Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހީވޭ ގާތުގާއި ވާހެން ކަލާ 12

Star Fire Level 310 Stories
December 24, 2021 7 Mins Read
0 Comments

 

” ޔަނާ…… ޔަނާ ” އަހަރެން ގެއަށް ވަނުމަށް ފަހު ވަރަށް ބާރަށް ޔަނާ އަށް ގޮވައިލީމެވެ.” މި އަންނަނީ” ބަދިގެއިން ޔަނާ ގެ އަޑުއިވުމުން އަހަރެން ބަދިގެއާއި ދިމާއަށް ދިޔައީމެވެ. އަހަރެން ބަދިގެއަށް ދިޔައިރު ޔަނާ ފެންފުޅި ފްރީޒަރަށް ލާފައި ދޮރުލެއްޕީއެވެ. ” ޔަނާ އާރް ޔޫ އޯކޭ” އަހަރެންނަށް ޔަނާގެ މޫނު ފެނުމުން އަހައިލެވުނެވެ. ޔަނާގެ މޫނު ހުރީ ދުޅަވެފައެވެ. ދެލޯ ހުރީ ރަތް ކުލަ އަށްށެވެ. ޔަނާ އަހަރެން ފެނުމުން ހިތި ގޮތަކަށް ހީލިއެވެ. ” ޔަނާ އާރް ޔޫ އޯކޭ” ސާރާ އައިސް ބަދިގެއަށް ވަންނަމުން އަހައިލިއެވެ.  ސާރާ ފެނުމާއި އެކު ޔަނާ ގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. ސާރާ އައިސް ޔަނާ މޭޒު ކައިރީ ހުރި ގޮނޑީގައި ބޭންދުމަށްފަހު ޔަނާ މަސަލަސްކުރަން އުޅުނެވެ. ނަމަވެސް ޔަނާ ހަމަ ގިސްލަގިސްލައިފައި ރޮނީއެވެ. އަހަރެން ގޮސް ޔަނާ ގެ ކުރިމައްޗަށް ތިރިވެލަމުން ޔަނާ އަށް ގޮވައިލީމެވެ. ” ޔަނާ ކިހިނެއްވީ” އަހަރެން އެހެން ބުނުމުން ޔަނާ ބުނެލިއެވެ. ” އި… އީމާން” ޔަނާ ގެ މަޞްލަޙަތު އެހައި ރަނގަޅު ނުވުމުން އަހަރެން އިތުރު އެއްޗެއް ނާހަމެވެ. ” ޔަނާ” އިރުކޮޅެއް ނުވަނީސް ޔާޝް ޔަނާ އަށް ގޮވައިލި އަޑުއިވުނެވެ. ގެއަށް މީހަކުވެންނި އަޑު އިވުމުން އަހަރެންނާއި ސާރާ އެކަކުއަނެކަކު އަށް ބަލައިލީމެވެ. އަހަރެން އަވަހަށް ބަދިގެއިން ނިކުތީމައެވެ. ސާރާ އުޅުނީ ޔަނާ ވީހާވެސް އަވަހަށް މަސަލަސް ކުރެވޭ ތޯއެވެ. އަހަރެން ދުވެފައި ނިކުތް ގަޑީގައި އަހަރެން ގޮސް އެއްޗެއް ގައިގައި ޖެހުނެވެ. އެޖެހުނު ބާރުމިނުގައި އަހަރެން ވެއްޓެން ދިޔައެވެ. ވެއްޓުމުން ވާނެ ތަދު އަންދާޒާ ކޮއްލެވުމުން އަހަރެން ފާރުގައި ނަމަވެސް ހިފެހެއްޓޭ ތޯ އަތް ޖައްސާލީމެވެ. ނަމަވެސް އަހަރެން އަތް ޖެހުނީ ވަރަށް މަޑު އެއްޗެއް ގައެވެ. އަހަރެން މާބަލްސް މައްޗަށް ނުވެއްޓި ގިނައިރުވުމުން އަހަރެން މަޑުމަޑުން ދެލޯ ހުޅުވައިލީމެވެ. ލޯހުޅުވައިލުމާއެކު އަހަރެންނަށް ފެނުނީ އެސްތެޓިކް ގްރީން ކުލައިގެ ކަޅިރަވަލެވެ. އަހަރެން ލޯ ދެފަހަރަކަށް މަރައިލުމަށްފަހު އަނެއްކައިވެސް ބަލައިލީމެވެ. ފެންނަ މަންޒަރު ތަފާތެއް ނޫނެވެ. ހަމަ އެ އެސްތެޓިކް ކަޅިރަވަލެވެ. އަހަރެންގެ ހިތަށްއެރިއެވެ. އަނެއްކާ އަހަރެން ބޯ މާ ބާރަށް މާބަލްސް މިތާގައި ޖެހުމުން އަހަރެން ގެ ލޮލަށް މައްސަލައެއް ޖެހުނީ ބާއެވެ. ނޫނީ މީ އަނެއްކާ އިލިއުށަން އެއް ބާއެވެ. އަހަރެން ނަށް ކުރެވުނު ކަމަކަށް އެއްކަމެއް ވެސް ނެތެވެ. ހަމައެކަނި އެ ކަޅި ރަވަލަށް ބަލައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް މީހަކު ކަރުކެހިލީ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔައަސް އަހަރެން ނަށް އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރެވުނެވެ. އަހަރެން ކުޑަކޮށް ވެސް ހަރަކާތް ކުރި ނަމަ އަހަރެންގެ ތުންފަތް ގޮސް އެ މީހެއްގެ ތުންފަތުގައި ޖެހޭނެ ކަން އެއީ އެއްވެސް ސައްކެއް އޮތް ކަމެއް ނޫނެވެ. އަހަރުމެން ދެމީހުން ތިބީ އެހާ ވެސް ކައިރީގައެވެ. އަހަރެން ރަނގަޅަށް ބިންމަތީގައި ފައި ޖެއްސުމަށް ފަހު އެ މީހަކު އަހަރެންނާއި ދުރަށް ކޮއްޕައިލީމެވެ. އަދި އިސްޖަހާލަމުން “ސޮރީ” ބުނުމަށް ފަހު ދުވެފައި ބަދިގެއަށް ވަނީމެވެ. ” މައިރާ… ކޮލަށް ކީއް ކޮއްގެން ތިއުޅެނީ” އަހަރެން ބަދިގެއަށް ވަނުމާއެކު ޔަނާ އެހިއެވެ. ޔަނާ ގެ ހާލަތު މިހާރު ކުރިއަށްވުރެ ރަނގަޅެވެ. ނަމަވެސް އަހަރެންގެ ހާލަތު އެހާ ރަންގަޅެއްނޫނެވެ. ” ކަމެއް ނުވޭ” އަހަރެން އެހެން ބުނުމަށް ފަހު މޭޒުމަތީގައި ހުރި ފެންފުޅިން ފެންފޮދެއް ބޯލީމެވެ. އަދި ފުންކޮށް ނޭވާ ލާން ފެށީމެވެ. ” ހިނގާ ދަމާ” އަހަރެން ހަމައަކަށް އެޅުމަށްފަހު ބުނެލީމެވެ. އަހަރެން އެހެން ބުނުމުން ސާރާ އާއި ޔަނާ ބަދިގެއިން ނިކުތެވެ.  އަހަރެން ހުރީ ބަދިގެއިން ނިކުންނަން ނުނިކުންނަން ށެވެ. ދެ ވިސްނުމެއް ގައި ހުއްޓާ ޔަނާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި ގެންދިޔައެވެ. އަހަރެން ބޭރަށް ނިކުތް އިރު އީމާން އާއި ރިޒްވާން ސައިކަލް މަތީގައި ތިބެ ދިޔައީ ހެމުން ނެވެ. އަހަރެން ނިކުތް ތަން ފެންނުނު އިރަށް ހިނިގަންޑު މަޑުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އާންއެކެވެ. ތިހީކުރީ ރަނގަޅަށް ށެވެ. ދެންމެ ގޭތެރޭގައި އަހަރެން ގޮސް ލައިގަތީ ޔާޝް ގޭގައި ގައެވެ. އަދި އަހަރުމެން ދެމީހުން އެހެން ތިއްބައި ފެނުނީ އީމާން އަށްށެވެ. އަހަރުމެން ތިން މީހުންގޮސް އެތާ ހުއްޓުމާއެކު އީމާން ހެމުން ހެމުން ބުނެލިއެވެ. ” ހިންގާ ދަމާ” އަދި އެއަށްފަހު