Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 43

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 2, 2025 6 Mins Read
12 Comments

“ރަށެއް ދޯ! އާނ. އެންމެ ފަހަރަކު މި ރާއްޖޭގެ ރަށެއް ދިވެއްސަކަށް ވިއްކާލި. ހަތަރު ސަތޭކަ މިލިޔަން ދިވެހި ރުފިޔާއަށް. އެކަން މާ ގިނަ މީހުންނަކަށް ނޭނގޭނެ. ރަށެއް ވިއްކާލީވެސް އެންމެ ދެކުނަށް އޮތް އަތޮޅުން. އެއްކަލަ މޮރިޝަސް އަތުން އަނބުރާ ހޯދި ރަށްތަކުގެ ތެރެއިން ރަށެއް އެއީ. އެހެން ރަށްތަކާ ވެސް ދުރުގަ ވަކިން އެރަށް އޮންނާނީ. ކިޔާ ނަމަކީ ޒ.އިތާފުށި. ގަތް މީހަކީ ޢަލީ ޒިރާރު.” ޑަބްލިޔު ސާރ ބުނެލި ނަމަކުން އަހަރެމެން އެންމެން އަޖައިބުވެ ސިހުނުވަރުން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ޝެހެނާޒަށެވެ. އެ ފަކީރަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟

ޝެހެނާޒަށް މަންމައަކާއި ބައްޕައެއް ނެތްކަން އިހުސާސް ނުކުރެވޭ ވަރަށް އަޅާލުމާއި ލޯބި ދިން ދައްތަ، ވީ އެންމެ ލާއިންސާނީ ގޮތަކަށް މަރާލީ ލޯބިވެވުނު ފަރާތުގެ ބައްޕައެވެ. ދުނިޔޭގެ އުސޫލު ނިކަން ދެކިބަލާށެވެ. ޝެހެނާޒު ނަފްސާނީ ގޮތުން ވެއްޓުނު އަނދަވަޅުން އަޅައިގަންނަން އެހީވެދިން ފަރާތަކީ އޭނާ އެ ޙާލަށް ވެއްޓެން މެދުވެރިކުރުވި މީހާގެ ދަރި ކަން އެނގުމުން ކިހާ ހިތުގައި ޖެހޭނެ ހެއްޔެވެ؟

ޝެހެނާޒުގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އަހަރެންނަށް ވެސް އުނދަގޫ ވިއެވެ. ތުންފަތުގައި ދަތް އަޅައިގެން ހުރިލެއް ބާރު ކަމުން އެ ހިސާބުން ލޭގެ އަސަރު ވެސް ފެންނަން ހުއްޓެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެތެރޭގައި ހިފެހެއްޓުމަށް އެ ކުރާ ހަނގުރާމައެއް އެނގޭނީ ހަމަ އޭނާ އަށެވެ. އަހަރެން އޭނާގެ ގާތަށް ގޮސް އަތުގައި ހިފައިފައި ބޭރަށް ނުކުތީމެވެ. އެ ވަގުތު އޭނާގެ ގާތަށް އައިސްފައިވަނީ ރުޅި ކަމެއް ނުވަތަ އިންތިހާ ދަރަޖައިގެ ހިތާމަ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. 

“ހިޔާން! ހަމަ މިހާރު އަހަރެން ބޭނުން ކަލެޔާ ބައްދަލުކުރަން.” ފޯނު ނަގާ ހިޔާނަށް ގުޅާލަމުން ޝެހެނާޒު ވާހަކަ ދެއްކި އިރު އަޑުގައި ވަނީ ހަރުކަށިކަމެވެ. “މާ ވަރަކަށް ފޮނި އަނގަ ތަޅާނެ ކަމެއް ނެތް. އާދޭ ޕައިން ފޮރެސްޓުގެ މެދަށް.” ޝެހެނާޒު ފޯނު ކަނޑާލައިފައި ދިޔައީ އެތަނުން ނުކުންނާށެވެ. އަހަރެން ވެސް އޭނާގެ ފަހަތުން ދިޔައީމެވެ. އެހެނަސް ސީދާ މެދަށް ވާ ހިސާބަށް ނުގޮސް ގަސްތަކާއި ނިވާވެލީ ޝެހެނާޒަށް ވަގުތު ދިނުމަށެވެ. 

