~~~~6 އަހަރު ފަސް~~~~

 

” އެލީޒް…… އެލީޒް….. އެލީޒޫ ” އަހަރެން ކުރީގައި އިން އެލީޒާ އަށް ސިއްރު ސިއްރުން ގޮވައިލީމެވެ.” ކިހިނެއް ވީ ރާރާ ” އެލީޒާ ކުޑަކޮށް ފަހަތަށް އެއްބުރި ލުމަށްފަހު އަހަރެންނެކޭ އެއްފަދައިން ސިއްރު ސިއްރުން އަހައިލިއެވެ.” މި ތަލަ ބޯ ގަނޑު ގެ ވާހަކަ ނިމޭނީ ކޮންއިރަކުން ތަ ” އަހަރެން ފޫހި ރާގަކަށް އަހާލީމެވެ.” ސާބަސް ރާރާ އެއީ ރާރާ އަށް މި 5 އަހަރު ތެރޭ ގަ ކިޔަވައިދިން ޕްރޮފެސަރް އޭ ތިހެން ބުނާކަށް ނުވާނެ އެއްނު ” އެލީޒާ އާމުކޮށް ދޭ ނަސޭހަތް އަހަރެންނަށް ދިނެވެ. ކޮންމެ ކަހަލަ ރަސްމިއްޔާ ތެއް ގައިވެސް އެލީޒާ އަހަރެންނަށް މި ނަސޭހަތް ދޭނެއެވެ. މި ވޭތުވެ ދިޔަ 5 އަހަރުތެރޭގައި ވަރަށް ގިނަ ކަންތައްތައް ބަދަލުވިއެވެ. ނަމަވެސް މިއީ ބަދަލުވާނެ ކަމެއްނޫނެވެ.” ދެން ހެވޭ 5 އަހަރު ދުވަހުގެ ޕްރޮފެސަރް އަށް ވިޔަސް މާގިނަ ވާހަކަ ދައްކަންޏާ އެހެންވެސް ބުނަން ޖެހޭނެ އެއްނު….. އެލީޒް ވެސް ތީ މާކު ސަހަލަ މީހެއް ނޫނެއްނު އެލީޒް ވެސް ޕްރޮފެސަރް ކިމް އަށް އޯލްޑް ހެގް ކިޔަމެއްނު….. ދެން ބުނެބަލަ ކޮން އިރަކުން ތަ މި ވާހަކަ ގަނޑު ނިމޭނީ ” އަހަރެން ކެއް މަދުވެފައިވާ މީހެއް ފަދައިން އަހާލީމެވެ. އަހަރެން އެހެން އެހިތާ އިރުކޮޅެއް ނުވަނީސް ޕްރޮފެސަރް ވާހަކަ ނިންމާފައި ސްޓޭޖް އިން ފޭބިއެވެ.” އެ ނިމުނީއެއްނު ” އެލީޒާ އަހަރެންނާއި ދިމާއަށް ބަލައިލުމަށް ފަހު ބުނެލިއެވެ. މިއަދަކީ އަހަރެންގެ ގްރޭޖުވޭށަން އެވެ. މިބުނީ ސްކޫލް ގްރޭޖުވޭށަން ގެ ވާހަކައެއް ނޫނެވެ . އެ ގްރޭޖުވޭށަން ނިމުނު ތާ 5 އަހަރު ވެދާނެއެވެ. މީ ނާސިން ސްކޫލް  ގްރޭޖުވޭށަން އެވެ. އަހަރެން މިހުރީ މިއަދު ވަރަށް އުފަލުން ނެވެ. އެއީ އަހަރެން އެންމެ ކުޑައިރުއްސުރެ ނަރުހަކަ ވުމަށް ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހެމުން އަންނާތީއެވެ. ޕްރޮފެސަރް ގެ ވާހަކަ ނިމުމާ އެކު ގައުމީ ލަވައިން ސެރެމޮނީ ނިންމާލިއެވެ. ނަމަވެސް ގްރޭޖުވޭޓް ވީ އެއްވެސް ދަރިވަރަކު ގެއަށް ދާ ކަށް ހިޔާލެއް ނުކުރެއެވެ. އެއީ މި ވޭތުވެ ދިޔަ 5 އަހަރުތެރޭގައި ލިބުނު ރަޙުމަތްތެރިން ނާއި އެކި ވާހަކަ ދެއްކުމަށް ށެވެ. އެ ގޮތަށް އަހަރެންވެސް އެލީޒާ އާއި ވާހަކަ ދައްކަން ހުރީމެވެ. ” ރާރާ ގެ މަންމަ މިރެއަކުވެސް ނާދޭ” އެލީޒާ އަހަރެންނަށް