Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 44

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 3, 2025 7 Mins Read
20 Comments

ޝެހެނާޒު މަސައްކަތް ހުއްޓާލައިފައި އަހަރެންނާއި ދިމާލަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ލޯ ކައިރީގައިވީ ކަޅު ދާއިރާ އަހަރެންނަށް ފާހަގަކުރެވުނެވެ. “އޯރގަން ސެލާސް އާއި ދެކޮޅަށް ހެކި ލިބޭތޯ މިރޭ ހިޔަނި އުޅޭ ގެއަށް ބްރޭކްއިން ވާން ޖެހޭ. ދާން ބޭނުމިއްޔާ އާދޭ. އޯކޭ ނަޔަސް.” އަހަރެން ގޮސް ވަދެލީ ސީދާ މައުޟޫގެ ތެރެއަށެވެ. “އާނ ޔަޤީނެއްނު. އަވަހަށް ހިނގާ ޕްލޭން ކުރަން. ރިފް އިހަށް ކޮޓަރިއަށް ދޭ. އަހަރެން އަންނާނަން މިތަން ހަމައަކަށް އަޅުވާލައިފަ” ޝެހެނާޒު އެހެން ބުނުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. މޭޒު ދޮށުގައި އިށީނދެލަން އުޅުނު ވަގުތު އަހަރެން ސިހުނީ ބެލްކަނީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވެން ފެށުމުންނެވެ. އަހަރެން ގޮސް ދޮރުފޮތި ކަހާލަމުން އެ ބިއްލޫރި ދޮރު އެއްފަރާތަކަށް ކަހާލީމެވެ. ދެ ބުމަ ގާތްކޮށްލެވުނީ އެތަނުގައި އާހިލް ހުރުމުންނެވެ. 

“ކަލޯ! ރީތިކޮށް ބޮޑުދޮރުން ވަނަސް ރަނގަޅު ވާނޭ. އަހަރެން ފާރުމަތިން ފޭރުގަހުން ބެލްކަންޏަށް އަރާތީއޭ ކިޔައިފަ ކަލޭ ކީއްކުރަންތަ މިހެން އަރަންވީ؟” އޭނާ ވަނުމުން އަހަރެން ދޮރު ލައްޕާ އަލުން ދޮރުފޮތި ކަހާލީމެވެ. “އަހަރެން ލަދުގަންނާނެ ދޯ ރިފްގެ އާއިލާ އާއި އެހާ އަވަހަށް ބައްދަލުކުރަން. ނަން މަޝްހޫރު ހޭޝްޓެގް ކޮންޕެނީގެ ވެރިޔާ އާއި އޭނާގެ ފަތްމިންޏެއްހާ ރީތި އަނބިކަނބަލުންނާއި ބައްދަލުކުރަން ދެން ކެރޭނެތަ؟” އޭނާ ބުނެލިއެވެ. 

“ހޫން. އަންހެން ކުދިންގެ ބަފައިން ގާތުން ވަލީ ހޯދަން ޖެހޭނީ ކަލޭ އެއް ނޫންތަ؟ ލަދު މަލަކަށް ވުރެ ކަންތައް ފަލައިއްޔާ ފިރިހެނެކޭ ވެސް ނުކިޔޭނެއްނު.” އަހަރެން އޭނާގެ ބޮލުގައި ފުއްޓަތްކެއް ޖެހީމެވެ. “ޕިސްޕިސް. މަ އެހާ އަވަހަކަށް ނޫޅެމޭ މީހަކާ އިންނާކަށް. އަނެއްކާ ރިފް ބޭނުންވީތަ އަހަރެންނާއި ކައިވެނިވާން؟ ޗިލް ބްރޯ! ޑޯންޓް ރަޝް އިޓް. އައިމް އޯލް ޔުއާރސް.” ދެލޯ ހަނިކޮށްލަމުން އޭނާ ބުނެލިއެވެ. “އެނޮއިން ކެޓްގަނޑާ. މަ ނުބުނަން ދޯ މަށާ އިންނާށެކޭ.” އަހަރެން އޭނާއަށް ދެލޯ އަޅާލީމެވެ. 

“ދެން ތަނަކުން އެހެން އަންހެން ކުއްޖަކު ހޯދާފަ އިންނަން ވީތަ؟ އެކަމެއް މާކަ އުނދަގުލެއް ނުވާނެ.” އާހިލް ބުނެލިއެވެ. “ދޭންން… އައިމް އޯލް ޔުއާރސް އޭ ކިޔާފައި އެހެން މީހެއްގެ ޙައްޤަކަށް ވާނީ ތަ؟ ހާދަ ނުލަފަޔޭ. އަހަރެންގެ ހިތާ ކުޅެލައިފަ ބަޗައިގެން ނުވާނެ.” އަހަރެން ތުން ދަމާލީމެވެ. “ދެން މަޖަލަކަށޭ. ސްވީޓް ހާރޓް އާ އަހަރެން އިންނާނީ.” އޭނާ ބުނެލިއެވެ. އަހަރެން ދެން ވެސް ކަޅި އަޅާލީއެވެ. އޭނާ ދައްކާ ވާހަކަ ގަބޫލު ނުކުރާ ކަހަލަ ގޮތަކަށެވެ. އެ ސޮރު އަހަރެން ލޮލަށް ކަޅި ޖަހާ ނުލައި ބަލަން ހުރީއެވެ. 