ސައިކަލް ށް އަރައި ސައިކަލް ސްޓާޓް ކޮއްލީއެވެ. އެއިރު ޔާޝް އާއި ރިޒްވާން މެން ވެސް ތިބީ އެމީހުންގެ ސައިކަލަށް އަރައެވެ. އެ ތިން ފިރިހެނުން ބޮލުގައި ހެލްމެޓް އެޅުމަށްފަހު ސައިކަލް ދުއްވާލަން ރެޑީ ވިއެވެ. ” މަޑުކޮއްބަލަ …. ތިމީހުން ސައިކަލުގަ އަހަރުމެން ހިނގާފަ ” ސާރާ އީމާން އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.  ” އެއްވެސް ޕްރޮބެއް ނެތިއްޔާ އާދޭ ސައިކަލަށް އަރަން” ރިޒްވާން އެހެން ބުނެލުމާއެކު ސާރާ ގޮސް ރިޒްވާން ގެ ފަހަތަށް އެރިއެވެ. އަހަރެންނާއި ޔަނާ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ” އޭ ޔާޝް” އީމާން ސައިކަލުން ފޭބުމަށްފަހު ގޮސް ޔާޝް ކައިރީގައި ކޮންމެވެސް އެއްޗެއް ކިޔައި ލުމުން  ޔާޝް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.  ޔާޝް އަހަރެން ނަށް ބަލަން ފެށުމުން އަހަރެން ވަގުތުން އިސްޖަހައިލީމެވެ. އިރުކޮޅެއް ނުވަނީސް އިވުނީ ޔާޝް ގެ ފިރިހެން ވަންތަ ބަރު އަޑެވެ. ” މައިރާ….. އާދޭ” ޔާޝް އަހަރެންގެ ނަމުން ގޮވައިލުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން ވަގުތުން އިސްނަގައި ބަލައިލީމެވެ. އެއިރު ޔާޝްގެ ނަޒަރުން ވަނީ ސީދާ އަހަރެންގެ މޫނަށް ހުއްޓިފައެވެ. އަހަރެން ދާން ނުދާން ހުރެފައި ގޮސް ޔާޝް ގެ ފަހަތަށް އެރުމަށް ފަހު ޔާޝް ދިން ކަޅުކުލައިގެ ހެލްމެޓް އެޅީމެވެ. ޔަނާ ވެސް ގޮސް އީމާން ގެ ސައިކަލްށް އެރުމުން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ސައިކަލް ދުއްވައިލިއެވެ. ޔާޝް ސައިކަލް ދުއްވާލުމާއެކު އަހަރެން ގޮސް ޔާޝް ބުރިކަށީގައި ޖެހުނެވެ. އަހަރެން ޔާޝް އާއި ކިތަންމެ ދުރަށް ދާން ބޭނުން ވިއަސް އަހަރެންނަކަށް ނުދެވުނެވެ. އެހެންނުވާންވި ސަބަބެއް ނެތެއްނޫހެއްޔެވެ. އަހަރެން އަރާ އިންނަ އެއްޗެއް ބާރަށް ދުއްވައިފިއްޔާ އަހަރެން ނަށް ވާނީ މިވަރެން. އަހަރެން ބިރުގަންނަ އެއްޗެހިން ތަކުތެރެއިން ހައި ސްޕީޑް އަކީ އެކައްޗެވެ. އަދި ޔާޝް ދުއްވަމުން ދިޔައީ އެޔެމިޔެ ބަލާފައެއްނޫނެވެ. ޔާޝް ސައިކަލް ދުއްވަމުން ދިޔަދެއް ބާރު ކަމުން އަހަރެން ހުރީ ލޯހުޅުވައިލަންވެސް ނުކެރިފައެވެ. ” އިފް ޔޫ ވޯންޓް ޔޫ ކޭން ހޯލްޑް މީ” އިރުކޮޅެއް ފަހުން އަހަރެންނަށް ޔާޝް ގެ އަޑު އިވުނެވެ. އަހަރެންގެ ދެއަތް ހީވީ ޔާޝް އެހެން ނުބުނެ ގެން ލަސްވެފައި ހުރި ހެންނެވެ. ޔާޝް އެހެން