Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހީވޭ ގާތުގާއި ވާހެން ކަލާ 20

Star Fire Level 310 Stories
January 16, 2022 5 Mins Read
6 Comments

 

” ވާނޫ…… ކިހިނެއް ވީ ؟” ސާރާ ވެސް ރިޒްވާން ބުނި ރާގަށް ބުނެލިއެވެ.  ” މައިރާ ތޮޅެނީ” ރިޒްވާން ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ. ” އެހެންތަ އާދޭ އަވަހަށް ސާރޫ ކާރިއަށް ހަގެއް ދޭނަން”  ސާރާ އެހެން ބުނަމުން ރިޒްވާން ގައިގާ ކުޑަކޮށް ބާއްދާލިއެވެ. ” އައްޗީޑި…… ޕީޕަލްސް ޔޯރް އިން ޕަބްލިކްސް އައިސް……..ށޭމްލެސް” އަހަރެން ދެފަރާތަށް ބޯހޫރުވާލަމުން ބުނެލީމެވެ. މި ދެމީހުން ވާ ލަދުވެސް ނުގަނެއެވެ. ” އާނ ދެން އަހަރުންނަކަށް ނޭނގޭނެ ތާ….. މައިރާ އާ ޔާޝް ހެން ބުކް ށެލްފް ތާކު ކައިރީ…އައްދިއްޔޯތް ” ރިޒްވާން އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އަހަރެން އޭނާގެ ފަޔަށް އެރީމެވެ. ” ބަލާބަލަ މައިރާގެ މޫނު އެ ހުރީ ބޮޑު ޓޮމާޓޯ އެއްހެން ރަތް ވެފަ” އީމާން އަހަރެންގެ މޫނަށް އިޝާރާތް ކުރަމުން ބުނިއެވެ. އީމާން އެބުނީ ދޮގެއް ވެސް ނޫނެވެ. އަހަރެންގެ މޫނެކޭ ޓޮމާޓޯ އެކޭ ތަފާތެއް ނެތެވެ. ނަމަވެސް ޔަގީން ކޮށްލުމަށް ފޯނުނަގާ ކެމެރާ އަށް ވަންނަމުން އަމިއްލަ މޫނު ބަލައިލީމެވެ. އަހަރެން ގެ މޫނު ހުރީ ޓޮމާޓޯ އެއްހެން ނެތް ނޫނެވެ. ޓޮމާޓޯ އަކަށް ވެފައެވެ. ހަމަޖެހިލުމަށް ޓަކައި އަހަރެން ފުން ނޭވާއެއް ލަމުން އިސްނަގާލީމެވެ. “މައިރާ ހާދަ ލަދަކުން… އެ އޯކޭ ވާނެ އެމީހުން ޖެއްސުން ކުރާ ވަރަކަށް ކޮއްފަ ހުއްޓާލާ ދާނެ ” ކުއްލިއަކަށް ޔާޝް އެހެން ބުނުމުން އަހަރެން ލަދުން ނުވިރުނީ ކިރިޔާ އެވެ. އެންމެ އެއްފަހަރާ ލަވެއްގެ ރާގެއް ހެން ” އޯއޯއޯއޯއޯއޯ” ކިޔާފައި އަހަރެންނާއި ދިމާ ކުރަމުން ދިޔައެވެ. ޔާޝް މި ކުރިކަމަކުން ހީވީ އެމީހުންގެ ފޯރި އިތުރު ވިހެންނެވެ. ކުއްލިއަކަށް ޔާޝް އަށް މި ވީ ކިހިނެއް ހެއްޔެވެ. ރިޒްވާން އަހަރެންގެ އަތުގައި ހިފާ ޔާޝް އާއި ދިމާއަށް ހޫރުވާ ލިއެވެ. އަހަރެން އެ ދިޔަގޮތަށް ގޮސް ޖެހުނީ ޔާޝް ގެ ތަނަވަސް މޭމަތީގައެވެ. ” ރިވެންޖް ހައްހައްހައްހައްހައްހާ” ރިޒްވާން އެހެން ބުނެ ލުމަށްފަހު ނުބައި ވައްތަރަކަށް ހޭން ފެށިއެވެ. “އައްޗީޑި…… ޕީޕަލްސް ޔޯރް އިން ޕަބްލިކްސް އައިސް..ށޭމްލެސް” ސާރާ އަހަރެން ދެންމެއަކު ބުނި ބަސްތައް ތަކުރާރު ކޮށްލިއެވެ. އަހަރެން އަވަހަށް ޔާޝް އާއި ދުރަށް ޖެހިލުމުން ދުވެފައި ގޮސް މައްޗައް އެރީމެވެ. ” އޭ މައިރާ މާދަމާ 5:00 ޖަހާއިރު ހޭލާތި އޯވާ ނައިޓް އަށް ދަންޏާމު” ޔަނާ ވަރަށް ބާރަށް އެހެން ބުނި އަޑު އިވުނެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނުމުގެ ބަދަލުގަ ދިޔައީ ބެލްކަންޏަށް ށެވެ. 

