—-2 ހަފްތާ ފަސް—- 

މިހާރު އަހަރެން ގަމަށް އައިތާ 2 ހަފްތާވީއެވެ. ނަމަވެސް ޔާޝް ގެ މިޒާޖަކަށް އެއްވެސް ބަދަލެއް ނާދޭ އެވެ. އަހަރެން ޔާޝް ގާތުގަ މާފަށް އެދެވުނު އަދަދެއް ވެސް ނޭނގެ އެވެ. ގަމަށް އައި ދުވަހުން ފެށިގެން އަހަރެން މި އަންނަނީ ޔާޝް ކައިރީ މާފަށް އެ ދެމުން ނެވެ. ނަމަވެސް ޔާޝް ގެ ޖަވާބަކީ އެއް ޖަވާބެކެވެ. ” މައިރާ އަކަށް ނުޖެހޭނެ މާފަށް އެދޭކަށް އަހަރެން ކައިރީ އަކު”  މިހާރު އެ ޖުމްލަ އަޑު އަހާ އަހާ އަހަރެން ގެ ކަންފަތް  ފޫހި ވެއްޖެއެވެ. އަހަރެންގެ އެއްވެސް ކުށެއް ނެތްނަމަ ޔާޝް އަހަރެންނާއި މެދު އެހެން ކަންތައް އެ ކުރަނީ ކީއްވެ ހެއްޔެވެ. އަހަރެން ބެލްކަނީ ގައި ހުރި ސޯފާގައި އިށިންދެގެން އިނދެ ވިސްނަމުން ދިޔައީމެވެ. ” މައިރާ އާދެބަލަ ތި އެއްޗެއް ކާލަންދާން… މިހާރު 2 ހަފްތާ ވަނީ އޭ މައިރާ ރީއްޗަށް ނުކައި ތާ… މައިރާ ކޮންމެ ފަހަރަކު ވެސް ކާއެއްޗެހިން ތައްޓަށް އަޅާފައި އުކާލަނީ… ކިހިނެއް ވެފަތަ ތިހުރީ” ސާރާ އައިސް އަހަރެން ކައިރީ އިށީންނަމުން އަހާލިއެވެ. ” ކަމެއް ނުވޭ” އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. ” ކަމެއް ނުވޭ…. ކަމެއް ނުވާތީ ތަ ތި އަޑު ކުރަކި ވެފަ ތިހުރީ” ސާރާ ހަށަންބަންނަމުން ބުނެލިއެވެ. އަހަރެން ޖަވާބުގައި އެކައްޗެކޭވެސް ނުބުނަމެވެ. ހަމައެކަނި އިސް ޖަހާލީއެވެ. ސާރާ އަހަރެން ކައިރީ އިނުމަށް ފަހު ބެލްކަނިން ނިކުތެވެ. އިރުކޮޅެއް ނުވަނީސް ރިޒްވާން އައެއެވެ. ” މައިރާ” ރިޒްވާން އަހަރެންނަށް ގޮވައިލިއެވެ. ” ކިހިނެއް ވީ” އަހަރެން އަހައިލީމެވެ. ” ވީ ކަމަކީ… ސާރާ ގެ ރައްޓެއްސެއް ހުރެއޭ….. އެކުއްޖާ ގެ ނަމަކީ މައިރާ…. އޭނާއަށް އުޅެނީ ކޮންމެވެސް ކަމެއް ވެގެން އެކަމް އޭނަ ވެގެން އުޅޭގޮތެއް ނުއެއް ބުނި އެހެންވެ ސާރާ ހުންނަނީ ކުޑަކޮށް އަޕްސެޓް ވެފަ އެކަމާ ހެދި….. ހާހް އައި ކާންޓް އީވެން ރޮމޭނސް ވިތް ހާ ބިކޯސްއޮފް ދެޓް މައިރާ ” ރިޒްވާން ގެ އެންމެ ފަހު ޖުމްލަ އަޑު އިވުމުން އަހަރެން ކުޑަކޮށް ހިނި އައެވެ. ” އޯކޭ މިސްޓަރް ރޮމޭނސް އަހާބަލަ…. ތި އަހަން ބޭނުން އެއްޗެއް” އަހަރެން ފުންކޮށް ނޭވާ ލުމަށްފަހު އަހަާލީމެވެ. ” މައިރާ އަށް ތިއުޅެނީ ކީއްވެގެން؟” ރިޒްވާން ސުވާލު ކޮއްލިއެވެ. ” ޔާޝް އަހަރެންނަށް އިގްނޯރް އެ ކުރަނީ ކީއްވެ ؟” ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ވެސް ކޮއްލީސުވާލެކެވެ. “ތީ ދޯ ވެގެން ތި އުޅޭ ގޮތަކީ” ރިޒްވާން އެހެން އަހައިލުން އަހަރެން އިސްޖަހައިލީމެވެ. ” ޔާޝް ބުންޏެއްނު މާފަށް އެ ދޭކަށް ނުޖެހޭ އޭ………. ދެން އިގްނޯރް…. މައިރާ އަޅާ ނުލާބަލަ އެއީ އެވަރުގެ ކަމެއް ނޫނެއްނު” ރިޒްވާން ބުނެލިއެވެ. ” ރިޒްވާން އަށް ތިހެން ބުނަން ފަސޭހަ ވެދާނެ އެކަމަކު އަހަރެން ނަކަށް ފަސޭހައެއް ނޫނޭ” އަހަރެން އިސްނަގާ ލުމަށްފަހު އެހެން ބުނީމެވެ. އެއިރު އަހަރެންގެ ލޮލުގައި އެއްވެފަ ހުރީ ކަރުނަތަށް އޭގެ މަގާމު ދޫކޮށް އަހަރެންގެ ކޯ މައްޗަށް ވެއްޓުނެވެ. ” ތިބުނީ” ރިޒްވާން އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ” ރިޒްވާން އަށް ކޮންހެނެއް ތަ ފީލް ވާނީ ސާރާ ރިޒްވާން އަށް އިގްނޯރް ކުރަންޏާ…. އަދި އޭގެ މަތިން އިގްނޯރް ކުރާ ސަބަބު ނުބުނަންޏާ” އަހަރެން އަހައިލީމެވެ. ” އަހަރެން މޮޔަވެދާ-” ރިޒްވާން ޖުމްލަ މެދުކަނޑާ ލިއެވެ. ” ސޯ ޔޫ ލަވް ހިމް” އިރުކޮޅެއް ވަންދެން އެހެން އިނުމަށް ފަހު ރިޒްވާން އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން އިސްޖަހައިލީމެވެ. ރިޒްވާން އެކައްޗެއް ވެސް ނުބުނެ ބެލްކަނިން ނިކުމެގެން ދިޔައެވެ. އަހަރެން ގެ ހިތަށް އެރިއެވެ. މިހާރު އަހަރެންނަކީ މާމަ ބުނާހެން ހަތާ ނެތި އުޅޭ ވައި ކުޅަނދުރެއް ހެއްޔެވެ. 

