Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 40

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 20, 2024 8 Mins Read
14 Comments

“އައިމް ސޮރީ. ޕޭޝަންޓް މިހާރު އެ ވަނީ ކޯމާއަކަށް ގޮސްފައި. އެއްވެސް ގޮތަކަށް ނޭނގޭނެ ދެން ހޭ އަރާނެ ދުވަހެއް. ދެތިން ދުވަސް ވެސް ވެދާނެ. ނޫނީ މަސް ތަކެއް ފާއިތުވާ ފަހުން ހޭއަރާ ފާނެ. ބައެއް މީހުން ގިނަ އަހަރު ތަކެއް ވަންދެން ހޭ ނާރާ އެހެން ފުން ނިންޖެއް ކަހަލަ ކޯމާއެއްގައި އޮވޭ.” ޑަކުޓަރުގެ ވާހަކަ އިން އަހަރެން ހުއްޓުން އެރިއެވެ. ހިތަށް އެރިއެވެ. އެ ދުވަހު އާހިލް ގޮވައިގެން އެ ބޯޓު ފާސް ކުރަން ނުދިޔަ ނަމަ މިހެނެއް ނުވީހެވެ. ވޯޓާ ކެޕްސޫލް ބޭނުން ކޮށްގެން އަމިއްލަ ނަފްސު ސަލާމަތް ކުރުމުގެ ބަދަލުގައި އެ ރަހީނުކުރާ މީހުންގެ ފަހަތުން ދިއުމުގެ ޚިޔާލު ވެސް ހުށަހަޅީ އަހަރެންނެވެ. އެތަނުގައި އަހަރެމެންނަށް ބާރެއް ނުދެއްކޭނެ ކަމަށް އާހިލް ބުނި ނަމަވެސް ޔޫނުސް ސަލާމަތް ކުރެވިދާނެ ކަމަށް ދުއްވައިގަތީ އަހަރެންނެވެ. އާހިލަށް ދެގުނަ އަނިޔާ ވެސް ލިބުނީ ހަމަ އަހަރެންގެ ސަބަބުންނެވެ. އަހަރެން ނެތް ނަމަ އާހިލަށް މި ޙާލެއް ނުޖެހުނީހެވެ. 

ގާތްގަނޑަކަށް ދިހަ މަސް ފަސް (ތާރީޚު: 30 ޖުލައި 2223) 

ފަތިހުގެ ހިތް ފަސޭހަ ވަގުތެވެ. ބެލްކަނީގެ އުނދޯލީގައި އިށީނދެލައިގެން އަހަރެންނަށް އިނދެވުނީ ވިސްނުމަކަށް ގެއްލިފައެވެ. މިހާރުގެ ޙާލަތެވެ. ނިމިދިޔަ އަހަރުގައި ހިނގި ހާދިސާއަށް ފަހު އަހަރެންނަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. މަޖާ ކުރުމާއި ހިނިތުންވުމަކީ އަހަރެން ނުދަންނަ ކަންކަމެވެ. ހަމަހިމޭންކަމާއި އަނދިރިކަމަކީ އަހަރެންގެ ގާތް މިތުރުންނެވެ. އަރާމު ނިދި ވަނީ އަހަރެންގެ ދެ ލޮލާއި ރުޅިވެފައެވެ. މަޖުބޫރުވެގެން މެނުވީ އަހަރެން މީހަކާ ވާހަކައެއް ނުދައްކަމެވެ. ލެވެނީ ވެސް މުޅިން ކަޅުކުލައިގެ އަންނައުނެވެ. 

“ރިފް! އަދިވެސް އެ ފަހަރު ގެއްލިފަ ވީގޮތްތައް އަހަރެމެންނަށް ސިއްރު ކުރާނީތަ؟ މިހާރު ގާތްގަނޑަކަށް ދިހަ ވަރަކަށް މަސް ވެދާނެ ކެޓު ބްރޯ ވެސް އެގޮތަށް ކޯމާއެއްގައި އޮންނަތާ! ތާރީޚުގައި ވެސް ފުރަތަމަ އަހަރުން އެޖެންޓް ޓްރައިނިން ކާމިޔާބުކޮށް ނިންމާލާ އޮފިޝަލް ވުމަށް ފަހު ވެސް ރިފް އެ ކޭސްގައެއް މަސައްކަތެއް ނުކުރޭ. އެހެނަސް އެހެން ތަފާތު ވާނުވާ މައްސަލަތަކުގެ ޙަޤީޤަތް ހޯދާ މައްސަލަ ނިމުމަކަށް ގެނެސްފި. އޮށްގާ ގޭންގު މީހުން ލޭ ހޫނުވާ ވަރަށް އޭގެ ގިނަ ބަޔަކު ކުޑަ ތޭރި ތަކުގެ ބިއްދޮށަށް ލައިފި. ދެން ކިހިނެއް ވާނީ އަޅެ އެ ކަންތައް ހިއްސާ ކޮށްލިއްޔާ. މިހާރު އެ ކޭސް އަކަށް ނެތް އެއްވެސް ލީޑެއް. މުޅިން ވެސް ކުރެވޭނީ ބޭކާރު މަސައްކަތެއް. ވަރު އަރުވަ އަރުވައިފާ އަހަރެމެން ކިޔާހާ ޅެމެއް ވަނީ ފަރިއްސަކަށް. މިއަހަރު ވެސް އިތުރު ދެ މީހުން ގެއްލިއްޖެ. ރިފް ބުނެގެން ތާ އެނގޭނީ ޙަޤީޤަތުގައި ރަނގަޅު ފިޔަވަޅެއް އަޅަން.” އަހަރެންނަށް ދެން އިވުނީ ރަވާނުގެ މަޑުމައިތިރި އަޑެވެ. 

