Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 47

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 15, 2025 10 Mins Read
20 Comments

“ޔެސް. އަލްޙަމްދު ލިއްﷲ. މިކަން ނިންމާލެވިއްޖެ.” ލެޕްޓޮޕް ލައްޕާލަމުން އަހަރެން ބުނެލީމެވެ. އެވަގުތު އެތަނުގެ ބައި ގިނަކަން އިހުސާސް ކުރެވި ގޮތަކަށް ސިހުނެވެ. ގައިމުވެސް ސާޅީހަކަށް ފުލުސް އޮފިސަރުންގެ ޓީމެއް އެތަނުގައި ހުއްޓެވެ. އަށެއްކަ މީހުން ބުރޯޑުކާސްޓު ކުރުމަށް އައިހެވެ. އަހަރެންގެ އިޝާރާތަށް އެމީހުން ތައްޔާރުވާން ފެށިއެވެ. އަހަރެން ހީކުރި ވަރަށްވުރެ އަވަހަށް ނިމުމުން ދެން މަޑުކޮށްލައިގެން ތިބީއެވެ. އަހަރެން ފޯނު ނަގާ ނެޓަށް ގުޅާލީ ފޫހިވާތީއެވެ. އެވަގުތު ފޯނަށް ހިޔާންގެ ފަރާތުން މެސެޖެއް އައިސްފައިވާކަން އެނގުނެވެ. މީގެ ތިން މިނެޓު ކުރިންނެވެ. 

“އޯހް ނޯ! ސާރ.” އަހަރެން އަޑަށް ބާރުލައިފައި ގޮވާލީމެވެ. އަދި މެއިން ގުރޫޕަށް އެ މެސެޖު ފޮނުވާލީމެވެ. ޑަބްލިޔު ސާރ ބާރަށް އެ ކިޔާލުމާއި އެކު މުޅި ތަން އެލާރޓަށް ގެނެވުނެވެ. ދެން އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށްލައެވެ. އެ ޓީމު ޕްލޭނާއި އެއްގޮތަށް ޢަމަލު ކުރަން ފެށިއެވެ. އަހަރެން ހިޔާންގެ ނަންބަރަށް ޑައިލް ކޮށްލީމެވެ. 

“ހިޔަނީ. ކިހިނެއް ރޭރަށް އެކަން އެނގުނީ. އޭނާއަށް އެނގޭތަ އަހަރެމެން ކަން އެކަން ކުރީ.” އަހަރެން އެހީމެވެ. “ނޫން. ނޭނގޭ. އޮފީހުގައި ހުރީ ފޭކް ޑޮކިޔުމެންޓުތަކެއް ކަން އެނގުމުން ވަރަށް ވަރުގަދަ ރޯޅިއެއް ބާލާ އެބަ. ނޭނގޭ ކީއްވެގެން ކަމެއް މިރޭ އެ ނަގައިފައި ބެލީ ވެސް.” ހިޔާން ބުނެލިއެވެ. “ވެދާނެ އެ ރޭރުގެ ބިޒްނަސް ޓްރިޕަކީ އޯރގަން ވިއްކަން ދިޔަ ޓްރިޕް ކަމަށް ވެސް. އައިސްފައި އެ ވިއްކާލި ގުނަންތަކުގެ ލިޔެކިޔުންތައް ލާން އެ ފޮށި ނަގާ ބެލީ ކަމަށް ވެސް. ދެން ހިޔަނި އެނގޭ ކަމަށް ވެސް ހަދާ ނުލާ ނިދައިފައި އޮތް ކަމަށް ހެދިގެން އޮވޭ. އެ ރޭރު މިތަނުގައި ތިބި މީހުންނަށް ކޮންޓެކްޓު ނުކުރެވެނީސް އެމީހުން އެންމެން އަތުލައިގަނެވޭނެ.” އަހަރެން އެހެން ބުނެފައި ފޯނު ކަނޑާލީމެވެ.

ފުލުހުން ކުއްލިއަކަށް އައިސް އެތަނުގައި ތިބިހާ ބަޔަކު ހައްޔަރު ކުރުން ވީ އެ މީހުންނަށް ލިބުނު ވަރުގަދަ ޝޮކަކަށެވެ. އެ ތަނުގައި ތިބި އެންމެން އަތުލައިގަނެވުމުން އަހަރެން އުފާ ކުރީމެވެ. އެ މަންޒަރުތައް ފެންނަން ޖެހޭ ފަރާތްތަކަށް ފެންނާނެ ގޮތަށް މުޅި މަސައްކަތް ލައިވް ކުރެވުނެވެ. 

އެންމެން ހައްޔަރު ކޮށްގެން ފުލުހުން މާލެއަށް ފުރުމުން މެރިން ޓީމާއި އެކު ދެން އުޅެގަތީ އެތަނުގައި ހުރި ނަމަހާ އެއްޗެއް ނަގާ ގެންދާށެވެ. އެ ވެސް ވަރުގަދަ ކޮންކްރީޓް ހެކި ވިއްޔާއެވެ. އަހަރެން ކުރިން މިތަނަށް އައި ފަހަރު ހަރުކުރި ރިކޯޑަރުތައް ވެސް ސަލާމަތުން ހުއްޓެވެ. އެ ރަހީނުކުރާ މީހުންނަށް ކުށަށް އެއްބަސް ނުވިޔަސް އުމުރު ދުވަހުގެ ޖަލު ހުކުމް ޖެހޭނެ ވަރަށެވެ. 

އެ ކަން ނިންމާފައި ދެން އެރީ ފަޅު ރަށަށެވެ. ކުރިން ހޯދުނު ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ހިސާބު ފާސް ކުރާށެވެ. މަސައްކަތް ކުރީ އެހެން ބަޔެކެވެ. އަހަރެން ހުރީ ކުޅި ބަލާށެވެ. އެ ފާހަގަ ކޮށްފައިވާ ތަނުގައި ހުރީ ހުސް ގަހެވެ. އެމީހުން އެތަނުގައި ފުރިހަމައަށް އަތް ފުނާއަޅާލިއެވެ. ބަންޑުން ނާއްޓެއް އޮތަސް އެ ވެސް ނަގާ ބަލައެވެ. ވިނަގަނޑު ތެރެ ކޮނުނެވެ. އެމީހުންނަށް ރަނގަޅު އެއްޗެއް ފެނުނީ ކޮނުނު ހިސާބުންނެވެ. ކޮލެޓީ ރަނގަޅު ވަރުގަދަ ދަގަނޑު ފޮށްޓެކެވެ. އެކަތައިން ހަދައިފައިވާ އެއްޗެކެވެ. އޭގައި އަޅުވައިފައި ވަނީ ވެސް އާދައިގެ ތަޅެއް ނޫނެވެ. އެ ހުރިހާ ސާމާނެއް ހިފައިގެން އަހަރެމެން އަނބުރާ ވިލިނގިއްޔަށް ދާން ދަތުރު ފެށިއިރު މެންދަންވެ ތިނެއް ޖަހައިފިއެވެ. 