“މިހާރު ސޭކެއް ހެން ބަލަހައްޓައިގެން ތި ހުރިއްޔޯ؟” އަހަރެން މަލާމާތުގެ ރާގަކަށް ބުނެލީމެވެ. “ތި ދެލޯ ރީތިކަމުން ބަލަނީނުން. އެނގޭތަ؟ އަހަރެން މާ ގިނައިން ރިފް ރުޅި އަރުވާލާ ހިތްވަނީ އެ ސަބަބަށޭ. އަހަރެންނާއި ދިމާލަށް ކަޅިއަޅައިގެން ހުންނައިރު ތި ޖާދޫވީ ދެ ލޯ ފެންނާތީ. އެންމެ ފުރަތަމަ ވެސް އަހަރެން ތި ދެ ލޮލުގައި ވިއްޔާ އަޅައިގަތީ.” އާހިލް ބުނެލިއެވެ. އަހަރެން ވަގުތުން އިސް ތިރިކޮށްލީމެވެ. އެހެން ފަރާތަކަށް ނަޒަރު ބަދަލު ކޮށްލީމެވެ. 

“ހެހެހެ… އެހާ އަވަހަށް ލަދުގަތީ ތަ؟ ބަލަ އަހަންނާ އިންނަ ހިތުން އުޅޭ މީހަކު ތި ގޮތަށް އުޅުނީމަ ކައިވެނިކޮށްގެން އަދި ކިހާ ވަރެއް ވާނެ.” އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލިއެވެ. ކަޅުކުލައިގެ އެ ކަޅިރަވައިގެ ތޫނުކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. “އޭތް. މިތަނަށް އައީ ތި ކަހަލަ ބޭކާރު ވާހަކަ ދައްކާކަށް ނޫނޭ. ދެން ވެސް މަސައްކަތް ފަށަން ހިނގާބަލަ.” އަހަރެން ދުރަށް ޖެހިލަމުން ގޮނޑީގައި އިށީންނަން އިޝާރާތް ކޮށްލީމެވެ. އަދި ޖީބުން ފޯނު ނަގާ ހޫދަށް ގުޅާލީމެވެ. 

“އައްސަލާމު ޢަލައިކުމް. ވައިޓީ. ޓްރައިނިން ނިންމާފައި މިގެއަށް އާދެވިދާނެތަ؟” ހިތް އަވަސްވެފައި ހުރި ވަރުން ވާހަކަ ދެއްކުނީ ވެސް ނިކަން އަވަހަށެވެ. އޭނާ އޯކޭ އޭ ބުނަމުން ފޯނު ކަނޑާލިއެވެ. އެ ވަގުތު ޝެހެނާޒު އައިސް ކޮޓަރިއަށް ވަނެވެ. ހިތާ ހިތުން އޭނާއަށް ޝުކުރު ކުރަމުން އަހަރެން މޭޒު ދޮށުގައި އިށީނދެލީމެވެ. 

“އަހަރެން މިރެއަށް އެ ގޭގެ ސެކިޔުރިޓީ ޑިސޭބަލް ކޮށްލާނަން. އެކަމު ގޭތެރެ ހުންނަ ގޮތެއް އެނގިގެންތާ އެ ގޭގެ އެތެރެ ފާސްކުރެވޭނީ. ގޭގައި އުޅޭ މީހުންނަށް ނުފެނި މި ކަން ކުރާނެ ގޮތެއް ވާނެތަ؟” އަހަރެން ފުރަތަމަ ވާހަކަ ދެއްކީމެވެ. “އަހަރެންގެ އަތުގައި އެބޮތް އެ ގޭގެ މެޕެއް. އޭތި ބޭނުން ކުރެވިދާނެ. ހިޔާން އެއްފަހަރު އަހަރެން އެ ގެ ހުންނަ ގޮތް ބަލާލަން ބޭނުމޭ ބުނީމަ ގެންދިޔަ. އެގެ ބޮޑުކަމުން ހިނގައި އުޅެން ތަކުލީފަކަށް ވީމަ އޭނާ ދިން އެއްޗެއް އެއީ.” ޝެހެނާޒު ބުނެލިއެވެ. 

