Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ (ފަހު ބައި)

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
July 4, 2020 11 Mins Read
42 Comments

ބާރު ފިޔަވަޅުތަކުގައި ގޮސް ރައިހާ އޮތް ކޮޓަރި ދޮރު ހުޅުވާލި އިރު ކައިލް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލިބޭނީ އުފާވެރި ޚަބަރެއް ކަމެއް ހިތާމަ ވެރި ޚަބަރެއްކަމެއް ބުނަން ނޭނގޭ އިރު އެ ޚަބަރުގެ ސަބަބުން އޭނާއަށް ވާނެ ގޮތަކާމެދު ވިސްނި ދޮރު ހުޅުވާލަން އުފުލާލި އަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ.

ދޮރު ހުޅުވާލުމަށްފަހު ހާސްކަމާއެކު އެތެރެއަށް ވަތް ކައިލް އަށް ރައިހާގެ މޫނު ފެންނަގޮތް ނުވީ އެދިމާއަށް ގުދުވެގެން އަމީނާ އޮތުމުންނެވެ. މޭ ފަޅާ ހިތްނިކުންނަށް އުޅޭފަދަ ބާރުމިނުގައި ހިތްތެޅެމުން ދިޔަ އިރު މަޑު މަޑުން އެނދާ ކައިރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކައިލް އަޅަމުން ދިޔައެވެ.

ރަޔާޝް އަށް ކޮޓަރި ތެރެއަށް ވަދެގެން އަންނަ ކައިލް ފެނުމުން އޭނާއަށް ގޮވާލިއެވެ. އަމީނާވެސް ރައިހާ އާ ދުރުވެލީ އެވަޤުތެވެ. ކައިލްގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ ރައިހާއަށެވެ. ރައިހާގެ މޫނު ފެނުމުން ކައިލް އަށް އޭނާގެ ނޭވާ ހިފަހައްޓާލެވުނެވެ.

ދެލޯ ހުޅުވާލައިގެން ކައިލް އަށް ބަލަން އޮތް ރައިހާ ފެނި އޭނާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެހިނދުކޮޅު ކައިލްގެ ހިތު ތެރޭގައި އެތަކެއް ޝުޢޫރުތަކެއް އެއްފަހަރާ އެނބުރިގެން ދިޔައެވެ. ހުއްޓުން އަރާފައި ހުރި ކައިލް އަށް ރައިހާ ހިނިތުންވުމެއް ހަދިޔާ ކުރިތަން ފެނި އިޚްތިޔާރަކާ ނުލާ ކައިލްގެ ދެލޯ ފެންކަޅި ވެގެންދިޔައެވެ. އޭނާއަށް ހޭވެރިކަންވީވެސް ރަޔާޝް އައިސް އޭނާގެ ގައިގާ ބާރަށް ބައްދައިގަނެ ރައިހާ އަނބުރާ އެމީހުންގެ ކައިރިއަށް އައީ ކަމަށް ބުނުމުންނެވެ. ބަދަލުގައި ކައިލްވެސް ރަޔާޝްގެ ގައިގާ ބައްދާލި އިރުވެސް އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ ރައިހާ އަށެވެ.

ރަޔާޝް އާއި ކައިލް އަށް ބަލަން ހުރި އަމީނާގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން އައިސާފުޅާއެކު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. މިވަޤުތު ކައިލް ރައިހާ އާއެކު އެކަނިވެލަން ބޭނުންްވާނެ ކަން އޭނާއަށް ވިސްނުނީއެވެ. ރައިހާ ހަރަކާތެއް ނެތި އެ އެނދުގައި އޮތް ހުރިހާ ވަޤުތަކު ކައިލްގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމާއި ހިތްދަތިކަން އަމީނާއަކަށް ސިއްރެއް ނުވެއެވެ. ކެއުމެއް ބުއިމެއްނެތި ރައިހާ ކައިރީ ހަތަރު ދަމު ހޭދަކޮށްލީ ފޫހިކަމެއް ނެތިއެވެ. ކައިލް ފަދަ އޭނާގެ ދަރިފުޅުދެކެ ލޯބިވާނެ ފިރިއެއް ރައިހާއަށް ލިބުން ކަމަށްޓަކައި މިއަދު އަމީނާ އުފާކުރެއެވެ. އޭނާގެ ހިތް ކައިލްގެ މައްޗަށް ސާފުވެގެން ހިނގައްޖެއެވެ. އެ ދެކުދިންގެ ދިރިއުޅުމުގައި ބަރަކާތްލެއްވުން އެދި އެތައް ފަހަރަކު އަމީނާއަށް ދުޢާކުރެވުނެވެ.

ރައިހާގެ ބޮލުގައި ފިރުމާލުމަށްފަހު އަހުމަދުވެސް އަމީނާ މެންގެ ފަހަތުން ނިކުންނަން ހިނގައިގަތީ ކައިލްގެ ކޮނޑުގައި އަތްޖައްސާލުމަށްފަހު އެވެ. ރަޔާޝް ވެސް ކައިލްގެ ގައިން އަތް ދޫކޮށްލަމުން ރައިހާއަށް ހިނިތުންވުމެއް ރައްދު ކުރުމަށްފަހު ބޭރަށް ނިކުންނަށް ހިނގައިގަތެވެ.

ކޮޓަރިން އެންމެން ނިކުން އިރުވެސް ކައިލް ހުރީ ރައިހާއަށް ބަލަން އެހުރިގޮތަށް ހުއްޓިގެންނެވެ. ރައިހާ އުނދަގޫ ގޮތަކަށް އެނދުން ތެދުވަން އުޅުމުން އޭނާއަށް ރައިހާ ކައިރިއަށް ދެވުން ގޮތްވެސް ނޭނގެއެވެ. ރައިހާގެ ބުރަކަށީގައި މަޑު މަޑުން ހިފަހައްޓާލުމަށްފަހ ރައިހާއަށް ރީއްޗަށް އިނދެވޭނެހެން ބާލީސް ލައްކޮށްލިއެވެ. އަދި އެނދުގެ ބޯލާކޮޅު އުސްކޮށްލަދިނެވެ.

ރައިހާ ހަމަޖެހުމުން ކައިރީގައި ކައިލް އިށީނެވެ. އަދިވެސް ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ރައިހާގެ މޫނަށެވެ. ހިނދުކޮޅަކަށްވެސް އެމޫނާ ނަޒަރު ވަކިކޮށްލަން ބޭނުން ނުވާފަދައެވެ.

“ކައި…” ރައިހާއަށް އިތުރަށް ވާހަކަދައްކާނެ ފުރުސަތެއް ނުލިބުނެވެ. ކައިލް އޭނާގެ އަތުގެތެރޭ ރައިހާ ބާރުކޮށްލިއެވެ. އެ އަޑު އަހާލަން އިންތިޒާރު ކުރާތާ އޭނާ ކޮން އިރެއް ހެއްޔެވެ.

“ރައި..ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.. އަހަންނަކަށް އިތުރަކަށް ކެތެެެއް ނުވާނެ އެފަދަ ގޮތަކަށް ރައި ހަރަކާތެއް ނެތިފަ އޮންނަތަން ދެކޭކަށް..ރައި އަށް ކަމެއްވީނަމަ އަހަރެން ކިހިނެތް ދިރިއުޅޭނީ.. އަމިއްލައަަށް މިކަހަލަ ކަމެއް ކުރަން ނިންމިއިރު އަހަންނަށް ވާނެގޮތަކާމެދު ނުވިސްނާލަންތަ؟” ކައިލް އޭނާގެ ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ. ކައިލްގެ ގައިގާ ބައްދާލައިގެން އިން ރައިހާގެ ލޯވެސް ފެންކަޅިވީ ކައިލްގެ އަޑުގައިވާ ހިތާމައިގެ އަސަރު އިޙްސާސް ކުރެވުމުންނެވެ.

“އަހަންނަކަށް ކަމެއް ނުވެ އެންނު.. ދެން ކައި ދެރަނުވެބަލަ.. އަހަރެން ނުދާނަމޭ ކައި ދޫކޮށްފައެއް.. އަހަރެން އަބަދުވެސް ވާނީ ކައި އާއެކު..” ކައިލް އާ ދުރަށް ޖެހިލަމުން އެމޫނަށް ބަލަހައްޓައިގެން އިނދެ ރައިހާ ބުނެލިއެވެ. ކައިލް ރައިހާގެ ނިތްކުރީގައި ބޮސްދެމުން އެދެލޮލަށް ބަލައިލީ ލޯބިން ފުރިގެންވީ ގޮތަކަށެވެ.

ރައިހާ ބޭއްވިފައި އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވިގެން ދިޔައީ އެވަޤުތުއެވެ. ކައިލް އަށް ކޮޅަށް ތެދުވެވުނީ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި ބާސިތު އާއި އޭނާ ދުއްވަމުން ދިޔަ ފުރުޅުލީ ގޮނޑީގައި ގައި އިން ފަޔާޒް ފެނިފައެވެ.