ޓްރައިނިން ސެންޓަރަށް ދެވުމާއި އެކު އެންމެ ފުރަތަމަ ވެސް އެ ތިޖޫރީއެއް ފަދަ ފޮށީގެ ތަޅު ހަލާކޮށްލައިގެން އެ ހުޅުވީއެވެ. ކޮން ފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ އޭގައި އެމީހުން ފޮރުވައިފައި ވަނީ އެމީހުންގެ ކިއްލާ ފާސްކޮށްގެން ވެސް ނުލިބުނު މަޢުލޫމާތެވެ. އެ އޯރގަން ސެލާސްގެ ތެރޭގައި އުޅުނުހާ ބައެއްގެ ތަފްޞީލީ މަޢުލޫމާތެވެ. ދެން ފެށުނީ ހައްޔަރު ނުކުރެވި ތިބި މީހުން ޓްރެކް ކުރުމުގެ މަސައްކަތެވެ. އެހިސާބުން އަހަރެން ގާތު ޑަބްލިޔު ސާރ ބުނީ އަނބުރާ ގެއަށް ދިއުމަށެވެ. 

އެރޭ އޯރގަން ސެލާސްގެ ތެރެއިން ފަސް މީހުން ފިޔަވާ އެހެން އެންމެން ހައްޔަރު ކުރެވުނެވެ. ޒިރާރާއި އެކުގައެވެ. އަހަރެންގެ ހަށިގަނޑުން ބޮޑު ބުރައެއް އުފުލުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ގިނަ ދުވަސްތަކަކަށް ފަހު މިކަން ވެސް މިވީ އެވެ. ދެން ހަމަޖެހިލައިގެން ނިދާލެވޭނެއެވެ. މިހާރު އިންތިޒާރު ކުރަންވީ އެމީހުންނަށް ޙުކުމް ކުރެވޭނެ ދުވަހަކަށެވެ. އެ ނުބައި ނުލަފާ ރޭރުގެ ބާރު ކެނޑުމުން އެ ލިބޭ އުފާ ބަޔާން ކޮށްދޭން ވެސް ދައްޗެވެ. އަދި ‘ފަން ފެކްޓެއް’ ބުނަން ހެއްޔެވެ؟ ދިވެހި ބަހުގެ ރޭރަށް އިނގިރޭސިން ކިޔަނީ ގޫސް(goose) އެވެ. ބުރަހެލި ދޫންޏެކެވެ. 

އަހަރެން ގެއަށް ގޮސް ފަތިސް ނަމާދުކޮށްގެން އެކީ ވެއްޓިގަތީ އަހަރެންގެ އަރާމު ގޮދަނޑި މައްޗަށެވެ. ދިގު ބާލީހެއްގައި ބައްދާލަމުން އަހަރެން ދެލޯ މަރާލީމެވެ. މިފަހަރު ނިދީގެ ކަނޑަށް ޣަރަޤު ވެލީ ފޮނި ހުވަފެނީ ދުނިޔެއަކަށް ދާން ބޭނުވެފައި ހުރެއެވެ. 

އަހަރެންނަށް ދެން ހޭލެވުނީ މެންދުރުވެ ބާރަ ޖެހި ފަހުންނެވެ. މޯޅިއަކަށް ދެމިލަމުން އަހަރެން ނިދައިން ހޭލައިގެން ކިޔަން ޖެހޭ ދުޢާ ކިޔާލީމެވެ. ކަންނެތް ކަމާއި އެކު އެނދުން ތެދުވެގެން އަހަރެން ފާޚާނާއަށް ދިޔައީމެވެ. މުޅި ރޭ ހޭލައި ހުރުމުން އެ ވަރަށް ގިނައިން ނިދާލެވުނީއެވެ. އަހަރެންގެ ލޮޑުކަމާއި ކަންނެތްކަން ފިލީ ފެންމާގަނޑުން މޫނު ތާޒާކޮށްލި ފިނިފެނުގެ ސަބަބުންނެވެ. 

ފެންވަރާ މެންދުރުގެ ނަމާދު ކޮށްލައިގެން އަހަރެން ނެގީ ފޯނެވެ. ލަސް ނުކޮށް ވަދެލީ ޚަބަރު އެޕަށެވެ. މި ވަގުތު އުޅުނު އެންމެ ހޫނު ޚަބަރަކީ ކޮބާކަން އޭގެ އެންމެ ފުން ތަފްސީލަށް ދަންދެން އެނގުނަސް ހަމަ ބަލައިލާ ހިތްވީއެވެ. އެ ޚަބަރު ދޮގުކޮށް އެކި ވިޔުގަ ތަކުގައި ތަފާތު ޕޯސްޓު ކޮށްފައި ޒާލިމް ހުއްޓެވެ. އެއިން ކޮންމެ އެއްޗަކަށް ރައްދުވާ ބަހުގެ ޙަމަލާތަކުން ކޮމެންޓު ސެކްޝަން ފުރި ބަންޑުން ވަމުން ދިޔައެވެ. ރޭގައި ވައިރަލްވެގެން ދިޔަ ހައްޔަރު ކުރުމުގެ ވީޑިއޯތަކުން ރައްޔިތުން ސްޓައިލިން ބްރޭންޑް ‘ބޮއިކޮޓް’ ވެސް ކޮށްލައިފިއެވެ. އެ ބްރޭންޑުން ގަނެފައި ހުރި ތަކެތި އަންދާ މަންޒަރުތައް ވީޑިއޯކޮށް ނެޓަށް ލައިފައި ހުއްޓެވެ. އެންމެންގެ ދުލުގައި ދެން އޮތީ މިއަދު އޮންނަ ކޯޓު އަޑުއެހުމުގެ ވާހަކައެވެ. މުޅި ރާއްޖެ އެ ޚަބަރުން ހަލަބޮލި ވެފައި ވުމުން އަހަރެންނަށް އެހެން ކަހަލަ އުފަލެއް ލިބުނެވެ. 