 

( ރިޒްވާން ގެ ނަޒަރުން) 

 

އަހަރެންނަ ބެލްކަނިން ނިކުތުމާއެކު ސާރާ އެހިއެވެ. ” ކިހިނެއްވީ ؟ މައިރާ އެއްވެސް އެއްޗެއް ކިޔައިދިނތަ ؟” ” އާނ އަހަރެންނަށް އެނގޭ…. އެކަމް ސާރޫ ކައިރީ އަކު ނުބުނެވޭނެ…. އިޓްސް ހާ ޕްރައިވެސީ…. އެންމެ ރަނގަޅު ވާނީ މައިރާ އަށް އަމިއްލަ އަށް ފެނިގެން  ސާރޫ އަށް ކިޔައިދީ ފިއްޔާ ” އަހަރެން އެހެން ބުނުމުން ސާރާ ވެސް އެކަމާ އެއްބަސް ވިއެވެ. އަހަރެން ތިރިއަށް ފޭބުމަށްފަހު ސޯފާ މަތީގައި އޮތް ފޯނު ނެގީމެވެ. އަދި ޔާޝް ގެ ނަންބަރަށް ޑައިލް ކޮއްލީމެވެ. ދެފަހަރަކަށް ފޯނު ރިންގް ވުމަށްފަހު ޔާޝް ފޯނު ނެގި އެވެ.” އޭ ޔާޝް ކޮންތާކު ތިއުޅެނީ “އަހަރެން އަހައިލީމެވެ.” ގޭގަ ” ޔާޝް ޖަވާބު ދިނުމުން އަހަރެން ފޯނު ހޭންގް އަޕް ކޮއްކުމަށްފަހު ޔާޝް މެން ގެއަށް ދިޔައީމެވެ. 