“އެންމެ ރަނގަޅެއްނު. ތިޔަހެން ވިއްޔާ ތި ގޭގައި ހިނގަން ވެސް ޝަހިކްސް އަށް އެނގޭނެއްނު.” އާހިލް ބުނެލިއެވެ. އަހަރެން އެދުނީ އެ މެޕު ދިނުމަށެވެ. ލެޕުން އެ އަޅުވާލީމެވެ. ހަތަރު ފުލޯ މައްޗަށް ނަގައިފައި ހުރި އިރު އެގޭގައި އުޅެނީ އެ އާއިލާ އެކަންޏެވެ. ކުރިން ދުވަހަކު އަހަރެން ވެސް އެގެއަށް ދިޔައީމެވެ. އެކަމަކު އެ ގޭގެ ތެރެއެއް މާ ވަރަކަށް ނުބަލަމެވެ. ގެއަކީ ޖާގަ ތަނަވަސް ގެއަކަށް ވުމުން އެއްކޮށް ފާސްކުރަން ވެސް އުނދަގޫވާނެއެވެ. 

“އޭތް! އޭ ގޭގައި އުޅޭނެ ދިހަ ސެކިޔުރިޓީ ގާޑުން ވެސް. ދެން ހުންނާނީ ވަރަށް ކޮމްޕްލިކޭޓެޑް ސްމާޓް ސެކިޔުރިޓީ ސިސްޓަމެއް. ދެ ވައިޓް ހެޓް ހެކަރުން އެ ބަލަހައްޓާނެ.” ޝެހެނާޒު އިތުރަށް ބުނެލިއެވެ. “ދިހަ ސެކިޔުރިޓީ ގާޑުންނޭ. ކަލޯ ހާދަ ބައިވަރެކޭ. އެމީހުންނަށް ނޭނގޭ ގޮތަކަށް އެމީހުން ހޭނައްތާލާފަ ވެސް ލާނެ ތަނެއް ނެތެއްނު. އެހާ ގިނަ މީހުން އެކަމަށް ގެންގުޅެން ޖެހޭ ތަ؟” އަހަރެން ޗުސް ތަޅާލީމެވެ. “އެ ސެކިޔުރިޓީ މަތި ތަނަށް ވަންނަން ކިހާ އުނދަގޫ ވާނެތަ؟ އަހަރެންނަކަށް ހިޔެއް ނުވޭ ތިކަމެއް ވާނެ ހެންނެވެ. ރިފް އަކަށް ވެސް ދެ ވައިޓް ހެޓް ހެކަރުން ހުއްޓަކާ އެ ސްމާޓް ސިސްޓަމެއް ނިވައެއް ނުލެވޭނެއްނު.” އާހިލް ބުނެލިއެވެ.

“އޭތް! އަހަރެންގެ ދަރަޖަ ތިހާ ދަށް ނުކޮށްލާތީ. ދޭއް ކީއްކުރަން. ތިރީސް މީހުން ތިއްބަސް އެމީހުންނަށް ނޭނގޭނެ ގޮތަކަށް އެ އެއްޗެހި ޑިސޭބަލް ކޮށްލެވިދާނޭ. އެކަމާ ހާސްވާނެ ކަމެއް ނެތް. އެމީހުންގެ ލޯމައްޗަށް ރޭގަނޑު ދުވާލަށް ހަދާލަން އަހަރެން ދަންނަމޭ.” އަހަރެން ބުނެލީމެވެ. “އެހެން ނޫނަސް ކީއްކުރަންތަ މުޅި ގެ ފާސް ކުރަންވީ. ރޭރުގެ ސްޓަޑީ ރޫމާއި އޭނާގެ އޮފީހާ ކޮޓަރި ބެލީމަ ރަނގަޅު ވާނެއްނު. ދެން ހުރި ތަންތަނަށް އެކަހަލަ އެއްޗެއް ލާނެހެން ހީވޭތަ؟” އާހިލް ބުނެލިއެވެ. “އާނ. މުޅި ގެ ބަލަން އުޅެފިނަމަ ފަސޭހައިން ބަސްޓުވާނެ.” ޝެހެނާޒު ވެސް އޭނާގެ ބަހަށް ތާއީދު ކުރަމުން ބުނެލިއެވެ. 

“ކިހިނެއް އެނގޭނީ އެއިން މީހަކު އެތަނުގައި އުޅޭނެ ކަމެއް ނުވަތަ ނޫންކަމެއް؟” މަސައްކަތުގައި އިނދެފައި ޝެހެނާޒު ބުނެލިއެވެ. “އެ ރޭރެއް ނޫޅޭނެ ގެއަކު. ތިން ދުވަސް ކުރިން އޭނާ ތައިލޭންޑަށް ފުރި. އެ ބުރުގައި އެހެން ޤައުމުތަކަކަށް ވެސް ދާނެ ކަމަށް އަޑުއެހިން. މިއަދަކު ނާންނާނެ.” އަހަރެން ބުނެލީމެވެ. ދެން އުޅެގަތީ އެގެއަށް ވަދެ ނުކުންނާނެ ރޫޓެއް ކުރަހާލެވޭތޯއެވެ. މީހަކު އަންނަ ނަމަ ފިލާނެ ތަނެއް ވެސް ވަކިކުރަމުން ދިޔައީމެވެ. އެއީ ޝެހެނާޒު ކުރަމުން ދިޔަ ކަންތަކެވެ. އަހަރެން ބެލީ ފާހަގަ ކުރެވުނު ތަންތަނަށް އެތަނުގެ ސެކިޔުރިޓީ އޮފްކޮށްގެން ވަންނާނެ ގޮތެކެވެ ދެން ވެސް އެކަމާއި ގުޅުންހުރި އެކި ކަހަލަ މަސައްކަތް ތަކުގައި ތިބީމެވެ. 

