އަހަރެން އަވަހަށް ރެޑީ ވެލައި ގެން  ތިރިއަށް ފޭބީމެވެ. އަވަހަށް ތިރިއަށް ފޭބުމުން ލިބުނީ ލަނޑެކެވެ. އަހަރެން ކުޑަގޮތަކަށް ދުވެފައި ނިކުންނަނިކޮށް ލައިގެ ހުރި ހީލްސް ފުރުޅުނު ގޮތަށް ވެއްޓެން ދިޔައީއެވެ. އަހަރެން އަޑު ނެތް ތަނަށް “މަންމާ” އޭ  ކިޔާ ހަޅޭލައްވައި ގަންނަމުން މޫނުމަތީގައި އަތް އެޅީ މެވެ. އިރުކޮޅެއް ނުވަނީސް ބާރުގަދަ އަތަކުން އަހަރެންގެ މެދު ހަށީގައި ހިފެހެއްޓި އިހުސާސް ކުރެވުނެވެ. އަހަރެން އަވަހަށް މޫނު މަތިން އަތް ނެގުމަށްފަހު ބިންމައްޗަށް ބަލައިލީމެވެ. އަހަރެން ނުވެއްޓި އޮތުމުން ބުނެލީމެވެ. ” ނަސީބެއްނު” އެހެން ބުނެ ލުމަށްފަހު ކުރިމައްޗަށް ބަލައިލީމެވެ. ކުރިމަތީގަ ހުރި ޔާޝް ގެ މޫނު ފެނި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޔާޝް ހުރީ ސީދާ އަހަރެންގެ ލޮލަށް ބަލައިގެންނެވެ. އަހަރެން ގަތް ލަދެއްގެ ބޮޑުކަމުން އަވަހަށް ބިންމަތީގައި ރީއްޗަށް ފައި ޖައްސާލުމަށްފަހު ޔަނާ އާއި ސާރާ ކައިރިއަށް ދިޔައީމެވެ. އެއިރު އަލްޔާ ހުރީ ދެލޯ އަޅައިގެން އަހަރެންނާއި ދިމާއަށް ބަލަން ށެވެ. އެހެންވެ އަހަރެން އަވަހަށް ބުނެލީމެވެ. ” ސޮރީ ނުބަލާ އާ ދެވުނީމަ”  ” ތި ތަންކޮޅެއް ބަލައިގެން އުޅެބަލަ ދެންމެ ވެއްޓުނު ނަމަ އޮންނާނެ ގުދާރު ބިނދިފަ” އީމާން އަހަރެންނަށް މަލާމާތް ކޮއްލަމުން ބުނެލިއެވެ. އަހަރެން އީމާން އާއި ދިމާއަށް ދޫ ދިއްކޮއްލުމަށްފަހު ގެއިނިކުމެގެން ދިޔައީމެވެ. ” ކޮން ތާކަށް ދާނީ” އަހަރެން އަހައިލީމެވެ. “މިތާ ކައިރީ ގަ ހުންނާނެ ރެސްޓޯރެންޓެއް” ސާރާ ބުނެލިއެވެ. ސާރާ އެހެން ބުނުމުން އަހަރެން ކުޑަކޮށް ދުވެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ރެސްޓޯރެންޓް ކުރިމަތީގައި ހުއްޓުނީމެވެ. ” ތި އަވަހަށް އާދެބަލަ…. ތި މީހުން ކަންތައް ފަދަ މުސްކުޅިން ނަށް ވުރެވެސް” އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ. ސާރާ މެން އައިސް އަހަރެން ކައިރީ ހުއްޓުމުން އަހަރުމެން އެންމެން އެތެރެއަށްވަނީމެވެ. އަދި އެންމެ ބިއްދޮށުގައި ހުރި މޭޒު ދޮށުގައި އިށީނީމެވެ.  