ވާށޭ މަށާ އެކީ-33
“ސަމަރް.. ކޮންތާކަށް ތިދަނީ.. އަވަސް އާދެބަލަ.. ނުފެނޭތަ މިތާ ތިބި ކަސްޓަމަރުންގެ އަދަދު..” ސަމަރް އާއެކު މަސައްކަތް ކުރާ ކުއްޖެއް ގޮވާލި އަޑަށް ސިއްސައިގެން ގޮސް އޭނާ އަށް ފަހަތް ބަލާލެވުނެވެ. ސަމަރްއަށް މިކުރެވޭ ކަންތައް ވިސްނުނީވެސް ދެނެވެ. ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ކުރިމައްޗަށް ބަލައިލީ ކައިލް އޭނާއަށް ގެއްލިދާނެ ކަމުގެ ބިރަށެވެ. ކަންވީވެސް އެހެންނެވެ. ހުދު ކުލައިގެ ކާރެއް ކައިލްގެ ކުރިމައްޗަށް މަޑު ކޮށްލީ އެވަޤުތެވެ. ސަމަރް އަށް ބާރު ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ނިކުމެ ދުވާރު މަތީ ހުއްޓެވުނެވެ. އެ ހުދު ކުލައިގެ ކާރު ނައްޓާލީ އެވަޤުތެވެ.
“ސަމަރް..ވަޓްސް ވްރޯންގް ވިތް ޔޫ.. އަހަރެން ކިޔާ އެއްޗެއް އަޑުވެސް ނީވޭތަ..” އަނެއްކާވެސް ސަމަރް އާއި އެކު މަސައްކަތް ކުރާ އަންހެންކުއްޖާ އައިސް ސަމަރްގެ ކައިރީ ހުއްޓެމުން ކޮނޑުގައި ހިފާ ދެފަރާތައް ތަޅުވާލިއެވެ. އޭނާގެ އަޑުންވެސް ކޮންމެވެސް ވަރަކަށް ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ. ކަސްޓަމަރުންގެ ގިނަކަމާއެކު ސަމަރް އެ އުޅެން ފެށިގޮތުން އޭނާ ހުރީ ނުތަނަވަސްވެފައެވެ.
އަދިވެސް ސަމަރް ހުރީ އެހެން ދުނިޔެއެއްގައެވެ. މޮޔައެއް ފަދައިން މަގުގެ ދެކޮޅު ބަލަން ފެށީ ކައިލްގެ ކިތަންމެ ކުޑަ ނިޝާނެއްވެސް ފެންނާނެ ކަމަށް އުންމީދުކޮށްގެންނެވެ. އެހެނަސް ކައިލް އެދިޔައީ ކަމުގައި އޭނާގެ ޟަމީރު ވިސްނައިދިނުމުން މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ.
“ކައިލް..” މަޑުމަޑުން ސަމަރް އަށް އެނަން ކިޔާލެވުނެވެ. އެއަޑުގައިވީ މޮޅިވެރިކަމެވެ. ގާތުގައި ހުރި ކުއްޖާ ސަމަރް ދަމަމުން ކަހަލަ ގޮތަކަށް ފޮޓޯ ސްޓޫޑިޔޯ އަށް ވެއްދި އިރުވެސް ސަމަރްގެ ލޯ ހުއްޓިފައި ހުރީ މަގުމައްޗަށެވެ.
******
އިންޓަވިއު އަށްފަހު ކައިލް އަށް ލިބިފައިވާ ހިތްހަމަޖެހުން ފެނުމުން ރައިހާވެސް ނުހަނު އުފާވިއެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ވަޒީފާ ހަމަޖެހުމުގެ އުފާވެރި ޚަބަރު ލިބޭނެ އިރަކަށެވެ.
” ކައި ވެސް ހިނގާ ކާރު ދުއްވަން ދަސްކުރަން…ޖޮބަށް ދާންވެސް ފަސޭހަ ވާނެ އެންނު..އަަހަންނަށް ހީވަނީ ކައި އަށް ކާރުގެ އެހީ ބޭނުންވާނެހެން ކުރިއަށްވުރެ ބޮޑަށް” ކާރު ދުއްވަން އިން އިރު މަގުމައްޗަށް ސަމާލުކަން ދެމުން ރައިހާ ބުނިއެވެ.
” ދެން އޭރުން ރައި އޯ؟..” ކައިލް ރައިހާ އަށް ބަލާލަމުން ބުނެލިއެވެ.