އަހަރެމެން މެދުކަނޑާލީ މެންދުރު ނަމާދަށެވެ. އާހިލް ސޮރު ނަމާދަށް ދާން ވެސް ނުކުތީ ބެލްކަނިންނެވެ. ވަރެއްގެ ސޮރެކެވެ. އަހަރެން ޝެހެނާޒާއި އެކު ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިންމައިފައި އަހަރެން ނުކުތީމެވެ. ކާން ޖެހޭނެ ތާއެވެ. އޭރު މޭޒުމައްޗަށް ހުރީ ކާން ނަގައިފައެވެ. ގާލިކް ސްޕެގެޓީ އާއި އެކު ފިހުނު ކުކުޅެވެ. ދެން ހުރީ ތަރުކާރީ ބަތާއި އެކު ބިސް ރިހައެވެ. މި ގޭގައި ކޮންމެ ދުވަހަކު ވެސް މި ކަހަލަ ގޮތަކަށް ކައްކާލާނެއެވެ. މަންމަ ގޭގައި ހުރުމުން ކައްކާ ހިތްވަނީއެވެ. އެކަމުގައި މާމަ ވެސް ނޫރީން ވެސް އުޅޭނެއެވެ. ފަރުހާ އަކީ ނާރުގެ ޑަކުޓަރަކަށް ވުމުން ބިޒީކޮށް އުޅޭނީ އޭނައެވެ. ދެން އަހަރެން ދޯއެވެ. އަހަރެންނަކީ އަމިއްލައަށް މަސައްކަތުގެ ކަނޑަކަށް ޣަރަޤުވެގަންނަ މީހެކެވެ. 

“މަންމާ. މިއަދު އަންނާނެ އާހިލް. އޭނާ ގާތު ބުނާނަން ކާން އަރާށޭ.” މަންމަ ގާތު އަހަރެން އެހެން ބުނެފައި އެކީ ނުކުމެގެން ދިޔައީމެވެ. ބޮޑު ދޮރުން ބޭރަށެވެ. ދެން އަސްރަފީވިލާގޭގެ ބޮޑު ގޭޓުން ބޭރަށެވެ. ދެން ބޭރުގައި މަޑުކޮށްލައިގެން ހުރީ އާހިލް އަންނަން ދެނެވެ. މަގުގެ ދެކޮޅު ބަލައިލީ އޭނާ ހިނގައިފައި އަންނަ ތަން ފެނޭތޯއެވެ. އޭނާ ނުފެނުމުން އަހަރެން ފޯނު ނަގައިފައި އެ ހާވަން ހުރީމެވެ. އޭނާ އައި އިރު ވެސް ރެއަކާ ނުލައެވެ. 

“ކަލޭ މިތަނުގަ ހުރިއްޔޯ؟” އޭނާ އެހިއެވެ. “ކަލޭ އަންނަން ދެކަށެއްނު. އާދޭ. މަންމަ އެބަހުރި ކާން ހަދައިފަ.” އަހަރެން ގޭޓު ހުޅުވައިފައި އެތެރެއަށް ވަންނަން އިޝާރާތްކޮށްލީމެވެ. އޭނާ ދެކޮޅު ހެދުމުން އަތުގައި ހިފައިފައި އެތެރެއަށް ވެއްދީމެވެ. ދޮރު ކައިރީގައި ނޫރީން ހުރި ކަން ރަނގަޅެވެ. އަހަރެން އާހިލްގެ އަތުން ދޫކޮށްލައިފައި އެތެރެއަށް ވަނީމެވެ. 

“މިއީ ދޯ ރިފް ގެ އާލް އަކީ. އާދޭ އަވަހަށް އެތެރެއަށް. ރިފް އަލުން ހޭލައްވާލީތީ ވަރަށް ޝުކުރުވެރިވަން. ހިނގާ ކާން.” ނޫރީން އައިސް އާހިލް ގާތު ކާން އައުމަށް އެދުނެވެ. އާހިލް އެތެރެއަށް ވަދެގެން ދިޔައީ ނޫރީނާއި އެކު އައުން ނޫން އެހެން ގޮތެއް އޭނާއަށް ނޯންނާނެތީއެވެ. 

އަހަރެން ގޮސް ކާ ކޮޓަރީގެ ދިގު މޭޒުގެ އަންހެނުން ތިބޭ ފަރާތުގައި އިށީނީމެވެ. ޝެހެނާޒު ވެސް އޭރު ކާން އައިސް އިނެވެ. އަހަރެން އޭނާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނީމެވެ. އާހިލާއި އެކު ހެން ގިނަ މީހުން ކާން އައިސްފިއެވެ. އެންމެން އިށީނުމުން އަހަރެން ކާން އަޅައިފައި ފެށީމެވެ. ތަރުކާރީ ބަތާއި ބިސް ރިހައެވެ. ދެން ކުކުޅު މަސް ކޮޅެއް ވެސް ލީމެވެ. “އާހިލް. ދަރިފުޅާ މިހާރު ކިހިނެއްތަ؟” މަންމަ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. 

