* ” އޯކޭ އެވާހަކަ ނުކިޔައިދިނަސް…. ޖަސްޓް ޓެލްމީ… ވައިޑޫޔޫ ހޭޓް ޔާޝް ” އަހަރެން އަވަހަށް މައުލޫ ބަދަލު ކޮއްލަން ވެގެން ދުލައްއައި އެންމެ ފުރަތަމަ ޖުމްލަ ބުނެލީމެވެ.” ހޫމް އޭއީ ” ރިޒްވާން ވާހަކަ ދައްކަން ފެށިއެވެ. * ” ބަޓް ޕްރޮމިސް މީ އެކަކު ކައިރީ ވެސް ނުބުނާން ކަމަށް ” ރިޒްވާން ވާހަކަ ފެއްޓުމުގެ ކުރިން ބުނެލިއެވެ.” އެހާ ސަސްޕެންސް ކްރިއޭޓް ނުކޮށް ދެން އަވަހަށް ބުނެބަލަ ނޫނީ ރިޒްވާން ގެ […]
” ހޫމް ރިޒްވާން…. ވަރަށް ޝޮކިން ދޯ ” ޔަނާ ބުނެލިއެވެ. ޔަނާ އެހެން ބުނުމުން އަހަރެން ގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަހަރެން ގެ ހިތަށް އެރިއެވެ. ހަމަ ގައިމު ވެސް ރިޒްވާން ޔާޝް ގެ ގިރުވާނުގައި ހިފަހައްޓައިގެން އިންދާ އަހަރެން އެދުވަހު ވަރަށް ރަންގަޅަށް ދެކުނީމެވެ. މީ ކޮންކަހަލަ ގެ ރައްޓެހިންނެއްހޭ އަހަރެންނަށް އަދި އަލަށް މި ފެނުނީ މިހެން އުޅޭ ރައްޓެހިން…. އެހެން ނޫނަސް އެއް އިރަކު ވެސް އަހަރެންނަށް ފިރިހެންނު އުޅޭ […]
ޔާޝް ގިޓާ ކުޅޭ ގޮތް ހާދަ ހިތްގައިމެވެ. އަހަރެން އެހެން އޮއްވައި ނިދުނެވެ. އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެން ގެ ފަޔުގައި ހިފާފައި ދަމާ ހެން ހީވުމުންނެވެ. އަހަރެން ސިއްސައިގެން ގޮސް ކޮޅަށް ތެދުވީމެވެ. އަދި އަހަރެން ގެ ފަޔުގައި ހިފި މީހާއަށް ބަލައިލީމެވެ. އެއީ ސާރާ ގެ މަންމަ އެވެ. އަހަރެން ތެދުވުމާއެކު ސާރާ ގެ މަންމަ ބުނެލިއެވެ. ” ސައިބޯ ކަށްވެސް ނާންނަމެންނު ހިނގާ އަވަހަށް” ” އެހާ ބަނޑުހައެއް ނުވޭ ” އަހަރެން […]
އަހަރެން އެ ކުއްޖާ އާއި ދިމާއަށް ބަލަން ހުރީމެވެ. އެ ކުއްޖާ ވެސް ހުރީ އަހަރެން ނާއި ދިމާއަށް ބަލައިގެންނެވެ. ކުއްލިއަކަށް އީމާން ވާހަކަ ދަކަން ފެށުމުން އަހަރެން އަވަހަށް އެހެން ދިމާއަކަށް ބަލައިލީމެވެ. (މައިރާގެ ނަޒަރުން) އަހަރެން ޔާޝް އާއި ދިމާއަށް ބަލައިލީމެވެ. އެއިރު ޔާޝްގެ ނަޒަރުން ވެސް ވަނީ އަހަރެންގެ މޫނަށް ހުއްޓިފައެވެ. އަހަރެން އެހެންވެ އަވަހަށް އިސްދަށަށް ޖަހައިލީމެވެ. ބައެއް ފަހަރު އަހަރެން ގެ ހިތަށް އަރައެވެ. މި ފިރިހެނުންނަށް ލަދެއް ކިޔާ […]
އަހަރެން އަވަހަށް ދުވެފައި ނިކުންނަން ދަނިކޮށް އަހަރެންގެ އަތުގައި މީހަކު ހިފިއެވެ. އަހަރެން ފަހަތަށް ބަލައިލިއިރު އެއީ އަހަރެންނާއި ދިމާއަށް ބަލައިގެން އިން އެއްކަލަ ފިރިހެންކުއްޖާ އެވެ. އެކުއްޖާ އަހަރެންނާއި ދިމާއަށް ބަލައި ލަމުން ބުނެލިއެވެ. ” އެޕޯލަޖައިޒް” ބުނީ ކީއެއްނޫނެވެ. އަމުރު ކޮއްލީއެވެ. އަހަރެންވެސް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރާނަމެވެ. އެހެންވެ އަހަރެން ބުނެލީމެވެ. ” ނު….. ނުޖެހޭ މާފަށް އެ ދޭކަށް” އަހަރެން އެހެން ބުނި އިރު އެ ޒޯނބީ އިނީ އަހަރުމެން […]
