ޙަޤީޤަތް ހޯދުމޭ 42
“އާލް! ދެން ކޮން ދުވަހަކުން ތަ ހޭ އަރާނީ. އަހަރެން އެކަނި މި ކަންކަމާއި ކުރިމަތިލާން ޖެހުނީމަ ހާދަ އުނދަގުލޭ. ހުވަފެނުގައި ވެސް ކޮންމެ ރެއަކު އެމީހުން އަހަރެންނަށް އުނދަގޫ ކުރޭ. ބިރު ވެސް ދައްކާ. ދެން އާލް! މިތަނުގައި ތިހެން އޮންނަ ތަން ބަލަން އަހަރެންގެ ހިތަކަށް ކެތެއް ނުވޭ. ހަސްފަތާލުގެ މެޝިނު ތަކުގެ އެހީގައި ދިރި ހުންނަ މަންޒަރު ފެނި އަހަރެންގެ ހިތް ލޭކަރުނަ އަޅާ ރޮމުން ދޭ. ކުރީގައި ޤަބޫލުކުރަން ބޭނުމެއް ނުވި މި ހިތުގައި އުފެދުނު އިހުސާސް ތަކަކީ ތެދުވެރި ލޯބިކަން ކަމެއް. އަހަރެން އޭރު ދުލުން ނަފުރަތު ކުރަމޭ ބުނި ކަމަށް ވިޔަސް މިހާރު ޤަބޫލުކުރަން އެއީ ދޮގެއް ކަމަށް. އަހަރެންނަށް ވެސް އާހިލް ދެކެ ލޯބި ވެވިއްޖެ. ދެން ވެސް ތިހެން ނޯވެ ތެދުވެ ބަލަ.” އަހަރެންގެ ހިތުގައި ވީ ވާހަކަތައް އެއްފަހަރާ ބަންޑުން ކޮށްލީމެވެ. އެވަގުތު ވީގޮތަކުން ސިހިފައި ގޮނޑި ވެސް ވައްޓާލައިފައި ތެދުވެވުނެވެ. ހީވީ މީހަކު އަހަރެންގެ އަތަށް ފިތާލީ ހެންނެވެ.
އޭރު އެނދުގައި ފަނޑު ހިނިތުންވުމެއް ދީގެން އޮތީ އާހިލެވެ. އެ އަނދިރި ރޭގަނޑެއް ފަދަ ދެލޯ ފެނުމުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. ޑަކުޓަރަށް ގޮވަން ދާން އުޅެނިކޮށް އެކަން ހުއްޓުވާލީ އޭނާއެވެ. އުނދަގުލުން ނަމަވެސް އޭނާ ތެދުވެ ހަށިގަނޑު ސީދާކޮށްލައިގެން އިށީނެވެ. ދެން އަހަރެންގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. އަހަރެން ހުރީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނާ އަހަރެންގެ ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އަހަރެންގެ ދެ ލޮލަށް ފުން ނަޒަރެއް ދިނެވެ.
“އޭ. ބުލޫ އައި ސްޓޯކާ އެކޭ ނުކިޔޭނެ ތި ހަޑި ލެންސު ލެއްވީމައެއް.” މޫނު ހަދާލަމުން އާހިލް ބުނެލި ގޮތުން އެތައް ދުވަހަކަށް ފަހު ފުރަތަމަ ފަހަރަށް އަހަރެންނަށް ހެވުނެވެ. އާހިލް ވަރަށް ފަރުވާތެރިކަމާއެކު އަހަރެންގެ ދެ ލޮލަށް ލައްވާލެވިފައިވާ ކަޅުކުލައިގެ ލެންސު ނެގިއެވެ. ދެން އަހަރެންގެ ދެ ލޮލަށް ބަލަން އެތައް އިރެއް ވަންދެން އިނެވެ. އެ ތޫނު ނަޒަރުގެ ސަބަބުން އަހަރެން ލަދުގަންނަ ގޮތް ވިއެވެ. “ޔޫ! މިހާރު ވާ ވަރަށް ބެލިއްޖެއެއްނު.” އަހަރެން އޭނާ އާއި ދުރުވެލީމެވެ.
“ރިފް އަށް ލަދުގަންނަން ވެސް އެނގޭދޯ. ބްލަޝް ވީމަ ހާދަ ރީއްޗޭ!” އާހިލް އަހަރެން އަތުގައި ހިފާ އިތުރަށް އޭނާގެ ގާތަށް ދަމާލިއެވެ. ދެމީހުން މޫނާއި މޫނު ޖެހޭ ހިސާބަށް ކައިރި ވުމުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ދެން އޭނާގެ ދެއަތް އަހަރެންގެ ބުރަކަށި މަތީ ވަށާލަމުން ކޮނޑުގައި ދަތްދޮޅި ޖައްސާލިއެވެ. “ސޮރީ! އަހަރެން ރިފް ގިލަންވެރިކަމެއްގެ ތެރެއަށް ދޫކޮށްލެވުނީ. އެންޑް ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެން ސަލާމަތް ކޮށްދިނީތީ.” އާހިލްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ލޯ މަރާލެވުނެވެ. އެ ވައިގަދަ ރޭގައި ސަލާމަތް ވުމަށްޓަކައި ތަޙައްމަލު ކުރަން ޖެހުނު ވޭނާއި އުނދަގުލުގެ މަތިން ހަނދާން ވުމުން ބޮލުގައި ރިއްސާލިއެވެ.
“ޑޯންޓް ރިމައިންޑް މީ އޮފް ދެޓް ކްރޭޒީ ނައިޓް. އަހަރެމެން ހަމަ ކިރިޔާ ސަލާމަތްވީ.” އަހަރެން ބުނެލީމެވެ. އަހަރެން އާހިލާއި ދުރުވެލީ އިރުކޮޅެއް ފަހުންނެވެ. ގޮސް ޑަކްޓަރަށް ގޮވާލުމުން ސިކުންތެއް ވެސް ލަސްނުކޮށްލާ ވިޔާމް އައެވެ. އެމީހުންނަށް ވަގުތު ދެމުން އަހަރެން އެ ކޮޓަރިން ނުކުތީމެވެ. ދެން ޖީބުން ފޯނު ނަގާ އެންމެ ފުރަތަމަ ވެސް ގުޅާލީ ރަވާނަށެވެ. ދެތިން ފަހަރު ރިންގުވެލައިފައި ފޯނު ނެގުމުން ވާހަކަ ދައްކަން ފެށީމެވެ. “ވިނަބެއްޔާ! އާހިލް. އާހިލް ހޭ އަރައިފި.” އަހަރެން ބުނެލީމެވެ. “ވާޓް! ހަމަ އަސްލަށް ތަ؟ ތިއްތި މި ދަނީ.” އެ ކޮޅުން ފޯނު ކަނޑާލުމުން އަހަރެން ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. އާހިލް ހޭ އެރުމުން އެކަމަށް މާތް ﷲ އަށް ޙަމްދުކުރަމުންނެވެ.
“މިހާރު އާހިލްގެ ޙާލަތު ރަނގަޅު. މާދަމާ ހެނދުނު ގެއަށް ދޫކޮށްލެވޭނެ. އަލްޙަމްދު ލިއްﷲ. ދެން މިހާރު އިތުރު އެއްވެސް މައްސަލައެއް ނެތް.” ޑޮކްޓަރ ވިޔާމްގެ ޖުމްލައިން އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އަދި އެ ކޮޓަރި ތެރެއަށް ވަދެލީމެވެ. އޭރު އާހިލް އެނދުގައި އިށީނދެ އިނީ ކުޑަކުއްޖެއް ހެން ތުން އޫކޮށް ލައިގެންނެވެ. އޭނާ ވެސް ހަސްފަތާލުގައި އެކަހަލަ ގޮތަކަށް އޮންނަން ނުރުހެނީ ތާއެވެ. އަހަރެން ގޮސް އޭނާގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނީމެވެ. ވަގުތުން އޭނާގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ.
