ޔަލާ ނިންދަވާލާފައި ޔޫއާ އެނދުން ތެދުވި އިރު 30 12 ވެއްޖެއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވީ ފެންވަރާލަން ދިޔުމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ފޯނު ނެގިއެވެ. ހީކުރި ގޮތަށް އޭނާގެ ފަރާތުން މެސެޖެއް ލިބިފައި އިނުމުން ޔޫއާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހެޕީ ނާރސެސް ޑޭ ލޯބީ” އެމެސެޖުގައި އިނެވެ. (4 ވަނަ ބައި) “ހަހަ ޝުކުރިއްޔާ ފައި” ޔޫއާ މެސެޖު ކޮށްލިއެވެ. “މާދަން ވާނެ ދިމާވެލަން. ކިހާ އިރަކުތަ ރަށަށް އާދެވުނީ؟ ކޮބާ ޔަލޫ؟” […]
“ދަރިފުޅާ. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ކިޔެވުމަކީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެއްކަން މިއަދު ދަރިފުޅު ހާމަ ކޮށްދީފި. މާޝާ ﷲ މިއަދު ބައްޕަ ވަރަށް ފަޙުރުވެރި ވެއްޖެ. ހިތައް އަރާ އޭރުވެސް ޔޫއަށް ކައިވެނި ކުރުވަން މަޖުބޫރު ނުކޮށް ކިޔަވަން ފުރުސަތު ދެވުންނަމައޭ. އެ ނުލަފާ ނިކްޔާންގެ ސަބަބުން ކިހާ ބޮޑު ވޭނެއް ދަރިފުޅު ތަހައްމަލު ކުރީ؟ މީ އަހަރެންގެ ކުށް. އަހަރެން ޔޫއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…” އަދިއަދަައް […]
“މަންމާ… އަޅުގަނޑަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެ.. މިހާރު 1 މަސް ވެެއްޖެ ރައްޓެހިވެގެން އުޅޭތާ” ނައުރީން ގާތުގައި ލަދުން އިނދެ ޒަވުލް ބުނެލިއެވެ. (54 ވަނަ ބައި) “އެހެންތަ؟ ކޮބާތަ އެ ނަސީބު ވެރިޔަކީ؟ އަޅެ ނުވެސް ބުނޭ ވިއްޔާ” ޒަވުލްގެ އަތުގައި މަޑުމަޑުން ޖަހާލަމުން ނައުރީން ބުނެލިއެވެ. “އެކުއްޖާ ގޮވައިގެން މިއައީވެސް. މަންމައަށް ތަޢާރަފް ކޮށްދޭން” މިހެން ބުނެ ޒަވުލް ބަދިގެއިން ނިކުތެވެ. އަދި ޒުވާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ. “މަންމާ. […]
“އަޅެ ކުރިން ވިޔަސް ގުޅުމެއް ހިންގާފަ އޮތީމަ ދޯ ޒުކާ ބަނޑުބޮޑުވީި އެ؟ ދެން ދަރިފުޅު ޒުކާއާއި ކައިވެނި ކުރޭ. އެހެން ނޫނީ ޒުކާގެ އެ ދަރިފުޅުވެސް ބައްޕަނެތް ކުއްޖަކައްވާނީ” މިހެން ބުނެ މާޔާވެސް ގޮސް ވަނީ ކޮޓަރިއަށެވެ. (5 އަހަރު ފަސް) (2 ވަނަ ބައި) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔަ މާލަމަކީ ފެންނަފެނުމަށް ބަހާރު މޫސުމުގެ ފިނިކަން އިޙްސާސްވާ ފަދަ ހިތްގައިމު ތަނެކެވެ. މުޅި މާލަން ވަނީ ޔުނިވަރސިޓީގެ ރަސްމީ […]
“ދާއިޔަލް އާދަމް ޖިނާން. ލައިލީން އަދި އަލޫކާ މަރާލި ކަމުގެ ތުހުމަތުގައި އަޅުގަނޑުމެނާއި އެކު ދުރުވުން އެދެން” ޖީބުގައި އޮތް ބިޑި ނަގަމުން ރުޒައިކް ކުރިއަށް ޖެހިލިއެވެ. (53 ވަނަ ބައި) “ކީކޭ؟؟ ކީއްވެ ދާއި ހައްޔަރު ކުރަންވީ؟ ދާއި ނުކުރާނެ އެކަހަލަ ކަމެއް” ގަބުވެފައި ހުރި ދާއިޔަލް ކުރިމައްޗައް އަރާ އޭނާ ދިފާއު ކުރަމުން ލަޝްކާ ބުނެލިއެވެ. “އަޅުގަނޑުމެންގެ ތަހުގީގައް ހުރަސް ނާޅާ” ރުޒައިކް އަދަބުވެރިކަމާއި އެކު ބުނެލިއެވެ. “އަޅާނަން. ކަލޭ ތި ކާކު އައިސް […]