މި ހިނގައިދިޔަ ދުވަސްތަކުގެ ތެރޭގައި އަހަރެންގެ ކަންފަތަށް އެފަދަ ގިނަ އަޑުތަކެއް އިވުނެވެ. އަހަރެން އެ ހުރިހާ ފަހަރަކު ވެސް ހަމަހިމޭނުން ހުންނަނީއެވެ. އެ މީހުންނަކަށް ވެސް އަހަރެންގެ ދުލުގައި ހިފައިފައެއް ނުދެމޭނެ ތާއެވެ. މިފަހަރު ވަކި ތަފާތެއް ނުވާނެއެވެ. 

“ރިފް! ޕްލީޒް އާދޭސް ކޮށްފައި މި ބުނަނީ.” ރަވާނު އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ދެ ލޮލުގައި ވަނީ ޝަކުވާއެވެ. “އައިމް ސޮރީ” އަހަރެން އުނދޯލިން ތެދުވެ ބެލްކަނިން ތިރިއަށް ފުންމާލީމެވެ. ފޭރު ގަހަށެވެ. އެ ގަހުގެ ހަރު ގޮފިގަނޑެއްގައި އިށީނދެފައި ބޭރަށް ނަޒަރު ހުއްޓާލީމެވެ. ރަވާނު އަހަރެންގެ ފަހަތުން އެ ގަހަކަށް ނާރާނެއެވެ. މަންމައަށް އަހަރެން މިގޮތަށް އުޅޭތަން ފެނުނަސް މިހާރު އަޅައެއް ނުލަމެވެ. އެއީ މަންމަ ވެސް މިހާރު އަހަރެން ކުރާ މި ކަހަލަ ކަންކަމަށް ބަހެއް ނުބުނާނެތީއެވެ. އަހަރެންގެ ނާޒުކު ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ހަމަ މަންމައަށެވެ. ދެން އެއީ ބަނޑުއަޅާ ވިހެއި މައިމީހާ ވިއްޔާއެވެ. 

މިހާރު އަހަރެންގެ ވިސްނުން ނަގާލުމަށް ކުރާ މަސައްކަތަކީ ގިނަ ކޭސް ތަކުގައި މަސައްކަތް ކުރުމެވެ. އެކުވެރިންނަށް ގުޅާ ހެދުމަކީ ވެސް އަހަރެން ކުރާ ކަމެއް ނޫނެވެ. އެހެނަސް އެ އެންމެންނަށް ޤަވާޢިދުން މެސެޖު ކޮށް ހަދަމެވެ. ދުލުން ވާހަކަ ނުދައްކަނީ ބުނެގެން ނުވާ އެއްޗެއް ބުނެވިދާނެތީއެވެ. ދިރިއުޅުމުގައި އަހަރެން މިހާރު ކުރާ ހިތުން ކުރާ ހަމައެކަނި ކަމަކީ އޮށްގާ ގޭންގު ފުނޑާލުމަށް ކުރެވޭ މަސައްކަތެވެ. މިއަދު ރަށުގައި މި ހުރީ ހޯރަފުށީގެ ގޮތްޕަށް ޙުކުމް ކުރާ ދުވަހަށް ވީމައެވެ. އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މިއަދު ކޯޓުގައި އޮވެއެވެ. 

އަހަރެން އެ ފޭރު ގަހުން ފޭބީ ހެނދުނު ވެގެން އަލިވިލުނު ފަހުންނެވެ. ގޮސް ގެއަށް ވަދެ ސިޓިންރޫމު ސޯފާގައި އިށީނދެލީމެވެ. ފޯނު ނަގާ އެކި މީހުންނަށް މެސެޖު ކުރަން ފެށީމެވެ. އަހަރެން ގުޅުން ދަމަހައްޓާ ގޮތަކީ އެއީ ވިއްޔާއެވެ. ފުރަތަމަ ފިރާޝާ އާއި ވާހަކަ ދައްކައިފައި ދެން ލައިލާއަށެވެ. 

މިހާރު ފިރާޝާ އުޅެނީ ނައިލާއި އިނދެގެން ހުޅުމާލޭގައެވެ. އެމީހުން ކައިވެނި ކުރީ ނިމިދިޔަ ޖޫން މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެ ދުވަހު އެހެން ދެމީހަކު ވެސް ކައިވެނި ކުރިއެވެ. ދެ އަހަރު ވާންދެން ގުޅުން ސިއްރުކޮށްގެން އުޅުމަށް ފަހު އޭނާ އެ ސިއްރު ފާޅުކޮށްލީ ކައިވެންޏަށެވެ. ކާކު ކަން ބުނަން އަދި އަވަހެވެ. ފަހުން ބުނާނަމެވެ. 