 

ބެލްކަނީގެ ރެއިލިގް ގަނޑު ގައި އަހަރެން އަތް އަޅުވާލައިގެން އިނދާ ޔާޝް އަހަރެން ނަށް ގޮވާލިހެން ހީވި އެވެ. ނަމަވެސް ހީވި ހީވުމަކަށް ހަދާލަމުން އަހަރެން އުޑުމައްޗަށް ބަލައިލީމެވެ. އެއިރު އުޑުމަތީގައި ކުދި ކުދި ޖަވާހިރު ތަކެއް ހެން ތަރިތައް ވިދަމުން ދިޔައެވެ. އުޑުމަތީގައި ރާނީ އެއްހެން ރަސްކަން ކުރަމުން ދިޔަ ހަނދު އަދި މާކު ފުރިހަމައެވެ. އަނެއްކާ ވެސް އަހަރެންނަށް މީހަކު ގޮވާލި އަޑު އިވުނެވެ. ފަހަތަށް އެނބުރި ބަލާލި އިރުގަ ޔާޝް ހުރީ އަހަރެންނާއި ދިމާއަށް ބަލައިގެންނެވެ. އަހަރެން ނަށް ބަލާލެވުނީ ޔާޝް ގެ އެސްތެޓިކް ގްރީން ކުލައިގެ ލޮލަށް ށެވެ. އެހެން ފަހަރު ތަކާ ހިލާފަށް މި ފަހަރަކު އަހަރެންނަކަށް އެ ލޮލަކުން ހުސް ކަމެއް ނުފެނުނެވެ. ” މައިރާ” ޔާޝް އަހަރެންނަށް ގޮވައިލުމުން އަހަރެން އަވަހަށް ބެލްކަނިން ނިކުންނަން ދިޔައީމެވެ. “މައިރާ މަޑުކޮއްބަލަ އަހަރެން އެބައޮތް ވާހަކައެއް ބުނަން ވެފަ” ޔާޝް އަހަރެންގެ އަތުގައި ހިފަހައްޓަާ ލަމުން ބުނެލިއެވެ. އަނބުރާ ބެލްކަންޏަށް ވަންނަމުން އަހަރެން ބުނެލީމެވެ. ” ކޮން ވާހަކައެއް”  ” އަ…… އައި….. އައި…………. އައި” ޔާޝް އެހެން ކިޔާލަ ކިޔާލަ ހުއްޓެވެ. ޔާޝް ގެ އަޑުން ހީވަނީ ވަރަށް ނާވެސް ވެފަ ހުންނަ ހެނެވެ. ” އައި ވަޓް ؟” އަހަރެން އަހާލީމެވެ. ” އައި ލަވް ޔޫ” ކުއްލިއަކަށް ޔާޝް އެހެން ބުނުމުން އަހަރެން ގެ ސިކުނޑި ސުމަކަށް ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. މިވީ ކިހިނެއް ހެއްޔެވެ. އަހަރެން ކީ  ދިވެހި ވާހަކަ ތަކުން ނާއި ، ވެބްޓޫން ތަކުން ނާއި ބެލިހާ ޗައިނީސް ، ކޮރިޔަން އަދި ތައި ސީރީޒް ތަކުން ވަންޏާމު ފިރިހެނަކު އަހަންހެނަކަށް ޕްރޮޕޯޒް ކުރާއިރު ސަޕްރައިޒް އެއް ދިނުމަށް ފަހުގަ ބުނާއެއްޗެއް ޔާޝް މާކު ކުރި މިބުނީ ކީވެ ހެއްޔެވެ. ” މީ ރިޔަލް ލައިފް ގަ ޕްރޮޕޯޒް ކުރާގޮތް” އަހަރެންނަށް ބުނެވުނެވެ. އެހެން ވީމަ މިހުރިހާ ދުވަހަކު  ކީ ދިވެހި ވާހަކަ ތަކުން ނާއި ، ވެބްޓޫން ތަކުން ނާއި  ޗައިނީސް ، ކޮރިޔަން އަދި ތައި ސީރީޒް ތައް ބަލާ ނިންމާފަ އަހަރެން ލޯބިވާ މީހަކު އަހަރެންނަށް ޕްރޮޕޯޒް ކުރާނީ ކޮންހެނެއްތޯ ވިސްނި ވިސްނުމަކީ ބޭކާރު ކުރި ވަގުތު ތަކެއް ހެއްޔެވެ. އަހަރެންގެ ހިތަށް މި ހުރިހާ އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ” އައި ލަވް ޔޫ….. އެކަމް އަހަރެން ބޭނުމެއް ނޫން ރައްޓެހި ވެގެން ދުވަސްތަކެއް ބޭކާރު ކުރާކަށް” ޔާޝް އެހެން ބުނުމުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ. ” ދެން ޔާޝް ބޭނުން ވަނީ ކީއްކުރަން” އަހަރެން މަޑުމަޑުން ބުނެލީމެވެ. ” އައި ވޯންޓް މެރީ ޔޫ……. އަހަރެން ބޭނުމީ މައިރާ އަހަރެންގެ ހައްގަކަށް ހަދަން” ޔާޝް އެހެން ބުނުމުން އަހަރެން ފޯނު ނެގީމެވެ. އަދި މަންމަ ގެ ނަންބަރަށް ޑައިލް ކޮއްލީމެވެ. މަންމަ ފޯނު ނެގުމާއެކު އަހަރެން ސްޕީކާ އަށް ލަމުން ބުނެލީމެވެ. ” މަންމާ…… މީހަކު އަހައިފި އަހަރެން ކައިރީ އިންނަން” އަހަރެން އެއްވެސް ޖެހިލުމެއް ނެތި މަންމަ ކައިރީ ބުނެލީމެވެ. ” މައިރާ އަށް ކަމުދޭތަ އެ މީހަކު” އިވުނީ ބައްޕަގެ އަޑެވެ. ބައްޕަ އެކުރީ އަހަރެންނަށް ޖަވާބުދޭން އުނދަގޫ ސުވާލެއް ނޫނެވެ. ނަމަވެސް ޔާޝް އަހަރެންގެ ކުރިމަތީގައި ހުރުމުން ކޮންމެވެސް ސަބަބަކާ ހުރެ އަހަރެންގެ އަޑު ބެދުނު ހެން ހީވެއެވެ. ” މައިރާ ޖަވާބު ދީބަލަ…… މައިރާ އަށް ކަމުދޭހޭ އެ މީހަކު ؟” ބައްޕަ ސުވާލު ތަކުރާރު ކޮއްލަމުން އަހަރެން ބަނޑަށް އިވޭ ވަރަށް އާއެކޭ ބުނެލީމެވެ. އަސްލު އަހަރެން މަންމަ އަށް ގުޅީ ޔާޝް ސީރިއަސް ތޯ ބަލާލަން ށެވެ. އަހަރެން ހިތަށް އެރީ ޔާޝް މަޖަލަކަށް ބުނިއެއްޗެއް ހެންނެވެ. ” އެ މީހަކު އެބަހުރި ތަ މައިރާ ކައިރީ މިވަގުތު ނެތިއްޔާ ބައްޕަ އަށް ނަންބަރު ފޮނުވާ” ބައްޕަ އެހެން ބުނުމުން އަހަރެން ޔާޝް އަށް ބަލައިލީމެވެ. ޔާޝް ގެ މޫނު މަތީގައި ހުރީ އަދި ވެސް ސީރިއަސް ކަމެވެ. އަހަރެން ޔާޝް އަތަށް ފޯނު ދިއްކޮއްލަމުން ޔާޝް ސްޕީކާ އޮފް ކޮއްލަމުން ބައްޕަ އާއި ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ކުރާނެ ކަމެއް ނެތުމުން ކޮޓަރިއަށް ދިޔައީމެވެ. ލެޕްޓޮޕް ނަގަމުން އަހަރެން މީގެ ދެތިން ދުވަސް ކުރިން ޑައުންލޯޑް ކުރި ޗައިނީސް ސީރީޒް ކަމަށްވާ އޯލް އައި ވޯންޓް ފޯރް ލަވް އިޒް ޔޫ ބަލަން ފެށީމެވެ. 

