ޙަޤީޤަތް ހޯދުމޭ 48
އެ ވަގުތެވެ. ފަހަތުން މީހަކު އަހަރެންގެ އަނގަމަތީގައި އަތް އެޅިހެން ހީވިއެވެ. އެ ސިކުންތު ކޮޅުގައި އެއީ ނުރަނގަޅު ނިޔަތެއްގައި އައި މީހެއްކަން އަހަރެންނަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. ސަލާމަތް ވުމުގެ ނިޔަތުގައި ތެޅިގަތީމެވެ. އެހެނަސް އެމީހެއްގެ ޙަރަކާތްތައް އަވަހެވެ. އަހަރެންގެ ގައިގައި ހިފާ ދަމައިގަނެގެން ގެންގޮސް އެ ހިސާބުގައި ހުރި ބިންގަރާހެއް ކަހަލަ ވައްތަރެއްގެ ތަނަކަށް ވައްދާލީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންނަށް ނުވިސްނުނީ އެހެން ހަދާނެ މީހެކެވެ. އަތަށް ފްރީޒް ނީޑްލް ގަނޑެއް ވެސް ހަރާލައިފި ވިއްޔާއެވެ.
އޭނާ ގެންގޮސް އަހަރެން ވައްދާލީ ބަންދު ކޮޓަރިގަނޑަކަށެވެ. އެތަނުގެ މުށިޖެހި ތަޅުން މަތީގައި އޮތް ބާ ސަތަރިގަނޑެއްގެ މައްޗަށް ވައްޓާލިއެވެ. އޭނާގެ މޫނު ފެނުނީ ދެނެވެ. ހީވީ މޫނަށް އަފުނޯސްކަށިތަކެއް ހަރާލީ ހެންނެވެ. އަހަރެން މިތަނަށް ގެނައީ ޒިރާރުގެ ދޮށީ ފިރިހެން ދަރިފުޅު ޒާލިމެވެ. މި ސޮރު އަހަރެންނަށް ބެހެންވީ ކީއްވެގެން ހެއްޔެވެ؟ ސޭކެއް ހެން ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ.
“ކަލޭ އަށް އަހަރެން ވެސް އޮޅުނީތަ؟” މަލާމާތުގެ ރާގަކަށް އަހާލި ސުވާލަކުން އަހަރެންގެ ސިކުނޑިއަށް އެނގުންވެލިއެވެ. މުޅި މީހާގެ ގައިން ތުރުތުރު އަޅައިގަތީ އެއީ ކާކުކަން އެނގުމުންނެވެ. އެ އަތުގެ ބާރުގަދަކަން ގުޅުވާލެވުނީ އެ ކަންކަމާއެވެ. އެންމެ ފުރަތަމަ ފަޅުރަށުންނެވެ. އެ ދުވަހު އަހަރެންގެ ކަރުގައި ހިފާ ބިރުދެއްކީ މި ފިރިހެނާއެވެ. ނުވީތާކަށް ޕައިން ފޮރެސްޓުން ވެސް ރޭރުގެ ނަމުގައި ބައްދަލު ކުރީ މީނާއެވެ. މިއަދު އަނގަމަތީގައި އަތް އަޅާ ބާރު ކޮށްލުމުން ވެސް ކުރެވުނީ އެއް އަތެއްގެ އިޙުސާސެވެ. ހައިރާންވެ ސިހިފައި ހުރި ވަރުން ލޮލުން ކަރުނަ އަންނަން ފެށި ހެން ހީވިއެވެ. ބިރުން ގޮސް ހަލާކުވެއްޖެއެވެ. ނަމުގައި ޖަލަށް ލެވުނު ރޭރަކީ ޙަޤީޤަތުގައި ޒާލިމް ހެއްޔެވެ؟
“އާނ. އެބަ ރަނގަޅުވޭ. މަ ފާހަގަ ކުރަން އެނގިއްޖެ.” ހުއްޓުން އަރައިފައި ބަލަން ހުރުމުން އޭނާ އަށް އެކަން ނަގައިގަނެވުނެވެ. “ކަލޭ ކިހިނެއް އެ ހުރިހާ ހެއްކެއް ހޯދީ؟ އެ ތަނަކަށް ނުވަދެވޭނެ އަހަރެންނާއި ޒިރާރު ނޫން ތިންވަނަ މީހަކަށް.” އޭނާ އެހިއެވެ. “ނުބުނާނަން.” އަހަރެން ތެދުވެ ސަތަރިގަނޑުމަތީ އިށީނދެލީމެވެ. “އެއްޗާ. މިހާރަކަށް އައިސް ކައެ މާ ގައްޑާ ވެގެން ތި އުޅެނީ ކީއްވެގެންތަ؟ މަގޭގެ ބާރު ކަނޑުވާލައިފަ ކަލޭ އަކަށް ވަކި އުފަލެއް ނުލިބޭނެ.” އޭނާ އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ.
