Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 41

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 23, 2024 7 Mins Read
15 Comments

އަހަރެން ހުޅުމާލޭގެ ފަސްވަނަ ފިޔަވައްސަށް ދިޔައީ ސްކައި ލިފްޓުންނެވެ. ޕައިން ފޮރެސްޓުގެ ތެރެއަށް ވަންނަން ދިޔައިރު އެ ހިސާބުގައި ވަނީ މަރު ފަދަ ހަމަހިމޭންކަމެވެ. އެކަނިމާއެކަނި މި ދަންވަރު ވަގުތުގައި ގަސްތަކުގެ ތެރޭގައި ހިނގައިފައި ދާކަށް އަހަރެން ޖެހިލުމެއް ނުވެއެވެ. އެތަނުގެ ސީދާ މެދަށް ވާ ހިސާބަށް އާދެވުމުން އަހަރެން މަޑުކޮށްލީމެވެ. އެންމެ މެދުގައި ކުޑަ ހުސް ވަށް ބުރެއް އޮންނާނެއެވެ. ދެން ވަށައިގެން އެއްވަރަކަށް ޕައިން ގަސްތައް ބިޔަކޮށް ހެދިފައި ހުއްޓެވެ. އަހަރެން އަތުކުރި ކުޑަކޮށް އޮޅާލައިފައި ގަޑި ބަލައިލީމެވެ. އެއަށް އަރައިފައިވާ ސުންތަކުން އެ ބާރަ ޖެހީކަން އެނގުނެވެ. އެހެނަސް މިތަނުގައި އެކަކު ވެސް ހުރީއެއް ނޫނެވެ. އަނެއްކާ އެމީހުން އަހަރެންނަށް އޮޅުވާލީ ހެއްޔެވެ؟ 

އަހަރެން ކޮޅަށް ހުއްޓާ މީހަކު އައިސް އަނގަމަތީގައި އަތް އަޅައިފައި ފަހަތަށް ގެންދިޔައެވެ. އެ ބާރުގަދަ ފިރިހެނާގެ އަތް އަހަރެންގެ ބަނޑުމަތީގައި ވަށާލައިފައި ވުމުން ތަނަކަން ފަރާތަކަށް ވެސް ހެލިނުލެވެއެވެ. އެހެނަސް އަހަރެން ހާސްވީކަމުގެ އެއްވެސް އަސަރެއް ނުދައްކާ މަޑުން ހުރީމެވެ. 

“ކަލޭގެ ކަންތައް މިހާރު ބޮޑުވެއްޖެއެއްނު. ދަލުބޭރުން ނުޖެހި ކައެ މަޑުން ހުރެބަލަ. މުޅި އޮށްގާ ގޭންގު ޖަލު ތެރެއަށް ގަޅާލަން ތަ ތި މަސައްކަތް ކުރަނީ. ކައެ މިކަން ނުހުއްޓައިފިއްޔާ ދެން މަންޒަރު މާ ރީއްޗެއް ނުވާނެ. ކޮޕުންނަށް އެ ކަހަލަ ހެކި ތަކެއް ހޯދަން ލާހިކެއްނޫން. މަށަށް އެނގޭ މިކަމުގެ އަޑީގައި ހުރީ ކަލޭ ކަން.” އެ މައިކު އަޑު އިވުމާއި އެކު ވާހަކަ ދެއްކީ ރޭރު ކަން އަހަރެންނަށް އެނގުނެވެ. އަހަރެން ހުރީ އޭނާގެ ބުނުމަށް ބޯލަނބާ ކަހަލަ ގޮތަކަށް ނޫނެވެ. ކުޅެވޭނެ މީހުންނާއި އަހަރެން ކުޅޭނަމެވެ. 

އަހަރެން ފައިން އޭނާގެ ގައިގައި ޖަހާ އަތުގައި ހިފާ އޮޅާލަމުން އެ މީހާ ބިމަށް ތިރިކޮށްލީމެވެ. އެއީ އަހަރެންގެ ހަށިގަނޑުގައި އަތްލާ އެފަދަ އިންޒާރު ދިނުމުން ލިބޭ އަދަބެވެ. “މަށަށް ނޭނގެނީއެއް ނޫނޭ ބެހޭނެ މީހުންނާއި ނުބެހޭނެ މީހުންނެއް. ކަލޭ މަށަށް ކޮން އިންޒާރުތަކެއް ދޭކަށްތަ؟ ބިރުދައްކާފަ ނިކަން މަށާއި ގާތް މީހުންނަށް ގޮތެއް ހަދާލަބަލަ. ކަލޭގެ ކަންތައް މުޅި ދުނިޔެއަށް ފަޟީހަތް ކޮށްލާނަން.” އަހަރެން ރުޅިވެރި ރާގަކަށް ދިނީ އިންޒާރެކެވެ. ދެން އޭނާ ދުރަށް ކޮށްޕާލައިފައި އަހަރެން އަތް ފޮޅާލީމެވެ. 