އަހަރުމެން އެންމެން އިށިންދެ ހަމަޖެހިލުމާއެކު ސާރާ އާއި ޔަނާ އެއް ފަހަރާ ބުނެލިއެވެ. ” ވަރަށް ބޮޑު ވާހަކައެއް އެބައޮތް ބުނަން ވެފަ” ސާރާ އާއި ޔަނާ އެހެން ބުނެ ލުމަށްފަހު އެކަކު އަނެކަކަށް ބަލައިލިއެވެ. ” ދެން ތި ދެމީހުން ބުނެބަލަ ތިހެން ނުތިބެ”  އީމާން ބުނެލިއެވެ. ” ޔަނާ ބުނޭ ފުރަތަމަ” ސާރާ ބުނެލިއެވެ. ” ނޫން ސާރާ ބުނޭ ފުރަތަމަ” ޔަނާ ވެސް ބުނީ ހަމަ ސާރާ ބުނީ ބަސްތަކެވެ. އަހަރެން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލީމެވެ. ” ތި ދެމީހުން އެއްފަހަރާ ބުނޭ” އަހަރެން އެހެން ބުނުމުން ޔަނާ އާއި ސާރާ އެއްފަހަރާ ބުނެލިއެވެ. ” އަމް ޕްރެގްނެންޓް” ސާރާ އާއި ޔަނާ އެހެން ބުނުމުން ރިޒްވާން އާއި އީމާން ބުނެލިއެވެ. ” ވަޓް” އެދެމީހުން އެހެން ބުނުމުން އަހަރެންގެ ހިނިގަނޑު ކޮންޓްރޯލް ނުކުރެވިގެން ހޭން ފެށީމެވެ. ” ހިއްހިއްހިއްހިއްހި އޯމައި ހިއްހިއް…….. މައި ގޯޑް ބަލާބަލަ އެދެމީހުން ގެ މޫނު ހުރިގޮތް” އަހަރެން ހެމުން ހެމުން ރިޒްވާން އަށްށާއި އީމާން އަށް އިސާރާތް ކުރަމުން ބުނެލީމެވެ. އެދެމީހުން ތިބީ ލިބުނު ކުއްލި ސޮކެއް ގެ ބޮޑުކަމުން ބުނާނެ އެއްޗެއް ނޭންގި ފައެވެ. އިރުކޮޅެއް ވަންދެން ދެން އެހެން ތިބުމަށް ފަހު ރިޒްވާން ސާރާ ގައިގާ ކުޑަކޮށް ބައްދާ ލަމުން ވަރަށް ލޯބިން ބުނެލިއެވެ. ” ހަމަ އަސްލު ވެސް” އަހަރެންނަށް އެއްގޮތަކަށްވެސް ރިޒްވާން އާއި ސާރާ އަށް ބާލާފައި ހައިރާނެއް ނުވެއެވެ. ” ޕިސް ޕިސް ޕިސް މި މީހުން ވަކި ތަނެއް ނުބަލައޭ މާ ފޮޅުއްވާކަށް…. ޔަނާ ވެސް ޕްރެގް އެކަމް އީމާން އެއް އެހެންނެއް ނޫޅެ-” އަހަރެން އީމާން އާއި ދިމާއަށް އެނބުރުނު ތަނާހެން އަހަރެން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް އަނގަ ބަންދު ކުރަން ޖެހުނެވެ. އާންއެކެވެ. އީމާން އާއި ޔަނާ ވެސް ތިބީ މާފޮޅުވަންށެވެ. މި މީހުންތަށް މާފޮޅުވާތަން ފެނުމުން އަހަރެންގެ ހިތަށް އަރައެވެ. މީ ހޭ މީހުނާ އިނީމަ ވާގޮތަކީ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. “ސީރިއަސް ލީ” އަހަރެން އެންމެ ފަހުން ކެއް ނުކުރެވިގެން ބުނެލީމެވެ. ނަމަވެސް އެމީހުން ތިބީ އަމިއްލަ ދުނިޔޭ އެއް ގައެވެ. “މައިރާ ސުވާލެއް ކޮއްލަން ތަ” އަލްޔާ އަހަރެން ކައިރީ އަހާލިއެވެ. ” ހޫމް” އަހަރެން އަލްޔާ އަށް ބަލައިލަމުން ބުނެލީމެވެ. ” މައިރާ އަށް ކަމެއް ވެފަތަ ތިހުރީ…… މިބުނީ ޕާސްޓުގަ” އަލްޔާ ސައުގުވެރިކަމާއެކު އަހައިލިއެވެ. ” އަލްޔާ ބޭނުން ވަނީ މަށަށް ކަމެއް ވާންތަ” އަހަރެން ސީދަލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ” ނޫން އަހަރެން ކީއްވެ މައިރާ ކަމެއް ވާން ބޭނުން ވާންވީ” އަލްޔާ އަވަހަށް ބުނެލިއެވެ.