“ރިފް ހަމަ ނުބުނަންތަ އެކަކު ގާތުގަ ވެސް އެ ހާދިސާގެ ވާހަކައެއް؟” އާހިލް ކޮށްލީ ސުވާލެކެވެ. އަހަރެން ބޯ ޖަހާލީމެވެ. “އަހަރެމެން ދެމީހުން ދުނިޔޭގަ ތިބިޔަކަ ދިނީ ވަރަށް ޝަރުތުކޮށްފަ. ބިރު ވެސް ދެއްކިއޭ. ހީ ތްރެޓްންޑް މީ ޓު ކިލް އޯލް އޮފް މައި ފެމިލީ އެންޑް ފްރެންޑްސް. ދެން ކިހިނެއް ކެރޭނީ ދުލުން އެފަދަ ލަފުޒެއް ބޭރުކޮށްލަން ވެސް. ކޮންމެ ރެއަކު ހުވަފެނުގަ އައިސް އިންޒާރު ދޭނެ. އަދި ރޭގައެއްނު. އަހަރެން އޮށްގާ ގޭންގު މީހުންނަށް ބެހޭތީ ޕައިން ފޮރެސްޓަށް ގެންގޮސްފަ އަހަރެން މަރާލަން ވެސް އުޅުނޭ.” އަހަރެން ލަސްލަހުން ބުނެލީމެވެ.
“ކީކޭ!” ހަރު އަޑުން ރަވާނު ބުނެލި އަޑަށް އަހަރެން ސިހިނުވަރުން މޫނު ވެސް ހުދުވާނެ ކަން ގައިމެވެ. ވަގުތުން ފަހަތަށް އެނބުރުނީމެވެ. ދޮރު ކުރިމަތީގައި ހުރީ ރަވާނެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ކަންބޮޑުވުމެވެ. ހިތާމައެވެ. “ރިފް!” އޭނާ އަހަރެންގެ ގާތަށް އައިސް ހާސްވެފައި ހުރެ އަހަރެން ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. އަދި އަހަރެންގެ ރޫޅާލެވިފައިވާ އިސްތަށިގަނޑު މަޑުމަޑުން އެއް ފަރާތް ކޮށްލިއެވެ. އަހަރެން ފަހަތަށް ޖެހިލައިފައި ކަނދުރާ ނިވާވާނޭހެން އެ އިސްތަށިގަނޑު އެއްކޮށްލީމެވެ. އެހެނަސް އޭނާއަށް އަހަރެންގެ ކަނދުރާގައި ވީ އަތުގެ ނިޝާން ފެނިއްޖެއެވެ. އިސް ތިރިކޮށްލަމުން ތުންފަތުގައި ދަތް އަޅާލީމެވެ. އެވަގުތު ކޮޓަރިއަށް އައިސް ވަނީ ޝެހެނާޒާއި ހޫދުގެ އިތުރުން މަލަކު އާއި ނައިލް އެވެ.
“ތިއްތި އަކީ ބޭރު ހިލޭ މީހެއް ތަ ކަންކަން ހިއްސާ ނުކުރަން. ކީއްވެގެންތަ އަދިވެސް ހުރިހާ ކަމަކާ އެކަނި ކުރިމަތިލަނީ އެ އޮށްގާ ގޭންގު މީހުންނަކަށް ނޫނޭ އިހަށް ބެހެންވީ. ރިފް އަށް ތި ހާލު ޖެއްސި ބައި މީހުންނޭ އަތުލައިގަންނަން ވީ.” ރަވާނު އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އަހަރެން ދެން ވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީއެވެ.
“ވާން ތިހެން ނޫޅެ ބަލަ. ރިފްޤާ އަށް ކިހާ ގިނަ ދެރަ ކަންތައްތަކެއް ވެއްޖެތަ އެ ރަހީނުކުރާ މީހުންގެ ކޭސްގަ މަސައްކަތް ކުރަން އުޅެގެން. ވާން އަށް ފަހަރެއްގައި ނޭނގި ދާނެ ހޯރަފުށީގައި އުޅުނު އިރު އޮށްގާ ގޭންގު މީހުން ވެސް ރިފް އަށް އަނިޔާ ކުރި ވަރު. ޝީ އޯލްމޯސްޓް ގޮޓް ރޭޕްޑް ބައި ދެމް.” ނައިލް އައިސް ރަވާނު ދުރުކޮށްލަމުން ބުނެލި ޖުމްލައިން އަހަރެންނަށް އޭނާއާއި ދިމާއަށް ބަލައިލެވުނީ ޤަބޫލުނުކުރެވިގެންނެވެ. “ނޭލް!” އަހަރެންނަށް އަސަރާއި އެކު އެނަން ކިޔާލެވުނެވެ. ސިއްރު ކުރާނަމޭ ބުނެފައި އެ ވާހަކަ މި ތަނަށް ގެނައީ ކީއްވެގެން ހެއްޔެވެ؟
ނައިލްގެ ވާހަކައިން އެތަނުގައި ތިބި އެހެން އެންމެން ޙައިރާންވީ ވަރުން އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. އާހިލް ނިތްކުރީގައި އަތް އަޅާލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ރަވާނު ހުއްޓުން އަރައިފައި ހުރި ގޮތުން އަހަރެންނަށް ހިންދިރުވާލެވުނެވެ. ދެން އެތަނުގައި މަޑުކޮށްފިނަމަ އަހަރެންގެ ސިއްރުތައް ފަޅާ އަރާނެއެވެ. އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައީ އެހެން ވެގެންނެވެ.
އަހަރެން ދުވެފައި ގޮސް އެރީ ހަސްފަތާލުގެ ޓެރަސް އަށެވެ. ގޮސް އެއްފަރާތުން ރެއިލިން އާއި ދިމާލުގައި ހުއްޓާލީމެވެ. އަވަސް ނޭވާ ތަކެއް ލަމުން އަހަރެންގެ އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރީމެވެ. އެހެނަސް އެކަން ކާމިޔާބު ނުވަނީސް ފަހަތުން މީހަކު އަހަރެންގެ ކޮނޑު މަތީގައި އަތް ބާއްވާލި ކަމުގެ އިހުސާސް ކުރެވުނެވެ. “ރިފް. ތިއްތި އަށް މާފު ކުރޭ! މި ހުރިހާ ދުވަހު ރިފް ގެ ޙާލަތާއި މެދު ވިސްނާނުލާ އެކަހަލަ ސުވާލު ކުރެވުނީ. ރިފް އަބަދު އެގޮތަށް ހަނު ހުރީ އަހަރެމެންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމެއް ނޭނގެ. ދެން އޮށްގާ ގޭންގު މީހުންގެ ވާހަކަ. އެމީހުން ރިފް އަށް ޙާލެއް ޖެއްސި އިރު އެކަން ހިއްސާކޮށްލިނަމަ. އަމިއްލަ ކޮއްކޮ އެތައް ގޮތަކުން ވޭން ތަޙައްމަލު ކުރަމުން ދިޔަ އިރު ވެސް އަހަރެންނަކަށް ނޭނގުނު. އަހަރެންނަށް މަޢާފުކުރޭ!” ހިތާމަވެރި އަޑަކުން ރަވާނު އެހެން ބުނެލި އަޑަށް އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ.
