(ފުރަތަމަ ސީޒަންގެ ތެރެއިން)
”ދަރިފުޅު ކޮބާ ކޮން އިރަކުން ޓެސްޓު އޮތީ؟“ ކެއުމުގެ ތެރެއިން ޔޫއާގެ މަންމަ ޔަޒީދާ އެއްސެވެ. ”މިއަދު 1 ޖަހާ އިރު“ ޔޫއާ ބުންޏެވެ. ޔޫއާ އަކީ އޭލެވެލް ކިޔަވަމުން ދާކުއްޖެކެވެ.
އަހަރަކީ ޔޫއާގެ ފަހު އަހަރު ވުމުން އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ނަމަވެސް ޔޫއާ ކުރަމުންދާ މަސައްކަތް ފެނި ގްރޭޑް 10 އަދި 11 ގައި ފަދައިން 12 ގައިވެސް ފާސްވާނެ ކަމުގެ އުންމީދުގައި ޔޫއާގެ މައިންބަފައިން ދެމިހުއްޓެވެ.
”ޔޫއާ ގާތު މަށަކަށް ނުބުނެވޭތަ އަންހެން ކުދިން އެވަރަށް ކިޔަވާކަށް ނުޖެހޭނޭ؟“ ހިތްހަމަ ނުޖެހިފައި ހުމައިދު އެއްސެވެ. ”ކާކު ތަ އެހެން ބުނީ؟ ކޮންތާކު އޮތް ފޮތެއްގަ ތަ އެހެން އިނީ؟ ޔޫ ބޭނުން ކިޔަވަން. ޔޫ ބޭނުން ނަރުހަކަށް ވާން..“ ޔޫއާ ބުންޏެވެ. ”ހެވޭ ބޭނުމަސް.. މިހާރު ތިހުރީ އޭލެވެލްވެސް ހެދިފަ. 19 އަހަރުވެސް ވެއްޖެ. ދެން ޔޫއާ ޖެހޭނީ މީހަކާ އިންނަން! އަންނަ ހަފްތާ ރަންކިޔުން ހަމަ ޖައްސާނަން. ބައްޕަ ރައްޓެހި ނާހިލްގެ ނިކްޔާނާއި ކައިވެނި ކުރަން ތައްޔާރުވޭ!“ ހުމައިދު ބުންޏެވެ. އަދި ޔޫއާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކާގެއިން ނިކުމެގެން ދިޔައެވެ.
”މަންމާ… ބައްޕަ ކީއްވެ ތަ ޔޫދެކެ ލޯބި ނުވަނީ؟ ކޮބާ ތަ ޔޫގެ ކުށަކީ؟ ޔޫ ބޭނުމޭ ކިޔަވަން.. ދޮންބެ ބޭނުމެއް ނުވި ކިޔަވާކަށް. އެކަމަކު ދޮންބެ ގާތުގަ ބައްޕަކީ ކިޔަވާށޭ. ވަޒީފާއަށް ދެވޭނީ އޭރުންނޭ. ދޮންބެ ކައިވެނި ކުރީ ވެސް 24 އަހަރުވީ ފަހުން. ކީއްވެ ޔޫ ހަމަ 18 އަހަރު ވީމަ ކައިވެނި ކުރަންވީ؟“ ޔޫއާ ރޮމުން ޔަޒީދާ ގާތުގައި ޝަކުވާ ކުރިޔެވެ. ”ދަރިފުޅާ.. އެއީ ދެން ބައްޕަގެ ވިސްނުން ހުންނަ ގޮތެއްނުން ހަމަ؟ ހުއްޓާލާ ދަރިފުޅާ“ ޔަޒީދާ ޔޫއާގެ ކަރުނަ ފުހެލަ ދިނެވެ. ހަގީގަތުގައި ޔޫއާ ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ޙުދު ޔަޒީދާއަކަށް ވެސް ނޭނގެއެވެ. ހުމައިދުގެ އެސިފައަކީ ޔަޒީދާއަށް އެއްގޮތަކަށްވެސް ކަމުދާ ސިފައެއްނޫނެވެ.
”ލަދުންނޭ؟ ނޯވޭ. ސަޕް ލިޓްލް ގާލް.“ ނިކްޔާން ޔޫއާ އާއި ކައިރި ވެލާފައި ޔޫއާ އާއި އެއްވަރަށް ތިރިވެލިއެވެ. ”ލިޓްލްއޭ؟ މިވެސް ބޮޑުވެފަ ހުރި އަންހެނެއް އިނގޭ؟“ ޔޫއާ ކަޅި އަޅާލިއެވެ. ”އެހެން ތަ؟ އަހަރެން ހީކުރީ އަދި 12 އަހަރު ކުއްޖެއް ކަމަށް“ ޔޫއާގެ ކޮލުގައި ހިފާލަމުން ނިކްޔާން ބުންޏެވެ. ”ޔޫ ބާސްޓާރްޑް“ ޔޫއާ ކަޅި އަޅާލިއެވެ.
”ހެހެ ދެން ކާން އުޅެމާ ހިނގާ ދޯ؟“ ހުމައިދު ބުންޏެވެ. ނިކްޔާނަށް ކަޅި އަޅާލާފައި އެންމެ ފުރަތަމަ ކާގެއަށް ވަނީވެސް ޔޫއާއެވެ.
”ސޯ ލިޓްލް ގާލް.. މަޖުބޫރު ކައިވެންޏަކަށް ދާން ޖެހުނީ ބިޓެއް ނުލިބުނީ ތަ؟ އައި މީން… ބަލާލާފަ ހީވޭ ވަރަށް އެހެން ހެހެ“ ނިކްޔާން ބުންޏެވެ. ”އެކްސްކިޔުޒް ޔޫ؟ މަގޭ ހުތުރޭތަ ތިބުނީ؟“ ޔޫއާ ތުންކޮޅު އޫކޮށްލިއެވެ. ނިކްޔާން ހީލިޔެވެ. ”އާން ދެން… މުޅިއަކުން ދޮގެއްވެސް ނޫން“ ނިކްޔާން ދެއަތުގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލަމުން ބުނެލިއެވެ. ”މަށެއް ނޫން ކަންނޭނގެ. ތީނަ ކަންނޭނގެ ހުތުރީ. އަންހެން ކުދިންނަށް އަބަދު ވަށް ބަހުން އެއްޗެހި ކިޔާ މީހަކުދެކެ ކާކު ތަ ލޯބިވާނީ. އަހަރެން އަދި ފުރަތަމަ ހީކުރީވެސް ފިރިހެން ކުދިން ފަހަތުން އުޅޭ ސޮރެއް ބާއޭ. އެހެންނުން ވާނީ އިސްތަށިގަނޑުވެސް އަންހެނެއްހެން. އެހެންވެ އެކުޅި ހުއްޓުވަން ކަންނޭނގެ ދޯ މަށާ އެދެވީވެސް ހަހަ“ ޔޫއާ ހަރަމް ބަނދެލަމުން ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ޓިކްޓޮކް ބަލަން އޮތް ޔޫއާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 7 ކެވެ. 8 ޖަހާ އިރު ނިކްޔާންއާއި ދިމާ ކުރަން ބުނެފައިވީކަން ޔޫއާ ހަނދާން ވިޔެވެ. ”އޭނަ ހަމަ އަންނާނެބާ ޔޫ ބަލާ؟“ ހިތާ ހިތުން ޔޫއާއަށް ސުވާލު ކޮއްލެވުނެވެ. އެވަގުތު ޔޫއާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ.
”8 ޖަހަން 15 މިނިޓް. ތައްޔާރު ވެގެން ހުންނާތި. 8 ޖަހަންވާ އިރަށް ދާނަން ޔޫއާ ބަލާ“ މެސެޖު ކިޔާލުމުން އެއީ ނިކްޔާންގެ މެސެޖެއްކަން ޔޫއާއަށް ދެނެގަނެވުނެވެ. އެހެން ކަމުން ފުންނޭވާއެއް ދޫކޮށްލާފައި ތެދުވެ ތައްޔާރު ވެލިއެވެ.
ކައި ނިމުމުން އިރުކޮޅަކު ދުއްވާލަން އުޅިފައި 30 10 ވުމުން ނިކްޔާން ޔޫއާ ގެއަށް ގެނެސް ދިނެވެ. ސައިކަލުން ފައިބާފައި ނިކްޔާންއަށް ހިނިތުންވުމެއް ދީފައި ޔޫއާ ހިނގައިގަތެވެ. ”ޔޫ…“ ނިކްޔާން ގޮވާލިއެވެ. ނިކްޔާން ގޮވާލުމުން ޔޫއާ ފަސް އެނބުރުނެވެ. ”މީހުން ރުޅި އެރުވުމަކީ ޔާންގެ މިޒާޖު.. އެކަމަކުވެސް ޔާންއަށް ކައިވެނި ކޮއްގެން ޔޫއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަން ޔާން ދޭން..“ ނިކްޔާން އެހެންބުނެ، ސައިކަލު ދުއްވާލިއެވެ. ޔޫއާއަށް ހިނިތުންވެވުނެވެ.