“ކައި ދާނަމެންނު އަަހަރެން އޮފީހަށް ލާށާ ބަލަޔާ..” ލޮލުގެ ކޮޅުން ކައިލް އަށް ބަލާލަމުން ރައިހާ އެހެން ބުނި އިރު ހީވަނީ އެއީ އޭނާ ވަރަށް ބޭނުންވެފަ އިން ކަމެއް ހެންނެވެ. ކައިލް ވެސް ހީލަމުން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ދެން މުޅިންވެސް ދެކެވުނީ ކާރު ދުއްވުމާ ގުޅޭ ވާހަކަތަކެވެ.
ގެއަށް އާދެވުމާއެކު އެއްޗެހި ބަދަލު ކޮށްލައިގެން ކައިލް މިސްރާބު ޖެހީ ބަދިގެއަށެވެ. ރައިހާވެސް ކައިލް އާއެކުހެން އައިސް ބަދިގެއަށް ވަދެ ކެއުން ތައްޔާރު ކުރަން ފެށިއެވެ.
“އަދި ކައި ކައިރީ ހަނދާން ނެތިފައޭ މިހިރީ ބުނަން.. ރޭގަ ސަމަރް ހުރި ގްރެޖުއޭޝަން ގަ ނަގާފަ ހުރި ފޮޓޯ ތައް ފޮނުވާފަ..” ރައިހާ ކާން ތައްޔާރު ކުރަމުންދާ މަންޒަރު ބަލަން ކިޗެން އައިލެންޑް ގައި އިށީނދެގެން އިން ކައިލްގެ މޫޑު ކުއްލި އަކަށް ބަދަލުވެގެން ދިޔައެވެ. ސަމަރްގެ ނަން އިވުމާއެކުވެސް ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދިގެން ދިޔައެވެ. ހަނދާން ކުރަން ބޭނުން ނުވި ކަމުގައިވިޔަސް މާޒީގެ ކަޅާއި ހުދުގެ ތަސްވީރުތައް އޭނާގެ ކުރިމަތީ ކުލަޖެހިގެން ދިޔައެވެ.
*********
ކައިލްގެ އުމުރުން އޭރު ފަނަރަ އަހަރު ވެއްޖެއެވެ. ކައިލް އަށް ފުރަތަމަ ސަމަރް ފެނުނީ އޭނާ އާއެކު ގްރޭޑް 9 އެއްގައި އެއް ކިލާހެއްގައި ދެމީހުން ކިޔެވި ދުވަސް ވަރެވެ. ހަނގާ ކުރުމާއި މަލާމާތް ކުރުމަކީ ކައިލް އަށް އޭރުވެސް އާ ކަމެއް ނޫނެވެ. ކައިލް ނެގި މަޑުވެ، ބަސްމަދުވެފައި އިނުމުގެ ފައިދާ އެންމެންވެސް ހިފަމުން ދިޔައީ ނަހަމަ ގޮތުގައެވެ. އެހެނަސް ސަމަރް އެ އެންމެންނާ ތަފާތު ވުން އެއީ ކައިލްގެ ހިތް ސަމަރްގެ މައްޗަށް ލެނބިގެން ދިޔަ ސަބަބެވެ. ސަމަރް ކައިލް ފެންނަ ކޮންމެ ފަހަރަކު އެ ހަދިޔާ ކުރާ ހިނިތުންވުމަކީ ކައިލްގެ މުޅި ދުވަސް ފުރިހަމަ ކޮށްދޭ އޭނާގެ ހިތްހަމަޖެހުމެވެ. އެހެންކުދިންނާ ތަފާތައް ސަމަރް ކައިލް އާ ހެދި ބިރަކުން ނޫޅެއެވެ. މަލާމާތް ކުރުމާއި ޖެއްސުން ކުރުމަކީ ސަމަރް ނުވެސް ދަންނަ ކަމެއް ފަދައެވެ. އޭގެ ބަދަލުގައި އަބަދުވެސް ވާހަކަ ދައްކާނީ ހިތްހެޔޮ ކަމާއެކު އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދިގެން ދިޔުމެވެ. ކައިލް އަށް ސަމަރް ދެކެ ގަޔާވާން ފެށުނެވެ. އޭނާ ހީކުރީ ސަމަރްވެސް އޭނާ އާމެދު އެގޮތައް ދެކޭ ކަމަށެވެ. އެހެނަސް އެއީ ކިހާ ބޮޑު ކުށްހީއެއްކަން އިނގުނީ ކައިލް އޭނާގެ ހިތުގެ އިޙްސާސްތައް ސަމަރްގެ ކުރިމަތީ ބަންޑުން ކޮށްލި ވަޤުތެވެ.