“ދަރިފުޅޭ؟” އަހަރެން އަހާލީމެވެ. “ރަނގަޅު.” އާހިލް ޖަވާބު ވެސް ދީފިއެވެ. “އަޅެ މިއެއް ނޫންތަ ދަރިފުޅު އިންނަން ބޭނުންވާ ކުއްޖަކީ. މަންމަ ހިތްހަމަ ނުޖެހޭ މާގިނަ ދުވަހު ރައްޓެހިވެގެން އުޅޭކަށް. ތިހިރީ އަށާރަ އަހަރު ވެފައެއްނު. އަވަހަށް ކައިވެނި ކުރީމަ ރަނގަޅު ވާނެ.” މަންމަ ވާހަކަ ދެއްކި ގޮތުން އަހަރެން އެ ދިމާލަށް ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. “ދެން މަންމާ! އަހަރެން ނޫޅެމޭ މީހަކާ ރައްޓެހިވެގެންނެއް. އާހިލަކީ ވެސް ހަމަ އަހަރެންގެ އެކުވެރިއެކޭ.” އަހަރެން ބުނީމެވެ. 

“ހޫން. ރިފްޤާ ބޭނުން ގޮތެއް. އެކުވެރިއަކަސް އަހަރެން ބަލާނީ ދަރިއެއްގެ ގޮތުގައި. އާހިލް ދޫންޏާ. ގިނަގިނައިން މި ގެއަށް އަންނަންވާނެ. ހޫދު ކުއްޖަށް ވެސް ރަނގަޅެއްނު އިތުރު އެކުވެރިއެއް ލިބުނީމަ.” މަންމަ ބުނެލިއެވެ. މަންމަ އަހަރެންގެ ގާތް އެކުވެރިން ވެސް ބަލާނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ބުނަމެއްނު ހެއްޔެވެ؟ ހަމަ ހިތްހެޔޮ ކަމުގައި ހައްދުން ނައްޓައިފައެވެ. 

ކައި ނިމުމުން އަހަރެން ކޮޓަރިއަށް ދާން ސިޑިން އަރަން ފެށީމެވެ. “ރަފައްތީ! މިއަދު ހިނގާބަލަ އަމާޒަށް ތީރު ޖަހާ ގޭމު ކުޅެން.” އެ ފްލޯ އަށް އެރުމާއި އެކު ރައުލް އައިސް އަހަރެންގެ އަތުގައި އެލިގަތެވެ. އަހަރެން އެ ސޮރު އުފުއްލާލައިގެން ގެންގޮސް އެތަނުގައި ހުރި ސިޓިންރޫމު ސަރަންފީއަށް ލީމެވެ. “މިއަދު ވަރަށް ބިޒީ އޭ. ދޭބަލަ ނިރީ ގާތަށް. ރަލްގެ ދޮންތި ވެސް ފޫހިވާނެއްނު.” އަހަރެން ރައުލް އާއި ވާހަކަ ދެއްކީ ނިކަން ލޯބިންނެވެ. ދެން އެއަށްފަހު ކޮޓަރިއަށް ވަނީ މަސައްކަތް ކުރިއަށް ގެންދާށެވެ. 

“މިހާރު ދެން ވާ ވަރަށް ޕްލޭން ކުރެވިއްޖެއްނު. ދެން މިރޭ ވާނެ ގޮތެއް އެނގިދާނެތާ؟” ފުން ނޭވާއެއް ލައިފައި ހޫދު ސޯފާ އަށް ވެއްޓިގަތެވެ. އޭރު އިރުއޮއްސި ހައެއް ޖެހީއެވެ. އަހަރެން ވެސް އިނގިލިތަކަށް ދަމާލައިފައި އެނދުގައި އިށީނދެލީމެވެ. “ދެން ދަނީއޭ. މިރޭ އެގާރަ ޖަހާއިރު ހަތަރު ވަނަ ފިޔަވަހީގަ ހުންނާތި. ގަޑިއަށް އަންނަން ޖެހޭނެ.” މިފަހަރު އާހިލް ދިޔައީ ކޮޓަރީގެ ދޮރުން ނުކުންނާށެވެ. އޭނާ އާއި އެކުހެން ހޫދާއި ޝެހެނާޒު ވެސް ނުކުމެގެން ދިޔައެވެ. 