”އަން.. މިއީ ޔާންގެ ކައިވެނީގެ ހަދިޔާ“ ޔޫއާ އަތަށް ސިޓީ އުރައެއް ދެމުން ނިކްޔާން ބުންޏެވެ. ޔޫއާ ނިތް ހިއްލާލާފައި އޭގައި ހިފިއެވެ. ”ޔޫ އާރް އެކްސެޕްޓެޑް ޓު އެމް.އެން.ޔޫ ފޯރް ފައުންޑޭޝަން އިން ނާސިންގް…؟“ އޭގައި އިން އެތި ޔޫއާ ބާރަށް ކިޔާލިއެވެ. އޭރު ނިކްޔާން ހީލައިގެން ހުއްޓެވެ. ”ޔާން… މިއީ…؟ ޔޫއަށްތަ؟“ ޔޫއާ އަހާލީ ޔަގީން ކޮއްލުމަށެވެ. ނިކްޔާން ބޯޖަހާލިއެވެ. ”އެކަމަކު.. ޔޫގެ ބައްޕަ އޯކޭއެއް ނޫނޭ ޔޫ ކިޔަވާކަށް.. ދެން-“
”އޭރު ޔޫ ހުރީ ޔޫގެ ބައްޕަގެ ބެލުމުގެ ދަށުގައެއްނުން؟ މިހާރު ޔޫ ތިހުރީ ޔާންގެ ބެލުމުގެ ދަށުގަ. ޔޫގެ ހަޔާތުގެ މިކަހަލަ ނިންމުން ތަކުގައި އެއްބާރުލުން ދޭން ޖެހޭނީ މިހާރު ޔާންއަށް.. ޔާން ޔޫ ކިޔަވަން އެހީވެދޭނަން. ހުރިހާ ހަރަދެއް ކޮއްދޭނަން.. ޔޫ ކިޔަވާ ނިމުމުން ޔޫ ބޭނުމިއްޔާމުން ޔޫ ވަރިވެސް ކޮއްދޭނަން..“ ނިކްޔާން ހިނިތުންވުމަކާއި އެކު ބުންޏެވެ.
ރިއާނާއާއި ކައިޝަލް ތިބީ އަތިރި މަތީގައެވެ. ”ދެން އެހެންވެ ކިހިނެތްތަ ހަދާނީ؟“ ކައިޝަލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ރިއާނާ އެއްސެވެ. ”ކައިއަށް ފެންނަނީ ރިއާ ކިޔަވަންދާން.. މިހާރު ދެން ކައިވެނީގެ ކަންކަމާ އުޅެން ވިއްޔާމުން ވަރަށް ސްޓްރެސްފުލް ވާނެއްނުން ރިއާ އަށް.. ކޮޓަރި ހަދާ ނިމޭނެ ކަމަށް މިބަލަނީ ރިއާ ފައުންޑޭޝަން ނިމެންވާއިރަށް.. އޭރުން ދެން ކައިވެނި ކުރަން ކައިއަށް ފެންނަނީ.“ ކައިޝަލް ރިއާނާގެ އަތުގައި ފިރުމަމުން އިނދެ ވާހަކަ ދެއްކިއެވެ. ”އެކަމަކު 1 އަހަރު ކައި އާއި ދުރުގަ ރިއާ ނޭނގެ އުޅޭނެ ގޮތެއްވެސް..“ ރިއާނާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަން ފެށިއެވެ.
”އަޅޭ ކައީގެ ޕްރިންސެސް ރޮނީތަ؟ ހުއްޓާލާ ލޯބީ.. މިހެން ކޮންމެވެސް ކަހަލަ ގުރުބާނީ ތަކެއް ވެވިގެންނޭ ހަޔާތެއް ފެށޭނީ.. ކައީ ހުންނާނަމޭ ރިއާގެ އިންތިޒާރުގަ. އޯލްވޭސް އެންޑް ފޯރްއެވާރް.“ ރިއާނާގެ ބޮލުގައި ކައިޝަލް ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ”ޕްރޮމިސް…؟“ ކުޑަވައިން އިނގިލި ދައްކާލަމުން ރިއާނާ ބުނެލީ މައުސޫމް ގޮތަކަށެވެ. ”ޕްރޮމިސް“ ރިއާނާގެ ކުޑަވައިން އިނގިލީގައި އިނގިލި އަޅުވާލަމުން ކައިޝަލް ބުނެލިއެވެ. ”ޔޫއާ މެރީ ކުރީމަދޯ މިއަދު މާ މެރީ ކުރާ ވާހަކަ ތިދައްކަނީ؟ ހެހެ“ ކައިޝަލް އަހާލިއެވެ. ”ކިޔޭނެދޯދެން. ހެހެ.. ރިއާ ބޭނުން ކައިގެ އަންހެނުންނަށް ވާން“ ރިއާނާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ. ”ހެހެ ހަމަ ޖެހިބަލަ ދޫނީ ސޫން އިންޝާ ﷲ“ ކައިޝަލް ބުންޏެވެ.
”ނޫން. އައި ހޭވް ފިއާރް އޮފް ހެއިޓްސް.. އަދި އަލަށް މަތިންދާ ބޯޓަކަށް މިއެރީވެސް“ ޔޫއާ ބުނެލިއެވެ. ނިކްޔާން ހިނިތުންވެލިއެވެ. އަދި ވަރަށް ބާރަށް ޔޫއާގެ އަތުގައި ހިފާލިއެވެ. ”ހާސް ނުވޭ. ދަތުރު ދުޢާ ކިޔާލައިގެން އިނދޭ އިނގޭ؟ ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. 55 ވަރަކަށް މިނިޓް ތެރޭ ބޯޓު ޖައްސާނެ“ ނިކްޔާން ބެލީ ޔޫއާ ހަމައަކަށް އެޅުވޭތޯއެވެ.
ނިކްޔާނާއި ޔޫއާ އިން ސީޓާއި ތަންކޮޅެއް ދުރުގައި އިން ސީޓުގައި އޭނާވެސް އިނެވެ. ކަޅު ކުލައިގެ ހޫޑީއެއް ލައިގެން އިން އިރު ހަމަ އެކުލައިގެ ޖީންސްއެއް ލައިގެން އިން އެކުއްޖާ ހީވަނީ 20 އަހަރު ކުއްޖެއް ހެންނެވެ. ކޮނޑާއި ހަމައަށް އަރާ އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލާފައިވީ އިރު، ކަރުގައި ”ޗޯކާރް ނެކްލެސް“ އެއްއަޅާލެވިފައި ވިއެވެ. ނޭފަތާއި އެއްބުމަ ތޮރުފައިވީ އިރު ކަންފަތުގައިވެސް ތޮރުފޭނެ ތަންކޮޅެއް ވިއްޔާ ތޮރުފައިފައި އިނެވެ.
ކަޅި ޖަހާ ނުލާ ޔޫއާއާއި ދިމާލަށް ބަލަން އޭނާ އިރުކޮޅަކު އިނެވެ. ޔޫއާ އާއި ނަޒަރު ދުރުކޮށްލީ ފޯނަށް އެސް.އެމް.އެސްއެއް އައުމުންނެވެ.
”ހުރިހާ ކަމެއް ހަމަ ޖެހިއްޖެ. މިދަތުރު ދާނީ ހަމަ ރޭވި ގޮތަށް.“ އެމެސެޖުގައި އިނެވެ. އެކުއްޖާ ހީލިއެވެ. އަދި ސީޓުގައި ހަމަ ޖެހިލިއެވެ.
އެންމެ ފަހުން ނިކްޔާން ކަނާތް ފަރާތަށް އެނބުރި ހަމަ ޖެހިލިއެވެ. ޔޫއާވެސް އޮތީ ކަނާތްފަރާތަށް އެނބުރިގެން ކަމުން ކުރިމަތީ އިން ކަބަޑުގައި ހުރި ލޯގަނޑުން ޔޫއާގެ މޫނު ފެންނަމުން ދިޔައެވެ. ނިކްޔާނަށް އާޝޯޙުވެފައި ޔޫއާގެ މޫނަށް ބަލަން އޮވެވުނެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ނިދިފައި އޮންނަ އިރު މާ ލޯތްބެވެ. ކޮޓަރީގައި އިން މަޑު ނޫކުލައިގެ އަލިން ޔޫއާގެ މޫނުމަތިން ފެންނަނީ ނިޔަނެތި ކަމެވެ. ކިތަންމެ އިރަކު ޔޫއާގެ މޫނަށް ބަލަން ނިކްޔާނަށް އޮވެވުނެވެ.
ދެން ނިކްޔާންގެ ނަޒަރު ހުއްޓުނީ ޔޫއާ ބައްދާލައިގެން އޮތް ޓެޑީ ބެއާރް އަށެވެ. އެއީ ދެން ޔޫއާ މާ ލޯބި ވާ އެއްޗެކެވެ. ޔޫއާ އަބަދުވެސް އުޅޭނީ ޕެންޑާއެއްހެން އިންނަ އެބެއާރް ހިފައިގެންނެވެ. ނިދާނީވެސް މެއެވެ.
”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.
