ވާށޭ މަށާ އެކީ-35
ހައިރާންވެ އަނގަހުޅުވިފައި ހުރި ރައިހާ ފަހަތަށް އެނބުރި ކައިލް އަށް ބަލައިލިއެވެ. ރައިހާ ހުރި ގޮތް ފެނި ކައިލް ގާތަށް ހިނިއަންނަ ގޮތްވިއެވެ.
“ރައި އަށް ސަޕްރައިޒް އެއް ދޭންވެގެން ނުދައްކަ ބޭއްވީ… ކުރިން ދުވަހު ރައި ކެންވަސް ކައިރި ހުރީމަ ވަރަށް ބިރުގަތް.. ހީކުރީ ރައި އަށް ފެނުނީކަމަށް.. އެހެންވެ އަވަހަށް ރައި ކޮޓަރިން ނެރެން ބަނޑުހައިވެއްޖޭ ބުނީވެސް..” ކައިލް ގެ ވާހަކަތައް އަޑުއަހަން ހުރި ރައިހާ އަނެއްކާވެސް އެކުރެހުމަށް ބަލާލުމަށްފަހު މަޑުމަޑުން އެކުރެހުމުގައި އަތް ބީއްސާލިއެވެ.
“އިޓްސް ސޯ ބިއުޓިފުލް..” ރައިހާގެ ތުންފަތުގައި ވީ ހިނިތުންވުން ފެނި ކަައިލް އަށް ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
“އެކަމަކު ކުރިން ކައި ބުނީމެންނު މީހުންނެއް ނުކުރަހަމޭ ކައި އެއް..” ތަޙުޤީޤެއް ހިންގާ ބީދައިން ރައިހާ ސުވާލު ކުރިއެވެ.
“އެއީ އަހަރެންނަށް މީހުންގެ ފަރާތުން އޭރު އަބަދުވެސް ލިބުނީ ވޭނާ ހިތްދަތިކަން.. އެކަމަކު ރައި ތީ އަހަންނަށް ހުރިހާ އުފާވެރިކަމެއް ހޯދަ ދިން ފަރާތް.. އަހަންނަށް އަލުން ދިރިއުޅެން ދަސްކޮށްދިނީ ރައި.. އެފަދަ މީހެއް ނުކުރަހާ ދެން އަހަރެން ވަކި ކުރަހާނީ ކޯއްޗެއް؟” ރައިހާގެ ނިތްކުރީގައި ކައިލްގެ ތުންފަތް ޖައްސާލަމުން އޭނާގެ އަތު ތެރޭގައި ރައިހާ ފޮރުވާލިއެވެ.
“ސޮރީ ކުރިން ރައި ކައިރި މިހުރިހާ ވާހަކައެއް ނުކިޔާދެވުނީމަ… ރައި އެގޮތަށް ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވި.. ތިލޮލުން އެންމެ ކަރުނަތިއްކެތް ވެއްޓޭތަން ބަލާކަށްވެސް އަހަންނަކަށް ކެތެއް ނުވާނެ.. އެއަށްވުރެ ބޮޑަށް އަހަރެން ރައި ދެކެ ލޯބިވޭ..” ރައިހާ އޭނާގެ ހަށިގަނޑާ ދުރުކޮށްލަމުން ދެއަތުން އެމޫނުގައި ހިފާލަމުން ކައިލް ބުންޏެވެ.
“އިޓްސް އޯކޭ… ކައި ހުރިހާ ވާހަކައެއް ކިޔާދިނީމަ އަހަންނަށް އެވަރު ފުދޭ.. އަހަރެން ރުޅިއަންނަ ވަރަށް ވުރެ ކައި ދެކެ ލޯބިވޭ..” ދެމީހުންވެސް އެކަކު އަނެކެއްގެ ލޮލަށް ބަަލަހައްޓައިގެން ތިބި އިރު ތުންފަތުގައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.
“ދެން ހިނގާ ފެންވަރަން ދާން.. މިހާރު ރައި ހީވަނީ ކްލައުން އެއްހެން ނޭފަތް ރަތްވެގެން..” ރައިހާ އަށް ދިމާކޮށްލުމުގެ ނިޔަތުގައި ފިނިވުމުގެ ސަބަބުން ރަތްވެފައިވާ ރައިހާގެ ނޭފަތުގައި ހިފާލަމުން ސަމާސާ ރާގެއްގައި ކައިލް ބުންޏެވެ. ވަޤުތުން ރައިހާ ކައިލް އަށް ލޯ އަޅާލުމަށްފަހު ފުރަގަސްދީ ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ. ކައިލްވެސް ހެވިފައި ހުރި ރައިހާގެ ފަހަތުން ދުއްވައިގަތެވެ. ރައިހާގެ ފަހަތުން ހުއްޓި ލުއި ފަތެއްހެން ރައިހާ ނަގައިގަނެގެން ކައިލް ކުރިއަށް ހިނގައިގަތެވެ.
“ކައިލޫ.. ހަމަމިހާރު އަހަރެން ބަހައްޓާ ތިރީގަ!” ކައިލްގެ ގައިގާ ތަޅައިގަންނަމުން ރައިހާ އަމުރުކޮށްލިއެވެ.
“މިހެން ގެންދިޔައީމަ ފެންވަރަން ދެވޭލެއް އަވަސް ވާނެ..” ލާނެތް ހިނިތުންވުމަކާއެކު ކައިލް ބުނެލިއެވެ. ރައިހާ ލަވަމުން ދިޔަ ހަޅޭއްވެސް އޭނާއަށް އަޑުނީވޭ ފަދައެވެ.