ރައިހާ ފަޔާޒަށް ބަލާލުމަށްފަހު ކައިލްގެ އަތުގައި ހިފާލީ އިށީނުމަށް އެދެމުންނެވެ.

“ބައްޕަ ބޭނުން ތި ދެކުދިންގެ ކިބައިން މަޢާފަށްއެދެން.. ބައްޕަ އަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު އިޙްސާސް ކުރެވިއްޖެ..” ފަޔާޒްގެ ވާހަކަތައް ފުރިހަމަ ނުވަނީސް ކުއްލި އަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ ހަމްދާއެވެ. ވަޤުތުން ކައިލްގެ ޡަބީޢަތް ގޯސްވެގެން ދިޔައެވެ.

“ފަޔާ..އަހަރެން ވަރަށް ހާސްވި..ތެންކް ގޯޑް.. ފަޔާ އެއްކޮށް ރަނގަޅު ވީމަ އަހަރެން ވަރަށް އުފާވެއްޖެ..” މިހާރު ކައިލް މެންގެ ކުރިމަތިން ފެންނަމުން ދިޔައީ މުޅިން އެހެން ހަމްދާއެއް ފަދައެވެ. އެހެނަސް އެ ދެއްކުންތެރިކަމުގެ ފަރުދާގެ އަނެއްފަރާތުގައިވަނީ ވިހަ ގަދަ ހަރުފައެއްކަން ޔަޤީނެވެ.

“ހަމްދާ..ކަލޭ ތިހުރީ ވަރިކޮށްފަ!.. އަދި ބުނަން… ހީނުކުރާތި ކަލެއަށް އަހަރެންގެ މުދާގަނޑު ކާލެވޭނެކަމަށް.. ކަލޭގެ ތި ހީލަތްތެރި ކަމުން އަހަރެން ސަލާމަތްވި ކަމަށްޓަކައި ﷲއަށް ޙަމްދު ކުރަން.. ދެން އިތުރަކަށް ތިމަޅީގަ ޖެހޭކަށް އަހަރެން ބޭނުމެއްނޫން.. އަހަރެން ހާލުގައި ޖެހި އެނދުމަތިވި ދުވަހު އިޙްސާސް ވެއްޖެ ޙަމްދާއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން.. މިދެއަތުން އަހަރެންގެ އުފާވެެރި ދިރިއުޅުން ކަލެއަށްޓަކައި ކަފުންކުރެވުނީތީ އަހަރެން މިއަދު ހިތާމަ ކުރަން..” ފަޔާޒްގެ މުޅި ސިކުނޑީގައި އެވަޤުތު އެނބުރެމުން ދިޔައީ ކަސީރާގެ ޚިޔާލުތަކެވެ. އެ ލަދުރަކި ހިނިތުންވުމާއި އެ ލޯބިވެތި ބަލައިލުންތަކެވެ. ދެގޮތެއްނުވެ އޭނާދެކެ ލޯބިވި އެހިތުގެ އަލަތު ލޯތްބެވެ. ހަމްދާގެ މަޅީގައި ނުޖެހެވުނު ނަމައޭ ފަޔާޒްގެ ހިތަށް އެތައް ފަހަރަކު އަރާ ފައިބަމުން ދިޔައެވެ. އެހެނަސް ވަޤުތު ފާއިތުވެއްޖެ ކަން ޔަޤީނެވެ. ދެނެއް ކަސީރާ އޭނާއަކަށް ނުލިބޭނެއެވެ.

ބަސްހުއްޓިފައި ހުރި ހަމްދާ ފަޔާޒްކައިރިއަށް ތިރިވެ އާދޭސް ކުރަން ފެށިއެވެ. އޭނާ ދޫކޮށް ނުލުމަށް އެދިއެވެ. ފަޔާޒް އޮޕަރޭޝަންކޮށް ހޭ އެރި ޚަބަރުން އޭނާ އަވަހަށް ފަޔާޒްގެ ކައިރިއަށް އައީވެސް އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ހުރި ފަރާތް ދޫކޮށްލާފައެވެ. އެއީވެސް ފަޔާޒް ހޭ އެރުމަށްފަހު އޭނާއަށް ދީފައިވާ ހުރިހާ ފައިސާއެއް އަތުލަފާނެ ކަމުގެ ބިރަށެވެ. މިއަދު އޭނާ ގޮތް ހުސްވެ ބިކަވެއްޖެއެވެ. ފަޔާޒް އޭނާ ޤަބޫލު ނުކުރާނެ ކަން ހާމަވިއިރު ފަޚުރުވެރިވަމުން އައި މުއްސަނދިކަންވެސް ގެއްލުނީއެވެ.
**********
ތިން އަހަރު ފަސް

އަތުގައި އޮތް ނޫކުލައިގެ ކްލަޗުން ނެގި ފޯނު ހުޅުވާލަމުން ރައިހާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ފަހެއް ޖަހާ ބޮޑުވެއްޖެކަން އެނގުމުން ރައިހާ އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލިއެވެ. ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް އެކި ފަރާތް ފަރާތައް އެނބުރި ބަލައިލީ ކައިލްގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ.
އެކި ދިމާ ބަލަމުން ދިޔަ ރައިހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ ކައިވެނި ކުރެވޭ ޖޯޑު ހުއްޓި ހުރުމަށް ފަރުމާކުރެވިފައިވާ ބެކް ޑްރޮޕް ގައި ހުއްޓިލައިގެން ހުރި އޭނާގެ ދޮންބެއާއި އާއި އޭނާގެ އަތުގެ މުލައްދަނޑީގައި އެއް އަތުން ހިފާލައިގެން އަނެއް އަތުން މާބޮނޑި ހިފައިގެން ހުދު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރި ލަޔާ ފެނިފައެވެ. ލަޔާ އަކީ ރައިހާ އަށް ހޮސްޕިޓަލުން ބައްދަލުވި ހިތްހެޔޮ ނަރުހެކެވެ. ރަޔާޝް އަށްވެސް ލަޔާ އާއި ދިމާވީ ހޮސްޕިޓަލުގެ ތެރެއިންނެވެ. ހީރާގެ ސަބަބުން ލޯތްބާއި މެދު ފޫހިވެފައި ހުރި ރަޔާޝް އަށް އަލުން ލޯބިވާން ދަސްކޮށްދިނީ ލަޔާއެވެ. މިއަދު ދެމީހުންވެސް އެކަކު އަނެކެއްގެ ދިރިއުޅުމުގެ ބައިވެރިޔާއަށް ވެގެން ދިޔައިރު ދެމީހުންގެ ތުންފަތުގައިވެސް ވަނީ އުފާވެރި ކަމުގެ ހިނިތުންވުމެވެ.

ދޮންބެގެ ދިރިއުޅުން އުޖާލާވެގެން ދިޔައީތީ އެކަމާ ރައިހާ ނުހަނު އުފާވިއެވެ. އަބަދުވެސް އެތުންފަތުގައި އެ ހިނިތުންވުން ފަނޑުނުވެ ހުރުމަށް އެދި ދުޢާކޮށްލެވުނެވެ.

ރައިހާ އަނެއްކާވެސް އަތުގައި އޮތް ފޯނަށް ބަލައިލަމުން ތުންކޮޅު އޫކޮށްލައިގެން ހުރެ ޕާޓީގެ މާޙައުލާ ދުރަށް ހިނގައިގަތެވެ.

މޫދު ފެންނާނެހެން ރައިހާ ހުއްޓިލި އިރު އެހިސާބަށްވެސް ޕާޓީގެ އަޑުތައް އިވެމުން ދިޔަ އެވެ. ރަޔާޝް އާއި ލަޔާގެ ކައިވެނި ކުރެވިގެން ދިޔައީ ރާއްޖޭގެ ރީތި ރިސޯޓެއްގައެވެ. ނުލާއި ހުދު ކުލައިން ޖަރީކުރެވިފައިވާ ޕާޓީގެ އަސަރުތައް ފެންނަމުން ދިޔައީ ނުހަނު ޗާލުކޮށެވެ. ޕާޓީ ޒީނަތްތެރި ކުރެވިފައިވަނީ ގިނަ އަދަދަކަށް ފިނިފެންމާ ބޭނުންކުރެވިގެންނެވެ. ހަފްލާއަށް އަންނަ މީހުންތައް ހޭލަމޭލަ ވަމުން ދާ މަންޒަރު ބަލަން ހުރި ރައިހާ ކައިލް އަށް ގުޅާލިއެވެ.

ފޯނު ރިންގްވަމުން ގޮސް ކެނޑުން އިރުވެސް ކައިލް ފޯނު ނުނެގުމުން ރައިހާއަށް ކުދި ކިޔާލެވުނެވެ. މާދަމާ އަކީ ކޭ ޑަބްލިޔު ކޮންޕެނީގެ އަހަރީ ދުވަސްކަމުން މިދެތިން ދުވަހު ކައިލްއަށް އޮފީހުގައި އުޅެންޖެހިފައިވަނީ ނުހަނު ބުރަކޮށެވެ. ރައިހާ އާއެކު ރިސޯޓަށް ނާދެވުނީސް އެހެންވެއެވެ. އެހެނަސް ފަހެއް ޖަހަންވާއިރަށް ރިސޯޓަށް ދާނެ ކަމަށް ކައިލް ބުނިނަމަވެސް އަދިވެސް ކައިލްގެ އެއްވެސް ޚަބަރެއް ނުވުމުން ރައިހާ ހުރީ މޫނު ކުނިކޮށްލައިގެންނެވެ.