ޝަރީއަތުން އެ މައްސަލައިގެން ޙުކުމް ކުރުމަށް ނިންމައިފައި ވަނީ މިއަދަށެވެ. އާންމުކޮށް ބޭއްވޭ ކޯޓު އަޑުއެހުންތަކާއި ވަރަށް ތަފާތެވެ. އެންމެ ފުރަތަމަ ކަމަކަށް އެ މަންޒަރު މުޅި ދުނިޔެއަށް ފެންނަ ގޮތަށް ލައިވްކުރަން ވަނީ ހަމަޖެހިފައެވެ. ދެން ތަފާތު އަނެއް ކަމަކީ އެއް ދުވަހުން އެ މައްސަލައަށް ޙުކުމްކޮށް ނިންމާލުމަށް ކަނޑައަޅާފައިވުމެވެ. ސަރުކާރުންނާއި އިސްވެރީން ވެސް އަންގައިފައި ވަނީ އެކަން އެގޮތަށް ކުރުމަށެވެ. ހަވީރު ހަތަރަކުން ފެށިގެން މިރޭ ދިހައެއް ޖަހާން ދެން އެ ދިގު ދެމިގެން ދަނީ އެ ސަބަބާއި ހުރެއެވެ. އެއީ ނަމާދަށް ބްރޭކުތައް ވެސް ހިމަނައިގެންނެވެ. އާދަޔާޚިލާފަށް ބޮޑު މައްސަލަ އަކަށް ވުމުން އެކަމަށް އެއް ދުވަހުން ނިމުމެއް ގެނައުމަށް ހަމަޖެހިފައިވާތީއެވެ. 

ފޯނު ޖީބަށް ލައިފައި އަހަރެން ސޯފާ އިން ތެދުވީމެވެ. ދެން ކޮޓަރިން ނުކުމެ ތިރީ ބަޔަށް ދިޔައީ ބަނޑުހައިވެގެން ހަލާކުވާ ވަރު ވުމުންނެވެ. “ރިފްކޯ! މިއީ ތަ ދަރިފުޅު ރޭގައި ކުރަން ދިޔަ މަސައްކަތަކީ؟ ވާން އަދި ވެސް ގެއަކަށް ނާދޭ. ދެން ދަރިފުޅުގެ ގާތު ދޯ އެހޭނީ.” ސިޓިންރޫމާއި ހަމައަށް ދެވުމާއި އެކު މަންމަ އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “އެ…އެ މީހުން އާހިލް އަށާއި ރިފްކޮއަށް ބިރު ދައްކާ އަނިޔާ ކުރީ އެ ފަޅުރަށުގައި ދޯ. ހާދަ ނުލަފާ ބައެކޭ. ހީލަތްތެރިކަމާއި އެކު ކަންކަން ރާވާލައިފަ ސައުވީސް މީހުން ދިރިހުއްޓައި ގުނަންތައް ނަގައި މަރާލައިފި. ޝީން.” މަންމަ ހުއްޓާލިއެވެ. އަހަރެންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އިސްޖަހާލަމުން ކާ ކޮޓަރީގެ ތެރެއަށް ވަދެގެން ދިޔައީމެވެ. 

ކޭ ވަގުތު އެ މޭޒުދޮށުގައި ވީ ހަމަހިމޭން ކަމެވެ. ދެން ހިތަށް ވެސް ނާރާ ފަދަ ކަންތައްގަނޑެއް ފަޅާ އަރާ ރާއްޖޭގެ ދުވަސްވީ މައްސަލަ ގަނޑުގެ ޙަޤީޤަތް ފާޅުވީކަން ނިދައިން ހޭލާ ކަންފަތަކަށް އިވުމުން ނުސިހޭނެ ހެއްޔެވެ؟ ކާން ތިބި އެހެން މީހުންނާއި ޚިލާފަށް އަހަރެންނާއި ޝެހެނާޒުގެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. 

ކައި ނިންމާލައިގެން އަހަރެން ސިޓިންރޫމަށް ނިކުމެ ބޮޑު ސޯފާގައި އިށީނދެލީމެވެ. މީހުން ފުލުފުލުގައި ފޮނުވައިފައިވާ ހާސް މެސެޖުތަކަށް ރިޕްލައި ލިޔެ ފޮނުވަން ފެށީމެވެ. އެހެން އިނދެފައި ދެން ތެދުވީ ކުރަން ޖެހޭ އެހެން މަސައްކަތްތައް ވެސް ހުރުމުންނެވެ. އަލްވާމެން ފަކީރުން އެކަނި މަސައްކަތަށް ދޫކޮށްލެވޭ ހެއްޔެވެ؟

ތައްޔާރު ވެލައިގެން އަހަރެން ސްޕޯޓްސް ސެންޓަރަށް ދިޔައީމެވެ. އޭރު ގުރޫޕުގެ މީހުން ތިބީ އެއްކަލަ އޮށްގާ ގޭންގުގެ ފަސްވަނަ ފިޔަވަހީގެ ގޮތްޕަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ލިސްޓެއް ނަގައިގެންނެވެ. ދެން އެ ހިސާބުގައި ހިނގައިދިޔަ ބައެއް ޖިނާއި ކުށުގެ މައްސަލަތައް ވެސް ހުއްޓެވެ. ގޮތް ނޭނގޭ މައްސަލަ ތަކެކެވެ. އެ ހައްދުން ނައްޓާ ގޭންގު ފަސްއަޅައި ފޮރުވާ ޙަޤީޤަތް ހޯދުމަށް އަހަރެން ވެސް ފޯރީގައި މަސައްކަތުގައި ބައިވެރިވެލީމެވެ. 

އަހަރެން މަސައްކަތް ހުއްޓާލީ ޢަޞުރު ވާން ގާތް ވުމުންނެވެ. އަހަރެން އަނބުރާ ގެއަށް ދިޔައީ ހިނގާލައިފައެވެ. ގެއަށް ދެވުނީ ހަމަ ބަންގި ގޮވުމަށެވެ. އަހަރެން ނަމާދަށް އަރަން އަވަސް ވެގަތީމެވެ. ނަމާދަށް ފަހު ހަވީރުގެ ޒިކުރުތައް ކިޔާލީމެވެ. ދެން ތައްޔާރުވެލީ ކޯޓު އަޑުއެހުމަށް ދާށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް އަހަރެން ގަދަ ނޫކުލައިގެ ކުރުތާއެއް ލީމެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލައި ސެންޓު ޖަހާ ފަރިވެލީމެވެ. މިއަދު އިސްތަށިގަނޑު ވޫލަކުން ހައްޔަރުކޮށްލީ އޭގެ ނުކިޔަމަންތެރިކަމުން އުނދަގޫ ވެދާނެތީއެވެ. 

