Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 46

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 9, 2025 5 Mins Read
58 Comments

ވިލިނގިލީގެ ސްކައި ލިފްޓަށް އެރުމާއި އެކު ދަބަހުގައި އޮތް ޓެބްލެޓަށް މެސެޖެއް އައި އަޑު އިވުނެވެ. އޭގައި ކޯޑު ބަހުރުވައިން ލިޔެފައިވާ މެސެޖު ފެނުމުން އަހަރެންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ޑަބްލިޔު ސާރ އެމީހުންނާއި ދެކޮޅަށް ޙަރަކާތް ކުރާ ވަގުތު އަވަސް ކުރީއެވެ. އަހަރެންނަށް ވަކިން ވެސް މެސެޖެއް ފޮނުވައިފައި އޮތެވެ. އެ ކިޔާލައިފައި އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލެވުނެވެ. މުޅި ހަށިގަނޑުން ތުރުތުރު އަޅައިގަތެވެ. ދެން އަހަރެންނަށް ވާނީ ކޮން ގޮތެއް ހެއްޔެވެ؟

ވިސްނާ ވިސްނާ ވެސް އަހަރެންނަކަށް ނޭނގުނެވެ. ގައިމު އަހަރެން އެ ވާހަކައެއް ބޭރުން އެއްވެސް މީހެއްގެ ގާތަކު ނުބުނަމެވެ. އެހެންވިއްޔާ ޑަބްލިޔު ސާރ އަށް އަހަރެން ހެކު ކުރާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެ ޓެބަށް ބަލަން ހުއްޓުން އަރާފައި އިންދާ ހުޅުމާލެ އާދެވިއްޖެއެވެ. އަލުން އަނެއް ކޮޅަށް ދާ ސްކައި ލިފްޓު ރޫޓަކަށް އެރީމެވެ. އެއީ ޑަބްލިޔު ސާރ އެދިފައިވަނީ ނުވައެއް ޖެހުމުގެ ކުރިން ސީކްރެޓް ފްލޯ އަށް ދިއުމަށެވެ. މިހާރު ނުވައެއް ޖަހަން ތިން މިނެޓަށް ވީއެވެ. ސާރގެ އަމުރަށް ނުކިޔަމަންތެރި ވާން ބޭނުން ނުވާތީ އަހަރެން ދިޔައީމެވެ. 

ސީކްރެޓް ފްލޯގައި އޭރު ގިނަ އެޖެންޓުން ތިއްބެވެ. އެހެންޏާ އެހެން ފެންނަ އިރަށް އަހަރެންނަށް ގޮތަކަށް އުފާވެރިކަމެއް ލިބެއެވެ. އެކުވެރިކަން އެ އޭޖެންސީގައި ބަދަހިވެފައިވަނީ ހަމަ އެހާ ފުރިހަމަ އަށެވެ. މި ފަހަރު ޑަބްލިޔު ސާރ ފެނުމުން ވެސް ހާސްވީއެވެ. ދެ އަތް މޮޑެމުން ހާސްކަން ފިލުވާލަން ކުރި މަސައްކަތް ބޭކާރެވެ. އެ އެޖެންޓުންނާއި ވާހަކަ ދައްކަން ހުރެފައި އަހަރެން ފެނުމުން ވާހަކަ ހުއްޓާލުމުން ހިތް އަވަސް ވެލިއެވެ. އެމީހުން ޑަބްލިޔު ސާރގެ އެސިސްޓެންޓް އިކުރާމް އާއި ޙަވާލުކޮށްފައި އަހަރެން ގޮވައިގެން ގޮސް ވަނީ ސާރގެ ޙާއްސަ ކެބިންއަށެވެ. އެތެރޭގައި އޭސީގެ ފިނިކަން ހުރި ނަމަ ވެސް ދާހިއްލާން ފަށައިފިއެވެ. ދޮރު ތަޅުލައިފައި ސާރ އަހަރެންގެ ގާތަށް އައެވެ. އަހަރެން ހާސްވެ ތުރުތުރު އަޅަމުން ދިޔަ ގޮތް ޑަބްލިޔު ސާރ އަށް ފެނުމުން ހަމަޖެހިލުމަށް ބުންޏެވެ.

