“ޝީން… ދަ…ދައްތަ މަ…ރޭ. އޯރ…އޯރގަން ސެލް…ސެލިން އޭ” ފަހަތުން އިވުނު އަޑެއްގެ ސަބަބުން އަހަރެންގެ މޫނު ހުދުވިއެވެ. ލާން އުޅުނު ނޭވާ ވެސް އަރުތެރޭ ތާށިވި ކަހަލަ އެވެ. އިތުރަށް ޙަރަކާތެއް ކޮށްލާން ވެސް ނުކުޅެދުނު ކަހަލައެވެ. އެކަމަކު އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އުޅެން ޖެހޭނީ ހުޅުމާލޭގައި އޭ ލެވެލް ކިޔަވާށެވެ. އޭނާއަށް މިތަނަށް އަންނަ އެނގުނީ ކިހިނެއް ހެއްޔެވެ؟ މިތަނަށް ވަނީ ވެސް ކިހިނެއް ހެއްޔެވެ؟ “ރިފް! ކީ…ކީކޭ ތި… ބުނީ ހަމަ […]
އެ މީހާ ދެން މަސައްކަތް ކުރީ އަހަރެން ލައިގެން ހުރި ސްވެޓާ ދަމައިގަތުމަށެވެ. ކިތަންމެ ބިރުގަތަސް ހިތް ތެޅެނީ ލަސްލަހުންނެވެ. ނޭވާ ހާސްވަނީއެވެ. އަޑުން އަޑު ނަގާ ރޯން ވެސް ބޭނުމެވެ. އެހެނަސް……. އެހެނަސް އަޑެއް ބޭރުވަނީއެއް ނޫނެވެ. ސަލާމަތަށް އެދި ގޮވާލެވޭކަށް ވެސް ނެތެވެ. މި ތިބަ މީހުންނާއި ދިމާލަށް އަންނަން ކެރޭނީ ވެސް ފަހެ ކާކަށް ހެއްޔެވެ؟ މި ގޯޅިގަނޑުގެ ތެރޭގައި ހުރެ ވެސް އަހަރެން ރޭޕް ކޮށްލާކަށް މި ޖައްބާރު ފިރިހެނުންނެއް ފަހެއް […]
އަހަރެން ވިސްނާނުލާ ހުއްޓާ އާހިލް ދެން ކޮށްލި ކަމަކުން ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ހަށިގަނޑު ތެރޭގައި އެޑްރިނާލިންގެ އޮއިވަރެއް ދަތުރު ކޮށްލިކަމުގެ އިހުސާސް ކުރެވުނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އަހަރެންގެ ފައިގައި ދަތި އަޅުވާލާ ސޯފާ އިން ތިރިއަށް ވައްޓާލީއެވެ. ވެއްޓުމުގެ ކުރިން އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާގެ މޫނު ކައިރި ކޮށް ހަތަރު ކަޅި ހަމަކޮށްލީއެވެ. އެ ފުން ދެ ލޮލުން ދައްކައިދެނީ ނުރައްކާތެރި ކަމެވެ. އެގޮތަށް ހުރެ އޭނާ […]
“ރިފް ބުނެބަލަ ތި އަތޮޅަށް ގޮސްގެން އުޅޭ ސަބަބު. މަ ވެސް އެނގެން ބޭނުމޭ. އަހަރެންގެ ދައްތަ ވިއްޔާ ގެއްލުނީ. އަހަރެން ހުއްޓާ ކުރިން ޝީން ދައްތަ ހޯދުމުގެ މަސައްކަތް ކުރީ. ފަހުން ފަހުން ތި ކުރާ ކަމެއްގެ ވާހަކަ ނުބުނަން ތިޔަ ހިފައްޓަނީ ކީއްވެގެންތަ؟” ޝެހެނާޒު ޝަކުވާގެ ރާގަކަށް އެއްސެވެ. އޭނާ މިވަގުތު އަނދިރީގައި ބަހައްޓަން ޖެހޭތީ އަހަރެން ދެރަވެއެވެ. އެހެނަސް މި ޙާލަތުގައި އޭނާ އައްޔަށް ނެރުމަށް ވުރެ ރަނގަޅުވާނީ އަނދިރީގައި ބެހެއްޓިއްޔާއެވެ. “ޝަހިކްސް! […]
“ނާހަމެއްނު.” އާހިލްގެ މޭގައި އަޅާ ކޮށްޕާލަން އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް އޭނާ އެ ހުރި ތަނުން ގުޑާވެސް ނުލިއެވެ. އެހާ ވެސް ބާރު ގަދަ ފިރިހެނެކެވެ. “ހެހެހެ… ތިކަހަލަ ނިކަމެތި ކުދީންނަކަށް މަށަކާ ނުތޮޅެވޭނެ. ކޮން ބާރެއް ދައްކާނަމޭ ހިތާތަ ތި އުޅެނީ.” އާހިލް ކުއްލިއަކަށް އަހަރެންގެ އަތް ނައްޓުވާލާ މީހާ އަނެއްފަރާތަށް އަނބުރާލާ ބަނޑުމަތީގައި އެއް އަތް ވަށާލަމުން އަހަރެން ހައްޔަރު ކޮށްލީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކިތަންމެ ވަރަކަށް އަހަރެންގެ […]
