ހީވޭ ގާތުގާއި ވާހެން ކަލާ 13
މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށް އަހަރެންނަށް ހޭލެވުނެވެ. ގަޑި ބަލަލީ އިރު އަދި ގަޑިން 8:55 ކެވެ. މިއޮއް ފަދަ ފަތިސް ގަޑީގަ މިހާރު އަހަރެންނަށް އުނދަގޫ މި ކުރަނީ ކާކު ހެއްޔެވެ. އަހަރެން ރޭގަ ނިދުނީވެސް ތަންކޮޅެއް ލަހުން ނެވެ. އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރު ކުރިމަތީގައި ހެދިފަ ސާރާ އާއި ޔަނާ ހުއްޓެވެ. އަހަރެން މޯޅިއަކަށް ދެމިލަމުން އެމީހުން އެތެރެއަށް ވަންނަން ތަން ދެއްކީމެވެ. ” ހޭ ގާއިޒް… ހާދަ ހެންދުނެއް ގަ” އަހަރެން އިސްތަށިގަނޑުގަ ހުޅިއެއް ޖަހަމުން އަހާލީމެވެ. ” ދޭބަ އިހަށް ތި ފްރެސް ވެލަން އޭރުން ނެއްނު ބުނެ ވޭނީ” ޔަނާ އެހެން ބުނުމުން އަހަރެން މެރޫން ކުލައިގެ ޓީށާޓަކާއި ކަޅުކުލައިގެ ފައިގެ ކަށިމައްޗާ ހަމައަށް ދާ ޓައިޓެއް ހިފައިގެން ފާހާނާއަށް ވަނީމެވެ.5 މިނެޓު ފާހާނާގައި ފެންވަރާ ދަތް އުނގުޅުމަށް ހޭދަކުރުމަށް ފަހު އަހަރެން ތުވާލިން އިސްތަށިގަނޑުގައި ހުރި ފެންތަށް ހިއްކަމުން ނިކުތީމެވެ. ” ކިހިނެކޭ ވީ” އަހަރެން ތުވާލި އެނދު މަތީގައި ބޭއްވުމަށްފަހު ހެޔާޑްރަޔަރް އިން އިސްތަށިގަނޑު ހިއްކަން ފެށީމެވެ. ” މާދަމާ އެއީ އީމާން ގެ އުފަން ދުވަހެއްނު” ސާރާ ބުނެލިއެވެ. ” އޭ ތެދެކޭ ދޯ މާދަމާ އެއީ އީމާން ގެ އުފަންދުވަހޭ” އަހަރެން ޑްރަޔަރް ބޭއްވުމަށް ފަހު ފުނާއަޅަން ފަށަމުން ބުނެލީމެވެ. ” އެހެންވެ ޔާޝް ދޮންބެ އާއި ރިޒްވާން އެބައުޅޭ އޭގެ ސާފު ކޮށް އީމާން ވެސް އުޅޭ އެހީވެދީ…. އެކަމަކު އީމާން އަކަށް ނޭންގެ އަސްލު ކީއްވެ ކަމެއް އެ ސާފު ކުރަނީކީއެއް” ޔަނާ ހެމުން ހެމުން ބުނެލިއެވެ. ” އީމާން އަށް ވާނެ ރަނގަޅު ލަނޑެއް ދޭ….. އޭނަ އަބަދު އަބަދު ހުންނަނީ އަހަރެންނާ ޔާޝް އާ އަޅުވާކިޔާލަ ކިޔާލަ… އެކަމް އަދި މިއުޅެނީ ދިމާވީތާ ހަފްތާ އެއްވެސް ނުވެގެންނޭ” އަހަރެން އީމާން އަށް ލަނޑެއް ދޭން ބުނުމުން ޔަނާ އެކަމަށް އިންކާރު ކުރި އެވެ. ” ނޫން ކަމެއްނެތް” ޔަނާ އެހެން ބުނުމުން ސާރާ ބުނެލިއެވެ. ” އައްދެ އައްދެ ލޯބިވެރިޔާއަށް ލަނޑެއް ދޭން ބުނީމަ އެއްބާރުލުމެއް ނުދެވޭ އެކަމަކު އެފަކީރު އަށް ޖެއްސުން