އެ ހިނގައިދިޔަ އެއްވެސް ކަމެއް ގައި ރަވާނުގެ ކުށެއް ނެތެވެ. އެކަމަކު ވެސް އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ ތާއެވެ. އަހަރެންނަށް ހިމާޔަތްތެރިކަން ދޭން ހުންނަން ޖެހޭނެ މީހެކެވެ. އެ ހިމާޔަތްތެރިކަމާއި ދުރަށް ދިޔައީ އަހަރެންނެވެ. އޭނާއަށް ބުރައެއް އުފުލަން ދޭން އަހަރެން ބޭނުން ނުވީއެވެ. އޭނާ ނޫނަސް އާއިލާގެ އެހެން މީހަކަށް ގެއްލުމެއް ވާތަން ބަލަން އަހަރެންނަކަށް ކުޅަދާނައެއް ނުވާނެއެވެ.
“ދެން އަޅާ ނުލާ. އަހަރެންގެ ވެސް ކުށުން އެހެން ވީ. ތިއްތި އަށް އަހަރެން އެ ކަންކަން ސިއްރު ކުރާ ސަބަބު އެނގުނީމަ ދެން އެކަމާ ގުޅޭގޮތުން ސުވާލު ނުކުރާނެކަމަށް އުންމީދު ކުރަން. އަދި މަންމަ ގާތު މިއިން އެއްވެސް ވާހަކައެއް ބުނެގެން ނުވާނެ. މަންމަ ހިތުގައި ޖެހިދާނެ ފަދަ ވާހަކައެއް ދެއްކީމަ ރަނގަޅެއް ނުވާނެ. އެންމެން ތިއްތި ހާ ހިތް ގަދަ ނުވެދާނެ. އަހަރެން ދެން ދަނީ.” ރަވާނަށް ފުރަގަސް ދެމުން އަހަރެން ހިނގައިގަތީމެވެ. އޭނާ ދެން ފަހަތުން އަންނާކަށް ނޫޅުނެވެ.
އަހަރެން ލިފްޓަކަށް އަރައިފައި ތިރިއަށް ފޭބީމެވެ. ތުނިކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. ޚިޔާލުތަކުން ސިކުނޑިއަށް ބާރު ކުރަމުން ދިޔަ ގޮތުން އަހަރެންގެ ދެލޮލުން ކަރުނަ ވެސް އޮހެން ފެށިއެވެ. އެ އަނދިރި ހާދިސާ ތަކުގެ މަތިން ހަނދާން ނައްތާލެވޭނެ ނަމައެވެ. އެ ވަގުތު ވާރޭ ވެސް ބޯކޮށްލައިފިއެވެ. ވާރޭ ތިކިތަކާއި އެކުވެގެން އަހަރެންގެ ކޯތާފަތް މަތީގައި ކަރުނައިގެ ކޯރު ހައްދާލައިފިއެވެ. ނަފްސާނީ ގޮތުން އަހަރެން ވަރުގަދަ ކަމަށް ވިޔަސް އަހަރެންނަކީ ވެސް އަންހެނެއް ތާއެވެ. ރޮވެން ވެސް ރޮވޭނެއެވެ.
“ރިފް!” މަގުމަތިން އައި ކާރެއް އަހަރެންގެ ގާތަށް ހުއްޓާލިއެވެ. ކާރުގެ ބިއްލޫރި ގަނޑު ތިރިއަށް ކަހާލައިފައި ވުމުން އެތެރެގައި އިން މީހާ އަހަރެންނަށް ފެނުނެވެ. ހިޔާންގެ ކަންބޮޑުވުމުގެ ނަޒަރު އަހަރެންނާއި އަމާޒުވެފައި ވުމުން ތިރި ބަލައިލީމެވެ.
“ހިޔަނީ. އަހަރެންގެ ވާހަކަ ޝަހިކްސް ގާތު ނުބުނައްޗޭ. ދިމާވި ކަމަށް ވެސް ހަދާ ނުލާ ދޭ.” ކުރެހިފައިވާ އަޑަކުން އަހަރެން ބުނެލީމެވެ. ދެން ވެސް އަހަރެން ކުރިއަށް ހިނގައިގަތީމެވެ. މާ ދުރު ނޫން ހިސާބެއްގައި ހުރި އަހަރެންގެ ގެއަށް ދާށެވެ. ހިޔާން އޭނާގެ ކާރު ކުރިއަށް ދުއްވާލައިފައި އަނެއްކާ މަޑުކޮށްލިއެވެ. “ނާޒް ގާތު ބުނާނަން އެކަނި ގޮސްފިއްޔާ. އަރާ. އަހަރެން ގެންގޮސްދޭނަން.” ހިޔާން ބުނެލިއެވެ. “ނޫން. އޭރުން ކާރު ތެރެ ތެމޭނެ.” އަހަރެން ދެކޮޅު ހެދީމެވެ.
“ހެވޭ ތެމުނަސް. މި އޮއް ވާރޭގަނޑު ތެރޭގައި ރިފް ދޫކޮށްލާފައި ދެވޭތަ.” ހިޔާން ބުނެލިއެވެ. އަހަރެން އެންމެ ފަހުން އެއަށް އެރީމެވެ. އޭނާ އެ ދުއްވާލީ އަސްރަފީވިލާގެއަށް ދާށެވެ. ގެއާއި އަރާ ހަމަވާން ގާތް ވެފައި ވަނިކޮށް އަހަރެން ހިޔާން ގާތު އިހަށް ކާރު ދުއްވުން ހުއްޓާލުމަށް އެދުނީމެވެ.
“އަހަރެން ތެމިގެން ގެއަށް ދިޔައިއްޔާ ގޭގެ މީހުން ވަރަށް ކަންތައް ބޮޑުކޮށްލާނެ. ހިޔަނި އަތުގައި އެބޮތް ތަ އަހަރެންނަށް ލެވޭނެ ވަރުގެ އެއްޗެއް؟” އަހަރެން އެހީމެވެ. “ތިއީ ވެސް ތެދެކޭ. ރިފް ގެ އާއިލާ އޯވާޕްރޮޓެކްޓިވް ވީ ފަހުން ވާގޮތް ދޯ. މިހާރު އަހަރެން އަތަކު އިތުރު އެއްޗެއް ނޯންނާނެއްނު. ހުރިއްޔާ ގޭގަ ހުންނާނީ. އެކަމަކު އެއީ ހަތަރު ވަނަ ފިޔަވައްސެއްނު. ހަމަ ދާނަންތަ؟” ހިޔާން ބުނެލިއެވެ. އެއީ ކުރަން ކިތަންމެ މޮޔަ ކަމަކަށް ވިޔަސް ދާން ބޭނުން ކަމަށް ބުނެލީ މަންމަ ހާސްކޮށްލަން ބޭނުންނުވާތީއެވެ. ސުވާލު ބޯޓަކަށް އަރަން ބޭނުން ނުވާތީއެވެ. އޭނާގެ ގެއަށް ދެވޭންދެން އަހަރެން އިނީ ހަމަ ހިމޭނުންނެވެ.
“އާދޭ އަހަރެންނާ އެކު ގޭގަ މާގިނަ ބަޔަކު ނޫޅޭނެ.” ގަރާޖަށް ކާރު ވައްދާލައިފައި ހިޔާން ކާރުން ނުކުތެވެ. އޭނާ އާއި އެކު އަހަރެން ވެސް ނުކުތީމެވެ. ދެން ވަދެލީ ހިޔާން އުޅޭ ޝާހީ ގޭގެ ތެރެއަށެވެ. ގޭގެ ފަރުމާތައް ފުރިހަމަކަމުން އާޝޯހުވާ ވަރު ވިޔަސް އަހަރެންގެ ސަމާލުކަން އެއަކަށް ނުހުއްޓެއެވެ. ހިޔާން އާއި އެކު ގޮސް އެރީ އެ ގޭގެ ތިންވަނަ ބުރިއަށެވެ. އޭނާގެ ކޮޓަރިއަށް ވަދެ ހުޑީއަކާއި ކަޅު ޓްރެކްޝޫޓެއް ނަގައިފައި ދިނެވެ. ޝުކުރު އަދާކޮށްލަމުން އަހަރެން ހެދުން ބަދަލު ކުރަން ފާޚާނާއަށް ވަނީމެވެ.