” އަހަރެން އިއްލު ދެކެ ލައިކް އެއް ނުވެ.. ކަމޯން.. އަހަރެމެން މީ ދެރައްޓެހިންނެންނު.. ލަދުވެސް ގަނެއްޖެ އިއްލު ތިގޮތައް ދެކުނީމަ.. އަހަރެން އިއްލު އަށް ނައިސްވީ ހަމައެކަނި އިއްލު އަށް ޙަމްދަރުދީ ވެވިގެން.. ތިކަހަލަ އަންސޯޝަލް މީހެއްދެކެ ކިހިނެއް އަހަރެން ލައިކް ވާނީ..ނޯވޭ.. އިއްލު އަށްވެސް އެންމެ ރަނގަޅުވާނީ އަހަރެން މަތިން ހަނދާން ނައްތާލިއްޔާ.. މީގެ ފަހުން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ނުކުރާތި..” ސަމަރް އޭނާ ބުނަން ބޭނުން ހުރިހާ އެއްޗެއް ބުނެލުމަށްފަހު އެތަނުން ދިޔައީއެވެ. އޭގެ އަނެއް ދުވަހު މުޅި ސުކޫލުގައިވެސް ސަމަރް ވަނީ އެވާހަކަ ފަތުރާލާފައެވެ. ކަލެއަށް އަންހެން ކުއްޖެއްވެސް ނުވާނޭ ކިޔާ ހުރިހާ ކުދިން ކައިލްއާ ދިމާކުރަމުން ދިޔަ އިރު ސަމަރް އިނީ ހީލަ ހީލައެވެ.
*******
ރައިހާ ވަޒީފާ ނިންމާފައި އައިސް ގެޔަށް ވަތް އިރު ގަޑިން ހަތަރެއް ޖެހީއެވެ. ކުރިން ބައިން ޖިމަށް ދާ ކަމަށް ބުނެ ކައިލް މެސެޖު ކޮށްފައި އޮތުމުން ގެޔަށް ވަނުމަށްފަހު ރައިހާ ކައިލް ނުފެނިގެން ހާސްވާކަށް ނުޖެހުނެވެ. ވަރުބަލި ފިލުވާލުމަށް ސޯފާގައި ޖައްސާލިތަނާ ރައިހާގެ ހަނދާނަށް ކުއްލި އަކަށް ވެރިވީ ކައިލް ކުރެހި ތަސްވީރެވެ. ކައްޓެއް ހެރުނުހެން ކުއްލި އަކަށް ސޯފާއިން ތެދުވެ ރައިހާ މިސްރާބު ޖެހީ ކައިލްގެ ކޮޓަރިއާ ދިމާއަށެވެ. އަވަސް ފިޔަވަޅުތަކުގައި ގޮސް ތަޅުނުލާ ހުރި ކޮޓަރި ހުޅުވާލި އިރު ރައިހާގެ ހިތުގެ ވިންދުވެސް ދިޔައީ އަވަސް ވަމުންނެވެ. ކޮޓަރި ތެރެއަށް އެޅި ކޮންމެ ފިޔަވަޅެއްވެސް ރައިހާއަށް އެޅުނީ ލަސްލަހުންނެވެ. ކައިލް ކުރަހަން ބޭނުން ކުރާ ކެންވަސްގައި ހުރި ގަނޑުތައް މަޑު މަޑުން ފަހަރަކު ގަނޑެއް މައްޗަށް އެއްލަމުން ރައިހާ ދިޔައެެވެ. އެހެނަސް ރައިހާގެ ނިތަށް ރޫ ގިނަވެގެން ދިޔައީ އެދުވަހު ފެނުން ކުރެހުން ކެންވަސް އިން ނުފެނުމުންނެވެ. އަވަސް ހަރަކާތާއެކު އަނެއްކާވެސް ހުރިހާ ގަނޑެއް އަލުން ބަލުން ރައިހާ ޗެކް ކުރަން ފެށިއެވެ. ނަމަވެސް އިތުރަށް މާޔޫސްވުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ. ކުލަ ފެނުން ކުރުހާފައިވާ އެމޫނުގެ ތަސްވީރެއް ރައިހާ އަކަށް ނުފެނުނެވެ. ހިތުގައި އުފެދުމުން ދިޔަ ސުވާލުތަކައް ބޮޅަކަށް ފަހު ބޮޅެއް އިތުރު ވަމުން ދިޔައެެވެ. އަނެއްކާ ކައިލް އެކުރެހުން އޭނާ އަށް ފޮރުވަން ބޭނުންވީހެއްޔެވެ؟ ނަމަވެސް ކީއްވެގެން ހެއްޔެވެ؟ އެ ތަސްވީރުގައި އެވަނީ ކައިލް އާ ކޮން ގުޅުމެއް ހުރި ފަރާތެއް ބާއެވެ؟
ސިކުނޑި ފުނިޖެހެމުން ދިޔަ ޚިޔާލުތަކާއެކު ރައިހާ އަށް އޭނާގެ ނިތްކުރީގައި އަތް ޖައްސާލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ޚިޔާލުތަކުން އެއްފަރާތް ވެލުމަށް ރައިހާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ފެންވަރާލުމަށެވެ.