(1 ވަނަ ބައި) ދެލޮލުން ކަރުނަ ފުލެހަމުން ދުވެފާ ކަހަލަ ގޮތަކައް ގޮސް ޔޫއާ އެއްޗެހިތައް ޕެކް ކުރަން ފެށިއެވެ. އެއްވެސް ތަރުތީބެއް ނެތި ހުރިހާ އަންނައުނުތައް ދަބަހައް އަޅާލަމުން އޭނާ ގުޅީ ޔޫއާންއަށެވެ. ތިންވަނަ ރިންގުގައި ޔޫއާން ފޯނު ނެގިއެވެ. “ކީކޭ ކޮއްކޯ؟ ހަމަ ގުޅަން އުޅެނިކޮށް ތިގުޅީ. ދޮންބެ މާލޭގަ މިހުރީ. މިފޭބީ ލިފްޓުން އާދެބަލަ ގޭ ދޮރު ހުޅުވަން” ޔޫއާން ވާހަކަ ދެއްކިއެވެ. “ދޮންބޭ. ޔޫ ރަށަށް ގެންދޭ. ހެޔޮނުވާނެ. ދެން ޔޫއަކަށް […]
ތުންކޮޅު ފިއްތާލަމުން އެޒިކިއެލް އަނެއްކާވެސް ރޯން ފެށިއެވެ. ކުޑަ ކުއްޖަކު ދެރަވުމުން މަންމަ ކައިރިއަށްދާ ބީދައިން މިކްޔާގެ މޭގެތެރޭގައި އޭނާ ބޮނޑިވެލިއެވެ. އެޒިކިއެލް ރޯން ބޭނުން ވަރަކަށް ރޯން ދޫކޮށްލަމުން މިކްޔާ އޭނާގެ ބޮލުގައި ބޮސް ދިނެވެ. މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ވެސް އެޒިކިއެލްގެ އިސްތަށިގަނޑު ތެރެއަށް ވަދެގެން ދިޔައެވެ. (52 ވަނަ ބައި) ހަސްފަތާލުން އައިސް ޒާލާ ސޯފާގައި އިށީނދެލިއެވެ. ހުރިހާ އެއްޗެހިތައް ހިފައިގެން ޒަވުލްއާއި ޒާލާ އެތެރެއަށް ވަނުމުން ޒާލާ ކޮޅަށް […]
(ފުރަތަމަ ސީޒަންގެ ތެރެއިން) ”ދަރިފުޅު ކޮބާ ކޮން އިރަކުން ޓެސްޓު އޮތީ؟“ ކެއުމުގެ ތެރެއިން ޔޫއާގެ މަންމަ ޔަޒީދާ އެއްސެވެ. ”މިއަދު 1 ޖަހާ އިރު“ ޔޫއާ ބުންޏެވެ. ޔޫއާ އަކީ އޭލެވެލް ކިޔަވަމުން ދާކުއްޖެކެވެ. އަހަރަކީ ޔޫއާގެ ފަހު އަހަރު ވުމުން އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ނަމަވެސް ޔޫއާ ކުރަމުންދާ މަސައްކަތް ފެނި ގްރޭޑް 10 އަދި 11 ގައި ފަދައިން 12 ގައިވެސް ފާސްވާނެ ކަމުގެ އުންމީދުގައި ޔޫއާގެ މައިންބަފައިން ދެމިހުއްޓެވެ. ”ޔޫއާ […]
“އެލާ ބުނީ އަހަރެންދެކެ ލޯބިވެޔޭ… ދެން ކީއްވެ…؟ ކީއްވެ ތިިހާ ގޯސްވާންވީ؟” ބިންމައްޗަށް ޖެހިގަންނަމުން އޭނާ ހަޅޭލަވައިގަތެވެ. އެންމެންގެ ނަޒަރުވެސް ޔައުލާންއާއި އެޒިކިއެލްއަށް ހުއްޓިފައި ހުރި އިރު, އެންމެންގެ ލޮލުގައިވެސްވީ ހަމްދަރުދީއެވެ… (51 ވަނަ ބައި) ގަބުވެފައިވާ ހާލުގައި އެލާރާގެ ގަބުރައް ބަލަން އެޒިކިއެލް ހުއްޓެވެ. ރޮމުން ރޮމުން ދިޔަ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ، އަލާން އަދި ޔާޝާގެ މޫނުމަތީގައިވީ ހިތާމައަށް ބަލަން ކެއްނުވެގެން އޭނާ ދެލޯ މަރާ ފިއްތާލިއެވެ. މިއަދު ހަމަ ޔަގީނުންވެސް އެޒިކިއެލްގެ […]