“އައްދޯތް! ބަލަ ކަލޭ މީހުންގެ ހަށިގަނޑުން ގުނަންތައް ނަގައިގެން ވިއްކަމުން ދުވީ ބިރެއް ނެތިގެންތަ؟ ކަލޭ އަށް ހެއްދެވި ފަރާތެއް ވާކަން އެނގޭތަ؟ ނަޙަލާލު ފައިސާ ހޯދަން ފަހެއް ނުޖެހޭތަ؟ ބަލަ އިންސާނީ ވަގުފާރި ކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކޭ. ކަލޭ ކަހަލަ ނުބައި ނުލަފާ މީހުން ހުއްޓުވަން އަހަރެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ. މި ބުނީނުން ނުހުއްޓުވޭނޭ. އަދި ކަލޭ ވެސް އެ ކުޑަ ގޮޅިއަށް ވައްދާލާނަން. އިސްލާޙުވާން ނޭނގޭ މީހުން ދާން ޖެހޭނީ އެތަނަން. ތެދުވެރި ކަމާއެކު ވަގުތު އޮއްވާ ދެން ވެސް އެ ކުށަށް ތައުބާ ވެބަލަ.” އޭނާގެ މޭގައި އަޅާ ދުރަށް ކޮށްޕާލައިފައި އަހަރެން ތެދުވީމެވެ. ދޮރާއި ދިމާއަށް މިސްރާބު ޖެހީ ސަލާމަތްތެރިކަން ހޯދުމުގެ ނިޔަތުގައެވެ.
ދޮރާއި އަރާ ހަމަވެފައި ހުއްޓާ އަހަރެންގެ ކަނދުރާ ދަށަށް ދެ ފަހަރަކު ތޫނު އެއްޗެއް ހަރާލި ކަމުގެ އިހުސާސް ކުރެވުނެވެ. އެ ވަގުތު ހަށިގަނޑުގެ ތެރޭ ފެތުރިގަތް ކަށިތައް ތޮރުފާލާ ފަދަ ފިނިކަމުން އެ ހަރާލީ ފްރީޒް ނީޑްލް ތަކެއް ކަން އެނގުނެވެ. އޭނާ ދެން ވެސް އަހަރެން ގެންގޮސް އެ ސަތަރިގަނޑު މައްޗަށް ވައްޓާލިއެވެ. ނުތެދުވެވިފައި އޮންނަން ޖެހުނީ އެތެރެ ހަށީގައި އުފެދިގެން ދިޔަ ސުނޯ އަށް ވުރެ ފިނި ރޯޅިން ޙިއްސުތައް ޙަރަކާތް ކުރާލެއް ލަސްވުމުންނެވެ. މުޅި ހަށިގަނޑުން ނަގައިގެން ޒަވި ދިލަޔަށް ކެތް ނުވެގެން އަހަރެންނަށް ދެލޯ މަރާލަމުން ދުލުން ވޭނީ އާހް އެއް ބޭރުކޮށްލެވުނެވެ.
“ހެހެހެ… މަ ފުރަތަމަ ބޭނުންވީ ކަލެއާ ގުޅުން ހުރި ހާ ބައެއްގެ ފުރާނަ ދުއްވާލަން. ދެން މިހާރު އެކަމެއް ނުވާނެ ދޯ! ދެން އޮތް އޮޕްޝަނަކީ ކަލޭ މަރާލުން ވިއްޔާ. މިފަހަރު މަށެއް ތި ރީތި ސިފަޔަކަށް ނުހެއްލޭނެ.” އޭނާގެ މޫނުމަތީގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ.
