ޒޯޔާގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށީ އެވަޤުތުއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ޒޯޔާ ހާސްވިއެވެ. އަވަސް ހަރަކާތާއެކު ފޯނު ރިންގް އޮފް ކޮށްލުމަށްފަހު ހިޝްމާ ކައިރީ ދަނީކަމުގައި ބުނެ ހިނގުން ބާރު ކޮށްލިއެވެ.
******
ކާރުގެ އޭގެ މަންޒިލަށް އާދެވުމާއެކު ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލުމަށްފަހު އައިވިންގެ ބޮޑީ ގާރޑް ފޭބިއެވެ. އަދި އަދަބުވެރިކަމާއެކު އައިވިން ފޭބުމަށްޓަކައި ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދިނެވެ.
ކާރުން ފޭބުމަށްފަހު ލައިގެން ހުރި ކޯޓު ރީތި ކޮށްލަމުން ކުރިމަތިން ފެންނަން ހުރި ގެސްޓް ހައުސް އަށް އައިވިން
އިސްއުފުލާ ބަލާލިއެވެ. ގިނަ އަދަދަކަށް އެކި ކަހަލައިގެ ލަކުޑި ބޭނުންކޮށްގެން ވަރަށް ރީއްޗަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ގެސްޓް ހައުސްގެ މަތީގައި “ފްލެކްސް ގެސްޓް ހައުސް” ޖަހާފައި އިނުމުން ތަނުގެ ވެެރިފަރާތަކީ ކޮބައިކަން އިނގޭކަށް އައިވިން އަކަށް އުނދަގުލެއްނުވިއެވެ.
“އައިވިން” ފަހަތުން އޭނާގެ ނަން އިވުމާއެކު އައިވިން ފަހަތަށް އެނބުރި ބަލާލިއެވެ. ދަތްތައް ފެންނަ ވަރަަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން ހުރީ އައިވިން އަށް އާ މޫނެއް ނޫނެވެ.
“ވަރަށް އުފާކޮށްފިން މިރަށުން ބައްދަލުވީމަ..” ސަލާމަށް އަތް ދިއްކޮށްލަމުން ޒަފަރް ބުނެލިއެވެ. އައިވިން ވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކުރުމަށްފަހު ސަލާމް ބަލައިގަތެވެ. ޒަފަރް އަކީ މުޅި ރާއްޖޭގައިވެސް އެއްވަނައިގާ ނަންގުނާލެވޭނެ ވިޔަފާރި ވެރިއެކެވެ. “ފްލެކްސް ކޮމްޕެނީ”ގެ ނަމުގައި އޭނާ ހިންގާ ފިހާރަތަކާއި ގެސްޓް ހައުސްތައް ނެތް ހިސާބެއް ރާއްޖޭގައި މަދުވާނެއެވެ.
ދުވަމުންކަހަލަ ގޮތަކަަށް ގެޔަށް އައި ޒޯޔާ އަށް ހުއްޓެވުނީ ސީދާ ޒަފަރް އާއި އައިވިންގެ ކުރިމައްޗަށެވެ. ޒަފަރްގެ ނަޒަރު އޭނާއަށް އަމާޒުވުމާއެކު ޒޯޔާ އަށް އަވަސް އަވަހަށް އިސްޖަހާލެވުނެވެ.
ކުޑަހިނދުކޮޅަކަށް ޒަފަރްގެ މޫނުމަތިން ފެނިގެންދިޔަ ހިތްހަމަނުޖެހުމުގެ އަސަރުތައް އަވަސް އަވަހަށް ފޮރުވާލަމުން އަނެއްކާވެސް އެތުންފަތައް ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވިއެވެ.
“މިއީ އަޅުގަނޑުގެ އަންހެނުން ޒޯޔާ..ޒޯޔާ މިއީ ގަލޮޅު ދާއިރާގެ އިއްޒަތްތެރި މެންބަރު އައިވިން.. ” ޒަފަރް ޒޯޔާ އަށާއި އައިވިންއަށް އެކަކު އަނެކެއް ތަޢާރަފް ކޮށްދިނެވެ. އެއްވެސް ޝައުޤުވެރިކަމެއް ނެތްފަދައިން ފަރުވާކުޑަ ކަމާއެކު އައިވިން ޒޯޔާއަށް ބަލާލަމުން ސަލާމަށް އަތްދިއްކޮށްލީ އިތުރު ގޮތެއް ނެތިފައި ހުރިމީހެއްހެންނެވެ. ޒޯޔާ ވެސް ނުކެރި ހުރެ އައިވިންގެ އަތުގައި އަތްޖައްސާލިކެއްލެތް އަވަހަށް އަތްތިރިކޮށްލިއެވެ.
