Skip to content
އެސްފިޔަ

ވަފާތެރިމަވީމޭ 2 (3)

“ދަރިފުޅާ. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ކިޔެވުމަކީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެއްކަން މިއަދު ދަރިފުޅު ހާމަ ކޮށްދީފި. މާޝާ ﷲ މިއަދު ބައްޕަ ވަރަށް ފަޙުރުވެރި ވެއްޖެ. ހިތައް އަރާ އޭރުވެސް ޔޫއަށް ކައިވެނި ކުރުވަން މަޖުބޫރު ނުކޮށް ކިޔަވަން ފުރުސަތު ދެވުންނަމައޭ. އެ ނުލަފާ ނިކްޔާންގެ ސަބަބުން ކިހާ ބޮޑު ވޭނެއް ދަރިފުޅު ތަހައްމަލު ކުރީ؟ މީ އަހަރެންގެ ކުށް. އަހަރެން ޔޫއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…” އަދިއަދަައް ދާން ދެންވެސް ހުމައިދު ދިޔައީ އެކަމުގެ ހިތާމަ ކުރަމުންނެވެ.

(3 ވަނަ ބައި)

“ތިހެން ނުބުނޭ ބައްޕާ. އަޅުގަނޑަށް އެ ކައިވެނި ކުރެވިގެން ދެރައެއް ނުވޭ. ރަނގަޅު، އެ ނިކްޔާންގެ ސަބަބުން އަދިވެސް އަޅުގަނޑު ދެރަވޭ. އެކަނިވެރިކަން އިހުސާސް ކުރެވޭ. އެކަމަކު ނިކްޔާންގެ ފަރާތުން އަޅުގަނޑަށް ވަރަށް އަގު ހުރި ހަދިޔާއެއް ލިބުން. އެއީ ޔަލޫ. ޔަލޫ އެއީ އަހަރެންގެ ފުރާނަ. ޔަލޫއާއި ނުލާ މިކަމެއް ޔޫއަކަށްވެސް ނުވީސް” ދެލޯ ފުހެލަމުން ޔޫއާ ބުނެލިއެވެ. ކުޑަކުޑަ ޔަލާއާއި ދިމާލަށް ބަލައިލީ އިރު ޔޫއާގެ ލޮލުގައިވީ އިންތިހާ ލޯތްބެވެ.

ޑިއުޓީ ނިންމާފައި ގެއަށް ވައިން ނިކްޔާންގެ މޫނުމަތީގައިވީ ވަރުބަލި ކަމެވެ. ހިކި އަނަރޫފަވެފައި ވީ އިރު ދެލޯ ވަނީ ވަޅުވަދެފައެވެ. ތުންބުޅި ދިގުކޮށް އިސްތަށިގަނޑު ދިގު ކޮށްފައި އޮތް ގޮތުންވެސް އޭނާ މިހާރު ވަނީ އަމިއްލަ ނަފްސު ދޫކޮށްލައިފައިކަން ދޭހަ ވެޔެވެ. އަޅައިގެން ހުރި ކަޅު ކުލައިގެ ޓައީ ބާލަމުން އެތެރެއަށް ވައިން ނިކްޔާންގެ މޫނު ކުނިވީ އިވެމުން ދިޔަ ޓީވީގެ އަޑުގެ ސަބަބުންނެވެ. ސިޓިންގ ރޫމަށް ވައިން އިރު ހަމަ އޭނާ ހީކުރި ގޮތަށް ޒުކާ އިނީ ޓީވީއަށް ގޮސް ގެއްލިފައެވެ.

“ސާބަސް ދެން ޒުކާއަށް. އަޅެ ކިތައް ފަހަރު ބުނެފިންތަ މިގަޑީގަ ޒަކޫއަށް ކިޔަވަދޭށޭ؟ އަޅެ މިހާރު ޒަކޫއަށް 5 އަހަރު ވީއޭ އަދިވެސް އެއުޅެނީ ރަނގަޅަށް ވާހަކަ ނުދެއްކިގެން” ނިކްޔާންގެ މޫނުމަތީގައިވީ ހިތްހަމަ ނުޖެހުމެވެ.

ބަލަން އިން ހިންދީ ޑްރާމާ ޕައުސް ކޮށްލަމުން ޒުކާ ކޮޅަށް ތެދުވިއެވެ. “އަނެއްކާ ފެށީ. ނިކް ތިހެން ކިޔަން ފަށާ އިރު ހީވަނީ އެއީ 15 އަހަރުގެ ކުއްޖެއްހެން. ބަލަ އަދި އެސޮރަށް އެންމެ 5 އަހަރޭ. އަދި މާ ރަނގަޅަށް ވާހަކަ ނުދެއްކިގެން ކަންބޮޑު ވާކަށް ނުވޭ. ދެން ތިހާ ކަންބޮޑު ވަންޏާ ނިކް ޒަކޫއަށް ކިޔަވަދިނިއްޔާ ކީއްތަ؟ މަވެސް ހާދަ ބިޒީ ކޮށޭ މިއުޅެނީ އަހަރެ-” ޒުކާގެ ޖުމްލަ ހުއްޓުނީ 5 އަހަރުގެ ޒާކް އުރައިގެން ކޮޓަރިން ނިކުން މާޔާ ފެނިފައެވެ.