އޭގެ އިރުކޮޅެއް ފަހެވެ. ވާނުވާ ނޭނގިފައި ހުރި މީހެއް ފަދައިން ހިޔާން އައިސް އެ ގަސްތަކުގެ ތެރެއިން ލައިފައި ޝެހެނާޒު ހުރި ހިސާބަށް ދިޔައެވެ. އަހަރެންނަށް ހުރެވުނީ އެމީހުން ވާހަކަ ދައްކާ އަޑު ވަރަށް ސާފުކޮށް އިވޭ ހިސާބެއްގައެވެ. 

“ހިޔާން. މިހާ ހިސާބުން އަހަރެމެންގެ ގުޅުން ނިމުނީ. ސަބަބު ދޯ. ވަރަށް އަވަހަށް އެނގޭނެ. އިހަށް ރަނގަޅު ވާނީ ހޯދަން ނޫޅުނިއްޔާ ދެފުށް ކެހެރިޔާ.” ރުޅިވެރިކަމާއި އެކު ޝެހެނާޒު ބުނެލި ތޫނު ބަސްތައް ހަންޖަރެއް ފަދައިން ހިޔާނުގެ ހިތަށް ހެރި އެ ކޮށާ ކުދިކުދި ކޮށްލިހެން ހީވިއެވެ. އޭނާ ޝެހެނާޒުގެ ގާތަށް ފިޔަވަޅެއް އަޅާލިއެެވެ. 

“ނާޒް ކީއްވެ. ކުއްލިއަކަށް. އަހަރެން ކޮން ކުށެއް ކުރީ.” އޭނާ ޝެހެނާޒުގެ މަޑު އަތްތިލައިގައި ހިފާލިއެވެ. “ބުނެފިން ދޯ ސަބަބު ނާހާށޭ. މީގެ ފަހުން އަހަރެން ހޯދަން ވެސް އަހަރެންގެ ގާތަށް އަންނަން މަސައްކަތް ވެސް ނުކުރާތި.” އަތް ފޮޅުވާލަމުން ޝެހެނާޒު ދުރަށް ޖެހުނެވެ. އަދި ހިޔާނަށް ފަސް ދެމުން ދުއްވައިގަތެވެ. “ނާޒް” ހިޔާނު ގޮވާލިއެވެ. އަދި ޝެހެނާޒުގެ ފަހަތުން އޭނާ ވެސް ދުއްވައިގަތެވެ. އަހަރެން އަވަހަށް ގޮސް ހިޔާނާއި ހަމަކުރީމެވެ. 

“ހިޔަނި” އަހަރެން ގޮވާލީމެވެ. “ރިފް… ރިފް ކި…ކިހިނެއްވީ؟ ކީއްވެ ނާޒް ކުއްލިއަކަށް…” އޭނާގެ މޫނުމަތީގައިވީ ކުލަވަރުން އަހަރެން ހުއްޓުން އެރިއެވެ. އޭނާގެ ބައްޕަ ކުރި ކަމެއްގައި އޭނާގެ މައްޗަށް އޮތީ ކޮން ކުށެއް ހެއްޔެވެ؟ ޝެހެނާޒު އޭނާގެ ދައްތަގެ ޤާތިލަށް ބަފައިބެ ކިޔަން ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ. ޙަޤީޤަތުގައި ހިޔާނާއި ދުރުވާން ބޭނުންވި ސަބަބެއް އެނގޭނީ ޝެހެނާޒަށެވެ. 

“ހިޔަނީ! މިހާރު ޝަހިކްސް އެ ހުރީ ނަފްސާނީގޮތުން ވަރަށް ސަކަރާތް ޙާލަތެއްގަ. ހިޔަންޏާ ގުޅޭ ކަމެއްގަ ވަރަށް ދެރަވެފަ. އެހެންވީމާ އެންމެ ރަނގަޅު ވާނީ މި ވަގުތަށް ޝަހިކްސް ކުރާ ކަމެއް ކުރަން ދޫކޮށްލިއްޔާ. އަދި އެއް ވާހަކަ. މިއިން އެއްވެސް ކަމެއްގެ ވާހަކަ ހިޔަނީގެ ޢާއިލާއަށް އެނގިގެން ނުވާނެ. ޚާއްސަކޮށް ޔޫ ގެ ބައްޕަ ގާތު ބުނެގެން ނުވާނެ. ޝަހިކްސް އަށް ހެވެއް އެދެންޏާ ސިއްރުކުރޭ.” އަހަރެން އެހެން ބުނެފައި ޝެހެނާޒު ދިޔަ ދިމާލަށް ދުއްވައިގަތީމެވެ. 