“ރިފް އަށް އެކަން ކޮށްދެވޭނެތަ؟ މި މުޅި އެޖެންސީ ކީއްކުރަން، ދިވެހިރާއްޖޭގައި ވެސް ނެތް އެ ސެކިޔުރިޓީ ސިސްޓަމަށް ކުޅެލެވޭނެ އެހެން މީހަކު. މިކަން ކޮށްދީފިނަމަ ރިފް ބުނި ކޮންމެ ކަމެއް ކޮށްދީފާނަން. އެނގޭ ރިފް ފީލްޑުގައި މިފަހަރު މިގޮތަށް މަސައްކަތް ކުރުމަކީ ހަށި ނުރައްކަލަށް މަގުފަހިވާނެ ކަމެއް ކަން. އެކަމަކު ރިފްގެ ބައިވެރިވުމާއި ނުލައި ކޭސް އެއް ނުނިންމޭނެ.” ސާރ ބުނެލިއެވެ. 

“ކި…ކިހިނެއް އެނ…ގުނީ އަޅު…ގަނޑު ހެކު ކުރާކަން؟” އަޅަ އަޅައިގަންނަމުން އަހަރެން ބުނެލީމެވެ. “އޯހް. ސާރ އަށް އެނގުނީ ސާރ އަކީ ވެސް ކުރީގައި އެކަހަލަ ކަންކަން ކުރި މީހަކަށް ވާތީ. އެކަމަކު ސާރ ދުވަހަކު ހިތަށް ނާރުވާ ވަރުގެ އެޑްވާންސްޑް ކަންކަން ރިފް ހުރި އެ ދާއިރާގައި ކޮށްފައި. ހާސް ނުވޭ. އަހަރެންނަށް އެނގޭ ރިފް ކުރަނީ އިލީގަލް ކަމެއްކަން. އެހެނަސް އެއީ ރަނގަޅު ނިޔަތެއްގައެއްނު. ރިފް ހެކު ކުރާކަން އެހެން މީހަކަށް އެނގުނުކަ ނުދީ ސާރ އެ ސިއްރު ހިފަހައްޓާނަން.” ޑަބްލިޔު ސާރގެ ވާހަކަ ތަކުން އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. 

“އޯކޭ. އެކަން ކުރެވިދާނެ. އެކަމަކު މިރޭ ބާރަ ޖަހާއިރު ޙަރަކާތް ކުރަންޏާ މިހާރު އެތަނަށް ގޮސް މަސައްކަތް ފަށައިގެން ވާނީ. އެއީ ވަރަށް އުނދަގޫ ކަމެއް. އެ ތަނުގައި ބޭނުން ކުރަނީ އާދައިގެ ސެކިޔުރިޓީ ސިސްޓަމެއް ނޫން.” އަހަރެން ބުނެލީމެވެ. “އެހެން ވިއްޔާ ހިނގާ ދާން. ސާރ ވެސް ދާނަން ރިފް އާއި އެކު އެހެން މީހުން އަންނާނެ ފަހުން. އާދޭ އެޖެންޓު ސޫޓުލައިގެން.” ސާރ ބުނެލިއެވެ. 

އަހަރެން ދިޔައީ އެތަނުގައި ހުންނަ ޗޭންޖިން ރޫމަށެވެ. އެ ތަނުން އަހަރެންނަށް ހެޔޮވަރު ވާނެހެން ހީވާ ސޫޓެއް ނަގައި ލީމެވެ. ލައިގެން އައި ޖެކެޓާއި ލެގިންސް އެތަނުން ލޮކަރަކަށް ލައިފައި ދަބަސް އަޅުވާލައިގެން ނުކުތީމެވެ. އޭރު އިންތިޒާރުގައި ޑަބްލިޔު ސާރ ހުއްޓެވެ. 

“އިހަށް ޖެހޭނީ ގެއަށް ދާން. އަޅުގަނޑުގެ ލެޕްޓޮޕް ބޭނުން ވާނެ. އަންނާނަން އެ ހިފައިގެން.” އަހަރެން ބުނެލީމެވެ. ދެން އަވަސްވެގަތީ ޓްރައިނިން ސެންޓަރުން ނުކުންނާށެވެ. ސްކައި ލިފްޓަށް އެރީ ވެސް ދުވެފައެވެ. އަވަހަށް އަސްރަފީވިލާގެއަށް ދިއުމަށެވެ. 

