*ނައިރާ އަޒްހާ އަށް އޭނާގެ ކުޑައިރު ކުރެވިފަ ވާ މޮޔަ ކަންތައް ކިޔާ ދެމުން ދިޔައިރު އަޒްހާ ދިޔައީ ނިޔާޒް އާއި އަޔާޒް ކުރި މޮޔަ ކަންތައް ކިޔާ ދެމުން ނެވެ. އެހެން ތިއްބާ ނިޔާޒް ކޮޓަރިން ނިކުމެގެން އަންނަ ތަން ފެނުމުން ނައިރާ ނިޔާޒް އަށް ގޮވާލަމުން ބުނެލިއެވެ. ” ނިޔާޒް އެއީ ތެދެއްތަ….. ނިޔާޒް ކުޑައިރު ގަ ދެފައި އެއްތާ ނުޖެހިގެން އުޅެނިކޮށް ފާހާނާ ތައްޓު ތެރެއަށް ވެއްޓުނީ” * ” ކާކު […]
ހެނދުނުގެ ވަގުތު ކަމުން ހޮސްޕިޓަލް އެހާ ބާރު ބޮޑެއް ނޫނެވެ. އެހެން ކަމުން އަޒްހާ އަށް އެއްވެސް އުނދަގުލަކާ ނުލާ ޑޮކްޓަރ އަށް ދެއްކުނެވެ. ޑޮކްޓަރ ބުނި ގޮތުން ނަމަ އަޒްހާ އަށް ހުން އައުން ނޫން އެއްވެސް ކަމެއް ނުވެއެވެ. އެހެން ކަމުން އަޒްހާ އަށް ޕްރިސްކްރިޕްށަން ދިނުމަށް ފަހު ސިއްޙަތައް ފައިދާ ހުރި ކާނާ ކެއުމަށް އިރުށާދު ދިނެވެ. ޑޮކްޓަރ އަޒްހާ އަށް ބޭހަކަށް ހަމައެކަނި ދީނީ ޕެނެޑޯލް އެވެ. ނައިރާ އަޒްހާ އަށް […]
އާ ދުވަހަކަށް އިރު އެރިއިރު ގްރާސް ހައުސް ގަ ވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެއް ފެތުރިފައެވެ. އޭގެ އިދިކޮޅަށް ރަށުތެރެ ވަނީ އާދަޔާ ޚިލާފަށް ހަލަބޮލި ވެފައެވެ. އެ ހަލަބޮލި ކަމުގެ އެއް ސަބަބަކީ ރޭގެ ވަގުތެއްގައި ސަހީނާ ހައްޔަރު ކުރި ހަބަރު ގެ ސަބަބުން ނެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. ގްރީން ހައުސް އާއިލާ އަކީ ރަށުގެ އެންމެ މުއްސަނދި އަދި ރަށު ރައްޔިތުން އިޙްތިރާމް އާއި ގަދަރު ލިބިފައިވާ އާއިލާ […]
*ކޮޓަރީ އެތެރެއިން ފެނުނު މަންޒަރާއި އެކު އެންމެން ކަހަލަ ގޮތަކަށް ހުއްޓުން އެރިއެވެ. ފެހި ކުލައިގެ ޓައިލްސަ މަތީގައި ހުރީ ހުސްލެއެވެ. ސަހީނާ ދިޔައީ ނައިރާ ގެ އަތާއި ފަޔުގަ ކަޓަރު އަޅުވަމުން ނެވެ. މިވަގުތު ސަހީނާ ފެންނަ ކޮންމެ މީހަކުވެސް ބުނާނީ އޭނާ އަކީ ބޮޑު މޮޔެކެވެ. * ނަވާން ބަލާކަށް ނުހުރެ ގޮސް ސަހީނާ އަތުގައި ހިފަހައްޓަމުން ވަރަށް ބާރަށް ސަހީނާ އަށް ގޮވައިލިއެވެ. ” މަންމާ!!!” ނަވާން އެހާބާރާށް ސަހީނާ އަށް […]
*ޒައިދާން ގެ އަތުގައި އޮތް ދަގަނޑު ހޮޅި ފެނުމުން ނިޔާޒް ގެ ނިއްކުރިމަތީ ޖެހީ ޒައިދާން ކަން ނިޔާޒް އަށް އެނގުނެވެ. ޒައިދާން އަނެއްކައިވެސް ނިޔާޒް ގައިގަ ޖަހަން ދަގަނޑު ހޮޅި މަޅާލިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ނިޔާޒް އެ ހޮޅީގައި ހިފަހެއްޓުމުންނެވެ.* ” ކިހިނެއް ވެގެން ތި އުޅެނީ ” ނިޔާޒް އެހެން ބުނުމުން ޒައިދާން ނިޔާޒް ގެ ބަނޑުގަ ފައިން ޖެހުމަށްފަހު ދަގަނޑު ހޮޅި ގަނޑުން ނިޔާޒް ގެ ބުރަކަށީގަ ޖަހަމުން ބުނެލިއެވެ.” […]