ޔޫއާ ދިޔުމުން ރިއާނާ ހިނގައިގަތެވެ. ފޯނުން ކައިޝަލްއަށް މެސެޖު ކުރަމުން ދިޔަ ރިއާނާ ސިހުނީ މީހެއްގެ ގައިގައި ވިދުމުންނެވެ. އެއާއި އެކު ރިއާނާގެ ތޫލި ހަޅޭކުގެ އަޑު އިވިލިއެވެ.
ދެލޯ މަރާ ބާރުކޮށްގެން އޮތް ރިއާނާ ދެލޯ ހުޅުވާލީ ނުވެއްޓުމުންނެވެ. އޭރު ޒުވާނަކު ރިއާނާ ހިފަހައްޓައިގެން ހުއްޓެވެ. އެޒުވާނާގެ ދެލޮލަށް ގެއްލިފައި އިރުކޮޅަކު ރިއާނާއަށް ހުރެވުނެވެ.
ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރީތި ހަށިގަނޑެއްގެ ވެރިޔެކެވެ. ލައިގެން ހުރި ގަޔަށް ބާރު ޓީޝާޓުން އެޒުވާނާގެ ހަށިގަނޑުގައި ހުރި މަސްތައް ވަރަށް ރީތިކޮށް އިނގެމުން ދިޔައެވެ. ވާތު ލޯ ކައިރީގައި ކަޅު ތިލައެއް އިން އިރު ލޮލުގައި ހުރީ މަޑު މުށި ކުލައެވެ. އަވިން ވަންހަނާ ވެގެން ހުންނަ އިރުވެސް ލޮލުގެ ކުލަ ހުންނަނީ ދިއްލާލާފައެވެ.
”ހެހެ ޑޭ ޑްރީމް ކުރަނީތަ؟“ އެޒުވާނާ ހީލާފައި ސުވާލު ކޮއްލިއެވެ. އޭނާގެ ބަރު އަޑު އިވުމުން ރިއާނާއަށް ހިންދިރުވާލެވުނެވެ. ހީލުމުން ކޮލަށް އެރި އަޑި ކޮޅުން ރިއާނާގެ ހިތުން ވިންދެއް ހުޓުނު ކަން ގައިމެވެ. އެޒުވާނާ ރިއާނާގެ ހަށިގަނޑު ތެދު ކޮއްލަ ދިނެވެ.
”ސޮރީ“ ރިއާނާ ކަރު ކެހިލާފައި ބުނެލިއެވެ. ”ހެހެ އެ އޯކޭ ވާނެ“ އެޒުވާނާ ބުނެލިއެވެ. ”މީ ރިއާނާ. ތީ؟“ އެޒުވާނާ ދިޔަ ނުދޭން ވެގެން ރިއާނާ ސުވާލު ކޮއްލިއެވެ. ”މިއީ އިޔާލް“ އިތުރު ސުވާލެއް ކުރަން އުޅެނިކޮށް އިޔާލް ހިނގައިގަތެވެ. ދެން އިތުރަށް ގޮވާކަށް ރިއާނާއަކަށް ނުކެރުނެވެ.
ޔޫއާއަށް އެނބުރި ގެއަށް އާދެވުނީ 30 3 ވާން އުޅެނިކޮށެވެ. ވަރުބަލި ވެފައި ހުރި ޔޫއާ ސިހުނީ ފަހަތުން ”ބަން“ ލާފައި އަޑެއް އިވުމުންނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ ފެނި ޔޫއާ އެކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ.
”ހޭ؟ އާރ ޔޫ އޯކޭ؟“ އެކުއްޖާ ކައިރީ އުޑަފައިން އިށީންނަމުން ޔޫއާ އަހާލިއެވެ. ”އާރްރްގގގ. ހީވަނީ ކަކޫ މެށުނީހެން“ އެކުއްޖާ ލައިގެން ހުރި ޖީންސްގެ ކަކުލުގައި ހުރި ހިރަފުސް ފޮހެލަމުން ބުނެލިއެވެ.
”ހިނގާ އަޅުގަނޑާއި އެކު“ ޔުއާ އެކުއްޖާ ތެދުވުމަށް އެހީތެރިވެދިނެވެ.
”ކޮން ނަމެއްތަ ކިޔަނީ؟“ އެކުއްޖާ ގެންގޮސް ސޯފާގައި ބައިންދަމުން ޔޫއާ އަހާލިއެވެ. ”ޒުކާ. ތިއީ؟“ ޒުކާ ހިނިތުންވެލާފައި ބުނެލިއެވެ. ”އައިމް ޔޫއާ“ ޔޫއާ ޒުކާއަށް ސަލާމް ކޮއްލިއެވެ.
އެވަގުތު ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރިން ނިކުން ޒުކާ ފެނި ނިކްޔާންގެ މޫނު ހުދު ވިއެވެ. ޒުކާ އެގޭގައި އެކުރަނީ ކީއްހެއްޔެވެ؟
”މިއީ ޒުކާ. ދެންމެ ބޭރުން ދިމާވި ކުއްޖެއް. ޒުކާ. މިއީ އަހަރެންގެ ފިރިމީހާ ނިކްޔާން“ ޔޫއާ ދެމީހުން ދެމީހުނަށް ތަޢާރަފް ކޮއްލަ ދިނެވެ. ”ހޭ“ ޒުކާ ތުއި ގޮތަކަށް ބުނެލިއެވެ. ނިކްޔާން ހީލާފައި ކޮޓަރިއަށް ވަނެވެ.
”ލަޔާ ނެތްތަ ކާއެއްޗެއް؟ ވަރަށް ބަނޑުފައި“ އިޔާލް އަހާލިއެވެ. ”އެކުއްޖާ ޓީވީ ނިވާލިއެވެ. ”އަހަރެން މިއީ ޝެފެއް ތަ؟ ނޫނީ މަސައްކަތު މީހެއް ތަ؟ މަ ނުޖެހޭނެ އިޔާލަށް ކައްކާފަ ކާންދޭކަށް“ ލަޔާލީ ރުޅި އައިސްފައި ބުނެލިއެވެ.
”ލަޔާ ޕްލީޒް… އިއްޔެ މެންދުރުންސުރެ ނުކައި މިހުރީ…“ އިޔާލްގެ އަޑު ކުރެހުނެވެ. ”ދެން މަށަށް ކީއްތަ؟ ތިހާ ބަނޑުހައި ވަންޏާ އަމިއްލައަށް ކައްކަބަލަ“ ލަޔާލީ އަޑަށް ބާރު ލަމުން ބުނެލިއެވެ.
”ލަޔާ ހެޔޮނުވާނެ… އިޔާއަށް ތިހެން ނަހަދަބަ…“ އިޔާލްގެ ދެލޯ ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ވެއްޓުނެވެ. ލަޔާލީ ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އިޔާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ.
”ކޮން ލަޔާ ޕްލީޒް އެއްތަ؟ އިޔާލް މަށާ ކައިވެނި ކުރީ މަ ބޭނުން ވެގެން ތަ؟ ޔޫ ވާރް މައި ބެސްޓް ފްރެންޑް ޔޫ ބާސްޓާރްޑް. ހުރިހާ ކަމެއް ގޯސް ކުރީ ކަލޭ. ކޮން ލޯތްބެއް ތަ؟ މަ ނުވޭ ކަލޭދެކެ ލޯތްބެއް! އަހަރެން ވަރިކުރޭ! ހަމަ މިހާރު ވަރި ކުރޭ! ތިކަހަލަ މީހަކާއި އެކު އެންމެ ހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއް ނޫން. ވަރި ކުރާށޭ!“ ލަޔާލީ ދަތްކުނޑިވިކާލިއެވެ.
ނިދިނިދި އޮތް ހިނާޔާ ގޮވައިގެން ހިދާޔާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހިދާޔާގެ ކޮންމެ ހަރަކާތެއް ބަލަން އެނދުގައި އޮތް ޔޫއާން އޮތެވެ. ”އިނގޭތަ؟ އަހަރެން ކުޑަ އިރު ހިތަށް އެރި ކުއްޖަކު ނުހޯދާނަމޭ. އެއީ ބޮޑު ބޮލުގެ ރިހުމެކޭ. އެކަމަކު ދޯ؟ ނާޔޫ ލިބުން ފަހުން މި ފެންނަ ލޯބި މަންޒަރުތަށް… ހެހެ ބަލާ ބަލާ ފޫހި ނުވޭ. މިހާރު އަހަރެން ބޭނުން 20 ކުދިން ހޯދަން ހެހެ“ ޔޫއާން ނިދިނިދި އޮތް ހިނާޔާއަށް އުނދަގޫ ނުވާނެ ވަރަށް ބުނެލިއެވެ.
”ލާއިލާހަ އިއްލައް ﷲ 20 ކުދިންނޭ؟ ކިހިނެތްތަ ދާޔާ އެވަރަށް ވިހަނީ؟ އޭގެން ދިހަ ކުދިން އާން ވިހަންޏާމުން އޯކޭ ހަހަ“ ހިނާޔާ އެނދުގައި ބާއްވާލާފައި އައިސް ހިދާޔާ އެނދުގައި އިށީނެވެ. ”ތިކަން ދާޔާއަށް ކޮއްދެވޭނެ ނަމަ އަހަރެން ތިކަން ކޮއްދޭނަން ހަމަ. ހާދަ ލޯތްބެކޭ މިވެވެނީ ދޫނި ދެކެ“ ޔޫއާން ހިދާޔާގެ ތުންފަތަށް ލޯބި ކޮއްލިއެވެ. ”ހެހެ އައި ލަވް ޔޫ މޯރ“ ހިދާޔާ ލަދުން އިނދެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.