ޑަބްލިޔު ސާރ ޙަރަކާތް ކުރާ ދުވަސް އަވަސްކުރީ މިރޭ އެތަނަށް އޯރގަން ސެލާސްގެ ޓީމު މީޓިން އަކަށް އެއްވާނެ ކަމުގެ ޚަބަރު މެރިން ޓީމުން ދިނުމުންނެވެ. އެ މީހުންގެ ގިނަ ބަޔަކު ނެތް ވަގުތެއްގައި ފިޔަވަޅު އަޅައިފި ނަމަ ބާކީ ގުރޫޕް ހޯދަން ވެސް އުނދަގޫ ވާނެއެވެ. އެ އެންމެންގެ ވަނަވަރު އަހަރެމެންނަކަށް ނުހޯދުނު ވިއްޔާއެވެ. އެކަމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ނުލިބުނީއެވެ. އެމީހުން ރެޑް ހޭންޑެޑް ކޮށް އަތުލަން ކޯޓު އަމުރެއް ވެސް ބޭނުމެއް ނުވާނެއެވެ. އެ އަތުލައިގަނެވޭ މީހުން ވަގުތީ ބަންދަކަށް ވެސް ލެވޭނީ އެއްކަލަ ސެކިޔުރިޓީ މަތި ޖަލަށެވެ. އަހަރެންނަށް އެ ސެކިޔުރިޓީ ސިސްޓަމަށް ވެސް ކުޅެލެވިދާނެއެވެ. އެކަމަކު އެ ވަރުގެ ތަނަކާ އަހަރެން ނުބެހޭނަމެވެ. ޖަލަށް ވެސް ދާން ޖެހިދާނެ ވިއްޔާއެވެ. 

އަހަރެން ގެއަށް ވަދެ ލެޕު ނަގާ ދަބަހަށް ލީމެވެ. ދެން ފޯނުނަގާ ހިޔާނަށް މެސެޖެއް ފޮނުވާލީމެވެ. މިރޭ ޒިރާރުގެ ޙަރަކާތްތައް ހުރި ގޮތް ބެލުމަށެވެ. މިއަދު ހެނދުނު ހިޔާންގެ ފަރާތުން އެނގުނު ގޮތުގައި ޒިރާރު ހެނދުނުގެ ވަގުތެއްގައި އަނބުރާ ރާއްޖެއަށް އައެވެ. އަންނާން އަސްލު ކަނޑައެޅި ދުވަހަށް ވުރެ އަވަސް ވަމުން އެ ވަގުތު ހިތުގައި ޝައްކު ހިނގާލިއެވެ. އެ ޒިރާރު އައީ މިރޭގެ މީޓިން އަށް ކަން ރެއަކާލީ ޑަބްލިޔު ސާރ ބުނުމުންނެވެ. އެހެންކަމުން ޒިރާރުގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބެލުން މުހިންމެވެ. 

ކޮޓަރިން ނުކުމެ އަހަރެން ސިޑީގެ ހަރުފަތްތަކުން ތިރިއަށް މިސްރާބު ޖެހީމެވެ. ގްރައުންޑް ފްލޯއަށް ދެވުމުން އަހަރެން ދިޔައީ މަންމަގެ ކޮޓަރި ހުންނަ ހިސާބަށެވެ. އެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ދޮރުގައި ޓަކި ޖަހާލީމެވެ. ވަގުތުކޮޅަކަށް ފަހު ދޮރު ހުޅުވާލީ މަންމަ އެވެ. ނިދާ ހެދުމުގައި ހުރުމުން އެ އުޅެނީ ނިދަން އަރަން ކަން އަހަރެންނަށް އެނގުނެވެ. “މަންމާ. މިރޭ ޖެހޭ މަސައްކަތުގައި އުޅެން. އެހެންވީމަ އަވަހަކަށް ގެއަކަށް ނާދެވޭނެ.” އަހަރެން ދާ ވާހަކަ އަންގާލީމެވެ. “އެންމެ ރަނގަޅު. ދަރިފުޅު ބަލައިގެން އުޅޭތި.” މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މަންމަ އަތް ދުރުކޮށްލުމުން އަހަރެން ގެއިން ނުކުންނަން ހިނގައިގަތީމެވެ. 