ތެތް އެއްޗެހި ރަބަރު ކޮތަޅަކަށް ލައިފައި އަހަރެން ކޮޓަރިއަށް ނުކުތީމެވެ. އޭރު އެތަނުގައި ހިޔާން ނެތުމުން ބޭރަށް ދިޔައީ ކަމަށް ބަލައިފައި އެ ކޮޓަރިން ނުކުތީމެވެ. އެ ވަގުތު އެ ކޮރިޑޯ ވެސް ހުސްކޮށް އޮތުމުން އަހަރެން ހިޔާން ދިޔަ ދިމާލެއް ނޭނގޭތީ ހުރި ސީދަލަށް ކުރިއަށް ދިޔައީމެވެ. އެވަގުތު އެ ދިމާލުން ހިނގައިފައި އައި ފިރިހެނެއްގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވުމުން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ދެނެގަންނަން އުނދަގޫ ވިއެވެ.
“އަމްމް… ހިޔާން ކޮބާތަ؟” އަހަރެން އަހަން ނާހަން ހުރެފައި ވެސް އެހީމެވެ. “ކަލޭ މިތަނަށް އައީ ކީއް ކުރަން؟ ކަލޭ އަކީ ކާކު ތަ މީހުންގެ ގޭގެއަށް ވަންނަން؟” އޭނާގެ އަޑުގައިވީ ރުޅިވެރިކަމެވެ. ހީވަނީ އަހަރެންނަކީ ކާކު ކަން އެނގިގެން އުޅޭ ހެންނެވެ. މި ގެއަށް އައީ އޭ ކިޔައިފައި ރުޅި އަންނަން ޖެހޭ ހެއްޔެވެ؟ “ރިފްޤާ! ހިޔާންގެ ފްރެންޑެއް. ހިޔާން ކޮބާތަ؟” އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލީމެވެ.
“އޭ ރިފް. ހިނގާ ދާން.” އެވަގުތު ހިޔާން އައި ކަން ރަނގަޅެވެ. މިހިރަ ފިރިހެނާގެ ތޫނު ރުޅިވެރި ނަޒަރުން ހީވަނީ އަހަރެން ފިއްސާލަން އުޅޭ ހެންނެވެ. އޭނާ އާއި އެކު ގޮސް ކާރަށް އެރީމެވެ. “ހިޔަނީ. އެ ގަޑީގައި އެތަނުގައި އެ ހުރީ ކާކުތަ؟ އަހަރެން ދެކެ ރުޅި އައިސްފައި ހުރި ހެން ހީވީމަ އަހާލީ.” އަނބުރާ ފުރަތަމަ ފިޔަވައްސަށް ދާން މިސްރާބު ޖެހުމުން އަހަރެން ސުވާލެއް ކޮށްލީމެވެ. “އޯހް އޭނާ ދޯ. އެ އަކީ ޕްލޭ ބޯއީ އޮފް ދަ ސެންޗުރީ އެއްނު. އަހަރެން ބުނީމެންނު ދޮންބެއެއް ހުންނަ ވާހަކަ. އޭނަ އެއީ. ދެން އަންހެން ކުދިންނާ ޖެހިއްޖެއްޔާ ފާޑެއްގެ މީހެއް. ޔޫ ނޯވ.” ރައްދުގައި އޭނާ ބުނެލިއެވެ. “އޯހް.” އަހަރެންގެ ސިކުނޑިން އެ ޒާލިމްގެ ޚިޔާލުތައް ނެރެލަމުން މަގަށް ނަޒަރު ހުއްޓާލީމެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ. އޭ އޮޅިގެން ވެސް ޝަހިކްސް ގާތު މި ވާހަކަ ނުބުނާތީ. ބުނިއްޔާ ތި އަނގައިގައި ހުރި ދަތްކޮޅު އުފުރާލާނަން.” ކާރުން ފައިބަންނަމުން އަހަރެން އެހެން ބުނެލީ ސަމާސާ ރާގަކަށެވެ. އަހަރެން އެކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން ހައިރާންވެފައި އޭނާ ބަލަން ހުރީ ފާޑަކަށެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލުމުން އޭނާގެ ދެލޯ ދެ ކާށި ކިބަހާ ބޮޑު ވެގެން ދިޔައެވެ. ބޯ ހޫރާލަމުން އަހަރެން ގެއަށް ވަންނަން ދިޔައީމެވެ. މި އުޅެވޭ އަދި ވާހަކަ ދެއްކޭ ގޮތުން ޚުދު އަހަރެން ވެސް މި ހުރީ ހައިރާން ވެފައެވެ.
ގެއަށް ވަދެފައި އަހަރެން ފުރަތަމަ ވެސް މަންމަގެ ގާތަށް ދިޔައީމެވެ. އެއަށްފަހު އަހަރެންގެ ކޮޓަރިއަށް ވަދެ ހެދުން ބަދަލު ކޮށްލީމެވެ. ދެން އެނދަށް އަރާ އޮށޯތީ އެގާރަޖަހާ ބޮޑުވެފައި ހުރީމައެވެ. ދެން ކާރެއްގައި ހަތަރު ވަނަ ފިޔަވައްސަށް ގޮސް އަނބުރާ އަންނަން އެތައް ވަގުތެއް ދާނެތާއެވެ.
ނިދީގެ ހުވަފެނީ ޢާލަމަށް އަހަރެން ގެނބިގެން ދާން މާކަ ގިނަ ވަގުތެއް ނުނަގައެވެ. އެހެނަސް އެ ދުނިޔެއަކީ މިހާރު އަހަރެން އެހާ ގަޔާވާ ތަނެއް ނޫނެވެ. ނާމާންކަމާއި އަނދިރިކަމުން ފުރިފައިވާ ބިރުވެރިކަމުގެ ހާއްޔެކެވެ. ހިތް ހުއްޓިގެން ދާނެ ފަދަ ބިރުވެރި ހާދިސާތައް އެތަނުގައި ހިނގާނެއެވެ.
އަނެއް ދުވަހަށް އިރު އެރީ އަހަރެން ބެލްކަނީގެ އުނދޯލީގައި އިށީނދެލައިގެން އިންދައެވެ. ނުނިދިގެން ހޭލެވުމުން މިތަނުގައި އިނީއެވެ. ރޭގަނޑުގެ ފޮނި ނިންޖަކީ އަހަރެންގެ ދެ ލޮލަށް ނަފުރަތު ކުރާ އެއްޗެއް ފަދައެވެ. އެ އާއި ހެދި ވެސް އަހަރެން ނަފްސާނީ ވާ ވަރު ވެއްޖެއެވެ. ސައިކޮލޮޖިސްޓެއްގެ ގާތަށް ދާންވީ ކަންނޭނގެއެވެ. ނޫނެކެވެ. އޭރުން ޖެހޭނީ މި ސިކުނޑި ތެރެ ހިސާރު ކޮށްފައިވާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ ކިޔައިދޭށެވެ. އަމިއްލައަށް އަމިއްލަ ކަށްވަޅު ކޮންނަން އަހަރެން އެހާ މޮޔައެއް ނޫނެވެ.