 

—-20 މިނެޓް ފަސް—–

 

މިހާރު އިރުގަނޑެއް ވެދާނެއެވެ. އަދިވެސް ޔާޝް އާއި ބައްޕަގެ ވާހަކަ ނުނިމެނީ ހެއްޔެވެ. އެކަމް ހައިރާން ވާކަމަ ކީ ޔާޝް ކުއްލިއަކަށް އަހަރެން ދެކެ ވެވިގެން މިއުޅޭ ލޯތްބެވެ. އެކަހަލަގެ ކޫސަނި ކަންކަމާ ވިސްނަން އޮއްވައި އަހަރެންނަށް ނިދުނެވެ. 

 

(ޔާޝްގެ ނަޒަރުން) 

 

” ބައްޕަ ގަބޫލު ޔާޝް މައިރާ އާއި ކައިވެނި ކުރަން ” މައިރާ ގެ ބައްޕަ އެހެން ބުނުމުން އަހަރެންނަށް ވީ އުފަލެއް ވެސް ނޭންގުނެވެ. ބައްޕަ އާއި ވާހަކަ ދައްކާ ނިންމާލުމަށްފަހު އަހަރެން މައިރާ ކޮބައިތޯ ބަލައިލީމެވެ. ބެލްކަނިން ފެންނަން ނެތުމުން އަހަރެން ގޮސް މައިރާގެ ކޮޓަރީގަ ޓަކި ޖަހާލީމެވެ. ޖަވާބެއް ނުލިބުމުން އަހަރެން ވަންނަނީ ކަމަށް ބުނެ ކޮޓަރީ ދޮރު ހުޅުވައިލީމެވެ. މައިރާ އޮތީ ނިދާފައެވެ. އަހަރެން ގޮސް އެނދު ކާރީގަ އިށީންނަމުން މައިރާ އަށް ބަލައިލީމެވެ. ” މައިރާ އެނގޭތަ އަހަރެން މައިރާކައިރީ މެރީ ކުރަން އަހަން ބޭނުން ވެފަ ހުންނަތާ ކިތައް އަހަރު ވެއްޖެކަން………. އަމް ރިޔަލީ ސޮރީ މައިރާ 6 އަހަރު ފަހުން އައީމަ އަހަރެން މައިރާ އިގްނޯރް ކުރީ…….. އަސްލު އަހަރެން ހިތަށް އެރީ މައިރާ އާއި ވާހަކަ ދައްކާ ފިނަމަ ނުބައި އެއްޗެއް ބުނެވިދާނި ކަމަށް ….. އަހަރެން ބޭނުމެއް ނުވޭ އަނެއްކާވެސް މީގެ 6 އަހަރު ކުރިން މައިރާ ދިޔަ ހެން ދާކަށް…. އައި ވޯންޓް ޔޫ ޓު ސްޓޭ ވިތް މީ ފޯރްއެވާ…… އައި ރިޔަލީ ލަވް ޔޫ….. އައި ނޯ މައިރާ ވެސް އަހަރެން ދެކެ ލޯބިވާ ކަން އެކަމް އަހަރެން ބޭނުންވަނީ މައިރާގެ އަނގައިން އަހަރެން ކައިރީގަ ލޯބިވާ ވާހަކަ ބުނަން ” މައިރާ ގެ އަތުގައި ހިފަހައްޓާލަމުން އަހަރެން ބުނެލީމެވެ. މައިރާ ގެ މޫނަށް އެތަށް އިރެއް ވަންދެން ބަލަން އިނުމަށް ފަހު އަހަރެން ކޮޅަށް ތެދުވަމުން ކޮޓަރިން ނިކުތީމެވެ. ނިކުމެވުނީ ރިޒްވާން ގެ ކުރިމައްޗަށް ށެވެ.” ކިހިނެއް ވީ؟” މިހެން އަހަން ޖެހުނީ ރިޒްވާން ދެލޯ ބޮޑުކޮށްގެން އަނގަ މަތީގައި އަތް އަޅައިގެން ހުރުމުންނެވެ. ” ކަމެއް ނުވޭ ބްރޯ ފާސްޓް ކަމުން މަ މިހުރީ ހައިރާން ވެފަ” ރިޒްވާން އެހެން ބުނުމުން އަހަރެން ރިޒްވާން ގެ ކޮނޑުގައި އަތް އަޅުވާލަމުން އޭނަ ހިފައިގެން ބެލްކަންޏަށް ދިޔައީމެވެ. ” ކޮންހެނެއް ދިޔައީ ޕްރޮޕޯޒަލް؟