ސްކައި ލިފްޓުން އަނބުރާ ވިލިނގިއްޔަށް ދެވުނު އިރު ނުވަގަޑި ތިރީސް ހިނގައިފިއެވެ. ދިޔަ އިރު ޑަބްލިޔު ސާރ ހުރީ ދާން ތައްޔާރަށެވެ. އަހަރެން ފުން ނޭވާއެއް ލައިފައި އެ ވޯޓާރ ކެޕްސޫލް އަށް އެރީމެވެ. އެއީ ވެސް އެ އޯރގަން ސެލާސް ގެންގުޅުނު ކަހަލަ އެއްޗެކެވެ. އެ ފެނި އެ ދުވަހުގެ ހަނދާންތައް އައިސް ވަށާލިއެވެ. އާހިލާއި އެކު އަހަރެން އޭގެ ކެޕްސޫލަކަށް އެރި ދުވަހެވެ. އެ މަސައްކަތް ކުރާނެ ގޮތް ހޯދާ ރަހީނުކުރާ ގުރޫޕުގެ ފަހަތުން ދުއްވި ހަނދާނެވެ. އެ އިންވިޒިބްލް ކޮށްގެން ދުއްވާތީ ކަނޑުގެ ބައެއް މަސްމަހާމެއްސަށް ނޭނގިގެން އެއަށް އެރުމުން ހެވޭ ގޮތެވެ. އެޑްވެންޗާ ވޯރލްޑަކަށް ދާހެން ފުން ހޮހަޅައެއް ކަހަލަ ތަނުން އިތުރަށް އަޑިއަށް ދިޔައިރު ކުރެވުނު ތަފާތު އިހުސާސެވެ. ދަގަނޑު ދޮރަކުން އަމިއްލަ ‘ހަލާކު’ގެ ތެރެއަށް ވަދެވުނު ގޮތެވެ. 

އަހަރެން ވިސްނާނުލާ ހުއްޓާ ޑަބްލިޔު ސާރ އެ ދުއްވާލުމުން އަރި އަޅާލިއެވެ. އެހެނަސް ހަށިގަނޑު ބެލެންސް ކޮށްލައިފައި ސީޓެއްގައި އިށީނދެ ބެލްޓު އަޅުވާލީމެވެ. ޖީބުގައި އޮތް ފޯނު ނަގާ އާހިލަށް ކުރަން އުޅޭ ކަންތައް ތަކުގެ ޚަބަރު ދިނުމުގެ ނިޔަތުގައި މެސެޖް ކުރަން ފެށީމެވެ. ކޯޑު ބަހުރަވައިންނެވެ. އާދައިގެ މީހަކަށް ވިސްނޭނެ ގޮތަކަށް އެކަހަލަ މުހިންމު ވާހަކަތައް މިފަދަ ވަޞީލަތްތަކުން ފޮނުވާނީ ބުއްދި ހަމަނުޖެހޭ މީހުންނެވެ. 

ޑަބްލިޔު ސާރ އަހަރެންނަށް ގޮވާލައިފައި އާދެވިއްޖެ ކަމަށް ބުނުމުން ބެލްޓު ނައްޓާލައިފައި ތެދުވީމެވެ. އޭރު ވަނީ އަހަރެންގެ ސިކުނޑި ތެރޭ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ދެ ގަޑިއިރުގެ ތެރޭ އެ ހުރިހާ އެއްޗެއް ނިވާލުމަކީ އަދި މިހާތަނަށް އަހަރެން ކުރި ހުރިހާ ކަމަކަށް ވުރެ ވެސް އުނދަގޫ ކަމެކެވެ. ކުޑަވެސް ގޯހެއް ހެދިއްޖެނަމަ ދެން އެ ނިމުނީއެވެ. ހުރިހާ ކަމެއް ފަޅާއަރާނެއެވެ. ޒިންދަޤީ ބަރުބާދު ވާނެއެވެ. އެމީހުން ފިލައިގެން ދާނެއެވެ. އަހަރެމެން ކުރަން އުޅުނު ކަމުގެ ބަދަލު ހިތި ގޮތަކަށް ދޭނެއެވެ. މި ހުރިހާ ކަމަކުން ވެސް އަންގައިދެނީ މި ކަމުގައި ހުރި ނުރައްކާތެރިކަން ބޮޑު ކަމެވެ. ވިސްނައިގެން ނޫނީ އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ ކަމެވެ. 

