” މައިރާ ” އިވުނީ ސާރާ ގެ އަޑެވެ.” ސާރާ އައިސް އަހަރެންގެ މޫނުމަތިން އަތްނެގިއެވެ. ” ކޮން މައިރާ އެއް ކިޔާކަށް……….އަޅެ އެންމެ ދެރަވެގެން ފޯނު ނެގި ނަމަ…. ފޯނު ނެގި ނަމަކު އަހަރެންނަށް މި  މަންޒަރު ނުފެނުނީސް ” އަހަރެން ބުނެލީމެވެ. ” ދެން ހެވޭ ކޮންއިރަކު އައީ” ސާރާ ހީލަމުން ބުނެލިއެވެ. ” ދެންމެ ގަ” އަހަރެންވެސް ސާރާ އަށް ހިނިތުންވުމެއް ރައްދު ކޮއްލަމުން ބުނެލީމެވެ. ” އޭ ރިޒްވާން މަށާ ވާހަކަ ވެސް ނުދައްކާނަން ތަ…… އޯ ކޭ ދެން މަ ކަޅު ވީމަ” އަހަރެން ރިޒްވާން އަށް ބަލައިލަމުން ބުނެލީމެވެ. ” ކީއްކުރަން ވާހަކަ ދައްކަނީ މައިރާ އަކަށް ނުކެރުން ވިއްޔާ އަހަރުމެން ވެޑިން އަށް ވެސް އަންނަން ދޯ ސާރޫ ” ރިޒްވާން ދެރަވާކަމަށް ހެދެމުން ބުނެލިއެވެ. “ދެން…. އަހަރެން ވެސް ބުނީމެއްނު އެއިރު ޓެސްޓު ފެށިގެން އުޅޭ ވާހަކަ އެހެންވެ ކަން ނާދެވުނީ” އަހަރެންނަށް ސާރާ މެން ގެ ކައިވެންޏަށް ނާދެވުނު ސަބަބު ބުނެލީމެވެ. ” ޓެސްޓު އެއް ފަރާތް ކޮއްފަ ވެސް އައި ނަމަ” ރިޒްވާން ބުނެލިއެވެ. “ކޮން ޓެސްޓު އެއް ފަރާތް ކުރާ ވާހަކަ ދައްކާ ކަށް….. ބަލަ ތި މީހުން ބިޒްނަސް އެއް މެނޭޖް ކުރިޔަސް މަށަށް ކަށް ނޭނގެއޭ ބިޒްނަސް ގެ ޑެފެނީށަންވެސް އެހެން ވީމަ ޖެހޭނެއެއްނު ޓެސްޓަށް މަޑުކުރަން” އަހަރެން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބުނެލީމެވެ. “ދެން ސާބަސް ތި ދެމީހުނަށްވެސް ފޯނުގަވެސް ކޫސަނި ޒުވާބު  ފޭސް ޓު ފޭސް ގަ ވެސް ކޫސަނި ޒުވާބު…..އެކަމް ވާން ވެސް އެބުނީ ދޮގެނޫނޭ މައިރާ ތީ އަހަރެން ކައިރީ ދެން އޮންނަ ބަންދެއްގަ އަންނާނަމޭ ބުނެފަ ދިޔަ މީހާ  6 އަހަރު ފަހު ތިޔައީ… 6 އަހަރު ފަހުން ތަ މައިރާ އަށް ޗުއްޓީ އެއް ލިބުނީ ” ސާރާ ރިޒްވާން އާއި ބައިވެރި ވެލަމުން ބުނެލިއެވެ. ” އައެހައެހައެހައެ ސާރޫ.. ވާން ޕިސް ޕިސް އަހަރެންނަށް މި ވަދުވެނީ ލަވް ޒޯން އަކަށް ތަ…. އަހަރެން މޮޔަ ނުވެއްޖެއްޔާ ރަނގަޅު މިފަހަރު ” އަހަރެން މައުލޫ ބަދަލު ކޮށްލަމުން ބުނެލީމެވެ. ” މަށަކަށް މިތާކު ކެތެއް ނުވާނެ މަމިދަނީ” އަހަރެން އެހެން ބުނެފަ ދުވެފައި އެ ގެއިން ނިކުތީމެވެ. އަހަރެން ގެއިން ނުކުތުމަށް ފަހު ފޯނު ހުޅުވާލީމެވެ. އަދި ޔަނާ އަށް ޑައިލް ކޮއްލީމެވެ. އަހަރެން ޑައިލް ކޮއްލުމާއެކު ޔަނާ ފޯނު ނެގި އެވެ. ” ހެއި ޔަނާ…. ޔާ އެއްވެސް ވަގުތެއް ނެތް ޔަނާ އުޅޭ އެޑްރެސް ބުނެބަލަ…. އަހަރެން  އެބަ ޑިލިވާ ކުރަން ސަޕްރައިޒް އެއް” އަހަރެން އެއް ނޭވައިން ބުނެލީމެވެ. ” އޯކޭ އޯކޭ….. މައިރާ އަށް އެނގެއެއްނު ޔާޝް ދޮންބެ މެން ގެ އެ ގޭ ލެފްޓް ގަ އެއްނު ސާރާ މެން