މީހަކު ގޭގެ ގޯތިތެރޭގައި ނެތްކަން ޔަޤީންކޮށްފައި އަހަރެން ބެލްކަނީގެ ކައިރީގައި ހުރި ގަހަށް ފުންމާލީމެވެ. އެއަށްފަހު މަޑުމަޑުން ފާރުމައްޗަށް އަރާ އެ ފާރުން ބޭރަށް މަގުމައްޗަށް ފުންމާލީ އަޑެއް ވެސް ނުލައްވާލައެވެ. ސިއްރުވެރި ގޮތަކަށް އަހަރެން ހިނގަމުން ދިޔައީ ރެހެންދި ސުކޫލާއި ދިމާލަށެވެ. އިރުއިރުކޮޅާ މަގުގެ އެކި ހިސާބުތަކަށް ބަލާލަނީ ދަންނަ މީހަކަށް އަހަރެން ފެނިދާނެތީއެވެ. ފެނުނަސް އަސްލު ހެވެވެ. އެއީ ލައިގެން ހުރި ކަޅު ހުޑީގެ ހުޑް ބޮލަށް ވައްޓާލާ މޫނުގައި ކަޅު ކުލައިގެ މާސްކެއް […]
ނޯޓް:މިއީ އެއްވެސް އިރެއްގައި ހިނގައިފައިވާ ނުވަތަ ހިނގައިފާނެ ކަމެއް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ލިޔެފައިވާ މުޅިން ޚިޔާލީ ވާހަކައެކެވެ. *** މިއީ ތޭވީސް ވަނަ ޤަރުނެވެ. ސީދާކޮށް ބުނާނަމަ 2221 ވަނަ އަހަރެވެ. މި ޒަމާނުގައި ދިވެހިރާއްޖެ ތަހުޒީބާއި ތަމައްދުނުގެ ރޮނގުން ކުރިއަރައިފައި ވަނީ އިންތިހާއަށެވެ. ދުނިޔެއަށް މަޝްހޫރު ބައެއް ކޮންޕެނީތަކުގެ ވެރިންނަކީ ދިވެހީންނެވެ. ދިވެހި ސައިންސުވެރިންގެ ދިރާސާ ތަކުން ވެސް އައު އެތައް ކަމެއް ހޯދިފައިވެއެވެ. ފަތުރުވެރީން އެންމެ […]
ރިޕޯޓު ފޯމު އަތަށް ލިބުމާއެކު އަހަރެންނަށް ހިންދިރުވާލެވުނެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު މޭޒުމަތީގައި އެ ފޯމު ބޭއްވީމެވެ. އަހަރެން ބަލައިލީ ފަހަތުގައި އިށީނދެ އިން ފަރުހާނަށެވެ. ދެން ޖެހިގެން އިން ލޫޠަށެވެ. އެމީހުންގެ މޫނުމަތި ވެސް ހުދުވެފައި ވުމުން އެމީހުންނަށް ވެސް ލިބުނީ މާ ރަނގަޅު ނަތީޖާއެއް ނޫން ކަން އެނގުނެވެ. ނަސީބު ރަނގަޅު ކަމުން އަހަރެމެން ތިން މީހުންގެ ބެލެނިވެރިން ފޯމު ބަލާކަށް ނާދެއެވެ. މަސައްކަތުގައި މާ ބިޒީއެވެ. އެހެނަސް ގެއަށް ދިއުމަށް […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ހޭލެވުމާއި އެކު ކޮޓަރީގެ އެކި ފަރާތް ފަރާތަށް ނަޒަރު ހިންގާ ލީމެވެ. އަހަރެން އެންމެ ޙައިރާންވީ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ. ކޮޅަށް ތެދުވެ ކޮޅަށް ތެދުވެ އެ ކުޑަދޮރާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އަވަސް އަވަހަށް އެ ދޮރުގެ ތަންޑު އަޅުވާލާ ދޮރުފޮތި ކަހާލީމެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ސިޓިންރޫމާއި ދިމާލުން އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ތުރުތުރު ލަމުން ދިޔަ ތުންފަތުގައި ދަތް އަޅާލަމުން […]
އަލްވާ އަކީ ވަރަށް ކުޑައިރުއްސުރެ މަދަޙަ އާއި ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ނަމަވެސް އޭނާ ލަދުގަންނަ ވަރުން އެކަމަށް ތަން ދޭ ވަރެއް ނޫނެވެ. ނާސަރީއަށް ދާން ފަށާ ކުޑަކުޑަ އަލްވާ ކިޔެވުން ފަށައިފިއެވެ. އަލްވާ ފުރަތަމަ ދުވަހު ޕްރީސުކޫލަށް ގޮސް އެތެރެއަށް ވަންނަން ޖެހިލުންވެފައި ހުއްޓެވެ. އޭނާ އެތެރެއަށް ވެއްދީ ގަދަކަމުންނެވެ. އެހެން ކުދިން ބަލަން ފެށުމުން އަލްވާ މޫނުގައި އަތް އެޅިއެވެ. ޕްރީސުކޫލުގެ ދުވަސްތަކުގައި އޭނާ ކުދިންނާއި އެހާ އެކުވެރިއެއް ނޫނެވެ. […]