މެރިން ޓީމުން ތައްޔާރު ކުރި މަގުން އަހަރެމެންނަށް އެ އޯރގަން ސެލާސް ތަކުގެ ކިއްލާ އަށް ވަދެވުނެވެ. އެމީހުންގެ މަސައްކަތް ފުރިހަމަކަމުން ޝުކުރު ޙައްޤު ވާ ވަރު ވެއެވެ. މިތަނުގައި ތިބޭ އިރު އެ އޯރގަން ސެލާސްތަކަކަށް ހިލަމެއް ވެސް ނުވެއެވެ. ކުރީގެ ތަޖުރިބާ އަށް ބަލައިފައި އަހަރެންނަށް މި ތަނަކީ އެ މީހުން އެންމެ މަދުން ބޭނުންކުރާ ސްޓޯ ރޫމު ކަން އެނގުނެވެ. އެތަނުގައި ބައެއް ހަތިޔާރު ތައް ޝޯކޭސްކުރާ ކަހަލަ ގޮތަކަށް އަތުރައިފައި ހުއްޓެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެ ތަނުން ޗާބޫކެއް ފެނުމުންނެވެ. އެއީ އަހަރެންގެ ދެލޯ ކުރިމަތީގައި އާހިލަށް ވޭންދެނިވި އަނިޔާ ދީ އެ ހަށިގަނޑު ޒަޚަމު ފުރާލި ވައްތަރުގެ ޗާބޫކެކެވެ. ވަޅި ލަޓިބުރި ބަޑި ފަދަ އެއްޗެހިނަށް ވުރެ އޭގެ ހަމަލާއެއްގެ އަސަރު ވަރުގަދަ ވާނެއެވެ. އެންމެ އެތިފަހަރަކުން ވެސް މުޅި ހަށިގަނޑު މުގުރާލަފާނެ ހެން ހީވާނެއެވެ. އެއިން ދޫކުރާ ކަރަންޓް ޝޮކާއި ވަރުގަދަ ވިހައިގެ ސަބަބުން އިންސާނާގެ ފުރާނަ ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޓޭނެއެވެ. ދެން ނަގާ ޒަވި ދިލައިގެ ސަބަބުން މަރު ގާތް ވާން ވެސް އެދޭނެއެވެ. އެހާ ވެސް ވޭންދެނިވިއެވެ. އަހަރެން ތުންފަތުގައި ދައިގަނެފައި އަނެއް ފަރާތަށް އެނބުރުނީ އެ ހަތިޔާރު ލޮލަށް ފެނުމުން ވެސް އުނދަގޫވާތީއެވެ. 

އެ ރޫމުގެ އެއްފަރާތު ކަނެއްގައި ހުރި މޭޒެއްގެ މަތީ އަހަރެން ލެޕްޓޮޕް ބޭއްވީމެވެ. ދެން ގޮނޑިއެއްގައި އިށީނދެލަމުން އެ ލެޕު ހުޅުވާލީމެވެ. އަތުގެ އިނގިލިތަކަށް ދަމާލާ ކަށިގަޑު ގޮއްވާލުމަށް ފަހު ކީބޯޑާއި ކުޅެލީމެވެ. މިފަހަރު އަހަރެންނަށް ރޭންޖު ލިބޭ ގޮތް ވީ ބުރޯޑުކާސްޓު ޓީމުން ގެނެސްފައިވާ ޑިވައިސެއްގެ ސަބަބުންނެވެ. އަހަރެންގެ ވިސްނުން އެއްކޮށް މަސައްކަތަށް ވައްދާލައިފައި އެކަމައިގެން ކުރިއަށް ދިޔައީމެވެ. އެއަށް ގޮސް ގެއްލި ހުސްވެފައި ވީ ވަރުން ވަށައިގެންވާ މާޙައުލުގައި ހިނގަމުންދާ ކަންކަމެއް ވެސް ނޭނގެއެވެ. ރަނގަޅީ ވެސް އެހެން ވިއްޔާ އެވެ. އޭރުން ޑިސްޓްރެކްޓް ނުވެ މަސައްކަތް އަވަހަށް ނިންމާލެވޭނެއެވެ. ނުނިމިއްޖެ ނަމަ ދެން ވެދާނެ ގެއްލުމުގެ ބޮޑުކަން އަންދާޒާކޮށްލަން ވެސް ދައްޗެވެ. 

އެއްކޮށް އެ ސިސްޓަމް ނިވާލަން އުނދަގޫވާ މައިގަނޑު ސަބަބަކީ އެއަށް ބޭނުންކޮށްފައިވަނީ އެކި ވައްތަރުގެ ޓެކްނޮލޮޖިކަލް ލޮކު ތަކަކަށް ވާތީއެވެ. އެ ރަހީނުކުރާ މީހުން އަމިއްލަ އުފެއްދުމެއް ގޮތަށް އެ އޮޕަރޭޓު ކުރުމުގެ ބާރު ލިބިފައިވުމުން ކިރިޔާ ކަމެއް ވިޔަސް އެމީހުންނަށް މެސެޖު ދާނެއެވެ. އެއްވެސް ގޮތަކަށް އެމީހުންނަށް ނޭނގި މި ކަންތައް ކުރެވޭނީ ހެކިންގެ އެކީގައެވެ. އާދައިގެ މީހަކު ހެކު ކުރިޔަސް ފަޅާއަރާނެއެވެ. އަހަރެން ވެސް އެ ގޮތަށް ބަސްޓުވެދާނެއެވެ. އެހެނަސް އެކަހަލަ ޙާލަތެއް ދިމާނުވާނޭހެން ވެސް އަހަރެންނަށް ހެދި ދާނެއެވެ. ބޭނުންވާނީ ވަގުތެވެ. އެކަމަކު ގަޑިޔަކީ ވަކި މީހަކަށް ޓަކައި ހުއްޓޭނެ އެއްޗެއް ނޫނެވެ. 