ހަމްދަރުދީ ވުމުގެ ގޮތުން އަހައިލިއެވެ. މިރޭ އަކީ އަހަރެންގެ ހަޔާތުގައި ވަރަށް ބޮޑު އަދި އުފާވެރި ރެއެކެވެ. ނަމަވެސް މި އުފާވެރިކަން ހިއްސާ ކުރާނެ އާއިލާ އެއްވެސް މީހެއް ނެތެވެ. މީގެ 2 އަހަރު ކުރިން މާމަ ގެ ކުއްލި މަރާއެކު މަންމަ އާއި ބައްޕަ ގެ މިޒާޖަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އައެވެ. އަހަރެން އެލީޒާ އަށް ޖަވާބު ދިނުމަށް އަނގަ ހުޅުވާލި ތަނާ މީހަކު އަހަރެންގެ ނަމުން ގޮވައިލިއެވެ. ” މިސް މައިރާ” އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. އެއީ މަންމަގެ ޕީއޭ ކަމަށްވާ ހައިރާ އެވެ. ” މީ މެޑެމް ގެ ފަރާތުން މިސް މައިރާ އަށް ދޭ އެއްޗެއް……. އަޅުގަނޑު އިންނާނަން ކާރު ގަ މިސް މައިރާ ނިމުނީމަ އާދޭ ” ހައިރާ އަހަރެންނަށް ކުޑަކުޑަ ފޮއްޓެއް ދިނުމަށްފަހު ދިޔައެވެ. ” ރާރާ އަޅެ ހުޅުވާ ބަލާ ކޯޗެއްތޯ އޮތީ ބަލައިލަން” އެލީޒާ އަވަހަށް ބުނެލި އެވެ. އެލީޒާ އަށް މި ކުޑަ ފޮއްޓު ތެރޭގައި އޮތީ ކޯޗެއް ކަން ނޭނގުނަސް އަހަރެންނަށް އެނގެއެވެ. ” ވަޓް ދަ…… ކަޕުލް ރިންގްސް….. ރާރާ މަންމަ ކަޕުލް ރިންގްސް ހަދިޔާއަކަށް ދީނީ ކީއްވެ” އެލީޒާ އަނގައަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. ”  އަހަރެން މީހަކާ އިނުމަށް” އަހަރެން ބުނެލީމެވެ. “ވަޓް ރާރާ މަންމަ އަދިވެސް ރާރާ މީހަކާ ނީންދެގެން އުޅެނީ އަހަރެން ހިތަށް އެރީ މީގެ 3 އަހަރު ކުރިން އެވާހަކަ ދެއްކުން ހުއްޓާލުމުން ރާރާގެ މަންމަ ގޮތް ދޫ ކުރީކަމަށް” އެލީޒާ ހެމުން ހެމުން ބުނެލިއެވެ. ” ނޫން އަސްލު އަހަރެން ބުނީ މަންމަ ކައިރީ ކިޔަވާ ނިމުނީމަ އޭ މީހަކާ އިންނާނީ….. ޕްލަސް އަހަރެން ވެސް އަދި މަންމަ ވެސް ބޭނުމެއް ނުވޭ އަހަރެން އެރޭންޖް މެރިޖެއް ކުރާކަށް” އަހަރެން އެ ފޮށި ލައްޕާލަމުން ބުނެލީމެވެ. ” ޔޯރް ސޯ ލަކީ….. އަހަރެން މިހުރީ އެރޭންޖް މެރިޖެއް ގަ ސްޓަކް ވެފަ… ރާރާ ޔޫ ހޭވް ޔޯރް ޗާންސް ވީހާވެސް އަވަހަކަށް ލަވާ އެއް ހޯދާ ނޫނީ އެރޭންޖް މެރިޖެއް ގަ ސްޓަކް ވެދާނެ އަހަރެން ހެން” އެލީޒާ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައި ލަމުން ވަރަށް ޑްރެމޭޓިކް ކޮށް ބުނެލިއެވެ. އެލީޒާ އަކީ މި އަހަރުގެ ކުރީ ކޮޅުގައި ކައިވެނި ކުރި މީހެކެވެ. އެލީޒާ ކައިވެނި ކުރީ ދީނުގެ ކަންކަމަށް ފަރުވާތެރި މީހުންނަށް