“އެންމެ ކުޑަ މިނުން ގުޅީމަ ފޯނު ނަގަންވެސް ހެވެންނު” ފުސް މޫނު ހަދައިގެން ހުރެ ރައިހާ ކައިލް އަށް ކުދި ކިޔަމުން ދިޔައެވެ.

*****

ޕާޓީގެ ބައިބޯ މާހައުލަށް ވަދެވުނު ކައިލް ލޯ ދަތުރު ކުރަމުން ދިޔައީ ރައިހާ ފެނޭތޯއެވެ. އެއް އަތުން ކެމެރާ ހިފާލައިގެން ހުރި ކައިލް އެންމެންގެ ތެރެއިން ފުރޭނިގެން ބެކް ޑްރޮޕް ކައިރިއަށް ދިޔުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ދޭތެރެއަކުން އަންހެން ކުއްޖެއްގެ ނަޒަރު ކައިލް އަށް ހުއްޓެމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ލައިގެން ހުރި ކަޅުނޫ ގަމީސް ބެގީ ކޮށް ކަޅު ކުލައިގެ ޓައީ އެއް އަޅާފައިވާ އިރު ލައިގެން ހުރީ ކަޅު ފަޓުލޫނު ކައިލް އާއި ނުހަނު ގުޅެއެވެ. ކައިލްގެ ހަށިގަނޑު ކުރިއަށްވުރެވެސް ވަރުގަދަ ކަމަށް ދައްކަމުން ދިޔަ އިރު ފިރިހެންވަންތަ ވެފައި މޫނުމަތިން ހަރުދަނާ ކަމަށް ދައްކައެވެ.

“މަންމާ..ރައި ދެކުނިންތަ..” ޕާޓީގެ ވަކި ހިސާބަކުން އަމީނާ ފެނުމުން ތަންކޮޅެއް ބާރަށް ކައިލް ގޮވާލީ ޕާޓީގެ މިޔުޒިކާއި މީހުންގެ ވާހަކަ ދެއްކުމުގެ އަޑުން ތަނަށް ހަލަބޮލިކަން ވެރިވެފައި ވުމުންނެވެ.

“ދެންމެ އުޅުން ދަރިފުޅު ނައިސްގެން ރުޅިގަދަ ވެގެން..ދެން ނޭނގެ ދިޔަތަނެއް.. މިހާރު ސަތޭކަ ފަހަރު ބުނެފިން ތަނެއްގަ ރީއްޗަށް އިށީނދެގެން އިންނާށޭ… އެކަމަކު އަޑު އަހާނެތަ..” އަމީނާ ދެފަރާތައް ބޯ ހޫރުވަލީ ރައިހާއާ މެދު ކަންބޮޑުވެ ހުރެއެވެ. ކައިލްވެސް އަވަސް އަވަހަށް ރައިހާ ހޯދުމައިގެން އުޅެގަތެވެ.

ވަރަށް ގިނަ އިރު ރައިހާ ހޯދުމަށް މަސައްކަތް ކުރުމަށްފަހު ކައިލް އަށް ރައިހާ ފެނުނީ މޫދާ ކައިރިންނެވެ. ނުލާއި ކަޅުގެ ޑިޒައިންތަކުން ފަޅު ފިލުވާލަ ދީފައިވާ ފައިފޮރުވޭ ދިގު ހެދުމުގައި ރައިހާ ފެންނަލެއް ނުހަނު ހިތްގައިމެވެ.

ކައިލް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ރައިހާގެ ފުރަގަހުން އޭނާގެ ނުވަމަހަށް ދާ ބަނޑުގައި އަތް ވަށާލިއެވެ. ރައިހާއަށް ކައިލް ފެނުމުން އިތުރަށް މޫނު ކުނިކޮށްލަމުން ރުޅި އައިސްފާ ހުރިކަން ދައްކާލިއެވެ. ކައިލްގެ ގާތަށް ހިނި އައީ ރައިހާގެ ފުފިފައިހުރި ކޮލާއެކު ދެބޮމަ ގޮށްޖަހާލައިގެން ހުރިގޮތުންނެވެ.

“ސޮރީއޭ ދޫނީ.. ހަަމަ މަސައްކަތްތައް ހުރިލެއް ގިނަ ކަމުން ލަސްވީ..” ހިނިގަނޑު ހިންދާލަމުން ކައިލް ބެލީ ރައިހާ ރުއްސޭތޯއެވެ.

“ދެން ފޯނު ނެގި ނަމައެންނު..އަހަރެން ކިހާ ވަރަކަށް ގުޅިން.. ލަސްވާ ވާހަކަވެސް ބުނިނަމަތާ އަހަރެން ހިތްހަމަޖެހުނީހީ..” ރައިހާ ޝަކުވާތައް އެއް ފައްޗަކަށް އޮށްސާލިއެވެ.

“ފޯނު ނިވުނީއޭ..މާ ބިޒީކޮށް އުޅެން ހަދައިގެން ޗާޖު ކުރާކަށްވެސް ހަނދާނެއް ނެތް..ދެން ރުޅި ނާދެބަލަ.. މިއޮތީ ރައި ބުނެގެން ކެމެރާވެސް ގެނެއްސަ..” އަތުގައި އޮތް ކެމެރާ ދައްކާލަމުން ކައިލް ބުނެލިއެވެ.

“ދެން ހީލަބަލަ..ތިއޮށް މޫނުވެސް ޓޮމަޓޯ އަކަށްވީ ރުޅިއައިސްގެން ގޮސް..” ލާނެތްކަމާއެކު ރައިހާގެ ނޭފަތުގައި ހިފާލަމުން ކައިލް ބުނެލިއެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ކުރިއަށްވުރެ
ރައިހާ ފަލަވެލާފައިހުރި އިރު މޫނުމަތިވެސް ޗަބީކަމުން ލޯބިކަމަށް ދައްކައެވެ.

ކައިލް އަށް ލޯ އަޅާލަމުން ކެމެރާ އޭނާގެ އަތުން ރައިހާ ޖަހައިގަތެވެ. ފަހަތަށް އެނބުރި ޕާޓީގެ ތެރެއަށް ރައިހާ ދުއްވައިގެން އިރު އެ މޫނުމަތީގައި މިހާރު ވަނީ ފުޅާ ހިނިތުންވުމެކެވެ.

“ބަލައިގެން..” ކައިލް ތަންކޮޅެއް ބާރަށް ގޮވާލީ ރައިހާ ދުއްވައިގަތުމުންނެވެ. ރައިހާގެ ބަނޑަށް ނުވަމަސް ވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވީ ނަމަވެސް ބަލާބެލުން މީހަކަށް ހީވާނީ ރައިހާގެ ބަނޑަށް އަދިވީ ހަމަސް ހަތްމަސް ހެންނެވެ. އެހެންކަމުން ރައިހާއަށް ހެލިފެލިވެ އުޅުން މާބޮޑުކަމަކަށްނުވެ އެވެ. ރައިހާގެ ހުންނަ “ހިފިނުހުރެވޭ” ގޮތްގަނޑުގެ ސަބަބުން ކައިލް އަބަދުވެސް ހުންނަނީ ރައިހާ އަށް ކަމެއްވެދާނެތީ ބިރުންނެވެ. މާބަނޑު ވުމަށްފަހު ރައިހާވެސް ކުރިޔަށްވުރެ މަޑުމަޑުން އިންނަން މަސައްކަތް ކުރާކަން ކައިލްއަށް އެނގެޔެވެ. އެހެނަސް މިއަދެކޭ އެއްގޮތަށް ދޭތެރެއަކުން މަޑު މަޑުން ބަލައިގެން އުޅުމަށް އަދިވެސް ކައިލް އަށް ހަނދާންކޮށްދެން ޖެހެއެވެ. އެއްމިޔަކަނުން ހީލަމުން ދެފަރާތަށް ބޯ ހޫރުވާލާފައި ކައިލްވެސް ބާރު ފިޔަވަޅުތަކެއްގައި ރައިހާގެ ފަހަތުން ހިނގައިގަތީ ލޯ ކުރިމަތިން ރައިހާ ގެއްލިދާނެތީއެވެ.
*****

އިރުއޮށްސެން ކައިރިވުމާއެކު ޕާޓީ ނިމިގެން ދިޔައިރު އެންމެންހެން ޕާޓީ ނިންމާފައި ދިޔުމުން މާޙައުލަށް ވަނީ ހަމަހިމޭންކަން ވެރިވެފައެެވެ. ކެޓަރިންގްގެ މަސައްކަތްތައް ކުރާ ފަރާތްތަކުން އެމަސައްކަތް ނިންމާލުމަށްފަހު ތަށި ތަކާ އެއްޗެހި ނެގުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ރައިހާގެ އަތުގައި ހިފާލައިގެން ރާޅު ޖަހާ ހިސާބުގައި ކައިލް ހިނގަމުން ދިޔައެވެ. ރައިހާގެ މިނިވަން ވެފައި އޮތް އަތުން އޭނާ އަރައިގެން ހުރި ތިރިފައިވަން ހިފަހައްޓާލައިގެން ހުރި އިރު ތުންފަތުގައިވާ ރީތި ހިނިތުންވުމުންވެސް އޭނާ އެހުރީ ވަރަށް ހިތްހަމަޖެހިފައިކަން ދޭހަވެއެވެ.