“ޔެސް. އަލްޙަމްދު ލިއްﷲ. މިކަން ނިންމާލެވިއްޖެ.” ލެޕްޓޮޕް ލައްޕާލަމުން އަހަރެން ބުނެލީމެވެ. އެވަގުތު އެތަނުގެ ބައި ގިނަކަން އިހުސާސް ކުރެވި ގޮތަކަށް ސިހުނެވެ. ގައިމުވެސް ސާޅީހަކަށް ފުލުސް އޮފިސަރުންގެ ޓީމެއް އެތަނުގައި ހުއްޓެވެ. އަށެއްކަ މީހުން ބުރޯޑުކާސްޓު ކުރުމަށް އައިހެވެ. އަހަރެންގެ އިޝާރާތަށް އެމީހުން ތައްޔާރުވާން ފެށިއެވެ. އަހަރެން ހީކުރި ވަރަށްވުރެ އަވަހަށް ނިމުމުން ދެން މަޑުކޮށްލައިގެން ތިބީއެވެ. އަހަރެން ފޯނު ނަގާ ނެޓަށް ގުޅާލީ ފޫހިވާތީއެވެ. އެވަގުތު ފޯނަށް ހިޔާންގެ ފަރާތުން މެސެޖެއް އައިސްފައިވާކަން އެނގުނެވެ. މީގެ ތިން މިނެޓު ކުރިންނެވެ. 

“އޯހް ނޯ! ސާރ.” އަހަރެން އަޑަށް ބާރުލައިފައި ގޮވާލީމެވެ. އަދި މެއިން ގުރޫޕަށް އެ މެސެޖު ފޮނުވާލީމެވެ. ޑަބްލިޔު ސާރ ބާރަށް އެ ކިޔާލުމާއި އެކު މުޅި ތަން އެލާރޓަށް ގެނެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ފުުރަތަމަ ނަޒަރުން (6)

Next

ރޯލީމޭ އެއްވަނަބައި (ނިހާދު ގެއަށް ގެނައުން)

Next
January 9, 2025

ރޯލީމޭ އެއްވަނަބައި (ނިހާދު ގެއަށް ގެނައުން)

Previews
January 7, 2025

ފުުރަތަމަ ނަޒަރުން (6)

58 Comments!

  1. Naikko says:
    January 9, 2025 at 10:09 am

    Mi part ves v v reethi……….
    Curiously waiting for the next………….
    When next?
    Avahah up koh dhehchey…….

    1. White rose White rose says:
      January 9, 2025 at 1:49 pm

      Shukran Naikko ✨✨
      IA next week.

  2. Cutie girl says:
    January 9, 2025 at 10:46 am

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Aahil and rifga gulhuvachey
    Hiyaan and naaz ves gulhuvachey
    They all are made for each other
    Rif ah dhera gotheh nuhadhachey
    Congratulations to Nail and rayaan🎉🎉

    1. White rose White rose says:
      January 9, 2025 at 1:49 pm

      Shukran Cutie girl ✨✨
      IA next week.

  3. Cutie girl says:
    January 9, 2025 at 10:46 am

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Aahil and rifga gulhuvachey
    Hiyaan and naaz ves gulhuvachey
    They all are made for each other
    Rif ah dhera gotheh nuhadhachey
    Congratulations to Nail and rawaan🎉🎉

    1. White rose White rose says:
      January 9, 2025 at 1:50 pm

      Shukran Cutie girl ✨✨
      IA next week.

  4. Jennie says:
    January 9, 2025 at 11:05 am

    V reethi mi part ves When next curiously waiting

    1. White rose White rose says:
      January 9, 2025 at 1:50 pm

      Shukran Jennie ✨✨
      IA next week.

  5. Nawar says:
    January 9, 2025 at 1:14 pm

    Maasha Allah mi part vx varah varah reethi….
    Alhey kihineii vaane v….
    Haadha curious kohlaafa thi ninmaaly…
    Whn next

    1. White rose White rose says:
      January 9, 2025 at 1:51 pm

      Shukran Nawar ✨✨
      Hehe abadhu ves curious koh laafa dhw mi nimmanii
      IA next week.