”ހެއީ ޕްރިންސެސް. ކިހިނެތް ތަ ކްލާސް؟“ ކައިޝަލް ވަރަށް ލޯބިން އަހާލިއެވެ. ”ރަނގަޅު“ ރިއާނާގެ ޖަވާބު ކުރެވެ. ”ކިހިނެތްވެފަ ތަ ލޯބީ؟“ ރިއާނާ ވާހަކަ ދެއްކި ރާގުން ކޮންމެވެސް ކަމެއް ވެއްޖެކަން ކައިޝަލްއަށް ދެނެގަނެވުނެވެ.
”ކަމެއް ނުވޭ“ ފޫހި ވެފައި އޮތުމުން ރިއާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”ރިއާ؟ އޯކޭ ތަ؟ ކައިއަށް ކަމެއް ކުރެވުނީ ތަ؟“ ރިއާނާގެ އަޑުގައި ހުރި ފޫހިކަން އިވި ކައިޝަލްގެ ހިތުގައި ރިއްސާލިއެވެ.
”ނޫން. ވަރަށް ވަރުބަލި. ފަހުން ގުޅާނަން“ ރިއާނާ ކައިޝަލްގެ ކަންފަތް މައްޗަށް ފޯނު ކަނޑާލީ ކައިޝަލްގެ ޖަވާބަކަށް އިންތިޒާރު ނުކޮށެވެ.
”ޔޫ ރަށް ރަށުގެ މީހުން ހެނެއް ނުވާނެ ދޯ މާލެ މީހުނެއް…؟ މަށަކަށް ނުފެނޭ މާލެ މަގުމަތިން ފެންނަ މީހުން ގެނެސް ކޮޓަރިއަށް ވައްދާކަށް“ ނިކްޔާން ބުނެލިއެވެ. ”ހެހެ ޒުކާ ވަރަށް ނައިސް. އެއީ ގޯސް ކުއްޖެއް ނޫނޭ“ ޔޫއާ ޒުކާގެ ދިފާއުގައި ތެދުވިއެވެ. ”ޔޫއާ! ހެވޭ ކިތަންމެ ނައިސް އަކަސް. މިއީ މަގޭ ގެ. މިގެއަށް ވެއްދޭނެ މީހުނާއި ނުވެއްދޭނެ މީހުން ވެސް އެނގޭނީ މަށަށް! ތިއީ މަގޭ އަންހެނުން. ޔޫއާ ޖެހޭނީ އަހަރެން ބުނާހެން ކަން ކުރަން!“ ނިކްޔާނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
”މިއީ ޔޫއާ ބޭނުން ވެގެން ކުރެވުނު ކައިވެންޏެއް ތަ؟ ނިކްޔާން އަމިއްލައަށް ދޯ ބުނީ ޔޫއާ ބޭނުން މިނިވަންކަން ޔޫއާއަށް ދޭނަމޭ؟ ކިޔާފަ މިހާރު ތިއީ ކޮންކަމެއް؟؟؟“ ޔޫއާ ދަތްކުނޑިވިކާލިއެވެ.
ބުނެވުނީ ބުނެގެން ނުވާނެ އެއްޗެއްކަން އެނގުމުން ނިކްޔާންގެ ރުޅިގަނޑު ފިލާ ދިޔައެވެ. ތެދެކެވެ. ޔޫއާ ބޭނުން މިނިވަންކަން ދޭނެ ކަމަށް ނިކްޔާން ވަނީ ވަޢުދު ވެފައެވެ. ޒުކާ އަކީ ފިރިހެނެއް ވެސް ނޫނެވެ. ނަމަވެސް ޒުކާ އަކީ…؟…
ލިފްޓު ތެރޭގައިވީ މަރުފަދަ ހިމޭން ކަމެކެވެ. ލިފްޓުގައި ހުރީ އަންހެން ކުއްޖެއް އެކަންޏެވެ. ކޮނޑުގައި އިން ދަބަސް ހުޅުވާލަމުން އެކުއްޖާ އޭގައި އޮތް ހޫޑީ ނެގިއެވެ. މޫނާއި ނިއްކުރި ނިވާވާހެން އިން ”ފުލް ފޭސް ހޫޑީ“ އެކުއްޖާ ލިޔެވެ.
އެންމެ ތިރީ ބަޔަށް އާދެވުމުން ލިފްޓުގެ ދޮރު ހުޅުވުނެވެ. އެކުއްޖާ ޖީބުގައި އޮތް ފޯނު ނަގަމުން ހިނގައިގަތެވެ. ”މިޝަން ވަން! ކާމިޔާބު. ހެހެހެ“ އޭނާ ވިހަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އަނދިރިގަނޑުން ނިކުމެވުމުން އެޅުނު ބޮކީގެ އައްޔާއި އެކު، ޒުކާގެ މޫނު ކަޝްފު ވެލިއެވެ.
”ޔޫއާގެ ނަންބަރު ވެސް ލިބިއްޖެ. ޝީ ޓޯޓަލީ ޓްރަސްޓްސް މީ“ ޒުކާ ފޮނި ވެލާފައި ބުނެލިއެވެ. ”ޕާފެކްޓް. އާދޭ އެހެންވެ. ދެން މިކަމާ އުޅޭނީ މާދަމާ“ އެކޮޅުން ބުނެލި އަޑު އިވުނެވެ. މިދަނީ ކަމަށް ބުނެ ޒުކާ ފޯނު ބޭއްވިއެވެ. ޒިބު ދަމާލާފައި ހޫޑީ އިން މޫނާއި ނިއްކުރި ފޮރުވާލަމުން ބަހަށް އެރިއެވެ.
”ކީއްތަ ތިކުރީ؟“ އިޔާލް ދުރަށް ކޮއްޕާލަމުން ލަޔާލީ ރުޅި އައިސްފައި ސުވާލު ކުރިއެވެ. އިޔާލް އިސްޖަހާލައިގެން ހުރެ މަޑު މަޑުން އަތް ހިއްލާލަމުން ތުން ފުހެލިއެވެ. ”ކީއްހޭ ތިކުރީ!“ ލަޔާލީގެ އަޑު އިހުނަށް ވުރެ ބާރުވެލިއެވެ. ”މަގޭ އަނބިމީހާއަށް ބޮހެއް ދިނުން އެއީ ގޯސް ކަމެއް ތަ؟ ނުވަތަ ހަރާން ކަމެއް ތަ؟“ އިޔާލް ނިތްހިއްލާލިއެވެ.
”މަށާ ދިމާލަށް ތިހެން ނުކިޔާށޭ! މިއީ ކަލޭގެ އަންބެއް ނޫނޭ!“ ލަޔާލީ އަކުރުތަކަށް ދަމާލަމުން ބުނެލިއެވެ. ”ކަލޭ މަށާއި ދެން ކައިރި ނުވާ-“ ލަޔާލީ ދައްކަމުން ދިޔަ ވާހަކަ އިޔާލް ހުއްޓުވީ އަނެއްކާވެސް ލަޔާލީއަށް ބޮސް ދެމުންނެވެ. މިފަހަރު އިޔާލް ހުރީ ލަޔާލީގެ ހަރަކާތް ތަކަށް ސަމާލު ވެގެންނެވެ. ލަޔާލީގެ ހަށިގަނޑު ފާރާއި ތަތްކޮއްލަމުން، ދެއަތުގައި ހިފާ މައްޗަށް ހިއްލާލިއެވެ.
އެއްއަތުން ލަޔާލީގެ ދެއަތުގައި ހިފަހައްޓައިގެން އިޔާލް ހުރި އިރު އަނެއް އަތުން ލަޔާލީގެ ހަށިގަނޑުގެ އެތަން މިތާގައި އަތްހާކަމުން ދިޔައެވެ. އިރުކޮޅެއް ވަންދެން ލަޔާލީ ގަދަ ހެދި ވެސްމެއެވެ. އެހެނަސް އިރުކޮޅެއް ފަހުން އޭނާގެ ހަރަކާތައް ހުއްޓުނެވެ. އިޔާލްއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ލަޔާލީގެ ހަށިގަނޑު އުފުލާލަމުން ކޮޓަރިއާއި ދިމާލަށް ދިޔައެވެ.
އެވަގުތު ފޯނަށް މެސެޖެއްއައެވެ. ބިންމަތީގައި އޮތް ޖިންސު ލަމުން އިޔާލް ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނެގިއެވެ. ”ހޭ“ މެސެޖުގައި އިނީ ހަމަ އެކަނި އެހެންނެވެ. ލާފައި އިން ފޮޓޯއިން އެއީ މިއަދު ކޮލެޖުން ދިމާވި ރިއާނާކަން އިޔާލަށް އެނގުނެވެ.
”ހޭ. ކިހިނެތް މަގޭ ނަންބަރު ހޯދީ؟“ އިޔާލް އަހާލިއެވެ. ”ކްލާސް ގުރޫޕް އިން“ ރިއާނާގެ މެސެޖު ފަޅި ސިކުންތެއް ތެރޭގައި ލިބުނެވެ. ”މިކުއްޖާ މަށަށް ހިތްކީބާ؟“ އިޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ބާއްވާފައި އިޔާލް ދެން ވަނީ ފާހާނާއަށެވެ.