******
ދެމީހުން އެކީގައި ފެންވަރާލައިގެން އައިސް ސޯފާގައި ތިބީ ޓީވީން ދައްކަމުން ދިޔަ “މީ ބިފޯ ޔޫ” ކިޔާ އިނގިރޭސި ފިލްމެއް ބަލާށެވެ. އަދިވެސް ވެހެމުން ދިޔަ ވާރޭގެ އަޑާއެކު ސިޓިންގް ރޫމުގައިވަނީ އަރާމު ވަރަކަށް ފިނި ހިފާލާފައެވެ. ސޯފާގައި ހަށިގަނޑު ދަމާލައިގެން އޮތް ކައިލްގެ މޭގައި ރައިހާ ލައްވެލައިގެން އޮތް އިރު ދެމީހުންގެ ގައިމަތިން ބްލޭންކެޓެއް އަޅާފައިވެއެވެ. ކައިރީ ހުރި ބިއްލޫރި މޭޒުގައި އާވި އަރަ އަރާ ހުރި ދެކޮފީތަށިން ތަނުގައި މަޑު މަޑު ކޮފީވަހެއް ހިފާލާފައިވެ އެވެ. ރައިހާގެ ތެތް އިސްތަށިގަނޑާ ކުޅެމުން ދިޔަ ކައިލްގެ އެސްފިޔަތަކަށް ބަރުވަމުން ދިޔައީ ވެފައި ހުރި ވަރުބަލިންނެވެ. އެހެނަސް ނިދިޖެހެމުން ދިޔަ ކައިލް އަށް ލޯ ހުޅުވާލަން މަޖުބޫރުވީ ދޮރުގައި ބެލްއަޅާލި އަޑަށެވެ. ރައިހާވެސް ހަށިގަނޑު ސީދާކޮށްލަމުން ކައިލް އަށް ބަލާލިއެވެ. ބުރުގާ ނާޅާ ހުރުމުން ކައިލް ކައިރީ ދޮރު ހުޅުވަން ބުނުމަށްފަހު ރައިހާ އަވަސްވެގަތީ ކޮޓަރިއަށް ވަދެ ބުރުގާ އެޅުމަށެވެ.
ކައިލް އައިސް ދޮރު ހުޅުވާލި އިރު ކުރިމަރީގައި ހުރި ނުދަންނަ ފިރިހެން މީހާއަށް ބަލައިލިއެވެ. ކޯޓު ފަޓުލޫނުގައި ހުރުމުން ރަސްމީކަމަށް ދައްކާ އެފިރިހެން މީހާގެ މޫނުނަތިން ހަރުވައްތަރު ޖަހައެވެ. ހީވަނީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ މީހެއް ހެންނެވެ. އެހެނަސް އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.
“ތިއީ މުޙައްމަދު ކައިލް ފަޔާޒް ތޯ؟..” އަވަސް އަވަހަށް އެމީހާ ސުވާލު ކުރި އިރު އޭނާގެ އަޑުންވެސް ފާޅުވަމުންދިޔައީ ޖެހިލުންވުމެވެ.
“އާދެ.. ތިއީ ކޮންބޭފުޅެއްތޯ..؟” މިވަނީ ކިހިނެތްކަމެއް ނޭނގިފައި ހުރި ކައިލް އަަށް އަވަސް އަވަހަށް އަހާލެވުނެވެ.
“މިއީ ކައިލްގެ ބައްޕަ ފަޔާޒްގެ ޕީއޭ.. އެެއްދަވަހު ފޯނުން ވާހަކަ ދެއްކީމެންނޫންތޯ..؟ ކައިލް އަށް ހަނދާންކޮށްދޭ ފަދައިން އޭނާ ބުންޏެވެ. ބުރުގާ އަޅާއިގެން ސިޓިންގް ރޫމަށް ނިކުން ރައިހާއަށް ވެސް އޭނާ ދެއްކި ވާހަކަ އަޑުއިވުނެވެ.
ނިތަށް ރޫގިނަވެގެން ދިޔަ ކައިލް އަށް ހާސްކަން ލިބުނެވެ. އެހެނަސް ކުރިމައްޗަށް އޭނާ ހޯދަން އައިސް ހުއްޓާ ފޮނުވާލާކަށް ކައިލް އަކަށް ނުކެރުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކައިލް އޭނާއާ ކުރިމަތިލިއެވެ.
“ވަންނަވާ އެތެރެއަށް.. އިށީނދެގެން ވާހަކަ ދެއްކުން އަޅުގަނޑަށް ހީވަނީ މާ ބުއްދިވެރި ވާނެހެން..” ކައިލް ދޮރާ އެއްފަރާތަށް ޖެހިލަމުން އޭނާއަށް ވަންނާނެތަން ދެއްކިއެވެ. އެ ފިރިހެން މީހާވެސް އަވަސް އަވަހަށް ބޯ ޖަހާލަމުން ފަޓުލޫނު ޖީބުގައި އޮތް ރުމަލުން ނިތްކުރިމަތީގައިވާ ދާތައް ފޮހެލަމުން އައިސް ސިޓިންގް ރޫމުގައި ހުރި އެކަކަށް އިށީނދެވޭ ސޯފާގައި އިށީނެވެ. ކައިލް އާއި ރައިހާ އިށީނީ ދިގު ސޯފާގައެވެ.
“ތިފަރާތަށް ކިޔަނީ ކޮންނަމެއްތޯ.؟” ވާހަކަދައްކަން އިތުރަށް ފަސޭހަވެގެން ދާނެތީ ފުރަތަމަވެސް ކައިލް އަށް އަހާލެވުނީ ފިރިހެން މީހާގެ ނަމެވެ.
“އަޅުގަނޑަށް ކިޔަނީ ބާސިތު..ކުރިން ބުނިހެން އަޅުގަނޑަކީ ކައިލް ބައްޕަގެ ޕީއޭ..” ބާސިތު ކައިލް އާ ޖެހިގެން އިން ރައިހާއަށް ބަލައިލީ ފާޑަކަށެވެ. ހީވަނީ އޭނާ ދައްކަން އައި ވާހަކަ ކައިލް ފިޔަވާ އިތުރުފަރާތެއް އިންދާ ބުނަން ޖެހިލުންވެގެން އުޅޭ ހެންނެވެ. ކައިލް އަށް އެކަން ނަގައިގަނެވުނެވެ.
“މިއީ އަޅުގަނޑުގެ އަންހެނުން.. ބާސިތު ބުނަން ބޭނުން ކޮންމެ ވާހަކައެއްވެސް އަޅުގަނޑުގެ އަންހެނުންނަށްވެސް އިނގެން އަޅުގަނޑު ބޭނުން..” ކައިލްގެ ވާހަކައިގާ ރައިހާ އެތަނުން ފޮނުވާލާ ވިސްނުމެއްނެތްކަން އިނގުމުން ބާސިތު އޭނާ ބުނަން އައި ވާހަކަ ފެށުމަށް މީހާ ހަމަޖެހިލިއެވެ.
“ކައިލްގެ ބައްޕަ ވަރަށް ބަލި.. މިހުރިހާ ދުވަހަކުވެސް އަޅުގަނޑު ކައިލް އަށް ގުޅަމުން އައީ ކައިލްގެ ބައްޕަގެ އެދުމަށް.. އެހެނަސް މިހާރު އިތުރަށް ބައްޕަގެ ބަލި ހާލަތު ދައްވެފައިވަނީ.. ވަރަށް ވަރުން ކައިލް އުޅޭ ގޭގެ އެޑްރެސް ހޯދައިގެން މިގެޔަށް އަންނަން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން..” ބާސިތުގެ ވާހަކައާ އެކު ކައިލް ކަންބޮޑުވިއެވެ.
