ހެއްދެވި ފަރާތަށް ވަކީލު ކުރަމުން އަހަރެންނަށް ފަތައިފައި އިސްކޮޅު ޖެހޭ ހިސާބަށް ދާން މަސައްކަތް ކުރީމެވެ. އެ ހިސާބަށް ކިރިޔާ ދެވުނު ކަމެވެ. ދެން ގައިގައި ކުރާނެ ކަމެއް ނެތެވެ. ލޮނުބޮވި މީހާ ލޮޑުވެ ހަލާކުވެއްޖެއެވެ. ޒަޚަމު ތަކުން ނަގަމުން ދިޔަ ދިލައިގެ އަސަރު ގަދަ ވެއްޖެއެވެ. ވެލައެއް ހެން ފިރުކެމުން އަހަރެން ގޮނޑުދޮށަާއި ދިމާލަށް ދިޔައީމެވެ. މިއީ ކޮން ދުވަހެއް ކަމެއް ވެސް ނޭނގެއެވެ. އާހިލަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ މި ޙާލަތުގައި މަދުވާނެ […]
“ރިފް ނޯ!” އާހިލް ގޮވާލިއެވެ. އެހެނަސް މިހާރު މާ ލަސްވެއްޖެއެވެ. ފިޔަވަޅު އެޅުނު ގޮތަކުން އެލާމެއް އަޅަން ފަށާ ފާރުތައް ކައިރީ ހުރި އެއްޗަކުން ރަބަރު ފާޑެއްގެ ވާތަކެއް އައިސް އަހަރެންގެ ގައިގައި ވަށައިގެން އޮޅި ބަނދެވިގެން ދިޔައެވެ. އާހިލާއި ދެމީހުން އެކުގައެވެ. ސޫޓުގެ ވެސް މަތިން ދެން ނޭފަތުގައި ޖެހުނު ވަހެއްގެ ސަބަބުން އަހަރެންގެ ހޭވެރިކަން ނެތިގެން ދިޔައެވެ. އެވަގުތު ދިމާލަށް ވަރުގަދަ ޓީމެއް ދުވެފައި އައި ކަން އެނގުނެވެ. އާއެކެވެ. މި މީހުން އަތުލައިގަތުމުގެ […]
“ވިނަބެއްޔާ! ކީއްތަ ތި ކުރަނީ؟ އެ އޯރގަން ސެލާސްތައް ޔޫނުސް ގޮވައިގެން މި ބޯޓަށް އަރަނީއޭ….” އަހަރެން ބުނީމެވެ. އެހެނަސް އެކޮޅުން ޖަވާބެއް ނުދިނެވެ. އެ ވަގުތު ބޯޓުގެ ސެކިޔުރިޓީ ސިސްޓަމް ޖައްސާލައިފިއެވެ. އަހަރެންގެ ފޯނު ކެނޑުމުން އަނެއްކާ ވެސް ގުޅަން މަސައްކަތް ކުރީމެވެ. އެހެނަސް ބުނަނީ ރޭންޖު ނުލިބޭ ކަމަށެވެ. އަހަރެންގެ ބޮލުގައި ތޮތްޕެއް ހެން އެޅުނީ ބޮޑު ސުވާލު މާކެކެވެ. ކިހިނެއް ވީ ހެއްޔެވެ؟ އަނެއްކާ މި ބޯޓު ޖައްސާލުމުން ވީ ގޮތެއް ހެއްޔެވެ؟ […]
އަހަރެމެން ހިނގަމުން ދިޔައީ ސާޖިނާއި އަށް ވަރަކަށް ފޫޓު ދުރުންނެވެ. ހިނގަމުން ގޮސް ތުރާކުނުގެ މީހުން ނޫޅޭ ފަޅު ހިސާބަށް ވެސް ދެވިއްޖެއެވެ. އެއީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައިގައި ފަޅުވެ ހަލާކުވެ މަސްހުނިވީ ހިސާބެކެވެ. ބޮން އަޅާ ގޮއްވައިފައި ހުރި ވަރުން ގެތައް ވެސް ވަނީ ފުނޑޭނެ އެންމެ ވަރުގަދައަކަށް ފުނޑި ހަލާކު ވެފައެވެ. އަހަރެމެން ހިނގަމުން ދަނިކޮށް ސިހުނީ ކައިރީގައި ހުރި ގެގަނޑެއްގެ ޓިނު ބުރިއެއް ވެއްޓުމުންނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔަ […]
“އައްސަލާމު ޢަލައިކުމް.” ސަލާން ގޮވާލަމުން އެތެރެއަށް ވަނުމާއި އެކު ހިދާޔާ އެ ސަލާމަށް ޖަވާބު ދާރީ ވިއެވެ. “ހިދާ! އަހަރެން ކަމަކު ކިޔާށޭ މި އައީ. މި ހެޑް އޮފީހަށް ހަވާލު ކޮށްލަދީބަ.” އަހަރެން ހިދާޔާގެ އަތަށް ލައިދިނީ ސިޓީ އުރައެކެވެ. އޭނާއަށް އޭގެ ބޭރުގައި ލިޔެލައިފައިވާ އިނގިރޭސި ދެ ބަސް ފެނިފައި މޫނު ހުދުވިއެވެ. އަތް ވެސް ތުރުތުރު ލަމުން ދާ ޙާލުގައި އޭނާ އަހަރެންނާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “ކީ…ކީއްވެގެން ރެޒިގް…ރެޒިގްނޭޝަން ލެޓާ […]