ޝެހެނާޒު އުޅުނީ އެ ވަލުން ނުކުންނަން ނޫން ކަން އެނގުނީ ވަކި ހިސާބަކުން އަނބުރާލައިފައި އެތެރެއަށް ވަދެގަތުމުންނެވެ. އަހަރެން އޭނާ އާއި އަރާ ހަމަކުރެވުނު ކަން ރަނގަޅެވެ. އެހެންނޫނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ނުނިކުންނަނީސް ހޯދަން އުނދަގޫ ވެދާނެއެވެ. އޭނާ ވަކި ހިސާބަކުން ހުއްޓާލައިފައި ގަހެއްގެ ދަށުގައި އިށީނދެ ރޯން ފެށިއެވެ. އަހަރެން އޭނާގެ ގައިގައި ބައްދާ ލުމަށްފަހު ރޯން ވަގުތު ދިނީމެވެ. އޭނާގެ ދެ ލޮލުން އޮހެމުން ދިޔަ ހޫނު ކަރުނަތަކުން އަހަރެން ލައިގެން ހުރި ސްވެޓާގެ ކޮނޑު ތެމެމުން ދިޔައެވެ. އެގޮތަށް އޭނާ އެތައް އިރެއް ވާންދެން އިނެވެ. 

ޝެހެނާޒު އަހަރެންނާއި ދުރުވެލިއިރު ދެ ލޮލަށް ވަނީ ލޭ ކުލަ އަރާލައިފައެވެ. އަހަރެންގެ ޖީބުން ކަޅު ކުލައިގެ އަވިއައިނެއް ނަގައިފައި އޭނާގެ ދެލޯ ފޮރުވާލީމެވެ. ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަހަރެން އޭނާ ގޮވައިގެން ދިޔައީ ސްކައި ލިފްޓަށް އަރާށެވެ. އޭނާ ގެއަށް ލާން ވެގެންނެވެ. އެއަށް އެރީއްސުރެ އޭނާ އިންނަނީ ހަމަހިމޭނުންނެވެ. ގެއަށް ގޮސްފައި އޭނާ ބޭނުންވީ އެކަނިވެލަން ކަމުން އަހަރެން ދިޔައީ އަމިއްލަ ކޮޓަރިއަށެވެ. އެހެން މީހުންނަށް ވީގޮތް ކިޔައިދެމުން ކުރު މެސެޖެއް ލިޔެ ފޮނުވާލީމެވެ. 

އަހަރެން ފޯނުން ދެން މެސެޖު ކުރީ އަލްވާ އަށެވެ. އަހަރެން ނުލާ އެ ކޭސްގައި މަސައްކަތް ކުރުމަށެވެ. ހަމަ އެ ވަގުތެވެ. އަހަރެންގެ އެޖެންޓް ޓެބްލެޓަށް މެސެޖެއް އައި އަޑު އިވުނެވެ. ހުޅުވާ ބަލައިލި އިރު މެސެޖް ފޮނުވީ ޑަބްލިޔު ސާރ އެވެ. ބުނެފައި ވަނީ ހުރިހާ އެޖެންޓުން މިރޭ ޓްރައިނިން ސެންޓަރުގެ ސީކްރެޓް ފްލޯ އަށް ދިއުމަށެވެ. އަހަރެން ދެވޭނެ ކަމުގެ ޔަގީންކަން ދީފައި އެ އަނބުރާ ތަޅުލާ ކަބަޑުގެ ތެރެއަށް ލީމެވެ. 

ރޭގަނޑުގެ ވަގުތެވެ. އަހަރެން ރަވާނާއި އެކު ދިޔައީ ވިލިނގިއްޔަށެވެ. ޓްރައިނިން ސެންޓަރުގެ ތިރީ ބަޔަށް ގޮސް އެތަނުގެ ތެރެއިން ވަކިން އޮންނަ ފްލޯ އަށް ދާން ވެކިޔުމާއަކަށް އެރީމެވެ. އެ ބަޔަށް ދެވުނު އިރު ގިނަ އެޖެންޓުން ވަނީ އައިސްފައެވެ. މި ފްލޯއަށް އެޖެންޓަކަށް ނުވާ އެކަކަށް ވެސް ނޭރޭނެއެވެ. އެހެންކަމުން ހޫދާއި އާހިލަކަށް މިތަނަކަށް ނާދެވޭނެއެވެ. އެންމެން ހަމަވުމުން ޑަބްލިޔު ސާރ ހުރިހާ ތަނެއް ލޮކު ކޮށްލިއެވެ. 