އަހަރެން ގޭތެރެއަށް ވަދެލީ އިރު އަރައިގެން ގޮސް އޭގެ ހޫނުގަދަކަމުގެ ސަބަބުން އަހަރެންނަށް އުނދަގޫ ވާން ފެށުމުންނެވެ. ދެން ވަގުތު ކޮޅެއް ފަހުން އާހިލް ވެސް ހަސްފަތާލުން ދޫކޮށްލާނެއެވެ. އެ ވަގުތަށް އެތަނަށް ދިއުމުގެ ނިޔަތުގައި އަހަރެން ތައްޔާރު ވެލަން ކަޅު ސްވެޓާއަކާއި ޖިންސެއް އަލަމާރިން ނެގީމެވެ. ދެން ފާޚާނާ އަށް ވަދެ ފެން މާގަނޑު ދޫކޮށްލުމުން އޮހެން ފެށި ފިނި ފެނުގެ ސަބަބުން ސިކުނޑި ވެސް ތާޒާ ވެގެން ދިޔައެވެ. ޝަވަރ ޖެލް އާއި ޝޭންޕޫގެ މީރު ވަހުން އަހަރެންނަށް ނޯއް ދަމާލެވުނެވެ. އެތަނުގައި މާ ގިނައިރު ކުރަން ނަހަދާ ނުކުތީމެވެ. އިންސްޓެންޓް ހެއާ ޑްރައިޔަރުން ބޯ ހިއްކާލުމުން އިސްތަށިގަނޑުގައި ކުޑަ ހޫނު ކަމެއް ވިއެވެ.
ފަތިސް ނަމާދުކޮށްލައިގެން އަހަރެން ރީތިވާ މޭޒު ގާތަށް ޖެހިލައިފައި އިސްތަށިގަނޑުގައި ކްރީމް ދަޅުން އެތިކޮޅެއް ހާކާލައިފައި ފުނާއަޅާ އެއްވަރު ކޮށްލީމެވެ. އެންމެ ފަހު ކަމަކަށް ސެންޓު ފުޅިން ސެންޓު ޖަހާލުމަށް ފަހު އަހަރެން ކޮޓަރިން ނުކުތީމެވެ. އަވަސް ހަރަކާތްތަކާއި އެކު ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު އަހަރެންގެ މޫނު މަތީގެ އުޖާލާކަން އިތުރު ކޮށްދީފައި ވާނީ ޖާދުކުރަނިވި ހިނިތުންވުމަކުންނެވެ.
“އައްދޭ! އަހަރެންގެ ދަރިފުޅަށް ކޮން ކޮޅަކުން އިރު އެރި ދުވަހެއްތަ؟” އަހަރެންގެ މޫނުމަތީގައިވީ ބަދަލު ފެނިފައި މަންމަ އަހަރެންނާއި ދިމާލަށް އައީ ވައިސޫރިއެއްހާ ހަލުވިކޮށެވެ. އައިސް އަހަރެންގެ ގައިގައި ބާރަށް ބައްދާލުމުން ހީވީ ނޭވާ ހާސްވެގެން ދިޔަ ހެނެވެ. “މަންމީ! ރިފް ފިއްތާލި ފިއްތާލީނުން ފަތި ރޮށްޓަކަށް ހަދާލަންތަ ތި އުޅެނީ؟” އަހަރެން ގަދަކަމުން މަންމަ އާއި ދުރުވާން މަސައްކަތް ކުރީމެވެ. އެކަން ނާކާމިޔާބު ވުމުން މަންމަ އަކީ ވެސް ބާރުގަދަ މީހެއް ކަން އަހަރެންނަށް ނަގައިގަނެވުނެވެ. ހަމަ ހިތްހެޔޮ ވެގެން ގޮސް މީހަކަށް ގޯނާއެއް ނުކޮށްލާތީ އެ ސިފަ ފާހަގަ ނުވަނީއެވެ.
“ކޮން ތަނަކަށް މިހާ ހެނދުނާ؟” މަންމަ އެންމެ ފަހުން އަހަރެންގެ ހަށިގަނޑުން އަތް ދޫކޮށްލިއެވެ. “މިއަދު އާހިލް ދޫކޮށްލާނެ. އެހެންވެ އެތަނަށް މި ދަނީ.” ޖަވާބެއް ދެމުން އަހަރެން ހިނގައިގަތީމެވެ. “އޯ! އެހެންތަ؟ ރިފްގެ ހިނިތުންވުން އަނބުރާ ގެނައީ އެ ފިރިހެން ކުއްޖާތަ؟ އެހެންވީމާ ޖެހޭނެ ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އެ ކުއްޖަކަށް ކާން ދޭން. މަންމަގެ އަންހެން ދަރި ވެސް އެންމެ ފަހުން އަތުން ވީއްލިގެން ދާން އުޅެނީ އެއްނު.” ދިމާކުރާ ކަހަލަ ރާގަކަށް މަންމަ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް އެ ފަރާތަށް އެނބުރި ދެ ބުމަ ގާތް ކޮށްލެވުނެވެ. އެ ބުނި އެއްޗެއް އަހަންނަށް ރަނގަޅަށް ފަހުމް ނުވީމައެވެ.
“ކީކޭ؟” އަހަރެން އަހާލީމެވެ. ސޭކެއް ހެން އެހެން އަހާލުމުން މަންމަ ބަލައިލީ ފާޑަކަށެވެ. “ޕިސްޕިސް. ލޯބީގެ ކުޅިވަރު މާ ދިގުލައްވައިގެން އުޅެން ނުވިސްނައި އަމާން އުފާވެރި އައްސޭރިއަކަށް ގެންނަން ވެއްޖެއްނު. ދަންބެރަށް ވުރެ ތަގުޑި ދިގު ކުރާކަށް ނުވާނެ.” މަންމަ ބުނެލިއެވެ. އެހެން ބުނުމުން ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް އެނގުނެވެ. “ދެން މަންމާ!” ރާގަކަށް ދަމާލައިފައި އަހަރެން ފަސްދީ ހިނގައިގަތީމެވެ. މަންމަ އަކީ ވެސް އެގޮތަށް ދިމާ ކުރާނެ މީހެއްކަން ކުރިން ނޭނގެއެވެ.
ހަސްފަތާލަށް ދާން އަހަރެން ދަތުރު ފެށީ ލޭންޑް ކެޕްސޫލް އެއްގައެވެ. ޓްރީ ޓޮޕަށް ވަދެފައި މި ފަހަރު އެންމެ މަތީ ބުރިއަށް އެރީ ލިފްޓުންނެވެ. ނަސީބަކުން މީހުން މަދު އެއްޗަކަށެވެ. ލިފްޓު ގޮސް ފަންސަވީސް ވަނަ ބުރިއަށް ހުއްޓުމުން އަހަރެން އެއިން ފައިބައިގެން ދިޔައީ އާހިލް އޮތް ޕްރައިވެޓް ރޫމަށެވެ. އެހެނަސް ފަހުން މިސްރާބު ބަދަލުކޮށްލީ އެ ފްލޯގެ ރިސެޕްޝަނަށެވެ. އާހިލް އެތަނުގައި ހުރީތީއެވެ. އެތަނުން ޑިސްޗާޖު ކުރުމުގެ ހުރިހާ ލިޔެކިޔުންތައް ނިންމާލުމަށް އަހަރެން ވެސް މަޑު ކޮށްލީމެވެ.
“ހިނގާ ދާން. އެނޮއިން ކެޓުގެ ގެއަށް ދޯ ދާން ޖެހޭނީ. މިހާރު ނޭނގެ އެތަން އޮންނާނެ ގޮތެއް ވެސް.” އަހަރެންގެ ފަހަތުން އައުމަށް އޭނާއަށް އިޝާރާތް ކޮށްލީމެވެ. “ބްރޯ! ކަލޭ އެތަން ބަލާލަން ވެސް ނުވަންނަންތަ؟” އެ ސޮރު ފަހަތުން އަންނަމުން އެހިއެވެ. “ބަލަ ކަލޭ ފޮނިބޮޑުވީ ވަރުން އަހަރެމެން މީހެއްގެ ގާތު ތަނުގެ ކޯޑު ނުބުނީނުން.” އަހަރެން ރައްދުގައި ބުނެލީމެވެ. އޭނާ އަށް އެއާ ވިއްދައިފައި އިތުރު އެއްޗެއް ނުބުނެވުމުން އަހަރެންގެ މޫނު މަތީގައި ކުޅެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. އޭނާއާއި އެކު އެ އެޕާޓްމަންޓަށް ދިޔައީ ލޭންޑް ކެޕްސޫލްގައެވެ.