ގެ ހުންނަނީ އަހަރެން އުޅޭ ގެ ހުންނާނީ ޔާޝް ދޮންބެ މެން ގެ ރައިޓް ގަ” ޔަނާ ބުނެލިއެވެ. ” ސާބަސް ގެ ހުންނަ ދިމާލެއް ނޫނޭ ގޭގެ އެޑްރެސް”  އަހަރެން ހެމުން ބުނެލީމެވެ. ” އޯ އެޑްރެސް…. ވައިޓް ލޮޓަސް” ޔަނާ ބުނެލިއެވެ. “ތޭންކްސް” އަހަރެން އެހެން ބުނުމަށް ފަހު ފޯނު ހޭންގް އަޕް ކޮއްލީމެވެ. އަދި ޔަނާ މެން ގޭ ކުރިމައްޗަށް އެރީމެވެ. އަހަރެން ދޮރު ބެލް އަށް ފިއްތާލީމެވެ. އެއަށްފަހު ދޮރުގެ އެއް ފަރާތަށް އެރީމެވެ.  ދޮރު ހުޅުވުމާއެކު އަހަރެން ދޮރު ކުރިމައްޗަށް ފުންމާފަ އެރުމަށްފަހު ވަރަށް ބާރަށް” ސަޕްރައިޒް ” އޭ ބުނެލީމެވެ. އަހަރެން ގެ އަޑު އެއްކޮށް މަޑު ވީ ކުރިމަތީގައި ހުރި މީހާގެ މޫނު ފެނުމުން ނެވެ. ހަމަ އެ އެސްތެޓިކް ގްރީން ކުލައިގެ ލޮލެވެ. އެ ތޫނު ދެލޮލެވެ. ކުރިން ލޮލު ކައިރީގަ ވަޅު ހެދިފަ ކަޅުކޮށް ހުއްޓަސް މިހާރު އޭގެ އެއްވެސް ނިށާނެއް ނެތެވެ. ހެޔޮވަރު އިސްކޮޅެކެވެ. ކަޅުކަން ގަދަ ބުމައެކެވެ. ރަތް ކަން ގަދަ ތުންފަތެކެވެ. ކުރިން ހިކިކޮށް ހުއްޓަސް މިހާރު ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެކެވެ. އެކަން އެނގެނީ ލައިގެ ހުރި ހުދުކުލައިގެ އައި ހޭޓް ޔޫ ލިޔެފައި އިން ޓީށާޓް މަތިން  މަސަލްސަ ތަށް އަރާފައި ހުރުމުންނެވެ. އެ ހުދު ކުލައިގެ ޓީށާޓާއި އެކު ކާލުކުލައިގެ ކަކުލާ ހަމައަށް ދާ ޖިންސް ސޯޓެއް ލައިގެން ހުރިއިރު ހީވަނީ ސަމަރް ސީޒަން މޮޑެލް އެއް ހެންނެވެ. އެ ފަން އިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް ސްޓައިލް ކޮއްލަފަ ހުރިއިރު ކިތަންމެ ހާވެސް ފުރިހަމައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގި ފައެވެ. އަހަރެންގެ ދެލޯ އެތަށް އަހަރެ ވަންދެން ބަލަން ބޭނުންވީ ސޫރަ މިއަދު ހަމަލޮލުން މީހާ ފުރިހަމަ ކޮށް ފެނުމުން އަހަރެންގެ ހިތަށް ހީވީ މޭގަނޑު ފަޅާލައިފައި ނުކުމެދާނެ ހެންނެވެ. ޔާޝް އަށް މި ވޭތުވެ ދިޔަ 6 އަހަރު  ތެރެއިން މީހާ ބޮޑެތި ބަދަލު ތަކެއް އައިސް ދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް އެ މޫނު މަތިން ހުސްކަމެއް ފާޅުވަން ހުއްޓެވެ. ” އެކްސް ކިޔުޒް މީ މައިރާ” ސާރާ އާއި ރިޒްވާން އެހެން ބުނުމަށް ފަހު އެތެރެއަށް ވަދެގެން ދިޔައެވެ.އަހަރެން ގެ ހިތަށް އެރިއެވެ. މި ދެމީހުން މީ ކޮންއިރަކު އާ ބައެއް ހެއްޔޭ..ނަމަވެސް  އަހަރެންނަކަށް އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ޔާޝް އަހަރެންނާއި ދިމާއަށް ބަލަން ހުރެފައި ޔަނާ އަށް ގޮވައިލި އެވެ. ” ޔަނާ ކޮންމެވެސް މީހަކު އެބަހުރި އައިސް” ޔާޝް އެހެން ބުނުމަށް ފަހު އެތެރެއަށް ވަނެވެ. 

 

ޔާޝް އަށް ހަމަ އަހަރެން ވަކި ކުރަން ނޭންގުނީހޭ ވަކިކުރަން ނޭނގުނަސް ސާރާ އާއި ރިޒްވާން އަހަރެންގެ ނަން ބުނި އަޑު އިވޭނެއެއް ނޫންހެއްޔެވެ. ދެން ކީއްވެ އެބުނީ” ކޮންމެވެސް މީހެކޭ”. ޔާޝް އަހަރެންނާއި ދިމާއަށް ކޮންމެވެސް މީހެކޭ ބުނުމުން އަހަރެންގެ ހިތުގައި ދިލަ ތަދެއް އުފެދުނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. ޔާޝް އެތެރެއަށް ވަދެގެން ދިޔައިރު ގަ ވެސް އަހަރެން ހުރީ ޖެހި ބުދެއް ހެންނެވެ. އިސާހިތަކުން އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަހަރެންނަށް ހަމަ ހޭވަރިކަން ލިބުނީ ޔަނާ އައިސް މައިރާ އޭ ކިޔާ އަހަރެން ގާގައި ބައްދާލުމުންނެވެ. އަހަރެން އަވަހަށް ލޮލުގައި ހުރި ކަރުނަ ތަށް ހިންދާލީމެވެ. ” މައިރާ ކީއްވެ ބޭރުގަ ތިހުރީ އާދޭ އެތެރެއަށް” ޔަނާ އަހަރެންގެ ގައިން ދޫކޮށްލުމަށް ފަހު އަހަރެން ހިފައިގެން އެތެރެއަށް ވަނެވެ. އަހަރުމެން ގޮސް ސިޓިން ރޫމް އަށް ވެންނިއިރުގައި ސާރާ، ރިޒްވާން، އީމާން ،ޔާޝް ގެ އިތުރުން އަދި އެހެން އަނހެނެއް އިނެވެ. އޭނަ އިނީ ޔާޝް ގެ އެއްފައި މަތީގައެވެ. އަހަރުމެން އެތެރެއަށް ވެންނި އިރުގަ ޔާޝް އެކުއްޖާ ކައިރީ ހިތް ހަމަ ނުޖެހިފަ ހުރެ ފައިމަތިން ތެދުވާށޭ ކިޔަމުން ދިޔައެވެ. ” އޯ ލުކް ހޫ އިޓް އިޒް…. މިސް މައިރާ” އީމާން ހަށަންބަންނަމުން ބުނެލިއެވެ. ” ހޭއި އީމާން” އަހަރެން ގަދަކަމުން ހީލަމުން ބުނެލީމެވެ. ” މަ ށެއް ނޫޅެން އަހަރުން ވެޑިން އަށް ނާ މީހަކާ ވާހަކަ ދައްކާ ހިތަކުންނެއް” އީމާން ތުން އަނބުރާ ލަމުން ބުނެލިއެވެ. ” ތީ އޭ މަވެސް ބުނި އެއްޗަކީ އަހަރުން ވެޑިން ނަށް ނައިސް ކޮން ވާހަކައެއް ދައްކާ ކަށް ހޭ” ރިޒްވާން އީމާން އާއި ބައިވެރި ވެ ލަމުން ބުނެލިއެވެ. ” ދެން އަހަރެން ކިތަށް ފަހަރު ބުނާނީ އަހަރެން ޓެސްޓު އޮތީމައޭ ނާދެވުނީ…. އެހެންނޫނަސް އެއީ ތިމީހުންގެ ކަމެއްނު ތި 4 މީހުންގެ ވެޑިން އެއްކޮށް ބޭއްވީއެއްނު” އަހަރެން ރައްދު ގައި ބުނެލީމެވެ. ” ކޮބާ އީމާން ހީވޭ… މިހާރު އަހަރުމެން ގެ މައްސަލަ އަކަށް ނު އެވީ” ރިޒްވާން އީމާން ގެ ކޮޅަށް އަރަމުން ބުނެލިއެވެ. ” އޯ ސަޓް އަޕް ރޯމިޔޯ….. ދެންމެ ކުރި ކަންތަށް