“ބައްޕަ ކޮން ގޮތަކުންތޯ ބަލީ..؟ ތެޅި ތެޅި އޮތް ހިތަކާއެކު ކައިލް އެހެން ބުނި އިރު ދުޢާ ކުރަމުން ދިޔައީ އެއީ އާދައިގެ ބައްޔަކަށް ވުން އެދިއެވެ.
“ކައިލް ބައްޕަގެ ލިވަރ ފެއިލް ވީ..” ލޯ މަރާލަމުން ބާސިތު އެހެން ބުނުމާއެކު ފުންމައިގެން ކައިލް އަަށް ސޯފާއިން ތެދުވެވުނެވެ. ރައިހާއަށްވެސް އިނދެވުނީ ދެލޯ ބޮޑުކޮށްގެން ބާސިތު ދެއްކި ވާހަކަ ޤަބޫލު ނުކުރެވިފައެވެ.
“މި ހަފްތާ ތެރޭ ބައްޕަގެ ހާލަތު ވަރަށް ދަށަށް ގޮށްސަވީ.. ރޭގަ ހޭނެތިގެން ވެއްޓި އަދިވެސް ހޭނާރާ.. ޑޮކްޓަރުން ބުނީ ވަރަށް އަވަހަށް ޑޯނަރ އެއް ނުލިބިއްޖިއްޔާ ބައްޕަގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެކަމަށް.. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން..އެކަމަކު ބައްޕަގެ ލިވަރ އާ މެޗް ވާ ޑޯނަރ އެއް ނުލިބުން..” ކައިލް ކޮށްޅަށް ތެދުވުމުން ބާސިތު ވެސް ސޯފާއިން ތެދުވެ ވާހަކަ އިތުރަށް އޮޅުން ފިލުވާ ދިނެވެ.
ކައިލް އަށް ލިބުން ހާސްކަމާއެކު ނިތްކުރީގައި އަތުން ހިފަހައްޓާލަމުން ދެފަރާތައް އެނބުރެވުނެވެ. ރައިހާވެސް ކައިލް އަށް ވަމުން ދިޔަ ގޮތް ފެނި ސޯފާއިން ތެދުވެ ކައިލްގެ އަތުގައި ހިފަހައްޓާލިއެވެ.
“ބޭނުމިއްޔާ އަޅުގަނޑާ އެކު މިވަޤުތުވެސް ހޮސްޕިޓަލަށް ދެވިދާނެ.. ނޫނީ ކައިލް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް އައިސް ގުޅުއްވާ އަޅުގަނޑުގެ ފޯނު ނަންބަރ އަށް.. ދަރުމަވަންތަ ހޮސްޕިޓަލަށް އިނގޭތޯ ދުރުވާނީ..” ކައިލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ބާސިތު އޭނާގެ ބިޒްނެސް ކާޑު ކޮފީ މޭޒުމަތީ ބާއްވާލިއެވެ.
“ބައްޕަ ކައިލްގެ ޚަބަރެއް ނުވެގެން ވަރަށް ދެރަވެފަ ހުރީ.. މިއީ އަޅުގަނޑަށް ކައިލްގެ ބައްޕަ އަށް އެންމެ ބޮޑަކަށް ކޮށްދެވޭނެ ވަރަކީ..” އެގެއިން ނިކުންނަށް ހިނގައިގަތުމަށްފަހު މާޔޫސްވެ ހުރެ ކައިލް އާ ދިމާއަށް ބަލާލަމުން ބާސިތު ބުންޏެވެ. ރައިހާ ބާސިތުގެ ފަހަތުން ގޭގެ މައިދޮރާ ހަމައަށް ދިޔައެވެ. ގަދަ ކަމުން ހިނިތުންވެލުމަށްފަހު ރައިހާ ދޮރު ޖަހާލަމުން އަވަސް ފިޔަވަޅުތަކެއްގައި ކައިލްގެ ކައިރިއަށް އައެވެ. އޭރު ކައިލް އިނީ ސޯފާގައި އިށީނދެ ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން އިސްޖެހިފައެވެ. ރައިހާ އައިސް ކައިލްގެ ކައިރީ އިށީނދެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ރައި.. އަހަރެން ބޭނުން ބައްޕަ ދެކިލަން ދާން.. އަހަރެން ބޭނުން ބައްޕަ..” ކައިލް އިސްއުފުލާލަމުން ރައިހާއަށް ބަލައިލި އިރު އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރައިހާއަށް ދުވަހަކަުވެސް ކައިލް އެގޮތަށް ރޮނިކޮށް ފެނިފައި ނުވުމުން އެހިތަށް ނުހަނު އަސަރު ކުރިއެވެ. މިވަޤުތު ކައިލް އަށް ވާނެގޮތް އޭނާއަށްވެސް އަންދާޒާ ނުކުރެވޭނެ ކަން ޔަޤީނެވެ.
“ކައި..” ރައިހާއަށް ގޮތް ހުސްވެފައިވާ މީހެއްހެން ކައިލް އަށް ބަލާލެވުނެވެ.
“އެކަމަކު އަހަރެން ބައްޕަ ފެންނަ ހިސާބަށްދާން ނުކުޅެދެނީ ކީއްވެތަ؟ ބައްޕަ ފެންނަ ކޮންމެ ފަހަރަކު ސިފަވަނީ މަންމަ މިދުނިޔެއާ ވަކިވިގޮތް.. އަހަންނަށް ރައްކާތެރިކަމާ އަޅާލުން ދޭން ހުރި ދުވަހު ބައްޕަ އަހަރެން ދޫކޮށްލީ ދޮންމަންމަގެ އަތްމައްޗަށް.. ރައި ކީއްވެތަ ބައްޕަ އަހަންނަށް އެހެން ހެދީ ؟ އެހެންނޫންނަމަ މިއަދުވެސް އެންމެ ކައިރީ ބައްޕަ އާއެކު ވާނެ ފަރާތަކީ އަހަރެން..” ކައިލްގެ ވާހަކައާއެކު ރައިހާއަަށް ކައިލްގެ ގައިގާ ބައްދާލެވުނެވެ. ކައިލްގެ ރުއިމާއެކު އެދެލޯވެސް ދިޔައީ ފެންކަޅިވަމުންނެވެ. އެހެނަސް ހިތްވަރުކޮށްފައި ރައިހާ ކައިލް އަށް ބަލައިލިއެވެ.
