އަހަރެންނާއި ޔާޝް ވެސް ދިޔައީ ސިއްސައިގެންނެވެ. ޔާޝް އަވަހަށް ތެދުވެ އަހަރެން ކައިރީ އިށީންނިއެވެ. ގޭ ދޮރުމަތީގަ ހުރެ އެ ހަޅޭ ލައްވައި ގަތީ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް ވެސް އެނގެއެވެ. އެއީ އަލްޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އަލްޔާ ގެ މޫނު މަތީގައި ހުރި ރުޅިވެރިކަން ފެނި އަހަރެން ބެލީ އަހަރެންގެ ކެވެލި ކޮޅު އަވަހަށް ޔާޝް ގެ ގަމީހު ގޮށުން ނެއްޓުވޭތޯއެވެ. ” އޭއީ…. މީ އަދި ލަދެއް ޙަޔާތެއް ވެސް ހުންނަ އަނހެނެއް ނޫނޭ ދޯ އަދިވެސް ބެލެނީ ޔާޝް އާއި ކައިރި ވެވޭ ތޯ އޭ….. ދުރަށް ދޭ ހަމަ މިހާރު ޔާޝް ކައިރިން” އަލްޔާ އެހެން ކިޔަމުން އައިސް އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގުމަށްފަހު ދުރަށް ކޮއްޕާލިއެވެ. އަހަރެންގެ ކެވެލި ކޮޅު ކަނޑައިގެން ދިޔައީ އެވެ. އެ ކެވެލި ކޮޅަކީ މާމަ މި ދުނިޔެ އާއި ވަކިވުމުގެ ކުރިން މާމަ ގެ ފަރާތު އަހަރެންނަށް ލިބުނު އެންމެ ފަހު ހަދިޔާއެވެ. ކެވެލި ކޮޅު ކަނޑައިގެން ދިޔުމުން އަހަރެން ގެ ގާތަށް އައީ އަމަށަކުން ރުޅި އެއް ނޫނެވެ. ނަމަވެސް އަހަރެން ބެލީ ރުޅި ކޮންޓްރޯލް ކުރެވޭ ތޯ އެވެ. ” ޔާޝް…. އާރް ޔޫ އޯކޭ ބޭބް……….. ޔާޝް މީ ކޮން މެރޫން ކުލައެއް…….ޑޯންޓް ޓެލްމީ  އެ މައިރާ ކިސްޑް ޔޫ” ކުއްލިއަކަށް އަލްޔާ ޔާޝްގެ ތުން ފަތުގައި ހުރި މެރޫން ކުލަ ފެނި ބުނެލިއެވެ. އެއިރު ރިޒްވާން އާއި އީމާން ދުވެފަ ގެއަށް ވަނަންނީއެވެ. ފަހަތުގައި ޔަނާ އާއި ސާރާ ވެސް ތިއްބެވެ. އަލްޔާ އައި ގޮތަށް އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުމަށްފަހު އަހަރެން ގެ ކަންކަށި މަތީގައި ޖެހިއެވެ.  ވީ ތަދެއްގެ ބޮޑު ކަމުން އަހަރެންނަށް ކަންކަށި މައްޗު އަތް އަޅައިލެވުނެވެ. ” ކަލޭ ގައިގަ ހުންނަ ލަދުހަޔާތް ކުޑަކަން ބަލާބަލަ…… މީސިމީހުން ރައްޓެހި ވެގެން އުޅޭ ފިރިހެނުން ނާއި ފްލާރްޓް ކުރާއިރު ލަދެއް ނުގަނޭތަ…… ކަލޭ ހަމަ ގަސްތުގަ ދޯ ރެސްޓޯރެންޓް އިން ނިކުމެގެން ގޮސް ފައި ހަލާކު ކޮއްލީ…… ކަލޭގެ މައިންބަފައިން އެއްވެސް އެއްޗެއް ދަހެއް ނުކޮއްދޭތަ…. އަދި