ރަތާއި އޮރެންޖު ކުލައިން އުދަރެސް މަތި ފަޅުފިލުވާލަ ދީފައިވާ އިރު، އިރުގެ ރަންދޯދިތައް ލޮނުގަނޑަށް އެޅިފައިވުމުން ހީވަނީ ޖަވާހިރުތަކެއް ފެނުގެ މަތީގައި ވިދަމުން ދާހެންނެވެ. މާހައުލުގެ ހިތްގައިމުކަމުން ހިތަށް ފިނިކަން ހޯދަމުން ދިޔަ ކައިލްގެ ނަޒަރު ހުއްޓުނީ އެމީހުންނާ މާދުރު ނޫން ހިސާބުގައި ޖަހާފައި ހުރި މޭޒުތަކުގެ މަތީގައި ބެހެއްޓިފައިވާ ފިނިފެންމާތަކަށެވެ. ކޮންމެ މޭޒެއްގެވެސް މެދުގައި ބިއްލޫރި ރީތި ޑިޒައިނަކަށް ފަރުމާކުރެވިފައިވާ ވާސް އަކަށް ނޫ ފިނިފެންމަލަކާއި ހުދު ފިނިފެންމަލެއް ޖަހާފައިވެއެވެ. ކައިލްގެ ހަނދާންތައް އެނބުރިގެން ދިޔައީ ރައިހާ އޭނާދެކެ ލޯބިވާކަމަށް ފުރަތަމަ ފަހަރަށް ބުނި ރެޔެވެ. ކައިލް އަށް ދިން ފިނިފެންމާ ތަކުގެ ކުލަޔަކީވެސް ނުލާއި ހުދެވެ. ކައިލް ރައިހާގެ އަތުގައި ހިފާލަމުން އޭނާއާ ދިމާއަށް އަނބުރާލިއެވެ. ރައިހާ ކައިލް އަށް ބަލައިލީ ސުވާލުން ފުރިގެންވީ ގޮތަކަށެވެ.

“ރައި ހަނދާން އެބަހުރިތަ އަހަންނަށް ދިން ފިނިފެންމާތަކުގެ މަތިން..؟ ކައިލް ސުވާލު ކޮށްލުމާއެކު ރައިހާގެ ހަނދާނުގައިވެސް އެރޭ ކުލަވެގެން ދިޔައެވެ.

“ކިހިނެއް އަހަރެން ހަނދާން ނެތޭނީ..އަހަރެން އިސްވެ ފިރިހެނަކަށް އެގޮތަށް ލޯބި ހުށައަޅާނެ ކަމަކަށް ކުރިން ހިޔެއް ނުކުރަން…” އެދުވަސްތައް ހަނދާންވުމުން ރައިހާއަށް ހިނިތުންވެލެވުނެވެ.

“ކީއްވެ ހުރިހާ ކުލަތަކެއްގެ ތެރެއިން ނޫ ކުލައާއި ހުދު ކުލައިގެ ފިނިފެންމާ ހޮވީ؟” ކައިލްގެ ހިތުގައި ހަޤީޤަތުގައި އުފެދިފައި އޮތް ސުވާލު ކޮށްލިއެވެ.

“ނޫކުލައިގެ ފިނިފެންމަލުން ދޭހަކޮށްދެނީ ތިއީ އަހަރެންގެ ފުރަތަމަ ލޯބިކަން.. ހުދު ކުލައިން ދޭހަ ކޮށްދެނީ އަހަރެން ކައި ދެކެވާ ލޯބީގެ ސާފުކަން..” މަޢުނަވީ ގޮތަކަށް ކައިލްގެ މޫނަށް ބަލަން ހުރެ ރައިހާ ބުނެލިއެވެ.

ރައިހާގެ މޫނަށް ބަލަން ހުރި ކައިލްގެ ތުންފަތް ދެމިލީ އުފާވެރި ކަމުގެ ހިނިތުންވުމަކުންނެވެ. އެހިނދުކޮޅު ރައިހާ ގެނެސް ކައިލްގެ އަތުގެ ތެރެއަށް ގެނަޔެވެ. މިއަދު އޭނާއަކީ މިދުނިޔޭގައިވެސް ހުރި އެންމެ އުފާވެރި އިންސާނާކަން އޮށްސެމުން ދިޔަ އިރާއި އޭގެ ދޯދިތައް ވެސް ހެކިވާނެކަން ޔަޤީނެވެ.
*******

ގެޔަށް އައިސް ރައިހާ ފެންވަރާލައިގެން ނިކުމެ ގަޑި ބަލައިލި އިރު ގަޑިން އެގާރަ ޖަހަނީއެވެ. ކޮޓަރީގައި ކަައިލް ނެތުމުން ކައިލް ވާނީ ސްޓަޑީ ރޫމުގައިކަން ޔަޤީންކުރަން ރައިހާއަށް އެނގުނެވެ. ވޭތުވެދިޔަ އަހަރު ރައިހާމެން ވަނީ އުޅޭގެވެސް ބަދަލުކޮށްފައެވެ. ކަައިލް ކުރާ މަސައްކަތުގެ ގޮތުން ސްޓަޑީ ރޫމެއް ބޭނުންވުމުގެ އިތުރުން ލިބެން އުޅޭ ދަރިފުޅަށްވެސް ވަކިން ކޮޓަރިއަށް ތައްޔާރު ކުރަން ކަައިލް ބޭނުންވިއެވެ. ބައްޕަ އަކަށް ވާން އުޅޭ ޚަބަރު ލިބުމާއެކު އެދަރިފުޅު އަންނާނެ އިރަކަށް ކެތްމަދުވެ ހުރެ ކައިލްވަނީ ހުރިހާ ތައްޔާރީއެއްވެފައެވެ. ރައިހާ އާއެކު ގިނަ ވަޤުތު ހޭދަކޮށް އެއްވެސް ކަމެއް އުނިވިޔަ ނުދީވޭތޯ އޭނާ ބަލައެވެ.

ތަނަވަސް ސިޓިންގެ ރޫމުން ހިނގާލާފައި ގޮސް ރައިހާ ސްޓަޑީ ރޫމްގެ ދޮރު ހުޅުވާލިއެވެ. ކައިލް އޭނާ ކުރަން ހުރި މަސައްކަތްތަކުން ނަޒަރު ވަކިކޮށްލަމުން ދޮރާ ދިމާއަށް ބަލާލެވުނެވެ. ކައިލް އަށް މަޑު މަޑުން ހީލެވުނީ ރައިހާ ލައިގެން ހުރި އޭނާގެ ޓީ ޝާޓު ފެނުމުންނެވެ.

“ލުކް ހޫސް ސްޓީިލިންގް މައި ކްލޮތްސް..” ރައިހާއަށް ދިމާކޮށްލުމުގެ ނިޔަތުގައި ކައިލް ބުނެލިއެވެ. ކައިލްގެ އެ ޓީ ޝާޓު ރައިހާގެ ގަޔަށް ނުހަނު ދޫ އިރު ކަކޫ ކިރިޔާ ނުފޮރުވެނީއެވެ. ދެއަތް އުނަގަނޑުގައި ވިއްދާލަމުން ތުން އޫކޮށްލައިގެން ހުރެ ރައިހާ އައިސް ކައިލް އިށީނދެގެން އިން ގޮނޑީގެ ފަހަތުން ކައިލްގެ ކަރުގައި އަތް ވަށާލިއެވެ.

“ކޮން އިރަކުން ނިދަން އަންނާނީ..؟” ސްޓަޑީ ޓޭބަލްގައި ހުރި ގަނޑުތަކަށް ބަލައިލަމުން ރައިހާ އެއްސެވެ.

“އަދި އިރުކޮޅެއްވާނެ.. މާދަން އޮފީހަށް ދާން ވާއިރަށް އެބަޖެހޭ މިއެއްޗެހި ނިންމަން..ރައި ދާންވީނު އޮށޯންނަން.. ވަރަށް ވަރުބަލިވެފައެންނު ހުންނާނީ..” ކަރުގައި ވަށާލެވިފައި އޮތް ރައިހާގެ އަތުގައި ހިފާލަމުން ކައިލް ބުންޏެވެ. ކައިލްގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކަމާއި ބަހައްޓާ ފަރުވާތެރި ކަމުގެ ސަބަބުން އޭނާވަނީ އަރކިޓެކްޓް މެނޭޖަރަކަށް ޕްރޮމޯޓް ވެފައެވެ. އެހެންކަމުން މާދަމާ ރޭގެ އަހަރީ ޖަލްސާއަށް ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ކައިލް އަށް ހަވާލު ކުރެވިފައެވެ.