 

(ޔާޝްގެ ނަޒަރުން) 

 

އަހަރެން ގެ ސައުގުވެރިކަން ދަމައިގަތީ އަލްޔާ މައިރާ އާއި ކުރި ސުވާލަކުން ނެވެ. ނަމަވެސް މައިރާ ސީދަލަށް ޖަވާބެއް ނުދިނެވެ. ހީވާގޮތުން މައިރާ އެ އުޅެނީ ކޮންމެވެސް އެއްޗެއް ފޮރުވަން މަސައްކަތް ކުރާ ހެންނެވެ. ކުއްލިއަކަށް އަލްޔާ އަހަރެންގެ އަތުގައި އޮޅުލައި ގަތުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ބަލައިލެވުނީ މައިރާ އާއި ދިމާއަށްށެވެ. މައިރާ ގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. މި މަންޒަރު ފެނި އަހަރެންގެ ހިތުގައި ރިއްސާލިއެވެ. އަހަރެން  ވަގުތުން އަލްޔާ ދުރުކުރަން ބޭނުންވިއެވެ. ނަމަވެސް ރިޒްވާން އާއި އީމާން އަހަރެންނާއި ދިމާއަށް ބަލައިގެން އިނުމުން އަހަރެން ޖެހުނީ އިސްދަށަށް ޖަހާލަންށެވެ. އީމާން މެން ނެތްނަމަ މިހާރު އަހަރެން އަލްޔާ އަހަރެންގެ އަތުން ނެއްޓުމަށް ފަހު މައިރާ އަހަރެންގެ އަތުތެރޭގައި ހައްޔަރު ކުރި ތާ ކޮންއިރެއް ހެއްޔެވެ. ކުއްލިއަކަށް މައިރާ ގޮނޑިން ތެދުވުމަށް ފަހު އެބަ އަންނަމޭ ބުނެފަ ރެސްޓޯރެންޓް އިން ނިކުންނަން ދިޔައެވެ. 

 

—-5 މިނެޓް ފަހުން—-

 