…….. މައިރާގެ ޖަވާބަކީ ކޮބާ ؟…… ޔެސް ؟ އޯރް ނޯ ؟…. ދެން ހެޔޮ ނުވާނެ އަހަރެން ތި ވަރަށް ނުތަޅުވާ ބުނެބަލަ” ރިޒްވާން ސުވާލު ގޯނި އޮއްސާލީ އަހަރެންގެ ބޮލަށް ށެވެ. ” މަށައް ހީވަނީ މައިރާ ހިތައް އެރީ އަހަރެން މަޖަލަކަށް ބުނި އެއްޗެއް ކަމަށް…… އެހެންވެ އޭނަ މަންމަ އަށް ގުޅީ އެކަމް ފޯނުނެގީ ބައްޕަ” އަހަރެން އެހެން ބުނުމުން ރިޒްވާން އަނެއްކާވެސް ސުވާލު ކުރިއެވެ. ” ދެން ޔާޝް ބަފާބެ އާއި ވާހަކަ ދެއްކީންތަ” ރިޒްވާން އެހެން އެހުމުން އަހަރެން ބުނެލީމެވެ. ” އާނ ބައްޕަ ބުނީ ވީހާވެސް އަވަހަކާ ކައިވެނި ކުރާށޭ”  ” ކޮން އިރަކު މެރީ ކުރަނީ ؟” ރިޒްވާން އެހެން އަހައިލުން އަހަރެން ބުނެލީމެވެ. ” މި އަންނަ ހަފްތާ އަންގާރަ ދުވަހު”  އަހަރެން އެހެން ބުނުމުން ރިޒްވާން  ބުނެލިއެވެ. ” ވަޓް……. އޭ މަޑު ކޮއްބަލަ މިއަދު މީ ބުރާސްފަތި…. މާދަމާ ހުކުރު އޭގެ އަނެއް ދުވަހު ހޮނިހިރު އެހެންވީމަ…….. އެންމެ ހަތަރު ދުވަސް ވަޓް ދަ” ރިޒްވާން އެހެން ބުނުމުން އަހަރެން ކުޑަކޮށް ހިނި އައެވެ. ” ސާބަސް މާދަމާއިން ފެށިގެން ރެޑީ ވަން ފަށާނީ  އެއޮތީ ވެފަ އެއްނު”  ” ޔާޝް ބާއްވަނީ އަހަރުން ބޭއްވި ކަހަލަ ވެޑިން އެއްތަ” ރިޒްވާން އެހެން އަހާލުމުން އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. ” އާނ މަޑުކޮއްލައްޗެ……… އޭ އީމާން އެމެޖެސީސް އަވަހަށް އާދެބަލަ ” ރިޒްވާން އެހެން ބުނުމަށް ފަހު ފޯނު ހޭންގް އަޕް ކޮއްލީއެވެ. އިރުކޮޅެއް ނުވެއެވެ. އީމާން ހުރީ އައިސްއެވެ. ” ޔާޝް މީހަކާ އިންނަނީ އޯ” ރިޒްވާން އީމާން ކައިރީ އެހެން ބުނެ ލުމުން އީމާން ބުނެލިއެވެ. ” ހަމަ ހުވާ…….. އޭ އަހަރެންނަށް ޓްރީޓް ދޭންޖެހޭނެ ދޯ ރިޒްވާން”  ” ޓްރީޓް އެއް ނޫން މިއުޅޭ އަންހެން ވެރިން ކައިރީ ބުނެބަލަ އޯވާ ނައިޓް ކެންސަލް ކުރާށޭ” އަހަރެން އެހެން ބުނުމުން ރިޒްވާން އާއި އީމާން އެކަމަށް އެއްބަސް ވެލި އެވެ.