“އޭތް! ކައެ މާ ގައްޑާ ވެގެން މަށަށް ބިރުދައްކަން ފެށީތަ؟” އޭނާ ތެދުވެ އަހަރެންނާއި ދިމާލަށް އައެވެ. “ބަލަ އަހަރެން އެއްބަސްވީ ކަލޭ މީހުން ރަހީނުކޮށްފަ ގުނަންތައް ނަގާ ހައިޕޮތޭމިއާގައި ފިނިކޮށްފައި ވިއްކާ ވާހަކަ ނުބުނާށޭ. މިހާރު ވެސް ކަލޭ އަހަރެންގެ ކުރިމަތީގައި ހުންނައިރު ވެސް ތިއީ ކާކު ކަމެއް ނޭނގެ. އަހަރެން ކުޑަކުޑަ ކަމެއް ކޮށްލައިގެން ކަލޭގެ ޒާތީ މައުލޫމާތު ވެސް ހޯދިދާނެ. އެހެނަސް މަޑުމަޑުން މި ހުންނަނީ ކީއްވެގެން؟ އެއީ ކަލޭ އާއި ކުޅެގެން ނުވާނެކަން އަހަރެންނަށް އެނގޭތީ. އެ އޮށްގާ ގޭންގު ގަނޑުގެ ކަންތައް މާ ފަލަވީމަ އަހަރެން ބެހެނީ. އަދި ވެސް ބެހޭނަށް. ކަލެއަށް މަށެއް ނުހުއްޓުވޭނެ.” ރައްދުގައި އަހަރެން ބުނެލީމެވެ. 

ދެން އޭނާ ފެށީ ހޭށެވެ. “ހަމަ މިތަނުގައި ހުއްޓަ ކައެ މަރާލަންވީތަ؟ ދެން އެއޮށް އެނދުމަތިކޮށްފަ އޮތް ސޮރު ދޯ! އޭނާ މަރާލަން މާ ފަސޭހަ ވާނެ. އޭރުން ހުރިހާ ކަމެއް ސިއްރު ވީ. އޮށްގާ ގޭންގަށް ކުޅޭނެ މީހާ ވެސް ނައްތާލެވުނީ.” އޭނާ ކުއްލިއަކަށް އައިސް އަހަރެންގެ ކަނދުރާގައި އަތް އަޅުވާލިއެވެ. އަހަރެން ޖަހާލީ ހިނިގަނޑެކެވެ. “ކަލޭ ހީކުރީތަ ތިހެން އެހާ ފަސޭހައިން އެކަން ކާމިޔާބު ވާނެކަމަށް. ހެހެހެ… ތިކަމެއް ނުވާނެ. މަ މަރާލުމަށް ފަހު ދެން އިވޭނީ ކަލޭ ހައްޔަރު ކުރާ އަޑު.” އަހަރެން ބުނީ މުޅީން ވެސް ދޮގެއް ނޫނެވެ. 

“މިތަނުގައި ކަލޭގެ ފުރާނަނެތް މަސްގަނޑު ބާއްވާފައެއް މަށެއް ނުދާނަމޭ. އެ އޮށްގާ ގޭންގު މީހުން ގޮތަށް ޝާހިދު މަރާލައިފައި ހެކި ދޫކޮށްލާފައި ދިޔަ ހެނެއް މަށެއް ނުދާނަން.” އޭނާ އަހަރެންގެ ކަރަށް އިތުރަށް ބާރުކޮށްލިއެވެ. “މަ މަރާލީމަ އެއް ނޫނޭ ކަލޭ ހައްޔަރު ވާނީ. ކަލޭ މީހުން ރަހީނުކޮށްފަ ހިންގާ ލާއިންސާނީ ޖަރީމާއަށް ހައްޔަރު ވާނީ. ހީކުރީތަ އަހަރެންގެ އަތުގައި ކަލޭ އާއި ދެކޮޅަށް ހެކި ބަހައްޓާފައި ނުހުންނާނެ ކަމަށް. ވަޅުލާފަ ވިޔަސް ކޮންމެވެސް ތަނަކު އެ ތަފްޞީލީ ހެކިތައް ހުންނާނެ. ސަލާމަތީ ފިޔަވަޅު އަޅަން އަހަރެން ވެސް ދަންނަމޭ.” އޭނާގެ ކިބައިން ސަލާމަތްވަމުން އަހަރެން ބުނެލީމެވެ. 