އަހަރެން ކޮޓަރިން ނުކުމެ ތިރިއަށް ގޮސް ކަޅުކުލައިގެ އެންކަލް ބޫޓަކަށް އެރީމެވެ. ފޯނުން އާހިލަށް މެސެޖު ކުރަމުން ނުކުމެގެން ދިޔައީމެވެ. ނަޒަރު ހުއްޓިފައި ހުރީ ފޯނަށް ކަމުން ހިނގައިފައި ގޮސް މީހެއްގެ ގައިގައި ޖެހުނު އިރު ވެސް ނޭނގެއެވެ. ޖެހުނު ގޮތަކުން އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. އަހަރެން އަވަސް ޙަރަކާތުން ހަށިގަނޑު ބެލެންސް ކޮށްލުމުގެ ކުރިން މީހަކު އަހަރެންގެ ހިމަ އުނަގަނޑުގައި އަތް އަޅުވާ ހިފަހައްޓާލައިފިއެވެ. އަމިއްލައަށް ސަލާމަތް ވެވޭން އޮއްވާ މީހަކު ހިމާޔަތް ދިނުމުން އަހަރެންނަށް ނުރުހެވުނެވެ. 

“ޔޫ… ނުބު…” އަހަރެންނަށް ހުއްޓާލަން ޖެހުނީ ކަޅި ޖަހާ ނުލައި އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި އާހިލް ފެނިފައެވެ. ލެދަރ ޖެކެޓަކާއި އެކު ކަޅު ކެރެޓެއް ލައިގެން ހުރި އެ ސޫރަ ފެނުމުން އަހަރެންގެ ހިތަށް އެނގުން ވެލިއެވެ. އެ ތޫނު ކަޅު ދެ ލޮލުގެ ފުން ނަޒަރުން އަހަރެންގެ ހިތް ކަތިލެވިގެން ދިޔަ ފަދައެވެ. އެ ފިރިހެންވަންތަ ޙިމާޔަތުގެ އަތުގައި އަހަރެން އަބަދާއަބަދު އޮންނަން ބޭނުންވިއެވެ. 

“އޯހް މައި ގޯޑް! ކަލޭ މެން ހަނދާން ނެތުނީތަ މިއީ މަގުމަތި ކަން ވެސް. ޕިސްޕިސް. އެހެރަ އެންމެން އެ ތިބީ ބަލާށޭ.” އަހަރެންނަށް ހަމަހޭވެރިކަން ލިބުނީ ރަވާނުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ތެޅިގަނެފައި އަހަރެން ފައި ހަމައަށް އަޅާލަމުން އާހިލާއި ދުރުވެލީމެވެ. އޭރު ގިނަ ބައެއްގެ ނަޒަރު އަމާޒުވެފައި ހުރި ކަން އިހުސާސް ކުރެވުމުން ލަދުން ބޯހަލާކު ވިއެވެ. ބިންފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ.

“ހޮއެ ހޮއޭ. ރިފޫ. މޫނު ފަޅައިގެން ގޮސް ލޭތައް ވެސް ފައިބައިފާނެ. ތިވަރަށް ރަކިވާކަށް ނުވާނެއްނު.” ޝެހެނާޒުގެ ދިމާކުރުމުގެ ބަސްތައް އަހަރެންނާއި އަމާޒުވިއެވެ. އަހަރެންނަށް އެކަންޏެއް ނޫނެވެ. “ބްރޯ. މަ ކޮއްކޮއާ ރައްޓެހި ވެގެން އުޅެނީ އެއް ނޫން. މެރީ ކުރަން އުޅެނީއެއް ނޫން. ދެން މީހަކު މޮޔައެއް ނުވާނެތަ؟ އެހެން ކެޓް ބްރޯގެ ހިތަކަށް ރިފްކޮއެއް ނުލިބޭނެ އިނގޭ. މީހަކާ ނުދެވަނީސް ނަގަން އުޅޭ.” ރަވާނު ލާނެތް ރާގަކަށް ބުނެލިއެވެ. އާހިލް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ލައްވާލިއެވެ. 

ކޯޓާއި ހަމައަށް ދެވޭންދެން އަހަރެމެން ދެމީހުންނަށް އެ ޝެހެނާޒާއި ރަވާނުގެ ސިޔާސަ ދުލާއި ކުރިމަތިލާން ޖެހުނެވެ. މަންޒިލަށް ވާސިލުވުމުން އަހަރެން އާހިލްގެ އަތުގައި ހިފައިގެން ގޮސް އެތެރޭގެ ގޮނޑި ބަރިއެއްގައި އިށީނީ އެމީހުންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރި ވަރުންނެވެ. 

ޤާޟީގެ ވާހަކަ ކޮޅަކަށް ފަހު ކޯޓުގެ އަޑުއެހުން ފެށިގެން ދިޔައެވެ. ކުށްވެރިންގެ ގޮތުގައި އެ ނުބައި ޢަމަލުގައި ބައިވެރި ބައިވެރިވި ފަންސާސް މީހަކު ގެނެވިފައި ވެއެވެ. އެމީހުންގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. މޫނުމަތީގައި ވަނީ ނުރައްކާތެރި އަސަރެކެވެ. އެމީހުންގެ ކޮޅުން ވަކާލާތުކުރަމުން ދިޔަ ވަކީލުންގެ އަނގަ ބަންދުކޮށްލަނީ ޕްރޮސެކިޔުޓަރު ޒަވިއަންގެ ތޫނު ބާރުގަދަ ދުލުންނެވެ. ބޭރަށް ނޭނގުނަސް ޙަޤީޤަތުގައި ޒަވިއަން އަކީ ވެސް އެޖެންޓެކެވެ. އެޖެންޓުންގެ ތެރެއިން ޕްރޮސެކިޔުޝަން ގައި މަސައްކަތް ކުރާ ފަރާތެކެވެ. ޒަވިއަން ހެކިތައް ހުށަހަޅާ ބައިބައި ވަކި ވަކިން ތަފްސީލު ކުރަމުން ދިޔަ ގޮތުން އަހަރެން ހައިރާންވިއެވެ. އެ އުޅޭ އަލްވާގެ ރޯލް މޮޑެލް ޒަވިއަން ވިއްޔާއެވެ. ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމާއި އެކު ޖުމްލަތައް ގަތާލަމުން ދިޔަ ގޮތުން އެވާޑު ދޭހާ ވެއެވެ. އެތަނަށް ހާޒިރުވެ ތިއްބެވި އާންމުން ވެސް ތިބީ އެ ޕްރޮސެކިޔުޓަރުގެ ކުޅަދާނަކަން ފެނި ތަލިން ކުޅު ހިކޭ ވަރު ވެފައެވެ. 