މާކު ސޯލިހު މީހަކަށް ވެގެން އެބައުޅޭ އެއްނު…….. ޔާޝް އެއީ ދުވަހަކުވެސް އަންހެނަކާ ކައިރިވި މީހެއް ނޫން ހައު ޑެއަރް ޔޫ ޓޭކް ހިސް ފަސްޓް ކިސް ވެން އިޓްވޯސް މެންޓް ފޯ މީ ” އަލްޔާ އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު އަނެއްކާވެސް އަހަރެންގެ ކަންކަށި މަތީގައި ޖަހަން އަތް ނެގިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން އަލްޔާ ގެ އަތުގައި ހިފުމަށް ފަހު އަލްޔާ ގެ ކަންކަށި މަތީގައި ޖެހީމެވެ. ދެން އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ.” އިނަފް…. އިނަފް އިޒް އިނަފް….. ހޫއްދަ ހެލް އާރް ޔޫ….. ވަޓްސް ޔޯރް ވޯރްތް……….. ތީ ހާލިދުގެ ދަރިއެއްނު” އަހަރެން އަލްޔާ ގެ ބެކްގްރައުންޑް ޗެކް ކުރުން އެއީ ކުރެވުނު ވަރަށް ރަނގަޅު ކަމެކެވެ. އަލްޔާ ގެ ބައްޕަ އަކީ އަހަރެން ގެ ބައްޕަގެ ކޮމްޕެނީގަ މަސައްކަތް ކުރަމުން އަންނަ މުއްޒިފެކެވެ.” ކަލޭ އަށް ކޮންހެނެއް އެނގެނީ  އަހަރެންގެ ބައްޕަ ” އަލްޔާ ރުޅި އައިސްފަ ހުރެ ބުނެލިއެވެ.” އަލްޔާ ގެ ބައްޕަ މަސައްކަތް ކުރަމުން ދަނީ އަހަރެން ގެ ބައްޕަ ގެ ކޮމްޕެނީގަ……. ވިތް އަ ސްނެޕް އޮފް މައި ފިންގާ އާއި ކޭ ޑޫ އެނީ ތިން ޓު ޔޯރް ޑޭޑް ” އަހަރެން ބުނެލީމެވެ.” ހައްހައްހައްހައްހައްހާ ކަލޭ އަސްލު ކުލަ މިހާރު ފެނިއްޖެއެއްނު……. ބަލާބަލަ ހުރި ކިބުރުވެރި ކަން…… ތީ ހަމައެކަނި އެ ކޮމްޕެނީގެ ބޮޑު މީހާގެ ދަރިއެއް ނަތިން އެލްސް ސޯ ޕަތެޓިކް ” އަލްޔާ އަހަރެންނަށް މަލާމާތުގެ ހިނިތުން ވުމެއް ރައްދުކޮއްލަމުން ބުނެލިއެވެ.” އަމް މޯ ޕަވާފުލް ދެން ޔޫ ތިންކް……… އަހަރެން އަތުގާ އެ ކޮމްޕެނީގެ % 60 ޝެޔާ އެބައޮތް………. ޓޯކިން އެބައުޓް ޕަތެޓިކް….. އަލްޔާ މަށައް ވުރެ މާކު ޕަތެޓިކް އެއްނު………. ” އަހަރެން އެހެން ބުނަމުން އަލްޔާ ގެ ކަންފަތާ ކައިރީ ވެލަމުން އަނެއްކާވެސް ބުނީމެވެ.” ލަދު ހަޔާތް ކުޑަ ވާހަކަ ނުދެއްކިއްޔާ މާކު ރަނގަޅު ވާނެ އަލްޔާ…….