“އިހަށް ކިޔައިދޭންވީ ދޯ އަހަރެންނަކީ ރޭރުގެ ގޮތުގައި އުޅުނު މީހާ އަށް ވީ ކިހިނެއް ކަން. އެ ހުރިހާ ކަމެއް ހިނގައިދިޔަ އިރު ވެސް އަހަރެންގެ ދަށުން މަސައްކަތް ކުރި މީހުން ރޭރަކީ ޒިރާރު ކަމަށް ބުނީ ކީއްވެގެން ކަން؟ ހެހެހެ… ހާސް ނުވޭ. ކަލޭ މަރުވުމުގެ ކުރިން މަ އެ ވާހަކަތައް ކިޔައިދީފާނަން.” އޭނާ ހިނިގަނޑެއް ޖަހާލިއެވެ. އެއީ ވެސް އަހަރެން އެނގެން ބޭނުންވާ ވާހަކަ ތަކެކެވެ. އެކަމާއި ހެދި އޮވެވުނު ނާޒުކު ޙާލަތުގެ މަތިން ވެސް ހަނދާން ނެތުނު ކަހަލައެވެ.
“ޒިރާރު ރޭރު. ގުޅެއެއްނު. އަޞްލު ޒިރާރަކީ ރޭރު. އެކަމަކު މަ އުޅުނީ އޭނާގެ ނަންމަތީގަ. މަ އެ އައިޑެންޓިޓީ ގަތީ ވިހި މިލިޔަން ޑޮލަރަށް. ހަމަ އަޖައިބެއް ނުވޭތަ ޒިރާރުގެ ސްޓައިލިން ބްރޭންޑް އެންމެ އަހަރެއްގެ ތެރޭގައި މަޝްހޫރުވެ ދުނިޔޭގެ ބާޒާރަށް ވަދެގަތީމައެއް. އޭނާއަށް އެހެން ހިނދުކޮޅެއްގެ ތެރޭގައި އެވަރުގެ ބޮޑު ކުރިއެރުމެއް ލިބުނީ އަހަރެންގެ ސަބަބުން.” ޒާލިމް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.
ޒާލިމް އެ ބުނެލި އެއްޗަކާއި މެދު އަހަރެންނަށް ވިސްނާލެވުނެވެ. އެއީ މުޅިން ތެދެއް ކަމަށް ޤަބޫލުކުރެވުނީ ސްޓައިލިންގެ ތާރީޚު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އެންމެ ފުރަތަމަ އެ ކުންފުނީގެ ފިހާރައެއް ހުޅުވުނީ 2216 ގައެވެ. އެއީ މީހުން ގެއްލޭން ފެށިތާ އެއް އަހަރު ދުވަސް ފަހުންނެވެ. ގިނަ ކުންފުނި ތަކާއި ޚިލާފަށް އެ ކޮންޕެނީ އަހަރެއްގެ ތެރޭގައި ދުނިޔޭގައި ވިދާލީ އެންމެން ހައިރާން ކަމުގެ އަނދަވަޅަކަށް ވައްޓާލަމުންނެވެ. ދުނިޔެ ސިއްސުވާލި ފަދަ ބޮޑު ކުރިއެރުމެއް ހޯދާލީ ކިހިނެއް ކަމާއި މެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް އެ ސުވާލުތައް ވެގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށް ދެއްކުނު މުގުލެއް ނެތް ވާހަކަ ތަކަކަށެވެ.
ސްޓައިލިން ބްރޭންޑް ދުވަހަކަށް ވުރެ ދުވަހެއް މަޝްހޫރު ވަމުން ގޮސް ދުނިޔޭގެ ތިންވަނަ އަށް އެންމެ ކުޅަދާނަ، ފައިދާ ލިބޭ ކުންފުންޏަށް ވެގެން ދިޔައީ 2219 ވަނަ އަހަރުގައެވެ. އޭރު ސްޓައިލިންގެ 160 ބްރާންޗް ބޭރު ގައުމުތަކުގައި ހުޅުވިފައި ވިއެވެ. އަނެއް ސާޅީސް ފިހާރަ ހުރީ ދިވެހި ރާއްޖޭގައެވެ.