“އަހަންނަށް ހީވަނީ ކައިގެ ބައްޕަ އެ ހުރިހާކަމަކާމެދު ދެރަވާހެން.. އަހަރެމެން ރަށުން ފެނުން ދުވަހުވެސް ބައްޕަގެ މޫނުމަތިން ފެނުނީ މާޔޫސްކަން..އަނެއްކޮޅުން ބައްޕަގެ ޕީއޭ ވެސްް އެބުނީނު ކައިލްގެ ޚަބަރެއް ނުވެގެން ބައްޕަ ހުރީ ދެރަވެފައޭ.. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ތީ އެބައްޕަގެ ހަމައެކަނި ހުރި ދަރިއެންނު..ތި ހަށިގަނޑުގައި ހިނގަނީ އެ ބައްޕަގެ ލޭ.. މައިންބަފައިން ބަލިވެ ނިކަމެތިވާ ދުވަހު އަޅާލުމަކީ ދަރިންގެ މައްޗަށް ވާޖިބެއް.. އެހެންވީމަ ކައި ވެސް ބައްޕަ އެފަދަ ހާލެއްގަ ވަނިކޮށް ދެކިލަން ނުގޮސް ހުންނާކަށް ނުވާނެ.. ކައި ތިބުނީ ބައްޕަ ބޭނުމޭ.. އިރާދަ ކުރެއްވިއްޔާ ކައި އަށް ކައިގެ ބައްޕަ ލިބޭނެ..” ކައިލްގެ ލޯ ފޮހެލަދެމުން ލޯތްބާއެކު ރައިހާ ބުންޏެވެ. ރައިހާގެ ވާހަކަތަކާއެކު ކައިލް އަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ބައްޕަ ދެކިލުމަށް ދާން އޭނާ ނިންމިއެވެ.
*********
ކާރު ދުއްވަމުން އައިސް ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކިންގް އޭރިއާގައި ރައިހާ ކާރު ޕާކު ކޮށްލިއެވެ. ހާސްވެފައި އިން ކައިލްގެ އަތުގައި ރައިހާ ހިފާލަމުން ބޯޖަހާލީ ހުރިހާކަމެއްވެސް ރަނގަޅުވާނެއޭ ބުނާ ފަދައިންނެވެ.
ރައިހާ ކާރުގައި އިނދެގެން ބާސިތަށް ގުޅާލުމަށްފަހު ކައިލް އާއެކު ކާރުން ފައިބައިގެން އައިސް ހޮސްޕިޓަލްގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެވަޤުތު ހޮސްޕިޓަލް އިން ނިކުމެގެން އައި ހަމްދާ އެހިސާބާ އަރާ ހަމަވަނީއެވެ. ކައިލް ފެނުމުން ހަމްދާގެ ދެލޯ ބޮޑުވެގެން ދިޔައިރު ކައިލް އަށް އޭނާގެ ކަތުރުކަށިގަނޑު ޖައްސާ ބާރުކޮށްލެވުނީ އޭނާ އެންމެ ދެކެން ބޭނުން ނުވާ ސޫރަ ކުރިމަތިން ފެނުމުންނެވެ.
ރައިހާ ކައިލްގެ ކުރިމަތީގައި ހުރި އަންހެންމީހާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ކޮނޑާ ހަމައަށް އަންނަ އިސްތަށިގަނޑު ބުޅި ކޮށްލާފައިވާ އިރު ތުންފަތުގައި ހެދުމާގުޅޭނެ ފިޔާތޮށި ކުލައެއް ޖައްސާފާވެއެވެ. މޫނުމަަތީގައިވާ އޮމާންކަމުން ޒުވާންކޮން ހުރުމަށް މަސައްކަތް ކުރާ މީހެއްކަން ދޭހަވެއެވެ. ބޭނުންކޮށްފައިވާ ގަހަނާތަކާއި އަތުގައި އަޅުވައިގެން ހުރި އަތް ދަބަހުންވެސް މުއްސަނދިކަން ހާމަވެގެން ދެއެވެ. ދެން ފެނުނީ އޭނާ އައިސް ރައިހާމެންގެ ކައިރީ ހުއްޓިލި ތަނެވެ.
“އަހަން..ކައިލް..ކީއްކޮށްލަނީ މިތާ.. ބައްޕަގެ ޖަނާޒާގައި ބައިވެރިވާންތަ ތިއައީ..” ހަމްދާގެ ވާހަކައާއެކު ކައިލްގެ ލޭ ހޫނުވެގެން ދިޔައެވެ. ރައިހާ އޭނާގެ އަތުގައި ނުހިފެހެއްޓިނަމަ އަތުން ފައިން ގޯހެއް ހެދުނިސްކަން ޔަޤީނެވެ.
” ކަލޭ ކިތަންމެ ވަރަކަށް ރުޅި އަޔަސް ދެން ކަލޭގެ ބައްޕައެއް ސަލާމަތެއް ނުވާނެ..އަނެއްކޮޅުން ކަލެޔަށް އޭނާގެ މުދަލުން ކުނޑިފުކެއްގެ މިންވަރުވެސް ނުލިބޭނެ.. އަހަރެން އޮންނާނީ އޭނާގެ ހުރިހާ މުދަލެއް އަހަރެންގެ އަތްމައްޗަށް ރަޖިސްޓްރީ ކޮށްފަ.. މިޝަލީ އަށް ނުވިޔަސް އަހަރެން އަމިއްލައަށް ވެސް އެއޮތީ އެކަންކޮށް ނިންމާފަ.. ދެންވެސް ދޭ ބައްޕަ އާ ވަދާޢުގެ ސަލާން ކޮށްލަން..” ބޮޑާކަމާއެކު މޭފުށްޕާލުމަށްފަހު ރައިހާމެން ފަސްދީ ހަމްދާ ހިނގައިގަތެވެ. ހައިރާންވެހުރެ ހަމްދާ ދިޔަ ދިމާއަށް ރައހާއަށް ބަލައިލެވުނެވެ. މިޝަލީއަށް އެހުރިހާ ކަމެއް ކުރުމަށް ހިތްވަރުދިނީ ކާކުކަން އޭނާއަށް އަދި މިއެނގުނީއެވެ. ރައިހާ ބަލަ ބަލާ ހުއްޓާ ހަމްދާގެ ކައިރިއަށް ހުއްޓީ ރަތްކުލައިގެ ޕްރައިވެޓް ކާރެކެވެ. އެއީ ކައިލްގެ ފޯނު ގަންނަން ދިޔަ ދުވަހުވެސް ހަމްދާގެ ކައިރިއަށް ހުއްޓި ކާރުކަން ރައިހާއަށް ނަގައިގަނެވުނެވެ. އެ ކާރުން ފޭބި ފިރިހެންމީހާ ފެނުމުން ދަތްކޮޅުދިލުވާލައިގެން ހުރެ ހަމްދާ އެފިރިހެން މީހާގެ އަތުގައި ހިފެހެއްޓިއެވެ. ދެމީހުންގެ ހަރަކާތްތަކުން އެދެމެދުގައި އޮތީ ރަޙުމަތްތެރިކަން ނޫންކަން ދޭހަވާވަރުވެއެވެ.
