ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި އައި ލޯންޗު ވިލު ނޫކުލައިގެ ފަޅުން އެތެރެވެގެން އައިސް ރަށެއްގެ ފާލަން ދޮށަށް މަޑުކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޯންޗުގެ ތެރެއިން ތޮށިގަނޑު މައްޗަށް ފޭބީ އިސްކޮޅުން ދިގު ޒުވާނެކެވެ. ތޮށިގަނޑު މައްޗަށް ފައި އެޅުމާއެކު އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. ލައިގެން ހުރި ކޯޓުފަޓުލޫނާއި އަތުގައި އޮތް ގަޑިއާއި އަރައިގެން ހުރި ބޫޓަށް ބަލައިލިޔަސް އެޒުވާނާގެ ފަރާތުން ފެންނަނީ ޝާހީ ކަމެވެ. ލޮލުގައި އަޅައިފާވާ ރޭބަން އައިނު ހިއްލާލަމުން އޭނާގެ އިސްތިޤްބާލުގައި ބަނދަރު ދޮށަށް އެއްވެ ތިބި ރަށުގެ އިސްވެރިންނަށް ބަލައިލަމުން އެތުންފަތައް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭރު އެޒުވާނާގެ ގާތުގައި ހަށިގަނޑުން ބިޔަ ފިރިހެނެއް ހުއްޓިލައިގެން ހުއްޓެވެ. ހެދުން އެޅުމުގެ ވައްޓަފާޅިންނާއި ކަންފަތައް ޖަހާފައިވާ ސްޕީކާރ އިން ވާހަކަ ދައްކަމުން ދިޔަގޮތުން އެއީ އެޒުވާނާގެ ބޮޑީގަރޑްކަން އިނގޭވަރުވެއެވެ.
ރަށުގެ އިސްވެރިންނާ ސަލާމް ކުރުމަށްފަހު އެމީހުންނާ އެކު އެޒުވާނާވެސް ހިނގައިގަތެވެ. އިރުކޮޅުކޮޅާ ޖީބުން ސިލްކް ފޮތިން ފަރުމާކޮށްފައިވާ ރުމައެއް ނަގާ އެޒުވާނާ މޫނު ފޮހެލައެވެ.
“އަޅުގަނޑުމެން ވަރަށް އުފާކޮށްފިން މިފަދަ ދަޢުވަތެއް ޤަބޫލުކޮށް މިރަށަށް ވަޑައިގެންނެވީތީ.. އައިވިން ފަދަ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު މިފަދަ ވޯކްޝޮޕެއްގައި ބައިވެެރި ވަޑައިގެންނެވުމަކީ މުޅި މި އަތޮޅަށް ލިބޭ ފަޚުރެއް..” ރަށުގެ ކައުންސިލް އިދާރާގެ ރައީސް އިސްވެ އައިވިން އާ ވާހަކަ ދެއްކިއެވެ.
“މިފަދަ ފުރުސަތެއް އަޅުގަނޑަށް ދެއްވީތީ ވަރަށް އުފާވެއްޖެ..” ވަމުންދިޔަ އުނދަގޫތައް ފޮރުވާލަމުން އައިވިން އޭނާގެ ތުންފަތައް ފިރިހެންވަންތަ ހިނިތުންވުމެއް ވެރިކުރުވިއެވެ. ހަޤީޤަތުގައި އޭނާއަށް ރަށްފުށުގެ ދިރިއުޅުމަކީ އެއްވެސް ވަރަކަށް ކަމުދާ ދިރިއުޅުމެއް ނޫނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެއީ “ނާތަހުޒީބު” ދިރިއުޅުމެކެވެ. އޭނާއަަށް ވެގެން ވަންޏާ ދުވަހަކުވެސް ރާއްޖެތެރެ އަކަށް ނައީހެވެ. އެހެނަސް ހިތި ހަޤީޤަތަކީ އޭނާ އަކީ މުޅި ރާއްޖެ ދަންނަ ކެމެރާ ތަކުގެ ސްކްރީން އަމާޒުވެފައިވާ މޫނެއްކަމެވެ. ރައްޔިތުން އޭނާއަށް ކުރާ ޤަދަރާއި އިޙްތިރާމް އޭނާ ހިފަހައްޓާނެއެވެ. އެއީ އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިންމު ކަމެކެވެ. ދިރިއުޅުމުގައި ވަކި އުސޫލުތަކެއްގައި އޭނާ ހިފަހައްޓަނީ އެހެންވެއެވެ. ރިޝްވަތާއި ކޮރަޕްޝަނަކީ އޭނާ މާ ގަޔާވާކަންތަކެއް ނޫނެވެ. ގަޑިއަށް ފަރުވާތެރިވުމާ ކުރާ ކޮންމެ މަސައްކަތެއްގައި ގެންގުޅޭ ސީރިއަސްކަމަކީ މުޖުތަމަޢު އައިވިން ބަލައިގަންނަ އެއްސަބަބެވެ. އެހެންކަމުން އޭނާގެ އަމިއްލަ ޤަދަރައްޓަކައި އެވަނީ ރަށުގެ ދިރިއުޅުމަށް ފައި އަޅާފައެވެ. ކިތަންމެ ބޭނުންނުވިޔަސް މެއެވެ.