“އެއްޗާ!” ރުޅިވެރި އަޑަކުން އޭނާ ހަޅޭއްލަވައިގަތެވެ. “ހެހެހެ… ދެން ވެސް މަށަށް އެކަހަލަ އިންޒާރު ނުދީ މަޑުން ހުރެވޭތޯ ބަލާ. މަށަށް ވެސް ކަލޭ މަރާލެވިދާނެ. މި ތަނަށް ކައެގެ ހަށިފާރަވެރިން ގޮވައިގެން ނައި ކަމުގެ މޮޔަ ހިތަކަށް ނާރާތަ؟ އެހެނަސް އަހަރެންނަކީ ކަލޭ ކަހަލަ މީހެއް ނޫން. ފުރާނާ އެއް ދުއްވާލައިފައި ނަރަކައަށް ދާހިތަކުން މަށެއް ނޫޅެން. މި ވަގުތީ ދުނިޔޭގެ އުފަލަށް މަށެއް އެކަހަލަ ގަޅި ކަމެއް ނުކުރާނަން. ދެން ދަނީއޭ. ވަރަށް ސަލާމް. މިސްޓަ ރޭރު!” އަހަރެން ހިނގައިގަތީމެވެ. އޭނާއަށް އަހަރެންގެ ފަހަތުން އަންނާކަށް ނުކެރުނެވެ. ދެން އެހާ މަންފާ ކުރަނިވި ލާއިންސާނީ ޖަރީމާއެއް ހިންގާލުން ހުއްޓާލަން އެކަހަލަ މީހަކު ބޭނުމެއް ނުވާނެ ވިއްޔާއެވެ. 

އަހަރެން އަމިއްލައަށް އުފެއްދި ޑިވައިސެއް ކަހަލަ އެއްޗަކަށް އެދުވަހު ވެގެން ދިޔަހާ ކަމެއް ވީޑިއޯ ރިކޯޑު ކުރީމެވެ. އެއީ އިނގިއްޔަށް ލައްވާލެވޭ އަނގޮޓިއެއް ކަހަލަ އެއްޗެކެވެ. އޭގައިވާ ފޭކް ޖަވާހިރަކީ އަހަރެން އުފެއްދި މޮޅު ކެމެރާއެކެވެ. ގުރޭޑު ހައެއް ހިސާބުގައި ފޫހިވެގެން ކުރި މަސައްކަތެކެވެ. 

އަހަރެންނަށް ގެއަށް ދެވުމުން ލައިގެން ހުރި އެއްޗެހި ބަދަލު ކުރީ ނިދާންލާ ވައްތަރުގެ ކަޅު ޓީޝާޓަކާއި ފުއްޕި ހަރަވާޅަކަށެވެ. ދެން އެނދަށް ވެއްޓިގަނެފައި ގައިމަތީ ބޯ ރަޖާ އަޅާލީމެވެ. ދެލޯ މަރާލީ ނިދިއައިސްފައި ހުރި ވަރުންނެވެ. ކޮންމެހެން ފުރިހަމަ ނިންޖެއް ލިބިދާނެ ކަމަކަށް ނޫނެވެ. 

އަހަރެން އަނެއް ރޭ ގެއަށް ދިޔައީ ވަރަށް ލަހުންނެވެ. ތަންކޮޅެއް މަސައްކަތް ބުރަވީމައެވެ. މިއަދަކީ އަހަރެންނަށް އަށާރަ އަހަރު ފުރޭ ދުވަހެވެ. އެހެން ވެގެން ކަމަށް ވެދާނެއެވެ. އަސްރަފީވިލާގޭގެ ބޮޑު ގޭޓުން ވަދެގެން ދިޔައިރު އެތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއި އެކު ސިހުނީ ކުއްލިއަކަށް މުޅިތަން ދިއްލުމުންނެވެ. އެވަގުތު އަހަރެންގެ ކުރިމައްޗަށް ވެއްޓުނު އިންސާނެއްގެ ބޯ ފެނިފައި މޫނު ހުދުވިއެވެ. ލޯބިވާ މަންމަގެ ބޯ ހަށިގަނޑާއި ވަކި ކޮށްލައިފައި ވަނިކޮށް ފެނިއްޖެނަމަ ނުސިހޭނީ ފަހެ ކާކު ހެއްޔެވެ؟ މުޅި މީހާގެ ގައިން ތުރުތުރު އަޅަމުން ދިޔަ ޙާލު އަހަރެން އެތެރެއަށް ވަނީމެވެ. 