“އައްސަލާމު ޢަލައިކުމް. ތިޔަ ހުރިހާ އެޖެންޓުންނަށް ވެސް އެނގޭނެ ރާއްޖެގައި މި ހިނގާ މީހުން ގެއްލޭ މައްސަލަ. މިފަހަރު މި ޕްލޭން ކުރަނީ އެކަން ކުރާ މީހުން އެއްކޮށް އަތުލައިގަންނަން. ބެލެވޭގޮތުގައި އެ މަސައްކަތުގެ ބޮޑަކަށް އުޅެނީ ސްޓައިލިން ކޮންޕެނީގެ ވެރިޔާ ޢަލީ ޒިރާރު. އެމީހުން މަސައްކަތް ކުރަނީ ޒަވިޔަނި އިތާފުށީގަ. އެ ރަށުގެ ބިންގަނޑުގެ އެންމެ އެތެރެއިން ވަކިން ހަދައިފައި އޮންނަ ތަނެއްގަ. ވަދެވޭނީ މޫދު އަޑިން.” ޑަބްލިޔު ސާރ ދިން ކުރު ތަޢާރަފުން އެ އުޅެނީ ގިނަ ބަޔަކު މި ކަމުގައި ބައިވެރިކުރަން ކަން ދެނެގަނެވުނެވެ. 

“އެންމެ ފުރަތަމަ ކަމަކަށް އޮތީ އަހަރެމެން އެތަނަށް ވަންނާނެ ގޮތެއް ހޯދުން. މި ކަން ކުރަން ޖެހޭނީ މެރިން ޓްރައިނިން ހެދި އެޖެންޓުން. ދެވަނަ ކަމަކަށް ހެކި ހޯދުން. މިކަމަށް ވަކި ބަޔަކު ވާނެ ނެގިފަ. ދެން އޮތީ ފުލުހުން އެ ނުބައި މީހުން އަތުލައިގަންނަ އިރު އެކަން ލައިވް ކުރުން. އެކަމަކު ފެންނަ ގޮތް ހަދާނީ ސަރުކާރުގެ އިސްވެރީންނަށާއި ކޯޓު ފަރާތްތަކަށާއި ޕްރޮސެކިޔުޓަރުންގެ އިތުރުން ދިފާޢީ ނިޒާމުގައި ހަރަކާތްތެރިވާ މީހުންނަށް. ހަތަރު ވަނަ ގުރޫޕް މީހުން ޖެހޭނީ އެހެން ގުރޫޕްތައް މަސައްކަތް ކުރާ އިރު އެ ރަހީނުކުރާ މީހުންނަށް ދަޅައެއް ދައްކާލުން. އެމީހުންގެ ޝައްކުތައް ފިލުވާލާ އަހަރެމެންގެ އަމާޒުފަތްގަނޑަކީ އެމީހުން ކަން ނޭނގޭ ވަރު ކުރުން.” ޑަބްލިޔު ސާރ މަތިމަތިން އެ ޕްލޭން ކިޔާލަދިނެވެ.

އަހަރެން ދަބަހުން އެޖެންޓް ޓެބު ނެގީ އެއަށް މެސެޖެއް އައިކަން އެނގުމުންނެވެ. ޑަބްލިޔު ސާރ ގުރޫޕްތައް ބެހިފައިވާ ގޮތުގެ ތަފްސީލާއި އެކު ފޮނުވައިފައިވާ އެއްޗެކެވެ. އެއިން އަހަރެންގެ ނަން ހޯދަން ފީނާލީމެވެ. އަހަރެންގެ ނަން ފެނުނީ ދެވަނަ ގުރޫޕުންނެވެ. އެހެންވީމާ މި ޖެހުނީ ކޮންކްރީޓް ހެކި ހޯދާށެވެ. އެ ގުރޫޕު ލީޑަރަކަށް ހުރީ ވެސް އަހަރެންނެވެ. ދެ ބުމަ ގާތްކޮށްލެވުނީ ވެސް އެހެންވެގެންނެވެ. މި ވާނީ ޑަބްލިޔު ސާރ ކުރި ކަމަކަށެވެ. ގުރޫޕުގައި އަހަރެން ދަންނަ އެހެން މީހަކު ފެނޭތޯ ބަލައިލީމެވެ. އެއިން މަލަކާއި ލީވާންގެ ނަން ފެނުމުން ހިތްހަމަޖެހުނެވެ. 