*********
“ދަރިފުޅާ.. ތިއަތްވެސް ވާޅުވާނެެެއެންނު… ކޮންމެ ދުވަހަކު ގަޑި އިރެއްހާއިރު ވަންދެން ތި އިންނަނީ މަންމަގެ ފައި މޮޑެދެން.. ތިވަރު ނުކުރިޔަސް މަންމައަަށް ފުދެއޭ.. ދަރިފުޅު ތިހާލުގައި އިނދެގެން އަރާމު ނުކޮށް ކޮންމެ ދުވަހަކު ކީއްކުރަން މަންމަ ކައިރިއަށް ތި އަންނަނީ..” ސޯބިރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޒޯޔާ އާއެވެ. އެޅިގަލުން ރޭނި ގޮތަށް ސިމެންތި ޖެހުމެއްނެތި ހުރި ގޭގެ ފެންޑާގައި ބެހެއްޓިފައި ހުރި ފަށްޖެހެނދުގައި ސޯބިރާ އޮށޯވެގެން އޮތް އިރު ފައިލާ ކޮޅުގައި ޒޯޔާ އިށީނދެގެން އިނދެ އޭނާގެ ބަލި މަންމަގެ ފައި މޮޑެދެމުން ދިޔައެވެ. ތަނަށް ވެރިވެފައިވާ ދިވެހި ބޭހުގެ ވަހުން ހީވަނީ ފައިމޮޑެމުން އެދަނީ ބޭހެއް ހޭކުމަށްފަހު ހެންނެވެ.
“މަންމަ އަހަރެން އަންނަ ކޮންމެ ދުވަހަކު ހީވަނީ ފޮނުވާނުލެވިގެން އުޅޭހެން.. އަހަންނަށް ބޮޑު ކަމަކަށްނުވެއޭ މިކަން ކޮށްދޭކަށް..މަންމަ އަހަންނަށް ކޮށްދީފައި ހުރި ކަންތަކަށް ބަލާއިރު މީ އަދި ކުޑަ ކުޑަ ކަމެއް..” ސޯބިރާގެ ވާހަކަތަކަށް ރައްދު ދެމުން ޒޯޔާ ބުނެލިއެވެ. އެ އަޑުގައި އަބަދުވެސް ހުންނަ އުފާވެރިކަމާއި ޖޯޝު ފަނޑުވުމެއް ނެތި ބެހެއްޓޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އެތެރެ ފުށުން އޭނާގެ މުޅި ޖިސްމު ކުދި ކުދިވެގެން ދިޔަޔަސް އެކަން އޭނާގެ ލޯބިވާ މަންމައަށް އެނގޭކަށް އޭނާ ނޭދެއެވެ.
“މަންމައަަށް ދަރިފުޅަށް ކޮށްދެވުނީ ކޮންކަމެއް.. ދަރިފުޅުގެ މަޖުބޫރީ މަންމައަަށް އިނގޭ.. މަންމަ ކައިރީ ދަރިފުޅު ޝަކުވާ ނުކުރިޔަސް..” އުނދަގޫ ގޮތަކަށް ތެދުވެ ފަށްޖެހެނދުގައި އިށީންނަމުން ސޯބިރާ ޒޯޔާގެ ދެއަތުގައި ހިފާލިއެވެ.
މަންމަ އެދައްކަނީ ކޮންވާހަކައެއްކަން އެނގުމުން ޒޯޔާ ހުއްޓުން އަރާގޮތްވިއެވެ. ދެލޮލުން ވޭނީ ކަރުނަތައް އޮހިގަންނަން ތައްޔާރުވެފައި ވާފަދައެވެ. ތިރީ ތުންފަތުގައި ޒޯޔާ ދަތް އަޅާ ބާރުކޮށްލީ އަމިއްލަ ނަފްސު އޭނާގެ އަތުން ދޫވިޔަ ނުދިނުމަަށެވެ.
“މަންމަ މިހާރު ތިދައްކަނީ ކޮންވާހަކައެއް.. އަހަރެން މިހުރީ އުފަލުންނޭ.. ގަބޫލު ކޮށްބަލަ މަންމާ..” ކަރުނަތައް ހިންދާލަމުން ޒޯޔާ އަވަސް އަވަހަށް ހިނިތުންވެލިއެވެ. މިވީހާ ދުވަހުވެސް އޭނާ ހިތާމަތަކަށް ކެތްކުރީއެވެ. ދެންވެސް އެހުރިހާ ހިތާމަޔަކަށް އޭނާ ކެތްތެެރިވާނެއެވެ.