މީހާ އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ސިޓިންރޫމުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. ބަރިއަކަށް އަތުރައިފައި ވަނީ ޢާއިލާގެ މީހުންނާއި އެކުވެރިންގެ ފުރާނަ ނެތް މަސްގަނޑު ތަކެވެ. ކޮންމެ ހަށިގަނޑަކަށް އެތައް ފަހަރަކު ވަޅި ހަރައިފައި ހުރި ކަމުގެ އަސަރު ފެންނަން ހުއްޓެވެ. ކޮށާލައިފައި ހުރި ވަރުން އެ ހަށިތަކުގެ މަސްތައް ނުކުމެ ކަށިތައް ހުރީ ފެންނާށެވެ. ކާކޮޓަރިއަށް ވަންނަ ދިމާލުގައި ހުރި ބިއްލޫރި ބިތުގައި ލެއިން ލިޔެލައިފައި ވަނީ އިނގިރޭސި ދެ ލަފުޒެވެ. ‘ހެޕީ ބާރތްޑޭ’ އެވެ. ފާރުގައި ލެއިން ދެން ލިޔެފައި ވަނީ ރޭރަށް ދޮގު ހެދީމާ ބަދަލު ހިފީ ކަމަށެވެ. އަހަރެންގެ ހިތުގައި ހިފާ ފިއްތާލި ކަމުގެ އިހުސާސް ކުރެވުނެވެ. މޭގައި އަތް އަޅާލާ ދެ ލޯ މަރާލަމުން ބިމަށް ތިރިވީމެވެ. 

ދެން ހީވީ މަންޒަރު ބަދަލުވީ ހެންނެވެ. އެއީ ރޭގަނޑުގެ ވަގުތެވެ. އެއްފަރާތުގައި އޮތީ މޫދެވެ. ސިކުންތު ކޮޅު ކޮޅުން ރެދަން ކަނޑާ އިރު ހީވަނީ އެއީ ނާމާން ބިރުވެރި ތަނެއް ހެންނެވެ. އަހަރެންނަށް ބަލާލެވުނީ އަމިއްލަ ދެއަތަށެވެ. އެތަނުން ހަންގަނޑު ކަނޑައިގެން ގޮސް ލޭ އަންނަނީއެވެ. ތިރި ދޮންވެލިގަނޑުގެ ކުލަ ވަނީ ރަތްވެފައެވެ. ދެން ފެނުނީ އާހިލާއި ސެޓަންގެ އިތުރުން މޫނު ނިވާކޮށްގެން ހުރި ފިރިހެން މީހާއެވެ. މިއީ ރަށެއްގެ ގޮނޑުދޮށް ކަން އަހަންނަށް އެނގުނެވެ. ދެން ފެންނާނީ ސެޓަން އާހިލަށް އަނިޔާކުރާ މަންޒަރެވެ. އަހަރެން ހަޅޭއްލަވައިގަންނަމުން ހުއްޓާލަން ބުނީމެވެ. އެހެނަސް އެމީހުންނަށް އެ އަޑު ނީވޭ ފަދައެވެ. ދެން ހީވަނީ މުޅި ދުނިޔެ އެނބުރޭ ހެންނެވެ. 

“ބުނާނަންތަ؟ ދެން ވެސް ހެކި ބަހައްޓާނަންތަ؟” ބަރު ނާމާން އަޑަކުން ރޭރު އެހިއެވެ. އަހަރެންގެ ދުލުގައި ތަޅެއް އެޅުވިފައި ވާ ކަހަލައެވެ. އޭނާ ދެން އަހަރެންގެ ގާތަށް އައިސް ނިތްކުރީގައި ޖައްސާލީ ބަޑިއެކެވެ. އަހަރެންނަށް ކުރެވުނުހާ ވެސް ކަމަކީ ދެލޯ މަރާލުމެވެ. ބިރުން ފިތްގަނޑައިގެން ގޮސްފައިވާ ޙާލު އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާލީމެވެ. ދެން އަހަރެންގެ ކަންފަތުގައި ގުގުމައިގަތީ ބަޑީގެ ވަޒަން ދޫކޮށްލުމުން އިވޭ ބާރު އަޑުފަށްގަނޑެވެ. 