ބުނުމާއެކު އަހަރެން ޔާޝް ގައިގާ ވަރަށް ބާރަށް ބައްދައި ލީމެވެ. އެއިރު އަހަރެންގެ ހިތް ތެޅުމުން ދިޔައީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. ޔަގީންވަންޏާ ޔާޝް އަށް ވެސް އަހަރެންގެ ހިތުގެ ތެޅުން އަޑު އިވޭނެއެވެ. އަހަރެން އެންމެ ފަހުން ލޯ ހުޅުވީ ސައިކަލުގެ ދުވެލި މަޑުވި ފަހުންނެވެ. ޔާޝް ސައިކަލް ހަރަ ގެއްސުމާއެކު އަހަރެން އަވަހަށް ސައިކަލުން ފޭބީމެވެ. އަހަރެން ފުންނޭވާތަކެއް ލަމުން ދިޔައީމެވެ. އަހަރެން ހަމައަކަށް އެޅުމުން ޔާޝް އާއި ދިމާއަށް އެނބުރީލީމެވެ. އެއިރު ޔާޝް އިނީ އެތާ އިން ހިލަގަންޑަކު މަތީގައި އިށީނދެގެންނެވެ. އަހަރެން ކުރާނެ ކަމެއް ނޭނގުމުން ނިޔަފަތި ތަކާ ކުޅެން ފެށީމެވެ. ނިޔަފަތި ތަކަށް ބަލައިލި ވަގުތު ސަހާދަތް އިނގިލީގެ ނިޔަފަތީގައި ރަތްކުލަ ހުރުމުން އަހަރެން ބަލައިލީމެވެ. އެއީ ރަތް ކުލައެއްނޫނެވެ. އެއީ ލެއެއެވެ. އަހަރެން ހިން ދިރުވައިލުމަށް ފަހު ޔާޝް އަށް ބަލައިލީމެވެ. ” ޔާ… ޔަ… ޔާޝް އެއްވެސް ތަނެއް ގައިގައި ހަލާކުވެފައި އެބަހުރިތަ” އަހަރެން ބިރުން ހުރެ އަހައިލީމެވެ. ” ކުރިޔަކު އެއް ނެތް އެކަމް މިހާރު އެބަހުރި” ޔާޝް ހަމަ ޖެހިލައިގެން އިނދެ ބުނެލިއެވެ. ” އަމް ސޮރީ ……. އަ…. އަމް ރިޔަލީ ސޮރީ” އަހަރެން އެހެން ބުނުމަށް ފަހު ހޭންޑް ބޭގް ތެރޭގައި އޮތް ވެޓް ޓިޝޫ ޕެކެޓުން ޓިޝޫ އަކައި މިނީ ބެންޑޭޖް އެއް ނެގުމަށްފަހު ޔާޝް އަތަށް ދިނީމެވެ. ” ޓްރީޓް ޔޯރް ވޯންޑް” އަހަރެން އެހެން ބުނުމަށް ފަހު ފަހަތަށް އެނބުރީލީމެވެ. ” އޯކޭ ދެން” އިރުކޮޅެއް ފަހުން ޔާޝް ގެ އަޑު އިވުމުން އަހަރެން ކުރިމައްޗަށް އެނބުރީލީމެވެ. ކުއްލިއަކަށް އަހަރެންނާއި ޔާޝް ގެ ދެމެދުގައި އޮކްވާޑްނެސް އުފެދުނެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުމުން ހިލަތަކުމަތިންލާފައި ގޮސް ތިރީގައި އޮތް ދޮންވެލި ގަނޑަށް ފޭބީމެވެ. އަދި ލައިގެން ހުރި ބޫޓު ބޭލުމަށްފަހު ލައިގެން އިން ފިޓް ޖިންސުގެ ފައި ކުރި އޮޅައިލުމުންފަހު ދޮންވެލިގަނޑު މައްޗަށް ބީއްސަމުން ދިޔަ ލޮނުގަނޑު ގައި ފައި ޖައްސައިލީމެވެ. އަހަރެން އެހެން ހުއްޓައި މީހަކު އައިސް އަހަރެންގެ ލޯމަތީގައި އަތްއެޅިއެވެ. ” ޔަނާ” އަހަރެން އަހައިލީމެވެ. ” ކޮންހެނެއް އެނގުނީ” ޔަނާ އަހަރެންގެ ލޯމަތިން އަތް ނަގަމުން ބުނެލިއެވެ. ” ޖަސްޓް އަ ގެސް” އަހަރެން ފޮނިވެލަމުން