އަހަރެން އެ ގެއާއި ދިމާއަށް ބަލަން ހުއްޓައި މަންމަ އަހަރެން ގެ އަތުގައި ހިފާފައި އަހަރުމެން އުޅެން ހަމަޖެހިފައިވާ ގެއަށް ވަނެވެ. އެގެއަށް ވަނުމާއެކު ސިޓިން ރޫމް ގަ ބަހައްޓާފައި ހުރި ކަޅުކުލައިގެ ސޯފާގައި އިށިންދެގެން ތިބި އަންހެން މީހާ އާއި ފިރިހެން މީހެއް ކޮޅަށް ތެދުވެ އެވެ. ހީވަނީ މިއޮއްހާއިރު އެތާގައި އިށިންދެގެން އެ ތިބީ އަހަރުމެން އަންނަން ދެންނެވެ. އަހަރެން އެ ދެ މީހުންނަށް ބެލުމެއްނެތި މުޅި ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. ތަނަވަސް […]
“މައިރާ…… މައިރާ…” އަހަރެންނަށް ހޭލެވުނީ އައިހެން ގެ މަންމަ އަހަރެންނަށް ގޮވާއަޑަށްށެވެ. އަހަރެންނަކީ އެހާ ނިދި ގަދަ މީހަކަށް ނުވުމުން ދެފަހަރަކަށް ގޮވައިލުމުން ހޭލެވުނެވެ. އަހަރެން މަންމަ ކައިރީގަ ވީ ކިހިނެއް ތޯ އަހައިލީމެވެ. މަންމަ އަހަރެން އެހެން އަހައިލުން ދެފަރާތަށް ބޯހޫރުވާލުމަށްފަހު ލޯންޗުން ފައިބަން ދިޔައެވެ. އާންއެކެވެ. އަހަރެން މިއޮތީ ލޯންޗު ގަ އެވެ. އަހަރެން އިށިންދެގެން އިން ސީޓުން ތެދުވުމަށް ފަހު އަވަހަށް ލޯންޗުން ފައިބަން ދިޔައީއެވެ. ނަމަވެސް ވަކިހިސާބަކަށް ގޮސްފައި އަނެއްކާވެސް ސީޓު […]