“ރަފައްތީ! ރަލް އާ އެއްކޮށް ދެން އެންމެ ދުވަހަކު ވެސް ނުކުޅޭނަންތަ؟ ދޮންތި އާއި އެއްކޮށް ކުޅެން ވަރަށް ފޫހި. މާ ގާރލީ ގާރލީ ވެގެން އުޅޭ ތުއްތު ކަމަނައެއް އެއީ.” ރައުލް އައިސް އަހަރެންގެ އުނގަށް އެރިއެވެ. އެއީ އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެކެވެ. އަހަރެން ކުޑައިރު އުޅޭ ގޮތަށް އޭނާ ވެސް އެހާ ހަލަނި ވާނެއެވެ. އެ ކުއްޖާ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. “ރަލްގެ ކުޑަކުޑަ ސިކުނޑި އަށް ނުވިސްނޭ ވަރުގެ ބޮޑެތި ކަންކަމުގައި ރަފައްތި ބިޒީ ވީމައޭ ނުކުޅެވެނީ.” އަހަރެން އަސަރެއް ނެތް ގޮތަކަށް ބުނެލީމެވެ. 

“ކޮން ކަމެއް ކުރަނީ ތަ؟” ރައުލް އެހިއެވެ. “ނުބައި މީހުން ހޯދާފަ ބަންދު ކުރަނީ.”  އަހަރެން ބުނެލީމެވެ. “މިހާރު ފްރީއެއްނު. އަޅެ އާދެބަލަ ބޯޅަ ކުޅެލަން. ނޫނީ ގަހަށް އަރަން ދަސްކޮށްދީބަ.” ރައުލް އޭނާގެ ޅަ އަޑުން ބުނެލިއެވެ. “ނޫން. އޭރުން ރަލްގެ މަންމި އައިސް ރަފައްތި ކާލާނެ. އަދި މާ ކުޑައެއްނު ގަހަށް އަރަން. ދެން ދޭ ބަލަ ބޯޅަ ބަލައި.” ރައްދުގައި އަހަރެން ބުނީމެވެ. އެ ކުއްޖާގެ ވިސްނުން ތޫނެވެ. ބޯޅަ ބަލައި ދާ ވަގުތު އަހަރެން ފިލައިގެން ގޮސްފާނެތީ އެ ބަލައި ދިޔައީ އަހަރެން ގޮވައިގެންނެވެ. 

އަހަރެން ރައުލް އާއި އެކު ކުޅެލީ އެކުއްޖާ ހިތްހަމަޖައްސާލުމުގެ ނިޔަތުގައެވެ. ކުޅެގެން ވެސް އަހަންނަށް އުފަލެއް ނުލިބެއެވެ. ކުޅުން ހުއްޓާލީ ނޫރީން ރައުލް އަށް ގޮވަން ފެށުމުންނެވެ. “ދެން މަންމީ. ނުދާނަން. ރަލް އަދި ބަނޑުހައެއް ނުވެޔޭ.” ރައުލް ބޮޑާ ހާކަން ފެށިއެވެ. އެއީ ބައްޕަ އައިސް ގެއަށް ވަތް ވަގުތެވެ. “ކާފަގެ ދޫންޏާ. މަންމަ ރުޅި ނާރުވަ ދެން ވެސް ހިނގާ. ރިފްކޯ. ދަރިފުޅު ވެސް އާދޭ ސައިބޯން.” ބައްޕަ ރައުލް އުރާލަމުން ވާހަކަ ދެއްކިއެވެ. ކާހިތްނުވިޔަސް އަހަރެން ގެއަށް ވަނީ ދެކޮޅު ހަދަން ބޭނުން ނުވާތީއެވެ. 

އަހަރެން ގޮސް ކާމޭޒު ދޮށުގައި އިނީ ހަމަ ނަމަކަށެވެ. މަންމަ ހަދައިފައި ހުރި ކުކުޅު ބަނަހުން އެތިކޮޅު ކޮޅު ކަމުން ދިޔައީ ލަސްލަހުންނެވެ. އެހެން މީހުން ކައި ނިމުމުން އަހަރެން ވެސް ގޮނޑިން ތެދުވީމެވެ. ކާން ނެގި ބަނަހުގެ ދެބައިކުޅަ އެއްބައި ވެސް ނުކަމެވެ. ހަމަ ކާހިތްނުވަނީއެވެ. ކަނީ ގައިގާ ވަރުޖައްސާލުމަށެވެ. ގައިގެ ބާރު ގަދަ ވާނޭ ކަހަލަ ކެއުންތަކެވެ. ރަހަމީރު ކެއުންތަކެއް ނުކަމެވެ. ހަތް ކިލޯ ލުއިވެ ބަރުދަން ތިރީސް ފަހަކަށް ވެއްޓުނީ ވެސް އެހެން ވެގެން ކަމަށް ވެދާނެއެވެ. 