ބުނެލީމެވެ. ކައިރީގައި ސާރާ ވެސް ހުއްޓެވެ. ” ކޮބާ ކޮންހެނެއް ދިޔައީ…… ޔަގީން ޔާޝް އެ ހުރީ މައިރާ ނަފްސާނީ ކޮއްލަފަ ” ސާރާ ހެމުން ބުނެލިއެވެ. ސާރާ އެހެން ބުނުމުން އަހަރެން ދެލޯ ބޮޑު ކޮއްލަމުން ބުނެލީމެވެ.” ސޯ ޔޫ ގާއިޒް ނިޔު ޔާޝް ވަރަށް  ބާރަށް ސައިކަލް ދުއްވާ ކަން ޔޫ ” އަހަރެން އެހެން ބުނުމަށް ފަހު ބޫޓު ދޮންވެލިގަންޑަށް އެއްލައިލުމަށްފަހު ސާރާ އާއި ޔަނާ ގެ ފުލުން ދުއްވައިގަތީމެވެ. އެ ދެމީހުން ވެސް ދުވެފައި ގޮސް އެއްގަމަށް އެރިއެވެ. ސާރާ ގޮސް ފަހަތަށް އެނބުރިގެން ހުރި ރިޒްވާން ގައިގާ ޖެހުނެވެ. އަދި ދެމީހުން އެއްފަހަރާ ބިންމައްޗަށް ވެއްޓުނެވެ. އަދި ދެމީހުން ވެއްޓުނީ ވެސް ސަހަލަ ގޮތަކަށް ވެސް ނޫނެވެ. ރިޒްވާން އޮތީ ސާރާ ގެ ގައިމަތީގައެވެ. ދެން ހުރީ އީމާން އެވެ. އީމާން ގެ ގައިގާ ހުރި ނުލަފާކަމެއްގެ ބޮޑުކަމުން އެދެމީހުން އެހެން އޮއްވައި ފޮޓޯ ނެގި އެވެ. ސާރާ ވެއްޓުމުން އަހަރެން ދެން ދިޔައީ ޔަނާ ގެ ފުލުންނެވެ. ޔަނާ ދުވެފައިގޮސް ޔާޝް ގެ ފަހަތަށް ވަދެ ފިލައެވެ. ޔަނާ ޔާޝް ގެ ފަހަތަށް ވަނުމުން އަހަރެން ބަލިގަބޫލުކުރީމެވެ. އެވަގުތަކީ ރިޒްވާން ސާރާ އަދި އީމާން ވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. އީމާން ހެމުން ހެމުން ބުނެލިއެވެ. ” އަޅެ ފަހެ މިއަދު މީ ހުރިހާ އެންމެން ތަތް ވާ ދުވަހެއް ތަ ފުރަތަމަ ޔާޝް އާއި މަ- އައްދިއްޔޯތް” އީމާން އަހަރެންގެ ނަން ބުނަން އުޅުމުން އަހަރެން އީމާން ގެ ފަޔަށް އެރީމެވެ. އަހަރެން އީމާން ގެ އަތުގައި ހިފާފައި އެއްފަރާތަކަށް ގެން ދިޔައީމެވެ. ” އަހަރެންގެ ނަން ބުނެ ފިއްޔާ ނިމުނީ…. އީމާން ގެ ތިމޫނު ދެވަނަ ފަހަރަށް ބަލާލަން ނުކެރޭ ވަރު ހަދާނަން” އަހަރެން އިންޒާރެއް ދޭފަދައިން ބުނެލީމެވެ. ” ދެޓް މައިޓް ބީ އެ ޕްރޮބްލަމް އަހަރެން ރިޒްވާން ކައިރީ އެވާހަކަ ބުނެފިން” އީމާން ފަހަތަށް ޖެހެމުން ބުނެލިއެވެ. ” ވަޓް……. އޯކޭ ފައި އެހެންވީމާ އަހަރެން އެންމެން ކައިރީގަ އީމާން ލޯބިވަނީ ޔަނާ ދެކެއޭ ބުންޏަސް އެއީ މާ ބޮޑު ކަމެއް ނޫނެއްނު” އަހަރެން އެހެން ބުނުމަށް ފަހު ޔަނާ އާއި ދިމާއަށް ދޫއްވައިގަތީމެވެ. އަހަރެން ދުވެފައި ގޮސް ޔަނާ ކައިރީ ހުއްޓިލުމަށްފަހު ބުނެލީމެވެ. ” ގާއިޒް އެނގޭތަ މި އީމާން ލޯބި-” އަހަރެންނަށް ބުނެވުނީ އެހިސާބަށް ށެވެ. އީމާން އައިސް އަހަރެންގެ އަނގަމަތީގައި އަތް އެޅި އެވެ. 