މިހާރު މައިރާ ނިކުމެގެން ދިޔަތާ 5 މިނެޓް ވެދާނެއެވެ. އަދިވެސް މައިރާ އެއް ނާދެއެވެ. ” މައިރާ އަދިވެސް ނާދޭ…… އަޅެ ކޮންތާކަށް ތަ އެދިޔައީ އެ ހަލަނި ފާތިމަ” ރިޒްވާން އަހަރެންނާއި ދިމާއަށް ބަލައި ލަމުން ބުނެލިއެވެ. ” އަޅެ ޔާޝް ދޭބަލަ މައިރާ ކޮބައިތޯ ބަލާލަން” ކުއްލިއަކަށް އީމާން އެހެން ބުނުމުން އަހަރެން އަވަހަށް ކޮޅަށް ތެދުވީމެވެ. އަދި ރެސްޓޯރެންޓް އިން ނިކުންނަން ދިޔައީ މެވެ. ހީވަނީ މިއޮއްހާއިރު ވަންދެން އަހަރެންގެ ދެފައި ހުރީ އެހެން ނުބުނެ ގެން ލަސްވެފަހެންނެވެ. ” ދޫކުރޭ” ކުއްލިއަކަށް އަހަރެންނަށް މައިރާގެ އަޑު އިވުނެވެ. އެއަޑު އިވުނީ މަގުގެ އެއްފަރާތެއް ގައި ހުރި ގޯޅި ތެރެއިންނެވެ. އަހަރެންގެ ހިތަށް ނުބައި ވަސްވާސް ވަންނަން ފެށުމުން އަވަހަށް ދުވެފައި ގޮސް ގޯޅި ތެރެއަށްވަނީމެވެ. އެތާގައި 2 ފިރިހެނުން ތިބި އިރު އެހެން އަންހެން ކުއްޖެއް ވެސް އިނެވެ. އެތަނުން އެއް ފިރިހެނަކު އެއަންހެން ކުއްޖާ ގައި ހިފަހައްޓައިގެން ހުރި އިރު އަނެއް ފިރިހެނަކު އިނީ މައިރާ ގެ މެދު ހަށީގައި ހިފަހައްޓައިގެންނެވެ. މި މަންޒަރު ފެންނަ އަހަރެންގެ ގާތަށް އައީ އަމަށަކުން ރުޅިއެއް ނޫނެވެ. އެއިރު އެއަންހެން ކުއްޖާ އާއި މައިރާ ދިޔައީ އެ ދެ ފިރިހެނުންގެ ކިބައިން ސަލާމަތް ވެވޭ ތޯ މަސައްކަތް ކުރަމުން ނެވެ. ” ދޫކުރާށޭ” މައިރާ އެ ފިރިހެން މީހާ އާއި ދިމާއަށް ބުނެލިއެވެ. ” އައްދެ އައްދެ…… މަންޖެ ތިވަރަށް ކަރު ނުފެލިބަލަ…… މަންޖެ މިތަނަށް އައިއިރު އެހާ ގަޓު ހުރި ކުއްލިއަކަށް ކިހިނެއް ވީ” އޭނަ މައިރާ އާއި ދިމާއަށް ބަލައި ލަމުން ބުނެލިއެވެ. އެދެމީހުންނަށް އަހަރެން ފެނުނީ އަދި މާކު ފަހުންނެވެ. އަހަރެން ފެނުމާއެކު ބުނެލިއެވެ. ” އޭ ބަރޯ މިތާގަ ބަލާނެ އެއްވެސް އެއްޗެއް ނެތް ރައްކާވޭ” ” ދޫކުރޭ ތި ދެމީހުން ގައިން ” އަހަރެން ބުނެލީމެވެ.” ކީއްވެ މީ ކަލޭގެ ބިޓުންތަ ” އެތަނުން އެކަކު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.” ތީ އަހަރެން ގެ އަންހެނުން ނާއި ކޮއްކޮ…. ޖަލައް ދާން ބޭނުން ނުވަންޏާމު އަހަރެންގެ އަންހެނުން ނާއި ކޮއްކޮ އަހަރެން ނާ ހަވާލު ކޮއްފަދޭ…….”