ކައިގެން އަހަރެން ދިޔައީ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޕޯޓްސް ސެންޓަރަށެވެ. ޙަޤީޤަތުގައި އެތަނަށް ދިޔައީ މަސައްކަތަށެވެ. މިބުނީ އެޖެންޓުންގެ މަސައްކަތް ކުރާ ވާހަކައެވެ. އެއީ އަހަރެންގެ ގުރޫޕުގެ ޖަގަހައެވެ. އާއެކެވެ. މިއީ މަލަކުމެއް މަސައްކަތް ކުރާ ހެދުން ފިހާރަ ކަހަލަ ތަނެކެވެ. މި ގުރޫޕުގެ ލީޑަރަކީ އަހަރެންނެވެ. އުމުރުން ހަގު ކަމަށް ވިޔަސް މަސައްކަތަށް ހުނަރުވެރި ވުމުން ޑަބްލިޔު ސާރ އަހަރެން ޕްރޮމޯޓު ކުރީއެވެ. ގުރޫޕުގެ އެހެން މީހުން އަހަރެންނަށް ވުރެ ބޮޑު ވާނެއެވެ. އެހެނަސް އަހަރެން ބުނާ ގޮތްތަކަށް އެންމެ ފުރިހަމައަށް އަމަލުކުރާނެއެވެ. 

ގުރޫޕުގައި މުޅި އަކު ތިބޭނީ ހަތަރު މެންބަރުންނެވެ. އަހަރެންނާއި އަލްވާ އާއި ލީވާންގެ އިތުރުން ފާރިޝެވެ. ރޫމަށް ވަދެވުނު އިރު އެމީހުން މަސައްކަތުގައި މަޝްޢޫލްވެގެން އުޅުނެވެ. އަހަރެމެންގެ އަނެއް ކޭސް އަށް ކުރަން ޖެހޭ މަސައްކަތެވެ. ފަސްވަނަ ފިޔަވަހީގައި އޮތް އޮށްގާ ގޭންގު ގުރޫޕެއްގެ ވިޔާނުދާ ޢަމަލަކަށް ހެކި ހޯދުމަށް ކުރެވޭ މަސައްކަތެވެ. 

“އަލާ. އަހަރެން އެބަ އަންނަން ހޯރަ ގުރޫޕަށް ހުކުމް ކުރާ ކޯޓު އަޑުހެމަށް ޖައްސާލާފަ. ތި މީހުން ވެސް ދެން ބްރޭކެއް ނަގާ.” އަހަރެން އެހެން ބުނެފައި ނުކުންނަން ދިޔައީމެވެ. އިރެއްގައި އަހަރެންނަށް ޙާލެއް ޖެއްސި ބަޔަކަށް ޙުކުމް ކުރެވޭ މަންޒަރު ބަލަން ބޭނުން ވާތީއެވެ. އަހަރެން އެ ތަނަށް ދިޔައީ ހިނގާލައިފައެވެ. މިހާރު އަހަރެންގެ ލޮލަށް ކަޅު ކުލައިގެ ލެންސު ލައްވައިފައި ހުންނާތީ ބެލުންތަކުން ސަލާމަތް ވާން ކުޑަކޮށް ފަސޭހައެވެ. 

ޝަރީއަތުގެ އަޑުއެހުން އޮތް ކޯޓު ރޫމަށް ވަދެފައި އަހަރެން ގޮނޑިއެއްގައި އިށީނދެލީމެވެ. އެ ވަގުތު އެތަނުގެ ތެރެއަށް ވައްދާލި ގުރޫޕް ފެނުމުން ދަތްކުނޑި ވިކާލެވުނެވެ. ބިޑި އަޅުވައިގެން ގެނައި އެ ގުރޫޕް ގެންގޮސް ބޭތިއްބީ ‘ޑިފެންޑަންޓް’ ގެ ބޯޑު ހަރުކޮށްފައި ހުރި ބައިގައެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަޑުއެހުން ފެށިގެން ދާނެ ވަގުތަކަށެވެ. ގާޟީ އެތަނަށް ހާޟިރުވުމުން އަޑުއެހުން ފެށިގެން ދިޔައެވެ. 

އަހަރެމެންގެ ގުރޫޕް ބުރަ މަސައްކަތުން ހޯދައިފައިވާ ‘ކޮންކްރީޓް’ ހެކީގެ ސަބަބުން އެމީހުންގެ ފަރާތުން އައިސްފައިވާ ވަކީލު ކުރަމުން ދިޔަހާ މަސައްކަތް ދިޔައީ ފެނަށެވެ. ޕްރޮސެކިޔުޝަނުން އުމުރަށް ޖަލަށް ލުމަށް ޗާޖް ކޮށްފައިވުމުން އެ ވެރިން ދެން މަސައްކަތް ކުރީ މުއްދަތު ކުޑަ ކުރެވޭ ތޯއެވެ. އެހެނަސް އެއީ އަހަރެންނާއި އަހަރެންގެ ގުރޫޕު މީހުން ކުރި ބުރަ މަސައްކަތެކެވެ. ބޯ ދަމައިގަންނަން ލާހިކެއްނޫނެވެ. 

އެ އަޑުއެހުން ނިމުނީ ވެސް އަހަރެން ބޭނުންވި ގޮތަށެވެ. އެ ގޮފީގެ ހުރިހާ މެންބަރުން އުމުރަށް ޖަލަށް ލެވިގެންނެވެ. އެތަށް ޖިނާއީ ކުށަކާއި މަސްތުވާތަކެތިގެ ވިޔަފާރިކުރުމާއި ހެދި އެމީހުންނަށް ސަލާމަތް ނުވެވުނީއެވެ. މަސްތުވާތަކެތި ވިއްކާ ބޭނުން ކުރަނީ ވެސް މާ ގިނައިންނެވެ. ފުލުހުން އައިސް އެމީހުން ގޮވައިގެން ދާން ފެށިއެވެ. ކޯލްޑް މަސްލްސް ކިޔާ ބޭހެއް ކާން ދީފައި ހުރުމުން އެހެން ގެންނައިރު ވެސް ތަނެއްގައި ހަޅުތާލު ހެދުމުގެ ފުރުސަތެއް ނުލިބޭނެއެވެ. 