  6. Lara says:
    January 9, 2025 at 1:25 pm

    Alhey konkahala message eh baa aahil fonuvi
    I’m sooo curious
    Bust veeba?.?
    Can’t wait for the next part
    Varah reethi mi part ❤️❤️❤️

    1. White rose White rose says:
      January 9, 2025 at 1:52 pm

      Shukran Nawar ✨✨
      Hiyaan eh noon tha msg kury 😅

  7. Your fav bab says:
    January 9, 2025 at 1:26 pm

    Oh my god
    So interesting and so curious!!!!
    Don’t let them be busted
    Lysssssssssm💗💗💗💗💗
    When next???
    Why is everybody on alert???
    What is hiyan’s message??
    Full of questions
    Waiting impatiently till next!!!!

    1. White rose White rose says:
      January 9, 2025 at 1:54 pm

      Shukran Your fav bab ✨✨
      Dhen in bain thi suvaaluthakah javaabu libeyne kanne.

  8. ^-^ says:
    January 9, 2025 at 2:40 pm

    Woww mi part vs v reethi curiously waiting for the next part konme faharaku vs varah curious koh end vany

    1. White rose White rose says:
      January 9, 2025 at 5:33 pm

      Yea I’m used to end with cliffhangers.
      Shukran ^-^ ✨

  9. Zeal says:
    January 9, 2025 at 3:21 pm

    I find W sir suspicious idk why

    1. White rose White rose says:
      January 9, 2025 at 5:36 pm

      Ehenviyya e sir vedhaane dhw spy akah. Let’s see how the truth unfolds.
      Shukran Zeal ✨✨

    2. Anonymous says:
      January 10, 2025 at 12:55 pm

      Mee too

    3. White rose White rose says:
      January 10, 2025 at 6:42 pm

      really?

  10. Konmeves kuhje Sav says:
    January 9, 2025 at 4:55 pm

    Rifff …mi bai vx vrh reethi
    Kon iraku next part

    1. White rose White rose says:
      January 12, 2025 at 3:03 pm

      Shukran Sav

  11. Konmeves kuhje Sav says:
    January 9, 2025 at 9:26 pm

    Riff vhk vrh reethi masha Allah
    Next part kon irakunnn

    1. White rose White rose says:
      January 12, 2025 at 3:08 pm

      Shukran Sav

  12. Your fav bab says:
    January 11, 2025 at 6:04 pm

    I agree too…
    I’m sus of the w sir too

    1. White rose White rose says:
      January 12, 2025 at 3:08 pm

      Thihen viyya e haqeeqai ves hoadhan jehunii dhw

  13. ^-^ says:
    January 12, 2025 at 4:20 pm

    Hey White rose
    When ur gonna up the next part??
    Im obsessed with this story

    1. White rose White rose says:
      January 12, 2025 at 7:09 pm

      It’s submitted.

  14. Dude says:
    January 12, 2025 at 8:06 pm

    It’s submitted??
    Where??

    1. White rose White rose says:
      January 13, 2025 at 4:42 pm

      to the admin team of Esfiya.
      emeehun ba eh faharu las upload kohlaaleh

  15. Anonymous says:
    January 12, 2025 at 8:08 pm

    Submitted?? Alhe mi site in than kolheh avahah up kohdheyne nama

    1. White rose White rose says:
      January 13, 2025 at 4:43 pm

      Dhw…

  16. ^-^ says:
    January 12, 2025 at 8:34 pm

    Submitted?? Alhe mi site in than kolheh avahah up kohdheyne nama

    1. White rose White rose says:
      January 13, 2025 at 4:44 pm

      Maa buxy thoache e grp.
      ehenveema ehnu lasvaanee

  17. Your fav bab says:
    January 12, 2025 at 8:53 pm

    Exactly

  18. Your fav bab says:
    January 13, 2025 at 3:05 pm

    Still pending???
    You gotta be kidding me!!!!!!!!!!!

    1. Savv says:
      January 13, 2025 at 4:06 pm

      Ya submit kuraathaa 2 vrhkah days fahun aamukoh upload vanee😭

    2. White rose White rose says:
      January 13, 2025 at 4:49 pm

      Yesssss it’s pending Your fav bab

  19. Anonymous says:
    January 13, 2025 at 5:54 pm

    Wow mi part ves V reethi

    1. White rose White rose says:
      January 14, 2025 at 5:06 am

      Shukran Anonymous

  20. Moya soru says:
    January 13, 2025 at 5:58 pm

    Im sus about w sir
    Varah reethi mi part ves
    Curiously waiting

    1. White rose White rose says:
      January 14, 2025 at 5:07 am

      Hingaa e sir ge adi ves febeythoa balan.
      Shukran for commenting

  21. ^-^ says:
    January 13, 2025 at 8:53 pm

    Alheyyyy😭😭🥹🥹
    Cant wait ….. Ethah faharaku ckeck kurevey up vehjethw 😭😭😩

    1. White rose White rose says:
      January 14, 2025 at 5:08 am

      Dhen avas rahumathehga laafaane.
      Shukran for the unwavering support ^-^

  22. Anonymous says:
    January 14, 2025 at 4:29 pm

    V REETHI mi part ves can’t wait when next

    1. White rose White rose says:
      January 15, 2025 at 5:01 am

      Shukran Anonymous.
      Idk when it’s gonna get uploaded. It’s pending from Sunday onwards. 😢