 

(ޔާޝްގެ ނަޒަރުން) 

 

 ކުއްލިއަކަށް ރިޒްވާން ގުޅުމުން އަހަރެނަށް ކުޑަކޮށް ނުތަނަވަސްކަން އިހުސާސް ކުރެވުނެވެ.  ރިޒްވާންގެ އަޑުގައި ހަރުކަށި ކަމެއް ވެސް ހުއްޓެވެ. ކުއްލިއަކަށް ގޭގެ ދޮރު ބެލް ގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ކުރިމަތީގައި ހުރި ލެޕްޓްޕް ނިއްވާލުމަށްފަހު ގޮސް ދޮރު ހުޅުވީ މެވެ. ދޮރު ކުރިމަތީގައި ހުރީ ރިޒްވާން އެވެ. އަހަރެން ރިޒްވާން އަށް އެތެރެއަށް ވަނުމަށް ތަން ދެއްކީމެވެ. އަދި ގޮސް ސޯފާގައި އިށީނީމެވެ. ރިޒްވާން ވެސް އިށީންދެ ހަމަ ޖެހިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” ކީއްވެ ؟” ރިޒްވާން އެހެން ބުނުމުން އަހަރެންނަ ކަށް ނުވިސްނުނެވެ. ” ކީއްވެ ؟ ކޮންކަމެއް” އަހަރެން އަހައިލީމެވެ. ” ޔާޝް…. ޔާޝް ތީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ނު ދޯ އެހެންވީމާ އަހަރެން މިކުރާ ސުވާލަކަށް ޖަވާބު ދީބަލަ…. ޔާޝް ކީއްވެ މައިރާ އަށް އިގްނޯރް ތިކުރަނީ” ރިޒްވާން އެހީ ސުވާލަކުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ. ” ކުއްލިއަކަށް ތި ސުވާ-” އަހަރެން ޖުމްލަ ފުރިހަމަ ނުވަނީސް ރިޒްވާން ވާހަކަ ދައްކަން ފެށިއެވެ. ” ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން” ރިޒްވާން އެހެން ބުނި އިރުގަ އެ އަޑުގައި ހުރި ހަރުކަށިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “އެއްވެސް ކަމެއް ވެގެންނެއް ނޫން” އަހަރެން ފަރުވާ ކުޑަ ގޮތަކަށް ބުނެލީމެވެ. ” އެއްވެސް ކަމެއް ވެގެންނެއް ނޫން…… ހަމަ މަޖަލަކަށް…… ތީ އަހަރެން ދަންނަ ޔާޝް ދުވަހަކުވެސް ކުރި ކަމެއް ނޫން…. ދޮގުނުހަދާ ބުނޭ…… ޔާޝް އަށް އެނގޭތަ ތި ކުރާކަމެއްގެ ސަބަބުން މައިރާ އެ އުޅޭ ހާލު ވެސް އޭނ….. އޭނަ ރަނގަޅަށް ކަނީ ކީއެއްނޫން އަބަދު އޮންނަނީ ކޮޓަރީގަ ނޫނީ ބެލްކަނީގަ އަބަދު އެ ކޮޓަރިން އިވޭނީ މައިރާ ގެ ރޯ އަޑު………. ޔާޝް ތި ކުރާ ކަންތައްތަކުގެ ވެލްޑް ރީޒަން އެއް އޮންނަން ޖެހޭނެ ނޫނިއްޔާ އައި ސްވެޔާރ ” ރިޒްވާން އެހެން ބުނުމުން އަހަރެން އިސްޖަހައިލީމެވެ.” ނަތިން…. ވާވް ޔާޝް އައި ކާންޓް ބިލީވް ޔޫ……. އަހަރެން ހަމަ އަޖައިބު ވެއްޖެ މައިރާ އަށް ޔާޝް ކަހަލަ ފިރިހެނެއް ދެކެ ލޯބި-” ރިޒްވާން އޭ ޖުމްލަ ފުރިހަމަ އެއް ނުކުރިއެވެ. ނަމަވެސް ޖުމްލައިގެ ފަހު ތަންކޮޅު އަޑު އިވުމުން އަހަރެން  ހައިރާން ވެ ހުރެ އިސްނަގައިލީމެވެ. ” މިހާރު އަހަރެން ލަދުވެސް ގަނޭ މައިރާ ގެ ކުރިމައްޗަށް އަރަން….. އަހަރެން އަބަދުވެސް ދެކުނީ މައިރާ އަހަރެންގެ ކޮއްކޮ އެއް ފަދައިން އެކަމަކު………” ރިޒްވާން އަހަރެންނަށް ބަލައިލުމަށް ފަހު ނިކުމެގެން ދިޔައެވެ. އަހަރެންނަށް ރިޒްވާން ގެ ބަސްތަށް ގަބޫލު ކުރަން އުނދަގޫ ވިއެވެ. ” މައިރާ އަހަރެން ދެކެ ލޯބިވޭ….. ށީ ލަވްސް މީ” އަހަރެންނަށް ބުނެވުނެވެ. 