ދެއެކުވެރިން ކިލާހަށް ވައިން އިރު ކިލާސް ރޫމުގައި އިން އިޔާލް ފެނި ރިއާނާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ރިއާނާ އިށީނީ އިޔާލްގެ މޫނު ރީތިކޮށް ފެންނަ ހިސާބެއް ބަލާފައެވެ.
ނިދިފައި އޮތް ނިކްޔާންއަށް ހޭލެވުން އިރު 12 ޖަހަން އުޅެޔެވެ. ޔޫއާ ކިލާސް ގަޑި ނިމެން ކައިރިވެފައި ހުރުމުން ނިކްޔާން ތެދުވިއެވެ. ޔޫއާއަށް ކާލާނެ ހެދިކާކޮޅެއް ގަންނަން ދިޔުމަށެވެ.
”އިޔާލް“ ޔޫއާއަށް ވަދާއީ ސަލާމް ކިޔާފައި ނިކުމެ ރިއާނާ އިޔާލްއާއި އަރާ ހަމަ ކުރިއެވެ. އިޔާލް ހިނިތުންވެލިއެވެ. ”ހޭ“ އިޔާލް ޖީބަށް އަތްޖަހާލިއެވެ. ”ގެއަށްތަ؟“ އިޔާލްއާއި އެއްވަރަށް ހިނގައިގަންނަމުން ރިއާނާ އަހާލިއެވެ. ”ޔާ. ޔޫ؟“ އިޔާލް ސުވާލު ކޮއްލިއެވެ. ”ސޭމް“
ޔޫއާ ހިނދުކޮޅަކަށް ވެސް މަޑު ކުރުމެއް ނެތި ފިޔަވަޅުތަށް އަވަސް ކޮއްލިއެވެ. ”މަންޖޭ“ އަނެއްކާވެސް އޭނާ ގޮވާލިއެވެ. ”މަޑު ކޮއްބަލަ. އާދެބަލަ ކައިރިއަށް“ އެމީހާގެ ވެސް ފިޔަވަޅުތައް އަވަސް ވެއްޖެއެވެ. ޔޫއާއަށް ރޮވޭ ގޮތް ވެއްޖެއެވެ. ބިރުން މޭގަނޑު އަނގަޔަށް އައިފަދައެވެ. ހިތުގެ ތެޅުމުގެ އަޑު ކަންފަތާއި ހަމައަށް ވެސް އެބަ އިވެޔެވެ.
ޔޫއާއަށް އިތުރަށް ކުރިއަށް ނުދެވެނީސް އޭނާ ޔޫއާގެ އަތުގައި ހިފުމަށް އަތް ދިއްކޮއްލިއެވެ. ޔޫއާ އަކަށް އެކަމެއް ނޭނގުނެވެ. ނަމަވެސް ދެން އިވުނީ އެމީހާ ހަޅޭ ލަވައިގަން އަޑެވެ.
ޔޫއާ ފަހަތަށް އެނބުރުން އިރު ކޮންމެވެސް މީހަކު އޭނާގެ ކަރުގައި ހިފާ ފާރާ ތަތްކޮއްގެން ހުއްޓެވެ. އަނގަމަތީގައި އަތް އެޅުނީ އެއީ ކާކުކަން އެނގުމުންނެވެ. ”ޔާން؟“
ޔޫއާގެ އަޑު ނިކްޔާންއަށް އިވުން ހެނެއް ހިޔެއް ނުވިއެވެ. ދަތްކުނޑިވިކާލައިގެން ހުރި އިރު ނިކްޔާންގެ އަތް އޭނާގެ ކަރަށް ވާން ވަމުން ދިޔައެވެ. ދެބުމަ ގާތް ވެފައި ހުރި އިރު ކަރުގައި ހުރި ނާރުތަށް ވަނީ ފުއްޕާލާފައެވެ.
”ޔާން! އޭނަ ދޫކޮށްލާ!“ މީހުންތަށް އެތަނަށް އެއްވާން ފެށުމުން ޔޫއާ ބުނެލިއެވެ. ”ހަނދާން ކުރާތި. ދެން ކަލޭ މަގޭ އަންހެނުން ގައިގައި އިނގިލި ކުރި ޖައްސާލަން އުޅުނަސް ނިމުނީ“ ނިކްޔާން ބުނެލީ ބިރުވެރި ރާގަކަށެވެ. އެމީހާ ކޮއްޕާލާފައި ޔޫއާގެ އަތުގައި ހިފައިގެން ގޮސް ނިކްޔާން ސައިކަލަށް އެރިއެވެ.
”އަޑު އަހަން ކެރޭނެ؟“ ނިކްޔާން އެއްބުމަ ހިއްލާލަމުން އަހާލިއެވެ. ޔޫއާއަށް ހިންދިރުވާލިއެވެ. ނިކްޔާން މިއުޅެނީ ކީކޭ ބުނަން ބާއެވެ؟ ”އަހަރެން ޔޫއާދެކެ ލޯބި ވާތީ“ ސީދާ ޔޫއާގެ ލޮލަށް ބަލަން ހުރެ ނިކްޔާން ބުންޏެވެ.
ހިނދުކޮޅަކަށް ހިތުގެ ހިނގުން ހުއްޓުނު ކަހަލަ އިހުސާސެއް ޔޫއާއަށް ކުރެވުނެވެ. ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރެވުނެވެ. ނިއްކުރިމަތީގައި އޮށްދާ ހިއްލަމުން ދިޔައިރު ތިރީ ތުންފަތް ތުރުތުރުލާން ފެށިއެވެ.
”ކިހިނެތް ވީ؟“ ނިކްޔާން ޔޫއާއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ސިހިފައި ޔޫއާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ޔޫއާ ފާރުގައި ޖެހުނެވެ. ސިހިފައި ފަހަތަށް އެނބުރެވެން އުޅުން ވަގުތު ނިއްކުރި ފާރުގައި ނުޖެހުނީ ނިކްޔާން އެތަނުގައި އަތްއެޅުމުންނެވެ. ”ޔޫ އާރް ސޯ ކްލަމްޒީ“ ނިކްޔާން އެއްމިޔަކަނުން ހީލިއެވެ.
ޔޫއާ އިސްޖަހާލިއެވެ. ސިކުނޑި ބުނީ ދުއްވައިގަންނާށެވެ. ހިތްބުނީ މަޑު ކުރާށެވެ. ކުރަންވީ ކީއްކަމެއް ޔޫއާއަކަށް ނޭނގުނެވެ. ގަބުކައިފައި ހުރެވުނީ އެހެންވެގެންނެވެ.
”ޔޫ އާރް ޓޫ ކްލަމްޒީ. މިއީ އަމިއްލަ ނަފްސު ރައްކާތެރި ނުކުރާތީ ލިބޭ އަދަބު އިނގޭ؟“ ޔޫއާ ލައިގެން ހުރި ހެދުމުގެ މޭމަތީގައި އިން ޒިބު ހުޅުވާލަމުން ނިކްޔާން ބުނެލިއެވެ. ޔޫއާގެ މޫނު މައްޗަށް ރަތް ކަން އަރާކަހަލަ އިހުސާސެއް ކުރެވުނެވެ. މޫނު މަތި ހޫނުވި ކަހަލަ އިހުސާސެއް ކުރެވުނެވެ.
ނިކްޔާން ޔޫއާގެ މޭމަތީގައި މޫނު ޖައްސާލިއެވެ. ”ހާދަ ވަރަކަށް ތި ހިތްތެޅެނީ ތި؟ ތިހާ ވަރަށް ނުތަޅުވަބަ ދެން“ ނިކްޔާން ހީލަމުން ބުނެލިއެވެ. ޔޫއާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހަމަ އޮތް ގޮތަށް އޮވެވުނީއެވެ.
”ޑޯންޓް ޓެލް މީ ޓު ބީ ޖެންޓަލް“ އެއްލޯ މަރާލަމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.
”ހޭން ތަ އެބަ؟“ އިޔާލް ފެންފުޅިއެއް ނަގަމުން އަހާލިއެވެ. ”ކަލޭ ކީއްކުރަން ރޭގަ މަގޭ ގަޔަށް އެރީ؟ ކަލޭ ތި ކާކު މަގޭ ގަޔަށް އަރަން؟ އޭން؟ ޖަވާބު ދީބަލަ!“ ލަޔާލީ އިޔާލްގެ އަތުގައި ބޮނޑިއެއް ޖެހިއެވެ.
”ލަޔާ ވެސް ބޭނުން ވީމަ ދޯ ކުރެވުނީ؟ ލަޔާ ވެސް ގަދައެއް ނަހަދަމެއްނުން؟“ އިޔާލް ހީލާފައި ބުނެލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ލަޔާލީއަށް އިސްޖަހާލެވުނެވެ. ލަދުގައިން ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއާއި އެކު ވަގުތުން ބޯހޫރުވާލެވުނެވެ. ”އާރްރްގްގްގގ ވަޓްސް ރޯންގް ވިތް މީ؟“ މޫނު މަތީގައި މަޑު މަޑުން ޖަހާލަމުން ލަޔާލީ ސޯފާގައި އޮށޯތެވެ.