ފަޅައަރުވާލަން ވީތަ” އަހަރެން ރިޒްވާން އާއި ދިމާއަށް ބުނެލީމެވެ. “ހެވޭ ބުންޏަސް އަހަރުން މީ މެރިޑް ކަޕުލްސަ….. ކެރެންޏާ ބުނެބަލަ” ރިޒްވާން އެންމެ ތަންކޮޅެއް ވެސް ދޫކުރާނެހެންނެއް ހިތެއް ނުވެއެވެ. ” މަ ށެއް ނޫޅެން ތި މީހުން ކުރާ ހަޑި ކަންތައް ކިޔާ ހިތަކުންނެއް ލަދުވެސް ނުގަނެ އެއްނު އެހެން ބުނާއިރު ގަ ” އަހަރެން ތުން އަނބުރާލީމެވެ. ” ދެން ހެވޭ އަމް ރިޔަލީ ސޮރީ ސާރާ ރިޒްވާން އީމާން ޔަނާ….. އެކަމް އެއީ އަހަރެންނަށް ވަރަށް މުހިންމު އެގްޒާމް އެއް އެހެންވެ ނައީ….. އެހެން ނޫންނަމަ އަހަރެން އައީސް” އަހަރެން ބުނެލީމެވެ. ” އެންމެ ރަނގަޅު އެކަމް އަދި އެކަކު ކައިރީ މާފަށް އެދެން ޖެހެއެއްނު” ރިޒްވާން ޔާޝް އާއި ދިމާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އެއިރު ޔާޝް އިނީ ފޯނާ ކުޅެން ށެވެ. ހީވާގޮތުން އަހަރުމެން ދައްކާ އެއްވެސް ވާހަކައެއް ގަ ބައިވެރިވާން ބޭނުންނުވާ ހެންނެވެ. އަހަރެން ގޮސް ޔާޝް ކައިރީ ހުއްޓިލުމަށް ފަހު މާފަށް އެދުނީމެވެ. ” އަމް ސޮރީ ޔާޝް” އަހަރެން މާފަށް އެދުމުން ޔާޝް ބުނެލިއެވެ. ” އަހަރެން ކައިރީ އަކު މައިރާ އަކަށް ނުޖެހޭނެ މާފަށް އެ ދޭކަށް އަހަރުމެން ދެމެދުގަ އެއްވެސް ރޯލޭސަށްސިޕް އެއް ނެތެއްނު…. ވީ ވާ ނޮޓް ފްރެންޑްސް ، އެނިމީސް އޯރް އެނީ ތިން އެލްސް” ޔާޝް އަހަރެންނަށް ބަލާލުމެއް ނެތި ބުނެލިއެވެ. ” އެކަމް ވެސް ހެވޭ އަހަރެން ބޭނުން މާފަށް އެދެން ބުނެބަލަ މާފް ކުރާނަން ތަ” އަހަރެން އެހެން ބުނުމުން ޔާޝް އަހަރެންނާ ދިމާއަށް ބަލައިލިއެވެ. ޔާޝް ގެ މޫނު މަތީގައި ރަސްކަން ކުރަމުން ދިޔަ ރުޅިވެރިކަން ފެނި އަހަރެން ކުޑަކޮށް ބިރުގަތެވެ. ” ބުނެފީމެއްނު މާފަށް އެ ދޭކަށް ނުޖެހޭ” ޔާޝް އެހެން ބުނުމަށް ފަހު ސިޓިން ރޫމް ގައި ހުރި ބެލްކަންޏަށް ދިޔައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ފައެވެ. ޔާޝް ގެ ކޮންމެ ބަހެ ތޫނު ކަށި ތަކެއްހެން އަހަރެން ގެ ހިތަށް ހެރެމުން ދިޔައެވެ. އަހަރެން އެހެން ހުއްޓައި އެއަންހެން ކުއްޖާ އައިސް އަހަރެން ކައިރީ ހުއްޓިލުމަށް ފަހު ބުނެލިއެވެ. ” ހާއި އަމް އަލްޔާ ޔާޝް ގެ ގާލްފްރެންޑް އަމް ރިޔަލީ ސޮރީ ޔާޝް ވަރަށް ރުޅި