 

(ލިޔުންތެރިޔާގެ ނަޒަރުން) 

 

ޔާޝް އެހެން ބުނި އިރު ނޭނގުން ކަމަކީ އެތާގައި އެވަގުތު އެ ހުރިހާ ވާހަކައެއް އަޑުއަހަން ދެވަނަ މީހަކު ހުރި ކަމެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެކަން އޭނާގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ” ށީ ލަވްސް މީ” އޭ ބުނިއިރު ޔާޝް ގެ މޫނުމަތީގައި ހުރި ހިނިތުންވުން ފެނެ އެ ދެވަނަ މީހާ އަތް މުއްކަވާލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ޔާޝް އާއި ދިމާއަށް ބަލަން ހުރުމަށްފަހު އެތަނުން ދިޔައެވެ. 

 

(މައިރާގެ ނަޒަރުން) 

 

އަހަރެން ބެލްކަނީ ގައި ހުރި ސޯފާގަ އޮށޯވެގެން އޮއްވައި ސާރާ ގެ މެސެޖް އެއް އައެވެ. އަހަރެން ވައިބާ ހުޅުވައި ލުމަށްފަހު ބަލައިލީމެވެ. ސާރާ އިނީ އަހަރެންނަށް ސަބްމެރީން އެއްގެ ފޮޓޯ އެއް ފޮނުވާފައެވެ. ” މައިރާ ބޭނުން ތަ ސަބްމެރީން ކާން 😏😏😏😏” އަހަރެން ސާރާ ގެ މެސެޖް ކިޔާ ލުމަށްފަހު ރިޕްލައި ފޮނުވީމެވެ. ” 🤤🤤🤤🤤 ޔެސް ޔެސް ޔެސް ޔޭސް…. ޑޫޔޫ ސީ މައި ފޭސް 🤤🤤🤤 އަމް ޑްރޫލިން ” އިރުކޮޅެއް ނުވަނީސް ސާރާ ގެ ރިޕްލައި އައެވެ. ” އެހެން ވިއްޔާ އާދޭ ތިރިއަށް” އަހަރެން ރިޕްލައި ކިޔާލު މަށް ފަހު ދުވެފައި ތިރިޔަށް ފޭބީމެވެ. ” ކޮބާ…… ގިވް މީ… ގިވް މީ މައި ސަބް” އަހަރެން ބުނެލީމެވެ.” ޝަރުތެއް ގެ މަތިން ލިބޭނީ ” ސާރާ ބުނެލިއެވެ.” ސަބް އަށްޓަކައި އަހަރެން ޖާނު ގުރުބާން ވެސް ކޮއްފާނަން… ބުނޭ ސަރުތު ” އަހަރެން ބުނެލީމެވެ.” މައިރާ ޔާޝް އެކުރާ ކަންތައްތަކަށް އިގްނޯރް ކުރޭ…. އަދި ހޮސްޕިޓަލް އަށް ޖޮބް އެޕްލިކޭށަން އެއް ލާ ” ސާރާ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ.” ހޫމް….އޯކޭ އަހަރެން ތި ޝަރުތު އެކްސެޕްޓް ކޮއްފާނަން އެކަމަކު އަހަރެންގެ ވެސް ޝަރުތެއް އެބައޮތް ” އަހަރެން ބުނެލީމެވެ.” ބުނެބަލަ ” ސާރާ ހެވިފަ ހުރެ ބުނެލިއެވެ.” ތި އެއް ޝަރުތު ތެރޭގަ އެބައިން ދެކަމެއް އެހެންވީމާ އަހަރެންނަށް ޖެހޭނެ….ދެ ސަބް ދޭ އެވެސް ސްމޯލް ސަބް އެއް ނޫން ބިގް ސަބް އެއް ” އަހަރެން ބުނެލީމެވެ.” އޯކޭ ޑީލް… އަހަރެން މި ބުނާ ކަންތައް ކޮށްފިނަމަ އެޑްވާންސް ވެސް ދޭނަން ” ސާރާ ބުނެލިއެވެ. ސާރާ އަހަރެންނަށް ސަބްމެރީން ދިނުމުން އަހަރެން އަވަސްވެގަތީ ހޮސްޕިޓަލް އަށް ޖޮބް އެޕްލައި ކުރުމަށް ށެވެ. 

 

—–3 ގަޑީރު ފަސް——

 

