Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހީވޭ ގާތުގާއި ވާހެން ކަލާ 14

Star Fire Level 310 Stories
January 2, 2022 5 Mins Read
0 Comments

” މައިރާ ކޮންތާކަށް ތި ދަނީ އެވެސް ފޮށި ހިފައިގެން ” ސާރާ ވާނުވާގަ ހުރެ އަހާލިއެވެ.” މާލެ ” ސާރާ އަށް އަހަރެން ފެނުމުން އިތުރަށް ދޮގުހަދާކަށް އަހަރެންނެއް ނޫޅެމެވެ.” އެއީ ކީއްވެ އަދި ޗުއްޓީ ނުނިމެ އެއްނު ” ސާރާ އަނެއްކާ ވެސް ކޮއްލީސުވާލެކެވެ.” ބައްޕަގެ ކޮމްޕެނީގަ ކުޑަ ކަމެއް ޖެހިގެން ދާން ޖެހުނީ އެހެންވެ ” އަހަރެން އެހެން ބުނުމަށް ފަހު ސިޑިން ތިރިއަށް ފޭބީމެވެ.” އޮހް…. މައިރާ އަކަށް މަޑެއް ނުކުރެވޭނެ ތަ ” ސާރާ އަހަރެން ކައިރިއަށް އައިސް ހުއްޓުމަށްފަހު ބުނެލިއެވެ.” މަޑު ކުރެވިދާނެ އެކަމް ” އަހަރެން ބުނީ އެހިސާބައްށެވެ.” އެކަމް ކިހިނެއް ވީ ” ” އެކަމް އަހަރެން މަޑުކުރާ ކަށް ބޭނުމެއް ނޫން ” އަހަރެން އެހެން ބުނުމަށް ފަހު ބަދިގެއަށް ވަނީމެވެ.” ކީއްވެ… އަޅެ ދެން މައިރާ މަޑު ކޮއްބަލަ ” ސާރާ ކުޑަ ކުއްޖެ ހެން ކުސްތަޅަން ފެށިއެވެ.” ސާބަސް އަހަރެން މި ދަނީ މުޅި އުމުރަކަށް ނޫން ވިއްޔާ…. އަހަރެން އަންނާނަން ދެން އޮންނަ ޗުއްޓީ އެއްގަ ވެސް ރަނގަޅެއްނު އެ ގޮތް……… ސާރާ އަހަރެންނާ ވާހަކަ ދައްކަން ބޭނުން ވާނަމަ މަންމަ ފޯނަށް ގުޅާ އެއޮތީ ވެފައެއްނު ” އަހަރެން މަސައްކަތް ކުރަމުން ދިޔައީ ސާރާ އަށް  ވިސްނައި ދެވޭތޯ އެވެ. އެންމެ ފަހުން ސާރާ ގަބޫލު ވެސް ކުރިއެވެ.” އޯކޭ…… އެބައަންނަން ޔަނާ މެން ކައިރީ ބުނެފަ މައިރާ ފުރާ ވާހަކަ ” ސާރާ އެހެން ބުނުމަށް ފަހު ބަދިގެއިން ނިކުންނަން ދިޔައެވެ.” ސާރާ ވެއިޓް ” އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށްށެވެ.” ޔަނާ މެން ކައިރީ އަދި ނުބުނާތި……. އެ މީހުން ކައިރި ބުނާނީ އަހަރެން