ކުރަން ވެއްޖެޔާ ހަމަ ހޭވަރު” ސާރާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ” އެ ތެދެއް…….. އޭ ސާރާ ދެން އަހަރުމެން ސިންގަލް މީހުންނަކަށް ނަކަށް ނޭނގޭނެތާ” އަހަރެން ސާރާ އާއި އެއްކޮޅަށް އަރަމުން ބުނެލީމެވެ. ” އާނ ދޯ ދެން އަހަރުމެން ސިންގަލް މީހުންނަކަށް ނޭނގޭނެއްނު” ސާރާ ވެސް އަހަރެންނާއި އެއްބަސް ވެލަމުން ބުނެލިއެވެ. ” ކޮނ ސިންގަލް އެއް ކިޔާކަށް މައިރާގެ ގޮތެއް ނޭންގެ އެކަމް މި ސާރާ އުޅެނީ ރިޒްވާން އާ-” ޔަނާ އަށް ބުނެވުނީ އެހިސާބަށް ށެވެ. ޔާނާ އަށް ހީވީ ބުނަން ނުވާވަރުގެ އެއްޗެއް ބުނެވުނު ހެންނެވެ. ސާރާ ވެސް ހުރީ ދެލޯ ބޮޑުކޮށްގެން ނެވެ. މުޅި ކޮޓަރި ތެރޭގައި އަހަރެންނަށް ސިފަ ނުކޮށް ދެވޭ ކަހަލަ އިހްސާސެއް ފެތުރުނެވެ. މުޅި ކޮޓަރި ތެރެ އެއްކޮށް އަޑު މަޑުވެގެން ދިޔައެވެ. އެކަކު ވެސް އެކައްޗެއް ވެސް ނުބުންޏެވެ. ” ރިލޭކްސް… އައި ނޯ ރިޒްވާން އިސް އެޑޮޕްޓެޑް” އަހަރެން އެހެން ބުނުމުން ސާރާ އިސްނަގާ އަހަރެންނަށް ބަލާލިއެވެ. ” ކިހިނެއް” ސާރާ ކެއް މަދުވެފައިވާ މީހެއް ފަދައިން އެހިއެވެ. ” ސާރާ ގެ ބައްޕަ ކިޔަނިކޮށް” އަހަރެން ކުރު ޖަވާބެ ދިނުމަށްފަހު ކަޅުކުލައިގެ ޖެކެޓް ލުމަށްފަހު ބުރުގާ އެޅީ މެވެ. އަދި ނިކުންނަން ދާ ހިންގާށޭ ބުނީމެވެ.
އަހަރެމެން އެކި ވާހަކަ ދައްކަމުން ގޮސް ޔާޝް މެން ގެއަށް ވަނީމެވެ. ގިނައިން ދެއްކީ ސާރާ އަށް ރިޒްވާން ކަމުދިޔަ ގޮތުގެ ވާހަކައެވެ. ” ވާވް” ގެއަށް ވަދެ ވުމާއެކު އަހަރެން ޔަނާ ސާރާ އަށް އެއްފަހަރާ ބުނެލެވެނެވެ. އެހެން ނުބުނަންވީ ސަބަބެއް ނެތެއްނޫހެއްޔެވެ. ސިޓިން ރޫމް އެއްކޮށް ސާފު ކޮށްފައިވާ އިރު ސިޓިން ރޫމް ގެ ތަނަވަސް ކަން ފެންނަމުން ދިޔައެވެ. އަހަރެން ހުރީ އެސްފި ޖަހާލަންވެސް ނުކުޅެދިފައެވެ. ” ވާވް….. މި ފިރިހެނުންތަށް ހާދަ މޮޅޭ ދޯ ތަންތަން ސާފުކުރަން” ސާރާ މުޅި ސިޓިން ރޫމް އަށް ނަޒަރު ހިނގާ ލަމުން ބުނެލިއެވެ. ” ތެދެއް ތިބުނީ” އަހަރެން ވެސް ހައިރާން ވެފައި ހުރެ ބުނެލީމެވެ. އަހަރެންގެ ނަޒަރުގައި ފިރިހެނުންނަކީ ލޮޑު އެއްވެސް ކަމެއްކުރަން ނުކެރޭ ކަންނެތް ބަޔެކެވެ. އެކަމް މިވީގޮތަކުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. އަހަރެމެން