 

އަހަރުމެން އެކިކަހަލަ މަޖަލުގަ އި  އުޅެމުން ގޮސް އެންމެ ފަހުން އިރު އޮއްސުނެވެ. އިރުއޮއްސުމުން ގެއަށް ދާން ތައްޔާރު ވީމެވެ. މިފަހަރު ވެސް އަހަރެންޖެހުނީ ޔާޝް ގެ ސައިކަލް އަށް އަރަންށެވެ.  އަހަރެން މިފަހަރު ހޭނެތިގެން ނުވެއްޓިޖިއްޔާ ވެސް ރަނގަޅެވެ. ހަވީރުގަޑީގައި ސަކަރާތް ޖެހުމުން އަހަރެންނާއި ޔާޝް ގެ ދެމެދުގައިވާ އޮކްވާޑްނެސް ވަނީ އެއްކޮށް ފިލައިގެން ގޮސްފައެވެ. ” ޕްލީސް އައި ބެގް ޔޫ އެހާބާރާށް ދުއްވައިގެން ނުވާނެ”  އަހަރެން އެހެން ބުނުމުން ޔާޝް ބުނެލިއެވެ. ” ނޫން… މައިރާގެ ހިތް މޭ ފަޅާފައި ނުކުންނަ ވަރަށް ދުއްވާނަން” ޔާޝް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަހަރެން ޔާޝް ފަހަތަށް އެރުމުން ޔާޝް ސައިކަލް ދުއްވައިލިއެވެ. ނަމަވެސް ކުރިއާއި އަޅާ ބަލާއިރު ޔާޝް ދުއްވީ ތަންކޮޅެއް މަޑުންނެވެ.  އަހަރުމެން ގޮސް ގޭ ހުރި މަގަށް އަޅުވައިލުމާއެކު ސާރާ ވަރަށް ބާރަށް މަޑުކުރާށޭ ބުނެލިއެވެ. ” ކިހިނެއްވީ” އަހަރެންނާއި ޔަނާ އަށް އެހެން އަހާލެވުނީ އެއްފަހަރާ އެވެ. ” މަންމަ މެން” ސާރާ އެހެން ބުނުމާއެކު އަހަރެންނާއި ޔަނާ ސައިކަލުން ފޭބީމެވެ. އަހަރުމެން ދެމީހުން ހިނގާފައި ދާން ކަމަށްބުނީމެވެ. އަހަރެން ދިޔުމުގެ ކުރިން އީމާން ކައިރީގައި  އަހަރެން ބުނެލީމެވެ. ” މިއަދު ގަ ނެގި ހުރިހާ ފޮޓޯ އެއް ފޮނުވާލަ ދެއްޗެއް  މި މެއިލްއަށް މައިމައިރާ@ޖީމެއިލް.ކޮމް އަށް” އަހަރެން އެހެން ބުނުމަށް ފަހު ގޮސް ޔަނާ އާއި އެއްވަރު ކުރީމެވެ. އަހަރުމެން ގޮސް ގެއާއި ހަމަވުމުން އަހަރެން ގެއަށް ވަންނަނީ ކަމަށް ބުނެ އެތެރެއަށްވަނީމެވެ. އެއިރު މަންމަ މެން ވެސް އެތެރެއަށް ވަދެއްޖެވެ. އަހަރެން އެތެރެއަށް ވަނުމާއެކު އަހަރެންގެ މަންމަގެ ތަހުގީގު ފެއްޓުނެވެ. ކޮން ތާކުން ؟ ކާކު އާއެކި ؟ ކީއްވެ ؟ ކޮންބޭނުމަކު ؟ ކީއްކުރަން ؟ މަންމަ ސުވާލު ބޮނޑި ހުޅުވައިލިއެވެ. މިފަހަރު އަހަރެންގެ ބަދަލުގައި ހުރިހާ ޖަވާބެއް ދިނީ ސާރާ އެވެ.  އޭގެ ސަބަބުން މަންމަ އިތުރު ސުވާލެއް ނުކުރެއެވެ. 