“ގުރޫޕުތަކުގެ ލީޑަރުން އިސްކޮށް ތިބެގެން އެ ބައެއްގެ ޓާސްކް ފުރިހަމަ ކުރަން ޖެހޭނެ. ޕްލޭނިންގެ ކަންކަމުގައި މަސައްކަތް ކުރަން ޖެހޭނީ މިތަނުގައި. މި ފްލޯގެ ރޫމްތައް އެ ގުރޫޕެއްގެ މަސައްކަތާއި ގުޅޭނެހެން ވާނީ ވަކިކުރެވިފަ. މި ހިސާބުން އެ މީހެއްގެ މަސައްކަތައިގެން ކުރިއަށް ދޭ.” ޑަބްލިޔު ސާރ އެންގުމުން އެންމެން ވެސް އެމީހެއްގެ ގުރޫޕާއި އެކު ދިޔައެވެ. 

އަހަރެންގެ ގުރޫޕު އެންމެން ހަމަވުމުން ދޮރު ލައްޕާލީމެވެ. “ބުނެލަން އޮތީ އޯރގަން ސެލާސްތަކަކީ ހެކި ނައްތާލުމުގައި ކުޅަދާނަ ބައެކޭ. އެހެންވީމަ މީހުން ރަހީނުކޮށްފަ ގުނަވަންތައް ނަގާ ވިއްކާ އިރު ބޭނުންކުރާ ހުރިހާ އެއްޗެއް އެމީހުން ނައްތާލާނެ. އަހަރެމެންނަށް ކުރެވޭނެ އެއް ކަމަކީ އެ މަސައްކަތުގައި އުޅޭ މީހުން ޓްރެކް ކުރުން. އެ އެންމެންގެ ވަނަވަރު ހޯދުން. އަނެއް ކަމަކީ އެ ރަހީނުކޮށްގެން ގެންދިޔަ މީހުންގެ ރެކޯޑުތައް ހޯދުން. މިކަން ކުރަން މިހާރު ފެށޭނެ ޕޮއިންޓަކީ ސްޓައިލިންގެ ފިހާރަތައް. ދެން ޒިރާރު، ރޭރުގެ ޢާއިލާ ގޭގެ ތެރެއިން.” އަހަރެންގެ ޚިޔާލަށް އައީ ގޮތަށް ކަންކަން ތަފްސީލު ކޮއްލަދިނީމެވެ. 

“ބައި ބޮޑުކޮށް އުޅެގެން ކަމަކު ނުދާނެ. އެންމެ ބުއްދިވެރިވާނީ ތިން މީހަކު ތިން މީހަކު ވަކިން މަސައްކަތް ކުރާ ގޮތަށް ބެހެލީމަ ނޫންތަ؟” ގުރޫޕް މެންބަރެއް ކަމަށްވާ ޢަބުދުއް ރައޫފް ބުނެލިއެވެ. އަހަރެންނަށް އެ ގޮތް ވަރަށް ކަމުދިޔައެވެ. “ރަނގަޅު ޚިޔާލެއް. މި ތިބި ތިރީސް މީހުން ދިހަ ބަޔަށް ބެހެލީމަ ރަނގަޅު ވާނެ. އޭރުން ފަސޭހަވާނެ ގިނަ ފިހާރަތަކެއް ފާސް ކޮށްލަން ވެސް ފަސޭހަވާނެ. އެމީހުންގެ ދުއިސައްތަ ފިހާރަ މި ދުނިޔޭގައި ހުރޭ. ގުރޫޕަކަށް ވިހި ފިހާރަ ރަނގަޅެއްނު. އަދި އޮތީ އެމީހުންގެ އާއިލީ ގެ. އެ ގޭގެ ކަންތައް އަހަރެން ނިންމާލާނަން. އެއީ ޙާލަތުގެ ގޮތުން އަހަރެން އެ ފިހާރަތަކަށް ވަންނަން އުޅެފިނަމަ ރޭރަށް އެނގޭނެ އަހަރެމެން އެމީހުންނާ ދެކޮޅަށް މަސައްކަތެއް ކުރަނީކަން. ހުރިހާ އެންމެން ޕްލޭނަށް އެއްބަސް ތަ؟” އަހަރެން އެހީމެވެ. އެންމެންގެ ރުހުން ލިބުމުން އެ ބައެއްގެ މަސައްކަތް ފެށުމަށް ބުނީމެވެ. 