”ކައި… އަހަރެން ވާހަކައެއް ބުނަން ބޭނުން…“ ރިއާނާ ބިރުން އިނދެ ބުނެލިއެވެ. ”ބުނެބާ؟“ ކައިޝަލް ބުނެލިއެވެ. އެއަޑުގައި ވީ ވޭން އަޑު އިވި ރިއާނާގެ ހިތުގައި ރިއްސާލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
”ރިއާ ބޭނުމީ ބްރޭކްއަޕް ވާން…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ކައިޝަލް ގިސްލާ އަޑު އިވެން ފެށިއެވެ. ”ކީއްވެ…؟ ކޮބާ ތަ ކައިގެ ކުށަކީ؟“ ނޭފަތް ދަމާލަމުން ކައިޝަލް ސުވާލު ކުރިއެވެ. ހީވީ ނުރޯނަމޭ ބުނެލިހެންނެވެ.
”ރިއާ…“ ރިއާނާއަކަށް ދެން ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ”ސޮރީ…“ ރިއާނާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
”ސޮރީ؟؟ ރިއާ… ޗީޓު… ކުރީތަ…؟“ ކައިޝަލް އަހާލީ އަޅައަޅައިގަންނަމުންނެވެ. ”އައިމް ސޮރީ ކައި… ރިއާއަށް އެހެން މީހަކުދެކެ ލޯބިވެވިއްޖެ…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. ކައިޝަލް ދެން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ރިއާނާ ކަންފަތް މައްޗަށް ފޯނު ކަނޑާލީއެވެ.
ރިއާނާ ފުންނޭވާއެއް ދޫކޮއްލަމުން ހަމަ ޖެހިލިއެވެ. ކަން ކުރެވުނީ ކައިޝަލްއަދި އަމިއްލަ ނަފްސަށް ވެސް އެންމެ ރަނގަޅަށް ކަމަށް ބުނެލިއެވެ. ހަމަ ޖެހިލާފައި ދެން ގުޅާލީ އިޔާލްއަށެވެ. 5 ވަނަ ރިންގުގައި އިޔާލް ފޯނު ނެގިއެވެ.
”ހޭ؟ ކޭން ވީ މީޓް؟“ ރިއާނާ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. ”ޝުއާރ. ކިހިނެތް ވީ އަނެއްކާ؟“ އިޔާލް އަހާލިއެވެ. ”އަމް… ވާހަކައެއް ދައްކާލަން… ސެންޓްރަލް ޕާކްއަށް… މާދަން ނޫން އަނެއް ދުވަހުން… އޯކޭ ތަ؟“ ރިއާނާ ލަދުން އިނދެ ބުނެލިއެވެ. ”އޯކޭ މިދަނީ“ އިޔާލް ފޯނު ބާއްވަމުން ބުނެލިއެވެ.
”ހެހެ ކިހިނެތް ވީ؟“ ނިކްޔާން ހީލާފައި ސުވާލު ކޮއްލިއެވެ. ”ކަ… ކަމެއް ނުވޭ…“ ޔޫއާ ކަރުކެހިލަމުން ބުނެލިއެވެ. ”ހެހެހެ އޯކޭ އޯކޭ. ދޫނީ…؟“ ޔޫއާގެ މޫނާއި ގާތްވެލަމުން ނިކްޔާން އޭނާގެ ބަރު އަޑުން ގޮވާލިއެވެ. ”މްމް؟“
”އެއްވެސް ތަނަކަށް ތަދުވޭތަ؟“ ޔޫއާގެ ހަށިގަނޑު ގަޔާއި ގާތް ކޮއްލަމުން ނިކްޔާން އަހާލިއެވެ. ”ނޫން… އަމް… ކުޑަކޮށް…“ ޔޫއާ ލަދުން އޮވެ ބުނެލިއެވެ. ނިކްޔާން ހީލާފައި ޔޫއާގެ ނިތުގައި ބޮސްދިނެވެ. ”ކަމް ހިއާރ“ ނިކްޔާން ޔޫއާގެ ހަށިގަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. އެއާއި އެކު ޔޫއާގެ ލުއި ހުނުމުގެ އަޑު ކޮޓަރި ތެރޭގައި އިވިލިއެވެ.
ވަގުތުން އިޔާލް ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ރިއާނާ ދުރުކޮއްލަމުން ކޮޅަށް ތެދުވިއެވެ. ”ރިއާނާ!“ އިޔާލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”އިޔާ… އައި ލައިކް ޔޫ… ނޫން… އިޔާދެކެ ރިއާ ވަރަށް ލޯބިވޭ…“
”ރިއާނާ މޮޔަވީ ތަ؟ ނޫން. ތިކަމެއް ދުވަހަކުވެސް ނުވާނެ! އަހަރެން މިއީ މީހެއްގެ ފިރިއެކޭ!“ ވާއަތުގައި އިން ކައިވެނީގެ އަނގޮއްޓި ދައްކާލަމުން އިޔާލް ބުނެލީ ރުޅިވެރި ރާގަކަށެވެ. ރިއާނާއަށް ހުރި ތަނަށް ތިރިވެވުނެވެ. އަޑުން އަޑުނަގާ ރޯން ފެށުނެވެ. ދެން ރިއާނާ ހަދާނީ ކިހިނެތް ހެއްޔެވެ؟
”އިޔާ… އޯކޭ ދެވަނަ އަންބަށް ވިޔަސް. ރިއާ ބޭނުމީ އިޔާގެ ހައްގަކަށް ވާން. ޕްލީޒް.. ރިއާ އެކަނި ނުކޮއްލާ. ރިއާއަކަށް އިޔާއާއި ނުލާ ނޫޅެވޭނެ“ ރިއާނާ އިޔާލްގެ ފައިގައި ހިފާ އާދޭސް ކުރަން ފެށިއެވެ.
“ވަޓް ދި ހެލް؟؟؟؟؟” ބަނޑުބޮޑު ކަމަށް އިއުލާންކޮއްފައި އޮތް ޓެސްޓު ކިޓަށް ބަލައިލަމުން ލަޔާލީ ބުނީ ފަކުރުވެރި ގޮތަކަށެވެ. “ނޫން ނޫން. އަހަރެން ކަލޭ ބޭނުމެއް ނޫން. ގެޓް އައުޓް އޮފް މީ!!!!!” ބަނޑުގައި ގޮށް މުއްކަވާފައި ޖަހަން ފެށިއިރު މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. އެއަޑަށް އެނދުމަތީގައި އޮތް އިޔާލް އައިސް ފާހާނާ ދޮރުގައި ޓަކިދޭން ފެށިއެވެ.
“ލަޔާ؟ ކީއްތިކުރަނީ؟ ދޮރު ހުޅުވަބަލަ!” އިޔާލް ގޮވާލިއެވެ. އެހެނަސް އިޔާލްގެ އަޑު ލަޔާލީއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. “ލަޔާ! ދޮރު ހުޅުވަބަލަ!” އިޔާލް އަނެއްކާ ވެސް ގޮވާލިއެވެ.
“ލަޔާލީ! މޮޔަވީތަ؟ ކީއްވެ ތިދަރިފުޅު ވައްޓާލަންވީ؟ ލަޔާ އަހަރެންދެކެ ރުޅި އަޔަސް ތިއީ މަގޭ ދަރިއެކޭ. ތިދަރިފުޅަށް ބާރު ފޯރުވުމުގެ ހައްގު މަށަށް ވެސް އޮންނާނޭ. ލަޔާ ބަނޑުގަ އޮތަސް ތިއީ މަގޭ ލެޔޭ” ލަޔާލީ ހަގީގަތުގާވެސް އެދަރިފުޅު ވައްޓާލާކަށް ފަހެއް ނުޖެހޭނެކަން އޭނާއަށް އިނގެޔެވެ. އެހިތުގާ ބިރުވެރިކަމުގެ ރާޅެއް ޖަހާލީ އެހެންވެގެންނެވެ.
“ނޫޅެން” ލަޔާލީ އަނެއްކާވެސް ހިނގައިގަތެވެ. “ލަޔާ ކީއްވެގެންތަ ތިއުޅެނީ؟ އަހަރެން ލަޔާ ގަތީކީ ނޫނޭ. އަހަރެން ގޮސް ލަޔާ މަންމަމެން ގާތުގަ ބުނީ ލަޔާދެކެ ލޯބިވެޔޭ. ލަޔާއާ އެކު ދިރިއުޅުމެއް އުޅެން ބޭނުމޭ. އެހެން ބުނީމަ އެމީހުން އެއްބަސްވީ. ގަތީ ކަމަށް ވިއްޔާ އެއީ ލަޔާ ރަނަށްކީ 500 ރުފިޔާ އެކަނި” އިޔާލްއަށް އޭރު ރޮވިއްޖެއެވެ.