“މަގޭގެ ވިޔަފާރި ހާ ބޮޑު ފައިދާއެއް ލިބޭނެ ވަރުގެ ވިޔަފާރިއެއް އެހެން އެކަކު ވެސް ނުހިންގާ. މަ ކިހާ މޮޅުތަ؟ މީހަކު މަރާނުލާ ފުރަތަމަ ހުރިހާ ގުނަވަންތަކެއް ނަގައިފަ ހައިޕޮތޭމިއާގަ ފިނިކޮށްފައި ބެހެއްޓީމަ އޭގެ ކޮލެޓީ ވަރަށް މަތިވާނެ. މަރުވެފައި ހުންނަ މީހުންގެ ގުނަންތައް ނަގާ އިރު އެހާ ތާޒާ އެއް ނުވާނެ. ފަންކްޝަނިން ރަނގަޅެއް ނުވާނެ. އެހެން ބައެއް މީހުން ހިއުމަން ޓްރެފިކް ކުރާއިރު ގަޅި ކަމުން ފުރަތަމަ ވެސް މަރާލަނީ. އަދި އޭގެ ތާޒާކަން ހިފަހައްޓަން ކުޑަކޮށް ވެސް މަސައްކަތް ނުކޮށްލާ ބްލެކް މާކެޓުގައި ވިއްކާލިޔަސް ލިބޭނީ ކޯއްޗެއް. އަހަރެމެން ގުނަންތަކުގެ ހުރިހާ ތަފްސީލަކާއި އެކު ވިއްކާތީ 330 މިލިޔަން ލިބެނީ ވެސް. ކަލެއަށް ނޭނގުނަސް އެ އިންސާނުންގެ މަސް ގަންނާނެ މީހުން ވެސް އުޅެޔޭ. ދެން ބާކީ ހުންނަ އެތިކޮޅު މުގުރާލާފަ އިންސިނަރޭޓް ކޮށްލީމަ ހިމުން ފުށްކުނޑިއެއް ހެދޭނީ. އެ ޕައުޑަރ ޕެސިފިކް ކަނޑަށް އަޅާލީމަ ދެން ކާކަށް އެ ހަށިތައް ހޯދައިގެން އަހަރެމެންނާއި ދިމާލަށް އާދެވޭނީ؟” ޒާލިމް ބޮޑާ ކަމާއި އެކު ބުނެލިއެވެ.
“ކަލޭ ކަހަލަ ސުންޕާ އަންހެނަކާއި ނުޖެހުނުނަމަ އަހަރެންގެ ރަން ފަދަ ވިޔަފާރި އަނދާ ހުލި ނުވީސް. އަދި މާ ޞާލިޙު ވެގެން މަށަށް ފަތުވާ ދޭން އެބަ އުޅެއެއްނު. އިންސާނީ ވަގުފާރިއޭ ކިޔައިގެން އެޔަށް ޙަރާމް ޙުކުމް ޖަހާފަ. ދީނަށް އުޅެގެން ކޮން ފައިދާއެއްތަ ވަނީ. މި ދުނިޔޭގެ އުފަލާއި އަރާމާއި ލައްޒަތް ނުލިބެންޏާ ކީއްކުރާ ދީނެއްތަ؟ އެހާ ކަޓު ދީނަކަށް އުޅެން މަ މީ ކަލޭ ކަހަލަ ބޯ ހަމަނުޖެހޭ މީހެއް ނޫނޭ. ބޯ ހަމަޖައްސާލަން މަސްތުވާތަކެތި ބޭނުން ކޮށްލިޔަސް ޙަރާމް. ބޭރު ޤައުމުތަކުގައި ހުންނަ ނައިޓް ކްލަބުތަކުގެ އަންހެން ކުދިންގެ ‘ރަހަ’ ބަލާލިއަސް ޙަރާން. ހެވީ ބްލެކް މެޓަލް މިޔުޒިކް ޖަހާލިޔަސް ޙަރާން. މަޖާ ކަމެއް ވިއްޔާ އެކަމެއް ޙަރާން. ނެތެއްނު ސަލާމަތެއް. ބަލަ ކަލާނގެއެއް ހުރިއްޔާ އަހަރެންގެ ލޯ ކުރިމައްޗަށް ނުފެންނަނީ ކީއްވެގެންތަ؟” އޭނާގެ ވާހަކަ ހުރި ގޮތުން މޫނުމަތީގައި އެތިފަހަރެއް ވީއްލާލާހާ ރުޅިއައެވެ. ނުރުހުން ވީ ވަރުން ލޭ ކެކިގަތެވެ.
އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ ޒާލިމް ވާހަކަ ދެއްކި ގޮތުން ހީވަނީ މުރުތައްދު ވެގެން އުޅޭ މީހެއް ހެންނެވެ. އާން އެހެންޏާ ދީނާއި ދިމާލަށް އެހާ ވަރަށް އެއްޗެހި ކިޔަން ޖެހޭ ހެއްޔެވެ؟ ޙައްޤު ދީނަކީ އެއީ ވިއްޔާއެވެ. ދީނުގެ ޙުކުމްތައް ކަނޑައަޅުއްވައިފައި ވަނީ އެކަމުގެ ޙިކުމަތްތަކެއް ވާތީއެވެ. އިންސާނީ ވަގުފާރި ކުރުމަކީ އިންސާނާގެ ފުރާނަ އާއި ކަރާމާތައް ގެއްލުން ކުރާނޭ ކަމެކެވެ. ރަސޫލުﷲ (ސ.އ.ވ) ޙަދީޘް ކުރައްވާފައިވާ ގޮތުން “ގެއްލުމެއް ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއް ވެސް ނެތެވެ” އޭގެ މުރާދުން ބުނެދެނީ ކީކޭ ކަން ހަމަ ނޭނގެނީ ހެއްޔެވެ؟
ދެން ކުލަބުތަކަށް ގޮސް ޒިނޭ ކުރުމަކީ ހައްދު ކަނޑައެޅިފައިވާ ބޮޑު ހަތް ފާފައިގެ ތެރެއިން ފާފައެއް ކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ހަމަ ޢަޤީދާ ފާސިޤުވެގެން ގޮސް ހައްދު ފަހަނަ އަޅައިފައެވެ. އެފަދަ ބަދު އަޚުލާޤީ ޢަމަލުތައް ހިންގުމަކީ އާޚިރަތުގައި ގަދަފަދަ ވެގެންވާ ޢަޒާބު ލިބޭނެ ކަމެއް ކަން ހަމަ ނުދަންނަނީ ހެއްޔެވެ؟ ޒިނޭ ކުރާ މީހާ މުއުމިނެއް ކަމުގައި ވެގެންވާ ޙާލު ޒިނޭ ނުކުރާނެ ކަމަށް ރަސޫލާގެ ޙަދީޘަކުން ބަޔާން ވެގެން ވެއެވެ.
ބޯ ހަމަޖައްސާލާށޭ ކިޔައިފަ މަސްތުވާތަކެތި ބޭނުން ކުރުމުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ މި ޒާލިމަށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުން މާތްﷲގެ ލަޢުނަތް ލިބޭނެކަން ނޭނގެނީ ބާއެވެ. މާތްﷲގެ ލަޢުނަތް ލިބިއްޖެ މީހަކަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަން ނުވިސްނެނީ ހެއްޔެވެ؟
ނުވީތާކަށް އިސްލާމް ދީނަށް ނިސްބަތްކޮށް ދުލަށް އައިހާ އެއްޗެއް ކިޔަން އޭނާއަށް ލިބުނީ ކޮން ޙައްޤެއް ހެއްޔެވެ؟ އިސްލާމް ދީނުގައިވަ ގޮތްތަކަށް މަލާމާތް ކޮށް އެއްޗެހި ކިޔުމަކީ ޝަހާދަތް ބާޠިލު ކުރާނޭ ކަމެއް ކަން ނޭނގެނީ ހެއްޔެވެ؟ އޭނާގެ ހުރިހާ ޙަރަކާތްތަކެއް ބައްލަވާ ވޮޑިގެންވާ ކަލަކު ވާކަން އެނގެން ޖެހޭނެއެވެ. އިސްލާމް ދީނަކީ ޣައިބުގައިވާ ކަންކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. މާތް ﷲއީ ޢަރުޝި މަތީގައި ވޮޑިގެންވާ އެއްކައުވަންތަ މާތް އިލާހެވެ. އެ އިލާހަށް ބިރުވެތިވާ ނަމަ އެފަދަ ބަދުއަޚުލާގީ ޢަމަލުތަކެއް ނުހިންގާނެއެވެ. ކުރާ ފާފަތަކަށް ކަށްވަޅުގައްޔާއި ނަރަކައިގައި ދެވޭނެ ގަދަފަދަ ޢަޒާބަށް ބިރުވެތިވާނެއެވެ.