އެރޭ އަހަރެން މައިގަނޑު ގޮތެއްގައި އުޅުނީ ގުރޫޕްތައް ކޯޑިނޭޓް ކުރުމުގައެވެ. އަހަރެމެން މަސައްކަތް މެދުކަނޑާލީ ބާރަ ޖެހުމުންނެވެ. އަނބުރާ ގެއަށް ދިޔައީ ވެސް ރަވާނާއި އެކު ސްކައި ލިފްޓުންނެވެ. އަހަރެން ފާޚާނާކޮށްލައިގެން ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތީމެވެ. 

އަނެއް ދުވަހެވެ. ތެދުވެ ފެންވަރާލައިގެން ފަތިސްނަމާދު ކޮށްލީމެވެ. އެއަށްފަހު އަހަރެމެންގެ މަސައްކަތަށް މި ފަހަރު ކާމިޔާބު މިންވަރު ކުރައްވާ ތޯ ދުޢާކުރީމެވެ. ދެން ބެލްކަންޏަށް ނުކުތީމެވެ. ފަތިސްނަމާދު ކޮށްލައިގެން އެތަނަށް ނުކުތުމުން ހަށިގަނޑަށް އެ ލިބޭ އަރާމު ބަޔާންކޮށްދޭން ވެސް އުނދަގުލެވެ. އިރުކޮޅަކު އެތަނުގައި އިނދެފައި ދެން ދިޔައީ ޝެހެނާޒުގެ ކޮޓަރިއަށެވެ. ދަމުން ފޯނު ނަގާ އާހިލަށް ގުޅާލީމެވެ. 

“އައްސަލާމު ޢަލައިކުމް.” އެކޮޅުން ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމުއް ސަލާމް. އެނޮއިން ކެޓަށް މި ގަޑީގައި މިގެއަށް އާދެވިދާނެތަ؟” އަހަރެން އެހީމެވެ. “މަށަށް ލާހިކެއްނޫން ތި ގެއަށް ދާކަށް. ބުލޫ އައި ސްޓޯކާ މިގެއަށް އަންނަން ވީނުން.” އެ ސޮރު ޖަވާބުގައި ބުނީ އެހެންނެވެ. “ކަލޯ ވީ އިލެވެން ހޯމްވޯކް ދީގެންނޭ.” އަހަރެން ބުނެލީމެވެ. އެ ކޯޑުން އެ ސޮރަށް އެޖެންޓުންގެ މަސައްކަތެއް ކުރަން ކަން އެނގޭނެއެވެ. “އޯވްހް… މި ދަނީ.” އެހެން ބުނެފައި އޭނާ ފޯނު ކަނޑާލިއެވެ. 

“ޝަހީކްސް. އާދެބަލަ އަހަރެންގެ ކޮޓަރިއަށް. މަސައްކަތެއް ކުރަން ޖެހިފައި އެބަ އޮތޭ.” އަހަރެން އޭނާގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން އެތެރެއަށް ވަނީމެވެ. އޭރު އޭނާ އިނީ ހިސާބު މަސައްކަތެއް ހަދަން ކަން އެނގުނީ އެކްސް އާއި ވައި ފެނުމުންނެވެ. އެއްކަލަ އެކްސް ލޯބީގެ ކުޅިވަރެވެ. ޝެހެނާޒަކީ ސްޓްރެސް ވަންޏާ ނުވަތަ ދެރަކަމެއް ވިއްޔާ ހިސާބުގެ އީކުއޭޝަންތައް ހަދާ މީހެކެވެ. އޭގެ މަސައްކަތެއް ނެތީ ވިއްޔާ އިތުރަށް އަމިއްލަޔަށް ސުވާލުތައް ނެޓުން ނަގައިގެން ހަދާނެއެވެ. ފޫހި ފިލުވަން ވެސް ބޭނުން ކުރާ ވަސީލަތަކީ އެއީއެވެ. އަހަރެމެން ކަހަލަ އާދައިގެ މީހުންނަކަށް އެ މީހުންގެ އެ މިޒާޖެއް ދުވަހަކު ދަހެއް ނުވާނެއެވެ. އަހަރެމެން ސްޓްރެސްވެގެން ޑިޕުރެޝަނަށް ވެއްޓޭނީ އޭގެ ސަބަބުންނެވެ. 