އެމީހުންގެ ލީޑަރަށް އަހަރެން ފެނުމުން ބަލައިލީ ފާޑަކަށެވެ. އޭނާއަށް އަހަރެން ފާހަގަކުރެވުނީއެވެ. އެހެނަސް އެއްޗެއް ބުނުމުގެ ކުރިން އޭނާ ގެންގޮސް ފުލުސް ވޭނަށް އަރުވައިފިއެވެ. 

ފުން ނޭވާއެއް ލައިފައި އަހަރެން ވެސް ހިނގައިގަތީމެވެ. އަނބުރާ އަހަރެންގެ ޖަގަހައަށް ދާށެވެ. އެހެނަސް ހުއްޓާލަން މަޖުބޫރުވީ ކޯޓުގެ ބޭރުގައި ހުއްޓިލައިގެން ހުރި މީހާ ފެނިފައެވެ. ކުރީގައި އެމީހުން ފާހަގަވާ އަނގޮޓި މިހާރު ނޭޅި ނަމަވެސް އަހަރެންނަށް އެ މޫނެއް ނޯޅޭނެއެވެ. އެއީ އާހިލާއި އަހަރެންނަށް ފަޅުރަށުގެ ބަންދު ކޮޓަރީގައި އަނިޔާކުރި ދުވަހުގައި ތިބި ބިޔަ ދެ ފިރިހެނުންގެ ތެރެއިން ޖުއްޕެ އޭ ކިޔާ މީހާ އެވެ. ރޭރު ގެންގުޅޭ ގޮލައަކަށް ވާތީ އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. މީހުން މަދު ހިސާބަކަށެވެ. 

“ރޭރު ބުނީ މިރޭ ބާރަ ޖަހާ އިރު ޕައިން ފޮރެސްޓުގައި ކަލޭ ހުންނަން ޖެހޭނެއޭ. ނައި ވިއްޔާ… ހެހެހެ…. ވާނެ ގޮތެއް އެނގިދާނެތާ.” އެ ފިރިހެނާ ފޯރުކޮށްލަދިނީ ކުރު މެސެޖެކެވެ. އަހަރެން ގޮށްމުށްކަވާލައިފައި ވެސް އެ އެދުމަށް އެއްބަސްވެލީމެވެ. ޙާލަތުގެ ގޮތުން އެ މީހުންނަކަށް އަހަރެންނަކަށް އަދި ގެއްލުމެއް ނުދެވޭނެއެވެ. އެހެނަސް ގުޅުން ހުރި އެހެން މީހަކަށް ގޯނާ ކޮށްލަފާނެއެވެ. ދެން ޖެހޭނީ ދާކަށް ނޫން ހެއްޔެވެ؟

އަނބުރާ މަސައްކަތަށް ދެވުނީ އިރު އޮއްސުމަށެވެ. އަހަރެން ދިޔައިރު ވެސް ދެން ތިބި މީހުން ބްރޭކް ނުނަގާ އެކަމައިގެން އުޅުމުން އަހަރެން އެންގީ ދެ ނަމާދު ދޭތެރެއަށް ދާން ގާތް ވެފައި ވުމުން ބްރޭކް ނަގާށެވެ. ދެ ފިރިހެނުން ނަމާދަށް ދިއުމުން އަހަރެން ހިނގައިގަތީ އަލްވާ އާއި އެކު އޭނާގެ ގެއަށް ދިއުމަށެވެ. މިބުނީ އޭނާ އުޅޭ އެޕާޓްމަންޓުގެ ވާހަކައެވެ. 

އަލްވާ އަކީ އަހަރެމެންގެ ގުރޫޕުގައި އުޅޭ އެންމެ ދޮށީ ފަރާތެވެ. މި އަހަރު އެވީ ސައުވީސް އަހަރެވެ. އެއީ އެކުވެރި މިޒާޖެއްގެ މުރާލި އަންހެނެކެވެ. ބޭރުފުށުން ‘ކިއުޓް ފްރޭޖައިލް’ އަންހެން ކުއްޖެއް ކަމަށް ފެނުނަސް މީހަކު އިންޓަރިގޭޓް ކުރާނަމަ ފުރޭތައެއް ފަދައެވެ. އަހަރެންނެކޭ ވެސް އެއްފަދައިން އޭނާ އެންމެ މޮޅުވާނީ ފީލްޑަށެވެ. އެކަމަކު އަހަރެންނަށް ވުރެ ވެސް އަތުބާރު ގަދަވާނެއެވެ. ދެން އާހިލް ހާ އެއް ނޫނެވެ. އާހިލާއި އަޅާބަލާއިރު އަލްވާގެ ދަރަޖަ އޭނާގެ ކުރިމަތީގައި ކުކުޅެއް ހާ ދަށްވާނެއެވެ. 

