“ލަމް ހިތްހަމަ ނުޖެހުނީތަ؟ ސޮރީ. އަހަރެން މީހަކާ އިނދެގެން ހުއްޓެއްކަމަކު މި ހިތް ވަނީ ލަމް އަށް ހިބަ ކުރެވިފައި. އައި ލަވްޔޫ.” އަހަރެންގެ ކޮނޑުގައި ހިފާ މޭޒުމަތީގައި ބައިންދަމުން އޭނާ ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. މި އަޅަން އުޅެނީ ކިހާ ކަތި ފިޔަވަޅެއް ކަން ރެއަކާ ލެވޭ ވަރަށް ވުރެ ބޮޑަށް ލޯބީގައި އަހަރެން ކަނުވެއްޖެއެވެ. “ބީ މައި ގާރލްފްރެންޑް. އަހަރެން ލަމް އަށް އިންތިހާއަށް ލޯބި ދޭނަން. ވައިފް […]
އަހަރެން ދޮރާއި ދިމާއަށް ބަލައިލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެތެރެއަށް ވަދެގެން އައި މީހާ ފެނި އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމުންނެވެ. މުށިކުލައިގެ ފަން އިސްތަށިގަނޑު އޮތީ ނިންމައްޗަށް ދޫކޮށްލެވިފައެވެ. ދޮން ރީތި މޫނެކެވެ. ކަޅުކުލައިގެ އަސަރުގަދަ ކަޅިރަވައެކެވެ. ހިތްތައް ކަތިލާ ފަދަ ފުރިހަމަ ހިނިތުންވުމެކެވެ. ބިޔަ ވަރުގަދަ ހަށިގަނޑެކެވެ. ލައިފައިވާ މަޑުނޫކުލައިގެ ގަމީސް ގަޔަށް ހިފާލައިފައި ހުރުމުން ވަރަށް ފިރިހެންވަންތައެވެ. ބަލާ ބެލުމަށް […]
އެއާޕޯޓުގެ އެރައިވަލްސް ގޭޓުން ނުކުމެވުމުން އަހަރެންނަށް އުފާވެރިކަމުގެ ނޭވާއެއް ލެވުނެވެ. ފަސް އަހަރު ފަހުން އަނބުރާ ރާއްޖެ އާދެވުމުން ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ޑަކުޓަރުކަން ކިޔަވަން މެލޭޝިޔާ އަށް ދިޔައީ މަންމަމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށެވެ. “ދަރިފުޅާ ލަމް. އަވަހަށް އާދޭ.” މަންމަގެ ނިޔަނެތި އަޑު ކަންފަތުގައި ޖެހުމާއެކުހެން އަހަރެން އެ ފަރާތަށްއެނބުރެލީމެވެ. މަންމަ ފެނުމުން ކުޑަކުއްޖެއް ފަދައިން އަހަރެން ގޮސް މަންމަގެ މެދު ހަށީގައި ބައްދާލީމެވެ. އަހަރެމެންނަށް އަނބުރާ ރަށަށް އާދެވުނީ އިރު އޮއްސުމަށެވެ. […]
ހަވާނަފްސުގެ އެދުންތަކަށް ނަފްސު ލެނބުމުގެ ނުބައިކަން ކުރިން އަހަރެންނަށް އެނގުނު ނަމައެވެ. ދުނިޔަވީ ދަޅަތަކަށް ހެއްލި ވަގުތީ އުފަލަށް އިސްކަންނުދެވުނު ނަމައެވެ. ދިމާވާ ކޮންމެ ކޮންމެ މީހަކަށް އިތުބާރު ނުކުރެވުނު ނަމައެވެ. އަހަރެންގެ އަމިއްލަ ޙަޔާތް އަނދަވަޅަކަށް ވެއްޓުނީ ހަމަ އަހަރެންގެ ސަބަބުންނެވެ. ވިސްނާނުލާ އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުންނެވެ. މިއީ ލަމްޔާގެ ވާހަކައެވެ. ލަމްޔާއަށް އެޅުނު ކަތި ފިޔަވަޅަކީ ކޮބައިކަން ހޯދުމަށް މި ވާހަކަ ކިޔާލައްވާ. – މިއީ އަޅުގަނޑަށް މީހަކު ކިޔައިދިން ވާހަކައެއްގެ މައްޗަށް […]