“ކަލޭ… އަށް ކޮ…ން ޙައް…ޤެއް އޮތީ… ދީނުގެ ކަ…ކަންކަމަށް އެ…އްޗެހި ކިޔަ…ން” ވަރަށް މަސައްކަތުން އަހަރެންގެ ދޫ ހަލުވާލީމެވެ. ޢާންމު ގޮތެއްގައި އެއްފަހަރާ ފްރީޒް ނީޑްލްގެ ތިން ޝޮޓު ހަށިގަނޑަށް އަރައިފިނަމަ އެހެން ވާހަކައެއް ނުދެއްކޭނެއެވެ. ‘ފްރީޒް ނީޑްލް އިންޓޮލެރެންސް’ ހުރީ ކަމަށް ވެދާނެއެވެ. ކުރިން ފަހަރު އަހަރެންގެ ހަށްޓަށް އޭގެ ޙަމަލާއެއް އެރި ވިއްޔާއެވެ. އެފަހަރު ދެ ޝޮޓެވެ. ރަނގަޅު ކުރެވުނީ ވަގުތުން ފަރުވާ ލިބުމުންނެވެ.
“ކަލޭ! ކިހިނެއް؟ މީގެ އަސަރު ނުކުރަނީތަ؟” އޭނާ އަހަރެންގެ ނިތުގައި އަތްލައިފައި އެކީ ދަމައިގަތީ ފިނިވެގެން ކަމަށް ވެދާނެއެވެ. އެހެނަސް އެ މޫނުމައްޗަށް ބަލައިލައިފައި ވެސް އެ ހުރީ ޝައްކެއްގެ މަތީގައި ކަން އަހަރެންނަށް އެނގުނެވެ. މުށިތައް މަތީގައި އޮތް ފްރީޒް ނީޑްލް އެއް ނަގާ އަތުގެ ނާރާއި ދިމާކޮށްލަމުން ހަރާލައިފިއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެ ފަހަރެވެ. ދެން ހީވީ ކަށިތައް ފޫއަޅުވާލައިފައި ހަށިގަނޑު ފިނީގެ ކަނޑަކަށް ވައްޓާލި ހެންނެވެ. މެޝިނަކުން އަހަރެންގެ ހަށިގަނޑުގެ ބައިތައް ދަމައިގަތް ހެނެވެ. ހުޅުތައް ގަނޑުވެގެން ދިޔަ އިޙުސާސެއް ކުރެވުނެވެ. ޙިއްސުތައް ކެނޑިގެން ދިޔަ ހެން ހީވިއެވެ. މި އުޅެނީ މަރުގެ ރަޙަ ދެކެން ހެއްޔެވެ؟
“ހެހެހެ… މީގެ ދެ ގަޑިއިރަށް ފަހު ކަލޭ މަރުވާނެ. އެހެން ވިޔަސް މަށަކީ އެވަރުގެ ރިސްކެއް ނަގާނެ މީހެއް ނޫން. އަހަރެން ބޭނުމީ މި ވަގުތުން ވަގުތަށް ކަލޭގެ ފުރާނަ ދަމައިގަންނަން.” ޒާލިމްގެ އަޑު އަހަރެންނަށް އިވުނީ ވެސް އެކޯ ވެގެންނެވެ. އޭނާ ފެންނަނީ ވެސް ފުސްގަނޑެއްގެ ތެރެއިންނެވެ. އެއްވެފައިވާ މަންޒަރުން އަހަރެންނަށް ދެން ފެނުނީ ޒާލިމް އޭނާގެ އަތަށް ވަޅިއެއް ހެޔޮވަރު ކޮށްލި ތަނެވެ. އެ ވަޅި ހަރާލީ އަހަރެންގެ މޭ މަތިން ހިތާއި ދިމާލަށް ކަން ވެސް އެނގުނެވެ. މި ދެން އަހަރެންގެ މަރު އައިސް ޖެހުނީއެވެ. މިހާރު ފަރުވާ ދީގެން ވެސް އަހަރެން ސަލާމަތެއް ނުވާނެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.