” ސާރާ ” އަހަރެން އަޑު ނެތް ތަނަށް ހަޅޭލައްވައި ގެންނަމުން ތިރިއަށް ފޭބީމެވެ. ސާރާ ސިޓިން ރޫމް ގަ ނެތުމުން އަހަރެން ބަދިގެ ބެލީމެވެ. ބަދިގޭގަ ނެތުމުން އަހަރެން ސާރާ ގެ ކޮޓަރީގައި ޓަކި ޖެހީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެން އަހަރެން ހަންދާން ވީ މީގެ 2 ގަޑީރު ކުރިން ރިޒްވާން ބޭރަށް ދިޔަ ހަންދާނެވެ. އެހެންވީމާ ކޮޓަރީގަ އުޅޭނީ ސާރާ އެކަންޏެއް ނޫންހެވެ. އެހެން ހިތަށް އަރުވައި ލަމުން އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރިތޯ ބަލައިލީމެވެ. އަހަރެންގެ ނަސީބު ވާވެސް ރަނގަޅޭ ހިތަށް އެރި އެވެ. ކޮޓަރީ ތަޅު ހުޅުވާފައި ހުރުމުން އަހަރެން ސާރާ ބިގް ނިޔުސް އޭ ބުނަމުން  ދޮރު ހުޅުވައިލީމެވެ. ދޮރު ހުޅުވައި ލުމާއެކު ހީވީ އަހަރެންގެ ލޮލަށް މީހަކު ލުނބޯހުތް ޖެހި ހެންނެވެ. ރިޒްވާން އާއި ސާރާ ތިބީ މާ ފޮޅުވަން ށެވެ. އަހަރެން ވަރަށް ބާރަށް ހަޅޭ ލައްވައި ގަތީމެވެ. ” މައިރާ ކިހިނެއް ވީ” ރިޒްވާން އެހެން އެހުމުން އަހަރެން ލޯ ހުޅުވައި ލީމެވެ. އަދި ބަދިގެއަށް ގޮސް ފިހިގަނޑު ހިފައިގެން އައީމެވެ. “ކިހިނެއްހޭ ވީ…….. ބަލަ ވީ ކަމެއް ނޭންގޭތަ އަހަރެން ނަސީބު ކިހާ ރަނގަޅު ހޭ ހިތަށް އަރާ ކޮންމެ ފަހަރަކު ތި ދެމީހުން ވެގެން އަހަރެން ބަދު ނަސީބު ކޮއްލައޭ” އަހަރެން ފިހިގަނޑު ހިފައިގެން ރިޒްވާން ގެ ފުލުން ދުވަމުން ބުނެލީމެވެ. ” އަހަރުމެން ކީއްކުރީ” ރިޒްވާން ދުވަމުން ދުވަމުން ބުނެލިއެވެ. ” ކީއްހޭ ކުރީ…….. ބަލަ އެންމެ ފަހަރަކު ވެސް ނޭންގޭތަ ގެއަށް އައި ކަން އަހަރެންނަށް އަންގާލަން އޭނ……އަހަރެން ކޮންމެ ފަހަރަކު ދޮރު ހުޅުވާލާ އިރަށް ފެންނަނީ ތި ދެމީހުން މާ ފޮޅުއްވާ ތަނޭ……… މީ ދުނިޔޭ މައްޗަށް ރޭގަނޑު ވަނީވެސް ވަކި ސަބަބަކާ ހުރެއޭ….. އެހެން ނޫންނަމަ އަބަދުވެސް އޮންނާނީ ދުވާލެއްނު ” އަހަރެން ބުނެލީމެވެ.” އަޖައިބެއް ތީ ދެން ފުރަތަމަ ބުނީ ކޮޓަރިއެއް ދެއްވާފަ ހުންނަނީ ވަކި ސަބަބެއް ގަ އޭ…. ދެން ތިބުނީ ރޭގަނޑު ވަނީވެސް ވަކި ސަބަބަކާ ހުރެއޭ….. އަހަރެން ނަކަށް ނުވިސްނުން ތި ބުނަން އުޅޭ އެއްޗެއް ” ރިޒްވާން ހެމުން ހެމުން ބުނެލިއެވެ.” މި ބުނަން އުޅޭ އެއްޗަކީ މާ ފޮޅުއްވާ ނީ ކޮޓަރީގަ ތާޅުލައިގެ ހުރެއޭ…. އަދި މާފޮޅުވުން ވަކި ވަގުތެއް ވެސް އޮންނަން ޖެހޭ އޭ….. މާފޮޅުވުމަށް އެންމެ ރަނގަޅު ވާނީ ރޭގަނޑުގައޭ… އޭރުން ހަމަ ގައިމު ވެސް ތި ފޮޅުވާ މާތަކެއް އެހެން މީހަކަށް