ކުއްލިއަކަށް އަހަރެންނަށް ހޭލެވުނު އިރު އޮތީ ދާހިއްލާ ތެމި ފޯވެފައެވެ. އޭސީގެ ފިނިކަން ބާރައިގައި ހުއްޓަސް ވާ ވަރެވެ. މިއީ ގިނަ ރޭ ރޭގެ ޙާލަތެވެ. ހަމަ ނިދި ނުލިބެނީ މި ސަބަބާއި ހުރެއެވެ. މިގޮތަށް ބިރުވެރި ހުވަފެންތައް ފެންނަ ރޭ ތަކުގައި ހޭލެވޭ ވަގުތު ސުންނަތް ނަމާދު ކޮށްލުމުން ލުއި ވާނެއެވެ. އެހެނަސް މިރެއަކީ ނަމާދު ނުކުރެވޭ ރެއަކަށް ވުމުން އަހަރެން ތެދުވެގެން ގޮސް މޫނު ދޮވެލައިގެން ބެލްކަންޏަށް ނުކުތީއެވެ. އޭރު ގަޑިން މެންދަމު ތިނެއް ޖަހާ ތިރީސް ހިނގީއެވެ. މި ވަގުތު މަގުތައް ވެސް ވަރަށް ފަޅެވެ. 

ހިތްހަމަޖައްސާލަން ވެސް ކުރި މަސައްކަތް ބޭކާރެވެ. ހަމަ ލޯ މައްޗަށް ސިފަވަނީ އެ ކަންކަމެވެ. ދިރިއުޅުމުގެ ހަމަޖެހުން ނަގާލައިފައި ވަނީ އެކަންކަމުންނެވެ. މި ނަފްސާނީ އުނދަގުލުން ސަލާމަތް ވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އެރިއެވެ. އާހިލް ހޭ އަރާ ދުވަހަކުން އެކަން ކާމިޔާބު ވާނެ ހެއްޔެވެ؟ އެންމެ ރަނގަޅު ވާނީ އެ ރަހީނުކުރާ ގުރޫޕުގެ މަސައްކަތް ހުއްޓުވާލެވުމުންނެވެ. އެމީހުންނަށް ޙައްޤު އަދަބު ދެވުމުންނެވެ. އެހެނަސް އެއީ ވެދާނެ ކަމަކަށް ވެސް މިހާރު އަހަރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ އެ ރަހީނުކުރާ މީހުން އެމީހުންގެ އުސޫލުތައް ވެސް އެގޮތް މިގޮތަށް ބަދަލު ކުރަމުން ދާތީއެވެ. 

އެ ރަހީނުކުރާ ގުރޫޕު މީހުން އަހަރެމެން އެޖެންޓުން ކުރާ މަސައްކަތް ވެސް ބަލައެވެ. ބައެއް ކަންކަން ހޯދާލާނެއެވެ. އެކަމަކު އެމީހުންނަށް ނޭނގި ވެސް އަހަރެމެން ގިނަ ޕްރޮޖެކްޓް ތަކެއް ނިންމައިފައި ވާނެއެވެ. 

އަހަރެން ކޮޓަރިއަށް ވަދެ ވޫލަކުން އަހަރެންގެ އިސްތަށިގަނޑު ހައްޔަރު ކޮށްލައިފައި ނުކުތީމެވެ. އެ ބޭރު ކޮރިޑޯ އޮތީ ހުސްކޮށެވެ. ދެން މި ވަގުތު މީހަކު ހޭލައެއް ނޫޅޭނެތާއެވެ. މިއީ ހާރު ކާން ތެދުވަންނަން ރޯދަ މަހެއް ނޫނެވެ. ސުންނަތް ރޯދަ ހިފާ ދުވަހެއް ވެސް ނޫނެވެ. އަހަރެން ތިރިއަށް ގޮސް ބަދިގެއަށް ވަދެލާ ހޮޓް ޗޮކްލެޓް ތަށްޓެއް ގިރާލީމެވެ. އެ ހިފައިގެން ނުކުމެލީ ގޭގެ ގޯތި ތެރެއަށެވެ. ފަތިސްވާން ދެން އަހަރެން އެތަނުގައި އިނީމެވެ. 

“ރިފް! މި ގަޑީގައި ވެސް؟ އަނެއްކާ ރެއިން ފެށިގެން މިތަނުގައި ތަ އިނީ؟ ތިއްތި އަށް އެނގޭ ރިފް އަށް ނިދަން އުނދަގޫ ވާކަން. ރޭގަ ވެސް ނުނިދުނީތަ؟” ރަވާނު އަހަރެންނަށް ގޮވާލައިފައި ވާހަކަ ދެއްކިއެވެ. އަހަރެން މަޑުމަޑުން ހޫމް އެއް ލައްވާލީއެވެ. އޭނާ ދެން ދިޔައީ ނަމާދަށެވެ. އަހަރެން ވެސް އަނބުރާ ގެއަށް ވަނީމެވެ. މި ވަގުތަށް ނަމަ ވިޔަސް ނިދާލެވޭތޯއެވެ. 