*****
ކާރުގެ ފަހަތު ސީޓުގައި ކަނދުރާ ލައްކޮށްލައިގެން އޮތް އައިވިންގެ ދެލޯ ވަނީ މެރިފައެވެ. ރަށު އޮފީސް ބަނދަރާ ކިތަންމެ ކައިރިވީ ނަމަވެސް އެވަޤުތު ކޮޅުވެސް އަވީގައި ހިނގާފައި ދާންޖެހުމުން އޭނާއަށްވީ ބޮޑު ކަމަކަށެވެ. އޮފީހުގައި އޮތް ބައްދަލުވުން ނިންމާލުމަށްފަހު އޭނާ ހުރުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް އަށް ކާރުގައި އަންނަން ލިބުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ކާރު ތެރޭގައި އޭސީގެ ފިނިކަން ހިފާލާފައިވާއިރު ސިކުނޑިއަށް ލިބިފައިވާ ބަރުކަން ލުއިވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
ކުއްލިއަކަށް ފޯނު ވައިބްރޭޓްވީ އަޑަށް އައިވިން އޭނާގެ ދެލޯ ހުޅުވާލިއެވެ. ފޯނު ހުޅުވާލި އިރު ނޮޓިފިކޭޝަން ބަރ އިން ފޯނަށް އައިސްފައިވާ މެސެޖު ފެންނަން އިނެވެ. މެސެޖުގައިވަނީ “އައި މިސް ޔޫ އޯލްރެޑީ” ޖެހުމަށްފަހު ސޭޑް ފޭސް އިމޯޖީ އެއް ޖަހާފައެވެ. މެސެޖު ކިޔާލުމަށްފަހު އައިވިން ނޮޓިފިކޭޝަން ދުއްވާލުމަށްފަހު ފޯނު އޭނާގެ ޖީބަށް ކޮށްޕާލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިވިން އަނެއްކާވެސް ދެލޯ މަރާލަމުން ސީޓުގައި ލެނގިލިއެވެ.
******
“ޒޯޔާ..މަންމަ މެން ގެއިން ދޯ ތިއަންނަނީ..” ސޯބިރާގެ ފައިގާ ތެޔޮ ދަމައިދިނުމަށްފަހު އެގެއިން ނިކުމެގެން އައި ޒޯޔާއަށް މަގުމަތިން ދިޔަ އޭނާގެ މަންމަގެ ރަޙުމަތްތެރި ހިޝްމާ ގޮވާލިއެވެ. ޒޯޔާވެސް ހިޝްމާގެ ކައިރިއަށް މަޑު ޖެހިލަމުން ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ.
“ދައްތަވެސް ހެނދުނު އޮފީހަށް ދިޔަގޮތަށް އަދި ގެޔަށް މިދެވެނީ.. މިރަށުގަ އެބަ އުޅެއެންނު އަތޮޅު ފެންވަރުގެ ބޮޑު ވޯކްޝޮޕެއް ބާއްވަން.. އެކި ރަށްރަށުން ބައިވަރު މެހެމާނުން އައިސްގެން އުޅެނީ..މިއަދު މެންދުރު އައި މާލެ މަޖިލިސް މެންބަރެއްވެސް..” ހިޝްމާ ރަށު ފެންވަރުގެ އެންމެ ހޫނު ޚަބަރު ފޮނުވާ ޓީވީ ޗެނަލް އަކާ ތަފާތެއްނެތެވެ. އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ ހިޝްމާ އަކީ ހީވާގި އަންހެނެކެވެ. ހިޝްމާގެ ވާހަކަ ތަކަށް މާބޮޑު ޝައުޤެއްނެތް ގޮތަކަށް ޒޯޔާ އެހެންހޭ ބުނެލިއެވެ.
“ކޮންނަމެއްތަ އޭނައަށް ކިޔަނީ.. އާން..އައިވިން ކިޔަނީ.. އެއީ މިފަހަރު ގަލޮޅު ދާއިރާގެ މަޖިލިސް މެންބަރެންނު.. އަދި މިފަހަރު މަޖިލީހުގަ ހުރި އެންމެ ޒުވާން މެންބަރޯ ކިޔާއަަޑު ދައްތަ އެހިން.. މިއަދު ދައްތަވެސް މިދެކުނީ.. މަޖިލިސް މެންބަރަކަށް ވުން އެކަންޏެއް ނޫނޭ..ސިފަވެސް އެހާ ރީތި..ދައްތަގެ ދަރިއަކަށް އެސޮރު ކަހަލަ މީހަކު ލިބޭނެ ނަމަ ކޮންފަދަ.. އެކަމަކު ދައްތަމެން ކަހަލަ އާދައިގެ އާއިލާ އަކުން އައިސް ހުރި ކުއްޖަކަށް އެމީހުން ނުވެސް ބަލާލާނެ… ޒޯޔާ ކިހާ ނަސީބިގަދަ އެކޮއެ.. ރާއްޖޭގަ ހުރި އެންމެ މުއްސަނދި އެކަކު ވިއްޔަ ތި އަތުއަޅުވާލީ..” ހިޝްމާ ބުނެލިއެވެ.