ބާސިތު އައިސް ރައިހާމެންގެ ކައިރީ މަޑުކޮށްލީ އެވަޤުތުއެވެ. ކައިލް އޭނާގެ ބައްޕަ ދެކިލަން އައުމުން ބާސިތުގެ މޫނުމަތިން އުފާވެެރިކަން ފެނިގެންދިޔައެވެ. ކައިލްވެސް އައިސްފާ ހުރި ރުޅި ހިންދާލަން މަސައްކަތް ކުރަމުން ގޮށްމުށް ކަވާލައިގެން ހުރި ދެއަތް ލައިގެން ހުރި ޖިންސުގެ އަރިމަތި ދެ ޖީބަށް ޖަހާލައިގެން ރައިހާ އާއެކު ބާސިތު ދައްކަމުން ދިޔަ ދިމާއަށް ހިނގަމުންދިޔައެވެ.
ބަލިމީހުން ބާއްވާ ޕްރައިވެޓް ކޮޓަރިއަކަށް ވަދެވުމާއެކު އެނދުގައި އޮތް ފަޔާޒް ކައިލްގެ ލޮލުގައި އަޅާއިގަތެވެ. މީހާ ހިކިގެން ގޮސް ކަށިގަނޑަކަށް ވެފައިވުމުން ފަޔާޒް އުޅެމުން ދިޔަ ބަލިހާލަތު ކައިލް އަށް އަންދާޒާކޮށްލެވުނެވެ. ބައްޕަ އެފަދަ ހާލަތެއްގައިވީތަން ފެނުމުން ކައިލްގެ ހިތަށް އަސަރުކުރިއެވެ. ފަޔާޒަށް ބަލަން ނުކެރިގެން އޭނާއަށް އިސްޖަހާލެވުނެވެ. އެވަޤުތު ކޮޓަރިއަށް ނަރުހަކާއެކު ޑޮކްޓަރު ވަދެގެން އައިސް މަޑުކޮށްލިއެވެ.
“ޕޭޝަންޓްގެ ދަރިފުޅު އައި ވާހަކަ ބާސިތު ބުނުމުން އަޅުގަނޑު މިއައީ.. އަޅުގަނޑު ބޭނުން ޕޭޝަންޓް އާ ބެހޭ ބައެއް ވާހަކަ ދައްކާލަން..އެންމެ ރަނގަޅުތޯ.؟” ޑޮކްޓަރުގެ ވާހަކައާއެކު ކައިލް ރައިހާއަށް ބަލާލުމަށްފަހު މަޑު މަޑުން ބޯޖަހާލިއެވެ. އެއާކު ރައިހާ އަތުގައި ހިފާލަމުން ކައިލް ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ. ރައިހާ އާ ވަކިން އެއްވެސް ވާހަކައެއް އަޑު އަހަން ކައިލް ބޭނުންނުވާފަދައެވެ.
ޑޮކްޓަރުގެ ބަލިމީހުން ބަލާ ރޫމަށް ވަނުމަށްފަހު އެންމެން ގޮނޑީގައި ހަމަޖެހިލިއެވެ. ޑޮކްޓަރުގެ ވާހަކަތައް އެހިސާބުން ފެށިގެން ދިޔައެވެ.
“ޕޭޝަންޓްގެ ހާލަތު މިވަޤުތު ވަރަށް ސީރިއަސް.. ޑޯނަރ އެއްނުލިބި ދާކޮންމެ ވަޤުތުކޮޅަކީ ޕޭޝަންޓްގެ ފުރާނައަށް ގެއްލުން ވާ ވަޤުތުކޮޅެއް.. ޕޭޝަންޓްގެ ދަރިފުޅުވީމަ މެޗަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު..އަޅުގަނޑަށް ހީވަނީ ޓެސްޓު ކޮށްލުމަކުން ގެއްލުމެއް ނެތްހެން…” ޑޮކްޓަރުގެ ވާހަކައާއެކު ކައިލް އަށް އޭނާގެ ބައްޕަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވިއެވެ.
“ކޮން އިރަކުންތޯ އަޅުގަނޑަށް ޓެސްޓު ހެދޭނީ..” ކައިލް އަވަހަށް ސުވާލު ކޮށްލިއެވެ.
“މިވަޤުތުވެސް ބޭނުމިއްޔާ ޓެސްޓް ހެދިދާނެ..ނަތީޖާ ވަރަށް އަވަހަށް ލިބިގެންދާނެ..” ޑޮކްޓަރުގެ ވާހަކައާއެކު ކައިލް ޓެސްޓު ހެދުމަށް އަވަސްވެގަތެވެ. އެބައްޕަ އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ކައިލް ބޭނުންވަނީ ބައްޕަޔަށް ހެޔޮކޮށް ކަންތައް ކޮށްދޭށެވެ.
“ޑޮކްޓަރ އަޅުގަނޑުވެސް ބޭނުން ޓެސްޓު ހަދާލަން..” ކުއްލިއަކަށް ރައިހާ އެހެން ބުނުމުން ކައިލް އަށް ހައިރާންކަމާއެކު ބަލާލެވުނެވެ.
“ރައި.. އަހަރެން ބޭނުމެއްނޫން ރައި މިކަމުގެ ތެރެއަށް ވައްދާކަށް..” މަޑު މަޑުން ރައިހާއަށް އެކަނި އަޑު އިވޭވަރަށް ކައިލް ރައިހާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ކައި..ޓެސްޓު ހަދާލުމަކުން ނެތެންނު ގޯހެއް.” ރައިހާ އާދޭސްކުރާ ބީދައިން ބުނެލިއެވެ.
“އެކަމަކު..” ކައިލް އެކަމާ ދެކޮޅު ހަދަން އުޅުންނަމަވެސް ޑޮކްޓަރުގެ ވާހަކައިން އެކަން ހުއްޓާލިއެވެ.
