“އިއްޔެ ބައްދަލު ކުރީމެންނު ދެ ސޮރަކާ. އެމީހުންނަށް މިއަދު ޙުކުމް ކުރެޔޯ.” ހޫދު ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ. “އޯ އެހެންތަ. މަށަށް ޖެހުނު ސޮރު ޔަޤީނުން ވެސް ތާށި ވާނެ ފިލި ޒަކިއްޓެއާ އެކު. އެ ސޮރު މާ ގިނަ ވާހަކަތައް އަހަރެން ގާތު ބުނި ވިއްޔާ. އެ ފަކީރުގެ ހާއަލިފު ޓިކެޓް ހަމަ އެކަށް ކެންސަލް ވީނުން.” އަހަރެން ރައްދުގައި ބުނެލީމެވެ. “ކީކޭ؟” ބަރުބަރު އަޑަކުން އެހެން ބުނެލިތަނާ އަހަރެން ސިހުނުވަރުން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. […]
ކުއްލިއަކަށް ފާރުގެ ސްކްރީނުން ފެނުނު މަންޒަރަކުން ބޮޑުވީ އަހަރެންގެ ދެލޯ އެކަންޏެއް ނޫނެވެ. އާހިލާއި ނައިލާއި މަލަކު ވެސް ހުރީ އެ ޙާލުގައެވެ. އަހަރެން ދެދަތްޕިލަ ޖައްސާ ބާރުކޮށްލީމެވެ. އާހިލް ވެސް މޫނު އަނެއް ފަރާތަށް އަނބުރާލައިފިއެވެ. އެ ރަވާނުގަނޑުގެ ކިބައިގައި ހުރި ނުލަފާ ކަމެވެ. ހޫދާއި ދިމާލަށް ވެސް އަހަރެން ކަޅިއަޅާލީމެވެ. މިކަން ވާނީ އޭނާގެ ޢަމަލަކަށް ކަން ޔަޤީންވާތީއެވެ. އެއީ އެރޭ އެތަނަށް ދިޔައީ އޭނާ ވިއްޔާއެވެ. އެ ހޫދުގަނޑު ނެގި ފޮޓޯގަނޑު ވަރަށް […]
“ގެޓެއް ނުވި” އަހަރެންގެ ބޮލަކަށް އާހިލް ބުނެދޭން އުޅޭ އެއްޗެއް ނުވަނެވެ. އާހިލް މާކަރެއް ނަގައިފައި މަތީގައި ދެ އިނގިރޭސި ލަފުޒު ލިޔެލިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. “އިމްޕޮސިބްލް. ހަ…ހައު… އިން މޯލްޑިވްސް…. ނޯވޭ… ނޫނެކޭ ބުނޭ” އަހަރެން އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެ ބަޔަކު އެ ހިންގަނީ ހާދަހާވާ ލާއިންސާނީ ޖަރީމާއެކެވެ. މިކަން ކުރަން މީހުން ނަގައިފިނަމަ ދެން ނުފެންނާނެ ކަން އެނގެއެވެ. އެހެނަސް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ކުށެއް ނެތް […]
އަހަރެން އިތުރު އެހީ އެއް ހޯދުމުގެ ނިޔަތުގައި ދުއްވައިގަތީމެވެ. އެހެނަސް އެމީހާ ތެދުވެގެން އައިސް އަހަރެންގެ ގައިގައި ފަހަތުން ހިފަހައްޓައިފިއެވެ. ހިރިނުލެވޭ ވަރަށް ބާރަށެވެ. ދެން ނެރުނު ތާކުން ނެރެފައި އަހަރެންގެ އަތަށް އިންޖެކްޝަނެއްގެ ތޫނު ކަށި ހަރާލިއެވެ. އޭގެ އަސަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑުގައި ފެތުރިއްޖެކަން ނަގައިގަނެވުނީ ޓްރައިނިންގައި ދީފައިވާ ތަމްރީނުގެ ސަބަބުންނެވެ. އެ ބިޔަ ފިރިހެނާ ނިވާވެގެން ހުރިލެއް ފުރިހަމަ ކަމުން އޭނާ މޫނު ވެސް ފެންނަ ވަރެއް ނުވިއެވެ. މަންޒަރު […]
އޭނާ ވަދެގަތީ ތަކެތި ބަހައްޓާ ހަރުތަކުގެ ދެމެދަށެވެ. ނެގި އެއްޗެހިނަށް ލާރި ދައްކައިފައި އަހަރެން އެދުނީ އެތަކެތި ޑްރޯނަކުން ގެއަށް ފޮނުވާލުމަށެވެ. އަވަސް އަވަހަށް ދެން ހިނގައިގަތީ އެ ކުއްޖާ ދިޔަ ހަރުތަކާއި ދިމާއަށެވެ. އެއީ ނޫޑުލީހާއި ޕާސްޓާ ކަހަލަ ތަކެތި ހުރި ބައެވެ. އަހަރެން ހޯދި މީހާ އެތަނުން ފެނުނެވެ. އޭނާ ހުރީ ޕްލެއިން ކަޅު ހުޑީއަކާއި ކެރެޓެއް ލައިގެންނެވެ. ލޯމަތިން ގެއްލުމުގެ ކުރިން އެ ދިމާލަށް ދުވެލައިފައި ދިޔައީމެވެ. އަހަރެން އޭނާއާއި ކުރަން ކެތްމަދުވެފައި […]