 

(މައިރާގެ ނަޒަރުން) 

 

އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން ނެވެ. ގަޑި ބަލާލި އިރު 5:00 ޖަހަން 5 މިނެޓެވެ. އަހަރެން އަވަހަށް ފާހާނާއަށް ވަދެ ފެންވަރާ ލައިގެން ނިކުމެ ހެދުން ލުމަށްފަހު ނަމާދު ކޮށްގެން ނިކުތީމެވެ. އަހަރެން މިއުޅެނީ ހުވަފެނެއް ގަ ހެއްޔެވެ. ކޮޓަރިން ނިކުތުމާއެކު އަހަރެންގެ ހިތަށް އެރި އެއްޗަކީ މީ އެވެ. ޔާޝް އޮތީ މޭޒުމަތީ ގައި ބޯ އަޅައިގެން ނިދާފައެވެ. އާ ދުވަހަކަށް އިރު އެރުމާއެކު އަހަރެންނަށް ފެނުނީ ޔާޝް ގެ ސޫރަ އެވެ. ރިޒްވާން ފެނުނީ އަދި މާކު ފަހުންނެވެ. ރިޒްވާން ފެނުމުން އަހަރެންގެ ހިތަށް އެރިއެވެ. މިފަހަރު ރަނގަޅު ލަނޑެއް ދޭނަމޭ ހުރެބަލަ ހައްހައްހައްހައްހައްހާ އެވެ. 

 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

އަބަދުވެސް ހިތުގައި (12)

Next

ސިއްރެއް ނުވާނޭ… 6

Next
January 17, 2022

ސިއްރެއް ނުވާނޭ… 6

Previews
January 15, 2022

އަބަދުވެސް ހިތުގައި (12)

6 Comments!

  1. widhaadhaa ismail says:
    January 16, 2022 at 2:41 pm

    nice~~❤️❤️❤️??

    1. Star Fire says:
      January 17, 2022 at 5:29 pm

      Thanks Widhaadhaa

  2. Horror queen says:
    January 17, 2022 at 2:26 pm

    wow i love this part

    1. Star Fire says:
      January 17, 2022 at 5:29 pm

      Thanks Horror queen

  3. GUITAR LOVER says:
    January 17, 2022 at 7:07 pm

    woww ❤️? @starfire where you from i mean which atoll?

  4. maiherr.r says:
    January 17, 2022 at 7:25 pm

    When next part?

Comments are closed.

Next Episodeހީވޭ ގާތުގާއި ވާހެން ކަލާ 21←


All Right Reserved!