*******
ދެދުވަހުގެ ތެރޭގައި ކައިލް އަށް ވަޒީފާ ހަމަޖެހުނު ކަމުގެ އުފާވެރި ޚަބަރު ކޭ ޑަބްލިޔު ކޮމްޕެނީގެ ފަރާތުން ދިނެވެ. އެ ޚަބަރުން ރައިހާ އުފާވީ ނަމަވެސް ބަޔާން ކުރަން ދަތި ނުތަނަވަސް ކަމެއް އެހިތައް ލިބިފައިވެ އެވެ. ވޭތުވެ ދިޔަ ދެ ދުވަސް ތެރޭގައި ކައިލް އަށް ގޮތް ނޭނގޭ ފޯނު ކޯލެއް އަންނަކަން ރައިހާ އަށް ފާހަގަ ކުރެވުނެވެ. އޭނާގެ ކުރިމަތީ ދުވަހަކުވެސް ކައިލް ފޯނު ނަގާފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް އަވަސް އަވަހަށް ނުތަނަވަސް ކަމާއެކު ފޯނު ކަނޑާލަނީއެވެ. ހިތުގައި ކިތަންމެ ގިނަ ސުވާލެއް އުފެދުނަސް ދުލާ ހަމަޔަށް އެއްވެސް ވާހަކައެއް ގެނައުމުގެ ހިތްވަރެއް އަދިވެސް ރައިހާ އަކަށް ނުލިބެއެވެ.
******
މަގުތަކުގައި ދުއްވާ އެއްޗެހީގެ ގިނަ ކަމާއެކު ރައިހާ ކާރު ދުއްވަމުން ދިޔައީ މަޑު ދުވެލީގައެވެ. މަގަށް ސަމާލުކަން ހުއްޓާލައިގެން އިންނަމަވެސް ދޭތެރެ ދޭތެރެއިން ރައިހާ ކައިލްއަށް ނަޒަރެއް ދެއެވެ. އޮފީހަށް ދާ ފުރަތަމަ ދުވަސް ކަމުން ކައިލްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނެއެވެ. އިރު ކޮޅު ކޮޅާ އަޅާފައި އިން ޓައީ އަތުން ރީތި ކޮށްލާ ލައިގެން ހުރި ގަމީހަށް އަވަސް ނަޒަރެއް ދެއެވެ. ކޭ ޑަބްލިޔު އާކިޓެކްޗަރަލް ފާމްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ކައިލް އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލުމަށްފަހު ވަޤުތު ވެސްކުޑަތަން ވަމުންދާތީ ކާރުގެ ދޮރު ހުޅުވާލަން އަވަސް ވެގަތެވެ.
“ކައިލް..” ކާރުގެ ދޮރު ހުޅުވާލަން ދަމާލި ކައިލްގެ އަތުގައި ރައިހާ އަވަސް އަވަހަށް ހިފެހެއްޓިއެވެ. ކައިލްވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ރައިހާ އަށް ދިނީ ރައިހާ ބުނަން އުޅޭ އެއްޗެއް އަޑު އެހުމަށެވެ.
ރައިހާ ކައިލްގެ ލޮލަށް ބަލާލަމުން އަނގަ ހުޅުވާލީ އޭނާ ބުނަން ބޭނުންވި ވާހަކަ ބުނުމަށެވެ. ނަމަވެސް އޭނާގެ ދޫ ހީވަނީ ތަޅުލެވިފައި ވާހެންނެވެ. އަނެއްކޮޅުން ކައިލްގެ ގަޑި ޖެހެނީކަން ރައިހާއަށް އިނގެއެވެ. ވަޒީފާގެ ފުރަތަމަ ދުވަހު ގަޑިޖެހިގެން ދާން ކައިލްވެސް ބޭނުންނުވާނެކަން ޔަޤީނެވެ.