ޒޯޔާއަށް އޭނާގެ ދެލޯ މަރާލެވުނެވެ. ހިޝްމާވެސް އޭނާގެ ހާލަތާ މެދު މަލާމާތްކުރަނީކަން ޔަޤީނެވެ. އޭނާއަށް ލިބިފައި އެވަނީ ނަސީބު ކަމުގައިވަނީނަމަ އެފަދަ ނަސީބެއް އިތުރިފަރާތަކަަށް ނުލިބޭތޯ އޭނާ ދުޢާކުރާނެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Salaam dear readers.. Finally we meet again after sometime.. This is my second story for this site after my first story vaashey mashaa eky.. I hope I’ll be able to get a lot of support for this story as well.. In sha Allah vaahakaige kuriah huri baithakaa eky v avahah bahdhalu kohlaanan..have a safe day n enjoy reading..n let me know what u guys think about the beginning ?❤❤
Vrh reethi furathama bai???? dhn inna bayah vrh inthizaaru kurevey????
Yay Wonder ge aa vaahaka eh?????????????????????????????????
1st part ves hama varah varah loabi مشاء الله??????????????????????❤️❤️❤️❤️❤️
Vaashey mashaa ekee gothah nuni eah vureves mi vaahaka reethi vaanekan varah varah yaqeen wonder veema????????????? Next part kon irakun?????
Ekam Wonder mathin varah miss viyey???????????????
Tc&stay safe?❤️?
Helloww sher.. soo soo happy to meet u back again..v ufaavejje dear ge comment eh fenunyma..i missed u sooo much too.. first part kamudhiyaeema v ufaavejje dear ah.. Next part is In sha Allah thedhin dhuvas therey fenigen dhaane..u too tvgc n stay safe?❤
Thank u soo much Raaya. Feshun kamudhiyaeema v ufaavejje..Next part In sha Allah maa gina inthizaaru kuran nujehi kiyaalan mibeyne?❤
Yesss finally wonder he new story eh dhw……??♥️♥️♥️
Feshun Hama varah habeys…..??????
Curiously waiting for the next????
Lysm and tgc wonder♥️♥️♥️♥️♥️
Stay home and stay safe ?????
Haii Ean.. soo happy to meet u back.. feshun kamudhiyaeema v ufaavejje.. Next part In sha Allah v avahah kiyaalan libeyne..lym n u too stay safe n tvgc?❤
varah reethi mi part ves curiously waiting for the next part
Thank u soo much starlight vixx. Mi part kamudhiyaeema v ufaavejje..next part is already written..v avahah In sha Allah kiyaalan libeyne?❤
Maashaallah mi vaahaka v reethi vaane hen heevanee…. Curiously waiting ingey dear.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u soo much RA NE. In sha Allah won’t disappoint u.. vaahakaige kuriyah huri baithah v avahah fenigen dhaane..keep waiting ?❤
Yeyyy Yeyyyy ? finally wonder ge new story eh dhw❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?❤️?❤️Mi part ves Varah Varah Varah Varah reethi ❤️✨? maa sha Allah ?⚡
Curiously waiting waiting for the next part ?✨?✨?✨?✨?✨?✨?✨?✨
Love you and take care ???????
Stay home and stay safe ?❤️?❤️?❤️
✨?✨?✨?✨?✨?✨?✨?✨?✨
Yey yeyy it’s Livy.. hehe. I missed u dear.. v ufaavejje dear ah mi part kamudhiyaeema.. In sha Allah kuriyah huri baithah v avahah genes dheynan . Lym n tvgc…u too stay safe.. stay home?❤
First of all, i really missed u Wonder ?.. how have you been..i have been waiting for your storyy..
secondly, the storyy is perplexing..
Thank you for writing this.. i love it so much
You have a gift of putting hard thoughts into words.??. excited for the nxt part
have a great day wonder..
love you nd take care ?
I really missed u too Ner.. Al’hamdhulillah..i was doing fine..how abt u? Awwn..as always ur comments r the sweetest..v ufaavejje mi part kamudhiyaeema dear ah..n thank u for the lovely words.. Already motivated me to do my best for the upcoming parts?. Lym n u too tvgc?❤
ahaha.. alhamdulillah.. im living best day of my life