ދިޔައީމަ……. އެވެސް އޭގެ 2 ގަޑީރު ފަހުން ” އަހަރެން ބުނެލީމެވެ.” އެއީ ކީއްވެ ” ސާރާ ނުވީސްނިގެން އަހައިލިއެވެ.” އެއީ……. އަމް…. މީ….. ސަޕްރައިޒް…… ސަޕްރައިޒް އެއް ދޭން ވެގެން  ” އަހަރެން ދުލައް އެވަގުތު އައި އެއްޗެއް ބުނެލީމެވެ.” ސަޕްރައިޒް…. ހިއްހިއްހިއްހީ…… މައިރާ ތިއުޅެނީ އަހަރެން ހައްދާ ލަން ތަ އެހެން ނޫނަސް އެމީހުން ސަޕްރައިޒް ވުމުގެ ބަދަލުގައި އަހަރެންނަށް ހީވަނީ ސޮކް ހެން ވާނީ”ސާރާ ހެމުން ހެމުން ބުނެލިއެވެ.” އަހަރެން ކީއްވެ ސާރާ ހައްދާ ލަން އުޅެންވީ ސާރާ ތީ 5 އަހަރަށް ދާ ކުޑަކުއްޖެއް ނޫނެއްނު…. އެމީހުން ސޮކް އެއް ނުޖެހޭނެ އޭ ޓްރަސްޓް މީ …… އެކަމް ޕްލީސް އެމީހުން ކައިރި އަހަރެން ދާވާހަކަ ނުބުނާތި… އަހަރެން ފުރީމަ ނޫނީ…. ޕްލީސް ޕްރޮމިސް މީ އަހަރެން ބުނާނަން ދެން ފަހަރަކު އައިސް ކީއްވެ ކަން އަހަރެން އެކަކު ކައިރީ ވެސް ނުބުނެ މި ދަނީ އޯކޭ އެއްނު ” އަހަރެން ކުރު ނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ސާރާ އެއްބަސް ވިއެވެ.” މައިރާ އާދޭ ކާރަށް އަރަން ” ބައްޕަގެ އަޑަށް އަހަރެން ނާއި ސާރާ  ދިޔައީ ސިއްސައިގެންނެވެ. އަހަރެން ސާރާ އާއި ދިމާއަށް ބަލައި ލުމަށްފަހު” ގުޑް ބާއި” އޭ ބުނެލީމެވެ. އަދި  ފޮށި ހިފައިގެން ކާރަށް އަރަން ދިޔައީމެވެ. އަހަރެން އައިސް ކާރަށް އެރުމުން ބައްޕަ އެންމެ ސިކުންތެއްވެސް ލަސްނުކޮށް އައިސް ކަރަށް އެރުމަށްފަހު ޑުރައިވަރު ކައިރީ ކާރު ދުއްވައިލުމަށް އެދުނެވެ. ކާރު ދުއްވައި ލުމާއެކު އަހަރެން އެންމެ ފަހު ފަހަރަށް ފަހަތަށް އެނބުރި ބަލައިލީމެވެ. އަހަރެން މި ކުރަނީ ރަނގަޅުކަމެއް ބާއެވެ؟. އަނެއްކާވެސް އަހަރެން އަމިއްލަ ނަފްސާ އެ ސުވާލު ކޮއްލީމެވެ. މުޅި ދަތުރުގައި ވެސް އަހަރެން އަމިއްލަ ނަފްސާ މި ސުވާލު ތަކުރާރު ކުރަމުން ދިޔައީމެވެ.