“ނަތިންގް..” ރައިހާ އަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. ކައިލްވެސް ހިނިތުންވެލަމުން ރައިހާގެ ކޮލުގައި ފިރުމާލުމަށްފަހު އަވަސް އަވަހަށް ކާރުގެ ދޮރު ހުޅުވާލަމުން ނިކުތެވެ.
ކައިލް އިމާރާތުގެ ތެރެއަށް ވަދެގެން ދިޔަ މަންޒަރު ކާރުގެ ބިއްލޫރިގަނޑުގެ ތެރެއިން ބަލަން އިން ރައިހާ އިސްޖަހާލިއެވެ. މާޔޫސްކަމުގެ ނޭވާއެއް ބޭރުވެގެން ދިޔަ އިރު އަނެއްކާވެސް ރައިހާއަށް ކައިލް ދިޔަ ދިމާއަށް ބަލާލެވުނެވެ.
“އައި ލަވް ޔޫ..” މަޑު މަޑުން ރައިހާގެ އަނގައިން ބޭރުވީ މީގެ އިރުކޮޅެއް ކުރިން ކައިލްގެ ގާތުގައި އޭނާ ބުނަން ބޭނުންވީ ލަފްޒުތަކެވެ. އެހެނަސް ކުއްލި އަކަށް އެ ލަފްޒުތައް އޭނާގެ ދުލައް ބޮޑު ބުރަޔަކަށްވީ ކީއްވެހެއްޔެވެ. އެ ސުވާލާ އެކު ރައިހާ އަށް އޭނާގެ ދެއަތް މުށްކަވާލާފައި ގެނެސް މޭގައި ޖައްސާލިއެވެ. ކައިލް އޭނާގެ ލޯ ކުރިމަތިން ގެއްލޭކަށް އޭނާ ނޭދެއެވެ. އެހެނަސް ހިތުގައި އުފެދިފައިވާ ގޮތް ނޭނގޭ ތޫފާނަށް ނިމުމެއް ގެންނަން އޭނާ ބޭނުން
ވެއެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ދެވޭނީ ހަމައެކަނި ކައިލް އަށެވެ. އެހެނަސް އެ ސުވާލުތައް ކުރުމަށް ރައިހާއަށް ފަސްޖެހެވެނީއެވެ.
*******
އޮފީސް މާޙައުލަކީ ކައިލް އަށް މުޅިން އާ މާޙައުލެކެވެ. ނަސީބަކުން ވަޒީފާގެ ފުރަތަމަ ދުވަސްކަމުން މާގިނަ މަސައްކަތް ތަކެއް ކުރާކަށް ނުޖެހުނެވެ. މުޅި ދުވަސް ހޭދަވެގެން ދިޔައީ ވަޒީފާގެ ކަންކަން ދަސްކޮށް އޮފީހުގެ ގަވައިދުތައް ދަސްކުރުމުގައެވެ. ކައިލް އުންމީދު ކުރިވަރަށް ވުރެ އެންމެންގެ ފަރާތުން އޭނާއަށް ފެނުނީ ރަޙްމަތްތެރިކަމާއި އެކަކު އަނެކަކަށް ވެދޭ އެހީތެެރިކަމެވެ. އެކަމުގެ ސަބަބުން ނުހަނު ބޮޑު ހިތްހަމަޖެހުމެއް ކައިލް އަށް ލިބުނެވެ.
ވަޒީފާގެ ފުރަތަމަ ދުވަސްކަމުން މުވައްޒަފުންގެ އެދުމުގެ މަތިން ކައިލް ލަންޗް ބްރޭކް ނެގީ އޮފީހުގެ ކެންޓީނުންނެވެ. ކައިލް ބްރޭކް ގަޑިއަށް ނާންނާނެ ވާހަކަ މެސެޖު ކުރުމުން ރައިހާގެ މޫނު މަތި މިލައިގެން ދިޔައެވެ. އޭނާވެސް ގަސްތު ކުރީ ގެޔަށް ނުދިޔުމަށެވެ. ކާހިތް ކެނޑިފައި އިނުމުން ނުކާން ހުރި ނަމަވެސް އެކުގައި މަސައްކަތް ކުރާ ކުދިންގެ އާދޭހާއެކު ރައިހާވެސް ހޮސްޕިޓަލްގެ ކެންޓީނަށްވަދެ ކުޑަ ގޮތެއް ހަދާލިއެވެ. ކައިލް އާ މެދު ވިސްނެމުން ދިޔަ ވަރުން ކައިރީގައި ތިބި އެއްވެސް މީހެއް ދައްކާ ވާހަކައަކަށް ސަމާލުކަން ދެވޭގޮތެއް ރައިހާ އަކަށް ނުވިއެވެ.