“ދެން ވެސް ހަމަ ނުދައްކަނީތަ؟” އަހަރެންނަށް ނުފެންނާނޭ ފަދައަކުން ކޯޑު ޖަހަން އުޅުމުން އަހަރެން ބުނެލީމެވެ. “އާނ ނުދައްކާނަން.” މިއީ ހަމަ އާހިލްގެ މިޒާޖުގައި ބަދަލު ނުވާން އޮތް ކަމެކެވެ. ކުރީގައި އެގޮތަށް އަހަރެންނާއި ބެހުމުން އިންތިހާއަށް ރުޅިގަދަވި ނަމަވެސް އޭނާގެ އެ ގޮތްގަނޑު މިހާރު އަހަރެންނަށް ކަމުދެއެވެ. އޭނާ އަހަރެންނަށް ބެހިލާ ބެހިލުމުން އެއީ އޭނާކަން އިހުސާސް ކުރެވެއެވެ. އަހަރެންނަށް ރެސްޕެކްޓުކޮށްގެ އުޅެފިއްޔާ މިހާރު ވާނީ އުނދަގޫ ކަމަކަށެވެ.
އެ އެޕާޓްމަންޓަށް ވަނުމާއި އެކު އަހަރެމެންނަށް މަރުޙަބާ ކީ ހިރަފުހުގެ ފައުޖެކެވެ. ވަގުތުން ޖެހޭނީ މިތަން ސާފު ކުރާށެވެ. އެހާ ވެސް ޙާލަތު ދަށެވެ. “އޭ އަހަރެން މި ދަނީ. މިއަދު ބިޒީ ކަމުން ނެތޭ ހުރެވޭކަށް.” އަހަރެން އުޅުނީ އެ މަސައްކަތުން ރެކިގަންނާށެވެ.
“އޭތް ނުވާނެ ގޮސްގެން. މިއީ ކިހިނެއް އަހަރެން ދެކެ ލޯބިވާ މީހެއް ތަ؟ ކިހިނެއްތަ ވާނީ އެހީވިއްޔާ.” އާހިލް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. “އެނޮއިން ކެޓް އަނެއްކާ ރަނގަޅުތަ؟ ނޭނގެނީތަ އަހަރެމެން އެކަކު އަނެކަކަށް ނަފުރަތު ކުރާ ކަމެއް.” އާހިލްގެ ނިތްކުރީގައި އަތް ޖައްސާލައި ޑްރެމެޓިކް ވެލަމުން އަހަރެން ހަދާލީ ބޮޑު ފަލަ ދޮގެކެވެ. ދެން އަހަރެން ގޮސް ނިކުންނަން އުޅުނީމެވެ. އެހެނަސް އެ ތަޅުގެ ކޯޑު ނޭނގޭ ތީ އެކަން ނާކާމިޔާބު ވިއެވެ. އާހިލް އަހަރެންނަށް މަލާމާތުގެ ނަޒަރެއް ދީގެން ހުއްޓެވެ.
އަހަރެން ވިސްނާލުމަށް ފަހު ދެން ދިޔައީ ބެލްކަންޏާއި ދިމާލަށެވެ. އާހިލަށް އަހަރެންގެ މަގުސަދު އެނގުނީ ކަމަށް ވެދާނެ އެވެ. ބެލްކަންޏަށް ވަނުމުގެ ކުރިން އެ ދެ މެދުގައި ވީ ވައި ގޮޅީގައި އަހަރެން ބަންދު ކޮށްލިއެވެ. އެ ހަނި ގޮޅީގެ ފާރުގައި އޭނާގެ ދެއަތް ވިއްދައިފައި ހުރުމުން ސަލާމަތުގެ ދޮރު ބަންދުވީކަން އެނގުނެވެ. އޭނާ އަހަރެންނާއި ދެމެދުގައި ވީ ދުރުމިން އިތުރަށް ކުޑަކޮށްލުމުން ހިތް އަވަސް ވެލިއެވެ. “ބުލޫ އައި ސްޓޯކާ ދޮގުހަދަން ހެޔޮ ނުވާނެއްނު. އެއީ ކިހާ ގޯސް ސިފައެއް ކަން ނޭނގެން ތިއީ ކުޑަކުއްޖެއް ތަ؟ ރޭގަ ވެސް އަހަރެން އެހީމޭ ތި ދުލުން އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު. ދެން ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް. އަހަރެން ވެސް ކަލާ ދެކެ ލޯބި ވެޔޭ. އަދި އުމުރަށް އަހަރެންގެ ޙައްޤަކަށް ހަދާލާނަން. އޭރުން ތިހެންނެއް ނުފިލޭނެ.” އަހަރެންގެ ކަންފަތް ދޮށުގައި އާހިލް ފާޅުގައި އެހެން ބުނެލުމުން ފާޑަކަށް ސިހުނެވެ.
“ހޫން ދެން ހެވޭ. ތިހާ ޗީޒީ ނުވިޔަސް ސާފުކުރަން އެހީވެފާނަން.” އަހަރެން އެންމެ ފަހުން އެހެން ބުނެލީ އާހިލް ދުރުކުރަން ބޭނުން ވުމުންނެވެ. އެހެން ނޫނަސް އޭނާ އާއި ދެމެދު ކުރެވޭ މިކަހަލަ ފިނި ހަނގުރާމަ ތަކުން އަހަރެންނަށް މޮޅުވުމަކީ ނާދިރު ކަމެއް ވިއްޔާއެވެ. މުޅި ގެ އެއްކޮށް ސާފުކޮށް ނިންމާލެވުނު އިރު އެގާރަ ވެސް ޖަހައިފިއެވެ. ވަގުތުން ސިޓިންރޫމުގައި ހުރި އޭސީގެ ފިނި އެންމެ ގަދަ ކޮށްލީ ހޫނު ވާ ވަރުންނެވެ. މި އާހިލް ސާފުކުރަން ރޮބޮޓެއް ކަހަލަ އެއްޗެއް ވެސް ނުގެންގުޅޭ ވިއްޔާއެވެ. ވަރުބަލި ފިލުވާލުމުގެ ނިޔަތުގައި އެންމެ ކައިރީގައި ހުރި ސޯފާގޮނޑި އަށް ވެއްޓިގަތީމެވެ. އެ ސިކުންތުގައި އަމިއްލަ މޮޔަ ކަމަށް މަލާމާތް ކުރެވެން ފެށީ އެއީ އާހިލް ގެންގުޅޭ ލޮކު ސޯފާ ކަން އެނގުމުންނެވެ.
“ހެހެހެ… ބުލޫ އައި ސްޓޯކާގެ ބުއްދިވެސް ބުރައިގެން ދިޔައީ ދޯ. އަރާމުކޮށްލަން އޮށޯންނަނީ ވެސް ލޮކު ސޯފާގަ ވިއްޔާ.” އާހިލް ހޭން ފެށި ގޮތުން ވެސް ފަސޭހައިން އެ އަންލޮކު ނުކޮށްދޭނެކަން އެނގުނެވެ. އެވަގުތު އާހިލްގެ އާ ފޯނު ރިންގުވާން ފެށިއެވެ. އޭނާ އެ ނަގައި ކަންފަތުގައި ޖަހާލިއެވެ.