އިޙްތިރާމް ކުރާ ހަރުދަނާ ރަނގަޅު ފިރިހެނަކާއެވެ. އަދި އެލީޒާ އަށް އޭނާ އަޅާލާ އޯގާތެރި އެވެ. ގިނަމީހުން ކިޔަނީ ރުހުމުގެ ލޮލަކުން އައިބު ނުފެންނަ ވާހަކައެއް ނޫން ހެއްޔެވެ. އެލީޒާ އަށް އޭގެ އިދިކޮޅެވެ. ނުރުހުމުގެ ލޮލުން އެލީޒާ އަށް އެލީޒާ ގެ ފިރިމީހާ ގައިގާ ނުހުންނަ އައިބު ވެސް ފެނެއެވެ. “ދެން އޯކޭ އަހަރެން ދަނީ އަހަރެން އަވަހަށް ނުގޮސްފިނަމަ މަންމަ ހައިރާ ފްރައި ކޮއްލާނެ…. އަނެއްކޮޅުން އެ އައީ އެލީޒް ގެ ލޯބިވާ” އަހަރެން އެލީޒާ ގެ ފިރިމީހާ އަށް އިޝާރާތް ކޮށްލުމަށް ފަހު ކާރު އޮތް ދިމާއަށް ދިޔައީމެވެ. އެލީޒާ އަހަރެން އެހެން ބުނުމުން ތުން އަނބުރާލީއެވެ. އަހަރެން ގޮސް ކާރަށް އެރުމަށްފަހު ހައިރާ ކައިރި ގެއަށް ދިނުމަށް ބުނެލީމެވެ. މާ ގިނައިރު ތަކެއް ވަންދެން ކާރުގައި އިންނާކަށް ނުޖެހުނެއެވެ. އަވަހަށް ގެއަށް އާދެވުމުން އަހަރެން ފުސްމޫނު ހަދައިލީމެވެ. އަދި ކާރުން ފޭބީމެވެ. އަހަރެން ގޮސް ގެއަށް ވެންނިތަނާ މަންމަ އަހަރެންނަށް ގޮވައިލިއެވެ. ” މައިރާ އާދެބަލަ” އަހަރެން ހީކުރީ މަންމަ އަހާނީ އަހަރެންގެ ފިޔުޗާ ޕްލޭންސް ތަކުގެ ވާހަކަ ކަމަށް ށެވެ. ނަމަވެސް މަންމަ ބުނީ ހަމައެކަނި އަހަރެން ފޯނު ނުނަގާ ތީ ސާރާ މަންމައަށް ގުޅި ކަމެވެ. މަންމަ އެހެން އެއްޗެއް ބުނޭތޯ އަހަރެން އެތަށް އިރެއް ވަންދެން ހުރީމެވެ. ނަމަވެސް މަންމަ އެކައްޗެއް ވެސް ނުބުނުމުން އަހަރެންޖެހުނީ އެތަނުން ދާން ށެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަނުމަށް ފަހު ފޯނު ނަގައި ބަލައިލީމެވެ. ސާރާ ގެ 3 މިސް ކޯސް އައިސްފަ އިނުމުން އަހަރެން ސާރާ އަށް ގުޅައިލީމެވެ. ” ހޭއި ސާރާ” އަހަރެން ނޭފަތް ދަމާލަމުން ބުނެލީމެވެ. ” މައިރާ ކިހިނެއްވީ ނޭފަތް ތި ދަމަނީ ރޯގާ ޖެހުނީތަ” ސާރާ ކަންބޮޑު ވެފައި ހުރެ އަހައިލިއެވެ. ” ނޫން… ކީއްވެ ގުޅީ ބުނީމެއްނު އަހަރެން ގްރޭޖުވޭށަން އޮންނަވާހަކަ އެހެން ވީމަ ފޯނު ނުނެގޭނެ ކަން” އަހަރެން ހީލަމުން ބުނެލީމެވެ. ” ކަމެއް ނުވެއޭ ހަމަ ގުޅާލީ” ސާރާ ބުނެލިއެވެ. ” އޯ މައި… ބިގް ނިޔުސް އެވްރީ ވަން ބިގް ނިޔުސް އައިމިނަތް ސާރާ އޭނާގެ ފިރިމީހާ އެއްފަރާތް ކޮއްލާފަ އެހެން މީހަކާ ވާހަކަ ދައްކާނޭ ފުރުސަތު ލިބިއްޖެ… ފޯރް ފާދަރް އިންފޯމޭށަން ސްޓޭ ވިތް ފާތިމަތް މައިރާ” އަހަރެން އެހެން