  23. Your fav bab says:
    January 14, 2025 at 7:49 pm

    waiting waiting and waiting
    I’m actually dead thanx to the admins!!!!
    Literally yes I died!!! come to my funeral but let me rest in pace cuz some evil thingies never let good ppl like me rest in peace…LMAO😂😂😂
    Hama serious koh next part up vaane ireh neyngey dhw????

    1. White rose White rose says:
      January 15, 2025 at 2:24 pm

      Mihaaru ebain up kohfa.

  24. The GHOST says:
    January 14, 2025 at 7:49 pm

    waiting waiting and waiting
    I’m actually dead
    Literally yes I died!!! come to my funeral but let me rest in pace cuz some evil thingies never let good ppl like me rest in peace…LMAO😂😂😂
    Hama serious koh next part up vaane ireh neyngey dhw????

    1. White rose White rose says:
      January 15, 2025 at 5:02 am

      Yea neynge.

  25. The GHOST says:
    January 14, 2025 at 7:52 pm

    Actually I’m a person leaving comments in two names one is the GHOST and the other one is ( a secret )
    I write stupid things in this name and positive things in my another name 😏😂😂😂😂😏😏😏😂😂

    1. White rose White rose says:
      January 15, 2025 at 5:03 am

      Ehentha.
      No issues.
      Shukran The GHOST.

  26. It's the e says:
    January 14, 2025 at 8:01 pm

    The fact that I can’t post anything negative about the admins is hilarious👏👏👏

  27. It's the me says:
    January 14, 2025 at 8:02 pm

    The fact that i can’t say anything negative about the admins is hilarious

  28. Moya manje says:
    January 14, 2025 at 9:44 pm

    Kaleyney admin team meehunnah koacheh vefa thr e thibeny…… white rose e buny jan 12 ga submit kohfymey….. butterfly vx bunefi submit kohfymey…… admin teamun baeh liyuntheringe vaahaka upload kurey dhuvahun dhuvahah…. admin teamun thigothah kanthah kuranyya kiyuntherin liyuntheriyaa ah onna ithubaaru vx gehlumakee e kashygen vaa kameh….. kiyun therin vaahaka dheke vx baeh faharu foohi vey… mi kamuge sababun liyun theriyaa ah varah bodah gehlun vx veyy…. liyuntheriyaa ge fan nun madhuvey… mi gothah liyun theriyaa submit kohfeemey bunyma vx mihaaru varah ginain admin team in lahun upload kurey…. abadhu abadhu mi gothah vanyaa vx kiyun therin foohi vaane dhw…. ehn kamun alhugandu ummeedhu kurany dhn esfiya admin team in mi kahala kameh nufennaane kamah… baeh faharu admin team ah dhimaavaa kamehge sababun lasvedhaane kamah gaboolu kuran….. ekm abadhu abadhu mihen vumaku balai ganeveyne kameh noon 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    1. White rose White rose says:
      January 15, 2025 at 2:32 pm

      Keehkuraanii. Emeehun ves may buxy ee kamah vedhaane. Naseebakun hafthaa ehge therey submit kuraa bai thah upload kurey. Alhugandu ehfaharu vhk lee site ehga 1 month nagaa submit kuraa fahun e upload kuran. So I think this site is trying their best to update quickly. Hama 100% better than that one. Mihen delay vaa faharu thakuga kudakoh keiy kohlan jehey dhw. Alhugandah ves ba eh faharu undhagoo vey ehen las vaathee. Eiii week ehga 2 part laa iru beynun vaa dhuvahah nuleveythii. 😢😢😢

  29. Admin says:
    January 15, 2025 at 1:04 pm

    Sorry guys. was out of country. Now im back. dhen laheh nuvaane Insha Allah. sorry again.

    1. White rose White rose says:
      January 15, 2025 at 2:33 pm

      It’s alr. I truly appreciate your hard work.
      Shukran Admin.

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 47←


All Right Reserved!