ނުފެންނާނެ އެއްނު ” އަހަރެން ދުވަމުން ދުވަމުން ގޮސް ގޭގެ ބިއްދޮށު ފަރާތުގައި ހުރި މާގަސް ތަކު ކައިރީ ހުއްޓެމުން ބުނެލީމެވެ.” އެޔެއް ނޭންގެ އެއްނު މައިރާ ހަމަ އަހަރުން ރޭގަނޑުގަ މާފޮޅުވަން ތިއްބާ ހަމަ އައިސް ފާނެއެއްނު ” ރިޒްވާން އެތާ ދުރުގައި ހުރި ޖަނބުރޯލު ގަސް ކައިރީ ހުއްޓެމުން ބުނެލީއެވެ.” ޗީ ޗީ ޗީ ޗީ ޗީ ޗީ ޗީ ޔަކް ލަދުވެސް ނުގަނެއެއްނު ” އަހަރެން އެހެން ބުނުމަށް ފަހު ރިޒްވާން އާއި ދިމާއަށް ފިހިގަނޑު އެއް ލީމެވެ.” ކީއް ކުރާނީ މައިރާ އަހަރެން ބިކާރި ކަމުން ލަދު ގަންނާނެ ރުފިޔާއެއް ނެތޭ….. މައިރާ މަށަށް ދޭންވީ އެއްނު ރުފިޔާ ކޮޅެއް އަހަރެން ލަދު ގަންނަން ނޫނީ އަހަރެންނަށް ރުފިޔާ ލިބުމުގެ ކުރިން ހުރިހާ ލަދު ތަށް ހުސްވެދާނެ ” ރިޒްވާން ފިހިގަނޑު ހިއްޕަމުން ބުނެލިއެވެ. އަހަރެން ތުން އަނބުރާލިމަށްފަހު ގެއަށްވަނީމެވެ. އެއިރު ޔަނާ އީމާން ޔާޝް އަދި އަލްޔާ ސިޓިން ރޫމް ގައި ތިއްބެވެ. ޔަނާ ފެނުމުން އަހަރެން ބުނެލީމެވެ.” ޔަނާ…. ހެޔޮ ނުވާނެ އަހަރެން ހިފައިގެން ހިނގާ ތި ގެ އަށް…. އަހަރެންނަކަށް ކެތެއް ނުވާނެ ” އަހަރެން ރޮއެ ގެންނަމުން ބުނެލީމެވެ.” ކިހިނެއްވީ ތަ މައިރާ ތި ރޮނީ ” އީމާން ކަން ބޮޑުވެފައި ވާ އަޑަކުން ބުނެލިއެވެ. އެ ވަގުތަކީ ރިޒްވާން ވެސް އެތަނަށް އައި ވަގުތެވެ. އަހަރެން ގޮސް ޔަނާ ކައިރީ ހުއްޓިލުމަށްފަހު ރިޒްވާން އާއި ދިމާއަށް އިނގިލި ދިއްކުރީމެވެ. ޔަނާ އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން އެހިއެވެ. ” ރިޒްވާން ކީއްކުރީ” ޔަނާ އެހެން އެހުމުން ރިޒްވާން ބުނެލިއެވެ. ” ތި ކަމަނާ ފާނު ކައިރީ އަހާބަލަ” އެހެން ބުނުމުން ޔަނާ އަހަރެންނަށް ބަލައިލިއެވެ. ” ރިޒްވާން އާއި ސާރާ މާ ގިނައިން މާ ފޮޅުއްވަނީ” އަހަރެން ތުން ފިތަމުން އެހެން ބުނުމުން އީމާން އާއި ޔަނާ ޕަކަ ޕަކަ ލާފައި ހޭން ފެށިއެވެ. އެ ދެމީހުން ހޭން ފެށުމުން އަހަރެން ކުނި މޫނު ހަދައިލީމެވެ. ” މައިރާ ވެސް މައިރާގެ ބޯއީފްރެންޑް އާއެކު މާފޮޅުވަމެއްނު” އަހަރެން އެހެން ހުއްޓައި އަލްޔާ ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން އަހަރެން ގާތަށް އައީ އަމަށަކުން ރުޅިއެއް ނޫނެވެ. އެއީ ކީއްވެ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭންގެ އެވެ. ” ލިސެން އަހަރެން ކިތަންމެ ގިނަ މީހުންނާ ރައްޓެހި ވިޔަސް އޭގެން އެކަކު އާ އެކު ވެސް ނޯންނާނެ މާ ފޮޅުވާފަކާއެއް…. މާފޮޅުވުން