“ޔޫ…؟” ނިކްޔާން މަޑުމަޑުން ޔޫއާއާ ދިމާލަށް ހިނގައިގަތެވެ. “ޔޫ… ބަނޑުބޮޑީތަ؟”
އަތުގާ އޮތް ފުއްޕާހަންތައް ބާއްވާފައި ޔޫއާ ތެދުވިއެވެ. އަދި ޖީބުގާ އޮތް ޓެސްޓު ކިޓު ނަގާ ދައްކާލިއެވެ. “ހެހެ ޔެސް. ޔޫ ބަނޑުބޮޑު” ފުރިހަމަ ހިނިތުންވުމަކާ އެކު ޔޫއާ ބުނެލިއެވެ. އުފާވެލާފާ ނިކްޔާން އޭނާގެ ހަށިގަނޑު އުފުލާލިއެވެ. “ޔެސް!!! އަލްހަމްދުލިއްލާހި”
މުޅި ސިޓިންގ ރޫމުގާވީ ޔޫއާއާ ނިކްޔާންގެ އުފާވެރި ހިނުމުގެ އަޑެވެ. ދެމަފިރިންނަށް ނުފެންނާނޭހެން ބައިންދާފައި އިން ކުޑަ ކެމެރާގެ ބޮކި ނިވި ދިއްލެމުން ދިޔަ މަންޒަރު ދެމަފިރިންނަކައް ނުފެނެޔެވެ.
އެވަގުތު ޒުކާގެ ފޯނު ރިންގުވާން ފެށިއެވެ. “އެނޯނިމަސް” ގެ ނަމުން ސޭވް ކޮއްފާއިން ނަންބަރުން ގުޅާތަން ފެނުމުން އެތުންފަތުގާ ކުރެހުނީ ފުރިހަމަ ހިނިތުންވުމެކެވެ. “ހަލޯ؟”
“ކޮބާ އަޕްޑޭޓްއަކީ؟” އެކޮޅުން އަހާލިއެވެ. “ޔޫއާ ބަނޑުބޮޑު. ނިކްޔާން ގާތުގާ އެހެން ބުނެފިވެސްމެ” ޒުކާ ޖަވާބު ދިނެވެ. “ޔެސް! ޕާފެކްޓް! ދެން ޔޫ ނޯ ވަޓް ޓު ޑޫ” އޭނާ ބުނެލިއެވެ. “ހެހެ ޔެސް އޮފްކޯސް”
“ކޮބާ ކިހިނެތްވީ؟” އެކޮޅުން އަހާލިއެވެ. “ޒިން… އޭނަ މިކަން ގަބޫލު ކޮއްފި. މިއީ އޭނާގެ ދަރިއެއްކަމަށް ގަބޫލު ކޮއްފި” އުފަލާއެކު ލަޔާލީ ބުނެލިއެވެ. “ހެހެ އެހެންތަ؟ ތިވީނުން؟ ހާސް ނުވޭ. އަހަރެމެންގެ ގުޅުން އޮންނާނީ ހަމަ ވަންހަނާވެފަ. ދެން އިޔާލްއަށް ޖެހޭނީ ލަޔާ ވިހުމުން ލަޔާ ވަރިކުރަން. ތިއީ މަގޭ ހައްގެއް. ހެހެހެ” އެކޮޅުން ފައިޒިން ބުނެލިއެވެ.
“އޮފްކޯސް. އޯލްވޭސް އެންޑް ފޯރްއެވާރ ޔުއާރސް” ލަޔާލީ އުފާވެލާފައި ބުނެލިއެވެ.
“ލަޔާ ބަނޑުބޮޑު” އިޔާލް ބުނެލިއެވެ. “ނާހަމަތެދެއް؟ އަލްހަމްދުލިއްލާހި” ލީނާ އުފަލުން ފުމެން ފެށިއެވެ. “އެކަަމަކު ލަޔާ ބޭނުންވަނީ ކުއްޖާ ވައްޓާލަން…” ދުރުބަލާލަމުން އިޔާލް ބުނެލިއެވެ.
“އޭނ؟ ކީކޭ؟” ހިނދުކޮޅަކަށް ލީނާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއް ތެރޭގައި އެ އިހުސާސް ފިލައިގެން ދިޔައެވެ. “އެއީ ލަޔާލީގެ ގޮތް. އަހަރެންވެސް ބޭނުންވީ ކަމެއްނޫންއެއީ ބަނޑުބޮޑުވުން. ސަބަބަކައްވީ ހަށިގަނޑު ހަޑިވާނެތީ. އެހެނެއް ނޫންތަ ބުނީ؟” ލީނާ އަހާލިއެވެ.
“އެހެންބުނީ…” އިނގިލިތަކާ ކުޅެން އިނދެ އިޔާލް ބުނެލިއެވެ. “ހޫމް. އަހަރެންވެސް ހަމަ އެހެން އުޅުނީ. އެކަމަކު ލަޔާލީ ލިބުމުން ލަޔާލީއަށްޓަކާ މިހިތުގާ ލޯބި އުފެދުނު. އެހެންވާނެ ލަޔާލިއަށްވެސް އިންޝާ ﷲ ދަރިފުޅު ކެއްކުރޭ” ލީނާ ބުނެލިއެވެ. “އޯކޭ…” ބޯޖަހާލަމުން އިޔާލް ގެއިން ނިކުމެގެން ދިޔައެވެ.
“ލަޔާ ބަނޑުބޮޑު” އިޔާލް ބުނެލިއެވެ. “ނާހަމަތެދެއް؟ އަލްހަމްދުލިއްލާހި” ލީނާ އުފަލުން ފުމެން ފެށިއެވެ. “އެކަަމަކު ލަޔާ ބޭނުންވަނީ ކުއްޖާ ވައްޓާލަން…” ދުރުބަލާލަމުން އިޔާލް ބުނެލިއެވެ.
“އޭނ؟ ކީކޭ؟” ހިނދުކޮޅަކަށް ލީނާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއް ތެރޭގައި އެ އިހުސާސް ފިލައިގެން ދިޔައެވެ. “އެއީ ލަޔާލީގެ ގޮތް. އަހަރެންވެސް ބޭނުންވީ ކަމެއްނޫންއެއީ ބަނޑުބޮޑުވުން. ސަބަބަކައްވީ ހަށިގަނޑު ހަޑިވާނެތީ. އެހެނެއް ނޫންތަ ބުނީ؟” ލީނާ އަހާލިއެވެ.
“އެހެންބުނީ…” އިނގިލިތަކާ ކުޅެން އިނދެ އިޔާލް ބުނެލިއެވެ. “ހޫމް. އަހަރެންވެސް ހަމަ އެހެން އުޅުނީ. އެކަމަކު ލަޔާލީ ލިބުމުން ލަޔާލީއަށްޓަކާ މިހިތުގާ ލޯބި އުފެދުނު. އެހެންވާނެ ލަޔާލިއަށްވެސް އިންޝާ ﷲ ދަރިފުޅު ކެއްކުރޭ” ލީނާ ބުނެލިއެވެ. “އޯކޭ…” ބޯޖަހާލަމުން އިޔާލް ގެއިން ނިކުމެގެން ދިޔައެވެ.
“ހްމްހްމްމް ބޭބީ ހަމަ ޖެހިބަ. ޔޫއާ އަހަރެން ފެނުނީމަ އުފާވާނެއްނުން؟ ހެހެ. ޔޫއާއަކަށް ނޭނގޭ ދޯ މިއީ ކާކު ކަމެއް؟ ހެހެ. ޔާން އޯ. އެހެންތަ ބުނީ ކިޔާށޭ؟ ތިއީ ޒޫކްގެ ނިކްއެއްނުން؟” ނިކްޔާންގެ މޭގާ ފިރުމާލަމުން ޒުކާ ބުނެލިއެވެ.
“މަގޭ ގައިގަ އަތް ނުލާ” ޒުކާ ކޮއްޕާލަމުން ނިކްޔާން ބުނެލިއެވެ. “ދޭންންން ނިކްކް ތިހެން ނަހަދަބާ” ތުންކޮޅު އޮޅާލަމުން ނިކްޔާންގެ މޭގާ ޒުކާ ތަތްވެލިއެވެ.
“ޒުކާ! ކަލޭ މޮޔަވީތަ؟ އަހަރެން މިއީ މީހެއްގެ ފިރިއެކޭ!!!!”
“ކީއްތަވީ ޔޫއާގެ ފިރިމީހާ ވިއްޔާ؟ ކަލޭ ތިއީ މަގޭ ބަނޑުގަ މިއޮށް ދަރިފުޅުގެ ބައްޕައޭ!!!” ނިކްޔާންގެ ޖުމްލަ ހަމަ ނިމުންތަނާހެން ޒުކާ ބުނެލި ޖުމްލައިން ނިކްޔާންގެ ދެލޯ ބޮޑުވިއެވެ. ބިރުން ހުރެ ޒުކާގެ ބަނޑާ ދިމާލައް ބަލާލެވުނީ އެހެންވެގެންނެވެ. ތެދެކެވެ. ހިމަތޮޅިކޮށް ހުރި ޒުކާ ތަންކޮޅެއް ފަލަ ވެއްޖެއެވެ. ކުޑަކުޑަ ބަނޑެއްވެސް އެބަ އިނެވެ.