“އައި ތިންކް ޝީސް ރައިޓް.. ޓެސްޓް ހަދާލުމަކުން މައްސަލައެއް ނޯންނާނެ..ދެއަރ މައިޓް ބީ އަ ޗާންސް ދެޓް ޝީސް އަ މެޗް..” ޑޮކްޓަރުގެ ވާހަކައާއެކު ރައިހާވެސް ޓެސްޓު ހަދަން ކައިލް އެއްބަސްވިއެވެ.
*******
ޓެސްޓު ހަދާނިމުމަށްފަހު ރައިހާ އާ ކައިލް މަޑުކޮށްލައިގެން ތިބީ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑި ބަރީގައެވެ. އިތުރަށް ކައިލް ފަޔާޒްގެ ކޮޓަރިއަށް ވަންނާކަށް ނޫޅުނެވެ. އޭނާގެ ބައްޕަ އޮތް ހާލަތުން ކައިލްގެ ހިތަށް އުނދަގޫ ވީކަން ރައިހާއަށް އެނގުނެވެ. ދެމީހުންވެސް ޓެސްޓުގެ ނަތީޖާ ލިބޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަ އިރު ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފޫދުއްވާލީ ރައިހާއެވެ.
“ކައިގެ ބައްޕަ އަކީ ކޮން މަސައްކަތެއް ކުރާމީހެއް.. މިހެން މިބުނީ ޑޮކްޓަރުވެސް އަދި ނަރުހުންވެސް ހީވަނީ ކައިލްގެ ބައްޕަ އަށް ހާއްސަކުރެވިފައިވާ ބައެއްހެން.. އަނެއްކޮޅުން ވީއައިޕީ ރޫމެއްގަ އާދައިގެ ފަންތީގެ މީހަކަށް ނޯވެވޭނެކަން އިނގޭ އަހަންނަށް..” ރައިހާ ކޮޓަރިން ނިކުމެގެން ދިޔަ ނަރުސްކުއްޖަކަށް ބަލާލަމުން ވާހަކަދެެެއްކިއެވެ.
“ބައްޕަ އެއީ ވިޔަފާރިވެރިއެއް.. އަހަރެން ކުޑަ އިރުވެސް އަތޮޅު ތެރޭގަ ބައްޕަގެ ވިޔަފާރިތައް ވަރަށް ގިނަ ވާނެ..މުޅި އަތޮޅުގެ އެންމެންހެން އަހަރެންގެ ބައްޕަ ދަންނާނެ.. މިހާރު އަހަންނަށް ހީވަނީ ކުރިއަށް ވުރެވެސް އެ ވިޔަފާރި ފުޅާވެފަހެންވަނީ..” ފަޔާޒް ބާއްވާފައި އޮތް ވީއައިޕީ ރޫމަށް ބަލާލަމުން ކައިލް އަންދާޒާކޮށްލިއެވެ. ކައިލްގެ ބައްޕަގެ މުދާގަނޑަށް ހަމްދާ ދަހިވެތިވެގެން އުޅޭ ސަބަބު ރައިހާ އަށް ވިސްނުނީ ކައިލްގެ ބައްޕަ އަކީވެސް އާދައިގެ މީހެއްނޫންކަން އެނގުމުންނެވެ.
ރޭގަނޑު ދަންވަމުން ދިޔަ ވަރަކަށް ކައިލްގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ޓެސްޓުގެ ނަތީޖާ ނިކުންނާނެގޮތަކާ މެދު އޭނާ ހާސްވަމުން ދިޔައެވެ.
“އެބަ އަންނަން އިނގޭ ފާޚާނާއަށް ގޮސްލާފަ” ކައިލް ބޭނުންވީ އޭނާގެ ހިތާއި އަށިގަނޑަށް ލިބެމުން ދިޔަ ވަރުބަލިކަމުގެ ސަބަބުން މޫނުދޮވެލާ ހަދާށެވެ. ރައިހާ ބޯ ޖަހާލުމުން ކައިލް ތެދުވެ ހިނގައިގަތެވެ.
ހަމަހިމޭންކަން ވެރިވެފައިވާ މާހައުލަށް ނަޒަރެއްދެމުން ރައިހާ އޭނާގެ ފައި ތަޅުވާލަ ތަޅުވާލަ އިނެވެ.
******
ފާރުގައި ލައްވެލައިގެން ކޮށްޅަށް ހުރި ރައިހާ އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކައިލް އައިސް އޭނާގެ ކައިރީ ހުއްޓުމުންނެވެ.
“ވަރަށް ލަސްވެއްޖެ ދޯ..ވީ ގޮތަކީ ކޮލެޖުގަ އެކީގަ އުޅުން ކުއްޖަކާ ދިމާވެގެން ވާހަކަ ދައްކާލަން މަޑުކުރެވުނީ..” ކައިލް އޭނާ ފާޚާނާއަށް ގޮސް އައުން ލަސްވި ސަބަބު ކިޔައިދިނުމުން ލަހެއް ނުވާކަމަށް ބުނެ ރައިހާ ދެފަރާތައް ބޯހޫރުވާލިއެވެ. އޭނާގެ ލޮލުގައިވާ ހާސްކަން ފޮރުވާލުމުން ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ. އެވަޤުތު އޭނާގެ ހަނދާނަށް އައީ ކައިލް ފާޚާނާއަށް ދިޔަވަޤުތު ކަންތައްވެގެން ދިޔަ ގޮތެވެ.
****
ބާރު ފިޔަވަޅުތަކެއްގެ އަޑު އިވުމުން އިސްޖެހިފައި އިން ރައިހާ އިސްއުފުލާލިއެވެ. އެވަޤުތު ރައިހާއަށް އެދިމާއަށް އަންނަ ޑޮކްޓަރު ފެނި ތެދުވެވުނެވެ.
“ޓެސްޓުގެ ރިޒަލްޓްތައް ލިބިއްޖެ.. އަޅުގަނޑާ އެކީ ދުރުވަން ވީނޫންތޯ..؟” ޑޮކްޓަރުގެ އަޑުގައިވަނީ އަވަސް އަރުވާލުމެވެ.
“އެކަމަކު ކައިލް..” ރައިހާ އުޅުނީ ކައިލް އަންނަންދެން މަޑު ކުރުމަށް ބުނުމަށެވެ.
“އަޅުގަނޑުމެންނަށް މިވަޤުތު މުހިއްމު ފަރާތަކީ ތިއީ..މިވާހަކަ ހަޤީޤަތުގައި ފުރަތަމަ ރައިހާ އާއެކަނި ދައްކާލުން މާ ބުއްދިވެރިވާނެ ކަންނޭނގެ..” ޑޮކްޓަރުގެ ވާހަކަތަކުން ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް ރައިހާ ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ.