އަލްޔާ ތީ މާލޭގަ ހުންނަ ސީކްރެޓް ބާރް ގަ ވަޒީފާ އަދާކުރި މީހެއްނު…… އަހަރެން ގެސް ކޮއްލަން ތަ އަލްޔާ ގެ ޖޮބް އެ ބާރް ގަ……. ހިއްހިއްހިއް އެތަނަށް ދާ މުއްސަންދި މީހުން ސެޑިޔުސް ކުރުމަށްފަހު އެމީހުންނާއެކު ވަން ނައިޓް ސްޓޭންޑް އަކަށް ދިޔުން….. ދޯ ނުބުނެވޭނެ މީ ދޮގެކޭ އައި ހޭވް ޕްރޫފް…… ޔޫ އާރް ނޮޓް އަ ވާރްޖިން ޔޫ އާރް ޕަތެޓިކް ދެން މީ ” އަހަރެން އެހެން ބުނުމަށް ފަހު އަލްޔާ އާއި ދުރަށް ޖެހިލީމެވެ.” އެވްރީ ވަން ހޭޒް އާ ފާސްޓް………. މައުލޫ ބަދަލު ކުރަން އުޅޭވަރު ބަލާބަލަ  ކީއްވެ ހޭ މަގޭ ޔާޝް އާ އަޅައިގަނެގެން ތިއުޅެނީ ” އަހަރެން އެހެން ބުނުމުން އަލްޔާ ގެ ރުޅިގަނޑު ހީވީ ބޮޑުވި ހެންނެވެ.” އިނަފް ވިތް ދިސް ޔާޝް ޔާޝް………ޔާޝް މާ އިނޮސެންޓް މީހަކަށް ހަދައިގެން އެބައުޅޭ އެއްނު……. ދެން ތިބުނީ އޭނާ ދުވަހަކުވެސް އަންހެނަކާ ކައިރި އެއް ނުވެޔޭ…. އެހެންވީމަ އަލްޔާ އަށް މަ ފެންނަނީ ފިރިހެނެއްގެ ސިފައިގައި އެއްނު” އަހަރެން އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރާނަމެވެ. ” ބިކޯޒް ޔޫ ސެޑިޔުސްޑް މައި ޕިޔޯރް ޔާޝް ހީ އޮންލީ ލަވްސް މީ ”  އަލްޔާ އަހަރެންގެ އަތުގައި ވިކާ ލަމުން ބުނެލިއެވެ. ” މަ އެވެސް އޭނަ……. ސެޑިޔުސް……….. ފައިން ލެޓްސް ޓޭކް އިޓް އޭޒް އައި ސެޑިޔުސްޑް ހިމް….. އެކަމް މީގެ 6 އަހަރު ކުރިން……. މަތަ އޭނާ ސެޑިޔުސް ކުރީ އަހަރެން ދިޔައީ ހަމައެކަނި ކުރަފި ތައް މަރަން ވެގެން ހިޓް ފުޅި ދޭން……… އެހެންޏާ އެންމެ ގިނައިން މީސިމީހުން ސެޑިޔުސް ކުރަނީ ހިޓް ފުޅި ހިފައިގެން ވާ…..ދެން ތިބުނީ ލޯތްބޭ އޭނާ ކަލޭ ދެކެ އެހާ ލޯބި ވާނަމަ އެންމެ ދެރަވެގެން ގޮސް ކަލޭ ގައިގަ އިންގިލި ކުރި ވެސް ޖައްސާލިސް……. ކަލޭ ގޮސް އޭނަ ގައިގާ ތަތް ވާއިރަށް އޭނަ އުޅެނީ އަވަހަށް ސަލާމަތް ވެވޭ ތޯ…… އެއީ އޭނަ ކަލޭ ދެކެ ވާ ލޯބި…………… ޔޫ ނޯ އަލްޔާ ޔޫ ޑޯންޓް ލަވް ހިމް ޔޯރް އޮބްސެސް ވިތް ހިސް ވެލްތް…….ޔޯރް އަ ގޯލްޑް-ޑިގާ……. ” އަހަރެން އެހެން ބުނަމުން އަލްޔާ ގެ އިސްތަށިގަނޑު ގައި ހިފާ ދަމައިގަތީ މެވެ.” ހުއްޓާލާ………. އަލްޔާ ދޫކުރޭ މައިރާގެ އަތުން ” ކުއްލިއަކަށް ޔާޝް އައިސް އަލްޔާ ގެ އަތް އަހަރެންގެ އަތުން ނައްޓުވަމުން އަލްޔާ އަހަރެންނާއި ދުރުކުރިއެވެ. 

