” ވާނޫ…… ކިހިނެއް ވީ ؟” ސާރާ ވެސް ރިޒްވާން ބުނި ރާގަށް ބުނެލިއެވެ. ” މައިރާ ތޮޅެނީ” ރިޒްވާން ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ. ” އެހެންތަ އާދޭ އަވަހަށް ސާރޫ ކާރިއަށް ހަގެއް ދޭނަން” ސާރާ އެހެން ބުނަމުން ރިޒްވާން ގައިގާ ކުޑަކޮށް ބާއްދާލިއެވެ. ” އައްޗީޑި…… ޕީޕަލްސް ޔޯރް އިން ޕަބްލިކްސް އައިސް……..ށޭމްލެސް” އަހަރެން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލީމެވެ. މި ދެމީހުން ވާ ލަދުވެސް ނުގަނެއެވެ. ” އާނ ދެން އަހަރުންނަކަށް ނޭނގޭނެ […]
އަހަރެންނާއި ޔާޝް ވެސް ދިޔައީ ސިއްސައިގެންނެވެ. ޔާޝް އަވަހަށް ތެދުވެ އަހަރެން ކައިރީ އިށީންނިއެވެ. ގޭ ދޮރުމަތީގަ ހުރެ އެ ހަޅޭ ލައްވައި ގަތީ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް ވެސް އެނގެއެވެ. އެއީ އަލްޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އަލްޔާ ގެ މޫނު މަތީގައި ހުރި ރުޅިވެރިކަން ފެނި އަހަރެން ބެލީ އަހަރެންގެ ކެވެލި ކޮޅު އަވަހަށް ޔާޝް ގެ ގަމީހު ގޮށުން ނެއްޓުވޭތޯއެވެ. ” އޭއީ…. މީ އަދި ލަދެއް ޙަޔާތެއް ވެސް […]
އަހަރެން އަވަހަށް ރެޑީ ވެލައި ގެން ތިރިއަށް ފޭބީމެވެ. އަވަހަށް ތިރިއަށް ފޭބުމުން ލިބުނީ ލަނޑެކެވެ. އަހަރެން ކުޑަގޮތަކަށް ދުވެފައި ނިކުންނަނިކޮށް ލައިގެ ހުރި ހީލްސް ފުރުޅުނު ގޮތަށް ވެއްޓެން ދިޔައީއެވެ. އަހަރެން އަޑު ނެތް ތަނަށް “މަންމާ” އޭ ކިޔާ ހަޅޭލައްވައި ގަންނަމުން މޫނުމަތީގައި އަތް އެޅީ މެވެ. އިރުކޮޅެއް ނުވަނީސް ބާރުގަދަ އަތަކުން އަހަރެންގެ މެދު ހަށީގައި ހިފެހެއްޓި އިހުސާސް ކުރެވުނެވެ. އަހަރެން އަވަހަށް މޫނު މަތިން އަތް ނެގުމަށްފަހު ބިންމައްޗަށް ބަލައިލީމެވެ. އަހަރެން […]
—-2 ހަފްތާ ފަސް—- މިހާރު އަހަރެން ގަމަށް އައިތާ 2 ހަފްތާވީއެވެ. ނަމަވެސް ޔާޝް ގެ މިޒާޖަކަށް އެއްވެސް ބަދަލެއް ނާދޭ އެވެ. އަހަރެން ޔާޝް ގާތުގަ މާފަށް އެދެވުނު އަދަދެއް ވެސް ނޭނގެ އެވެ. ގަމަށް އައި ދުވަހުން ފެށިގެން އަހަރެން މި އަންނަނީ ޔާޝް ކައިރީ މާފަށް އެ ދެމުން ނެވެ. ނަމަވެސް ޔާޝް ގެ ޖަވާބަކީ އެއް ޖަވާބެކެވެ. ” މައިރާ އަކަށް ނުޖެހޭނެ މާފަށް އެދޭކަށް އަހަރެން ކައިރީ އަކު” […]