******
މަސައްކަތުގެ ގަޑި ނިންމާލުމަށްފަހު ކައިލް މަޑުކޮށްލީ ދުވާރު މަތީގައެވެ. ގަޑިއަށް ބަލާލުމަށްފަހު އެ ތުންފަތައް ހިނިތުންވުމެއް ވެރިވީ ރައިހާ ފެންނާނެ ވަޤުތު ކުޑަތަންވަނީކަން އިނގުމުންނެވެ. ބްރޭކް ގަޑީގައިވެސް ރައިހާ ނުފެނުމުން ކައިލް އަށް އޭނާގެ ދުވަސް ދިގުކަމަށް އިޙްސާސް ކުރެވުނެވެ. ކަމެއް ހަނދާންވާ ފަދައިން ޖީބަށް އަތް ލަމުން ކައިލް އޭނާގެ ފޯނު ނެގިއެވެ. ސައިލެންޓް އަށް ލާފައި އޮތް ފޯނުގެ ހުޅުވާލި އިރު ނަންބަރަކުން މިސްވެފައި ހުރި ފަސްވަރަކަށް ކޯލު ފެނުނެވެ. ޗޮކެއް ކަނޑާލަމުން ކައިލް ފޯނު އަނބުރާ ޖީބަށް ލިޔެވެ. ކިތަންމެ ވިސްނަން ބޭނުން ނޫނަސް އެ ފޯނު ކޯލުތަކާއި މެދު ކައިލް އަށް ވިސްނެމުން ދިޔައެވެ. ބައެއް ފަހަރު ފޯނު ނުނަގާ ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައިވެސް އޭނާގެ ޟަމީރު ވިސްނައިދޭން މަސައްކަތް ކުރާ ފަދައެވެ.
“ކައިލް..!” ނުތަނަވަސްކަން ވެރިވެފައި ހުރި ކައިލް ހައިރާން ވެފައި މަގުމައްޗަށް ބަލައިލީ އަންހެންކުއްޖެއްގެ އަޑު އިވުންހެން ހީވެގެންނެވެ. ކައިލްގެ ލޯ ގޮސް ހުއްޓުނީ އޭނާ އާ ދިމާ ކުރިމަތީ މަގުގެ އަނެއްފަރާތުގައި ހުއްޓި ހުރި ސަމަރް އަށެވެ.
މަގުގެ ދެކޮޅު ބަލާލުމަށްފަހު އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ސަމަރް މަގު ހުރަސްކޮށްލިއެވެ. ކައިލް އާއި ނުހަނު ކައިރީގައި ހުއްޓުނު ސަމަރް ހިތާއި ހިތުން ކައިލް އަށް ތަޢުރީފު ކޮށްލިއެވެ. ބެގީކުރެވިފައިވާ ހުދު ގަމީހާ އެކު ކައިލް ހުރީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައެވެ. ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލައިގެން ހުރި ކައިލްގެ ގޮށްޖެހިފައިވާ ދެބޮމަ ފެނުމުން ގޮން ނޭނގޭ ކަރަންޓު އޮއިވަރެއް ސަމަރްގެ ހަށިގަނޑު ތެރޭ ދުވެލިފަދައެވެ.
“ހާއި..” މޫސުން ގޯސް ވުމުގެ ސަބަބުން ބާރުވަމުން ދިޔަ ވަޔާއެކު މޫނުމައްޗަށް އެޅެމުން ދިޔަ އިސްތަށިތައް އަތުން ރީތި ކޮށްލަމުން ހިތްވަރު ކޮށްފައި ސަމަރް ބުނެލިއެވެ. އެހެނަސް ސަމަރް މާޔޫސް ވީ ކައިލް އޭނާއާ ފުރަގަހަށް އެނބުރުމުންނެވެ.
“އިއްލު އަހަންނާ ވާހަކަވެސް ނުދައްކާނަންތަ؟..” ސަމަރް ކައިލް އާ މުޚާތަބު ކުރަމުން ދިޔައީ ފުރާވަރުގެ ދުވަސް ވަރު އޭނާގެ ގާތް މީހުން ކިޔާ އުޅުނު ނަމުންނެވެ. ނަމަވެސް އެނަމާއެކުވެސް މާޒީ ހަނދާންވެ ކައިލް އަށް ދެލޯ މަރާލެވުނެވެ.