ހެކި ބަސް ދިނުމަށް އެއްބަސްވީ މަދު ބައެކެވެ. އެހެން ނޫނަސް ހެކިބަސް ދޭނެ މީހުން އިންތިހާއަށް މަދީއެވެ. އެ ރަހީނުކުރާ ގުރޫޕު މަސައްކަތް އެހާ ފުރިހަމައަށް ކުރާތީ ދިރޭ ލޮލަކަށް ނުފެންނަނީއެވެ. ހެކިދިނުމަށް ތިބީ އަހަރެންނާއި އާހިލާއި ހިޔާނެވެ. އެންމެ ފުރަތަމަ ވެސް އިސްނެގީ ހިޔާނެވެ. އޭނާ ހެކި ދޭ މީހުން އިށީންނަން ކަނޑައަޅާފައިވާ ގޮނޑީގައި އިށީނީއްސުރެ ޒިރާރުގެ އަލިފާނުގެ ނަޒަރު ހުރީ އޭނާ އާއި އަމާޒުވެފައެވެ. އެހެނަސް ހިޔާން އެކަން ދެނަހުރި ކަމަށް ވެސް ހަދާނުލައެވެ. އަލަގަހަކުން ކެޔޮނިރެއް ފަޅާނޭ ފަހަރު ތަކެއް ވާނެކަން ތެދު ކުރަމުން އޭނާ ޒިރާރާއި ދެކޮޅަށް ހެކިބަސް ދިނެވެ.  

އާހިލް ހެކިބަސް ދިނުމުން ދެން އަރަން ޖެހުނީ އަހަރެންނަށެވެ. އާހިލް ހިތްވަރު ދިނުމުގެ ނަޒަރެއް ދިނުމުން ގޮސް އެ ގޮނޑީގައި އިށީނދެލީ ހިތްވަރާއި އެކުގައެވެ. ޔޫނުސަށް އެމީހުން ހަދަމުން ދިޔަ ގޮތުގެ ވާހަކަތައް ވެސް ނިކަން ތަފްސީލުކޮށް އަހަރެން ކިޔައިދިނީމެވެ. ބިރުދެއްކުން ތަކާއި އަނިޔާކުރުން ތަކުގެ ވާހަކަ އާއި ވެސް އެކުގައެވެ. އެތަނުގައި ސިނާނު އާއި ޖައިޝަމް ‘އޭ.ކޭ.އޭ’  ސެޓަން އާއި ޖުއްޕެ އަށް އަހަރެންގެ ތަފްސީލީ ވާހަކަތައް އިވި މަޑުން އިންނަން ވެސް އުނދަގޫވެގެން އުޅޭ ކަހަލައެވެ. އެހެނަސް އަހަރެންގެ ފަރުވާލެއް ނެތެވެ. ކިތަންމެ ވަރަކަށް އަހަރެންގެ ހަންގަނޑު ނޮޅާލަން ބޭނުން ވިޔަސް ދެން އެ މީހުންނަކަށް އެކަމެއް ނުކުރެވޭނެއެވެ.

ކުށްވެރީންނާއި ދެކޮޅަށް ހުށަހެޅުނު ވަރުގަދަ ކޮންކްރީޓް ހެކީގެ ސަބަބުން އެމީހުން ކުށަށް އިޢުތިރާފު ނުވި ނަމަވެސް އުމުރު ދުވަހުގެ ބޮޑު ޖަލު ހުކުމެއް އެމީހުންގެ މައްޗަށް އައެވެ. އަހަރެން ދެކޭ ގޮތުގައި އެ މީހުންނަށް އެންމެ ޙައްޤު އަދަބަކީ އެއީއެވެ. ދިރިހުރުން ބޮޑު ވޭނަކަށް ހަދާލާ ކުޑަ ގޮޅީގައި އެކަނިވެރިކަމާއި ގަނަތެޅެން ބޭއްވުމަކީ އަހަރެން ބޭނުންވާ ގޮތެވެ. ކިހާ ގިނަ ބަޔަކަށް ގެއްލުން ދެވިއްޖެ ހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދާ ފައިސާ އާއި މުދާވެރިކަމުގެ ލައްޒަތުން އަބަދަކު އުފަލެއް ނުލިބޭނެއެވެ. 

އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބުމުން ޒިރާރު ހީވީ މޮޔަވިހެންނެވެ. އަމިއްލަ ދަރި ވެސް އޭނާ އާއި ދެކޮޅަށް ހެކިބަސް ދިނީ ވިއްޔާއެވެ. “ހަޔާތް ކުޑަ *****. ކަލޭ އަށް އަރާމު ޝާހީ ދިރިއުޅުމެއް ހޯދައިދިނީމަ ބަދަލު ދެނީ މިހެންތަ؟ ޝުކުރުވެރިވަން ނޭނގޭ ****.” ޒިރާރު އޭނާގެ ދުލަށް އައިހާ އަވަގުރާނެއް ގޮވަމުން ހަޅޭއްލަވަމުން ދިޔައިރު ހީވަނީ މޮޔަވެގެން ތެޅޭ ސައިކޯ އެއް ހެންނެވެ. ފުލުހުން އޭނާގެ އަތުގައި ހިފާ ގެންގޮސް ޖިޕަށް އަރުވަންދެން ހަޅޭއްލެވިއެވެ. އެ އަޑުތަކަށް އާންމުންނާއި މީސްމީޑިއާގެ ލޯތަށް އަމާޒުވަމުން ދިޔަ ކަން ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. 

އެ ހުރިހާ ކުށްވެރިން ގެންދެވުމުން އަހަރެން ވެސް ގުރޫޕު މީހުންނާއި އެކު ހިނގައިގަތީމެވެ. އަނބުރާ ގެއަށް އާދެވުނު އިރު އެގާރަ ވެސް ޖަހައިފިއެވެ. އަހަރެން ދެން ތިބި މީހުންނާއި ވަކިވެލަމުން ޝެހެނާޒާއި އެކު ގޮސް އެރީ ފުރަތަމަ ފުލޯއަށެވެ. އަހަރެން ވަނީ އަމިއްލަ ކޮޓަރިއަކަށް ނޫނެވެ ޝެހެނާޒުގެ ކޮޓަރިއަށެވެ. އެއީ  މިންޓް ފެހި ކުލައާއި ހުދުން ފަރުމާކުރެވިފައިވާ ކޮޓަރިއެކެވެ. އަހަރެން ގޮސް އިށީނީ ބީން ބޭގެއްގައެވެ. ޝެހެނާޒު ދޮރު ލައްޕާލައިފައި އައިސް އެނދުމަތީގައި އިށީނެވެ. 