 

ދިގު ދަތުރަކަށްފަހު އަހަރުމެން ކައްދޫ އެޔާ ޕޯރޓް އަށް އާދެވުނުވެ. އެންމެ ސިކުންތެއްވެސް މަދު ނުކޮށް އަހަރުމެން ޗެކްއިން ވީމެވެ. ވެއްޓެން ގަ ވެސް މަޑުކުރަން ޖެހުނީ 5 މިނެޓް ވަންދެން ނެވެ. ފްލައިޓް އައިސް ޖެއްސީމާ އެކު  ފްލައިޓް އަށް އަރަން ދިޔައީމެވެ. ހުރިހާ ކަމެއް އެހާ އަވަހަށް މި ވަނީ ކީއްވެ ހެއްޔެވެ. މި ފްލައިޓް ގަނޑުވެސް ގަމަން އައިއިރު އައީ ލަހުން ނެވެ. އެކަމް މިހާރު ގަމުން ފުރަން ވީމާ އަވަހަށް އެ އައީ އެއް ނޫން ހެއްޔެވެ. އަހަރެން ފްލައިޓް އަށް ކުދި ކިޔައިލީމެވެ. އަހަރެން މިހުރީ ހަމަ ރަނގަޅަށް ވެސް މެންޓަލް ވެފަ. އަހަރެން މަޑުމަޑުން ބުނެލީމެވެ. ފްލައިޓް ވައިގެ ތެރެއަށް ދިއުމާއެކު އަހަރެން ބޭރުބަލައިލީމެވެ. ހުރިހާ އެއްޗެއް ވެސް ފެންނަމުން ދިޔައީ ވަރަށް ކުޑަ ކޮށްށެވެ. އަހަރެން ސީޓު ގައި ހަމަޖެހިލުމަށްފަހު ދެލޯ މަރައިލީމެވެ. ޔާޝް އަހަރެންނަށް ދެން ޔާޝް ފެނާނެ ބާ ؟ އަހަރެންގެ ހިތުގައި މި ސުވާލު ތަކުރާރު ވަމުން ދިޔައެވެ. ކުއްލިއަކަށް އަހަރެންނަށް ޔާޝް ގެ ސޫރަ ފެނުނެވެ. ހީވަނީ މޮޅު ކުރެހުން ތެރިޔަކު ކުރަހާފައިވާ ފުރިހަމަ ތަސްވީރެއް ހެންނެވެ. ޔާޝް ގެ ސޫރަ އަހަރެންނަށް ސިފަ ވުމުން އަހަރެންގެ މެރި ފައިވާ ދެލޯ ހުޅުވުނެވެ. އަހަރެން ގެ ހިތް ދިޔައީ ތެޅުން ހާ އެންމެ ބާރަށް ތެޅުމުން ނެވެ. ހީވަނީ މޭގަނޑު ފަޅާލައިފައި ދެންމެ ދެންމެ ނިކުމެ ދާނެ ހެންނެވެ. މީ ޔާޝް މަތިން ހަނދާން ކުރީމަ ވާގޮތެވެ. މިގޮތް ވާން ފެށީ އަހަރެން މިއަދު ޔާޝް މެން ގޭގަ ހުރެފަ އައި ފަހުންނެވެ. ” އަނެއްކާ އަހަރެން ނަށް ޔާޝް ދެކެ ލޯބި ވެވުނީ  ހެއްޔެވެ؟. ހަމަ ގައިމު ވެސް މީ ފިލްމު ތަކުން ވާ ގޮތެ….. ނޫން މީ ފިލްމެއް ނޫން ރިޔަލް ލައިފް އެހެންނެއް ނުވާނެ އަހަރެންނަކަށް ނޭނގެ އެއީ ކާކުކަން ވެސް އަހަރެންނަށް އެނގޭ ހާވެސް އެއްޗަކީ އެއީ ޔާޝް ކަމާއި އަދި ޔަނާގެ ދޮންބެ ކަން އޭގެ އިތުރުން އަހަރެންނަކަށް ނޭނގެ އޭނާ އާ ބެހޭގޮތުން އެކައްޗެއްވެސް އަހަރުމެން މީ ފްރެންޑްސް އެއްވެސް ނޫން ދެން ކީއްވެ…އަހަރުމެން ވާހަކަ ދެއްކީ ވެސް މަދުފަހަރަކު….. އެ ވެދާނެ އަހަރެން ޔާޝް އަށް އެޓްރޭކްޓެޑް ވަނީ ކަމަށްވެސް….. އާނ އެއީ ހަމައެކަނި އެޓްރޭކްށަން އެއް ލޮއިއްބެއް ނޫން….. ޕްލަސް އަދި އަހަރެންނަށް އެންމެ 14 އަހަރު އަހަރެންނަކަށް ނޭނގޭ ޔާޝް އަށް ކިތަށް އަހަރު ކަމެއްވެސް…. އާރގް ސްޓޮޕް ތިންކިން އެބައުޓް ހިމް ” އަހަރެން ނަށް” ސްޓޮޕް ތިންކިން އެބައުޓް ހިމް ” ބުނެވުނީ ތަންކޮޅެއް ބާރަށް ށެވެ. އެއިރު އަހަރެން ކައިރި ގަ އިން މީހާ އިނީ އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލައިގެންނެވެ. އަހަރެން މިހުރީ ހަމަ ރަނގަޅަށް ވެސް މެންޓަލް ވެފައެވެ. އަހަރެން އެހެން ހިތަށް އަރުވައިލަމުން އެމީހާއަށް ހިނިތުން ވުމެއް ރައްދުކޮއްލީމެވެ. 