“ޔޫ އާރް އަ މެޗް..” ފުރަތަމަވެސް ޑޮކްޓަރުގެ ރޫމަށް ވަދެ ގޮނޑީގައި ހަމަޖެހިލި ވަޤުތު ރައިހާގެ ކަންފަތައް އިވުނު ވާހަކައިން ރައހާ އަށް ގޮނޑިން ނުތެދުވެވުނީވެސް ކިރިޔާއެވެ.
“އަ..އަ..އަޅުގަނޑުތޯ.؟” ލިބުނު ހައިރާންކަމާއެކު އަޅަ އަޅައިގަންނަމުން ރައިހާ އަށް ބުނެވުނެވެ.
” އަޅުގަނޑަށްވެސް ޤަބޫލު ކުރަން އުނދަގޫވި..އެކަމަކު މިއީ ހަމަވެދާނެ ގޮތެއް.ޕޭޝަންޓް އާއި މެޗް ވާކަށް ކޮންމެހެން އާއިލީ ގޮތުން ގުޅުމެއް އޮންނާކަށް މަޖުބޫރެއް ނޫން..”ޑޮކްޓަރުގެ ވާހަކަތަކާއެކު ރައިހާއަށް ލިބުނު އުފާވެރިކަން ބަޔާންކުރަންވެސް ދަތިވިއެވެ.
“ކޮން އިރަކުންތޯ އޮޕަރޭޝަން ކުރެވޭނީ..އަޅުގަނޑު ތައްޔާރު..” ރައިހާ ބޭނުންވީ ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކޮށް ކައިލްގެ ބައްޕަ ސަލާމަތް ކުރާށެވެ.
“އޮޕަރޭޝަން ކުރެވިދާނެ މާދަމާވެސް..އެކަމަކު..” ޑޮކްޓަރުގެ މޫނުމަތިން ފެނުނު ހާސްކަން ރައިހާ ކަންބޮޑުކުރުވިއެވެ.
” އެކަމަކު ކިިހިނެއްވީތޯ؟” ރައިހާއަށް އަވަސް އަވަހަަށް ސުވާލު ކުރެވުނެވެ.
“އިޓް ސީމްސް ލައިކް ޔޫ އަރ އެލާޖިކް ޓު ޖެނެރަލް އެނެސްތެޓިކްސް..” ޑޮކްޓަރުގެ ވާހަކައާއެކު ރައިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
” ދުވަހަކުވެސް ޖެނެރަލް އެނެސްތޭޝިއާގަ އޮޕަރޭޝަން އެއް ކުރިންތޯ..؟” ޑޮކްޓަރުގެ ސުވާލަށް މަޑު މަޑުން ރައިހާ ދެފަރާތައް ބޯ ހޫރުވާލިއެވެ. އޭނާގެ ސިކުނޑީގައި ކުއްލިއަކަށް ބޮޑު ތޫފާނެއް އުފެދިގެން ދިޔައެވެ. އުންމީދުގެ އަލިކޮޅު ދިއްލިގެން ދިޔުމަށްފަހު މިވީ ކިހިނެތް ހެއްޔެވެ؟
“އަޅުގަނޑުމެންނަކަށް ނޭނގެ ރައިހާގެ ހަށިގަނޑު ޖެނެރަލް އެނެސްތޭޝިއާ އަށް އެކްޓު ކުރާނީ ކިހިނެތްކަމެއް… ފަހަރެއްގަ އޮޕަރޭޝަންގެ ތެރެއިން ރައިހާ ޝޮކަކަށް ދިޔުމުގެ ފުރުސަތުވެސް އެބެއް..ނުވަތަ އެންމެ ވޯސްޓް ސިނޭރިއޯގަ ރައިހާ މުޅިއުމުރަށް ލޯމަރާލަންވެސް ޖެހިދާނެ…” ޑޮކްޓަރުގެ ވާހަކައާއެކު ރައިހާއަށް ދެލޯ މަރާލެވުނެވެ. އޭނާ އޮޕަރޭޝަން ކުރަން ވިސްނައިފިނަމަ އެފުންމާލެވެނީ މަރުގެ ތުންފަތް މައްޗަށެވެ. އެހެނަސް އޭނާގެ ކަންފަތުގައި އެވަޤުތުވެސް ޖެހުނީ ބައްޕަ ބޭނުން ކަމަށް ބުނެ ކައިލް ރުއި ރުއިމުގެ އަޑެވެ. އެ އަޑު ކަންފަތުގެ ހިނދުރީގައި ގަދަވެގަތްހެން ހީވީ އޭނާގެ ސަބަބުން ކައިލްގެ ބައްޕަގެ ފުރާނަ ސަލާމަތް ނުވެދާނެކަމަށް ހީވުމުންނެވެ. އެހިނދު އަވަސް އަވަހަށް ދެފަރާތައް ބޯ ހޫރުވާލީ އޭނާގެ ހޭ ހުއްޓާ އެފަދަ ކަމެއް ވިޔަ ނުދޭނެކަމަށް އަމިއްލަ ނަފްސު ކައިރީ ބުނަމުންނެވެ.
“އަޅުގަނޑު ބޭނުން މި އޮޕަރޭޝަން ކުރަން..” ސާބިތު ކަމާއެކީ ރައިހާ ޑޮކްޓަރާ ދިމާއަށް ބަލާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







مشاء الله❤️?❤️?❤️?❤️?❤️?❤️?
Mi part varah varah varah varah loaaaaaaabi??????????? Kail aa Rai haadha loabi eyy???
Alhe Wonder Rai Ves Kail ge bappa ves maraa nulahcheyyy?????????????????????
Dhen Hamdha gandah landeh ves dheyn jehey eba?????????
Hama asluves mi part ge hurihaa manzareh heevani lolah fenna hen haassakoh Rai aa Kail ge??????????????????❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️????????????
Awww thank u sooo much sher.. It’s really happy to hear that u liked this part.. Sifa kurunthah kamudhiyaeema anehkaaves v hinhama jehihje..Hingaa dhn vaagotheh ves balamaa.. kail n raiha ge parts thah dear ah kamudhiyaeema v ufaavejje ?❤
Maashaa Allah V v v v v v v Salhi…, ??????Awwwwwwn this is making me cry…..?? It’s awesome… Just speechless……????? Keep it up…. Curiously waiting for the next part….. Totally how many parts???? I love your stories soooooo much…. ?????????