 

އަހަރެން ގޮސް އަވަހަށް ކޮޓަރިއަށް ވަނުމަށް ފަހު ލެޕްޓްޕް ނެގީމެވެ. އަދި އިންޓަނެޓް އާއި ކަނެކްޓް ކޮއްލީމެވެ. އެއަށްފަހު ޖީ މެއިލް އަށް ވަނީމެވެ. އީމާން ހުރީ ހުރިހާ ފޮޓޯ ތަކެއް ފޮނުވާފައެވެ. އަދި އެ އާއި އެކު މެސެޖް އެއްވެސް އިނެވެ. “ލުކް ދި ލާސްޓް ޕިކް އަހަރެންގެ ފަރާތުން ދޭ ގިފްޓްއެއް ކަމަށް ހީކޮށް ލާ” އަހަރެން އެ މެސެޖް ކިޔައި ލުމަށްފަހު އެންމެ ފަހުން ފޮނުވަފައިން ފޮޓޯ ޑައުންލޯޑް ކޮއްކުމަށްފަހު ބަލައިލީމެވެ. އެއީ އަހަރެންނާއި ޔާޝް އާއި ދެމީހުން މިއަދު ހިންގާލާން ދިޔުމުގެ ކުރިން އެގޭގައި ދިމާވި އެކްސިޑެންޓް ގެ ފޮޓޯއެކެވެ. އެ ފޮޓޯ ގައި އަހަރެން އިނީ  ޔާޝް މިއަދު ލައިގެ އިން ހުޑީގައި ހިފަހައްޓައިގެންނެވެ. ޔާޝް އިނީ އަހަރެންގެ އުނަގަނޑުގައި އަތް ވަށާލައިގެން އަހަރެންގެ މޫނަށް ބަލައިގެންނެވެ. ވަން ސައިޑް ފޮޓޯ އަކަށް ވިއަސް ޔާޝް ގެ އެސްތެޓިކް ގްރީން ކުލައިގެ ކަޅިރަވާ ވަރަށް ވެސް ސާފުކޮށް ފެންނަން ހުއްޓެވެ. އަހަރެންނަށް އެ ފޮޓޯ އަށް އިރުކޮޅެއް ވަންދެން ބަލައިގެން ހުރެވުނެވެ. އަހަރެންނަށް ހަމަ ހޭވަރިކަން ލިބުނީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަހަރެން އަވަހަށް ވައިފައި އޮފް ކޮއްކުމަށްފަހު ފާހާނާއަށް ވަދެ ފެންވަރައިގެން ވުޝޫ ކޮށްލައިގެން ނިކުމެ ގަޔަށް ދޫ ހެދުމެއް ލުމަށްފަހު ނަމާދު ކުރަން ފެށީމެވެ. 