“ދޮންތޫ! އެއްކަ ސޭޑް ގާރލް ގޮވައިގެން ތަ މިއަދު ތި އައީ. ދައްތި ދެރަ ނުވެ ނިކަން ހީނލަބަލަ.” ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއި އެކު އަހަރެމެންނަށް މަރުހަބާ ކީ އަލްވާގެ ކޮއްކޮ އަފާފްއެވެ. “ދެން އަފާ! ރަފައްތަ ހިތްހަމައެއް ނުޖެހޭނޭ ތިހެން ކިޔަންޏާ. ރީތިކޮށް ރަފައްތަ އޭ ކިޔާ މުޚާޠަބު ކުރާނީ.” އަލްވާ އޭނާގެ ހަ އަހަރުގެ ކޮއްކޮ އަފާފްއަށް ވިސްނައިދޭން އުޅޭ ކަހަލަ ރާގަކަށް ބުނެލިއެވެ. 

“އޯކޭ. ސޭޑް ގާރލް އަށް ރަފައްތަ ކިޔައިފާނަން. ދޮންތޫ. މިހާރު ބަންގި ވެސް ގޮވާ ނިމިއްޖެ. ހިނގާ ނަމާދަށް އަރަން. ސޭޑް ގާރލް ރަފައްތަ ވެސް އާދޭ.” އަފާފް އަލްވާގެ އަތުގައި ހިފާ ދަމަން ފެށިއެވެ. “އަފާ ދޭ ބަލަ މަންމައާ އެއްކޮށް ނަމާދުކުރަން. ދޮންތިމެން ޗުއްޓީ.” އަލްވާ އަފާފްގެ ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވާލަމުން ބުނެލިއެވެ. “މާގިނައިން ޗުއްޓީ އޭ ކިޔައިފަ ނަމާދުނުކޮށް ހުންނާނީ ބަސްނާހާ ކުދިން. ކީއްވެގެންތަ ތިކަހަލަ ތާކުން ތާކު ނުޖެހޭ ބަހަނާ ދައްކަނީ. ގައިމު އަފާ ނޫޅެން ތި ގޮތަކަށް. ދޮންތު ބޮޑު މީހާއަށް އެނގެން ޖެހޭނެއްނު.” އަފާފް ހަށަންބަނދެލަމުން ވާހަކަ ދެއްކީ ހަރުކަށި އަޑަކުންނެވެ. ހީވަނީ ބޮޑު މީހެއް ހެނެވެ. “އަފާ ބޮޑުވީމަ އެނގޭނޭ. ދެންވެސް ކޫސަނި ވާހަކަ ނުދައްކާ މަންމަ ގާތަށް ދޭ. މިހާރު ހުންނާނީ ލަސްވެފަ.” އަލްވާ ބުންޏެވެ. ތުން އޫކޮށް ލައިފައި އަނެއްފަރާތަށް އެނބުރުނު އަފާފްގެ ކިބައިގައި ވަނީ މައުސޫމް ކަމެވެ. 

“އަފާ އެހެން އުޅޭނެ. އަޅާ ނުލާ.” އަލްވާ ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެން އެއީ މައްސަލައެއް ނޫން ކަމަށް ބުނެލީމެވެ. ދެން އޭނާ އާއި އެކު އެ ގޭގައި ވަގުތު ކޮޅެއް ހޭދަ ކޮށްލީމެވެ. މިއަދު ވެސް އަހަރެން ހެއްވާލުމަށްޓަކައި އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންކަމަށް ވިޔަސް އަހަރެންގެ މޫނުމަތިން އެފަދަ ކުލައެއް ނުފެންނަތާ މިހާރު ޒަމާން ގަނޑެއް ވެދާނެއެވެ. އެ ރޭރެއްގެ އިފެކްޓެވެ. 

އެހެން ނޫނަސް ހިތާއި ފުރާނައިން ލޯބިވާ ފަރާތެއް އަހަރެންގެ ސަބަބުން ސިއްހީ ގޮތުން ނިކަމެތި ޙާލަތަކަށް ވަނީ ވެއްޓިފައެވެ. ހަސްފަތާލުގައި ހޭވެރިކަމެއް ނެތިފައި އެހެން އޮންނަތާ ކިހާ ގިނަ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އާހިލް ދެކެ އަހަރެންނަށް ވެވިފައިވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އަހަރެމެންގެ ދެމެދުގައިވީ ވަރުގަދަ ނަފުރަތު އެއަށްވުރެ ވަރުގަދަ ލޯތްބަކަށް ބަދަލު ވެދާނެ ކަމަކަށް އަހަރެންގެ ޚިޔާލަށް ވެސް ނުގެނެވެއެވެ. އެހެންވީމާ ޝެހެނާޒާއި ނައިލްމެންގެ ވާހަކަތައް ތެދަކަށް ވީތާއެވެ. 

