނޫން.. އިތުރު ގޮތެއް ނެތިގެން.. މަންމައަށް އިނގޭ ޒޯޔާ އުޅެނީ އުފަލުގަ ނޫންކަން.. މަންމަގެ ކުރިމަތީގައި އެކަން ނުދެއްކިޔަސް މައިމީހާއަށް ދަރިފުޅު އޮޅޭނެތަ؟ އައިވިން.. މި މަންމައަށް ކަމެއް ކޮށްދެންޏާ ޒޯޔާއަށް އެހީވެވިދާނެތަ..؟ މި މަންމަ މިހުރީ މުސްކުޅިވެ އަސުރަށް އަޅާފަ.. […]
ޒަފަރް ލޯމަތިން ގޮސް އޮބާލަންދެން އައިވިން އަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު ޒަފަރްގެ ދުލުންބޭރުވި ކޮންމެ ލަފްޒެއް އައިވިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ބަލިކަށިކަމާއި އެއްވެސް ބާރެއް ނެތްކަން އައިވިން އަށް މިއަށްވުރެ ބޮޑަށް އިޙްސާސްވި ވަޤުތެއް ހަޔާތުގައިވެސް އައިސްފައި ނުވާނެކަން ޔަޤީނެވެ. ޒޯޔާއަށް އެހީވާނެ އަލި މަގެއް ފެންނަމުން ނުދާތީ އައިވިން އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އަންނަގޮތްވިއެވެ. އަމިއްލަ ނިކަމެތި ކަމުގެ މައްޗަށް ނަފްސު އަޑުލަމުން ދިޔައެވެ. ******* މަޑު ހިނގުމެއްގައި […]
އައިވިން ތިރިވެލަމުން އޭނާގެ އުނގުގައި އަވަސް އަވަހަށް ޒޯޔާ ބާއްވާލެވުނު އިރު އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ބިރުގަނެފައެވެ. އަވަސް ހަރަކާތާއެކު އައިވިން އޭނާގެ ބޮޑީގަރޑް އަށް ގުޅާލަމުން ހޮސްޕިޓަލަށް ދެވޭނެގޮތް ވީ އެންމެ އަވަހަކަށް ހެދުމަށް ބުނެލިއެވެ. އައިވިންގެ އަޑުގައިވާ ނުތަނަވަސް ކަމާއެކު އޭނާގެ ބޮޑީގަރޑް އެކަމަަށް އަވަސް ވެގަތެވެ. އިރުކޮޅެއްގެ ތެރޭގައި އެންބިއުލެންސް ގެ ކައިރީ މަޑުކޮށްލި އިރު އައިވިން ޒޯޔާ އަތްދަނޑި މައްޗަށް ލައިގެން ގެއިން ބޭރަށް ނިކުންނަނީއެވެ. އެންބިއުލެންސްގައި ތިބި މެޑިކަލް […]
“ތި ލިޔުމުގަ ތިއޮތީ އޭނާގެ ހުރިހާ މަޢުލޫމާތެއް.. ޔަޢުޤޫބް ކުރަންވީ ކަމަކީ އައިވިންގެ ފަތިފުށް ރަނގަޅަށް ހޯދާ ބަލަންވީ.. ނުހިއްލާ އެންމެ ގަލެއްވެސް ދޫކޮށްގެންނުވާނެ.. އޭނާގެ ފައިސާގެ މުޢާމަލާތްތަކާ މިލްކިއްޔާތު ރަނގަޅަށް ބަލާތި.. ރައްޔިތުންގެ ކުރިމަތީ އޭނާ ފަޟީހަތްކޮށްލުމަކީ މާއުނދަގޫ ކަމަކަށްނުވާނެ..” ޒަފަރް ކަންތައްކުރަންވީ ގޮތުގެ ފުރިހަމަ އިރުޝާދު ޔަޢުޤޫބަށް ދިނެވެ. ****** ރޭގަނޑު ބެލްކަނީގައި ހުއްޓިލައިގެން ހުރި އައިވިން އަށް ބަލަހައްޓައިގެން ހުރެވުނީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ. ޒަފަރް ގޭގައި ނޫޅޭކަން ޔަޤީންކޮށްފައި އައިވިން ޒޯޔާގެ […]
ބެލްކަނި ނުފެންނާނެހެން އަވަސް އަވަހަށް ފާރާ ނިވާވެލި އައިވިންގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ޒަފަރް އައުމުން ޒޯޔާއަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ މިފަދަ ވަޤުތެއްގައި ޒޯޔާ ދޫކޮށްލާފައި އޭނާ ފުރައިގެން ދާންވީހެއްޔެވެ؟ އައިވިން އަވަސް އަވަހަށް އޭނާގެ ފަޓުލޫނުގެ ޖީބުގައި އަތް ޖައްސާލުމަށްފަހު ފޯނު ނެގިއެވެ. ދެވަނަ ވިސްނުމެއްނެތި ނަންބަރުތަކަށް ފިއްތާލުމަށްފަހު އައިވިން މީހަކާ ގުޅާލިއެވެ. “ހަލޯ.. ފުރަން ހަމަޖެެއްސި ޓިކެޓް ކެންސަލް ކުރޭ… ދުވަސްކޮޅަކު އަދި މިރަށުގައި މަޑުކޮށްލަން އަހަރެން ބޭނުން.. ދެން ހުރި ކަންތައްތައް އަހަރެން […]