މުޅި ގޭތެރެ ބޭލުމަށްފަހު ދިޔައީ ދެވަނަ ފްލޯ އަށްށެވެ. ދެވަނަ ފްލޯ ވެސް ހުރީ ސާފުކޮށްފައެވެ. “ވާވް ދިސްއިޒް ބިޔުޓިފުލް” އަހަރެންނަށް އެއްވެސް އިޚްތިޔާރަކާ ނުލާ ބުނެވުނެވެ. ދެން ދިޔައީ އެންމެ ފަހު ފްލޯ ކަމަށްވާ ތިންވަނަ ފްލޯ އަށްށެވެ. އެއިރު ފިރިހެނުންތަށް އުޅެނީ އެ ފްލޯ ސާފު ކުރުމުގައެވެ. ” ހާދަ ހީވާގި ބައެއް އުޅޭ ފްލޯ އެކޭ ދޯ މީ” ސާރާ ރިޒްވާން އާއި ދިމާއަށް ބަލަމުން ބުނެލިއެވެ. ” ސާރާ މަލާމާތް ނުކޮއްބަލަ” ރިޒްވާން ހިޓް ސްޕްރޭ ފުޅިން ސާރާ އާއި ދިމާއަށް ސްޕްރޭ ކޮއްލަމުން ބުނެލިއެވެ. ” އެހެން ނުބުނަންވީ ސަބަބެއް ނެތެއްނު ގޭގަ އެހެރަ ކޮޓަރި ބަލާލަން މީހަކު ވަދެބަލަ އޭރުން އެނގޭނެ މިހެން މިބުނީ ކީއްވެ ކަން” ސާރާ ހެމުން ހެމުން ބުނެލިއެވެ. ” ދެން ހެވޭ…… މައިރާ ދޭ ބަލަ މީ ފުޅި ޔާޝް އަތަށް ދޭނ އޭނަ އެ އުޅެނީ އެހެރަ ކޮޓަރީގަ” ރިޒްވާން އަހަރެން އަތަށް ހިޓް ފުޅި ދިނުމަށް ފަހު ކުރިމަތީގަ ހުރި ކޮޓަރިއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. އަހަރެން އެ ފުޅި ހިފައިގެން އެކޮޓަރިއަށް ވަނީމެވެ. އެއިރު ޔާޝްގެ އުޅެނީ އެތާގައި ހުރި ބުކް ށެލްފް ގަ ހުރި ހިރަފުސް ތަށް ސާފުކޮށް ށެވެ. ” ޔާޝް އަނ” އަހަރެން ހިޓް ފުޅި ޔާޝް އަތަށް ދިއްކޮއްލަމުން ބުނެލީމެވެ. ” މައިރާ ޑޫމީއަ ފޭވާ މި ކަބަޑު މައްޗަށް ސްޕްރޭ ކޮއްލަބަލަ އަހަރެން އެހާ އިރަށް ހުރިހާ ފޮތް ތަށް ބޭރަށް ލާފަ އަންނާން” ޔާޝް އެހެން ބުނުމަށް ފަހު ފޮތްތަށް ހިފައިގެން ސިޓިން ރޫމް ގައި ބަހައްޓަން ނިކުތެވެ. އަހަރެން ކޮނޑު އަރުވައިލުމަށް ފަހު އެތާހުރި ގޮނޑި ކައިރި ކޮށްފައި އެއަށް އެރީމެވެ. އަދި ށެލްފް މައްޗަށް ސްޕްރޭ ޖަހައިލީމެވެ. ސްޕްރޭ ޖަހާލުމާއެކު އެތަނުން ކުރަފި ތަށް ނިކުތެވެ. އޭއްޗެހިންތަށް އާއި އަހަރެންގެ މޫނާ ދިމާއަށްށެވެ. އަހަރެންނަކީ ކުރަފި ދެކެ އިންތިހާ ދަރަޖައަށް ބިރުގަންނަ މީހެކެވެ. އެހެންކަމުން އަހަރެން އަނެއް ފަރާތަށް ޖެހިލީމެވެ. އަހަރެން ހަނދާން ނެތުން ކަމަކީ ގޮނޑި އަށް އަރައިހުރި ކަމެވެ. އަހަރެން ވެއްޓެން ދިޔުމުން އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތީމެވެ. މިފަހަރު