“ސަމަރް ކީއްކުރަން މިތަނަށް ތިޔައީ..އަަހަރެމެން ދެމީހުން ދޭތެރޭ ދައްކަން ޖެހޭ އިތުރު ވާހަކައެއް ނޯންނާނެ..” ކައިލް ގެ އަޑުގައިވީ ހަރުކަށިކަމާއި ނަފްރަތު ސަމަރްގެ ހިތް ފޮތި ފޮތި ކުރަމުން ދިޔައެވެ.
“ޕްލީސް..އިއްލު..އަދިވެސް ކުރީގައިވީ ކަންތަކާ ހިތްހަމަ ނުޖެހިފަތަ.. އަހަންނަށް މަޢާފް ކުރޭ.. މިހާރު އިއްލު އާ ދޭތެރޭ އެހެން ކަންތައް ކުރެވުނީމަ އަހަރެން ދެރަވޭ.. އަހަރެން ބޭނުން އަލުން އަހަރެމެންގެ ގުޅުން އާލާކުރަން..” ސަމަރްގެ އަޑުގައިވަނީ އާދޭހެވެ.
“އަހަރެން ސަމަރް އަށް މަޢާފް ކޮށްފާނަން.. އެކަމަކު ދެން އިތުރަށް އަހަރެމެން ދެމީހުން ދެމެދު އެއްވެސް ގުޅުމެއް ނެތިއްޔާ ރަނގަޅުވާނީ..ސޯ ޕްލީސް ޖަސްޓް ލީވް..” ކައިލް ސަމަރް އާ ދުރަށް ހިނގައިގަންނަމުން ބުނެލިއެވެ. އެހުރިހާ އިރުވެސް ކައިލް ހުރީ ސަމަރް އާ ފުރަގަސްދީގެންނެވެ.
ސަމަރް އާ ދުރަށް ކައިލް ހިނގައިގަތުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މުޅި ހަޔާތުން ކައިލް ބީވެގެން ދާފަދަ އިޙްސާސެއް ސަމަރް އަށް ކުރެވުނެވެ. ދެވަނަ ފަހަރަށް އޭނާގެ ސަބަބުން ކައިލް ގެއްލޭކަށް ސަމަރް ބޭނުމެއް ނުވިއެވެ. ސަމަރް ކައިލްގެ ފަހަތުން ދުވެފައި އައިސް ކައިލްގެ ހަށިގަނޑުގައި ފުރަގަހުން ބައްދާލިއެވެ. ހުއްޓުން އެރި ކައިލްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އެކަންފަތުގައި ސަމަރްގެ ވޭނީ ރުއިމުގެ އަޑު ޖެހިގެން ދިޔައެވެ.
******
އުޑުމަތި ބައްދަމުން ދިޔަ ކަޅު ވިލާތައް ފެނުުމުން ރައިހާ ކާުރުގެ ސްޕީޑް ބާރުކޮށްލީ އަވަހަށް ކައިލްގެ ކައިރިއަށް ދިޔުމަށެވެ. މުޅި ދުވަހު ކައިލް ނުފެނި އުޅުމުން އޭނާގެ ހިތްވެސް އެދިގޮވަމުން ދިޔައީ ކައިލް ދެކިލުމަށެވެ. ކޭ ޑަބްލިޔު ފާމް ކައިރިއަށް ކާރު ޕާކު ކޮށްލުމަށްފަހު ފޭބި ރައިހާ ހުރި ފިޔަވަޅު މަތީ ހުއްޓުން އެރީ ކައިލްގެ މެދު ހަށީގައި ބައްދާލައިގެން އަންހެން ކުއްޖެއް ހުރިތަން ފެނުމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Mi part vx varah reethi, Ma Sha Allah ❤❤❤❤ Samar ulhey faadei dhw dhen. Foohi vey ????? Alhe wonder Raiha are Kail separate nukurahchey????? dhen Samar gandu rulhi aadhey ???? btw curiously waiting for next part ???? ly
Thank u soo much Izabell.. Ahaha.. samar ah anehkaa miruhen kaan dhen vefa dhw ehery? v ufaavejje dear ah mi part ves kamudhiyaeema.. Hingaa dhw rai n kail ah vaagoih ves balaalan.. lym dear?❤
Mi part ves Varah Varah Varah reethi ❣️❣️ maa sha Allah ?? samar gandu dhen kihineh tha miulhenii Alhe???? Kail nd Raiha separate nukurahchey please please.?
Btw curiously waiting waiting waiting waiting for the next part ?????? ly ?✨⚡
Thank u soo much Livy..v ufaavejje mi bai ves dear ah kamudhiyaeema.. Samar dheke wonder ves v rulhi aissa mihiryy?. Hingaa dhw Dhn vaagoih balaalan.lym dear?❤
مشاء الله????????????