ގިނަ ދުވަސްތަކަކަށް ފަހު އަރާމު ނިންޖެއް ލިބުމުން އަހަރެންގެ ސިކުނޑި ތާޒާ ވިއެވެ. ނިދުނީ ކިހާ އިރެއް ވާންދެން ކަމެއް ވެސް ނޭނގެއެވެ. އަހަރެން ފޯނު ނަގާ ހުޅުވާލުމާއި އެކު ގަޑި ފެނި ސިހުނުވަރުން އެ ވެސް އަތުން ވެއްޓުނެވެ. މިހާރު އެއޮށް ހަވީރުވެގެން ގޮސް އިރުއޮއްސޭ އަތަށް އެޅީއެވެ. ގަޑިން ފަސްގަޑި ސާޅީހެވެ. ތެޅުމުން ފޮޅެމުން ފެންވަރައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ނުކުމެވުނީ ޝެހެނާޒުގެ ކުރިމައްޗަށެވެ. 

“މިހާއިރު ވީމަ ވެސް އަހަރެންނަށް ގޮވާ ނުލިއްޔޯ!” އަހަރެން ބުނެލީމެވެ. “ރިފް އަށް އަށާރަ އަހަރު ފުރޭ ދުވަހު ނަމަ ވިޔަސް ރަނގަޅަށް އަރާމު ކޮށް ނިދާލިޔަކަ ދޭންވެގެން. އަހަރެންނަށް ވެސް އެނގެޔޭ ރިފް ނިދަން އުނދަގޫ ވެގެން ކޮންމެ ރެއަކު ހެން އުޅޭކަން.” ޝެހެނާޒު ބުނެލިއެވެ. އަހަރެން ދެން ތިރިއަށް ދިޔައީއެވެ. އޭރު ގޭގެ އަންހެންވެރީން ތިބީ އެތަނުގައެވެ. ރައުލް އާއި ނައިރާ ސަކަރާތް ޖަހާ އަޑުން އެތަނަށް ދިރުމެއް ގެނެސްދީފައި ވާ ކަހަލައެވެ. މަންމައާއި ނޫރީނާއި ފަރުހާގެ އިތުރުން ކެޔޮދޫ މާމަ އިނީ ފޯރިގަދަ ކެރަމް މެޗަކަށް އަރައިފައެވެ. 

“ރިފޫ! ހެޕީ އެއިޓީން. ދެން މިހާރު ބޮޑު މީހަކަށް ވީ ދޯ! ކޮން ކަހަލަ އިހުސާސެއްތަ ކުރެވޭނީ؟” ނޫރީން އެހިއެވެ. ދެން އެހެން އެންމެން ވެސް އަހަރެންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ފެށިއެވެ. އެމީހުންގެ އެ ބަސްތަކުން އަހަރެންގެ ހިތަށް އިތުރު ނުތަނަވަސް ކަމެއް ވެރިވީއެވެ. އެއީ އަހަރެންނަށް އެންމެ ފުރަތަމަ އެ ތަހުނިޔާ ކީ ބިރުވެރި ހުވަފެނަކުން ކަމަށް ވާތީއެވެ. 

އެމީހުންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލައިފައި އަހަރެން ދިޔައީ މަސައްކަތަށެވެ. މިއަދު ވަރުގަދަ ނިދިގަނޑެއް ނިދާލެވިއްޖެ ވިއްޔާއެވެ. އަހަރެންނަށް އެ ސްޕޯޓްސް ސެންޓަރުގެ ޚާއްޞަ ރޫމަށް ވަދެވުނު އިރު މަސައްކަތުގައި އުޅުނީ އަލްވާ އެކަންޏެވެ. އަހަރެން ސަލާން ގޮވާލަމުން އެތެރެއަށް ވަދެގެން ދިޔައީމެވެ. “ވަޢަލައިކުމުއް ސަލާމް! ރިފްއަށް އަށާރަ އަހަރު ފުރޭ ދުވަސް ދޯ މި އަކީ. އެވަރުން ވެސް ކިތައް ކޭސް މިހާތަނަށް އައި އިރު ނިންމާލައިފި؟ އަހަރެމެންގެ ގުރޫޕަށް ރެސްޕެކްޓާއި ބޯނަސްތައް ހޯދަނީ ވެސް މައިގަނޑު ގޮތެއްގައި ރިފް. މިރޭ ރެސްޓޯރެންޓަކަށް ކާން ދާން ވާނެ. ރިޖެކްޓެއް ނުކުރެވޭނެ އިނގޭ. އަހަރެން މި ރިޕޯޓު ނިންމާލީމަ ދެމީހުން އެކުގައި ދާން ވާނެ.” އަލްވާ އެ ވަގުތު ކޮޅު ތެރޭ ގިނަ ވާހަކަ ތަކެއް ދައްކާލައިފިއެވެ. 