” މައިރާ ” އިވުނީ ސާރާ ގެ އަޑެވެ.” ސާރާ އައިސް އަހަރެންގެ މޫނުމަތިން އަތްނެގިއެވެ. ” ކޮން މައިރާ އެއް ކިޔާކަށް……….އަޅެ އެންމެ ދެރަވެގެން ފޯނު ނެގި ނަމަ…. ފޯނު ނެގި ނަމަކު އަހަރެންނަށް މި މަންޒަރު ނުފެނުނީސް ” އަހަރެން ބުނެލީމެވެ. ” ދެން ހެވޭ ކޮންއިރަކު އައީ” ސާރާ ހީލަމުން ބުނެލިއެވެ. ” ދެންމެ ގަ” އަހަރެންވެސް ސާރާ އަށް ހިނިތުންވުމެއް ރައްދު ކޮއްލަމުން ބުނެލީމެވެ. ” އޭ ރިޒްވާން މަށާ ވާހަކަ […]
~~~~6 އަހަރު ފަސް~~~~ ” އެލީޒް…… އެލީޒް….. އެލީޒޫ ” އަހަރެން ކުރީގައި އިން އެލީޒާ އަށް ސިއްރު ސިއްރުން ގޮވައިލީމެވެ.” ކިހިނެއް ވީ ރާރާ ” އެލީޒާ ކުޑަކޮށް ފަހަތަށް އެއްބުރި ލުމަށްފަހު އަހަރެންނެކޭ އެއްފަދައިން ސިއްރު ސިއްރުން އަހައިލިއެވެ.” މި ތަލަ ބޯ ގަނޑު ގެ ވާހަކަ ނިމޭނީ ކޮންއިރަކުން ތަ ” އަހަރެން ފޫހި ރާގަކަށް އަހާލީމެވެ.” ސާބަސް ރާރާ އެއީ ރާރާ އަށް މި 5 އަހަރު ތެރޭ ގަ […]
” މައިރާ ކޮންތާކަށް ތި ދަނީ އެވެސް ފޮށި ހިފައިގެން ” ސާރާ ވާނުވާގަ ހުރެ އަހާލިއެވެ.” މާލެ ” ސާރާ އަށް އަހަރެން ފެނުމުން އިތުރަށް ދޮގުހަދާކަށް އަހަރެންނެއް ނޫޅެމެވެ.” އެއީ ކީއްވެ އަދި ޗުއްޓީ ނުނިމެ އެއްނު ” ސާރާ އަނެއްކާ ވެސް ކޮއްލީސުވާލެކެވެ.” ބައްޕަގެ ކޮމްޕެނީގަ ކުޑަ ކަމެއް ޖެހިގެން ދާން ޖެހުނީ އެހެންވެ ” އަހަރެން އެހެން ބުނުމަށް ފަހު ސިޑިން ތިރިއަށް ފޭބީމެވެ.” އޮހް…. މައިރާ އަކަށް މަޑެއް ނުކުރެވޭނެ […]
މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށް އަހަރެންނަށް ހޭލެވުނެވެ. ގަޑި ބަލަލީ އިރު އަދި ގަޑިން 8:55 ކެވެ. މިއޮއް ފަދަ ފަތިސް ގަޑީގަ މިހާރު އަހަރެންނަށް އުނދަގޫ މި ކުރަނީ ކާކު ހެއްޔެވެ. އަހަރެން ރޭގަ ނިދުނީވެސް ތަންކޮޅެއް ލަހުން ނެވެ. އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރު ކުރިމަތީގައި ހެދިފަ ސާރާ އާއި ޔަނާ ހުއްޓެވެ. އަހަރެން މޯޅިއަކަށް ދެމިލަމުން އެމީހުން އެތެރެއަށް ވަންނަން ތަން ދެއްކީމެވެ. ” ހޭ ގާއިޒް… ހާދަ […]
” ޔަނާ…… ޔަނާ ” އަހަރެން ގެއަށް ވަނުމަށް ފަހު ވަރަށް ބާރަށް ޔަނާ އަށް ގޮވައިލީމެވެ.” މި އަންނަނީ” ބަދިގެއިން ޔަނާ ގެ އަޑުއިވުމުން އަހަރެން ބަދިގެއާއި ދިމާއަށް ދިޔައީމެވެ. އަހަރެން ބަދިގެއަށް ދިޔައިރު ޔަނާ ފެންފުޅި ފްރީޒަރަށް ލާފައި ދޮރުލެއްޕީއެވެ. ” ޔަނާ އާރް ޔޫ އޯކޭ” އަހަރެންނަށް ޔަނާގެ މޫނު ފެނުމުން އަހައިލެވުނެވެ. ޔަނާގެ މޫނު ހުރީ ދުޅަވެފައެވެ. ދެލޯ ހުރީ ރަތް ކުލަ އަށްށެވެ. ޔަނާ އަހަރެން ފެނުމުން ހިތި […]