Mi part ves haadha loabi eyy❤️?????♥️????❤️??❤️???????????????????❤️?❤️?❤️?❤️?❤️?❤️?❤️?
Samar haadha goahey???? Huvaa foohivey hadikoh ulhenya?????
Samar basnaahanya chocolate nulibeyne ingey?????????????
Rai haadha dhervaaney alhe Rai ah ehen nuhadhaaba????????
Thank u soo much sher.. Hehe.. samar ge badhaluga wonder a dheyn veenu chocolate ?. Let’s see dhw dhn vaa gotheh ves story ga..v ufaavejje dear ah mi part ves kamudhiyaeema ?❤
MI PART VES HAADHA REECHEYY?? cant wait dhen oi part kiyaalan..lysm?
THANK U SOO MUCH =).. hehe.v ufaavejje mi part kamudhiyaeema.. Next part In sha Allah avahah submit kohla dheveythoa balaanan..lym dear?❤
Hellow dear readers.. How u all doing? I hope u all will like 33rd part of vaashey mashaa eky.. I’ll be really happy to get lot of feedbacks to this part as well.. I can’t thank enough for the sweet comments and support for this story.. Thank u all who gave support and corrected my mistake.ly all ?❤❤
Lwbi vey more ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Awwwn..lysm?❤
Alheyy v reethi…. ?❤️ mi part kiyaali iru i ah rovihje ehaa vex Furihama koh genes dheefa….. ?❤️❤️ heevanii loa kurimatheega vedhiya Kameh hen?❤️ avahah next part upkohladhechey ?❤️❤️
Alheyy thank u soo much Emilie. Anehkaa maa bodah nurohcheyy dear?. V ufaavejje dear ah story kamudhiyaeema. Wonder ge amaazakee ves aslu kiyamun dhaairu story loa kurimathee sifa vaa varu kurun.. v ufaavejje ekan kaamiyaabu veema. Next part In sha Allah v avahah submit kohlaanan..?❤
dhn smar ehn ulhen jehey tha konmehen ??.. gete nuvey tha kail akee mihaar rai ge meeheh kan?
vaahaka varah varah reethi.. keep it up and go on with ur wonderful work, really appreciate ?
wonder, ekyhve tha ner ge comment ga abadhuvx “ur comment is awaiting moderation” aranyy..
Wooooooooooooooooooowwwww,. Wonder.
This story is so beau.
I’m speechless. Btw when next prt …….
CURIOUSLY WAITING……
Thank u sooooooooo much No one..hehe. v ufaavejje mi part dear ah kamudhiyaeema. Next part mihaaru kiyamun midhanyy.nimunu haa avahakah submit kohla dheynan?❤
Aan dhww Ner. Samar ah jeheyne ennu understand vaan.. Thank u soo much for the motivational words dear.. v ufaavejje mi part ves kamudhiyaeema. Wondee akah ves neynge baeh kiyuntherin ge comment ah ehenvanyy keehve kameh..? But im trying to reply for pending comments as well?❤
Ohh my lovely Wonder is here kiyaalaafa comment kohlaanan ☺️☺️☺️ 32 van part ah in naane lan neynge comment eh kohllaafa wonder reply kohllinthr
WHAAATTTTTT?????? SAMAROOOOO heyovaanetha thihen ulhen Rai ah vaane goi Samar nikan visnaala Bala pispispis???? dhen e mishaly nufen naanetha vaahaka Hama vvvvvv salhi ingey Wonder dhoonigandaa☺️☺️???❤️❤️❤️❤️
that’s so sweet of you.. and ner ah ingey wonder ah comment fennakan ?
Samar is so boring??….she is just trying to snatch Kyle from raiha??… BTW I love this story ??.. waiting for the next part..lysssm ❤️❤️
Yess dhw.. Faiherr. Let’s see whether samar succeeds. Next part hama dhenme mi submit kohlee.. hopefully v avahah kiyaalan libeyne. V ufaavejje dear ah mi story kamudhiyaeema.. lym dear?❤
Yess..Dhw Aish..Samar ah hama nuvisneny eyy.. V ufaavejje dear ah mi part ves kamudhiyaeema.. wonder ah heevany e comment ah reply dhevunhen.. v ufaavejje loabi loabi Aish ge comment fenunyma..hehe?❤
Can’t wait to read next part ??? vvv kehmadhu vefa mihiry Rai hadhaa gotheh balaalan ❤️❤️❤️❤️ submit kohffin dhw Wonder admin check kuran ves vaguthu nagaane dhw?