އަހަރެން ސަލާމަތެ ނުވާނެއެވެ. އެހެން ހިތަށް އަރުވާލުމަށްފަހު އަހަރެން މޫނު މަތީގައި އަތް އެޅީ މެވެ. އިރު ކޮޅެއް ވަންދެން އަހަރެން މޫނުގައި އަތް އަޅައިގެން ހުރުމަށްފަހު އަތްނެގީމެވެ. އަހަރެން އޮތީ ޔާޝް ގެ އަތްދަނޑި މަތީގައެވެ. ޔާޝް އިނީ އެސްފިޔަޖަހާ ނުލާ އަހަރެންގެ މޫނަށް ބަލައިގެންނެވެ. ޔާޝް އެހެން ބަލައިގެން ހުރުމުން އަހަރެންނަވެސް ކުރެވުނު ކަމަކީ ޔާޝްގެ މޫނަށް ބަލައިގެން ހުރުމެވެ. ޔާޝް އަހަރެންގެ މޫނާ މަޑުމަޑުން ކައިރިވަމުން ދިޔައެވެ. އަހަރެންނަށް އެއްވެސް އިޚްތިޔާރަކާ ނުލާ ލޯމަރާލެވުނެވެ. އިރުކޮޅެއް ފަހުން އަހަރެންނަށް އިހްސާސްވީ ޔާޝް ގެ ހޫނު ތުންފަތެވެ. އަހަރެންނަށް އެއްވެސް އިޚްތިޔާރަކާ ނުލާ އެކަމުގައި ބައިވެރި ވެވުނެވެ. އިރުކޮޅެއްނުވަނީސް އަހަރެންނަށް ހަމަ ބިމަށް އާދެވުނުވެ. އަހަރެން އަވަހަށް ބިންމައްޗަށް ފޭބީމެވެ. އަދި ހުރި ބާރެއް ލާފައި ޔާޝް ގެ މޭމަތީގައި އަތްއަޅާ ފަހަތަށް ކޮއްޕައިލީމެވެ. އަދި ދުވެފައި އެކޮޓަރިން ބޭރަށް ނިކުމެގެން ދިޔައީމެވެ. އަހަރެންނަށް މި ކުރެވުނީ ކީއް ހެއްޔެވެ. އަހަރެން ގައިގައި މިތާހުނާނެހާ ހިތްވަރެއް ނެތެވެ. އެހެންވެ އަހަރެން ދިޔައީ ގެއަށް ށެވެ. ދެން އަހަރެން ކުރާނީ ކީއް ހެއްޔެވެ ؟. އަހަރެން ގެ ހިތުތެރޭގައި އޮތީ މި ސުވާލެވެ. ނަމަވެސް ޖަވާބެއް ނެތެވެ. އިނގޭ ހާވެސް އެއްޗަކީ ދެން ޔާޝް ގެ ކުރިމައްޗަށް އަރަން ނުކެރޭނެ ކަމެވެ.
( ޔާޝްގެ ނަޒަރުން)
މައިރާ އަހަރެން ކުއްލިއަކަށް ކޮއްޕާލުމުން އަހަރެން ގޮސް ޖެހުނީ އަހަރެން ފަހަތުގައި ހުރި ބުކް ށެލްފް ގައެވެ. ޖެހުނުދެއް ބާރު ކަމުން ދެތިން ފޮތް އަހަރެންގެ ބޯމައްޗަށް ވެއްޓުނެވެ. ނަމަވެސް އަހަރެންގެ ހިޔާލާއި ފިކުރު ހުރީ އެހެން ދިމާއެއް ގައެވެ. ފޮތް ވެއްޓުމުން އަހަރެންނަވީ ތަދު އިހުސާސް ވެސް ނުކުރެވުނީ އެހެންވެ އެވެ. ” ޔާޝް މައިރާ އެދިޔައީ ކީއްވެ” ރިޒްވާން ގެ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ” ކަމެއް ނުވޭ” އަހަރެން އެހެން ބުނުމަށް ފަހު ފޮތްތަށް ނަގައި ށެލްފް އަށް ލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީމެވެ.