ކޮޓަރިން އިވެމުންދާ މަޑު ގިސްލުމުގެ އަޑު އަހާނެ މީހަކު ނެތެވެ. އެ ވޭނާއި ކެކުޅުން ތަޙައްމަލު ކުރަމުންދާ ޔުމްނާ އަކީ ފަނަރަ އަހަރުގެ އަންހެން ކުއްޖެކެވެ. ފިރިހެން ކޮއްކޮ ޔާނިޝް ލިބުމާއި އެކު ޔުމްނާގެ މަންމަ އާއި ބައްޕަ އޭނާ ބާކީ ކޮށްލައި ހުރިހާ ލޯތްބެއް ދެނީ ޔާނިޝް އަށެވެ. ޔުމްނާ ކުރަން ބޭނުންވާ ގިނަ ކަންކަމުން މަޙުރޫމް ވެފައިވާ ޙާލު އޭނާގެ ދިރިއުޅުން ވަނީ ތަފާތުކުރުމުން ފުރިފައެވެ. އެންމެ ކުރިއްސުރެ ވެސް އޭނާގެ އުންމީދަކީ ފުލުހަކަށް […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރާޅުޖަހާ ހިސާބުގައި އިށީނދެލައިގެން އަންހެން ކުއްޖަކު އިނެވެ. އެ ކުއްޖާގެ މިލައިފައިވާ މޫނުގައި ވަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. ދެލޯ ރަތްވެ ދުޅަވެފައި ވަނީ ރޮއިގެން ކަން އެނގެއެވެ. މިފަދަ ވަގުތެއްގައި އެކަނިމާއެކަނި އެ ފަދަ ހިސާބެއްގައި އިންނަން ކެރޭނީ ހާދަ ވަރެއް ވެގެންނެވެ. ސާދަވިލޭރޭގެ ހަނދުގެ ރިހިއަލިން މޫދުގެ ލޮނުގަނޑު އޮތީ ރިހި ފަތްގަނޑެއް ހެން ވިދަވިދައެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑަށް ގޯނާ ކުރަމުން […]
އަހަރެން ޝެހެނާޒާއި އެކު އަނބުރާ ގެއަށް އާދެވުނީ އަށެއް ޖެހުމަށެވެ. މަންމަމެން ސައި ހަދައިފައި ހުރުމުން އަހަރެން ކާން ވަނީ ބަދިގެއަށެވެ. “ރިފްޤާ! ދެން މީގެ ފަހުން އެޖެންޓް ވަޒީފާއިން ކެނޑެން ޖެހޭނެ. މަންމަ ބޭނުމެއް ނޫން ދަރިފުޅަށް އިތުރު ދެރަ ގޮތެއް ވާކަށް. ބައްޕަގެ އޮފީހަށް ވަންނަން މަންމަ ވަޒީފާ ހަމަޖައްސައިފިން.” ގޮނޑި ދަމާލައިފައި އިށީންވަގުތު ހީވީ އަހަރެންގެ ބޯ މައްޗަށް ނިއުކުލިއަރ ބޮމެއް ވައްޓާލި ހެންނެވެ. އިށީން ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ. […]
އެ ސާޅީސް އަށް ގަޑިއިރުގެ އޮޕަރޭޝަން ނިމޭން ދެން އަހަރެން އުޅުނީ އެ ތަނުގައެވެ. ކެއުމާއި ނިދުމަކީ އޮންނަ ކަމެއް ކަން ވެސް ހަނދާން ނައްތާލައިގެންނެވެ. އަހަރެން ކެތްތެރިކަން ކުޑަވެފައި ހުރި ޙާލު އިންތިޒާރު ކުރަމުން ދިޔައީ އޮޕަރޭޝަނުގެ ނަތީޖާ އަށެވެ. އަދި މިހާ ތަނަށް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ ބޭރުގައި ހުރި ބޮކި ނިވުމުން އަހަރެން ގޮނޑިން ފުންމައިގެން ތެދުވީމެވެ. އެތަނުގައި ތިބި އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޑަކުޓަރުން ބުނާނެ އެއްޗަކަށެވެ. […]
އެމަޖެންސީ ރޫމުގެ ކުރިމަތީގައި ދެކޮޅަށް ހިނގަން ހުއްޓާ ލޫޠާއި ރިފްޤާގެ އާއިލާ މީހުން އައެވެ. އެމަޖެންސީ ރޫމުން ޑަކުޓަރަކު ނުކުތީ ދެނެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަތަކެވެ. “ޕޭޝަންޓްގެ ބެލެހެއްޓުންތެރިޔާ ކޮބާ؟” އެމީހާ އެހިއެވެ. ރިފްޤާގެ ބައްޕަ ނަޢީމްބޭ އެ ދިމާލަށް ދިޔައެވެ. އަހަރެން ވެސް އެމީހާ ދައްކާ ވާހަކަ އަޑުއިވޭ ހިސާބަށް ޖެހިލީމެވެ. “ޕޭޝަންޓްގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ވަރުގަދަ ފިނިކަމެއް ހުރުމުން ޤަބޫލު ކުރެވެނީ ފްރީޒް ނީޑްލް ކިޔާ ނުރައްކާތެރި ހަތިޔާރެއް ފަދަ […]