“މިއަދުވެސް މަންމަ ލައްވާ ދޯ ޒަކޫ ރީތި ކުރުވީތި؟” ކަޅި އަޅާލަމުން ނިކްޔާން އެހިއެވެ.

“ދެން ކޮބާތަ މައްސަލައަކީ؟ މައިދައިތަ ވެސް ހުންނަނީ ކަމަކު ދޯ؟” ޒުކާ ހަރަމްބަނދެލިއެވެ.

“އަޖައިބެއް ދެން ތި ކީއްކުރާ މީހެއްތަ؟ ބަލަ ތިޔޭ ޒަކޫ ވިހޭ މައިމީހާއަކީ. މައިމީހާ ގަދަވެ ސަލާމަތުން ހުއްޓާ މައިދަތަ ނުޖެހޭ އެ ހުރިހާ ކަމެއް ކުރާކައް.”

“ޒަކޫ ދަރިފުޅު ދޭ އިހަށް ކޮޓަރިއަށް އިނގޭ؟” ޒުކާއާއި ނިކްޔާންގެ ޒުވާބު ހޫނުވާން އުޅޭހެން ހީވުމުން ކުޑަކުޑަ ޒާކް ގާތުގައި މާޔާ މަޑުމަޑުން ބުނެލިއެވެ. މައުސޫމް ގޮތަކައް ބޯ ޖަހާލަމުން ޒާކް ކޮޓަރިއަށް ވަނެވެ.

“ދެން އެހެން ވިއްޔާ މަސައްކަތް ކުރާނެ ކުއްޖަކު ހޯދަންވީނުން؟” ޒުކާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“ތި ދެއަތުން ޒަކޫގެ އެއްވެސް ކަމެއް ކޮށްލިއްޔާ ތުރުތުރުލަނީތަ؟”

“އާނ އާނ. މަ ނުކޮށްދޭ ވިއްޔާ ޒަކޫއަަކަށް އެއްވެސް ކަމެއް. ބަލަ ކާކުތަ ނުވަމަހާ ނުވަ ދުވަސް ވަންދެން ޒަކޫ ބަނޑުގަ ބޭއްވީ؟ ކާކުތަ ޒަކޫ ވިހެއުމުގެ ވޭން ތަހައްމަލު ކުރީ؟ ކެއޮ ގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ނޯންނާނެ. ޒަކޫ މަގޭ ބަނޑުން ނިކުތީމަ މަގޭ ބޭނުނުން ގެއްލުނީނުން؟” ރޮއެގަންނަމުން ޒުކާ ބުނެލިއެވެ.

“ހޫން. ތިވީ. ދެން ރަށު އެންމެނަށް އިވޭ ވަރަށް ރޮއޭ. ކެއޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ނޯންނަން ތިއީ އަހަރެން ބޭނުން ވެގެން ހޯދި ކެއޮ ގަހެއް ވިއްޔަ” ކަޅި އަނބުރާލަމުން ނިކްޔާން ބުނެލިއެވެ.

“ސާބަސް ދެން ދަރިފުޅު މެނަށް. ކޮންމެ ދުވަހަކު ތިވަރަށް ޒުވާބު ނުކޮށްބަލަ. ޒަކޫ އިންދަވެސް ހަމަ ޒުވާބު ކުރަނީއޭ. ޒަކޫއަށް ވާނެ ގޮތަކާއި މެދު ނިކަން ވިސްނާލަބަލަ” އަޑު އަހަން ހުރި މާޔާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ނިކްޔާން ގޮސް ކޮޓަރިއަށް ވަދެ ‘ބަން’ ކިޔާފައި ދޮރު ޖެހިއެވެ.

ޔަލާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވައިން ޔޫއާގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ލައިގެން ހުރި ގައުން ބާލާފައި ޝޯލް ބޭލިއެވެ. އަދި ލައިގެން ހުރި ދިގު ހެދުން އަރުވާ ޖަހާލަމުން ޔަލާ ފެންވަރުވާލަން ވަނެވެ. ފިޔާތޮށި ކުލައިގެ ޕިޖާމާއެއް ލައްވާލަމުން ޔަލާ ގޮވައިގެން ޔޫއާ އެނދުގައި އޮށޯތެވެ.