“އޯކޭ މި ދަނީ.” އެހެން ބުނެ ފޯނު ކަނޑާލައިފައި އެ ސޮރު ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެން ހުރި ޙާލަށް ދޫކޮށްލައިފައެވެ. މިއީ ވާ ކަމެކޭ ހިތަށް އެރިއެވެ. އެހެނަސް އެއްޗެއް ނުބުނެ މަޑުން އޮތީ ސިޓިންރޫމަށް ފެތުރިގެން ދާން ފެށި ފިނި ކަމުން އަހަރެންގެ ހަށިގަނޑަށް ލިބުމުން ދިޔަ އަރާމެއްގެ ސަބަބުންނެވެ. އެ މަޑު ގެނބިގެން ދާ ކަހަލަ ސޯފާގައި އޮތުމުން އިތުރަށް ހަށިގަނޑަށް އަރާމުކަން ލިބެމުން ދިޔައެވެ.
އާހިލް ކޮޓަރި ނިކުތީ ފެންވަރާލައިގެން ކަން އެނގުނީ އޭނާގެ އިސްތަށިގަނޑުގައި ވިދަމުން ދިޔަ ފެން ތިކިތިކީގެ ސަބަބުންނެވެ. އަނެއްކާ ކޮން ތަނަކަށް ދަނީ ބާއެވެ. އޭނާ ބޫޓު ހަރުން ބޫޓެއް ނަގައި އެރީ ވެސް އަވަސް ހަރަކާތްތަކާއި އެކުގައެވެ.
“ކަލޯ! މަ ދޫކޮށްލާފައި ދަނީ ތަ؟ ސާފު ކުރަން އެހީވީމަ ވެސް ކަންތައް ކުރާ ގޮތް ދޯ! އަޅެ ފަހެ މީހަކު ރުޅިއެއް ނާންނާނެތަ؟” އޭނާ ކޯޑު ޖަހައިފައި ތަޅުގައި ހިފާ އަނބުރާލުމުން އަހަރެން ހަރު އަޑުން ބުނެލީމެވެ. “އޯހް. މަ ހަނދާން ނެތުނީއޭ. މީނާ ވެސް މި ތަނުގައި އެބަހުރި ދޯ!” އޭނާ ނޭނގޭ ކަމަށް ހަދާފައި އަނބުރާ އަހަރެންނާއި ދިމާލަށް އައެވެ. “ތިހެން ރުޅި މޫނު ހަދައިގެން އޮތީމަ ހަނދާން ވަނީ އެއްކަލަ ދުވަސް މަތިން. ބޯހަރު ކަމާއި އެކު އައިސް އަހަރެންގެ ގެއަށް ވަދެގަނެވުނު ފުރަތަމަ އަންހެން ކުއްޖަކީ ތިއީ ކަން އެނގޭތަ. އެހެން ކުދިން އަހަރެން ފެންނައިރަށް ފަރިވެގެން މޮޔަވިޔަސް އެ ގޮތަށް އަންނާކަށް ނުކެރޭނެ. ކުރިން ވެސް ހިތުލައިގެން ދޯ ހުރީ އަހަރެންގެ ހިތް ވަގަށް ނަގަން.” އޭނާ އައިސް އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“އާރގް. ބެއްޔާގަނޑާ ދެން ވެސް މަ ދޫކޮށްލަބަލަ.” ހިނދުކޮޅަކަށް އެ ދެ ލޮލަށް ގެއްލިފައި ހުރުމަށް ފަހު އަހަރެން ބޯ ހޫރާލަމުން ބުނެލީމެވެ. “ބޭނުމެއް ނޫނޭ ދޫކޮށްލާކަށް.” އާހިލް ޖަވާބުގައި ބުނެލިއެވެ. “ކީއްވެގެންތަ މި އަންލޮކު ކޮށްލަން އެހާ އުނދަގޫ ވެގެން ތި އުޅެނީ.” އަހަރެން ކަޅި އަޅާލީމެވެ. “ދިހަ ވަރަކަށް މަސް ފަހުން ލޯބިވާ ކުއްޖާ އަތުޖެހުނީމަ ދޫކޮށްލެވޭތަ؟” އޭނާގެ މޫނު މަތީގައި ނުސިޔާނު ހިނިތުންވުމެއް ކުޅެލިއެވެ. “އެނޮއިން ކެޓްގަނޑާ. ދެން ޕްލީޒް މި އަންލޮކު ކުރޭ!” އަހަރެން ޑްރެމެޓިކް ރާގަކަށް އާދޭސް ކުރީމެވެ. އޭނާ އަހަރެން ތަޅުވަން ވެގެން ދިހަ މިނެޓު އެ އަންލޮކު ނުކޮށް ހުއްޓެވެ.
އެ ސޯފާ އަންލޮކު ކޮށްލުމުން އާހިލް ދުރަށް ޖައްސާލައިފައި އަހަރެން ތެދުވީމެވެ. އެވަގުތު އޭނާ އަހަރެންގެ އަތުގައި ހިފައިފައި ހިނގައިގަތުމުން މަޖުބޫރުވީ އޭނާ ދާން އުޅުނު ތަނަކަށް ދާށެވެ. އެޕާޓްމަންޓު ލޮކު ކޮށްފައި ލިފްޓަށް އެރީ ވެސް އެ އަތުގައި ހިފައިގެން ހުރެއެވެ. ނުވީތާކަށް މަގުމައްޗަށް ނުކުމެފައި ވެސް ދޫކޮށްލާކަށް ނޫޅުނެވެ. މަގުމަތީގައި އުޅުނު މީހުންގެ ބެލުންތައް އަހަރެމެންނާއި އަމާޒުވަމުން ދާތީ އޭނާގެ އަތް ނައްޓުވާލުމަށް ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. އަނގައިން ނުބުނެ މަޑުން ހުރީ މަގުމަތީގައި ޒުވާބެއް ފަށަން ބޭނުން ނުވާތީއެވެ.
އެ ސޮރު އަހަރެންގެ އަތުން ދޫކޮށްލީ ހަތަރު ވަނަ ފިޔަވަހީގެ ނަލަ ހެދުން ފިހާރައަށް ދެވުމުންނެވެ. އަހަރެން އެ ހިސާބުން އަނބުރާލައިފައި ނުދާން ވެގެން އޭނާ އާއި އެކު ތިރީ ސިއްރު ކޮޓަރިއަށް ވަނީމެވެ. އޭރު އެތަނުގައި އެހެން މީހުން ތިއްބެވެ. އާހިލް އެ އުޅެނީ ތުރާކުނުގައި ހިނގައިދިޔަ ކަންތައް ގަނޑުގެ ވާހަކަ ހިއްސާކުރަން ކަން އެނގުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ.
“ޕްލީޒް. ތި އެންމެންނަށް އެ ކަންތައް އެނގުނަސް ބޭރުފުށުން އެކަން ނުދައްކާތި. އެމީހުން ޤަވާޢިދުން އަހަރެމެންނަށް ލޯ އަޅާ. ވަރަށް ޙިކުމަތްތެރިވެގެން އެމީހުންނެއް އަތުލައިގަނެވޭނީ.” އާހިލް ވާހަކަ ދައްކަން ފެށުމުގެ ކުރިން އަހަރެން ބުނެލީމެވެ. ދެން އާހިލް އެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
“ވާޓް. ފަޅު ރަށެއްގެ ބިމު އަޑީގައޭ މަސައްކަތް ކުރަނީ؟” ނައިލް އޭނާގެ ސުވާލު ދުލުން ބޭރު ކޮށްލީ އާހިލް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުންނެވެ. “އާނ. އެހެންވީމަ ދިވެހިރާއްޖޭގެ ރަށްރަށް ގަނެ މިލްކުކޮށްގެން އުޅޭ މީހަކަށް ވާނީ. އެ ދުވަހު އަހަރެންނަށް ވެސް އެނގުނީ މި ރާއްޖޭގެ ރަށެއް މީހަކަށް ވިއްކާލިކަން ވެސް.” އާހިލް ބުންޏެވެ. “މި ދިވެހިރާއްޖޭގައި އެއްވެސް އިރެއްގައި މީހަކަށް ރަށެއް ވިއްކާލިތަ؟ ގައިމު އަހަރެންނަކަށް އެކަހަލަ ޚަބަރެއް ނުލިބޭ. ޑަބްލިޔު ސާރ ގާތު އަހާލަންވީ. ސާރ އަށް އެނގިދާނެ.” މަލަކު ބުނެލިއެވެ.