އަހަރެން ތެދުވެ މޭޒުމަތި ތަރުތީބު ކޮށްލީމެވެ. މިރޭ ދަމުން ގެންދާނެ އެއްޗެހި ނަގައި ތައްޔާރުކޮށްލީމެވެ. އޭގެ ފަހުގައި ނަމާދަށް އެރީ ބަންގި ގޮވުމުންނެވެ. ދެން އިށީނީ ޤުރުއާން ކިޔަވާލާށެވެ. ކަހަފް ސޫރަތެވެ. ހުކުރު ވިލޭރޭ ކަހަފް ސޫރަތް ކިޔުމަކީ ވަރަށް ފައިދާ ކުރަނިވި ކަމެކެވެ. އެއީ ދެ ހުކުރު ދެމެދުގައި އިންސާނާގެ ހިތުގައި ނޫރެއް ލައްވާނޭ ކަމެކެވެ. 

އިޝާ ނަމާދަށް ފަހު ކައިގެން އަހަރެން ކޮޓަރިއަށް ވަދެ އަރާ އޮށޯވެ ނިދީއެވެ. ދިހައެއް ޖަހާއިރު ތެދުވަންނަން އެލާމު ކޮށްފައެވެ. ރޭގަނޑު ހޭލާ އުޅޭ އިރު ކުޑަކޮށް ނަމަވެސް އަހަރެން ނިދާލުން މުހިންމުވީމައެވެ. ނިދި ހަމަކުރަން ވެސް ޖެހޭނެތާއެވެ. އެހެނަސް އެއް ދުވަސްކޮޅެއްގައި ރަނގަޅަށް ނުނިދާ މަސައްކަތުގައި އުޅެން ޖެހުނެވެ. އެއީ އުތުރުގެ ރަށްތަކަށް ދަތުރުކޮށްފައި ދިޔަ ދުވަސްކޮޅެވެ. އޭރު ޓްރައިނިން ވެސް ހަދަމުން ދާތީ ދެ ކަމުގައި އުޅެން ޖެހުމުން ވީ ގޮތެވެ. އެ ޙާލެއްގައި އުޅުނީ އަހަރެން އެކަންޏެއް ނޫނެވެ. ހޫދު ވެސް ހަމަ އެފަދައިންނެވެ. 

ނިމިދިޔަ އަހަރުގެ ޓްރައިނިން އިން ހޫދު ފާސް ނުވީ ޑެސްކު ބަޔަށް ކުޑަކޮށް ދަށްވުމުންނެވެ. ވަކިން ޚާއްޞަކޮށް ސައިކޮލޮޖީ ބައިންނެވެ. ހޯރަފުށްޓަށް ގޮސް ހިދާޔާ ކަހަލަ ސައިކޮލޮޖިސްޓަކާއި އެކު މަސައްކަތް ކުރުމުން އަހަރެންނަށް އެ ބައި ފަސޭހަ ވިއެވެ. ޑެސްކު ޓްރައިނިންގެ ބައެއް ބައިތަކާއި އަހަރެންނަކަށް ގަޔާއެއް ނުވެވުނެވެ. އެހެނަސް އެއްފަހަރުން އެ ހުރިހާ ބަޔަކުން ފާސް ވީތީ އަހަރެން އަޖައިބުވެ އަންތަރީސް ވިއެވެ. އެކަމާއި ހެދި ރަވާނަށް ވަރުގަދަ ފޯރިގަނޑެއް އަރައިގެން އުޅުނެވެ. އޭނާ ފާސް ނުވެގެން ތިން ހަތަރު އަހަރު އެ ޓްރައިނިންގައި އުޅެން ޖެހުމުން ކަޑަ ވީއެވެ. ސަބަބަކީ އޭނާ އަށް ނުވި ކަމެއް އަހަރެން ކަހަލަ ކުޑަ އަންހެން ކުއްޖަކު ކުރީމައެވެ. 

އަހަރެން ތުރާކުނުގައި ހުއްޓާ ގެއްލުމުން އަހަރެންގެ މަޢުލޫމާތު ގިނަ ބަޔަކަށް އެނގިގެން ދިޔައެވެ. އެކަމުން އެންމެ ބޮޑަށް ސިހުނު އެކަކަކީ ހިދާޔާއެވެ. އޭނާއަށް އަހަރެންނަކީ އެންމެ ސަތާރަ އަހަރުގެ އަންހެން ކުއްޖެއް ކަން އެނގުމުން ހައިރާން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަހަރެންނަކީ އެވަރުގެ މީހަކަށް ވެދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. އެއީ އަހަރެން ވެސް އެހެން ސައިކޮލޮޖިސްޓުން ނެކޭ އެއްފަދައިން އެކި ޕޭޝަންޓުންނަށް ނަފްސާނީ ބަލީގެ ވައްތަރުތައް ރަނގަޅަށް ޑައިގްނޯޒް ކޮށް ފަރުވާކުރީމައެވެ. ނުވީތާކަށް އަހަރެންގެ ޚިދުމަތް ރަނގަޅު ވެފައި އަހަރެން ބެލެހެއްޓި ބައެއް ޕޭޝަންޓުން ރަނގަޅު ވެފައި ވެސް ވާތީއެވެ. އެހާ ކުޑަ ވަގުތު ކޮޅަކަށް ބޮޑުވަރު ތާއެވެ. އަހަރެން ހިދާޔާ އަށް ފުރިހަމައަށް އިތުބާރު ކުރި ނަމަވެސް އޭނާގެ ގާތަކު އަހަރެން ކުރާ މަސައްކަތުގެ ވާހަކައެއް ނުބުނަމެވެ. 