(ޔާޝްގެ ނަޒަރުން) އަހަރެންނަށް ދެވުނީ ތަންކޮޅެއް ލަހުން ނެވެ. އަހަރެން ގޭގެ އަނެއް ފަރާތަށް ދިޔައިރު އެކުއްޖާ ހުރީ ވިނަގަނޑާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. އަހަރެން އެކުއްޖާ ކުރާ ކަންތަށް ބަލަން ހުރީމެވެ. އެކުއްޖާ ކުއްލިއަކަށް ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އައިއިރު އެ ކުއްޖާގެ ނަޒަރު ހުރީ ވިނަގަނޑާއި ދިމާއަށްށެވެ. އަހަރެން ވިނަގަނޑާއި ދިމާއަށް ބަލައިލީމެވެ. ކުއްލިއަކަށް އެ ކުއްޖާ އައިސް އަހަރެންގެ ގައިގާ ޖެހުމުން އަހަރެން ބަލައިލީމެވެ. އެ ވަގުތަކީ […]
ގެއަށް ވަނުމާއެކު މަންމަ އަހަރެންނަށް ގޮވާލިއެވެ. ” މައިރާ… އާދެބަލަ” އަހަރެން މަންމަ ކައިރިއަށް ދިޔުމުން މަންމަ ، މަންމަ ގެ ވާޖިބު އަދާ ކުރަން ފެށިއެވެ. ” ކީއްވެ އެހާ ލަސްވީ…. މައިރާ އަށް އެނގޭނެ 5:30 ވުމުގެ ކުރި ގެއަށްވަނަން ޖެހޭކަން” މީ މަންމަ ގެ އާދެއެވެ. އަހަރެން ގޭގެ ހަތަރު ފާރުން ބޭރަށް ނިކުމެ ފިއްޔާ މަންމަ ގެ ސުވާލުތަކާ ކުރިމަތި ލާން ޖެހެއެވެ. އަހަރެން މަގުމައްޗަށް ނިކުތުމުން މަންމަ އަށް ހީވަނީ […]
ރިޒްވާން އެހެން ބަލައިގެން އިނުމުން އަހަރެންނަށް އުނދަގޫވަން ފެށިއެވެ. އަހަރެން ސާރާ ކައިރިީގައި ދާން ހިންގާށޭ ބުނުމުން ސާރާ ބުނެލިއެވެ. ” މައިރާ……. އަމް…. ޗެންޖް އޮފް ޕްލޭންސް… މީ ދޮންބެ ވެސް އަހަރުމެން ދެމީހުންނާއި އެކު ދާނޭ ” ސާރާ އެހެން ބުނުމުން އަހަރެން އޮހް އޭ ބުނެލީމެވެ. މި ރިޒްވާން ގަނޑަކާ ހެދި ކިހާ ބޮޑު އުނދަގުލެއް ހެއްޔެވެ. ބަލަ އަހަރެން މީ ދޮން ބިޓެއް ތަ އެހާ ވަރަށް އަހަރެންނާ ދިމާއަށް ބަލަން […]
“ހާހް އޯލް ޑަން ” ސާރާ ހެދުން ފަހާނިން މާލަމުން ބުނެލިއެވެ. އަސްލު ހެދުމޭ ބުނުމަށް ވުރެ ހެދުން ތަކޭ ބުންޏަސް ރަނގަޅު ވާނެއެވެ. ސާރާ އަހަރެންނަށް ފަހައި ދިނީ އެންމެ ހެދުމެއް ނޫނެވެ. އެކި ކުލަކުލައިގެ ހެދުމެވެ. ހުރިހާ ހެދުމެއް ވެސް އެއްފަރާތަކަށް ބަންދު ލާފައި ހުރި އިރު ހެދުމުގެ އަތްކުރި އޮތީ ފުޅާކޮށްށެވެ. ” އެހާ ބައިއްވަރު ހެދުން ތި ފެހީ ކީއްކުރަން އެންމެ ހެދުމަކުން ވެސް ފުދިދާނެއޭ…… އެހެން ނޫނަސް އަހަރެން މީ […]