Alheyy Blue bird?. Don’t cry too much tho.. But im soo happy to know u liked this part so much.. Two morw part is left.. the story is almost ending.. V ufaavejje dear ah wonder ge stories kamudhiyaeema ?❤
Salaam dear readers.. Here is 25th part of Vaashey mashaa eky.. I tried to make this part a bit longer.. Hope u all will like this part.. Please correct out my mistakes and let me know what u guys think.. Enjoy reading n Have a safe day??❤❤
Varah ?? Varah ⚡⚡ Varah ?? reethi
⚡⚡Maa sha Allah ?? Sifa⚡⚡ kurun thah ??ves ⚡⚡Varah?? Varah⚡⚡ reethi ⚡⚡Hama. ??Just ⚡⚡ speechless.??keep ⚡⚡it ??up ⚡⚡wonder????????????
⚡?⚡?Love you soo much ?⚡?⚡?
Awwn Thank u soo much Livy.. Always in love with ur sweet comments.. V ufaavejje sifa kurunthah kamudhiyaeema.. lym dear?❤
Mi prt vx hama habeyss ingey…n whn nxt prt…avahah up kohladhehche ingey….
Thank u soo much Sherher.. V ufaavejje dear ah mi part kamudhiyaeema.. Next part In sha Allah tomorrow or day after tomorrow submit kohdheynan..?❤
masha Allah… mi part vx varah varah varah varah reethi ???..
wonder rai and kai ge dad maraa nulacheyy…? rai aka ehvx gothe nuvaane, in sha allah…
rai and kai varah loabi ?.. whn next part??.. cnt wait fr too long
Omg haadha reechey mi part ves??alheyy eves meehaku maraa nulacheyy??
Thank u soo much =). V ufaavejje dear ah mi part ves kamudhiyaeema.. Hingaa dhw dhn vaagotheh ves balaalan.. i Dnt want to spoil remaining parts ?❤
Mi part vx varah reethi, Ma Sha Allah ????????? Alhe Raiha maraa nulahchey, Kail ge bappa vx. Maa majaa vaane Hamdhaa ah landei dhiniyyaa. Dhw Livy? I’m curiouslyyyyy waiting for next part ?????????? lysm
Aan ekey bellu ??? maaa majaa vaane hama e hamdha ah landei dhiniyyaa ??????
Ahaha.. Let’s see dhw Hamdha ah vany kihinehthoa livy n Izabell dhekudhin..?❤
Thank u soo much Izabell.. v ufaavejje dear ah mi part kamudhiyaeema.. Hingaa dhw rai n kail ge bappa ah vaagotheh ves balamaa.. wonder beynumeh nun vaagouh spoil kohlaakah.. In sha Allah next part avahah submit kureveythoa balaanan..lym dear?❤
Awwnnn mi part vx hama awesome ❤️❤️❤️❤️❤️ can’t wait to read next part then mi vaahaka vx mi nimenydhw baaky 3 part dhw iny ?? kobaa tha azzaamu. Wonder bunymehnu fenidhaaneyey. Kihineh vany Wonder ge Lock down. Boring thr
TC
Stay home ? ly❤️
V v v loabi mi part…. Wonder… Than kolheh avahah aneh part up kohladheeba ingey…… V v v salhi stry eh….. Lots of love…. ❤️❤️❤️❤️❤️❤️❤️❤️❤️?????????????????????
Thank u soo much Princess..v ufaavejje dear ah mi story kamudhiyaeema.. Wonder v masahkaih kuraanan avahah submit kohlan ingey.. lym dear?❤
Alheyy Varah reethi ❤️❤️❤️ mi Emilie ah enme kamudhiya vhk mihaathanah kee Huriha vhk thakun therein vex ❤️?? mi komme part eh kiyaa iruvex heevanii kurimatheega hingaa haadhisaa eh hen eii Emilie mi vhk enme kiyaa hihvi sababu….. I luvv this story ❤️❤️ avahah upkohladhechey next part ❤️❤️?
Awwwn Emilie.. That’s soo happy to know..v ufaavejje dear ah mi story ehaa kamudhiyaeema.. sifakurunthah kamudhaa vaahaka kiyuntherin bunaa konme faharaku wonder v ufaaveyy..eii abadhuves wonder bodah improve kuramun anna kamakah vaathyy.. next part avahah submit kohlan v masahkaih kuraanan. ?❤
Thank u soo much Nerr_.. Hingaa dhw kail dad n rai ah vaagotheh ves balamaa.. In sha Allah ❤. Dear ah mi part ves kamudhiyaeema v ufaavejje.. next part tomorrow or day after tomorrow In sha Allah submit kohla dheynan.. ?❤
Thank u soo much Aish.. v ufaavejje dear ah mi part ves kamudhiyaeema.. Baakee dhn othyy 2 parts dear..yes story is ending ?.Hehe.. Azzam baabodah miss veetha Aish? Hingaaba dhw Azzam feneythoa Aihfunaa alhan..? wonder bunihen faharehga fenives dhaane..or might not .. hingaa dhw balamaa.?. Wonder ge lockdown baeh dhuvasthah v boring..aneh bai dhuvasthah hama v rangalhah dhiyaee?..Thanks for asking.. hope urs went well .. u too tvgc n stay safe.lym?❤
V V V furihama.. Love this part… Alhe Rai Maraa nulachchey… Eyrun kyle V dhera vaane.??. Waiting for the next part.. Lyssssm????
Thank u soo much Faiher.. V ufaavejje dear ah mi part kamudhiyaeema.. Hingaa dhw Rai ah vaagotheh ves balamaa.. Next part liyamun midhanyy..In sha Allah avahah update kohdheveythoa balaanan..lym dear?❤
Masha Allah varah reethi.. Wonder I’m sorry ingy kuryge bai thakah cmmnt nukurevunyma….adhi kiriya Mi kiuny 31 vana bain feshigen…. But bxy kamun Hehe hehe… anyways… Hurihaa part vx varah nice… ❤️❤️❤️❤️❤️ Luv it… Unmeedhu kuran Mi story nimunass wonder ge varah lwbi Ehen story eh kiyalan libeyne kamah ..
It’s okay Rani.. no problem..bxy vaa faharuves annaane.. ekam v ufaavejje dear vaahaka kiyaaleema.. And so happy that u liked all the parts..Yesss.. In sha Allah v avahah wonder ge new story eh kiyaalan libeyne..mihaaruves plot iny raavaa nimifa.?❤
Wonder koba update
Vaahaka update vaaleh mihaaru haadha lahey ??????
Loabi gandaaaaaaa kihineh v lasvany?????? can’t wait dear loabeeeeeee❤️❤️❤️❤️