 

ނަމާދު ކޮއްނިމުމުން އަހަރެން މުސޮއްލަ އަޅާލުމަށް ފަހު އަލަމާރިއަށް ލީމެވެ. އަދި ބުރުގައި އަޅައިލާ ގެން ނިކުތީމެވެ. އަހަރެން ކޮޓަރިން ނިކުތް އިރު ޒަލިއަން އޮތީ ސޯފާގައި ނިދާފައެވެ. ޒަލިއަން ނިދާފައި އޮތުމުން އަހަރެން ކޮޓަރިއަށް ވަދެ މޭކްއަޕް ކިޓް ހިފައިގެން ނިކުމެ ޒަލިއަން ގެ މޫނުގައި މޭކްއަޕް ކުރަން ފެށީމެވެ. މޫނުގައި ވައިޓް ފައުންޑޭށަން ހޭކުމަށް ފަހު ކަޅުކުލައިގެ އައި ށެޑޯ ޖެއްސީމެވެ. އަދި ތުންފަތުގައި ކަޅުކުލަ ޖައްސައިލީމެވެ. އެންމެ ފަހު ކަމަކަށް މުނުގައި ހުދުކުލައިގެ ފުއް ޖަހައިލީމެވެ. އަހަރެންނަކީ ދުވަހަކުވެސް އައިސެޑޯ އާއި ފައުންޑޭށަން ބޭނުން ކުރި މީހެއް ނޫނެވެ. އަހަރެން މަންމަ ކައިރީގަ އެތަށް ފަހަރަކު ބޭނުމެއް ނޫނޭ ބުންޏަސް މަންމަ އަހަރެންނަށް ގަނެ ދޭނެއެވެ. އެހެންވެ އަހަރެން ކުރާ ކަމަކީ މޭކަޕް ތަށް ބޭނުން ކޮއްގެން މީހުންނަށް ލަނޑު ދިނުމެވެ.  ހުރިހާ ކަމެއް ކޮއްނިމުމުން އަހަރެން ގޮސް ކޮޓަރީގައި މޭކްއަޕް ކިޓް ބެހެއްޓުމަށް ފަހު ތިރިއަށް ފޭބީމެވެ. އެއިރު ސާރާ ވެސް އުޅެނީ ތިރީގައެވެ. ” މައިރާ ހިނގާ ކާން ދަމާ” ސާރާ އެހެން ބުނުމުން އަހަރެން ސާރާ އާ އެކު ކާން ދިޔައީމެވެ. އަހަރެން ކެއީ ވަރަށް މަދު އެތިކޮޅެކެވެ. ހަމަ އެފަދައިން ސާރާ ވެސް ކެއީ ވަރަށް މަދު އެތިކޮޅެކެވެ. ކައިނިމިގެން ތަށި ދޮންވުމަށްފަހު އަހަރުމެން ދިޔައީ ބެލްކަންޏަށްށެވެ. ބެލްކަނީ ގައި ތިބޭ ކުޑަކޮށް ވާހަކަ ދައްކައި ލުމަށްފަހު އަހަރެން ކޮޓަރިއަށް ވަދެ ނިދަން އޮށޯތީމެވެ. 

 

( ނުނިމޭ ) 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

އުހުދު ހަނގުރާމަ

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ތިންވަނަބައި)

Next
December 24, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ތިންވަނަބައި)

Previews
December 24, 2021

އުހުދު ހަނގުރާމަ



All Right Reserved!