“ޝަހިކްސް. ހިޔަނި އަތުން ދޫކޮށްލީ ދެން ދުވަހަކުވެސް ވެސް ނުހިފަން ތަ؟ އޭނާ އާއި މެދު ދެން ކީއްތަ ކުރާނީ؟” އަހަރެން އެހެން އަހާލުމާއި އެކު ޝެހެނާޒުގެ މޫނުން ކުލަ އޮއްސުނެވެ. “ނޭނގެ. އޭނާ މިހާރު އަހަރެން ދެކެ ރުޅިއަންނާނެ ކަންނޭނގެ އެހެން ހެދީމަ. އެ ވަގުތު އަހަރެންނަށް ރަނގަޅަށް ވިސްނާނުލެވުނީ. ދެން ނުކެރޭނެ އޭނާ އާއި ވާހަކަ ދައްކަން ވެސް.” އޭނާ އިސްޖަހާލިއެވެ. 

“ދެން ޝަހީކްސް! ހިޔަންޏަކީ ޝަހިކްސްގެ ޙާލަތު ވަރަށް ރަނގަޅަށް ވިސްނޭނެ މީހެކޭ. އޭނާ ޝަހިކްސް ދެކެ ވަނީ އާދައިގެ ލޯތްބެއް ނޫން. ދެން ތިހެން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގަނެފާނެ.” އަހަރެން ނުސީދާ ގޮތަކުން ބުނީ ހިޔާން އާއި އަލުން ގުޅޭށެވެ. ޝެހެނާޒު ހަނު ހުރީއެވެ. އަހަރެން ދެން ކޮޓަރިން ނުކުތީ އޭނާ އެއްޗެކޭ ނުބުނުމުންނެވެ. އެހެން ނޫނަސް ނިދަން ވެސް ޖެހޭނެތާއެވެ.

ނިދަން އަރައިފައި ވެސް އަހަރެންނަށް ފޯނު ހިފައިގެން އޮވެވުނީ އާހިލަށް މެސެޖު ކުރާށެވެ. އޭނާ އެދުނީ މާދަން އަށް ގަޑި ތިރީހަށް ކޭންޑްލް ޑިނާރ ރެސްޓޯރެންޓަށް ދިއުމަށެވެ. ދެން ދެއްކީ މުޅީން ވެސް ކޫސަނި ވާހަކަ ތަކެވެ. ނިދަން ވެގެން ފޯނު ނިވާލަން ހިތަށް އަރުވާލީ ވެސް ބާރަ ޖެހި ފަހުންނެވެ. 

އާދައިގެ މަތިން އަނެއް ދުވަހު ވެސް ފަތިސްނަމާދު ކޮށްގެން އަހަރެން އިނީ ބެލްކަނީގައެވެ. މި ވަގުތު އެތަނުގައި އިންނަން ހަމަ އެހާ ހިތްފަސޭހައީ އެވެ. ދަގަތްފާނު ދަމާ ބާރަށް އަހަރެން ވެސް ބެލްކަންޏަށް ފަތިސް ވަގުތު ދަމާނެއެވެ. އަހަރެން އެތަނުން ހިއްލާލީ ވެސް އިރު އަރައިގެން ދިޔަ ފަހުންނެވެ. ކޮން އެއްޗެކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އަހަރެން ދިޔައީ މަންމަ ގާތަށެވެ. މަންމަ އުޅުނީ ގަސްތައް ކައިރީގައެވެ. ދޮންވެފައި ހުރި ފަތްތައް ނައްޓާ ސާފުކޮށް އެކަހަލަ ކަންކަން ކުރާށެވެ. ދެން ދޮންވެ ފައްކާ ވެފައި ހުރީ ބާވަތްތައް ކަނޑަން ވެސް އުޅުނެވެ. އަހަރެން ވެސް އެހީވުމުގެ ނިޔަތުގައި ލެފިލީމެވެ.

ތާޒާ މޭވާ ތަކާއި ތަރުކާރީގެ ބާވަތްތައް ހިފައިގެން މަންމަ އާއި އެކު ބަދިގެއަށް ވަދެވުނު އިރު އަށެއް ޖަހައިފިއެވެ. އޭރު ނޫރީނާއި ފަރުހާ އުޅުނީ ހެނދުނަށް ސައި ތައްޔާރު ކުރުމުގައެވެ. އަހަރެން ގެނައި ބާވަތްތައް ނުބައި ނުވެ ގިނަ ދުވަހު ހުންނާނެ ގޮތް ހެދުމަށް ފަހު އައިސް އަލަމާރީގެ ތެރެއަށް ލީމެވެ. ދެން ޝެހެނާޒާއި އެކު ދިޔައީ ފިހާރައަށެވެ. މަންމަ ދިން ލިސްޓަށް ތަކެތި ގެންނާށެވެ. 

“ހުރިހާ އެއްޗެއް މި ހަމަވީނުން. ދެން ހިނގާ ލާރި ދައްކަން.” މަންމަ ދިން ލިސްޓުގައި ހުރި އެއްޗެހި ވަށިގަނޑުގައި ހުރި ކަން ޔަގީން ވުމުން އަހަރެން ބުނެލީމެވެ. ގޮސް ކައުންޓަރު މަތީގައި އެ ބަހައްޓާފައި އެ ތަނުގެ ކުރިމަތީގައި ހުރި ތަފާތު ވައްތަރުގެ މަދުގެ އުފެއްދުން ތަކަށް ބަލައިލީމެވެ. އަދި މީރު ވާނެހެން ހީވާ ވައްތަރުގެ ނަޓު ދަޅެއް ނަގައިފައި އެ ވެސް ކައުންޓަރު މައްޗަށް ލީމެވެ. 