( މައިރާ ގެ ނަޒަރުން)
އަހަރެން ގެއަށް ވަނުމަށް ފަހު އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. ކޮޓަރިއަށް ވަނުމަށް ފަހު އަހަރެން ގޮސް އެނދު މަތީގައި އިށީނީމެވެ. އަދި ބާލިހެއް ނެގުމަށްފަހު އޭގަ ވަރަށް ބާރާށް ބައްދައި ލީމެވެ. އެތަށް އިރެއް ވަންދެން އިނުމަށް ފަހު އަހަރެން މޫނު މަތިން ބާލީސް ނެގީމެވެ. ” މައިރާ ނިކުމެބަލަ” ކުއްލިޔަކަށް މަންމަގެ އަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ މަންމައަށް އެނގުނީ ބާއެވެ. އަހަރެންގެ ހިތަށް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އަހަރެން ބިރުން ހުރެ ގޮސް ދޮރު ހުޅުވައިލީމެވެ. ” ކި…. ކިހިނެއްވީ މަންމާ” އަހަރެން ޖެހިލުން ވެފައި ހުރެ އަހައިލީމެވެ. ” ކުއްލިއަކަށް ކޮމްޕެނީގައި ކަމެއްދިމާވެގެން ފުރަންޖެހިއްޖެ…. ޒެއިން އާއި ޒަލިއަން ވެސް ދާނެ…. މައިރާ ދާނަން ތަ….” މަންމަ އެހެން ބުނުމުން އަހަރެން ދެވަނަ ވިސްނުމަކާ ނުލައި ދާން އެއްބަސްވީ މެވެ. ” އެކަމް އަދި މައިރާގެ ޗުއްޓީ ހަމައެއް ނުވެ އެއްނު” މަންމަ ހައިރާންވެ ހުރެ އަހައިލިއެވެ. ” އޭ އޯކޭ ވާނެ އަހަރެން ދާނަން…. ކޮންއިރަކު ފުރަން ޖެހޭނީ” އަހަރެން އަހައިލީމެވެ. ” 1:00 ޖަހާއިރު” މަންމަ އެހެން ބުނުމަށް ފަހު ދިޔައެވެ. އަދި ފުރަން ގަޑިއޮތުމުން އަހަރެން އެނދަށް އަރައި އޮށޮއްވެލީމެވެ. އަހަރެން އެހެން އޮއްވައި ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ” މައިރާ އާރް ޔޫ ދެއަރް” އިވުނީ ސާރާ ގެ އަޑެވެ. އަހަރެން ދުވެފައި ގޮސް އަވަހަށް ދޮރުގައި ތަޅުލީމެވެ. އަދި ފާހާނާއަށް ވަދެ އިސްކުރު ދޫ ކޮއްލީމެވެ. އިރުކޮޅެއް ވުމަށްފަހު އަހަރެ ގޮސް ތިރިވެލުމަށްފަހި ދޮރު ކުރިމަތީގައި ސާރާ ހުރިތޯ ބެލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން ސާރާ އެއްނެތެވެ. އަނެއްކާވެސް އެނދު ގައި އޮށޮއްވެލުމަށް ފަހު ވިސްނަން ފެށީމެވެ. އަނެއްކާ އަހަރެން މި ކުރަނީ ރަނގަޅުކަމެއް ބާއެވެ. ނަމަވެސް އަހަރެން މިތާ މަޑުކޮއްފިނަމަ ޔާޝް އާއި ކުރިމަތި ލާން ޖެހޭނެއެވެ. މި ވަގުތަކު އަހަރެން ގައިގާ ޔާޝް އާއި ކުރިމަތި ލާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން އަހަރެން މި ނިންމީ ރަނގަޅު ނިންމުމެކެވެ. އެހެން ހިތަށް އަރުވާ ލުމަށްފަހު އަހަރެން ފޮށްޓަށް އެއްޗެހިން އަޅަންފެށީމެވެ. ފޮށްޓަށް އެއްޗެހި އަޅައިނިމުމުން އަހަރެން ކޮޓަރީއާ އީ ފާހަނަ ސާފުކޮއްލީމެވެ. އެ ހުރިހާކަމެއް ކޮއްނިމުމުން އިރު ގަޑިން 12:00 ޖެހީއެވެ. އެހެންކަމުން އަހަރެން އަވަހަށް ފާހާނާއަށް ވަދެ ފެންވަރާ ލައިގެން ނިކުމެ ރީތިވާން ފެށީމެވެ. ސޯލް އަޅާނިމުމުން އަހަރެން ގަޔަށް ސެންޓް ކޮޅެއް ޖަހާލީމެވެ. އަދި ގަޑި ބަލައިލީމެވެ. އެއިރު ގަޑިން 12:31 ކެވެ. އަހަރެން އަވަހަށް ބޫޓު ލުމަށްފަހު ކޮނޑުގައި ހޭންޑް ބޭގް އަޅުވައިލީމެވެ އަދި ފޮށި ހިފައިގެން ކޮޓަރިން ނިކުތީމެވެ. ބުނެއެއްނޫން ހެއްޔޭ އެއްފަހަރު ނަސީބު ރަނގަޅު ވެއްޖިއްޔާ އަނެއްފަހަރު ނަސީބު ދެރަވާނެއެވެ. އެގޮތަށް މިފަހަރު އަހަރެންގެ ނަސީބު ދެރަ އެވެ. އަހަރެންނަށް ކޮޓަރިން ނިކުންނި ގޮތަށް އެރުވުނީ ސާރާ ގެ ކުރިމައްޗަށް ށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