އަހަރެން އިންޒާރެއް ދިނީމެވެ. ” އޯކޭ ބްރޯ ޗިލް ޗިލް މިދަނީއޭ އަހަރުން” އެ ދެމީހުން މައިރާ އާއި އެ ކުއްޖާ  ބިންމައްޗަށް ވައްޓައިލުމަށް ފަހު އެ ގޯޅިން ދުވެފައި ނިކުތެވެ. އަހަރެން ބޭނުން ވީ އެންމެ ފުރަތަމަ މައިރާ ނަގަންށެވެ. ނަމަވެސް އެކުއްޖާ އެތާ އެގޮތަށް ބާއްވާފައި އެހެން ކަންތައް ކުރަން ނުކެރުމުން އަހަރެން ފުރަތަމަ ނެގީ އެ ކުއްޖާއެވެ. އެކުއްޖާ ނެގުމަށްފަހު އަހަރެން މައިރާ އާއި ދިމާއަށް އަތް ދިއްކޮއްލީމެވެ. މައިރާ އަހަރެންނާއި ދިމާއަށް ބަލަން ހުރުމަށްފަހު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ތެދުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މައިރާ އަކަށް ކޮޅަކަށް ނުތެދުވުނެވެ. މައިރާ އެ އިން ގޮތަށް އިނުމުން އަހަރެން އަހައިލީމެވެ. ” ކިހިނެއް ވީ” އަހަރެން އެހެން އެހުމުން މައިރާ މަޑުމަޑުން ބުނެލިއެވެ. ” ފަޔަށް ތަދުވޭ” އަހަރެން ކުޑަކޮށް ހިނިތުން ވެލި މަށް ފަހު މައިރާ އަހަރެންގެ އަތް ދަނޑި މައްޗަށް ނެގީމެވެ. އަދި އެކުއްޖާ އާއި ދިމާއަށް އެނބުރީލީމެވެ. ” ތޭންކްސް ދައްތާ… ބޭބޭ… ދައްތަ އާއި ބޭބެ ނެތްނަމަ މިއަދު ކަންތައް ވާނީ ކިހިނެއް ކަމެއްވެސް ނޭނގެ” އެކުއްޖާ އެހެން ބުނުމަށް ފަހު ގޯޅިން ނިކުމެގެން ދިޔައެވެ. އަހަރެން މައިރާ އަށް ބަލައިލީމެވެ. މައިރާ އިނީ އިސްޖަހައިގެންނެވެ. އަހަރެން ކުޑަކޮށް ބޯ އަރިކޮށް ލުމަށްފަހު ބަލައިލީމެވެ. މައިރާގެ ކޯތާފަތް ވަނީ ޖަނބު ކުލަ އަރާފައެވެ. މައިރާ ގެ މި ލަދުވެތި ސިފައަކީ އަހަރެންނަށް އެންމެ ކަމުދާ އެއް ސިފައެވެ. އެންމެ ފުރަތަމަ ވެސް އަހަރެން ގެ ހިތް ދަމައިގަންނަން ކާމިޔާބު ކުރީ އެއްސިފައަކީ މައިރާގެ މި ލަދުވެތިކަމެވެ. މައިރާ އާއި އަލްޔާ އަޅާބަލާއިރު ހާސް ތަފާތެވެ. 