އެއީ އަދި މާ ދުރު އޮތް ކަމެއް ނު އަހަރެން ގައިގާ އިނގިލީގެ ކުރި ޖެއްސިއަކުވެސް ނުދެން ސޯ ޔޫ ބެޓާ ވޮޗް ޔޯރް މައުތު” އަހަރެން އެހާ ރުޅިއައިސްފަ ހުރުމުން އެންމެ ތިބީ ހައިރާން ވެފައެވެ. ” އޯކޭ ރިލޭކްސް” އަލްޔާ އެހެން ބުނުމުން އަހަރެން ބުނެލީމެވެ. ” ސޮރީ އަސްލު އަހަރެންނަކަށް ނޭނގެ ކުއްލިއަކަށް އެހާ ރުޅި އާދެވުނީ ކީއްވެ ކަމެއް” އަހަރެން އެހެން ބުނުމަށް ފަހު ފަހަތަށް އެނބުރީލީމެވެ. އަހަރެން ފަހަތަށް އެނބުރުނު އިރު ރިޒްވާން ސާރާ ޔަނާ އަދި އީމާން ތިބީ ދެލޯ ބޮޑު ކާއްޓަކަށް ހަދައިގެން އަނގަ ހުޅުވާ މިނަށް އަޅައިގެންނެވެ. އަހަރެން އަވަހަށް ފުރުސަތު ގެ ބޭނުން ކޮއްލުމުގެ ގޮތުން ސޯފާ މަތީގައި އޮތް އަހަރެންގެ ފޯނު ނެގުމަށްފަހު އެ 4 މީހުންގެ ފޮޓޯ އެއް ނެގީމެވެ. ” ތި އަނގަ ލައްޕާ ބަލަ މެއްސެއް ވަދެދާނެ ” އަހަރެން އެހެން ބުނުމުން އެންމެން އަނގަ ލެއްޕިއެވެ. ” ތި ހަތަރު މީހުން ވެސް މިތާ ތިބި ކަން ރަނގަޅު އައި ހޭވް އަ ހިޔުޖް ނިޔުސް…… އަސްލު އެވާހަކަ ބުނަން ސާރާ މެން ކޮޓަރިއަށް ދިޔައީ” އަހަރެން އެހެން ބުނުމުން ރިޒްވާން ބުނެލިއެވެ. ” ކޮން ވާހަކައެއް ބުނެބަލަ”  ” އައި ގޮޓް ދި ޖޮބް….. އަމް އާ ނާސް އެޓް ލ. ގަމް ރީޖަނެލް ހޮސްޕިޓަލް” އަހަރެން ބުނެލީމެވެ. “ކޮންއިރަކު އިންޓަރް ވިޔޫ އަށް ދިޔައީ” ޔަނާ އަހައިލިއެވެ. ” މީގެ 1 ގަޑީރު ކުރިން… އޮންލައިން ކޮއް” އަހަރެން އެހެން ބުނުމުން އީމާން ބުނެލިއެވެ. ” ކޮބާ ޓްރީޓް”  ” މި އަދު 4 ޖަހާއިރު ގަ” އަހަރެން އެހެން ބުނުމުން ޔަނާ އަހަރެންނަށް ގަޑި ދައްކައިލިއެވެ. ” 4:15″ އަހަރެން ނަށް ބުނެވުނެވެ. “ޔަނާ އީމާން ސާރާ ރިޒްވާން އެއްވެސް ތާކަށް ނުގޮސް މަޑުކުރޭ އަހަރެން އަންނާނަން ވަރަށް އަވަހަށް ރެޑީ ވެލައި ގެން” އަހަރެން އެހެން ބުނުމުން އަލްޔާ  ބުނެލިއެވެ. ” މައިރާ އަހަރެންނާއި ޔާޝް ވެސް އެބަ ތިބި މިތާގަ އަހަރުން ބައިވެރި އެއް ނުކުރާނަން ތަ” އަލްޔާ އެހެން ބުނުމަށް އަހަރެން ފަރުވާ ކުޑަ ގޮތަކަށް ބުނެލީމެވެ. ” ޔާ ޔޫ ކޭން ޖޮއިން ޓޫ” އެހެން ބުނުމަށް ފަހު އަހަރެން ރެޑީ ވަން ދިޔައީމެވެ. 

(ނުނިމޭ) 

21

1 Comment

  1. Hûdhãkkø

    January 9, 2022 at 2:06 pm

    Alhey.
    Next vrh avahah nere dheh chey
    Next part vrh vrh avahah kiyaalan libeyne kamah unmeedh kuran 💕💕💕💕

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!