~~~~~~~~~ ނައިނާގެ މަރަށް އެއް އަހަރު ވީއެވެ. މިވީ އެއް އަހަރު ތެރޭގަ ސަޢީދު އޭނާގެ ހަގު އަނބިމީހާ ގެ މަރާ މެދު ވަރަށް ހިތާމަ ކުރިއެވެ. އަދި އޭގެ އިތުރުން އެދެމީހުންގެ ލޯބީގެ ނިޝާނަކަށް ހުރި ސަޢީދު ގެ ފުރާނައެއްފަދަ ދަރިފުޅު ނައިރާ ގެ ހާލާމެދު ވެސް ހިތާމަ ކުރިއެވެ. މާ ބޮޑަށް ހިތާމަ ކުރުމުގެ ސަބަބުން ސަޢީދު ޝޮކެއް ޖެހުނެވެ. އޭގެ ސަބަބުން ސަޢީދު މާގިނަ ދުވަހެއް ނުވަނީސް ބަލި އެނދުގައި އޮށިނަން ޖެހުނެވެ. […]
‘ނައިރާ ހުރީ މަގެއްގަ އެވެ. މި ހުރެވުނު ތަނަކީ ކޮންތަނެއްކަން ނޭންގުމުން ނައިރާ ފަރާތް ފަރާތަށް އެނބުރި ބަލައިލިއެވެ. ކުއްލިއަކަށް ނައިރާ ގެ މަންމަ ކަމަށް ވާ ނައިނާ ނައިރާ އަށް ގޮވާލި އަޑު އިވުނެވެ. “ނައިރާ……. ނައިރާ” ނައިރާ ނައިނާ ފެނޭތޯ މުޅި ތަނަށް ނަޒަރެއް ހިނގާލިއެވެ. އެއްލި ކަޅިއަކުން މަގު އެއްފަރާތެއްގަ ހުރި ނައިނާ ފެނުމުން ނައިރާ ދުވެފައި އެދިމާއަށް ދިޔައެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް ފަހަތުން ޓްރަކެއް އައިސް ނައިރާ ގެ ހަށިގަނޑުގަ […]
*އަޔާޒް އަށް ނައިރާ ސިފަ ވުމުން ހިތުގެ ވިންދު އަވަސް ވިއެވެ. އަދި ނައިރާ ގެ ސޫރަ ދެ ކިލާ ހިތްވިއެވެ. * ނަމަވެސް އެއީ ރަނގަޅު ހިޔާލެއް ނޫންކަން އެނގުމުން އަޔާޒް އެ ހިޔާލު ދޫކޮއްލިއެވެ. އަޔާޒް އަށް އެތަށް އިރެއް ވަންދެން ނައިރާ އާއި މެދު ވިސްނަން އޮވެވުނެވެ. އަޔާޒް މި ވާގޮތް ހުދު އަޔާޒް އަށް ވެސް ނޭނގެއެވެ. ނައިރާ އާއި މެދުގަ ވިސްނޭ ތީ އަޔާޒް ހިސާބަކަށް ނުތަނަވަސް […]
އަޒްހާ ފަހަތަށް ބަލައިލިއިރު އެތާގަ ހުރީ ނަވާން އެވެ. އެހެންކަމުން ނަވާން ގެ ފަހަތުގަ މީހަކު ހުރިތޯ ބަލާލިއެވެ. ނަމަވެސް ނެތުމުން ހީވި ހީވުމަކަށް ހަދާލަމުން އަޒްހާ ހިންގައިގަތެވެ. އެއްފިޔަވަޅު ނޭޅެނީސް އަނެއްކާވެސް އަޒްހާ އަށް ގޮވައިލިއެވެ. އެއީ ނަވާން ގެ އަޑުކަން އެނގުމުން އަޒްހާ ގަނޑުވާ ކަހަލައެވެ. އަޒްހާ މަޑުމަޑުން ފަހަތަށް އެނބުރި ލިއެވެ. ” ކީއްވެ ފާޑަކަށް ތި ބަލަނީ” ނަވާން އެހެން ބުނުމުން އަޒްހާ އަށް ބަލައިގެން ހުރެވުނެވެ. އަޒްހާ ކަޅި ޖަހާ […]