“ހެވޭ. ގޮސްފާނަން.” ހިތާއި ދެކޮޅަށް އަހަރެން އެއްބަސްވީމެވެ. މިހާރު ދިހަ ފަހަރު އެހެން ކާންދޭން ގެންދަން އުޅުމުން ފިލައިގެން ގޮސްފީމެވެ. އެ ރިޕޯޓު ނިންމާފައި އެކީ ދާން އެ ބުނީ އެހެން ވެގެން ކަމަށް ވެދާނެއެވެ. އަހަރެން ގޮސް އަލްވާގެ މަސައްކަތަށް ބަލައިލީމެވެ. ވަރަށް ތަފްޞީލީ ރިޕޯޓެކެވެ. ބަހަށް ވެސް އޭނާ އެހާ ކުޅަދާނައީ އެވެ. މަދަރުސާގައި އުޅުނު އިރު ވާހަކަދެއްކުމާއި ލިޔުންތެރިކަމުގެ ޤައުމީ މުބާރާތްތަކުގައި ވާދަކޮށްގެން ރަން ވަނަ ހޯދި މީހެއް ވިއްޔާއެވެ. އިނގިރޭސިއަށް ވެސް ހަމަ އެހާ ކުޅަދާނަ ވާނެއެވެ. އޭނާގެ ކުޑައިރުގެ ހުވަފެނަކީ ޖާނަލިސްޓަކަށް ވުމެވެ. އެހެނަސް ފައިނަލް ރިޒަލްޓުގައި އެ ވީ ކުޅަދާނަ އެޖެންޓަކަށެވެ.

“މި ނިމުނީ. ދެން ހިނގާ.” އަލްވާ އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލަމުން އޭނާ އާއި އެކުގައި އައުމަށް އިޝާރާތްކޮށްލިއެވެ. “އަދި އަށް ގަޑި ސާޅީސް ފަހެކޭ އެވީ. އެހެން މަސައްކަތެއް ކޮށްލާން ހިނގާބަލަ.” އަހަރެން މަސައްކަތް ކުރީ އޭނާ މި ތަނުގައި ބަހައްޓާށެވެ. “ހެހެހެ… ކޮންމެހެން މަ ހައްލަން އުޅޭނެ ކަމެއް ނެތް. މިފަހަރު އަހަރެންނާއި އެއްކޮށް އަންނަން ޖެހޭނީ.” އަލްވާ އައިސް އަހަރެންގެ އަތުގައި ހިފައިގެން ނުކުތެވެ. 

ދިޔައީ ‘ޑައިނަމޯ’ ކިޔާ ރެސްޓޯރެންޓަކަށެވެ. އަހަރެން ހަމައެކަނި ފެންތަށްޓެއް ނެގުމުން އަލްވާ އޭނާ އޯޑަރު ކުރި ވައްތަރުގެ ޗިކަން ސެލެޑެއް އަހަރެންނަށް ވެސް ގެނައެވެ. އެތަކެތި ގެނައުމުން އަލްވާ އަހަރެންނަށް އަމުރު ކޮށްލީ ސެލެޑު ކާށެވެ. “ދެން އަލްވީ! ނުކާނަމޭ ބުނީމަ ވެސް ގެނައީ. އަލާ ދެން މި ކާލާ.” އަހަރެން އެ ތަށި ގަޔާއި ދުރަށް ޖައްސާލީމެވެ. އޭނާ ދެރަވާ ކަމަށް ހެދުމުން ގޮތް ދޫކޮށްފައި އަހަރެން ކާން ފެށީމެވެ. 

ކައި ނިމިގެން އަހަރެން ބޭރަށް ނުކުތީމެވެ. މި އަލްވާގެ ނުފޫޒުން އަހަރެން މި އައީ އެ ސެލެޑު ތަށި އެއްކޮށް ހުސްކޮށްފައެވެ. އަލްވާ އޭނާގެ އެޕާޓްމަންޓަށް ދާން މިސްރާބު ޖެހި އިރު އަހަރެންގެ މަންޒިލަކަށް ވެފައި ވަނީ ހަސްފަތާލެވެ. ދިޔައީ އާހިލަށް ޒިޔާރަތް ކޮށްލުމުގެ ނިޔަތުގައެވެ. އަވަސް ކުރަން ވެގެން ލޭންޑް ކެޕްސޫލަކަށް އެރީމެވެ. 

އޭނާ ބާއްވައިފައި އޮތް ޕްރައިވެޓް ރޫމަށް ވަދެވުނު އިރު އެތަނުގައި އޭރު އެކަކު ވެސް ނެތެވެ. އަހަރެން ގޮސް ގޮނޑި ދަމާލައިފައި އިށީނީމެވެ. އޭނާގެ އަތަށް އަހަރެންގެ އަތް މަހާލައިފައި އެނދުގައި ބޯ އަޅާލީމެވެ. 