ރައިހާ އެންމެ ރަނގަޅޭ ބުނެ ހިނގައިގަތުމުން ކައިލްވެސް އޭނާގެ މަސައްކަތްތަކަށް އެނބުރުނެވެ. އެހެނަސް އިރުކޮޅެއް ނުވެ ފެނުނީ ބާލީހަކާއި ރަޖާގަނޑެއް ހިފައިގެންހުރެ ރައިހާ އައިސް ސްޓަޑީ ރޫމަށް ވަތްތަނެވެ.

“ކައި ނިމެންދެން އަހަރެން އޮންނާނީ މިތާ.. “ކޮޓަރީގެ އެއްފަރާތުގައި ހުރި ދިގު ސޯފާގައި ބާލީސް ބާއްވަމުން ރައިހާ އޮށޯވެލިއެވެ.

“ރައީ.. ތިތާ އޮށްވަ ނިދިގެން ފޮރޮޅިލާ އިރަށް ތިރިއަށް ވެއްޓިވެސް ދާނެ..” ކައިލް ކަންބޮޑުވީ ސޯފާގައި އޮތްވާ ރައިހާއަށް ގެއްލުމެއް ލިބިދާނެތީއެވެ.

“އަހަރެން ނުއެއް ނިދާނަމޭ… ކައި މަސައްކަތް ކުރާތަން ބަލަން އޮންނާނީއޭ..” ރައިހާ އެއްގޮތަކަށްވެސް ކޮޓަރިއަށް ދާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ކައިލްއަށްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

މަސައްކަތުގެ ތެރެެއަށް ވަދެވިފައި އިން ކައިލް އަށް ބަލަން ރައިހާއަށް އޮވެވުނެވެ. ލައިގެން ހުރި ގަމީހުގެ އަތް އޮޅަބޮއްޓާ ހަމަޔަށް އޮޅާލެވިފައިވާއިރު ބޮލުގެ އިސްތަށިގަނޑު ތަރުތީބެއް ނެތި އޮތް އިރުވެސް ކައިލްގެ ފުރިހަމަކަމަށް ރައިހާއަށް ހިތާއި ހިތުން ތަޢުރީފު ކޮށްލެވުނެވެ. ކައިލްގެ ކޮންމެ ހަރަކާތަކަށް ކަޅިޖަހާނުލަ ބަލަން އޮތް ރައިހާގެ ސިކުނޑިއަށް ނިދި ސަވާރުވީ ކޮންވަޤުތެއްގައި ކަމެއްވެސް ނޭނގެއެވެ.

މަސައްކަތުގައި މަޝްޢޫލުވެފައި އިން ކައިލް ރައިހާއަށް އަވަސް ނަޒަރެއް ދނެވެ. ދެލޯ މެރިފައި އޮތް ރައިހާ ފެނުމުން ކައިލް އަށް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލީ ނުނިދާނަމޭ ބުނި މީހާ ގަދަ ނިދީގައި އޮތުމުންނެވެ. ކައިލް މަސައްކަތް ހުއްޓާލާފައި ރައިހާގެ ކައިރިއަށް އައެވެ. ރައިހާ އެގޮތަށް އޮށްވައި ގައިގެ ތަނަކަށް ތަދުވެދާނެތީ އިތުރަށް ސޯފާގައި ރައިހާ ބާއްވާކަށް ކައިލްގެ ހިތް ނުރުހުނެވެ. ފަސޭހަކަމާއެކު ރައިހާ އަތްދަނޑި މައްޗަށް އުފުލާލައިގެން ހިނގައިގަތީ ނިދާ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރީގެ މެދުގައި ހުރި ކިންގް ސައިޑް ބެޑުގައި ރައިހާ ރީއްޗަށް ބާއްވާލުމަށްފަހު ރައިހާގެ ގައިމަތިން ރަޖާގަނޑު އަޅާލިއެވެ. މަޑު މަޑުން ރައިހާގެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވާލަމުން އެމޫނަށް ކައިލް ބަަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ދިރިއުޅުމުގައި މިއަދު އޭނާ ބޭނުންވާ ހުރިހާ އުފަލެއް ރައިހާ ހޯދައިދީފިއެވެ. ހާއްސަކޮށް އެދެމީހުންނަށް ލިބެން އުޅޭ ދަރިފުޅަކީ މިހާރު އޭނާގެ ހިތުގެ ހިތްހަމަޖެހުމެވެ. ރައިހާގެ ބަނޑުގައި ކައިލް އަށް އަތްޖައްސާލެވުނު ވަޤުތު ދަރިފުޅު ތޮޅެލިކަން އިޙްސާސްވެގެން ދިޔައެވެ. އެއީ އޭނާގެ ބައްޕަކަން އެކުޑަ ކުޑަ ފުރާނައަށްވެސް އިޙްސާސްވިފަދައެވެ. ބޭއިޚްތިޔާރުގައި ކައިލް އަށް އޭނާގެ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލެވުނެވެ. ތުއްތު ދަރިފުޅު ދެކިލުމަށް އެހިތްވަނީ ކެތްމަދުވެފައެވެ.

އެނދުން ތެދުވަމުން ރައިހާގެ ކޮލަށް ބޮސްދިނުމަށްފަހު ކައިލް އަވަސް އަވަހަށް ހިނގައިގަތީ އޭނާ ކުރަން ހުރި މަސައްކަތްތައް ނިންމުމަށެވެ.
*****

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ކައިލް އޮފީހަށް ދިޔައެވެ. ރައިހާ ބަނޑު ބޮޑުވިފަހުން ގިނަވަޤުތު އަމީނާ ހޭދަކުރަނީ އެގޭގައެވެ. މަންމަގެ ފަރާތުން ލިބޭ ފުރިހަމަ އަޅާލުމުން ރައިހާއަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ. ކައިލް ލަހުން ގެޔަށް އަންނަ ރޭރޭ އަމީނާ ނިދަނީވެސް އެގޭގައެވެ. އަމީނާ ނިދަން ވަކި ކޮޓަރިއެއް ކައިލް ތައްޔާރުކޮށްފައިވެއެވެ. ފުރަތަމަ މާމަ ދަރިފުޅަށްޓަކައި އަމީނާވެސް ދިޔައީ ނުހަނު އިންތިޒާރު ކުރަމުންނެވެ.

ފަޔާޒް ވެސް ދޭތެރެއަކުން އެގެޔަށް ވަދެލައެވެ. ގިނައިން ހާލު ބަލަން ރައިހާއަށް ގުޅަނީ ފޯނުންނެވެ. ކާފަ ދަރިފުޅަށް ބޭނުންވާ ގިނަ ތަކެތިވެސް ހޯދީ ފަޔާޒް އިސްވެ އޭނާގެ ޚަރަދުގައެވެ. ކައިލް އާ ފަޔާޒް އާ ދެމެދު އޮތް ގުޅުން ކުރިއަށް ވުރެ ބޮޑުތަންވަނީ ރަނގަޅުވެފައެވެ. އެކަމާ ރައިހާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ.

ކައިލް އެނބުރި ގެޔަށް އައީ ރޭގަނޑުއެވެ. އަވަސް އަރުވާލާފައި ގެޔަށް ވަތް ކައިލް އަށް އެކަނިމައިއެކަނި ސޯފާގައި އިން ރައިހާ ފެނުމުން ހައިރާންވިއެވެ.

“ކޮބާ މަންމަ؟” އަމީނާ ފެންނަން ނެތުމުން ކައިލް ސުވާލު ކުރިއެވެ.

“ބައްޕަގެ ކޮންމެވެސް ކަމެއްގަ ގެޔަށް ދާންޖެހުނީ..އަހަރެން ބުނިން އޯކޭ ވާނެއޭ..” ކައިލް ކޮޓަރިއަށް ހނގައިގަތުމުން ރައިހާވެސް ފަހަތުން ހިނގައިގަތެވެ.

“ރައި..އެކަމަކު އަހަރެން އެބަޖެހޭ އަނެއްކާވެސް ހަފްލާއަށް ދާން..ގެޔަށް މިއާދެވުނީވެސް ހަމައެކަނި ރެޑީވާން.. އޭރުން ރައި ހުންނަންޖެހޭނީ އެކަނި…އަހަރެން ދާއިރު ރައި ލައިދެންތަ މަންމަމެން ގެޔަށް..” އަވަސް ހަރަކާތާއެކު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓުވަމުން ކައިލް ވާހަކަދެއްކިއެވެ.