ޝެހެނާޒު މަސައްކަތް ހުއްޓާލައިފައި އަހަރެންނާއި ދިމާލަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ލޯ ކައިރީގައިވީ ކަޅު ދާއިރާ އަހަރެންނަށް ފާހަގަކުރެވުނެވެ. “އޯރގަން ސެލާސް އާއި ދެކޮޅަށް ހެކި ލިބޭތޯ މިރޭ ހިޔަނި އުޅޭ ގެއަށް ބްރޭކްއިން ވާން ޖެހޭ. ދާން ބޭނުމިއްޔާ އާދޭ. އޯކޭ ނަޔަސް.” އަހަރެން ގޮސް ވަދެލީ ސީދާ މައުޟޫގެ ތެރެއަށެވެ. “އާނ ޔަޤީނެއްނު. އަވަހަށް ހިނގާ ޕްލޭން ކުރަން. ރިފް އިހަށް ކޮޓަރިއަށް ދޭ. އަހަރެން އަންނާނަން މިތަން ހަމައަކަށް އަޅުވާލައިފަ” ޝެހެނާޒު އެހެން ބުނުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. މޭޒު ދޮށުގައި އިށީނދެލަން އުޅުނު ވަގުތު އަހަރެން ސިހުނީ ބެލްކަނީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވެން ފެށުމުންނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ބޭވަފާތެރިޔަކީމޭ 25 & 26

Next

ޕިޔަދަ 3

Next
January 2, 2025

ޕިޔަދަ 3

Previews
January 1, 2025

ބޭވަފާތެރިޔަކީމޭ 25 & 26

12 Comments!

  1. cutie girl says:
    January 2, 2025 at 11:54 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    aahil and rifga gulhuvachey
    hiyaan and naaz dhuru nukurachey
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    happy new year
    love you fav author

    1. White rose White rose says:
      January 2, 2025 at 2:56 pm

      Thnx Cutie girl.
      happy new year

  2. Naani says:
    January 2, 2025 at 12:09 pm

    Omggggg finally mi part kiyaalan libihje hehe. Alhe hiyani nukuraa kamakun eyna ah haadha bodu dhera ekey dho e libunee. Rif and aal ge romance baeh include kohlaafa inn nama mi part ga. Btw varah reethi mi part ves. Love you and be safe white rose

    1. White rose White rose says:
      January 2, 2025 at 2:58 pm

      Shukran for the amazing comment.
      Kiyaalaafa vrh ufaavehjje.
      Thnx Naani. <3

  3. Lara says:
    January 2, 2025 at 12:49 pm

    Mi part ves varah reethi
    Love it ❤️❤️❤️
    When is next part

    1. White rose White rose says:
      January 2, 2025 at 2:58 pm

      Shukran Lara
      I submitted today, hopefully it won’t be late again

  4. Your fav bab says:
    January 2, 2025 at 1:54 pm

    Anekka knock e kuranee kaaku baa????
    I think it’s the annoying cat aahil!!!
    Very nice after a long waiting
    Hheheheh….
    When next????
    I loved this part
    Keep it up my dear!!!!

    1. White rose White rose says:
      January 2, 2025 at 3:01 pm

      Taki jahaameeheh engidhaanethaa.
      Aharen ves vhk kiyaa iru lahun viyas kiyaalan libijjeyya bodah appreciate kurevey.
      Mihaaru submit kohlaifin 44th bai
      Shukran Your fav bab

  5. Ghost girl 👻 says:
    January 2, 2025 at 5:51 pm

    Heyyy when’s next mi part ves vrh reethi HAPPY NEW YEAR 🎊🥳🎁🎇🎉

    1. White rose White rose says:
      January 3, 2025 at 5:17 pm

      Shukran Ghost girl..
      happy new year!!!

  6. ^-^ says:
    January 2, 2025 at 11:24 pm

    I think ziraaru is reyru cuz both names are v similar….this story is so intresting

    1. White rose White rose says:
      January 3, 2025 at 5:17 pm

      let’s see if it’s true or not.
      Shukran ^-^

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 44←


All Right Reserved!