ކޮތަޅުތައް ހިފައިގެން ފިހާރައިން ބޭރަށް އަހަރެމެން ހިނގައިގަތީމެވެ. އަނގަ ތަޅަމުން ގެއާއި ހަމައަށް އާދެވުމުން އެތެރެއަށް ވަނީމެވެ. މަންމަ އަތަށް ދެ ކޮތަޅު ދިނީ އޭގައި އޮތް ނަޓު ދަޅު ނަގައިފައެވެ. ހޮޓް އެންޑް ސްޕައިސީ ފްލޭވާގެ ނަޓެވެ. ސިޓިންރޫމު ބޮޑު ސޯފާގައި އިށީންނަމުން އަހަރެން އެ ދަޅު ކަނޑާލީމެވެ. ވަގުތުން އެވަގުތު ކާޓޫނު ބަލަން އިން ރައުލް އާއި ނައިރާއަށް އެކަން އެނގުންވެލައިގެން ދިޔައެވެ. އައިސް ވަށާލައިފިއެވެ. އަހަރެން އެމީހުންގެ އަތަށް ނަޓު މުށެއް ލައިދިނީމެވެ. 

ހެނދުނުގެ ސަޔަށް ފަހު މަސައްކަތަށް ގޮސް ދެން ނިމުނީ އިރު އޮއްސުނު ވެސް ފަހުންނެވެ. ދިރާސާ ކޮށްލަން މިއަދު ކުށް ހިނގައިދިޔަ ސަރަޙައްދު ތަކުގައި ބުރެއް ޖަހާލަން ޖެހުނީމަ ލަސްވީއެވެ. އެ ގޭންގު ގަނޑުގެ މީހުން ވެސް ރޭޕްކޮށް، މާރާމާރީ ހިންގާ، ވައްކަން ކުރާލެއް ގިނަކަމުން ބޯ ހަލާކެވެ. އެންމެ ރަނގަޅު ވާނީ އެމީހުންގެ މަސްތުވާތަކެތީގެ ވިޔަފާރީގެ ވާހަކަ ނުދެއްކިއްޔާއެވެ. 

އިޝާ ނަމާދު ފަހެވެ. އަހަރެން އުޅުނީ ބޭރަށް ދާން ރީތި ވާށެވެ. އެ ނިޔަތުގައި ކަޅުކުލައިގެ ގަމީސް ހެދުމެއް ނަގާ އިސްތިރި ކޮށްލީމެވެ. ކަކުލާއި ހަމައަށް އަރާ އެ ހެދުން ލައިފައި ތިރިން ދޫ ޖިންސެކެވެ. ދެން އިސްތަށިގަނޑުގައި ކްރީމް ލައި ފުނާ އަޅާލީމެވެ. ސެންޓު ޖަހާލުމަށް ފަހު ކޮޓަރިން ނުކުތީ ކޮނޑުގައި ކަޅު އަތްދަބަހެއް އަޅުވާލުމަށްފަހުއެވެ. ސިޑިން ފައިބައިގެން އަހަރެން ބޭރަށް ނުކުންނަން ދިޔަ އިރު ރަވާނާއި ރަޒާނު ސޯފާގައި އޮތެވެ. 

“އޭތް ރިފް. ކޮންތާކަށް ނަލަ ވެލައިގެން؟”،ރަޒާނު އަހައިފިއެވެ. އެހާ ވަރަކުން އެ އަހަނީ އަހަރެން ހެދުމެއް ލައިގެން ހުރީމަ ހެއްޔެވެ؟ ގައިމު އިއްޔެ ވެސް ކުރުތާ އެއް ލީމެވެ. “ކޭންޑްލް ޑިނާރ އަށް.” ރައްދު ދީފައި އަހަރެން ދާން ހިނގައިގަތީމެވެ. “މަޑުކުރޭ. ތިއްތި ސައިކުގަ ލިފްޓެއް ދީފާނަން.” ރަވާނު ލަތްކަކަށް ސޯފާ އިން ތެދުވިއެވެ. “ނޫން. އަހަރެން ހިނގާލައިފަ ގޮސްފާނަމޭ. މި ތަނާއި ނުލާހިކު ކައިރީގަ ހުރި ތަނެކެއްނު.” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އަހަރެން ދަނީ އާހިލާއި ބައްދަލުކުރަން ކަން އެނގިދާނެ ވިއްޔާއެވެ. ބަހަނާ އެއް ދައްކާލީ އެހެން ވެގެންނެވެ. 

“އެހެންވިއްޔާ ދޮންބެ އާއި އެއްކޮށް ހިނގާލައިފަ ދާންވީނުން.” ރަޒާނު ފަހަތުން ބުނެލިއެވެ. “ދެން ދޮންބޭ! އަޅެ އެންމެ ދެތިން މިނެޓުން ދެވޭ ވަރުގެ ތަނެކޭ. ދޭ ބަލަ ކާން. ބަލާބަލަ. މަންމަ އެ ހުރީ ލަސްވެފަ.” އަހަރެން އިޝާރާތް ކޮށްފައި ބުނެލީމެވެ. އެވަގުތު މަންމަ ގޮވާލުމުން އިންކާރުނުކޮށް އެ ދެމީހުން ބަދިގެއަށް ދިޔައެވެ. އަހަރެން ބޫޓު ހަރުން ކަޅުކުލައިގެ ސްނީކާސް އެއް ނަގައިފައި އެއަށް އެރީމެވެ. ނާޑުވާ އައްސާލެވުމުން ތެދުވެ ގޭގެ ބޮޑު ދޮރުން ނުކުތީމެވެ. ލޯވްންގައި ހިނގާލައިފައި ގޮސް ދެން ގޭޓު ހުޅުވައިފައި ބޭރަށް ނުކުތީމެވެ. 

މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ އަލި ގަދައެވެ. ހިނގައިފައި ވެސް ގިނަބަޔަކު އުޅުނެވެ. އަހަރެން ހިނގައިފައި ދިޔައީ ގަސްތައް ހުރި ބަރިންނެވެ. ހިނގަން ޚާއްޞަ ކުރެވިފައިވާ ތަނުންނެވެ. ގަޑި ބަލައިލަން ފޯނު ނެގި ވަގުތު އެއަށް އާހިލް މެސެޖު ކޮށްފައި ވާ ކަމުގެ ނޮޓިފިކޭޝަނެއް އައިސްފައި ވާ ތަން ފެނުނެވެ. ހުޅުވާލާ ބަލައިލީމެވެ. އޭނާ މެސެޖު ކޮށްފައި އޮތީ ލަސްވެގެންނެވެ. މިއީ ވެސް ކެތްތެރިކަމެއް ނެތް ސޮރެކެވެ. އަދި ކިރިޔާ އަށްގަޑި ތިރީސް ވީ ކަމެވެ. މިހާރު އެ މެސެޖު ކުރަން ފެށިއެވެ. 