“އަޅުގަނޑުގެ އަމިއްލަ މެހެމާންދާރީ ނާރުވާ ގެސްޓް ހައުސް އަށް ފޮނުވާލާކަށް ބޭނުމެއްނޫން..ވަޑައިގަންނަވަންވީނޫންތޯ އަޅުގަނޑުމެންގެ ގެޔަށް..” ގެސްޓް ހައުސް އާއި ޖެހިގެން ހުރި ގެޔަށް އިޝާރާތްކޮށްލަމުން ޒަފަރް ބުނެލިއެވެ. ގެސްޓް ހައުސް އާއި އެގެ ވަކި ކުރަން އެއްވެސް ކަހަލަ ފާރެއް ރާނާފައެއްނުވެއެވެ. އޭގެ ބަދަލުގައި ދެތަން ވަކިކުރުމަށް ވަނީ އެއްވަރަކަށް ބަގީޗާގަސްތައް ހައްދާފައެވެ. ގަސްތަކުގެ ތެރެއިންވާ ހިމަ ހިމަ ޖާގައިން ގޭގެ ދޮރުމަތި ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ.
ދެކޮޅުހެދުމެއްނެތި ޒަފަރް އާއި އެއްހަމައެއްގައި އައިވިން ހިނގައިގަތެވެ. އޭނާގެ ފަހަތުން ޒޯޔާ ހިނގައިގަތް އިރު އޭނާގެ ކައިރީ ހުރި ޖާނުންވަރުގަދަ އައިވިންގެ ބޮޑީގާރޑް ފެނިވެސް ޒޯޔާ ހުރީ ބިރުންނެވެ.
“ޒޯޔާ..ދޭބަލަ ފިނިބުއިމެއް ގެންނަން..” ގޭދޮށުގައި ހުރި ޖޯލިފަތީގައި އިށީންނަމުން ޒަފަރް ބުނެލިއެވެ. އެ އަޑުގައި ހުރި އަމުރުވެެރިކަން ކޮންމެވެސް ވަރަކަށް އައިވިން އަށްވެސް ނަގައިގަނެވުނެވެ. އެހެނަސް އެކަމަކަށް މާބޮޑު ފަރުވާލެއް އޭނާ ނުދެއެވެ.
ދެން ޒަފަރް ފެށީ ސިޔާސީ ދާއިރާގެ އެކި ވާހަކަތެކެވެ. ސަރުކާރާއި ޕާޓީ ތަކުގެ ވާހަކައެވެ. އައިވިން ނިސްބަތްވާ ސަރުކާރު ހިންގާ ޕާޓީއަކީ ޒަފަރްގެ ވެސް ނުފޫޒު އެހާމެ ބޮޑު ޕާޓީއެކެވެ. ކުރުކޮށް ބުނާނަމަ އޭނާއަކީ ޕާޓީގެ ފައިސާ ފަންޑެވެ. ޕާޓީގެ އެންމެހާ ބޭނުންތަކަށް ފައިސާ ޚަރަދުކުރަނީ ޒަފަރް އެވެ. އޭގެ ބަދަލުގައި އޭނާވެގެން ގޮސްފައިވަނީ ސިޔާސީ ބޮޑެތި ބޭފުޅުންނާއި އިއްޒަތްތެރިންގެ އަރިސްމީހަކަަށެވެ.
ހިނދުކޮޅެއްގެ ތެރޭގައި ތަބަކަކަށް ޖޫސްތަށި ތަކެއް ލައިގެން މަޑު ހިނގުމެއްގައި ޒޯޔާ އަންނަތަން އައިވިންގެ ލޮލުގައި އަޅައިގަތެވެ. ފުރަތަމަ ފަހަރަށް ފަރުވާތެރިކަމާއެކު އެ އަންހެންކުއްޖާއަށް އައިވިން ބަލާލިއެވެ.
އާދައިގެ އިސްކޮޅެއްގެ އަންހެންކުއްޖެކެވެ. އެއްވެސް ހާއްސަ ކަމެއްނުވާ ސާދާ މޫނެކެވެ. ލައިގެންހުރި ދޫ އަރިފެޅީގެ ބޭރުން ދިއްވެފައިވާ ބަނޑު ފެނުމުން ޒޯޔާ ބަނޑުބޮޑުކަން އޭނާ އަށް އެނގުނެވެ. އައިވިންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތަރުތީބެއްނެތި ކޮނޑާ ހަމައަށް ކޮށާ ލެވިފައިވާ ޒޯޔާގެ އިސްތަށިގަނޑވެ. އެހިނދު އައިވިންގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ރަށްފުށު “ކަޓު” ގޮތްގަނޑު ހަރުލާފައިވާ އަންހެންކުއްޖެއްތާއޭ އައިވިންގެ ހިތައް އެރިއެވެ. އެހެނަސް އޭނާއަށް ނުވިސްނުނީ އެންމެކަމެކެވެ. ޒަފަރް ފަދަ މީހަކު އެހާ ސާދާ އަންހެންކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ސަބަބެކެވެ. ބަލާބެލުމަށް ޒޯޔާގެ ގައިގާ ޒަފަރްއަށް ކަމުދާނޭފަދަ އެއްވެސް ސިފައެއްނުވިއެވެ. ޒަފަރް އަކީ ރީތި އަންހެންކުދިންނަށް ކިހާ ދޯޅަ މީހެއްކަން އޭނާ އަށް އެނގެއެވެ. އުމުރުގެ ގޮތުން ޒަފަރް ދޮށީ ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި ގިނަ ޒުވާން އަންހެންކުދިން ތިބޭނީ އޭނާގެ ދާންމަތި ފަޅުފިލުވާލަދޭން އެދި އެދިކަން ޔަޤީނެވެ.