ބުނުމުން ސާރާ ބުނެލިއެވެ. ” ދެން މައިރާ” ” އޭ މައިރާ ސާރާ އަކަށް ދުވަހަކުވެސް މަ ކައިރި އަކުން ސަލާމަތެއް ނުވެވޭނެ” ސާރާ އެހެން ބުނިތާ އިރުކޮޅެއް ނުވަނީސް ސާރާ ގެ ލޯބިވާ ފިރިމީހާ އަހަރެންނަށް ރައްދު ދިނެވެ. ” ފާތިމަތް މައިރާ އިޒް ބެކް ވިތް ދި އިންފޯމޭށަން….. ދާދި ދެންމެއަކު އެ އިވުނު ފިރިހެން އަޑަކީ އައިމިނަތް ސާރާ އޭނާގެ ބިލަވްޑް ހަބީ އާ އެކު މާ ފޮޅުއްވި އަޑެ… އެދެމީހުން އެ  ފޮޅުއްވާ މާތަކުގެ ވަސް ގަދަ ކަމުން އަޅުގަނޑުގެ ފޯނު ސްކްރީން ފަޅާލައިފަ އެވަސް ނިކުމެއްޖެއެ…އައިމިނަތް ސާރާ އާއި އޭނަގެ ހަބީ އަކީ މި ގަރުނުގެ ރޯމިޔޯ އެންޑް ޖޫލިއެޓް ކަން އެއްވެސް ޝައްކަކާ ނުލާ އަޅުގަނޑު ބުނަމެ…. އިތުރު ތަފްސީލަށް އަޅުގަނޑު ފާތިމަތް މައިރާ އަށް އިންތިޒާރު ކޮއްލައްވާ ސުކުރިއްޔާ ” އަހަރެން އެހެން ބުނުމާއެކު ސާރާ ވަރަށް ބާރަށް” ދެން މައިރާ ” އޭ ބުނެ ލުމަށްފަހު ފޯނު ހޭންގް އަޕް ކޮއްލީއެވެ. ދެން ސާރާ މިރެއަކު އަހަރެންނަކަށް ނުގުޅާނެއެވެ. އަހަރެން ހިނިގަނޑެއް ޖަހާލުމަށްފަހު ފޯނު ބާއްވާފައި އަހަރެން އެއްޗެހި އަޅާ ފޮށި ނެގީމެވެ. އަދި ފޮށްޓަށް އެއްޗެހި އަޅަން ފެށީމެވެ. އަހަރެން ބޭނުންވާ ހުރިހާ ސާމާނެ ފޮއްޓަށް އަޅައި ނިމުމުން ފާހާނާއަށް ވަދެ ފެންވަރާ ލައިގެން ނިދަން ތައްޔާރުވެލީމެވެ. އަދި ނިދަން އޮށޯތީމެވެ. 

 

އަހަރެންނަށް ހޭލެވުނީ ފޯނުން އެލާރމް ވާ އަޑަށްށެވެ. އެލާރމް އޮފް ކޮއްކުމަށްފަހު އަހަރެން ފާހާނާއަށް ވަދެ ތާޒާ ވެލައި ގެން ނިކުމެ ނަމާދު ކޮއްލީމެވެ. އަދި ރީތިވާން ފެށީމެވެ. މޫނުގައި ކުޑަ ފުއް ކޮޅެއް ޖަހާލުމަށްފަހު އަހަރެން ބޮލުގައި ސޯލް އަޅަންފެށީމެވެ. 5 މިނެޓު ތެރެއިން ށޯލް އަޅައި ނިންމާލުމަށްފަހު އަހަރެން ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލީމެވެ. އަދި ކަޅުކުލައިގެ ބޫޓަކަށް އެރުމަށްފަހު ހޭންޑް ބޭގް އާއި ފޮށި ހިފައިގެން އަހަރެން ތިރިއަށް ފޭބީމެވެ. އެއިރު މަންމަ އިނީ ކޮފީ ބޯންށެވެ. އަހަރެން ފޮށި ހިފައިގެން ފޭބުމުން މަންމަ އަހައިލިއެވެ. ” ކޮންތާކަށް ތި ދަނީ؟”  ” ގަމަށް…. މަންމަ ކައިރީ ބުނީމެއްނު ސާރާ ގެ ވަޑިން އަށް ނުދިޔައީމަ ހިތް ހަމަ ނުޖެހިފަ ހުރި ވާހަކަ އެހެންވެ” އަހަރެން ބުނެލީމެވެ. ” އެންމެ ރަނގަޅު” މަންމަ ބުނީ ހަމައެކަނި އެހެންނެވެ. މަންމަ އިތުރު އެއްޗެއް ނުބުނާނެ ކަން އެންގުމުން އަހަރެން ގެއިން ބޭރަށް ނިކުތީމެވެ. އަދި ޑުރައިވަރު ކައިރި އެޔާ ޕޯރޓް އަށް ދިޔުމަށް އެދުނީމެވެ. ދިގު ދަތުރަކަށްފަހު ވެލާނާ އިންޓަރްނޭށަނަލް އެޔާ ޕޯރޓް އަށް އާދެވުނުވެ. އަހަރެން ފޮށި ކާރުން ބޭލުމަށްފަހު ޗެކްއިން ވީމެވެ. ވެއްޓެން ގަ މަޑު ކުރުމަށްފަހު ފްލައިޓް އެޔާ ޕޯރޓް ގައި ޖެއްސުމުން އަހަރެން ފްލައިޓް އަށް އަރަން ދިޔައީމެވެ. ފްލައިޓް އަށް އަރާ އިށީންނުމަށް ފަހު އަހަރެން ސީޓު ގައި ހަމަ ޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެން ހަމަޖެހޭނީ ކޮންހެނެއް ހެއްޔެވެ. އަހަރެންގެ އަތްފާ އޮތީ ފިނިވެފައެވެ. ނުވިތާކަށް އަހަރެންގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. 6 އަހަރެވެ. 6 އަހަރަށް ފަހު އަހަރެންނަށް ޔާޝް ގެ މޫނު ފެންނާނެއެވެ. ތި ހީކުރަނީ ރަންގަޅަށް ށެވެ. އެދުވަހު ފްލައިޓް ގައި އިނދެފަ ޔާޝް އެއީ އެޓްރޭކްށަން އެއްކަމަށް ނިންމުން ނިންމުން އެއީ އަހަރެންނަށް ހެދުނު ގޯހެކެވެ. ޔާޝް އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެން 2 ދުވަސް ވަންދެން މިކަމަށް އިންކާރު ކުރީމެވެ. އަހަރެންގެ ހިތަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ކުރިމަތި ލާން ޖެހުނީ  ނާކާމިޔާބީ އާއެވެ. އަހަރެންގެ ހިތުގައި ޔާޝް ދެވިފައި ވާ ދަރަޖައަކީ ވަރަށް މަތީ ދަރަޖައެކެވެ. ޔާޝް މަތިން ހަނދާން ނެތޭ ތޯ އަހަރެން ވަރަށް ގިނަ މީހުންނާ ރައްޓެހި ވީމެވެ. ޔާޝް މަތިން ހަނދާން ނެތުމުގެ ބަދަލުގައި އަހަރެން ނަށް ކުރިއަށް ވުރެ ބޮޑަށް ޔާޝް މަތިން ހަނދާން ވާން ފެށީ އެވެ. އެތަށް މަސައްކަތެއް ކުރީމެވެ. ނަމަވެސް ވީކަމަކަށް އެއްކަމެއްވެސް ނެތެވެ. އަހަރެން ގައިގާ އަދިވެސް ޔާޝް އާ ކުރިމަތި ލާނެ ހިތްވަރެއް ނެތެވެ. ނަމަވެސް މި ސާރާ ކުރުނުކޮށް ކިޔަން ފެށުމުން އަހަރެން އެންމެ ފަހުން ގަމަށް ދާން ޖެހުނީއެވެ. އަހަރެން އެކި ހިޔާލު ތަކުގައި އިނީމެވެ. އޭގެތެރެއިން އެއް ހިޔާލަކީ ޔާޝް އަހަރެން ދެކެ ލޯބި ވޭބާއެވެ. ޔާޝް ގެ ގާލްފްރެންޑް އެއް ހުރޭ ބާއެވެ. އެކަހަލަގެ ހިޔާލުތަގައި ހުއްޓާ ފްލައިޓް ލޭނޑް ކުރަން ދިޔައެވެ. އަހަރެން ސީޓް ބެލްޓް ނާޅުވައި ހުރުމުން ނުވެއްޓުނީ ކިރިޔާ އެވެ. ފްލައިޓް ޖެއްސީމާ އެކު އަހަރެން ފްލައިޓް އިން ފޭބުމަށް