Really love this part
Curiously waiting for next
Really appreciate your hardwork
Love your writing talent
When next…..
❤️❤️
Shukran Anonymous ✨✨
Will submit next week IA.
Plssssss rif maraanulacheyyyy 😭
Rif nethiyya mi story furihama eh nuvaane
Aahil aadhey rif salaamaiy kuran
Very curious fir next part when next???
Iraadha kurehviyya rif ah dhera gotheh nuvaane. 😬😬
Shukran No one 007 ✨✨
Will submit next week IA.
Nooooooo
Alhey Rif maraanulahchey
Vara curious vey ba?
Varah reethi mi part ves
When is next part?
Riff maruviyya enmen ves dheravaane dhw, ekm dhenn 😥😥
Shukran Antonio ✨✨
Will submit next week IA.
Maashaa Allah mi part vx varah varah reethi….
Noooooooo😭😭😭😭😭 rif maraa nulaa…
Aahil kobaa thr??
Avahah rif salaamaiyy kuran vahtaalaa…..
Whn next??
Riff ah vaagotheh engidhaanethaa. Aahil adhives restaurant ga kanne
Shukran Nawar ✨✨
Will submit next week IA.
No no no plz no don’t kill rif
Aahil or ravaan need to save herrr plz don’t let her die
I’m very impatient right nowww
When next????
Btw love your storys so muchh 💕
Rif mifaharu salaamaiy vaane kamuge unmeedhu vrh ves kuda. Keehkuraani mi ves vhk eh viyya 😥😥😥
Shukran Unknowngurll ✨✨
Will submit next week IA.
mi part ves v reethi masha allah
curiously waiting for next part
keep it up
heyonuvaane rif maraa nulachey
aahil and rif gulhuvaa avahah
they both are made for each other
kuhverinah adabu dhy
aahil aadhey rif salaamaiy kuran
Shukran cutie girl ✨✨
Nooooooooo!!!!
Let this all be a dream
Rif fakeeru maraa nulachey!!!
Kobaa tha e aahil soru adhi ves vattaala kah noolhe yey!!!
He should know that something fishy is going on cuz rif isssss late!!!!
When next??
Very curious
Lyssssssssm💗💗💗
I appreciate your work👏👏👏👏👏👏
Dream ekey? Highly unlikely dhw 👀👀
Shukran Your fav bab ✨✨
Lyt dear 💕💕
Noooooooooooo
This story wont be continued without Riff
Alhey pls save her….adhi vs e Aahil aku ahnaakah noolheye dhn what will happen to Rigqa 😭😭😭😩😩
when next ??????
Hama asluves, riff nethiyya mi vhk ehchakah nuvaane
Shukran ^-^ ✨✨
Will submit next week IA
What the don’t kill rif Btw vaahaka Hama best when next
Shukran Anonymous ✨✨
Will submit next week IA
Nooooo…….
Rif maraa nulahcheyyyyyy………
Mi part ves v v reethi…..👏👏👏
Curiously waiting for the next……
Keep it up…..
When next??????
Alhugandu ves vaki beynumeh noon riff maraalaakah
Shukran Naikko ✨✨
Will submit next week IA
Kkk
Eyy dhn nooo
Riff maraa nulaathi!!
Mi story complete eh nuvaane riff nethihyaa
Appreciate ur hard work white rose👏
Ur sooo talented….. keep it upp
Curiously waiting for the next part 😊
Adhi dhera gotheh nuvaane IA
Shukran Ishu ✨✨