އަޅިކުލައިގެ ހުޑީއަކާއި ކަޅު ޓްރައުޒާ އެއް ލައިގެން އަހަރެން ނުކުތީމެވެ. ތުވާލިން ބޮލުގެ ފެން ހިތްކަމުން ނުކުތް އަހަރެންގެން ސަމާލުކަން ދަމައިގަތީ ގޮނޑުދޮށުގައި އިން ދެމީހެކެވެ. އެމީހުން ތިބި ގޮތް ފެނިފައި ސިހުނުވަރުން އަހަރެން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. މި ދެމީހުން އަތުގުޅުވާލައިގެން އެހާ ގާތުގައި ތިބީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ….. އަހަރެން ލާނެތް ކަމާއި އެކީ އެހިސާބަށް ދިޔައީ މަޑުމަޑުންނެވެ. އެވަގުތު ފިރާޝާގެ އަތުގައި އަޅުވައިފައި އިން އަނގޮޓިއެއް ވެސް ފެނުނެވެ. “ޕޮއް. ހޯހޯ…. ނައިލް […]
ނަމާދަށް ފަހު ޒިކުރުކުރަން އިން އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭތެރެ އަޑުގަދަވުމުންނެވެ. ޒިކުރުކޮށް ނިންމާލައިފައި ނުކުތް އިރު ކަމަކު ދާކަށް ނެތެވެ. ފިރުޝާނުގެ އާއިލާގެ އަންހެން މެމްބަރުންނާއި ލައިލާގެ އެކުވެރި އަންހެން ކުދިން ވެސް އެގޭގައެވެ. އަޑު ގަދަ މިވީ މިހެންވެގެން ތާއެވެ. އަހަރެން ލައިލާގެ ގާތުގައި ބުނެލައިފައި ނުކުތީ ބޭރަށެވެ. އަދި މިއުޅެނީ ދޭނެ ރަނގަޅު ހަދިޔާއެއް ނުގަނެވިގެންނެވެ. ކަންދިމާކުރި ގޮތުން އަހަރެންނަށް ނުކުމެވުނީ އާހިލުގެ ކުރިމައްޗަށެވެ. އެހެނަސް އަޅާނުލާ ދެން ހިނގައިގަތީ މޯލް […]
އެ ރެސްޓޯރެންޓާއި ވަރަށް ބޮޑަށް ގާތްވި ފަހުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ބޮޑަށް ނިވާވެލައިގެން ހުރި ފިރިހެނެކެވެ. ފުދޭވަރަކަށް ދުރުންނެވެ. އޭނާގެ އަތުގައި އޮތް ޑިވައިސަކުން ހިދާޔާގެ ޙަރަކާތްތައް ރެކޯޑް ކުރަމުން ދާކަން އެނގުމުން ހިން ދިރުވާލެވުނެވެ. އަނެއްކާ އެއީ ރަހީނުކުރާ ގުރޫޕު މީހުންގެ ތެރެއިން އައިސްގެން އުޅޭ މީހެއް ހެއްޔެވެ؟ އެމީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑަކީ ހިދާޔާ ހެއްޔެވެ؟ އޭނާ އަކީ ކާކުކަން ވެސް ވަކި ނުކުރެވޭ ވަރަށް އެ ހުރީ ފޮރުވިގެންނެވެ. ޝާނާ ޝެހެނާޒު […]
ސިއްރުވެރި ކަމާއެކު އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ދެން ފެނުނު މަންޒަރަކުންނެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލީމެވެ. ދެން ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީ ތާކަށް ފަރާތަކަށް ހެލިނުލައެވެ. މިއޮއްފަދަ ރޯމާދުވާލުގެ ވަގުތުގައި މި ކަހަލަ ކަމެއް ފެނިދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ހިދާޔާ އާއި ނުހައިކްއެވެ. ސިޓިންރޫމު ބޮޑު ސޯފާގައެވެ. ދެމީހުން އެކަކު އަނެކަކުގެ ތުންފަތުގެ ފޮނި މީރުކަން ޙާސިލްކުރަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. ނުހައިކްގެ ގައިދަށުވެފައި އޮތް ހިދާޔާ […]