“އާލް! ދެން ކޮން ދުވަހަކުން ތަ ހޭ އަރާނީ. އަހަރެން އެކަނި މި ކަންކަމާއި ކުރިމަތިލާން ޖެހުނީމަ ހާދަ އުނދަގުލޭ. ހުވަފެނުގައި ވެސް ކޮންމެ ރެއަކު އެމީހުން އަހަރެންނަށް އުނދަގޫ ކުރޭ. ބިރު ވެސް ދައްކާ. ދެން އާލް! މިތަނުގައި ތިހެން އޮންނަ ތަން ބަލަން އަހަރެންގެ ހިތަކަށް ކެތެއް ނުވޭ. ހަސްފަތާލުގެ މެޝިނު ތަކުގެ އެހީގައި ދިރި ހުންނަ މަންޒަރު ފެނި އަހަރެންގެ ހިތް ލޭކަރުނަ އަޅާ ރޮމުން ދޭ. ކުރީގައި ޤަބޫލުކުރަން ބޭނުމެއް ނުވި މި ހިތުގައި އުފެދުނު އިހުސާސް ތަކަކީ ތެދުވެރި ލޯބިކަން ކަމެއް. އަހަރެން އޭރު ދުލުން ނަފުރަތު ކުރަމޭ ބުނި ކަމަށް ވިޔަސް މިހާރު ޤަބޫލުކުރަން އެއީ ދޮގެއް ކަމަށް. އަހަރެންނަށް ވެސް އާހިލް ދެކެ ލޯބި ވެވިއްޖެ. ދެން ވެސް ތިހެން ނޯވެ ތެދުވެ ބަލަ.” އަހަރެންގެ ހިތުގައި ވީ ވާހަކަތައް އެއްފަހަރާ ބަންޑުން ކޮށްލީމެވެ. ދެން އެވަގުތު ވީގޮތަކުން ސިހިފައި ގޮނޑި ވެސް ވައްޓާލައިފައި ތެދުވެވުނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އާ ދިރިއުޅުމެއްގެ ފެށުން -3

Next

ޕިޔަދަ 1

Next
December 23, 2024

ޕިޔަދަ 1

Previews
December 23, 2024

އާ ދިރިއުޅުމެއްގެ ފެށުން -3

15 Comments!

  1. kai says:
    December 23, 2024 at 2:17 pm

    mi part vx v reethi

    1. White rose White rose says:
      December 23, 2024 at 6:19 pm

      Thnx Kai 💕

  2. Lara says:
    December 23, 2024 at 2:47 pm

    Mi part ves varah reethi
    I think aahil wake up vee kaneyge
    Can’t wait for the next part ❤️❤️❤️

    1. White rose White rose says:
      December 23, 2024 at 6:19 pm

      Thnx Lara 💕

  3. Cutie girl says:
    December 23, 2024 at 3:26 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aahil hey eree kanneyge
    Riga and aahil gulhuvachey
    They both are made for each other
    Finally rifga ah aahil dheke loabi vevijje
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Love you fav author

    1. White rose White rose says:
      December 23, 2024 at 6:19 pm

      Thnx Cutie girl 💕

  4. Your fav bab says:
    December 23, 2024 at 3:57 pm

    Yesss!!!!
    Finally I think aahil wake up kuree hen!!!!!!
    When next????

    1. White rose White rose says:
      December 23, 2024 at 6:20 pm

      Thnx Your fav bab 💕
      IA I’ll submit this week.

  5. Jennie says:
    December 23, 2024 at 4:32 pm

    V reethi mi part ves I think Aahil is wake up Btw When next part can’t wait

    1. White rose White rose says:
      December 23, 2024 at 6:21 pm

      Thnx Your fav bab 💕
      I’ll submit this week IA.

    2. White rose White rose says:
      December 23, 2024 at 6:22 pm

      Thnx Jennie 💕
      Mi week ga leveythoa balaanan.

  6. Nawar says:
    December 23, 2024 at 4:43 pm

    Maashaa Allah mi part vx varah varah reethi…
    Aahil hey ery kanneyge e….
    Can’t wait for next…
    Whn next?.

    1. White rose White rose says:
      December 23, 2024 at 6:23 pm

      Thnx Nawaa 💕
      IA this week..

  7. Anonymous says:
    December 24, 2024 at 10:48 am

    V reethi mi part ves can’t wait

    1. White rose White rose says:
      December 25, 2024 at 9:08 am

      Thnx Anonymous

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 42←


All Right Reserved!