 

(މައިރާގެ ނަޒަރުން) 

 

އަހަރެން ސިއްސައިގެން ދިޔައީ ޔާޝް ކުއްލިއަކަށް އަހަރެން ޔާޝް ގެ އަތް ދަނޑި މައްޗަށް ނެގުމުންނެވެ. އަހަރެން ހުރީ ލަދުން ގޮސް ހަލާކު ވާވަރު ވެފައެވެ. އެހެންވެ ގެއަށް ދެވެން ދެން އަހަރެން ހުރީ އިސްޖަހައިގެންނެވެ. ޔާޝް އަހަރެން ހިފައިގެން ގެއަށް އައިސް ވަނުމަށް ފަހު އަހަރެން ސިޓިން ރޫމް މެދުގައި ހުރި ސޯފާގައި ބޭނދިއެވެ. އަދި އެއްފަރާތުގައި ހުރި ކަބަޑު ހުޅުވައިލުމަށްފަހު ފަސްޓް އެއިޑް ފޮށިނެގިއެވެ. އަހަރެން އިނީ ޔާޝް ގެ މޫނު ނޫން އެހެން ފަރާތަކަށް ބަލަން ނުކުޅެދިފައެވެ. ޔާޝް އަހަރެން ގެ ފަޔު ތަނބިކައްޓަށް ސްޕްރޭ ޖަހާލަމުން އަހަރެންނަށް ވަރަށް ބާރާށް ޔާޝް ގެ އަތުގައި ހިފުނެވެ. އެއީ ފަޔަށް ވަމުން ދިޔަ ތަދެއް ގެ ބޮޑުކަމުންނެވެ. ކުއްލިއަކަށް ޔާޝް ގެ ފޯނު ރިންގް ވާން ފެށިއެވެ. ޔާޝް  ފޯނު ނެގުމަށްފަހު ސްޕީކަރް އަށް ލިއެވެ. އަދި ފޯނު މޭޒުމަތީ ގައި ބޭއްވި އެވެ. ފޯނު ނެގުމާއެކު ރިޒްވާން ވާހަކަ ދައްކަން ފެށިއެވެ. ” ޔާޝް ކޮންތާކު ތި އުޅެނީ……. މައިރާ ފެނިއްޖެތަ” ރިޒްވާން އެހެން އެހުމުން ޔާޝް ކުރުގޮތަކަށް ވީ ކަންތައް ކިޔާ ދިނުމަށްފަހު ގެއަށް އައި ކަން ބުނެލިއެވެ. ރިޒްވާން މި އަންނަނީ ކަމަށްބުނެ އަވަހަށް ފޯނު ހޭންގް އަޕް ކޮއްލީއެވެ. ކުއްލިއަކަށް އަހަރުމެން ދެމީހުން ދެމެދުގައި މަރެއްފަދަ ހަމަ ހިމޭން ކަމެއް އުފެދުނެވެ. އަހަރެންނަށް އެތާގަ އިންނަން އުންދަގު ވުމުން އަވަހަށް ތެދުވެގެން ދާން އުޅުނީމެވެ. ނަމަވެސް އަހަރެންގެ ފައި ރަނގަޅު ނުވާތީ އަހަރެން އަރި އަޅާލިއެވެ.  ވެއްޓެން ދިޔުމުން އަހަރެންނަށް ހިފުނީ ޔާޝް ލައިގެން އިން ގަމީހުގެ ގިރުވާނުގައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަބަދުވެސް މިކަހަލަ ކަންތައް އަހަރެންނަށް ދިމާވަނީ ކީއްވެ ހެއްޔެވެ. ޔާޝް ނުވިސްނައި ހުރުމުން އަހަރުމެން ދެމީހުން އެއްކޮށް ސޯފާ މައްޗަށް ވެއްޓުނެވެ. އަހަރެން ދެލޯ ބޮޑުވެގެން ދިޔައެވެ. ދެލޯ ބޮޑު ނުވާން ވީ ސަބަބެއް ނެތެއްނޫހެއްޔެވެ. ވެއްޓުނު ގޮތަށް ޔާޝް ގެ ތުންފަތް ޖެހުނީ އަހަރެންގެ ތުންފަތުގައެވެ. ޔާޝް އަވަހަށް ތެދުވަން އުޅުނެވެ. ނަމަވެސް ނުތެދުވެވުނީ އަހަރެންގެ އަތުގައި އިން ކެވެލި ކޮޅު ޔާޝް ގަމީހުގެ ގޮށުގައި އަޅާފައި އިނުމުންނެވެ. އަހަރެން ކެވެލި ކޮޅު ނެއްޓުވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ކޮންމެވެސް މީހަކު ވަރަށް  ބާރަށް ” ޔާޝް” އޭ ކިޔާފައި ހަޅޭ ލައްވައި ގަތެވެ. 

(ނުނިމޭ) 

 

31

2 Comments

 1. widhaadhaa ismail

  January 11, 2022 at 10:32 pm

  cant wait .. whn will be next part ❤️❤️❤️ v reethi mi prt

  • Star Fire

   January 12, 2022 at 4:38 pm

   Thanks Widhaadhaa ismail
   Insha Allah very Soon

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!