“ނޫން. އައިމް ނޮޓް ލެޓިންގް ޔޫ މެނިޕިއުލޭޓް މީ. ތިއީ މަގޭ ދަރިއެއް ނޫން. ކިހިނެތް އެކަން ވާނީ؟ އަހަރެން ކަލެއާ ގާތް ނުވާތާ 8 މަސްވީ!” ދުރުބަލާލަމުން ނިކްޔާން ބުނެލިއެވެ.
“ދެން؟ ޔޫއާ ގާތުގަ ބުނިންތަ މަށާ އެކީ ނިކް ސްލީޕް ކުރީމޭ؟ މޮޔަ ނުގޮވާ ނިކް. ހަނދާން ނެތުނީތަ ޔޫއާއާ ދިމާވުމުން 1 ހަފްތާ ކުރިންވެސް މަށާ އެކީ ސްލީޕް ކުރިންކަން؟” ހީލާފައި ޒުކާ އަހާލިއެވެ.
ވަގުތުން ނިކްޔާންގެ ދެލޯ ބޮޑުވިއެވެ. އޭގެ މާނައަކީ…؟
“އަދި ޔޫއާ ކައިރީ ބުންޏެއްނުން 17 އަހަރުގައޭ ކުއްޖަކާ ރައްޓެހިވީ؟ ހުހް. މަށާ ރައްޓެހިވީ 17 އަހަރުގަ. 6 އަހަރުވީ ކަލޭ މަށާ އެކީ އުޅޭތާ. ކަލޭގެ މަންމަ އިންނާނެ މީހަކު ހޯދާ ދިނީމަ އަހަރެން މަތިން ފޫހިވީ. ކަލޭ ހީކުރީތަ އެހެން އަހަރެން އެއްލާލެވޭނޭ؟ ނޫން. ހެހެހެ ނުވިއެއްނުން ސަލާމަތެއް؟ ކަލޭ ޖެހޭނީ ހަމަ މަށާ ކައިވެނި ކުރަން! ޔޫއާގެ ދަރިފުޅަށް ކަލޭގެ ފަރާތުން ބައްޕަގެ ލޯބި ލިބިފަ އަހަރެންގެ ދަރިފުޅަށް ބައްޕަގެ ލޯބި ނުލިބި ހުންނާކައް ލާހިކެއް ނޫން!” ދަތްކުނޑިވިކާލަމުން ޒުކާ ބުންޏެވެ.
ލިފްޓައް އަރަން ދިޔަ ޔޫއާއަށް ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. އިވިގެން ދިޔަ އަޑުން ހިތުގަ ޝަކުވާ އުފެދުނީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނިކްޔާންގެ ހަށިގަނޑު ފިނިވީ ދެލޯ ބޮޑުވެފާ ހުރި ޔޫއާ ފެނިފައެވެ. އެދެލޮލުގާ ބަބުޅަމުން ދިޔަ ކަރުނަ ފެނި ނިކްޔާންއަށް އެދިމާލައް ދުއްވައިގަނެވުނެވެ.
“ޔޫ… އިޓްސް ނޮޓް ވަޓް އިޓް ލުކްސް ލައިކް-”
“ކިހިނެތް އަހަރެން ތިކަން ގަބޫލު ކުރާނީ؟ ހުރިހާ ގޮތަކުންވެސް ބުނެވޭނީ ކަލޭ މަށަށް ބޭވަފާތެރިވީއޭ” ދެލޮލުން ކަރުނަ އަންނަ ހާލުގާ ޔޫއާ ބުނެލިއެވެ. “ނޫން ނޫން. ދުވަހަކުވެސް ޔާން ޔޫއަކަށް ބޭވަފާތެރިއެއް ނުވަން. ހަމަ ހުވާ” ނިކްޔާންގެ ދެލޮލުގާ ކަރުނައިގެ މުތީތައް ބަބުޅައިގަތެވެ.
“ދެން ނިކް. މޮޔަ ވާހަކަ ނުދައްކާ. ޔޫއާ. އެއްގޮތަކީ ކަލޭ ނިކް ގާތުން ވަރިވެގެން ދިޔުން. އަނެއް ގޮތަކީ ނިކް މަށާ ދެއަންބައް ކައިވެނި ކުރުން. އަހަރެންގެ ބަނޑުގާ ވެސް މިއޮތީ ނިކްގެ ދަރިއެއް. މިދަރިފުޅައް ވެސް ބައްޕައެއް ބޭނުންވާނެ” ނިކްޔާންގެ އަތުގާ ހިފާލަމުން ޒުކާ ބުނެލިއެވެ. “ދުރުގަ ހުރޭ!” ނިކްޔާން ޒުކާ ކޮއްޕާލިއެވެ. އެދެލޮލުގާ އޭރުވީ ޝަކުވާއެވެ.
“ނިކްޔާން ޒުކާއާ ކައިވެނި ކުރޭ! އަހަރެން ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހަކާ އެކު އުޅޭކައް. އަހަރެން މިދަނީ” ލިފްޓާ ދިމާލައް ހިނގައިގަންނަމުން ޔޫއާ ބުނެލިއެވެ. ޔޫއާ ފަހަތުން ނިކްޔާން ދާން އުޅުނުވެސްމެއެވެ. ނަމަވެސް ޒުކާ އައިސް ނިކްޔާންގެ ހަށިގަނޑުގާ ތަތްވެގަތެވެ. “ނޫން. ނުދޭ” ޒުކާ ނިކްޔާންގެ ހަށިގަނޑަށް ބާރު ކޮއްލަމުން ބުނެލިއެވެ. “ދާން އުޅޭ!” ނަމަވެސް ޒުކާ ދުރުކޮއްފައި ލިފްޓާހަމައަށް ދެވެންވީ އިރަށް ލިފްޓުގެ ދޮރު ލެއްޕިއްޖެއެވެ.
ދެލޮލުން ކަރުނަ ފުލެހަމުން ދުވެފާ ކަހަލަ ގޮތަކައް ގޮސް ޔޫއާ އެއްޗެހިތައް ޕެކް ކުރަން ފެށިއެވެ. އެއްވެސް ތަރުތީބެއް ނެތި ހުރިހާ އަންނައުނުތައް ދަބަހައް އަޅާލަމުން ޔޫއާ ގުޅީ ޔޫއާންއަށެވެ. “ދޮންބޭ. ޔޫ ރަށަށް ގެންދޭ. ހެޔޮނުވާނެ. ދެން ޔޫއަކަށް ކެތެއްނުވާނެ…” ރޮވިފާ ވާހާލުގާ ޔޫއާ ބުނެލިއެވެ. “އެއީ؟ ކިހިނެތްވީ؟ ބުނެބަ؟ ކީއްވެ ތިރޮނީ؟” ޔޫއާން ވަަރަށް ހާސް ވެއްޖެއެވެ.
“ޔާން… ދޮންބޭ… ޔާން…” ޔޫއާއަކަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހުރި ތަނަށް ދެމިގެން ދިޔަ ވަގުތުގާ ގޭ ދޮރު ހުޅުވާލި އަޑުވެސް އިވުނެވެ.
***********
~މިހާ ހިސާބުން ވާހަކަ ކުރިއަށް ދާނީ ‘ވަފާތެރިމަވީމޭ 2’ ގައި. އިންޝާ ﷲ މާދަމާނޫން އަނެއްދުވަހުން ފުރަތަމަ ބައި ކިޔާލަން ލިބޭނެ. އިންތިޒާރު ކޮށްލައްވާ…!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Is this gonna be pro story??
No this is a free story🩶🫶🏻
When 1st episode???
In sha allah tmrw 🩶🫶🏻
Heyy
I’m a new reader. OK. Sooooo. I just need to read the season 1 to understand. Soo I’m thinking if u might gimme a link or show me a way to read it.
Well, welcome to Mrs or Mr.Exxoo
Hiii.. welcome Exxo🩶🫶🏻
ep1: https://www.esfiya.com/147802/
ep2: https://www.esfiya.com/147961/
ep3: https://www.esfiya.com/147966/
ep4: https://www.esfiya.com/147969/
ep5: https://www.esfiya.com/148959/
ep6: https://www.esfiya.com/148962/
ep7: https://www.esfiya.com/148964/
ep8-13: https://www.esfiya.com/149611/
ep14: https://www.esfiya.com/149614/
ep15: https://www.esfiya.com/149989/
finalep: https://www.esfiya.com/150161/
enjoy🩶🫶🏻
MashaAllah ❤️… When’s next???🥀
Updates, it’s so guddyyy
Jazaakallah khairan Blackyyy🩶🫶🏻
Heyy Blackyyy.
This is Mrs. Exxo. U ????
Sorry. Name nujahaa olhigen post kohlevuneema ehen namehga e inee.
And are u Mrs. Genz and Blackyyy same person?????
Oohhh…Heyy..Are you gurl or boy??
How old ‘re u??
Hehe, it’s fine, 😊
Nahhh…I’m only blackyyy..
I’m a gurrlll. Am 13 now. 14 next year.
Blackyyy how about you ??????
Also u ge atoll n island vx bunelahchey. Only if udont mind.
Whaat???Rllyy ,dude
I’m also gonna be 13 teen this month…
Exxo,Hehe…South Atoll wbu??
BTW thx Shihaa.
🩶🫶🏻
i’m so exited
can’t wait
🩶🫶🏻