ގަދަ ވާނެ……. ޔާޝޫ ޔާޝް ބޭބް މަޑު ކޮއްބަލަ” އަލްޔާ އެހެން ބުނުމަށް ފަހު ޔާޝް ގެ ފަހަތުން ދިޔައެވެ. އަލްޔާ އެ ބުނި ބަސް ތަކުން ހީވީ މީހަކު އައިސް އަހަރެންގެ ހިތަށް ފައިން އެރި ހެންނެވެ. ” މައިރާ އަޅާ ނުލާ އެއީ ދޮންބެ ގެ މިޒާޖު” ޔަނާ އައިސް އެހެން ބުނުމުން އަހަރެން ފުންނޭވައެއް ދޫކޮއްލީމެވެ. އަދި އަހާލީމެވެ. ” އެންމެ އެއްތަނެއްގަ ކީއްތިކުރަނީ އަނެއްކާ ތަނަކަށް ދާން ތަ” އަހަރެން އެހެން ބުނި ވަގުތަކީ ޔާޝް އާއި އަލްޔާ ބެލްކަނިން ނިކުތް ވަގުތެވެ. ބެލްކަނިން ނިކުތް އިރު އަލްޔާ އިނީ ޔާޝް ގައިގަ ތަތް ވެގެންނެވެ. މި މަންޒަރު ފެނުމުން އަހަރެން އިސްޖަހައިލީމެވެ. “އާނ އަހަރުމެން މި އުޅެނީ ދަތުރު ދާ މައިރާ ދާނަން ތަ” ސާރާ އެހެން ބުނުމަށް ފަހު އަހަރެން ކައިރީ ދާނަން ތޯ އެހިއެވެ. އަހަރެން ޖަވާބު ދޭން އަނގަ ހުޅުވައިލި ތަނާ ޔާޝް ބުނެލިއެވެ. ” މަށެއް ނުދާނަން” ޔާޝް އެހެން ބުނުމުން ރިޒްވާން ބުނެލިއެވެ. “ޔާޝް އެއްނު މި ދަތުރު ޕްލޭން ކުރީ މާ ބޮޑަށް ވޯކް ސްޓްރެސް ވާތީ” ރިޒްވާން އެހެން ބުނުމުން އަހަރެންނަށް އެންގުނެވެ. ޔާޝް ނުދާން އެ ބުނީ އަހަރެން މި ދަތުރަށް ގޮސްފާނެ ތީ އެވެ. ނޫނީ އަމިއްލަ އަކަށް ދަތުރު ޕްލޭން ކޮއްފަ ނުދާނީ ކާކު ހެއްޔެވެ. ” ސޮރީ އަހަރެން ވަރަށް ބޮޑަށް ވަރުބަލި ވެފަ މިހުރީ ތި މީހުން ދޭ” އަހަރެން އެހެން ބުނެފައި އެތާ މަޑު ނުކޮށް ނިކުތީމެވެ. އަހަރެން ގެ ފަހަތުން ސާރާ ވެސް އައެވެ. ސާރާ މެން ގެ އަށް ގޮސް އަހަރެން ހުންނަން ހަމަޖެހިފައި ހުރި ކޮޓަރި ދެއްކިއެވެ. ” މައިރާ ހަމަ އަސްލަށް ވެސް ނުދާނަން ތަ” ސާރާ އަހައިލިއެވެ. ” އާނ ސާރާ މެން ދޭ މިފަހަރު” އަހަރެން އެހެން ބުނެ ލުމަށްފަހު ކޮޓަރީ ދޮރުލެއްޕީމެވެ. އަހަރެން ކޮޓަރީގައި ހުރި އެނދު މައްޗަށް ވެއްޓި ގަތުމާއެކު ލޮލުގައި މިއޮއް ހުރިހާ އިރަކު އެއްވެފައި ހުރި ކަރުނަތަށް ފައިބަން ފެށިއެވެ. ޔާޝް އަހަރެން ދެކެ ނަފުރަތު ކުރެއެވެ. އެކަމަކު އަހަރެން މާފަށް ވެސް އެދިފީމެވެ. ޔާޝް އަހަރެން ދެކެ އެހާ ނަފުރަތު ކުރަނީ ކީއްވެ ހެއްޔެވެ. އަހަރެން ގެ ހިތަށް މި ހުރިހާ އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. 