ފޯނު އެލާމުވާ އަޑަށް އަހަރެން ތެދުވީމެވެ. މޯޅިއަކަށް ދެމިލަމުން ގޮސް ފާޚާނާ އަށް ވަދެ ތާޒާވެލައިގެން ނުކުތީމެވެ. އެއަށްފަހު އަހަރެންގެ އެސޭސިއަން ސޫޓް ލީމެވެ. އެއީ މުޅި ހަށިގަނޑު ނިވާވާ ވަރުގެ އެއްޗެކެވެ. ހަމައެކަނި ފެންނަން ހުންނަ ދެލޯ ނިވާކޮށްލަން އަޅާނެ އައިނެއް ވެސް އޮވެއެވެ. ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލަމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު ދިހަ ގަޑި ތިރީސް ވެއްޖެއެވެ. ފަނަރައިގައި ހޭލެވުމުން ކުޑަކޮށް ލަސްވީއެވެ. އަހަރެން ގެއިން ނުކުތީ ލަސްވެފައި އިން ޝެހެނާޒު ގޮވައިގެންނެވެ. 

އަހަރެމެން ހަތަރުވަނަ ފިޔަވައްސަށް ދިޔައީ ސްކައި ލިފްޓުންނެވެ. އެރެއަށް ޚާއްޞަކޮށް އަހަރެން މޯލްޑިވިއަން ސެކިޔުރިޓީ އަށް ވެސް ހެކު ކޮށްލީމެވެ. އޭރުން އަހަރެމެން ރޭރުގެ ގެއަށް ވަންނަ އިރު އެއިން އެކައްޗަކަށް ވެސް ނާރާނެތީއެވެ. އެ އޯރގަން ސެލާސްގެ ގޮތެއް ނޭނގޭނެއެވެ. އެއަށް ވެސް އެކްސެސް ހޯދާލަފާނެއެވެ. އެއީ އަދި ފާޑެއްގެ ބައެއް ވިއްޔާއެވެ. އެ މީސްމީހުންގެ ގޮތެއް ނޭނގޭނެއެވެ. ދެން ދިރުން ހުރި ލޯތައް މަރާލުމަކީ ކުރެވޭނެ ކަމެއް ނޫންތާއެވެ. 

އަހަރެމެން އެންމެން ބައްދަލުކުރަން އެއްބަސްވި ގަސްދޮށަށް ދެވުނު އިރު އާހިލާއި ހޫދު ހުރީ އައިހެވެ. “ތިމީހުން ގާތު ބުނިންދޯ ގަޑިއަށް އަންނާށޭ. ބަލާބަލަ. މިހާރު އެއޮއް އެގާރަ ގަޑި ހަތަރެއް ހިނގީ.” އާހިލް ނުރުހުންތެރިކަން ފާޅުކުރިއެވެ. “ޕިސްޕިސް. ދެން ދޯ! އެންމެ ހަތަރު މިނެޓް ލަސްވިޔަސް ކަމެއް ނުވާނޭ. ދެން ވެސް ހިނގާބަލަ އެ ގެއަށް ވަންނަން. ނަސީބެއްނު ވަދެވޭނެ ވަލުދޮރާއްޓެއް ހުންނަކަން.” އަހަރެން ބުނެލީމެވެ. 

އެ ވަލު ދޮރޯށިން އެތެރެއަށް ވަދެގެން ގޮސް އަހަރެމެން އެގެއަށް ވަނީ ކުޑަދޮރަކުންނެވެ. ހަމައެކަނި ސްމާޓް ޓެކްނޮލޮޖީގެ ތަޅެއް ކަމުން އަހަރެންނަށް ފަސޭހައިން ހުޅުވުނީއެވެ. އެތަނުން ވަދެވުނީ ކާ ތަކެތި ރައްކާކުރާ ތަނަށެވެ. މިތަނާއި ދުރުގައި ބަލަން ބޭނުންވާ ތަންތަން ހުރުމުން އަހަރެމެން ލަސްލަހުން ނުކުންނަން ދިޔައީމެވެ. ލުކް ސްޓްރޯ ބޭނުން ކޮށްގެން ބަލަ ބަލައިފައި އެއްވެސް މީހެއް ނުފެނުމުން އެ ކުޑަ ބިންގަރާހެއް ކަހަލަ ތަނުން ނުކުތީމެވެ. 