“ނޫން.. އެންމެ ރެޔަކު އޯކޭ ވާނެއޭ އަހަރެން އެކަނި ހުއްޓަސް.. އަނެއްކާ މަންމައަށް އުނދަގޫވާނީ އަހަރެން ދިޔައީމަ..ކައި ވެސް ހަފްލާ ނިމުނީމަ އަންނާނަމެންނު..އެހާ ވަޤުތު ކޮޅަކަށް އެކަނި ނުހުރެވޭ ވަރު ކުޑަކުއްޖެއް ނޫނޭ މީ.” ރައިހާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ކައިލް ވެސް އެންމެ ރަނގަޅު ކަމަށް ބުނަމުން އަވަސް އަވަހަށް ފާޚާނާއަށް ފެންވަަރަން ވަނެވެ.
********

“ރައި ކަމެއް ބޭނުންވެއްޖިއްޔާ އަހަންނަށް ގުޅައްޗޭ.. ދެން އަހަރެން ލަސްވިޔަސް ނުނިދަ ނުހުންނާތި.. ބަލައިގެން އުޅޭތި..” ކައިލް އޭނާ އަބަދުވެސް ރައިހާއާ ވަކިން ތާކަށް ދަނީނަމަ ބުނާ ވާހަކަ ތަކުރާރު ކޮށްލިއެވެ. ކައިލްގެ ޓައީ ރަނގަޅުކޮށްދެން ހުރި ރައިހާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

“ބައްޕިގެ ދޫނި ބަސް އަހައްޗޭ އިނގޭ ބައްޕަ އަންނަންދެން.” ކައިލް ތިރިވެލަމުން ރައިހާގެ ބަނޑުގައި ބޯ ޖައްސާލަމުން ރައިހާގެ އުނަގަނޑުގައި އަތްވަށާލިއެވެ. ކައިލް ދައްކަމުން ދިޔަ ވާހަކަތަކަށް ހެވިފައި ރައިހާ ހުއްޓެވެ. ރައިހާގެ ބަނޑުގައި ބޮސްދެމުން ތެދުވެ ރައިހާގެ ނިތްކުރީގައިވެސް ކައިލް ބޮސްދިނެވެ. އަދި އަވަސް އަވަހަށް ކޯޓު ގަޔަށް ހެޔޮވަރުކޮށްލަމުން އަދިވެސް އެއްފަހަރު ބަލައިގެން އުޅުމަށް ރައިހާއަށް ހަނދާންކޮށްދެމުން ކައިލް އޮފީހަށްދާން ނިކުތެވެ.
********

ރައިހާއަށް އުނދަގޫ ގޮތަަކަށް ލޯ ހުޅުވާލެވުނީ އޭނާގެ އުނަގަޑުގެ އެއްފަރާތުގައި ރިއްސަން ފެށުމުންނެވެ. ކައިރީގައި ނިދާފައި އޮތް ކައިލް ފެނުމުން ރައިހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފޯނު ނަގާ ބަލައިލި އިރު މެންދަމު ދޭއްޖަހަނީއެވެ. ރައިހާވެސް އޭނާގެ އުނަގަނޑުގައި ރިހުން މާ ބޮޑު ކަމަކަށް ނަހަދާ ނިދޭތޯ މަސައްކަތް ކުރިއެވެ. މިއަދު ކައިލް އެހާ ބުރަކޮށް އުޅުނު އިރު އަރާމުކުރަން ޖައްސާލިތަނުން ގޮވާކަށް ރައިހާ ބޭނުމެއް ނުވިއެވެ.

ބޮޑަށް ކައިލްގެ ގަޔާ ކައިރިވެލަމުން ރައިހާ ދެލޯ މަރާލިއެވެ. އެހެނަސް އިރުކޮޅެއްނުވެ ދެލޯ ހުޅުވާލެވުނީ މައިބަދައިގާ ރިއްސައިގަތްލެތް ބޮޑުކަމުންނެވެ. އެހެނަސް ކުޑަ ހިނދުކޮޅެއްގެ ތެރޭ އެރިހުން އޮބިގެން ދިޔުމުން އަނެއްކާވެސް ހަމަޖެހިލެވޭތޯ ރައިހާ މަސައްކަތް ކުރިއެވެ. އެގޮތުގައި އިރުކޮޅެއް ވުމަށްފަހު އަނެއްކާވެސް ރައިހާގެ ބަނޑުގައި ރިއްސައިގަތެވެ. ހީވީ އޭނާގެ މައިބަދައިގެ ކަށިތައްވެސް ބުރި ބުރިވެގެން ދިޔަ ހެންނެވެ. އެ ވޭނަށް ކެތްނުކުރެވިގެން މަޑު މަޑު އާޙެއް ރައިހާގެ އަނގައިން ބޭރުވިއެވެ. އުނދަގުލުން ރައިހާ ކައިލް އަށް ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލުމާއެކު ކައިލް ފުންމައިގެން ތެދުވެއްޖެއެވެ. ރައިހާގެ ދަލުން ފޯވެފައިވާ މޫނު ފެނުމުންވެސް ކައިލް ކަންބޮޑުވިއެވެ. ރައިހާ ދެލޯ މަރާލާގޮތުން އެ ވޭނަށް ކެތްކުރަން މަސައްކަތް ކުރާކަން ހާމަވެއެވެ. އަވަސް އަވަހަށް ކައިލް އެނދުން ތެދުވެ ރައިހާ އޭނާގެ ގައިގާ ލައްކޮށްލަމުން އެންބިޔުލެންސަށް ގުޅާލިއެވެ.
****

ވިހާ ކޮޓަރީގެ ދޮރުމަތީގައި އެންމެންވެސް ތިބީ ހާސްވެފައެވެ. ހާއްސަކޮށް ކައިލްގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަމުގެ ލިސާން ފާޅުވަމުން ދިޔައެވެ. ކެތްތެރިކަމެއް ނެތި އޭނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ރައިހާއާއި އޭނާގެ އަލަތު ދަރިފުޅު ދެކިލުމަށެވެ.

ކައިލްގެ އިންތިޒާރު މާގިނަ ވަޤުތަކަށް ދެމިގެނެއް ނުދިޔައެވެ. ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިޔަ ހިނދު ކައިލްގެ މުޅި ނަފްސު ގަނޑުވި ފަދައެވެ. ހިތުގައި ބުނެދެންނޭގޭ ޖަޒުބާތެއް އުފެދިގެން ދިޔައެވެ.

ނަރުސްކުއްޖާ ދަރިފުޅުގެނެސް ކައިލް އަތަށް ލައިދިން ވަޤުތު އެހިތް ލޯތްބާއި ކުލުނުން ފުރިގެންދިޔައެވެ. ކިރު ކޮޅެއްފަދަ ހުދު ދެލޯ ހުޅުވާލަމުން ކައިލް އަށް ބަލައިލި އިރު ކައިލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެހެނަސް ކަރުނައިގެ ތެރެއިންވެސް ކައިލް އަށް ހީލެވުނީ ދަރިފުޅު ރައިހާ އާ ވައްތަރު ކަމުންނެވެ. ހަމަ އެ މަޢުސޫމު ލޮލާއި އެތުންފަތެވެ. އެހިނދު ކައިލް އޭނާގެ އަމިއްލަ ނަފްސަށް ވަޢުދުވެވުނެވެ. ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އަޅާލުމާއި ރައްކާތެެރިކަން އޭނާގެ އަންހެން ދަރިފުޅަށް ދިނުމަށެވެ. މާޒީގައި އޭނާ ކަޑައްތު ކުރި އެއްވެސް ހިތާމައެއްގެ ހިޔަނިވެސް އެދަރިފުޅަށް އެޅުނަކަ އޭނާ ނުދޭނެއެވެ.

އާއިލާގެ ހުރިހާ މެންބަރުން ރައިހާ ބާއްވާފައި އޮތް ކޮޓަރިއަށް ޖަމާވަމުން ދިޔަ އިރު ހީވަނީ ކުޑަ ވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. އެއްބަޔަކު ދަރިފުޅު ވައްތަރީ ކާކާތޯ ބަލަމުން ދިޔަ އިރު އަނެއްބަޔަކު އެކުއްޖާއަށް ކިޔާނެ ނަމަކާ މެދު ދެބަސް ވަމުންދިޔައެވެ. އެންމެންގެ ސަކަރާތައް ބަލަން ހެވިލާފައި ރައިހާ އޮތް އިރު ކައިރީގައި އޭނާގެ އަތުގައި ހިފަހައްޓާލައިގެން ކައިލް އިނެވެ.
******

ކޮޓަރިން މީހުންތައް ހުސްވީ އެތައް އިރެއްވީ ފަހުންނެވެ. އެވަޤުތު ކައިލް ކޮޓަރިއަށް ވަދެގެން އައީ ރީނދޫކުލައިގެ ބޮޑު ފިނިފެންމާ ގުލްދަސްތާއެއް އަތަށް ލައިގެންނެވެ. އެތަން ފެނި ރައިހާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ދުވެލިއެވެ.

“ވައި ޔެލޯ..؟” ކައިލް ދިއްކޮށްލި މާބޮނޑީގައި ހިފަމުން ރައިހާ އޭގެން ވަސްބަލާލިއެވެ.