 

(ޔާޝްގެ ނަޒަރުން) 

 

ސާރާ މައިރާ ބަލާ ދިޔަތާ 1 ގަޑީރު ވަނީއެވެ. އަދިވެސް ސާރާ އެއް ނާދެއެވެ. އަނެއްކާ އެ ދެ މީހުނަށް ކަމެއްވީބާ.. އަހަރެން ގެ ހިތަށް އަރަމުން ދިޔައެވެ. “ހާދަ ލަހެކޭ ސާރާ އެވަނީ” ޔަނާ އެހެން އިނދެފައި ބުނެލިއެވެ. ” އެ ތެދެއް ހާދަ ލަހެކޭ” ރިޒްވާން ވެސް އެހެން ބުނެލިއެވެ. ” ސާރާ ހާދަ ލަހެއްތިވީ… ކޮބާ މައިރާ” ކުއްލިއަކަށް އީމާން އެހެން ބުނުމުން އަހަރެން ގެ ނަޒަރު ގޭ ދޮރާއި ދިމާއަށް ހުއްޓުނެވެ.  ހަމަ އެކަނި އަހަރެންގެ ނަޒަރެއް ނޫނެވެ. އެންމެ ގެ ނަޒަރެވެ. އަހަރެންގެ ލޯ ކެއް މަދުވަމުން ދިޔައީ މައިރާގެ ސޫރަ ފެނިލުމަށްށެވެ. ނަމަވެސް މައިރާ އެއް ނެތެވެ. ހަމައެކަނި ހުރި ސާރާ އެވެ. ” ސާރާ ކޮބާ މައިރާ” އަހަރެން ކެއް ނުކެރުވިގެން އަހައިލީމެވެ. ” ނޫޅޭ” ސާރާ ހުރީ އިސްޖަހައިގެންނެވެ. ” ނޫޅެއޭ ކޮންތާކަށް ދިޔައީ” ޔަނާ އެހެން ބުނުމުން ސާރާ ބުނެލިއެވެ. ” މާލެ” ސާރާ އެހެން ބުނެލުމާއެކު އަހަރުމެން އެންމެންނަށް ލިބުނީ ވަރުގަދަ ސޮކެކެވެ. ” މާލެ އޭ… ސާރާ މަޖަލެއް ނުވެއޭ އަހަރުމެން އެންމެ މި ތިބީ ވަރަށް ހާސްވެ ކަންހަމަ ރަނގަޅަށްވެސް އެނގެ އެއްނު” ރިޒްވާން ގޮސް ސާރާ ގެ ކޮނޑުގައި ހިފަމުން ބުނެލިއެވެ. ރިޒްވާން ސާރާ ގެ ކޮނޑުގައި ހިފައިގެން ހުރީ ވަރަށް ބާރަށްށެވެ. އެކަން އަހަރެންނަށް އެނގުނީ ރިޒްވާން އަތުގައި ހުރި ނާރުތަށް ފުއްޕާފައި ހުރުމުންނެވެ. ” ރިޒްވާން ދޫ ކޮއްލާ ސާރާ ގައިން” އަހަރެން ބުނެލީމެވެ. އެއީ ސާރާ ހުރީ ރިޒްވާން ހިފަހައްޓައިގެން ހުރިދެއް ބާރުކަމުން ބިރުގަނެފައެވެ. އަނެއްކާ މައިރާ އެދިޔައީ އަހަރެން އެހެން ޢަމަލުކުރުމުން ހެއްޔެވެ. އަހަރެން އެހެން ހިތަށް އަރުވައިލަމުން ގެއިން ނިކުމެގެން ދިޔައީމެވެ. މައިރާ އަކީ އަހަރެން ދެކެ ނަފުރަތު ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ އަހަރެންނާއި ހީ ސަމާސާ ކުރި އަންހެން ކުއްޖާއެވެ. ނަމަވެސް އަހަރެން ކަންތައް ކުރި ގޮތުން މައިރާ އެ ދިޔައީއެވެ. ކޮންމެ މީހަކު ވެސް އާމުކޮށް އަހަރެންނާއި ވާހަކަ ދައްކަނީ އަހަރެންގެ މުއްސަނދި ކަމުގެ ބޭނުން ހިފުމުގައެވެ. ކޮންމެ މީހަކުވެސް އަހަރެން ނާއި ވާހަކަ ދައްކަނީ އަމިއްލަ އެދުން ފުއްދުމުގެ ބޭނުމުގައެވެ. ރިޒްވާން ، ސާރާ ، ޔަނާ ، އަދި އީމާން ފިޔަވާ ދެން ތިބި އެންމެން ވެސް ކަންތައްކުރީ އެހެންނެވެ. މި 4 މީހުން ފިޔަވާ އެންމެ ދެކުނީ އަހަރެން މޮޔައެއްގެ ގޮތުގައެވެ. ނަމަވެސް މައިރާ އަކީ މި 4 މީހުން ފިޔަވާ އަހަރެންނާއި ރަޙުމަތްތެރިއެއްގެ ގޮތުގައި ވާހަކަ ދެއްކި ފުރަތަމަ މީހާއެވެ. އެކަމަކު އަހަރެން ކުރި ކަމެއްގެ ސަބަބުން މައިރާ ވެސް އެ ދިޔައީއެވެ. ފުރަތަމަ މަންމަ އާއި ބައްޕަ އެވެ. އަހަރެން މިހެން އެކި ކަންތައްތަކާ ވިސްނަން ހުއްޓާ ކުއްލިއަކަށް އަހަރެންގެ ލޯ މައްޗަށް އަނދިރިވާ ފެށިއެވެ. ދެން އަހަރެންނަށް އެނގުން ކަމަކީ ސައިކަލާ އައި މީހަކު ސައިކަލް ބެހެއްޓުމަށް ފަހު އަހަރެންނާއި ދިމާއަށް ދުވެފައި އައި ތަނެވެ. 