ޒޯޔާ ޖޫސްތަށި ދިއްކޮށްލި ވަޤުތު އައިވިން ސީދާ ޒޯޔާގެ ލޮލަށް ބަލައިލިއެވެ. ކުޑަ ކުޑަ ލޮލެކެވެ. ވިދުމެއްނުވާ ކަޅިރަވައެކެވެ. އިސްޖަހާލުމުން ލޮލަށް ހިޔާއަޅާނޭފަދަ ފަދަ ދިގު އެސްފިޔަތަކެއް ނުވެއެވެ. ޒަފަރްގެ ހޮވުމާމެދު އެހިތުގައި ހައްތަހާ ސުވާލު އުފެދިގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Mi part ves varah reethi Maasha Allah ?????????????????????????????? Kon irakun next part???
❤️???❤️???❤️???❤️??❤️??????❤️?????❤️?
stay safe?
Thank u soo much sher.. next part liye ninmaafa innaany.. stories thah upload vaairakun kiyaalan libeyne In sha Allah. U too stay safe dear?❤
Ahaaaa wonder ge vaahaka eh tha Mee….. Nuves ingey Aish akah. Kihineh thr dhoonigandu haalu. Aish kiyaalaafa comment eh kohllaanan ingey
????Myssssssmmmmm
?❤️????Lysssmmmm
Ohhhh kiyaa levihjje. Alheyy mihaa dhuvas kohffa dhimaa vaairu Varah vaahaka hunnaane dhw dhahkkan. Kihineh thr life wonder ge. Haalu kihineh thr. Kaigen boegen thr thi ulheny. N mee
?hama kuryge Aish ngey Kuda koh nan modifie vefa dhw E iny
Masha Allah mi dhuvahakah Aish inthizaaru kuraathaa kon dhuvaheh. Ekam maa dhigu inthizaareh kuraakah vx nujehunu thaa dhw. N hama Hee kuri Varah vure vx avahah wonder ge new story eh
☺️☺️☺️☺️kiyaalan mi libuny. I missed u a lot Midhiya dhuvas thakuga
N Aslu mi vaahaka fenunu mi buny first episode fenuney. Ekam miadhu mi reykaalee wonder ge
vaahaka eh kan. As usual hama v habeys feshumeh. Vvvvvv reethi. Mi Vareh nei. Thigothu gai
kuriah. ISA Aish ge full support libeyne
????N keehvvebaa dhw zafar zoya aa Marry kury
Tc
Pls Stay home and be safe
??????????????????❣️❣️❣️Lysssmmmmmmmmm
?????????????????????Myssssssmmmmmmmmm
Awwn such a big big comment..so happy u liked this part.. n v ufaavejje dear ge full support libeyne kan ingunyma.. i saw Aish wonder ge story vaashey mashaa eky ah v fahun kohfa in comment eh.. actually that comment motivated me to start a new story this soon..thank u soo much for that.. ahaha..yes wonder hama baraabarah kaigen miulhenyy..Aish ves kahchey ingey rangalhah.. dear ge comment fenunyma ves wonder ah inginjje thee e Aish kan?. Let’s see dhw keehvegen kan.. story ge kuriah huri baithakun ingigen dhaane.. u too b safe dear..lym?❤
??Finally my comments got published dhw
Ya dhww.. finally!!??
Alheyy Aish..soo happy to c a comment from u..wonder hama v baraabaru.. Al’hamdhulillah.. how r u dear? Ahaha..ehenves vedhaane.. dhn ingeyne ennu dhw wonder ge story ehkan. I miss too u n lym dear?❤
Hama v habeys Al hamdhu li Allah… Haha yes Hama kan baraabarah
Mi part ves Varah Varah Varah Varah Varah Varah Varah Varah Varah Varah Varah reethi maa sha Allah ❤️❤️❤️❤️❤️❤️❤️?????????? curiously waiting waiting for the next part ?✨?✨? love you wonder ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u soo much livy.. Next part already liyefa innaany..In sha Allah dear ah v avahah kiyaalan libeyne.. lym livy?❤
wowww.. love it.. haadha salhi eyy mi part vxx.. hama wow wow.. ?
masha Allah
im waiting for the next part!!?
ur incredible, wonder
take care of yourself ?
sarangae ?
Thank u soo much ner.. v ufaavejje dear ah mi part ves kamudhiyaeema.. Next part In sha Allah v avahah kiyaalan libeyne.. u too take care of ur self dear.. nado sarangae?❤