“ބިކޯޒް ޔޫ އަރ ޔެލޯ..ބްރައިޓް އެންޑް ކާމިންގް..” މަޢުނަވީ ގޮތަކަށް ރައިހާއަށް ބަލާލަމުން ކައިލް ބުންޏެވެ. އެހިނދު ރައިހާގެ ލުއި ލުއި ހިނިތުންވުމެގެ އަޑު އިވިގެންދިޔައެވެ.

އިރުކޮޅަކަށްފަހު ކުޑަ އެނދުގައި އޮތް ދަރިފުޅު ރޯލި އަޑު ރައިހާއަށް އިވިގެންދިޔައެވެ. ކައިލް އަވަސް އަވަހަށް ދަރިފުޅު ނަގަމުން ރައިހާގެ އަތަށް ލައިދިނެވެ.

ރައިހާ ދަރިފުޅަށް ގާތުން ދެމުން ދިޔަ އިރު ކައިލް އިރުކޮޅަކާ ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމާލައެވެ.

“އިނގޭތަ މިއަދުމީ އަހަރެންގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސް…ތެންކިޔު..” ރައިހާގެ ބުރަކަށި އޭނާގެ މޭގައި ލައްކޮށްލަމުން ކައިލް ބުންޏެވެ. ދެމީހުންގެ ހިތުގައިވެސް އެވަަޤުތު ވީ އެއްވާހަކައެކެވެ. މިއަދެކޭވެސް އެއްފަދައިން އުމުރުނިމެންދެންވެސް ދެމީހުން އެކުގައިވުމެވެ. ދެލޯބިވެރިންގެ ދިރިއުޅުން ފުރިހަމަކޮށްދިން ލޯބީގެ ނީޝާނާއެކުވެ.

-ނިމުނީ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ޖައިޝް 6

Next

ލަމްހާ – 4

Next
July 4, 2020

ލަމްހާ – 4

Previews
July 4, 2020

ޖައިޝް 6

42 Comments!

  1. Nerr__ says:
    July 4, 2020 at 12:06 pm

    alheyy… mi vaahaka e nimunyy dhwwww????.. i will reaalllyy miss this storyyy???… one of the bestest story i hav ever read in my whole life??.. i love you wonder, ur truly amazing and talented ??..
    btw, are u in scl, studying??…if u cnt tell ur name plx tell this information ?… i love u SOOOOOOO MUCH wonder… and again i will miss this story alot..
    hope to see a new story of urs soon… and i hv no doubt tht it will be as amazing as this one.. i will miss u kail❤️❤️
    ner hama rovenyyy??

  2. Shaiii says:
    July 4, 2020 at 12:16 pm

    Woooowww vvv salhi mi prt✨?❣️…… Waiting for ur nxt stry?❤️?….. Lysm??

    1. Wonder says:
      July 4, 2020 at 3:36 pm

      Thank u soo much shaii.. vaahaka ah thidhin support ah v bodah shukurihyaa..i treasured each n every comment of u.. In sha Allah wonder ge aa vaahaka eh fennaane v avahah. May allah bless u dear. Lym ❤❤

  3. Anonymous says:
    July 4, 2020 at 12:23 pm

    Wow vvv nice
    Dhen baby ah kiyaani kairaa kail + raihaa

    1. Wonder says:
      July 4, 2020 at 3:38 pm

      Thank u soo much dear. Ahaha..nice name..kail n rai ge baby ah kiyaane nameh kiyuntherinnah mi dhookohlee.. vaahaka ah thidhin support ah v bodah shukurihyaa..may Allah bless u❤❤

  4. Wonder says:
    July 4, 2020 at 12:54 pm

    Salaam dear readers.. Finally mi story ves nimumakah aii mi.. furathamaves mi vaahaka ninmumuge thaufeegu dhehvi kamahtakaa Allah ah hamdhu kuran.. adhi mi vaahaka ah support dhin hurihaa kiyuntherinnah v bodah shukuru adhaa kuran.. I’ll miss each one of u n this story ?. thi kiyuntheringe support aa nulaa wonder ah mi vaahaka beynunvaagothah nuninmunees kan yageen.. v bodah shukurihyaa.. Heekuran wonder ge kuriyah huri vaahaka thakah ves mi fadha support eh libeyne kamah.. i wish happiness for each one of u.. have a safe day??❤❤

  5. Sher says:
    July 4, 2020 at 1:24 pm

    مشاء الله❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
    MI VAAHAKA VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH
    LOOOOOOOOOAAAAAAAAAAAAAAAABI
    ???????????????
    Wonderrrrr?????????????????????????? Neh bunaane ekahcheh ves?????❤️??????????❤️???????????❤️❤️?❤️??
    Huvaa moyavehjje mi vaahaka reethi kamun sifa kurun thah hama satheyka??????????
    Kail??????? Rai?????
    مشاء الله???????️????
    Wonder varah varah varah varah molhu???????????????
    Adhi ninmamun e Samar aa Azzam ves dhakkaalinama????????
    Wonder mathin varah miss vaane ingey??????? mi vaahaka aa Kail aa Rai mathin ves????????
    Adhi Mikahala loabi vaahaka eh varah avahah genes dhehchey please❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Sher says:
      July 4, 2020 at 1:28 pm

      n Thanks Wonder Mikahala loabi vaahaka eh genes dhineema??????❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️
      Stay safe????????

    2. Wonder says:
      July 4, 2020 at 3:43 pm

      Ur wc sher.. n thank u for being such an awesome reader.. u too stay safe..May Allah bless u dear❤❤

    3. Wonder says:
      July 4, 2020 at 3:41 pm

      Thank u soo much sher.. I’ll never forget ur sweet comments.. sher ge konme comment eh kiyaalaafaves wonder v ufaavey.. dear ah kamudhaa story eh genes dhevunyma v ufaavejje.. vaahaka ah thidhin support ah v bodah shukurihyaa. Yess.. wonder ves v miss vaane mi story ge characters mathin?. In sha Allah this is just the beginning..Adhi wonder ge story eh fennaane v avahah❤❤

  6. Emilie says:
    July 4, 2020 at 3:21 pm

    Wow v reethi ❤️❤️? mi vhk reethi kamun Emilie ah rovihje.. ❤️❤️ adhivex mikahala vhk eh neyreyne kamah ummeedhu kuran ❤️❤️?

    1. Wonder says:
      July 4, 2020 at 3:45 pm

      Thank u soo much Emilie..ur comments were so sweet n i always loved seeing those. Vaahaka ah thidhin support ah v bodah shukurihyaa. In sha Allah wonder ge new story akaa eky v avahah bahdhalu Kohlaanan.. May Allah bless u dear❤❤

  7. Wonder says:
    July 4, 2020 at 3:50 pm

    Thank u soo much Nerr.. Dear ekey egothah wonder ves v miss vaane mi story mathin? n I’ll miss u too..u have been n amazing reader who always motivates me n u never failed to give ur opinion..v bodah shukurihyaa vaahaka ah thidhin support ah. In sha Allah wonder ge aa vaahaka eh v avahah dear ah kiyaalan libeyne.. i finished my Alevels n Haven’t started on further studies yet.. Wonder ge nan ehen faharaku bunelaanan ingey? lym dear.May Allah bless u❤❤

  8. Hawwa Hassan says:
    July 4, 2020 at 4:21 pm

    Varah Varah Reethi Vaahaka

    1. Wonder says:
      July 4, 2020 at 10:44 pm

      Thank u soo much Hawwa Hassan. Vaahaka kamudhiyaeema v ufaavejje..thi dhin support ah v bodah shukurihyaa. May Allah bless u❤❤

  9. Shimla Ahmed says:
    July 4, 2020 at 4:37 pm

    nimun ves varah salhi

    1. Wonder says:
      July 4, 2020 at 10:45 pm

      Thank u soo much Shimla. V hinhama jehihje vaahakaige nimun kamudhiyaeema.. thidhin support ah v bodah shukurihyaa.. May Allah bless u ❤❤

  10. Nerr__ says:
    July 4, 2020 at 4:57 pm

    thankoo wonder.. for the support and u understood me and my opinions ?… may Allah bless you too… okay,ehn faharakun dhww bunelany.. no prob.. after all i also didn’t tell u my name?.. i dnt knw if u will see this or not, but always remember that i will read ur stories even if anyone else is not reading,In Sha Allah. and i knw there won’t be only me reading,cox ur stories are soo great..
    i dnt wnt to leave youu?… and A BIG BIG BIG THANKS TO YOU.. for keeping us entertained at the harr times…

  11. Aish says:
    July 4, 2020 at 5:52 pm

    Alheyyyyyy❤️❤️❤️❤️❤️ thank you Wonder vvvvv much. Aish haadha dheken beynun vi dhuvahekey a Rai men nah kuhjjaku libey dhuvas……. Sooooo happy today…. Hithu vindhu vx avas vefa hury…….???? Vvvvvv salhi ingey mi vaahaka ماشا الله sifa kurun vx ibaaraai thah vx hama habeys ?❤️???? dhen othy kon vaahaka ehbaaa ummeeedhu kuran dhigu inthizaareh kuran nujeheyne kamah……… Vaahaka eh ge shakhsiyyathu thakakas Aish ves dhuaa kuran e dhekudhin ge life happy kohdhey tho?‍?‍? girl eh vehjjehyaaa reethi vaane Kan neynge Raifaa kiyan Rai aa gulhuvaigen
    Dearrrrr loabeeeeeee alhey Hama speach less
    Tc
    Stay safe
    Lysssmmmmm❤️❤️❤️❤️❤️