އަލްވާގެ އެޕާޓްމަންޓުން އަހަރެން އަސްރަފީވިލާ ގެއަށް ދާން މިސްރާބު ޖެހީ އަލްވާގެ އެދުމަކަށެވެ. އޭނާ ބުނެގެން މިރޭ އޮފް ނެގީއެވެ. އެހެނަސް ވަކި ހިސާބަކުން އަހަރެން މިސްރާބު ބަދަލުކޮށްލީ ޓްރީޓޮޕަށް ދާށެވެ. އާހިލް އޮތީ އެ ހަސްފަތާލުގައި ކަމަށް ވާތީއެވެ. ދިޔައީ ލޭންޑް ކެޕްސޫލް އެއްގައެވެ. ހަސްފަތާލަށް ދެވުމުން އަހަރެން އުޅުނީ އެންމެ މަތީ ބުރިއަށް އަރާށެވެ. ލިފްޓަކުންނެއް ނޫނެވެ. ސިޑި ބަރިންނެވެ. މީހުން ގަނޑެއްގެ ތެރެއަށް ވަނުމަށް ވުރެ ސިޑިން ފަންސަވީސް ވަނަ ބުރިއަށް އަރަން ވެސް އަހަންނަށް މާ ރަނގަޅެވެ. 

އާހިލް ބާއްވައިފައި އޮތް ޕްރައިވެޓް ރޫމަށް ވަދެވުމުން ތުންފަތުގައި ދަތް އަޅާލީމެވެ. އޭނާ ބާއްވައިފައި އޮތް އެނދު ކައިރިއަށް ގޮސް ގޮނޑިއެއް ގައި އިށީނދެލީމެވެ. އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން އޭނާގެ އަތަށް އަހަރެންގެ އަތް މަހާލައިގެން ވާހަކަ ދައްކަން އިނީމެވެ. ކޯމާގައި އޮންނަ މީހުންނަށް އަޑު އިވޭނެ ކަމަށް ސިއްހީ މާހިރު ވިދާޅުވެފައިވާތީއެވެ. އެ އެނދުގައި ބޯއަޅާލައިގެން އަހަރެން ވާހަކަ ދައްކަން އިނީ އެހެންވެގެންނެވެ. 

އަހަރެން ގެއަށް ދާން ޚިޔާލު ކުރީ ވެސް ދިހައެއް ޖެހި ފަހުންނެވެ. ދިޔައީ ހިނގާލައިފައެވެ. މިރޭ ޕައިން ފޮރެސްޓަށް ދާން އެންގިފައިވުމުން އަހަރެންގެ ސިކުނޑީގައި ނިދުމުގެ ވިސްނުމެއް ނެތެވެ. އެހެންވިޔަސް ގެއަށް ދާން ޖެހޭނެތާއެވެ. މަންމަ ހާސްކަމެއްގެ ތެރެއަށް ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަސްރަފީވިލާގޭގެ ބޮޑު ގޭޓާއި އަރާ ހަމަވުމުން ގޭޓު އަންލޮކު ކޮށްލީމެވެ. ދެން އެތެރެއަށް ވަދެ ލޯވްން ތެރެއިން ހިނގާފައި ގޮސް ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަނީމެވެ. 

އާދައިގެ މަތިން މިއަދު ވެސް އަހަރެން ގޮސް މަންމަގެ ކޮޓަރިއަށް ވަދެލީމެވެ. “މަންމާ! އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ!” މަންމަގެ ހަށިގަނޑުގައި ބައްދާލަމުން އަހަރެން ބުނެލީމެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “މަންމަ ވެސް ރިފްކޮ ދެކެ ވަރަށް ލޯބިވޭ! ރިފްކޮ ހިތާމައިގައި ހުންނަ މަންޒަރު ފެނި ލަގޮނޑި ފަޅައިގެންދާ ވަރު ވޭ. ދަރިފުޅާ! މަންމަ އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން ދަރިފުޅުގެ އަމިއްލަ ނަފްސަށް އަނބުރާ ރުޖޫޢަވާނެ ކަމަށް.” މަންމަ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. 

އެ ކޮޓަރިން ނުކުމެގެން ދެން ދިޔައީ އަހަރެންގެ އަމިއްލަ ކޮޓަރިއަށެވެ. މިރޭ ވެސް އެކުވެރީންނަށް މެސެޖު ތަކުގެ އެހީގައި ވާހަކަ ދެއްކީމެވެ. އެ އެންމެން ވެސް އަހަރެންގެ ޙާލާއި މެދު ޙަމްދަރުދީ ވާކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ކަމުގެ ސީދާ ޙަޤީޤަތް އެނގެން ފެންބޮވައިގަނެފައިވާ ކަން އެނގެއެވެ. އެހެނަސް ކުރެވޭނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟ މިއީ މިއަދުގެ މަޖުބޫރީ ޙާލަތެވެ. 

މެސެޖު ކުރުމަށް ފަހު ލެޕު ކައިރީ މަސައްކަތެއް ކުރަން އިނީމެވެ. އެކަން ނިންމާލައިފައި ތެދުވީ އެގާރަ ގަޑި ތިރީސް ވީ ފަހުންނެވެ. ދެން އަލަމާރިން ކަޅުކުލައިގެ ދޫ ހުޑީއަކާއި ޓްރައުޒާ އެއް ނަގާ ލީމެވެ. އެއަށްފަހު މޫނު ނިވާކުރުމުގެ ގޮތުން ކަޅުކުލައިގެ މާސްކެއް އަޅާލީމެވެ. ދެފަޔަށް ކަޅު އިސްޓާކީނު މަހާލުމަށްފަހު ކަޅު ކުލައިގެ ސްނީކާސް އަކަށް އެރީމެވެ. އަތުގައި ސެލްފް ޑިފެންސް ގަޑި އަޅާލުމަށް ފަހު ބެލްކަންޏަށް ނުކުތީމެވެ. ބިއްލޫރި ދޮރު ކަހާލައިފައި އަހަރެން ފޭރު ގަހުގެ ގާތަށް ދިޔައީމެވެ. ބިސްމި ކިޔައިފައި ދެން އެގަހުގެ އެހީގައި ގެއިން ބޭރަށް ނުކުތީމެވެ. 