“މަންމީ. ޔަލޫ ވާހަކަ އެއް ބުނަންތަ؟” ޔަލާ ގެންގުޅޭ ފިޔާތޮށި ކުލައިގެ ބެއާ ނަގާ މެއާ ބޮނޑި ކޮށްލަމުން ޔޫއާއާއި ދިމާލަށް މައުސޫމް ގޮތަކައް ބަލައިލަމުން އެހިއެވެ.

“ހެހެ ޔެސް؟ ބުނެލަބަ ދޫނީ؟” ޔަލާގެ ލޮލަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅުތައް ދުރުކޮށްލަމުން ޔޫއާ ބުނެލިއެވެ.

“ހެޕީ ނާރސެސް ޑޭ” ދެއަތް ފުޅާ ކޮށްލަމުން ޔަލާ ބުނެލިއެވެ. ޔޫއާ ގަޑި ބަލައިލި އިރު 12 ޖެހީއެވެ. މިއަދަކީ މޭ 12 އެވެ. ނަރުހުންގެ ދުވަހެވެ.

“އަޅޭ ހާދަ ލަސް ވެއްޖޭ ދޯ މިއާދެވުންލެއް. ހެހެ ޖަޒާކައްﷲ ޙައިރަން ދޫނީ” ޔަލާގެ ނިތުގައި ބޮސް ދެމުން ޔޫއާ ބުނެލިއެވެ. އެފަދަ ކުދި ކުދި ކަންކަން ޔަލާ ހަނދާން ހުރުން އެއީ ޔޫއާއަށް ޔަލާގެ އެންމެ ކަމުދާ ސިފައެވެ. ކުޑަޔަސް އެގޮތުން ބަލަންޏާ ޔަލާ ހީވަނީ 15 އަހަރުގެ ކުއްޖެއް ހެންނެވެ.

ޔަލާ ނިންދަވާލާފައި ޔޫއާ އެނދުން ތެދުވި އިރު 30 12 ވެއްޖެއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވީ ފެންވަރާލަން ދިޔުމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ފޯނު ނެގިއެވެ. ހީކުރި ގޮތަށް އޭނާގެ ފަރާތުން މެސެޖެއް ލިބިފައި އިނުމުން ޔޫއާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހެޕީ ނާރސެސް ޑޭ ލޯބީ” އެމެސެޖުގައި އިނެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

“އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ބޭވަފާތެރިއެއް ނޫން. ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕަ ކަމަކައް އަހަރެން ނުދެކެން.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Exxo

    Heyyyyy. Wow
    It’s nice

    1. shihaamaa ali
      Exxo

      jazaakallah khairan Exxo 🩶🫶🏻

  2. Lulu

    Hama huvaa haadha reehcheyy

    1. shihaamaa ali
      Lulu

      Jazaakallah khairan Lulu🥹🥹🥹🩶

  3. Blackyyy

    MashaAllah ❤️… It’s pretty awesome 👍🏻😎
    Keep the guddyyy work!… Subhanallahh..E’kiyaa
    Xuka ulhey gohh..Evarun tha meehun dharin balance pis,pis 5 years old baby boy Akah talk kuran engenjehynehnnu…Xuka ge huri goh kudhakan…Amihllaa Dharifulhu vx mother-in-law use koh ulhenee… Anways,Yooaa…Wow😭😭
    I couldn’t sobbed when I hear ur story…Nik he bby eh dhw Yaluu???🤎🥰
    Yaluu…Lwbi kann
    When’s next??? Curiously waiting for next….
    Shiherr ❤️‍🔥…My board exams are ahead…So I couldn’t even have a single support fr you’re hardwork so sorry..ND keep it up! IA, I ll read if I couldn’t Recommend to ur taleszz

    1. shihaamaa ali
      Blackyyy

      Jazaakallah khairan Blackyyy🩶🫶🏻
      Dhww zukaa is just…. well😭😭
      Yess nik and yooaa ge dharifulhu eii yaluu..
      Aawww its okayyy.. break a leg🫶🏻🫶🏻

  4. Linn...

    MaashaAllah.❤️ Shiherr Take care of yourself,
    Lysm ❤️ From;Linn

    1. shihaamaa ali
      Linn...

      Jazaakallah khairan Linn…🩶🫶🏻
      Take care of yourself too🫶🏻🫶🏻

  5. Lulu

    Wow wow wow

    1. shihaamaa ali
      Lulu

      Jazaakallah khairan Lulu🩶🫶🏻

  6. Gurrllyy

    Wheeeeee. Sheesh. This is extremely nice Shiherrrrrrrr.
    When nexxxxxxt ???????

    1. shihaamaa ali
      Gurrllyy

      Jazaakallah khairan Gurrllyy🩶🫶🏻
      In sha allah soon🩶🫶🏻

Comments are closed.