“އަދި ވެސް އެއްފަހަރު ހަނދާން ކޮށްލަދެން. ތި މީހުންނަށް އެއްޗެއް އެނގުނު ކަމަށް ވެސް ނަހަދާތި؟ ބޭރު ތެރެއިން އެ އޯރގަން ސެލާސްގެ މީހުން ލޯ އަޅާނެ. އެމީހުންނަށް ކިރިޔާ ކަމެއް އެނގުނަސް ތި އެންމެން މަރާލާނެ. އޭނާ އިންޒާރު ދިން އަހަރެންނާއި ގާތް މީހަކު ހުރިއްޔާ މަރާލާނެ ކަމަށް.” އަހަރެން ބުނެލީމެވެ. “އެހެންވީމަ އެންމެ ފުރަތަމަ ވެސް ޤަތުލު ކޮށްލާނީ އާހިލެއްނު. ބްރޯ ވިސްނައިގެން އުޅެއްޗޭ. އަންހެން ކުއްޖަކު ކަލޭ ދެކެ ލޯބިވި ކަމަށްޓަކައި ތި ޖެހުނީ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލައިގެން އުޅެން.” ރަވާނު އައިސް އާހިލްގެ ބުރަކަށިމަތީގައި ޖަހާލަމުން އަހަރެންނާއި ދިމާލަށް ބަލައިލީ ލާނެތް ގޮތަކަށެވެ.
“އަދި ތި މީހުންނަށް ނޭނގެނީއޭ. އަހަރެން ކޯމާއިން ހޭލި ދުވަހު…” އާހިލް ފެށި ޖުމްލައަކުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް އޭނާގެ އަނގަމަތީގައި އަތް އެޅީމެވެ. “ކަމާ ގުޅޭ ވާހަކަ އެކަނި ދައްކާނީ.” އަހަރެން ދެލޯ އަޅާލަމުން ބުނެލީމެވެ. އެ ސޮރު މަޑުން ހުންނަން ފެށުމުން އަހަރެން އަތް އެލުވާލީމެެވެ. އެ ވަގުތަކީ މަލަކު ޑަބްލިޔު ސާރ އަށް ގުޅައިފައި ފޯނު ލައުޑް ސްޕީކަރަށް ލީ ވަގުތެވެ. ވީގޮތް ކުރުކޮށް ކިޔައިދީފައި ‘އެ’ ސުވާލު ކޮށްލިއެވެ.
“ރަށެއް ދޯ! އާނ. އެންމެ ފަހަރަކު މި ރާއްޖޭގެ ރަށެއް ދިވެއްސަކަށް ވިއްކާލި. ހަތަރު ސަތޭކަ މިލިޔަން ދިވެހި ރުފިޔާއަށް. އެކަން މާ ގިނަ މީހުންނަކަށް ނޭނގޭނެ. ރަށެއް ވިއްކާލީވެސް އެންމެ ދެކުނަށް އޮތް އަތޮޅުން. އެއްކަލަ މޮރިޝަސް އަތުން އަނބުރާ ހޯދި ރަށްތަކުގެ ތެރެއިން ރަށެއް އެއީ. އެހެން ރަށްތަކާ ވެސް ދުރުގަ ވަކިން އެރަށް އޮންނާނީ. ކިޔާ ނަމަކީ ޒ.އިތާފުށި. ގަތް މީހަކީ……” ޑަބްލިޔު ސާރ ބުނެލި ނަމަކުން އަހަރެމެން އެންމެން އަޖައިބުވެ ސިހުނުވަރުން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ޝެހެނާޒަށެވެ. އެ ފަކީރަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







mi part vx v reethi when next
Thnx kai.
next week IA
Varah reeti mi part ves.kon irakun next part.
Thnx Anonymous!!!
Mi part vx varah varah reethi…
Eiii shehenaaz ge boy friend hiyaan kanneyge dhw e rah gathy….
Awwwwn I can’t wait 😊
Alheyyyyyy avahah genesdhehchey …
Next part..
Thnx Nawar…
Mi part he’s v v reethi……
Curiously waiting for the next……..
When next??????
Thnx Naikko!
Mi part ves V REETHI
Whattt Hiyaan tha
When next can’t wait
Thnx Jennie!
My curiosity is in the roof
When is next part
Vara reethi mi part ves ❤️❤️❤️
Thnx Lara…
Is it hiyan???????
Very curious
OMG can’t wait!!!!!
When next????
Thnx Your fav bab…
Vrh reethi I love this hama curiously waiting for the next part keep it up
Thnx Ghost girl 👻
Mi part ves v reethi masha Allah
Curiously waiting for the next part
Keep it up
Aahil and rifga gulhuvachey
They both are made for each other
Rifga mom ah ves igijje aahil dheke loabi vaakan
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Thnx Cutie girl…
The fact that rif calls rawaan vinabeyya is hilarious and it’s very funny!!!
U ge sifakuruthah varah reethi!!!!!
Hama habeys👏👏👏👏
Yh she’s referring it to grass vina.
Thnkuuu again Your fav bab!
Mi part ves varha reethi Masha Allah 🎀💓
Unmeedhu kuran next part kiyaalan libeene kama 🎀💓
Love you more 🎀💓
When is next part 💓🎀
Can’t wait for next part 🎀💓
Thnx imko💓🎀
I will submit next week IA..
Girl please upload the next part I am dying to read it
BTW this story is amazing
Keep up the good work
IA I’ll submit it soon.
Thnkuuu Girl_621
Wooooow masha Allah mi part ves vrh reethi knmme episode akah comment eh kohnulevunas hruihaa episode thakah ves kiyaalan you my FAV author white rose vrh curious vefa mihuryy
When next part kiyaalan libeyny
May Allah bless you n your hard work🤲
Keep it up😊
Varah ufaavejje mi episodah viyas comment kohleethy.
Mihaaru submit kohlaafa vaani.
Thnx Naberr!
V reethi…maasha allah
Thnx Anonymous 💕💕
I guess I don’t have any patience curiously waiting
Hehe..
Mihaaru submit kurithaa dhe dhuvas vanee. Neyge deley vaa sababeh.
Nice story😍 when next?
Thnx Rose.
I actually submitted it on Sunday.
I think it’ll be uploaded soon.
The story is superb 👌
Keep it up I love it soo much 🥰
When is the next episode?
Waiting impatiently
Thnx ❤️
Mihaaru neynge dhen oiy bai upload kuraane dhuvaheh bunan ves. Midhiya Sunday ga submit kohgen mi ulhenii. 😶😶
Hey gurll make ur own website and upload your storys I’m not patient 😭😭😭 if I were u I’ll definitely make own website
hehe… mihaaru maa lasvejje dhw.
I have no clue about how to set up my own web.
ehenveema adhi keiykohlaa. mi hafthaa nimumuge kurin upload kohliyya rangalhu.
Dude!!!!!
I’ve got a bold idea or rather a crazy idea!!!!!!
Type it here and send the part so that we can read!!!!
Hehehehehheheheheh
hehe………
eyrun kamaku nudhaanehnu, ekm salhi khiyaaleh
Hi white Rose when will we get to see part 43
Curiously waiting 😭😢🥺
BTW love your hardwork 😊❤️
miadhu laafi.
Thnx Anonymous
So many days😩 waiting impatiently….this is the best story ever😭😞
Thnx a lot for ur support ^-^