އަހަރެމެންނަށް ނިކުމެވުނީ ދިގު ކޮރިޑޯ އަކަށެވެ. ނަސީބަކުން އެތަނުގައި އެވަގުތު އެކަކުވެސް ނެތެވެ. ބަލައިގެން ލަސްލަހުން، ވަރަށް މަސައްކަތުން ސިޑިގޮޅިން މައްޗަށް، ތިންވަނަ ބުރިއަށް އެރީމެވެ. ޒިރާރުގެ ކޮޓަރި ހުރީ މިތަނުގެ އެންމެ ފަހަތުގައި ކަމުން އެދިމާއަށް މިސްރާބު ޖެހީއެވެ. އުޅުނު ގާޑުގެ ހަރަކާތަކަށް ފަރުވާތެރިވަމުން ގޮސް ފަހަތުން އޭނާ ހޭނައްތާލީ ފެއިންޓް ސައުންޑް ބޭނުން ކޮށްގެންނެވެ. އޭރު ދެން ތިބި މީހުން ގޮސް އެ ކޮޓަރިއަށް ވަނީއެވެ. އަހަރެންވެސް ލަސްލަހުން އެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހީމެވެ. މިއީ އެހެން ކޮޓަރިތައް ވެސް ހުންނަ ބަރި އެވެ. ޒިރާރުގެ ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލުމައި އެކު ފަހަތުން މީހަކު އަހަރެންގެ އަނގަމައްޗާއި ވީ ދިމާލުން އަތް އަޅައިފައި ކައިރީގައި ހުރި ކޮޓަރިއަށް ވެއްދިއެވެ. އަހަރެން އެގެއިން މީހަކަށް ބަސްޓުވީ ތާއެވެ. އެއީ އަނެއްކާ އެހެން ގާޑެއް ހެއްޔެވެ؟ ކަންތަކާ ޖެހުނީ އެވެ. އަހަރެން ބަސްޓުވީމާ ރޭރަށް އެ ދެވުނީ ކަމެއް ކުރަން އުޅޭ ކަމުގެ ރަތް ސިގުނަލެވެ. ކުރާނެ ކަމެއް ނެތެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މާދަމާވެސް ލޯމަރާލަން ޖެހިދާނެއެވެ

Next

އިންސާފް (ސައުރަތިރީސްވަނަ ބައި)

Next
January 3, 2025

އިންސާފް (ސައުރަތިރީސްވަނަ ބައި)

Previews
January 3, 2025

މާދަމާވެސް ލޯމަރާލަން ޖެހިދާނެއެވެ

20 Comments!

  1. Anonymous says:
    January 3, 2025 at 2:33 pm

    Realky Love this part ❤️
    So proud of your hardwork white rose
    You definitely brought me a big smile today 😁
    When next ?

    1. White rose White rose says:
      January 3, 2025 at 5:22 pm

      Shukran Anonymous..
      IA next week.

  2. No one 007 says:
    January 3, 2025 at 2:33 pm

    Realky Love this part ❤️
    So proud of your hardwork white rose
    You definitely brought me a big smile today 😁
    When next part?

    1. White rose White rose says:
      January 3, 2025 at 5:23 pm

      Shukran No one 007..
      IA next week.

  3. ^-^ says:
    January 3, 2025 at 3:02 pm

    When next???

    1. White rose White rose says:
      January 3, 2025 at 5:23 pm

      I’ll submit on next week IA.
      Thnx ^-^

  4. Cutie girl says:
    January 3, 2025 at 5:21 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aahil and rifga gulhuvachey
    Hiyaan and naaz dhuru nukurachey
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Love you fav author

    1. White rose White rose says:
      January 3, 2025 at 5:23 pm

      Shukran Cutie girl.

  5. Lara says:
    January 3, 2025 at 6:56 pm

    Mi part ves varah reethi
    When next part
    Love it ❤️❤️❤️

    1. White rose White rose says:
      January 4, 2025 at 10:14 am

      Shukran Lara.
      Next week IA

  6. Your fav bab says:
    January 3, 2025 at 8:52 pm

    Oh my god!!!
    Very nice and interesting !!!
    I think it’s hiyanee!!!!!
    Hehhehehehehe!!!!!
    When next???

    1. White rose White rose says:
      January 4, 2025 at 10:15 am

      Hiyani ah ves vedhaane.
      Shukran Your fav bab.

  7. :) says:
    January 4, 2025 at 7:25 pm

    Who is faruha?

    1. White rose White rose says:
      January 5, 2025 at 2:41 pm

      eii kaaku kan engeyne next part ga

  8. No one 007 says:
    January 5, 2025 at 12:24 pm

    Hi white Rose could we please get an exact day you will submit next part please 🥹🥹🥹🥹

    1. White rose White rose says:
      January 5, 2025 at 2:44 pm

      Monday ga submit kohlaanan.
      Shukran No one 007

  9. ^-^ says:
    January 5, 2025 at 5:31 pm

    Alheyy im so impatient…this story is fantastic

    1. White rose White rose says:
      January 6, 2025 at 5:24 am

      Hehe, miadhu libeyne kanne kiyaalan.
      Shukran ^-^

  10. Kai says:
    January 6, 2025 at 4:26 pm

    Im impatiently waiting

    1. White rose White rose says:
      January 7, 2025 at 1:20 pm

      Mihaaru upload kohlaafa iny.
      Shukran Kai

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 45←


All Right Reserved!