އަހަރެން ހުޅުމާލޭގެ ފަސްވަނަ ފިޔަވައްސަށް ދިޔައީ ސްކައި ލިފްޓުންނެވެ. ޕައިން ފޮރެސްޓުގެ ތެރެއަށް ވަންނަން ދިޔައިރު އެ ހިސާބުގައި ވަނީ މަރު ފަދަ ހަމަހިމޭންކަމެވެ. އެކަނިމާއެކަނި މި ދަންވަރު ވަގުތުގައި ގަސްތަކުގެ ތެރޭގައި ހިނގައިފައި ދާކަށް އަހަރެން ޖެހިލުމެއް ނުވެއެވެ. އެތަނުގެ ސީދާ މެދަށް ވާ ހިސާބަށް އާދެވުމުން އަހަރެން މަޑުކޮށްލީމެވެ. އެންމެ މެދުގައި ކުޑަ ހުސް ވަށް ބުރެއް އޮންނާނެއެވެ. ދެން ވަށައިގެން އެއްވަރަކަށް ޕައިން ގަސްތައް ބިޔަކޮށް ހެދިފައި ހުއްޓެވެ. އަހަރެން އަތުކުރި ކުޑަކޮށް އޮޅާލައިފައި ގަޑި ބަލައިލީމެވެ. އެއަށް އަރައިފައިވާ ސުންތަކުން އެ ބާރަ ޖެހީކަން އެނގުނެވެ. އެހެނަސް މިތަނުގައި އެކަކު ވެސް ހުރީއެއް ނޫނެވެ. އަނެއްކާ އެމީހުން އަހަރެންނަށް އޮޅުވާލީ ހެއްޔެވެ؟ 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަނދުވަރު ދިން އެރޭ … 19

Next

އަވާމެންދުރު ފެނުމުން

Next
December 20, 2024

އަވާމެންދުރު ފެނުމުން

Previews
December 20, 2024

ހަނދުވަރު ދިން އެރޭ … 19

14 Comments!

  1. Your fav bab says:
    December 20, 2024 at 7:13 pm

    Very nice and interesting
    Alhe aahil heyaruvaalaba!!!!
    Rif fakeeru e maruvanee viyya!!!!!
    When next ????
    Lots of luv from me💗💗💗💗💗

    1. White rose White rose says:
      December 21, 2024 at 6:49 pm

      Iraadha kurehviyya adhi Aahil hey araane
      Thnx Your fav bab 💕

  2. Anonymous says:
    December 20, 2024 at 7:25 pm

    Mi part ves varah reethi
    But Haadha dheraey Rif ah Vefa huri goi
    I hope aahil will wake up soon
    Can’t wait for the next part ❤️❤️❤️

    1. White rose White rose says:
      December 21, 2024 at 6:50 pm

      Aan e fakeeru mulhin badhalu vehjje dhw.
      Thnx Anonymous 💕

  3. Nawar says:
    December 20, 2024 at 8:06 pm

    Maasha Allah mi part vx varah varah reethi….
    Alhey rifga ah dhera gotheii nahadhahcheyy …..
    Rifga alhe hageegaii kiyaa dheyne nama rawaan menah….
    Aahil maraa nulahchey…..
    Whn next??

    1. White rose White rose says:
      December 21, 2024 at 6:52 pm

      Hageegai kiyaidhiniyya rangalhu
      Thnx Nawar 💕

  4. RIFSHA says:
    December 20, 2024 at 9:57 pm

    Alhey dhen ekam rif ehen ulhey thee varah dhera vey.ingey vaahaka eh viyyaa eki kahala kan kan dhimaa vaane kan vx ekam vx…
    Kon irakun next

    1. White rose White rose says:
      December 23, 2024 at 6:16 pm

      Arn, vhk eh veema konme haalathakaa ves kurimathi laan jehidhaane.
      Thnx Rifoo 💕

  5. Jennie says:
    December 21, 2024 at 10:12 am

    I hope Aahil will wake up soon
    Rif ah dhera gothei nahadhahchey
    BTW VAAHAKA HAMA V REETHI
    When next part can’t wait

    1. White rose White rose says:
      December 21, 2024 at 6:53 pm

      Rifga ves dhen hithaamaige kanduga oyaa behi dhanee dhw
      Thnx Jennie 💕

  6. cutie girl says:
    December 22, 2024 at 12:05 am

    mi part ves v reethi masha allah
    curiouly waiting for next part
    keep it up
    aahil ah gotheh nyhadhachey
    rifoo ah fainally aahil dheke loabi vevijje
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. White rose White rose says:
      December 22, 2024 at 8:12 am

      Thnx Cutie girl..

  7. Anonymous says:
    December 23, 2024 at 12:35 pm

    Wow v reethi when next part

    1. White rose White rose says:
      December 23, 2024 at 6:17 pm

      Thnx Anonymous 💕
      Its uploaded.

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 41←


All Right Reserved!