އަވަސްވެގަތީމެވެ. ފްލައިޓް އިން ފޭބުމާއެކު އަހަރެން އަވަހަށް ޗެކްއައުޓް ވީމެވެ. އަދި އަވަހަށް ޓެކްސީ އެއް ހޯދުމަށް ފަހު ދާން ވީ އެޑްރެސް ބުނީމެވެ. އަހަރެންނަށް ބަލަލާ މީހަކު ބުނާނެއެވެ. އޭނަ އެ އުޅެނީ ލާނުގަނެގެން ހެއްޔޭވެ. އަހަރެން ކަންތައްތަށް ކުރަމުން ދިޔައީ އެހާ ވެސް އަވަސް ކޮއްށެވެ. އަހަރެން ބުނި އެޑްރެސް އެޑްރެސް އަށް ގޮސް ހުއްޓުމާއެކު އަހަރެން ކާރުން ފޭބީމެވެ. އަދި ގޮސް ގޭ ކުރިމަތީގައި ހުއްޓި ލީމެވެ. ދެ ބުރިއަށް ނަގާފައި ހުރި ގެއެކެވެ. ބޭރުގައި ލެވެންޑާ ގަސް އިންދާފައި ހުރި އިރު ލެވެންޑާ ގެ ވަސް މުޅި މާހައުލަށް ފެތުރިފައި ވެއެވެ. އަހަރެން ފޯނު ހުޅުވައި ލުމަށްފަހު ސާރާއަށް ގުޅާ ލީމެވެ. ނަމަވެސް ސާރާ ފޯނެއް ނުނެގިއެވެ. ދެން އަހަރެން ބެލީ ސާރާ އަށް ސަޕްރައިޒް އެއް ދެވޭތޯ އެވެ. އެހެން ކަމުން ގޭ ދޮރު ހުޅުވޭތޯ ބަލައިލީމެވެ. ނަސީބު ރަނގަޅު ކަމުން ދޮރުހުރީ ތަޅުހުޅުވާފައެވެ. އަހަރެން ފޮށި ވެއްދުމަށް ފަހު ސާރާ ކޮބައިތޯ ބަލާލީމެވެ. ސާރާ އުޅެނީ ބަދީގޭގައެވެ. އަހަރެންނަށް ނޭނގުނު ކަމަކީ ބަދިގޭގައި އެހެން މީހެއް ހުރި ކަމެވެ. އަހަރެން ވަރަށް ވަރުވެލާފައި ބަދިގޭ ދޮރުކުރި މައްޗަށް އެރީމެވެ. ނަމަވެސް އަހަރެންނަށް ފެނުނު މަންޒަރެއް ގެ ސަބަބުން އަހަރެން މޫނު މަތީގައި އަތް އަޅަން ޖެހުނެވެ. އަހަރެން ފެނުނީ ސާރާ ގެ ލޯބިވާ ސާރާ ގެ މެދުހަށީގައި އަތް ވަށާލައިގެން ހުރެ ސާރާ މޫނާއި ދިމާއަށް ތިރިވިތަނެވެ. ސާރާ ހުރީ ކޮށައިގެންނެވެ. މި މަންޒަރު ފެންނަ އަހަރެން ހިނިވެސް އައެވެ. އަދި ލަދުވެސް ގަތެވެ. އޭގެ އިތުރުން ފަކުރު ވެސް ގަތެވެ. ” އައްޗީޑި އޭ ދެން ތީ ކޮން ކަމެއް ސަރައުނޑިން އަށް ބަލާލަފައި މާ ފޮޅުއްވަބަލަ ނޭނގޭ ތަ މީހަކަށް ފެނިއްޖެނަމަ އެ މީހެއްގެ ލޮލުގެ ފެނުން ހިނގައިދާނެ ކަމެއް… ޔޫ ޕީޕަލް ހޭވް ނޯ ށޭމް…. މި ދުނިޔޭގަ ކޮޓަރިއެއް ހައްދަވާފަ ހުންނަނީ ކޮންމެވެސް ބޭނުމެއް ގަ އޭ ……. ހަމަ ގައިމު ވެސް ޔަނާ އާއި އީމާން އެއް ތި ވަރެއް ނުވާނެ ” އަހަރެން ބުނެލީމެވެ. 

 

(ނުނިމޭ) 

27

1 Comment

  1. Hûdhãkkø

    January 3, 2022 at 2:03 pm

    Wow mi part Hama obinex to the max
    Alhey vrh vrh avahah next part up kolla dhehchey
    Waiting for the next part 🙄🙄🙄🙄

Comments are closed.