 

(މައިރާގެ ނަޒަރުން) 

 

އެންމެ ފަހުން ފްލައިޓް ވެލާނާ އިންޓަރްނޭށަނަލް އެޔާ ޕޯރޓް ގައި ޖެއްސި އެވެ. އެތަށް އިރަކު އެ ފްލައިޓް ގައި އިނުމަށް ފަހު އެންމެ ފަހުން މާލެ ގަ ޖެއްސީއެވެ. ނަމަވެސް އަހަރެންގެ ހިތް ދިޔައީ ކެއް މަދުވެފައިވާ ހެން ތެޅުމުން ނެވެ. އެއީ ކީއްވެ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭންގެ އެވެ. ހީވަނީ ކޮންމެ ވެސް ކަމެއް ވާން އުޅެން ހެންނެވެ. ނުވަތަ ކޮންމެ ވެސް ކަމެއް ވެއްޖެ ހެންނެވެ. އަހަރުމެން ޗެކްއައުޓް ވުމަށްފަހު އެޔާ ޕޯރޓް އިން ނިކުތީމެވެ. އެއިރު ބައްޕަ ގެ ޕީއޭ ހުރީ ބައްޕަ ބަލައި އައިސް އެވެ. ބައްޕަ އަކީ މާލޭގައި ހުންނަ އެންމެ މައްސޫރު އެއް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓާއެވެ. އެހެންކަމުން ބައްޕަ އަކީ ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. ބައްޕަ ދިޔުމުން އަހަރެމެން ޓެކްސީ އަކަށް އަރައިގެން ގެއަށް ދިޔުމަށް ދަތުރު ފެށީމެވެ. މިދަތުރު ގޮސް ހުއްޓޭ މަންޒިލް ކީ ކޮބައިކަން އެނގޭ ހެއްޔޭ އެއީ އަހަރެންގެ ބޯރިން ލައިފް އެވެ. އަހަރެން ކާރުގެ ދޮރުގައި ބޯ ޖައްސާލީމެވެ. އަދި ގެއަށް ދެވެން ދެން އެހެން އިނީމެވެ. 

 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ނުވަވަނަބައި)

Next

މަގޭ ދަރިފުޅާ..! 2

Next
January 2, 2022

މަގޭ ދަރިފުޅާ..! 2

Previews
January 2, 2022

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ނުވަވަނަބައި)



All Right Reserved!