އަހަރެން ސިހުނީ ފަހަތުން ބަޔަކު އަންނަ އަޑު އިވުމުންނެވެ. ހުރެވުނީ ގަރާޖާއި ވީ ފަރާތަށް ކުރިމަތިލައިގެން ކަމުން އަހަރެން ހައްތަހާ ހާސްވިއެވެ. އެވަގުތު އަންނާނީ އެ ލިވާޒު ސޮރުމެން ކަމަށް ވާތީ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. އިރު ވިދިފައި އިން މާކަނައެއް ހެން (ކަމަކާއި މެދު މާ ބޮޑަށް ދެރަވެ ހާސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓިފައި އިނުން) އަހަންނަށް ގަނޑުވެފައި އިނދެވުނީއެވެ. ލިވާޒަށް ބަސްޓުވިއްޔާ ރީއްޗެއް ނުވާނެއެވެ. ހޫދު ވެސް އަދި ނާދެއެވެ. […]
އަހަރެެމެން ތިން މީހުންނަށް ގެއަށް އާދެވުމާއި އެކު އުޅެގަތީ ކޮޓަރިއަށް ދާށެވެ. އެހެނަސް ނެގި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ސިޓިންރޫމުގައި ހުރި ޓީވީއިން އިވެމުން ދިޔަ ޚަބަރެއްގެ ސަބަބުންނެވެ. އެ ޓީވީއާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. އިވުނު އެއްޗެއް އިވުނީ ހަމަ ރަނގަޅަށް ކަން އެނގުމުން އަހަރެންގެ ސިކުނޑި ފުރުނީ ސުވާލުތަކާއި ޝަކުވާތަކުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހާ އަވަހަށް ޝާނާގެ ކޭސް ‘ޑްރޮޕް’ ކޮށްލީ ކީއްވެގެން ހެއްޔެވެ؟ މިއުޅޭ ރަހީނުކުރާ ގުރޫޕު މިކަމަށް […]
އޭރު ބޭރުގައި ހުރިީ މަންމަ އެއް ނޫނެވެ. ހާސްވެ އޮށްދާ ހިއްލައިފައި ޝެހެނާޒެވެ. އަހަރެންގެ ދެބުމަ ގާތް ކޮށްލެވުނެވެ. އޭނާގެ ދެލޯ ވެސް ރަތް ވެފައި ހުރި ހެން ހީވެއެވެ. އޭނާގެ ކޯތާފަތް މަތި ތެމިފައި އެ ހުރީ ފެނުން ނޫންކަން ދެނެގަންނަން ނެގީ ސިކުންތު ކޮޅެކެވެ. އެހެނަސް އަހަރެންނަށް އެއްޗެއް ބުނެވުމުގެ ކުރިން މެދު ކަނޑާލަން ޖެހުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. “ރިފް! ދޮ… ދޮންތި ނެތް ގެއަކު. ހޮސްޕިޓަލަކު ވެސް ނެތް. ގުޅީމަ […]
އަވަސް އަރުވާލައިގެން އަހަރެމެން އެ ކެފޭ އިން ނުކުތީ ޝެހެނާޒު ހޯދުމުގެ ނިޔަތުގައެވެ. އަހަރެންނަށް އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން އިނދެވުނު އިރު ޝައްކާއި ވަހުމްތަކުން ޚިޔާލުތައް ކިލަނބުވެއްޖެއެވެ. އަނެއްކާ އޮށްގާ ގޭންގުގެ ބަޔަކަށް އަހަރެމެން ކުރި ކަންތައް އެނގުނީ ބާއެވެ. އެއިން މީހަކު ޝެހެނާޒާއި ދިމާކޮށްލީ ބާއެވެ. ބަދަލު ހިފުމުގެ ގޮތުން ޝެހެނާޒު ރަހީނުކޮށްފައި ގެންދިޔައީ ބާއެވެ. ރަވާނުގެ ބުނުމަށް އަހަރެމެން ދެން އުޅުނީ ޝެހެނާޒު ފެނޭތޯ އެ ހިސާބުގަނޑު ހޯދާށެވެ. ދާހާ ބައެއްގެ ގާތު އަހަމުންނެވެ. އެހެނަސް […]