 

އަހަރެން އެތަށް އިރަށް ވަންދެން ރޯން އޮތުމަށްފަހު އެނދު ތެދުވީމެވެ. އަދި ފާހާނާއަށް ވަދެ ށަވާ ޖައްސާލީމެވެ. އެއަށްފަހު ށަވާ ދަށަށް ވަނީމެވެ. ށަވާ އިން ފައިބަމުން ދިޔަ ފިނި ފެނުން ހީވަނީ އަހަރެންގެ ހަށިގަނޑު ގަނޑު ވެދާނެ ހެންނެވެ. އެކަމަކަށް އަހަރެންގެ ފަރުވާއެއް ނެތެވެ. އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައީ ޔާޝް ގެ ބަސްތަކެވެ. އަހަރެން ގަބޫލު ކުރަމެވެ. ޔާޝް އަހަރެން ދެކެ އެހާ ރުޅި އައިސްފަ އެ ހުރީ އަހަރެންނަށް ކުރެވުނު ކަމެއްގެ ސަބަބުން ނެވެ. ނަމަވެސް އަހަރެން މާފަށް އެދިފީމެވެ. ދެން ޔާޝް އަހަރެންނަށް މާފު ނުކޮށް ގެން އެ އުޅެނީ ކީއްވެހޭ އަހަރެންނަށް އަނެއްކާ މާފު ނުކުރެވޭ ކަހަލަ ކަމެއް ކުރެވުނީ ބާއެވެ. މުޅި ދުވަސް ހޭދަ ވީ އެހެންނެވެ. ދަތުރު ނިންމާފައި އައިސްފަ ހާވީރުގަ ހިނގާލަން ދާން ވީމަ ވެސް ޔާޝް ނުދިޔައީ އަހަރެން ހުރުމުންނެވެ. ޔާޝް އަހަރެންނަށް އިގްނޯރް ކުރަނީއެވެ. ޔާޝް ގެ ކޮންމެ ޢަމަލަކުން ވެސް އަހަރެން ގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ބައެއްމީހުން ބުނެއުޅެއެވެ. އަންހެނުންގެ ހިތަކީ ބިއްލޫރި ކޮޅެއް ފަދަ އެއްޗެކެވެ. ރީއްޗަށް ނުގެންގުޅޭނަމަ ރެނދު ލާނެއެވެ. އެގޮތަށް ބަލާނަމަ މިހާރު އަހަރެންގެ ހިތުގައި ބުނަން ނޭނގޭ ވަރަށް ރެނދު ލާފާނެއެވެ. މިހާރު އަހަރެންގެ ހިތަށް އަރައެވެ. 6 އަހަރުކުރިން އަހަރެން އެދުވަހު މަންމަ އާއި އެކު ނުފުރި ނަމަ މިއަދު ހަމަ ގައިމު ވެސް މިހެން ނެތް ނުވީސް…. އެކަމަކު ބުނެއެއްނޫން ހެއްޔޭ ނަމަ ނަމަ އަކުން ރިހައެއް ނުކެކޭނެއެވެ. 

 

(ނުނިމޭ) 

 

21

2 Comments

  1. Hûdhãkkø

    January 8, 2022 at 11:37 am

    Alhey MAA avahah thi ninmaali next part vrh vrh vrh avahah up kohdhehchey plxxxxxxxx 🙄🙄🙄🙄
    Can’t wait 🤕🤕🤕🤕
    Mi part vrh vrh vrh reethi 💕💕💕💕
    Waiting for next part 🥺🥺🥺🥺

    • Star Fire

      January 8, 2022 at 4:51 pm

      Thanks
      Insha Allah miadhu nunee maadhamaa up vaane mihaaru 17 submit kohfin

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!