ލައިލާގެ ހައިރާންކަން ދިހަ ގުނަ އިތުރުވެގެން ދިޔަކަން ހާމަ ވަނީ ކަފިހިހުރަސް މަތީގައި ހުއްޓިގެން ހުރުމުންނެވެ. އަހަރެން ހިނގައިފައި ދަމުން އަންނާށޭ ބުނެލީމެވެ. އެހެނަސް ލައިލާ އެ ހުރީ ތަނުން ގުޑާވެސް ނުލިއެވެ. ދެން އެއްލި ކަޅިއަކުން ފެނުނީ އެ ދިމާލަށް ބާރު ސްޕީޑުގައި ދުއްވައިފައި އައި އުޅަނދެކެވެ. އެ ދުއްވަން އިން މީހާއަށް އަށް ވެސް އެ ކޮންޓްރޯލް ކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. އެވަގުތު ލޯ މައްޗަށް ސިފަވީ ކިޔާރާ […]
ލައިލާ އުޅޭ އެޕާޓްމަންޓު ހުންނަ ޢިމާރާތާއި ވަރަށް ކައިރި ވެފައި ވަނިކޮށް އަހަރެންގެ ސަމާލުކަން ދަމައިގަތީ މަގުމަތީގައި ހުރި މީހެކެވެ. އަހަރެންނަށް އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ ލައިލާއަށް ކަން އެނގުނެވެ. އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނީ އެމީހާ އަވަސް ފިޔަވަޅު ތަކެއްގައި ލައިލާއާއި ދިމާލަށް ދާން ފެށުމުންނެވެ. ފާޑަކަށް ހުރި ފިރިހެނެކެވެ. އަނެއްކާ އޭނާ އެ އުޅެނީ ލައިލާ ރަހީނުކުރަން ހެއްޔެވެ؟ ހާސްވެގެން އަހަރެން ހިނގުން ބާރު ކޮށްލީމެވެ. މިހިސާބުގައި މީހުން ވެސް މަދެވެ. އެހެންކަމުން މިތަނުގައި […]
އަހަރެންނާއި ނައިލްގެ އެއްޗެހި ގެނެސްފައި އެންމެ ފަހުން ގެނައީ އާހިލްގެ ފޮށްޓާއި ދަބަހެވެ. އިތުރު އެހެން އެއްޗެއް އެތަނުގައި ބޭއްވިފައި އޮވެދާނެ ކަމަށް ހާވާލި ވަގުތު އެނދުގެ ކައިރީގައި އޮތް ފޮޓޯ ފްރޭމެއް ފެނުނެވެ. އެ ފޮޓޯ ލޯގަނޑު ނަގާ ބަލާލި ވަގުތު އަހަރެންގެ މޫނު މައްޗަށް ރޫގިނަވެގެން ދިޔައެވެ. ހިންދިރުވާލެވުނެވެ. އޭގައި އިން އަންހެން މީހާގެ ދެލޯ ފެނިފައެވެ. އެއީ އާހިލް ހުންނަ ކަހަލަ ކަޅު ކަޅު ކަޅިއެކެވެ. ކަޅު ކުލައިގެ ޝޯލްއެއްގެ ތެރެއިން އެ […]
ފޮނި މީރު ނިދިން އަހަރެން ހޭ ލައްވާލީ ބާރުގަދަ އަޑަކުންނެވެ. ހީވަނީ ފަޔާ އެލާމެއް ހެންނެވެ. ފޫކޮޅުގައި ކައްޓެއް ޖެހުނު ފަދައިން އަހަރެން ފުންމައިގެން ތެދުވީމެވެ. އަނެއްކާ މި ހޮޓެލުގައި އަލިފާން ރޯވީ ހެއްޔެވެ؟ ހާސްވެގެން ކޮޓަރިތެރެ ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. އެލާމު އަޑު އަންނަނީ އަލިފާން ރޯވެގެންނެއް ނޫނެވެ. އެ ފަތަރާސީ އާހިލްގަނޑުގެ ފޯނު ރިންގު ވާތީއެވެ. ދަތްކުނޑި ވިކާލަމުން އަހަރެން ތެދުވީ އޭނާ ހޯދާށެވެ. އޭނާ ފޯނުގެ ރިންގުޓޯނަށް ފަޔާ އެލާމުގެ […]