“ކެތްލައްވައިގެން މަޑުން ހުރެބަލަ. ގައިމުވެސް ދިހައެއް ޖަހަން ވާއިރަށް އަހަރެން ދާނަން.” އަހަރެން އެހެން ލިޔެލައިފައި ފޮނުވާލީ ޖެއްސުމަކަށެވެ. ދެން ފޯނު ނިވާލައިފައި އަނބުރާ އަތް ދަބަސް ތެރެއަށް ލީމެވެ. މިހާރު ރެސްޓޯރެންޓާއި ވެސް ވަރަށް ކައިރި ވެއްޖެއެވެ. 

‘ކޭންޑްލް ޑިނާރ’ އަކީ ވަރަށް ނަން ހިނގާ ރެސްޓޯރެންޓެކެވެ. ޢާންމު ގޮތެއްގައި ލޯބިވެރިން ދާ ތަނެކެވެ. އަހަރެން އަޑުއަހައިފައި ވާގޮތުން އެ ތަނުގެ ކެއުން ވަރަށް މީރެވެ. ތަނުގެ އިންޓީރިއާ ޑިޒައިން ވެސް ވަރަށް ރީތި ވާނެ އެވެ. މީރު ވަސް ދުވާ އުއްބައްތި ވެސް ހުންނާނެއެވެ. އަހަރެން އެންމެ ބޭނުމީ ކެއުމުގެ ރަހަ ބަލާލާށެވެ. 

އެ ވަގުތެވެ. ފަހަތުން މީހަކު އަހަރެންގެ އަނގަމަތީގައި އަތް އެޅިހެން ހީވިއެވެ. އެ ސިކުންތު ކޮޅުގައި އެއީ ނުރަނގަޅު ނިޔަތެއްގައި އައި މީހެއްކަން އަހަރެންނަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ސަލާމަތް ވުމުގެ ނިޔަތުގައި ތެޅިގަތީމެވެ. އެހެނަސް އެމީހެއްގެ ޙަރަކާތްތައް އަވަހެވެ. އަހަރެންގެ ގައިގައި ހިފާ ދަމައިގަނެގެން ގެންގޮސް އެ ހިސާބުގައި ހުރި ބިންގަރާހެއް ކަހަލަ ވައްތަރެއްގެ ތަނަކަށް ވައްދާލީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މާކުންބެ

Next

ދުވަހަކު ވަކިވުމެއް ނޭދެން ހުވާ 2

Next
January 15, 2025

ދުވަހަކު ވަކިވުމެއް ނޭދެން ހުވާ 2

Previews
January 15, 2025

މާކުންބެ

20 Comments!

  1. Naikko says:
    January 15, 2025 at 9:20 am

    Mi part ves v v reethi……….
    Curiously waiting for the next…………
    When next???

    1. White rose White rose says:
      January 15, 2025 at 2:37 pm

      Shukran Naikko!
      Will submit on Friday IA

  2. cutie girl says:
    January 15, 2025 at 10:03 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    rifga and aahil gulhuvachey
    hiyaan and naaz ves
    they all are made for each other
    rifga ah gotheh nuhadhachey
    v intresting story eh
    v kiyaala hithun kiyani
    your my fav author
    love you

    1. White rose White rose says:
      January 15, 2025 at 2:37 pm

      Shukran Cutie girl!

  3. Your fav bab says:
    January 15, 2025 at 12:09 pm

    Dude rif ah dhera gotheh nahadhachey!!!!!!
    Rif salaamaith Kuran ethanah aahil soru vattaalaba!!!!
    I’m sure ei organ sellers ge gola eh kan🙄🙄🙄
    When next???
    Mihaa curious kohfa nimmaalan heyo nuvaaneyyy!!!!!
    Thank God organ sellers ge approximately all athulaigane vunu kan!!!
    Lyssssssm💗💗💗💗💗

    1. White rose White rose says:
      January 15, 2025 at 2:40 pm

      Aahil soru dhw. Dua kuranvee eyna aadheythoa.
      Shukran Your fav bab!
      Sry hama kasheega harulaafa huree cliffhanger akun nimman.
      Will submit on Friday IA.

  4. Jennie says:
    January 15, 2025 at 12:22 pm

    V reethi mi part ves can’t wait when next part

    1. White rose White rose says:
      January 15, 2025 at 2:41 pm

      Shukran Jennie!
      Will submit on Friday IA.

  5. Nawar says:
    January 15, 2025 at 12:35 pm

    Maashaa Allah mi part vx varah varah reethi….
    Anehkaa e reyru man grp in hayyaru nukoh thibi meehunge therein bayeh kanneyge eii….
    Whn next?

    1. White rose White rose says:
      January 15, 2025 at 2:42 pm

      Hama vedhaane dhw ehen meehakah ves.
      Shukran Nawar!
      Will submit on Friday IA.

  6. ^-^ says:
    January 15, 2025 at 1:36 pm

    Awwn v gina dhuvahah fahu kiyaalan libunyma v happy but dhen vaane gotheh neygeythy so curious…
    When next??? Cant wait to read the next part🫠🫠

    1. White rose White rose says:
      January 15, 2025 at 2:44 pm

      Shukran ^-^!
      Friday kiyaalan libeyne kanne.

  7. Lara says:
    January 15, 2025 at 7:00 pm

    Nooooooo……
    Rif ah Kameh nukrahchey….
    Aahil dheravaane😭
    Mi part ves varah reethi
    Love it ❤️❤️❤️

    1. White rose White rose says:
      January 16, 2025 at 12:57 pm

      Shukran Lara.

  8. Itsme says:
    January 15, 2025 at 9:23 pm

    Vr reethi mi part vess! Love your work.
    Emeehaa akee zaalim tha anehka 🤔

    1. White rose White rose says:
      January 16, 2025 at 12:57 pm

      Vedhaane kanne.
      Shukran Itsme

  9. Anonymous says:
    January 15, 2025 at 9:44 pm

    Wow v reethi mi part ves

    1. White rose White rose says:
      January 16, 2025 at 12:58 pm

      Shukran Anonymous

  10. Your fav bab says:
    January 16, 2025 at 11:42 am

    Rif e gendhiya ee w sir kamaa medhu ves I’m SUS!!

    1. White rose White rose says:
      January 16, 2025 at 1:00 pm

      Ehentha
      Shukran Your fav bab

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 48←


All Right Reserved!