 

(ޔާޝްގެ ނަޒަރުން) 

 

މައިރާ އަލްޔާ ގެ ކަންފަތް ދޮށުގައި ކީ ހުރިހާ އެއްޗެއް އަހަރެންނަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ. އަލްޔާ އެއީ އެކަހަލަ އަންހެނެއް ކަމަށް އަހަރެން ހީވެސް ނުކުރަމެވެ. އަހަރެން އަލްޔާ އާއި ރައްޓެހި ވީ ލޮތްބަކުން ނެތް ނޫނެވެ. އަލްޔާ އާދޭސް ކުރި ވަރުންނެވެ. ނަމަވެސް އަލްޔާ އަކީ ގޯލްޑް-ޑިގާ އެއްކަން އަހަރެންނަށް ކުރިން އެނގުނުނަމަ އަހަރެން އަލްޔާ ވައިވެސް ނޭޅުނީސް އެވެ. ” އަލްޔާ ގެޓް އައުޓް އޮފް މައި ހައުސް…….. އަމް ބްރޭކިން އަޕް ވިތް ޔޫ” އަހަރެން އެހެން ބުނުމުން އަލްޔާ އަހަރެންނާއި ދިމާއަށް ބަލަން ހުރުމަށްފަހު ބުނެލިއެވެ. ” ފައި ބައި މީ……. ޔާޝް އެކަންޏެއް ނޫން މި ދުނިޔޭގަ ފިރިހެނަކަށް ހުރީ ކީއެއް” އަލްޔާ އެހެން ބުނުމަށް ފަހު އަހަރެންގެ ޖީބު ގައި އޮތް ވޮލެޓް ނެގިއެވެ. އަދި އޭގަ އޮތް ދެ ހާސް ރުފިޔާ ނެގަމުން ބުނެލިއެވެ. ” މީ އަހަރެން މިއޮއްހާ ދުވަހު ބޭކާރު ކުރި ވަގުތު ތަކަށް” އަލްޔާ އެހެން ބުނެ ލުމަށްފަހު ގެއިން ނިކުމެގެން ދިޔައެވެ. ދެން އަހަރެން ބަލައިލީ މައިރާ އަށް ށެވެ. މައިރާގެ ކަންކަށި ހުރީ ރަތް ވެފައެވެ. އެހެން ކަމުން އަހަރެން އެތާގައި އަތް ޖައްސާލީމެވެ. އަތް ޖައްސާލި ތާ ސިކުންތެއް ނުވަނީސް މައިރާ އަހަރެންގެ އަތް ފޮޅާލުމަށްފަހު ކޮރު ޖަހަމުން ގެއިންނިކުމެގެން ދިޔައެވެ. “ވަޓް ދަ ހެލް ޖަސްޓް ހެޕެންޑް……. އަދި 6 އަހަރު ކުރިން؟……ކުރަފި މަރާ ހިޓް ފުޅި؟………. ތުންފަތުގައި އެހުރި މެރޫކުލަ ؟……. މިތާގަ ވާނުވާ އެއް ނޭނގެ…….” އީމާން ބޯކަހާލަމުން ބުނެލިއެވެ. 

 

—–އެތަށް އިރެއް ފަސް——

 