  12. Aish says:
    July 4, 2020 at 6:01 pm

    Adhi enmme muhinmmu vaahaka thah bahahtaafa comment fonuvaalevuny…
    Wonder dhoooneeeee I’ll miss you vvvvvvvvvv much?? Allah Wonder ge aailaa ah رحمة lahvvvaashi امين adhi vaahaka liyumuge dhaairaain ithurah dear kuriaraigen dhi umah maai الله minvaru kurahvaashi aameen❤️❤️
    May Allah bless you dear
    Insha Allah dear ge next vaahaka ah vx Aish ge full support dheynan
    Tc
    Stay safe

  13. Bluebird says:
    July 4, 2020 at 7:38 pm

    ❤️❤️❤️❤️❤️ماشاءالله
    ???varah ???varah ???varah ???Salhi….
    This whole story is amazing ☺️☺️☺️
    I like it bodu bodu bodu koh sissssyyyyy ??
    ❤️❤️❤️?????????????Awwwwwwn you are soooooo soooooooooo talented..
    ????it felt like as if I was watching a movie….
    ???the last two parts were very touching….
    ❤️❤️❤️❤️❤️❤️❤️❤️Awwwwwwn what a story…
    Soooooo nice ??????
    Keep it up ????
    When you next story?????
    I will miss you sissssyyyyy
    Love you soooooo soooooo much sissssyyyyy ????❤️❤️❤️❤️❤️??????????
    TC

    1. Wonder says:
      July 4, 2020 at 10:49 pm

      Thank u soo much Blue bird. V ufaavejje dear ah mi vaahaka kamudhiyaeema.. I always loved reading ur sweet comments.. wonder ves v miss vaane dear mathin.. story ah thidhin support ah v bodah shukurihyaa. Next story up kuran fashaane date eh bunaakah adhi neyngey..Ekam v avahah fesheythoa mi masahkaih kuranyy..lym dear..May Allah bless u ❤❤

  14. =) says:
    July 4, 2020 at 7:42 pm

    ??woww nimunee dhw mi story ves ? ekm varah varah reethi mi vaahaka ?? cant wait ur new vaahaka e kiyaalan ??❤ly varah miss vaane ?

    1. Wonder says:
      July 4, 2020 at 10:53 pm

      Thank u soo much =). Dear ah kamudhiya vaahaka eh genesdhevuneethy v ufaavejje. In sha Allah next story v avahah kiyaalan libeyne.. I’ll miss u too dear. Ur comments were always lovely n sweet.. vaahaka ah thidhin support ah v bodah shukurihyaa.lym dear n may Allah bless u ❤❤

  15. Liyaa says:
    July 4, 2020 at 8:30 pm

    Mashaa allah v v v reethi vaahaka keep it up love n thanku❤️?????

  16. Aunth says:
    July 4, 2020 at 9:10 pm

    Ma sha allah v v v reethi vaahaka …. ?????????
    V bodah shukurihya wonder ?????
    Waiting for another story … adhi ehfaharu hama thanks tgc

    1. Wonder says:
      July 4, 2020 at 10:55 pm

      Thank u soo much Ainth. Ur wc adhi dear ah ves v bodah shukuru adhaa kuran mi story ah thidhin support ah. In sha Allah wonder ge dhevana vaahaka avas musthagu balehga kiyaalan libeyne. Ur comments were a big motivation. U too tvgc..May Allah bless u ❤❤

  17. lu says:
    July 4, 2020 at 10:49 pm

    waiting for anothr story

  18. Wonder says:
    July 4, 2020 at 11:00 pm

    I saw ur beautiful comment Nerr.. Honestly im out of words . Im soo happy to know that u r always rooting for me. In sha Allah we’ll meet again with another story dhw.n one day we both can exchange our names too? So don’t be sad.n ur wc.. it’s my pleasure to know that this story was of some help in this difficult times.❤❤

  19. Wonder says:
    July 4, 2020 at 11:06 pm

    Awwwn..Thank u soo much Aish.. dear ge second comment kiyaafa ufalun gos rovinje wonder ah..thidhey support ah v bodah shukurihyaa. Adhi dear ashaa dear ge Aailaa ah ves Allah rahumaih lahvaashi.Amen.It was Always nice to u see ur big big beautiful sweet comments.. dear mathin wonder v miss vaane..In sha Allah maa dhigu inthizaareh kuraakah nujeheyne next story ah.. u too tvgc n stay safe..lym dear.

  20. Wonder says:
    July 4, 2020 at 11:10 pm

    Thank u soo much Liyaa. Dear ah mi vaahaka kamudhiyaeema v ufaavejje.. vaahaka ah thidhin support ah v bodah shukurihyaa.. I was happy to see ur comments every now n then. May Allah bless u ❤❤

  21. Wonder says:
    July 5, 2020 at 9:33 am

    Thank u soo much lu. In sha Allah v avahah wonder ge new story eh fenigen dhaane.. story ah thidhin support ah v bodah shukurihyaa.. May Allah bless u ❤❤

  22. Livy says:
    July 5, 2020 at 10:30 am

    Varah???Varah???Varah???Varah Varah???Varah???Varah???Varah Varah???Varah???Varah???Varah Varah???Varah???reethi??ma sha Allah.?❤️?❤️?❤️?❤️?❤️?❤️?❤️? Sifa kurun thah ves ehaa reethi.❤️?❤️?. waiting ingey wonder ge new story akah love you nd miss you.❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?

    1. Wonder says:
      July 5, 2020 at 12:11 pm

      Thank u soo much livy.. vaahaka ah thidhin support ah v bodah shukurihyaa.. ur comments were honestly the sweetest. In sha Allah wonder ge new story eh v avahah fenigen dhaane dear ah.. I’ll miss too dear..lym n may Allah bless u❤❤

  23. Een says:
    July 5, 2020 at 6:38 pm

    Wow….. Masha Allah vvvvvvvvv reethi….. Right now I’m speechless……. I never commented to this story…… Elam hama story kiyaafa nuhurevigen mi comment kury….. You have the telent to write stories dear….. I’ll always be supporting you….. May Allah bless you and make your dreams come true……lots of love and tgc……….♥️♥️♥️♥️♥️♥️♥️♥️♥️???????????????????? and I’m waiting for your next story…………….avahah ehen story eh genas dhechey

    1. Wonder says:
      July 5, 2020 at 10:02 pm

      Thank u soo much Een. V ufaavejje dear ah mi story kamu gos adhi comment eh kohleema.. Vaahaka ah thidhin support ah v bodah shukurihyaa.. May Allah bless u too dear.. n thank u for the sweet words.. really appreciate it. U too tvgc.. In sha Allah v avahah fenigendhaane new story eh..Lym dear❤❤

  24. Shaayan says:
    July 6, 2020 at 6:10 pm

    Masha allah…masha allah??…vhk vvvvv reethi ingey??kury part thakuga comment nukurevunyma vvv bodah sooorry…ekamakuves vhk kiyaalin?…seriously, u left me speechless??…u are a really talented writer wonder✍️…
    I loved this stry of your’s…hope to see a new stry of yours…lysssssm❤️?????

    1. Wonder says:
      July 7, 2020 at 12:31 pm

      Thank u soo much Shaayan.. It’s okay dear… Comment nukuriyas mivaahaka kee kan ingunyma v ufaavejje..adhi ending ah comments eh kohleema v ufaavejje..In sha Allah wonder ge new story eh v avahah fenigen dhaane..vaahaka ah thidhin support ah v bodah shukurihyaa.lym dear.. May Allah bless u ❤❤

  25. Wonder says:
    July 7, 2020 at 12:35 pm

    Hellow Izabell.. i was waiting for ur comment..but still i haven’t seen one..im sure u have ur reasons..but since u have given such an endless support for this story i wanted to leave a comment for u..i hope one day u see this.. Thank u for always supporting me n giving feedbacks for this story.. U were a big motivation for me n honestly it pushed me to do better n i tried to improve.. So thank u soo much..May Allah bless u.. Ilysm.ill miss u and hope u will be supporting for my future stories as well❤❤

  26. Farrsher says:
    July 9, 2020 at 8:34 am

    This story is the best story I have ever read in my life….. Thanks wonder… ❤️❤️❤️☺️

  27. Firr says:
    July 9, 2020 at 11:45 am

    Haadha Reethi story ekeyy. Really really nice story everrr

  28. Aish says:
    July 30, 2020 at 12:09 pm

    ????Wonderrrrrrr loabi gandoooooo kobaatha u darl….. Miss U a lottt…. Eid mubaarak All??

Comments are closed.



All Right Reserved!