ގަޑިން އިރުއޮއްސި 7:43 ވީއެވެ. ނަމަވެސް އަހަރެންގެ ކޮޓަރީ ދޮރުގައި ޖަހަމުން އެދާ ޓަކި ތަކަކަށް ބަދަލެއް ނާދެއެވެ. އަހަރެން އެންމެ ފަހު ކެއް ނުކެރުވިގެން ދޮރުހުޅުވީމެވެ. ކުރިމަތީގައި ހުރީ ރިޒްވާން އެވެ. ” ކޮބާތަ  ޖޫލިއެޓް…… އޭނަ އަށް ޖެއްސުން ކުރަން ދޭބަލަ” އަހަރެން ބުނެލީމެވެ. ” އައްދެ މައިރާ ހާދަ ރުޅިއެއް އައިސްފަ” ރިޒްވާން ބުނެލިއެވެ. ” ރުޅިއެއް ނާދޭ…….. ބަނޑު ހައިވީ” އަހަރެން މަޑުމަޑުން ބުނެލީމެވެ. ” ކާން ގޮވައިލަން ށޭ މިއައައީ” ރިޒްވާން އެހެން ބުނެފައި ތިރިޔަށް ފޭބިއެވެ. އަހަރެން އަވަހަށް ބުރުގާ އަޅައިލާ ގެން ނިކުތީމެވެ. ނިކުންނައިރު ކަމަކު ދާކަށް ނެތެވެ. އެންމެ ތިބީ ހަށަން ބަނދެގެ ދެލޯ ކުޑަ ކޮއްގެން ބަލަން ށެވެ. ޔާޝް ހުރީ ސޯޓު ގެ ޖީބައް އަތް ޖަހައިގެންނެވެ. އަހަރެން ފެނުނު އިރަށް ހިނިތުން ވުމެއް ރައްދުކޮއްލިއެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ހިތް ނުހުއްޓި ނީ ކިރިޔާ އެވެ. ނަމަވެސް އެކަން މޫނު މަތިން ނުދެއްކެވޭތޯ މަސައްކަތް ކުރަމުން ގޮސް ސޯފާގައި އިށިންދެލީމެވެ. ” މައިރާ އަހަރުން އަޑު އަހައިފިން ވާހަކަ އެއް ދޯ ޔަނާ…..” ސާރާ ޔަނާ އަށް ދޯ އެއްލަމުން ބުނެލިއެވެ. ” ކޮން ވާހަކައެއް ؟” އަހަރެން  ދެފައި ވައްކޮށްލަމުން އަހާލީމެވެ. “ބަޔަކު ކުރަފި މަރަން ވަދެފަ ކުރިކަމެއް ގެ ވާހަކަ ދޯ ސާރާ ” ޔަނާ ލާނެއް ގޮތަކަށް ބުނެލިއެވެ.  އަހަރެން ނަށް އެ ދައްކާ ވާހަކަ އެންގުނެވެ. ކަންތަކާ ޖެހުނީއެވެ. އަހަރެން އަވަހަށް މި މައުލޫ ބަދަލު ނުކޮށްފިނަމަ މި މީހުން އަހަރެންނާއި ދިމާކުރުން ފަށާނެއެވެ. ” އެ…އެންމެ މިތާ ކީއް ތި ކުރަނީ “އަހަރެން އަވަހަށް ބުނެލީމެވެ.” މިއުޅެނީ މާދަމާ އޯވާ ނައިޓް އަކަށް ދާން ވެގެން ޑިސްކަސް ކޮއް ” ރިޒްވާން ބުނެލިއެވެ.” މައިރާ….. ޖެހޭނެ މިފަހަރު އަހަރުން ނާއެކު ދާނ” އީމާން އެހެން ބުނުމުން އަހަރެން ބުނެލީމެވެ . ” ދެރަ ނުވެ ބަލަ އަހަރެން ވަޒީފާ އަށް ނިކުންނަ ޖެހޭނީ އާދީއްތަ ދުވަހު…………ކޮން ރަށަކަށް ދަނީ”  ” ބަރިސްދޫ އަށް” ޔަނާ ބުނެލިއެވެ. ” އެނގޭތަ އެ ރަށަކީ ކުރިން މީހުން އުޅުނު ރަށެއް” ސާރާ ބުނެލިއެވެ. ” ތި ބުނީ….. މިހާރަކު ނޫޅޭތަ މީހުންނެއް” އަހަރެން އަހައިލީމެވެ. ” އާން ނޫޅޭ އެރަށުގެ މީހުން އަވަހަށް ބިރުން އެރަށުން ފާބައިގެން  ދިޔައީ” އީމާން އެހެން ބުނުމުން އަހަރެން ގެ ސައުގުވެރިކަން އިތުރު ވިއެވެ. ” އެ ކީއްވެ ބިރުން ފާބައިގެން ދިޔައީ ؟” އަހަރެން މުދައްރިސަކާ ސުވާލު ކުރާ ހެން ސުވާލު ކޮއްލީމެވެ. ” އެރަށް ފުރޭތަ އަރާ އެރަށުގެ މީހުން ކާން ފެށީމާ” ކުއްލިއަކަށް ރިޒްވާން އަހަރެންގެ ކަންފަތު ކައިރީގަ ވަރަށް ބާރަށް އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިހުނު ވަރުން ގޮސް އަހަރެން ކައިރީ ގަ އޮތް ކުށަން އިން ރިޒްވާން ގެ މޫނު މަތީ ގަ ޖެހީމެވެ. ” ސާރޫ……..” ރިޒްވާން ތަދުވާ ކަމަށް ހެދިގެން ގޮސް ސާރާ ކައިރީ ހުއްޓުނެވެ. 

 

(ނުނިމޭ) 

31

9 Comments

  1. Black X

    January 14, 2022 at 4:40 pm

    I love this part can’t wait for the next one

    • Star Fire

      January 15, 2022 at 4:59 pm

      Thanks Black X
      Submit kohfa inaane I only need approval

  2. Horror queen

    January 14, 2022 at 5:02 pm

    I love this part….waiting for the next part❤❤

    • Star Fire

      January 15, 2022 at 5:00 pm

      Thanks Horror queen BTW love you’re stories

  3. Hûdhãkkø

    January 14, 2022 at 6:43 pm

    Alhey eoh kiyaa hithun huhta enimuni
    Btw mi part vvvvvvvvv reethi
    Kon irak dhen in part kiyaalan lipeyni

    • Star Fire

      January 15, 2022 at 5:02 pm

      As I said to Black X submit kohfa inaane
      BTW thanks ☺️☺️☺️

  4. widhaadhaa ismail

    January 14, 2022 at 7:41 pm

    wowww. @starfire when is next part and how old are you? this story is amazing ❤️❤️❤️❤️❤️

    • Star Fire

      January 15, 2022 at 5:03 pm

      Thanks Widhaadhaa ismail
      This year I’ll be 15

  5. sunflower girlll

    January 15, 2022 at 2:11 pm

    nice

Comments are closed.